Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މިހަޔާތް އަލިކޮށްލި ނޫރު 4

azzadhil Level 210 Stories100 Comments
March 21, 2018 5 Mins Read
16 Comments

އިސްލާމްދީނުގެ މާތް އަހުލާގު ތެރެއިން ޒައްރެއްގެ މިންވަރުވެސް ތަނާގެ ކިބައިގާ ނެތް ކަން ނަދީމް ދެއްކި ވާހަކަ ތަކުން ނޫރަށް އެނގުނެވެ. އެވާހަކަތައް ސާއިގާ އަށް ކިޔައިދީފިނަމަ ވަގުތުން އެކަމަށް މަނާ ކުރާނެކަން ނޫރަށް ކަށަވަރެވެ.

” ދަރިފުޅާ އަނެއްކާވެސް އެމަންޖެ ހިޔާލަށް ގެއްލުނީތަ… ” ނޫރުގެ ދެކޮލުގައި ހިފާ ސާއިގާ އާއި ދިމާއށް އަނބުރުވާލަމުން ސާއިގާ ބުންޏެވެ. އެވަގުތު ނޫރު ހިނިތުންވެލަމުން ލޯތްބާއެކު ސާއިގާގެ އަތުގައި ހިފާ ތިރިކޮށްލުމަށްފަހު ސާއިގާގެ އަތްތިލައަށް ބޮސްދިނެެވެ.

” މާމާ… އެއީ އެހާ ރަނގަޅު ކުއްޖެއް ނޫން… ” ނޫރު ސާއިގާ އަށް ނަދީމް ކިޔައިދީފައިވާ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ސާއިގާ ނޫރުގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އެވާހަކަތައް ކިޔައިދެމުން ދިޔައިރު ސާއިގާ މޫނުމަތިން އެކަމަށް ވަރަށް ޝައުގުވެރިވެފައި އިންކަން އެނގެއެވެ. ސާއިގާ މޫނުމަތިން ވަކި އަސަރެއް ނުފެނުމުން ނޫރަށް އެވާހަކަތައް ކިޔައިދޭން ފަސޭހަވެގެން ދިޔައެވެ.

” ދެން މާމަ ބުނެބާ.. ބޭރުން ފުށުން ފެންނަ ސޫރަ ކިތަންމެ ކަމުދިޔަށް އެތެރެފުށުގައި އެރީތިކަން ނެތިއްޔާ ކިހިނެއްވާނީ.. އަޅުގަނޑު ވަރަށް ދެރަވެސްވޭ އަޅުގަނޑަށް އެފަދަ ކުއްޖަކާމެދު ވިސްނޭތީ.. ދެން މާމަ ބުނެބާ އަޅުގަނޑު ކިހިނެއް ހަދަންވީ..” ނޫރުގެ އަތުތެރެއަށް ލެވިފައިވާ ސާއިގާގެ ރޫޖެހިފައިވާ ނާޒުކު އަތްތިލައަށް މަޑުމަޑުން ފިތާލަމުން ނޫރު އަހާލިއެވެ. ޖަވާބުގައި އެންމެ ފުރަތަމަވެސް ސާއިގާ ހިނިތުންވެލިއެވެ. މިކަމާ ނޫރު ހައިރާންވިއެއް ކަމަކު ސާއިގާގެ ފަރާތުން ވަކި ޖަވާބެއް ލިބެންދެން ވަކި އެއްޗެއް ނުބުނެ އިނެވެ.

” ދަރިފުޅު ބޭނުންތަ މާތްﷲގެ ރުއްސެވުން ހޯދަން..” ފުރަތަމަވެސް ސާއިގާ ކޮށްލީ ސުވާލެކެވެ.

