Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤްދީރު (20)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 21, 2018 7 Mins Read
41 Comments

އެޖުމުލަތަކާއެކު މަލްހާއަށްހީވީ އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތްހެންނެވެ. މީހަކު ބާރު އެތިފަހަރެއް އޭނާގެ ކޯތާފަތްމަތީގައި ޖެހިކަހަލަ އިހުސާސެއް ވެގެންދިޔައެވެ. ތޫނު ޚަންޖަރެއް އެހިތަށް ހަރައި ޗިސްކޮށްލިނަމަވެސް އެވަގުތު ހިތަށްވީތަދަށްވުރެ ކުޑަވާނެކަން ޔަގީނެވެ.

“ނޫން. ނޫން ރާދު ނޫން. އަހަރެންނަށް ތިހެންނުހަދާ. އެއްފަހަރުވެސް އަހަރުމެންގެ ދަރިފުޅާ ދޭތެރޭގަ ވިސްނައިލަބަލަ. ޕްލީޒް ރާދު ނޫން.” މަލްހާއަށް ރޮއިގަނެވުނީ ކުއްލިއަކަށެވެ. އެހިތުގައި އަޅަމުންދިޔަ ވޭން އެތަނުގައިތިބި އެކަކަށްވެސް ހަމަ އިހުސާސުނުވަނީ ހެއްޔެވެ؟

“އޯ ޕްލީޒް ޝަޓްއަޕް. އަހަރެންނަކަށް ތިއިން އެކަކުވެސް މުހިއްމެއްނޫން. މަލްހާ ބޭނުމީއާމުން ދަރިވެސް މަލްހާއަށް. އޭނާ ގޮވައިގެން ވީހައިވެސް އަވަހަށް މިގެއިން ނުކުތީއާމުން އަހަރެންނަށް ރަނގަޅީ. އަޑުއިވިއްޖެ.” ފަރުވާކުޑަ ރާގަކަށް ރާއިދް ބުނެލިގޮތުން މަލްހާ ހުއްޓުންއެރިއެވެ. އޭނާ ހީކުރީ އޭނާދެކެ ލޯބިނުވި ނަމަވެސް ރާއިދް ޒީވާންދެކެ ލޯބިވާނެ ކަމަށެވެ. އެހެނަސް ކަންތައްވަމުން މިދަނީ އޭނާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ހައިރާންކަމާއެކު ރާއިދްގެ މޫނަށް ބަލަންހުރި މަލްހާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. އޭނާގެ ރާއިދް އެހައި ހިތްހަރުމީހަކަށްވީ ކޮންއިރަކުހެއްޔެވެ؟

“ރާދު ޕްލީޒް އަހަރެންނަށް ތިހެން ނުހަދާ. އަހަރެން.. އަހަރެން މިގެއިން ނުކުމެގެން ކޮންތާކަށްދާނީ؟ ހެޔޮނުވާނެ އަހަރެން މިގެއިން ނުނެރޭ. އަހަރެމެންގެ ދަރިފުޅަށްޓަކާ އަހަރެން މިގޭގައި ބަހައްޓައިދީ.” ރާއިދްގެ ފައިބުޑަށް ވެއްޓިގަންނަމުން މަލްހާ އާދޭސްކުރަންފެށިއެވެ. ހަޔާތުގައި މިފަދަ ދުވަހެއްދެކެން ޖެހިދާނެކަމަށް އޭނާ ހުވަފެނުގައިވެސް ހިއެއްނުކުރެއެވެ. މިތަނަކީ އޭނާގެ ގެދޮރުހުރި ތަނެއްވެސްނޫނެވެ. ވީއިރު އެގެއިން ނުކުމެގެން ޒީވާން ގޮވައިގެން އޭނާ ދާނީވެސް ވަކިކޮންތަނަކަށް ހެއްޔެވެ؟ ރާއިދް އެހެންބުނާއިރު އެވަރުވެސް ނުވިސްނެނީހެއްޔެވެ؟

“ވަރިހަމައޭ. އަހަރެން ބޭނުމެއްނޫން ކަލެއާ އެއްފުރާޅެއްގެ ދަށުގައި އުޅޭކަށް. ވަރިކުރީމައި ދެން މިގޭގައި ހުރުމުގެ ބޭނުމެއްނެތް. އަޑުއިވިއްޖެތަ؟” ކުޑަކޮށް ގުދުވެލަމުން މަލްހާ ދުރަށް ކޮށްޕައިލުމަށްފަހު ރުންކުރު ގޮތަކަށް ރާއިދް ބުނެލިއެވެ.

ވެއްޓުނުގޮތުން މަލްހާގެ އުނަގަނޑަށް ތަދެއްއަރައިގެން ދިޔައެވެ. އެހެނަސް ހިތްވަރުކޮށްފައި މަލްހާ ތެދުވިއެވެ. ރޮވިފައި ރާއިދް ގާތުގައި އަނެއްކާވެސް އާދޭސްކުރަންފެށީ އޭނާ ގެއިން ނެރެނުލުމަށެވެ. އޭނާއަށް އެހެން ނުހެދުމަށެވެ. އެހެނަސް އެހަރު ހިތުގެ ވެރިޔާއަށް އެއިން ކަމަކުން އަސަރުކުރިހެނެއް ހިއެއްނުވެއެވެ. އަޅައިކަހައިވެސްނުލައި އެހުރިގޮތަށް ހުރީއެވެ.