” އަޅުގަނޑު އަބަދުވެސް މަސައްކަ،ތް ކުރަނީ ކޮންމެ ކަމެއްގަވެސް ﷲގެ ރުއްސެވުން ހޯދަން.. މާމަ ތިބުނަން އުޅޭ ވާހަކަ އަޅުގަނޑަށް އެނގި ސާފު ވެއްޖެ.. އެފަދަ ކުއްޖަކާ ގުޅިގެން އަޅުގަނޑަށް މާތްﷲ ގެ ރުއްސެވުމެއް ނުލިބޭނެ ” އިސްޖަހާލަމުން ނޫރު ވާހަކަ ދެއްކި އިރު އެމޫނުމަތީގައި މާޔޫސްކަމެއްވިއެވެ.

” ނޫނޭ ދަރިފުޅާ.. އެކަމުގައި އޮންނާނީ ދަރިފުޅުގެ ނިޔަތް.. ދަރިފުޅު ތިކިޔައިދިން ވާހަކަތަކުން އެނގޭ ތަނާ އަށް ވަނީ މަގު އޮޅިފަކަން.. އަދި މިހާރު ތަނާ އަށް ވިސްނައިދެވޭނެ ވަރުގެ މީހަކު ނެތްކަންވެސް އެނގޭ…. ތަނާގެ މަގު އޮޅިގެން ދިޔައީ އޭނަ ލޯބިިވި މީހެއްގެ ސަބަބުން ކަމަށްވާނަމަ ހަމަ އެލޯބި ތަނާ ހެޔޮމަގަށް ރުޖޫއަވެސް ކޮށްދީފާނެ.. އެލޯބި ދަރިފުޅު ތަނާއަށް ދިނިއްޔާ ތަނާ އަށް ހެޔޮ ބަދަލެއް އައިސްދާނެ.. ތަނާ ތައުބާވުމުގެ ސަބަބަކަށް ދަރިފުޅު ވިއްޔާ ދަރިފުޅަށް ކިހާ ސަވާބެއް ލިބޭނެ.. ދަރިފުޅު އެމަންޖެ ހެޔޮމަގަށް އެޅުމުގެ ސަބަބަކަށް ވިއްޔާ މާމަ ވަރަށް އުފާވާނެ.. ދަރިފުޅު އޭނަ ހެޔޮ މަގަށް އަޅުވަން ކުރާ ކޮންމެ މަސައްކަތެއްގަައި މާމަ އަދި ގޭ އެހެންމީހުންވެސް ދަރިފުޅަށް އެއްބާރުލުން ދޭނަން..” ސާއިގާ ނޫރުގެ ބުރަކަށިގައިގައި ފިރުމަމަުން ވިސްނައިދޭ ކަހަލަގޮތަކަށް ވާހަކަދެއްކިއެވެ. ނަމަވެސް އަދިވެސް ނޫރުގެ މޫނުމަތީގައި މަާޔޫސް ކަމެއްވިއެވެ. އެމަންޒަރު ފެނި ސާއިގާ ވަރަށް ލޯބިން ‘މިހާރު ކިހިނެއްވީހޭ’ ނޫރު ކައިރީގައި އަހާލިއެވެ.

” މާމާ.. ތަނާއަކީ ރީތީގެ ރާނީއެކޭ ބުންޏަސް ގޯހަކަށް  ނުވާނެ… ތަނާގެ ރީތިކަމުގެ ކުރިމަތީގައި އަޅުގަނޑު މީ ކާކު.. މިހާތަނަށްވެސް އަޅުގަނޑާ އިންނާނެ މީހަކު ނުވެފައި ހުރީ އަޅުގަނޑު ހުތުރުވީމަ އެކަމާ.. ކަޅުވެފަ މޫނުމަތީގައި މީނދަ ލަކުނުގެ ސަބަބުން ގިނަ މީހުން އަޅުގަނޑުދެކެ ބިރުގަންނަހެންވެސް ބައެއް ފަހަރު ހީވޭ.. އަޅުގަނޑަށް ތަނާ ކިތަންމެ ކަމުދިޔަސް ތަނާއަށް އަޅުގަނޑު ކަމުދާނެހެން ހިޔެއް ނުވޭ” ނޫރު ވާހަކަ ދެއްކިއިރު އެއަޑުގައިވި ރިހުން ކައިރީގައި އިން ސާއިގާ އަށް އިހްސާސް ވިއެވެ. އެވާހަކަތައް އަޑު އަހާފައި ސާއިގާގެ ހިތުގައި ރިއްސާލިއެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި ނޫރުގެ މަންމަ ނޫމާ ދުނިޔަ ދޫކުރި ހިސާބުން ފެށިގެން ނޫރަށް މަންމައެއްގެ ލޯބި ދީ ގެންގުޅެ ބޮޑުކުރީ ސާއިގާ އެވެ. ނޫރަށް އޭނަ ގެ މަންމަ ނެތްކަމުގެ އިހުސާސް ހިނދުކޮޅަކަށްވެސް ވިޔަ ނުދީ ބަލާ ބޮޑުކުރީ ނުހަނު ލޯބިންނެެވެ. އެހެންކަމުން މިއަދު ނޫރު އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ސާއިގާ ވަރަށް ބޮޑަށް ދެރަވިއެވެ.

” ދަރިފުޅު މާތްﷲއަށް އިތުބާރު ނުކުރަނީތަ ތިފަދަ ވާހަކަ ތިދައްކަނީ… ދަރިފުޅަށް މާބޮޑަށް އެނގޭ ކަމަށް ނުހެދި އެކަލާނގެ ހިތުގެ އެންމެ ފުންމިނުން އިތުބާރުކުރޭ.. އަދި އަމިއްލަ މީހާއާއި މެދު އޮންނަ އިތުބާރުވެސް ކުޑަނުކުރޭ.. މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ދަރިފުޅާމެދުވެސް ކަންތައްވާނީ ވާންއޮތް އެންމެ ރަނގަޅަކަށް.. އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ.. މިދުނިޔޭގައި ތަނާ ނޫރަށް ލިބެން އިރާދަކުރައްވާފައި ވާނަމަ އެކަންއެގޮތަށް ވުމުން އެއްވެސް މީހަކަށް ނުހިފެހެއްޓޭނެ… އެހެންނޫނަސް މީހަކު ބިރުގަންނަހާ ދަރިފުޅު ހަޑިއެއްނޫން.. ބޭރު ފުށުގެ ރީތިކަމަށްވުރެ މުހިންމުވާނީ އެތެރެފުށުގެ ރީތިކަން… ދެން އެކަމާ ނުވިސްނާ ހިނގާ ކާން… މިހާރު އެންމެން ތިބޭނެ އަހަރުމެން ނައިސް ލަސްވެގެން” ސާއިގާގެ ވާހަކަތަކުން ނޫރަށް އާހިތްވަރެއް ލިބިގެން ދިޔައެވެ. މާތްﷲއަށް ވަކީލުކޮށްލުމުން ހިތަށް އެލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަި ހިތްހަމަޖެހުމެކެވެ. ކޮންމެ ކަމެއްގައިވެސް މާތްﷲއަށް ވަކީލުކުރުމަކީ ހިތްތަކަށް ހަމަޖެހުން ގެނުވާ ކަމެއްކަން ހިނދުކޮޅަކަށް ނޫރު ހަނދާން ނެތުނީތީ އެފާފަ ފުއްސެވުމަށް އެދި ހިތާ ހިތުން ދުޢާކޮށްލެވުނެވެ.

……………….

އެނދުމަތީގައި ބަނޑުން އޮށޯވެގެން ތަނާ އޮތެވެ. އެހެން އޮތްއިރުވެސް އިރުއިރުކޮޅާ ތަނާއަށް ރޮވެމުން ދިޔައެެވެ. ތިން އަހަަރު އެކުގައި ހޭދަކުރެވުނު، އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވި މީހާ ދުލުން މިއަދު އިވުނު ބަސްތަކަށްފަހު ތަނާގެ ދުލުގައި ތަޅެއްލެވިފައިވާ ކަހަލައެެވެ. ލިބުނު ހިތްދަތިކަމުގައި ތަނާ އެންމެ ބޮޑަށް ހަނދާންވަމުން ދިޔައީ މަންމަ މުނާރް މަތިންނެވެ. އެހެނީ މިކަހަލަ ދަނޑިވަޅޭއްގައި ހިތުގެ ހަމެޖެހުމަށް އެދި ދުއާ ކުރަންވާ ފަރާތެއްވާ ކަމެއް ތަނާ ހަނދާން ހުރިހެނެއް ހިއެއްނުވެއެެވެ. ނަމާދާއި ޤުރުއާނަކީ ހިތްތަކަށްވާ ޝިފާއެއްކަމަށް އެންމެ ފަހަރަކުވެސް ތަނާގެ ހިތަކަށް ނާަރައެެވެ. އެނދާ ދެތިން ދެތިން ފޫޓޫ ދުރުގައި ހުރި އަލމާރި ތެރޭގައި ނަމާދުކުރާ މުސައްލައާއި ދޮޅީގެ އިތުރުން ޙަތިމެއްވެސް އޮތްކަން އެނގިހުރެ އޭގެ ބޭނުންހިފާން ތަނާ ބޭނުންނުވާ ކަހަލައެވެ.

ދަރިފުޅުގެ ހާލާމެދު ކަންބޮޑުވެފައި ނަދީމް ބޭރު ގޯތި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ނަދީމް މިއަދު އެގޮތަށް ކަންތައް ކުރީ ތަނާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައި ދިނުމުގެ ގޮތުންނެވެ. މިއަދު ތަނާ ރުޔަސް ނަދީމް ބުނާ ގޮތް ހަދައިފިނަމަ މާދަމާ ތަނާ އުފަލުން ހޭނެއެެވެ. މާތްﷲގެ އިރާދަފުޅާއެކު އެކަން އެގޮތަށް ވާނެކަމަށް ނަދީމް ޤަބޫލުކުރެއެވެ. ނަމަވެސް މިއަދު ތަނާގެ ހާލަތު ހުރިގޮތުން ނަދީމް ދެރަވެއެވެ. ހުރި އެންމެ ދަރިފުޅު އެގޮތަށް ރޯތަން ފެނުމުން ނަދީމްގެ ހިތް ކުދިކުދިވާ ކަހަލައެވެ. އަތުގައި ކިތަަންމެ ވަރަކަށް ހުއްޓަސް އުފާވެރިކަމަކީ ގަނެވޭނެ އެއްޗެއް ނޫންކަން މިއަދު ނަދީމްއަށް އެނގިއްޖެެއެވެ. އެހެންނޫންނަމަ މިއަދު އެދަރިފުޅައްޓަކާ އުފާވެރިކަމާއި ހިތްހަމަޖެހުން ގަންނާނެތާ ކިތަންމެ ދުވަހެއްވީހެވެ.

…………………….

މެންދުރުން އަނބުރާ ދޭއްޖެހިއިރު ރަވްޔާ އިނީ ކިޔަވާ ކޮލެޖް ކައިރީގައި ބަހައްޓާފައި ހުރި ހިލަގޮނޑިތަކުން ގޮނޑިއެއްގައި އިށީދެނގެން ދެފަރާތް ބަލަ ބަލާ ރަވްޔާ އިނީ ނޫރުގެ އިންތިޒާރުގައެވެ. އަޅައިގެން ކަޅު ބޮޑު ބުރުގަލުގެ ތެރެއިން ރަވްޔާގެ ދޮންދޮން ކުޑަ މޫނު ފެންނައިރު ހީވަނީ ކަޅު އަނދިރި އުޑުމަތިން ހަނދުފެންނަން ހުންނަ ހެންނެވެ. މަގުމަތިންދާ ގިނަ ލާނެތް ފިރިހެނުންގެ ލޯ ރަވްޔާއަށް އަމާޒުވިޔަސް ރަވްޔާއަށް އުނދަގުކޮށް ފޮށެން ނުކެރެނީ ހެދުން އަޅާފައި ހުންނަގޮތުންނެވެ. މެޓާވެސް އުރައަށް ލާފައި ހުންނަނީ އޭތި ނުބައިވެ ހިނިއަރާފާނެތީއެވެ. ހަމައެބީދައިން އަންހެނުންނަށްވެސް ރައްކާތެރިކަން ބޮޑުވާނީ ބޮޑަށް ފޮރުވިގެން އުޅުނު ވަރަކަުންނެވެ. ނޫރު އާދޭތޯ ދެފަރާތް ބަލާ ހޯދަމުން ދިޔަ ރަވްޔާއަށް ކުއްލި ސިހުމެއް ލިބުނީ ކުރިމައްޗަށް އޮތް ގޯޅިން ނިކުތް ޒުވާނާ ފެނިފައެވެ. އޭރު އެޒުވާނާގެ ނަޒަރުވެސް ވަނީ ރަވްޔާއަށް ހުއްޓިފައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެޒުވާނާ ނަޒަރު ތިރިކޮށްލިއެވެ. އަތްދިގު ގަމީހަކާއި ކަށިމައްޗަށް އަރާވަރުގެ ސޯޓުގައި ވާ އެޒުވާނާ ފެނުމުން ރަވްޔާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހިނދު އެޒުވާނާ އަނެއްކާވެސް ރަވްޔާއަށް ބަލާލުމަށްފަހު ރަވްޔާއާއި ދިމާއަށް އަންނަންފެށިއެވެ. އެވަގުތު ރަވްޔާގެ މޭތެރޭގައިވާ ނާޒުކުހިތް ބާރަށް ތެޅެންފެށީ ގޮތެއް ގޮތެއް ނުބަލައެވެ. ކަންދިމާކުރި ގޮތުން އެޒުވާނާއަށް ރަވްޔާއާއި ހަމައަށް އާދެވުމުގެ ކުރިން އެދެމެދުގެ ހުރަހަކަށްވީ ސައިކަލުގައި ރަވްޔާ ކައިރިއަށް މަޑުކޮށްލި ނޫރެވެ. އެހިސާބުން އެޒުވާނާގެ ފައިގާވެސް ތަޅެއް ލެވުނުކަހަލައެވެ. ރަވްޔާވެސް އިތުރަށް އެދިމާލަށް ނުބަލާގޮސް އެއްއަރިއަކަށްވާ ގޮތަށް ނޫރުގެ ފަހަތަށް އަރާ އިިށީނެވެ. އޭރުވެސް އެޒުވާނާ ކަޅިޖަހާލުމެއްވެސް ނެތި ބަލަމުން ދިޔައީ ރަވްޔާއަށެެވެ. ރަވްޔާ އެރުމާއެކު ރަނގަޅަށް އެރިއެްޖެހޭ އަހާލުމުން ރަވްޔާ ހުމްމް އަޅުވާލުމާއެކު ނޫރު ސައިކަލު ކުރިއަށް ދުއްވާލިއެވެ. އެވަގުތު އަނެއްކާވެސް ރަވްޔާ އެނބުރި އެޒުވާނާއާއި ދިމާއަށް ބަލާލިއިރު އެޒުވާނާވެސް ބަލަމުން ދިޔައީ ރަވްޔާ ދާ ދިމާއަށެވެ.

…………………………..

ނޫރު ރަވްޔާ ގޮވައިގެން އައިސް ގެއަށް ވަންއިރު ބޮޑުކޮޓަރި ތެރޭގައި ސާއިގާއާއި ބާރީގެ އިތުރުން މުޙީތު އޮލަވާހަކައެއްގައި ތިއްބެވެ. ރަވްޔާ ވަދެގެން ދަމުން ތިން މީހުންނަށް ވަކި ވަކިން ގޮވާލަމުން ގޮސް ކޮޓަރިއަށް ވަނެވެ. ނޫރު ކޮޓަރިއާއި ދިމާއަށް ދިއުމުގެ ބަދަލުގައި ބޮޑުކޮޓަރިއަށް ވަދެގެން ދިޔައީ އެމީހުން ދައްކާ ވާހަކައިގާ ބައިވެރިވުމުގެ މަޤްސަދުގައެވެ. ނަމަވެސް  ނޫރު ވަނުމާއެކު އެމީހުން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ.

” ބައްޕަމެން މުހިންމު ވާހަކައެއްގައި ތިއްބާ ދޯ އަޅުގަނޑަށް މިވަދެވުނީ.. ” ނޫރު ބާރީ ކައިރީގައި އިށީންނަމުން ސޯފާގައި ލައްގާލެއްވިފައިވާ ކުޝަން ނަގާ އުނގަށް ލިއެވެ. އެއަށްފަހު ތިންމީހުންނަށް ވަކި ވަކިން ބަލާލިއެވެ. ތިން މީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ.

” މަރުހަބާ ދަރިފުޅާ… ތަނާ ދަރިފުޅާ އިންނަން އެއްބަސްވެއްޖެ..” އިންތަނުން ތެދުވެގެން އައިސް ނޫރުގެ ބޮލުގައި ފިރުމާލަމުން ސާއިގާ އެހެން ބުނިއިރު ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. ނޫރަަށްވެސް ލިބުނު ހައިރާން ކަމުގައި ކިޔާނެ ބަހެއްވެސް ނޭނގުނެވެ.

” އެކަމަކު…އަހަރެން…. ކޮންއިރަކު…. ކިހިނެއް…” ހިންދިރުވާލަމުން ނޫރު ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ކިޔޭ ނުކިޔޭއެއްވެސް ނޫރަށް ނޭނގޭ ކަހަލައެވެ.

” ތިހުރިހާ ސުވާލެއް ނުކޮށް ކައިވެންޏަށް ތައްޔާރުވޭ.. ދަރިފުޅު އިންނަ ގޮތުން ހީވަނީ ދަރިފުޅު ޤަބޫލެއް ނޫންހެން.. ދަރިފުޅު ބުނިއްޔާ ނަދީމް އަށް ގުޅާފަ ބުނަންވީތަ ދަރިފުޅު ޤަބޫލެއް ނޫނޭ..” އަރިމަތީގައި މޭޒުމަތީގައި ބެހެއްޓިފައިވާ ފޯނުގެ އަތްގަނޑު ނަގަމުން ބާރީ ވާހަކަދެއްކިއެވެ.

” ނޫން ކާފާ އެހެން ނުހަދާތި.. ” ލިބުނު ސިހުމުގައި އަވަހަށް ގޮސް ނޫރު ބާރީ އަތުން ފޯނުގެ އަތްގަނޑު އަތުލާފައި ބޭއްވިއެވެ. އެވަގުތު އެންމެން ނޫރާއި ދިމާކުރުމުގެ ގޮތުން ހޭން ފެށުމުން ނޫރު ލަދުގަތެވެ. ރަކި ހިނިތުންވުމަކާ އެކު ބޯކަހަމުން އެތަނުން ނިކުމެގެން ދިޔައީ އެންމެ ހިނދުކޮޅަކުވެސް އެތާ ހުންނަން ނުކެރިގެންނެވެ.

…………………….

ކޮޓަރިއަށް ވަދެވުމާއެކު ރަވްޔާ އަތުގައިވާ ދަބަސް ޑްރެސިންގް ޓޭބަލް މަތީގައި ބަހައްޓާލިއެވެ. އެއަށްފަހު އެނދުމައްޗަށް އުއްޑުން ވެއްޓިގަތް އިރު ރަވްޔާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ. މިއަދު ރަވްޔާއަށް އެފެނުނީ ދުވަހަކުވެސް ފެންނާނެ ކަމަށް އުއްމީދުކޮށްގެން ހުރި ޒުވާނެއް ނޫނެވެ.

” ޔޫސުފް..” ރަވްޔާ ވައި އަޑަކުން މިނަންކިޔާލި ވަގުތު ލަދުންގޮސް މޫނު ރަތްވެގެން ދިޔައެވެ. ޔޫސުފަކީ ރަވްޔާ އެމީހަކަށްޓަކައި އެންމެ އިންތިޒާރު ކުރި މީހާއެވެ. ރަވްޔާ ބުނި ބަސް އަހައިގެން އެގޮތަށް އަމިއްލަ ނަފްސަށް ހެޔޮ ބަދަލެއް ގެނެސްގެން ރަވްޔާ ކައިރިއަށް އެނބުރި އަންނާނެ ކަމަށް ހުވަފެނުގައިވެސް ހީކުރެވިފައެއް ނެތެވެ.

” ހަނދާން ކުރާތި.. މީގެ ފަހުން ޔޫސުފް އާއި އަހަރެންގެ އެއްވެސް ގުޅުމެއް ނޯންނާނެ.. ޔޫސުފް އަހަރެން ބޭނުންފަހުން ތިއުޅުން ދޫކޮށް މާތްﷲ އާއި އެކަލާންގެ މާތް ރަސޫލާ އެނގެވި ގޮތަށް އުޅޭ މީހަކަށް ބަދަލުވެގެން އައިމާ ނޫނީ އަހަރެން ޔޫސުފަކާ ނުގުޅޭނަން” ރަވްޔާ ޔޫސުފާއި ދިމާއަށް ބުނެފައިވާ އެންމެ ފަހު ބަސް ހަނދާނަށް އައުމާއެކު ރަވްޔާގެ މޫނުމަތި މިލައިގެން ދިޔައެވެ. ނަަމަވެސް ދެވަނަ ސިކުންތުގައި ހީލެވުނީ ޔޫސުފް އެފަދަ މީހަކަށް ވެގެން މިއަދު ރަވްޔާ ކައިރިއަށް އައިމައެވެ.

-ނުނިމޭ-

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ތަޤްދީރު (20)

Next

ވަންހަނާ (އެކާވީސްވަނަބައި)

Next
March 21, 2018

ވަންހަނާ (އެކާވީސްވަނަބައި)

Previews
March 21, 2018

ތަޤްދީރު (20)

16 Comments!

  1. Ibsha says:
    March 21, 2018 at 9:14 pm

    Varah reethi

  2. Aish says:
    March 21, 2018 at 9:15 pm

    Varah Salhi…

  3. Amira says:
    March 21, 2018 at 9:18 pm

    Varah reeti

  4. azzadhil says:
    March 21, 2018 at 9:21 pm

    Assalaamu alaikum readers.. here’s teh 4th part.. read and enjoy. and please leave a comment .. tc ..good night :*

  5. ainthu says:
    March 21, 2018 at 9:26 pm

    V reethi mivaahaka keepitup dhen konirrakun next part

  6. lotus says:
    March 21, 2018 at 9:34 pm

    V kiyaa hivva story eh? next part ge inthizaarugai kehmadhuvefa

  7. unique says:
    March 21, 2018 at 10:01 pm

    i just love the story

  8. Sumaa says:
    March 21, 2018 at 11:12 pm

    Maasha Allah Varah reethi… Waiting for the next part of the story…… BTW konirakun thn in part up vaanee….

  9. Xxxx says:
    March 22, 2018 at 7:57 am

    V.reethi vaahaka

  10. Swety says:
    March 22, 2018 at 1:17 pm

    Vvvvv nice

  11. Suba says:
    March 22, 2018 at 9:50 pm

    Walaikmussalam …Thankyou for publishing such a beautiful story.

  12. faa says:
    March 25, 2018 at 9:06 pm

    Den konirakun aneh part

  13. Ibsha says:
    March 30, 2018 at 1:00 am

    Kba aneh part

  14. Zaara says:
    April 3, 2018 at 12:48 pm

    Koba meege 5 vana baeh naadheey. Varah reethi vaahaka eh . ?

  15. Cuty Cuty says:
    April 6, 2018 at 3:06 pm

    plxx mi story ge 5th part avas kohdheyn v nu azzadhil.. varah kiyaa hithun mihury.. i knw it’s hard work but the story is really nice and i want to read the nxt part.. shauquverikan varah rangalhah hifahattaafa hury.. soooo its really nice and intersting as it is a story related to islam as well… curiously wainting 4 the 5th part.. try to upload it in a near future…

  16. Ibsha says:
    April 11, 2018 at 5:40 pm

    Kba part5

Comments are closed.



All Right Reserved!