އެއްލިކަޅިއަކުން ތަންކޮޅެއްދުރުގައި ހުއްޓިހުރި ލިވްޔާ ފެނުމުން މަލްހާާ އެދިމާއަށް ދުއްވައިގަތެވެ. އޭނާއާއި ދިމާއަށްއައި މަލްހާ ފެނުމުން ލިވްޔާ ކުޑަކޮށް ހާސްވިނަމަވެސް އެހުރިތަނުގައި ހުރީއެވެ. “ލިވީ ޕްލީޒް ރާދުގާތުގައި ބުނެބަލަ ދޮންތައަށް އެހެން ނުހަދާށޭ. ޕްލީޒް. ދޮންތަ ދަރިފުޅު ގޮވައިގެން ކޮންތަނަކަށްތަ ދާނީ؟ ލިވީ ބުނީމަ ރާދު ފަހަރެއްގަ ގަބޫލުކޮށްފާނެ.” ދެއަތްޖޯޑުކޮށްލަމުން މަލްހާ ބުނެލިގޮތުން ލިވްޔާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

ވިސްނަނީކަމަށް ހެދިގެން އިރުކޮޅަކު ހުރުމަށްފަހު ކުޑަކޮށް މަލްހާއާއި ލިވްޔާ ގާތްވެލިއެވެ. “ހަނދާންވޭތަ އަހަރެންވެސް ހަމަތިހެން ދޮންތަ ގާތު އާދޭސްކުރިން އަހަރެން މިގެއިން ނުނެރުމަށް. އެކަމަކު ދޮންތައަކަށް އެދުވަހަކު އެއަޑެއް ނީވުނެއްނު. ދެން މިއަދު އަހަރެން ކީކުރަން އެހީވާންވީ؟ ހީކޮށްލާ ތީއެދުވަހު އަހަރެންނަށް އެހެން ހެދިކަމުގެ ބަދަލޭ.” މަލްހާގެ ކަންފަތާއި ގާތްވެލަމުން ވައިއަޑުން މަލާމާތުގެ ރާގަކަށް އެހެންބުނެލުމަށްފަހު ލިވްޔާ ހީލިއެވެ. ބުނާނެއެއްޗެއް ނޭނގިފައި މަލްހާއަށް ހުރެވުނީއެވެ. އޭނާގެ ކޮއްކޮ އޭނާއަށް އެވަރަށް ނަފުރަތުކުރަނީހެއްޔެވެ؟

ލިވްޔާގެ ބަސްތަކާއެކު ހިފަހައްޓައިގެންހުރި މަލްހާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ލޯއަޅައިލަމުން މަލްހާ ލިވްޔާގެ މޫނަށް ބަލައިލުމަށްފަހު އޭނާގެ ކޯތާފަތްމަތީގައި ބާރަށް ޖެހިއެވެ. މަލްހާގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެކަމަށް ތައްޔާރުނުވެހުރި ލިވްޔާއަށް ކޯތާފަތުގައި އަތްއަޅައިލަމުން ކުޑަކޮށް ހަޅޭލަވައިގަނެވުނެވެ. ރާއިދަށްވެސް ސިހިފައި އެދިމާއަށް ހިނގައިގަނެވުނެވެ. އެހެނަސް މަލްހާގެ ބާރުހަޅޭކާއިއެކު ހުރިތަނުގައި އޭނާއަށް މަޑުޖެހިލެވުނީ ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ.

“ލަދުކުޑަ ކުއްޖާ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާފަ ކަލޭ ތިހުރީ. އަހަރެން ދުވަހަކުވެސް ކަލެއަކަށް މައާފެއް ނުކުރާނަން. ހަނދާންކުރާތި. އަހަރެންނާ އަހަރެންގެ ދަރިފުޅު ނިކަމެތިކޮށްލާފަ ކަލޭމެން ދެމީހުންނަކަށް ދުވަހަކުވެސް އުފަލަކުން ނުއުޅެވޭނެ. އަހަރެންނަށް ތިދިން ހިތާމައިގެ ބަދަލު ކޮންމެވެސް ދުވަހަކުން ކޮންމެވެސް ސިފައެއްގައި ކަލޭމެން ދެމީހުންނަށް ލިބޭނެ. މިހާރުން ފެށިގެން ވަގުތު ގުނަންފަށާ. އެދުވަހަކުން ކަލޭމެންނަށް އިހުސާސުވާނެ އަހަރެންނަށް ތިދެވުނު އަނިޔާ. ﷲ އިރާދަފުޅުން މިހާލުގައިވެސް އަހަރެން ކެތްތެރިވާނަން. އަހަރެންގެ ހިތެއް ކަލޭމެންނަކަށް ދުވަހަކުވެސް ހެވެއްނުވާނެ. ދުވަހަކުވެސް ނުވާނެ.” ފަހުޖުމުލަތަކާއެކު އަނެއްކާވެސް މަލްހާއަށް ރޮވުނެވެ. ކާކޮޓަރީ ދޮރުމަތީގައި މިހުރިހައި މަންޒަރެއް ބަލަންހުރި ހީނާއަށް މަލްހާގެ ކޮންމެ ޖުމުލައަކަށް އާމީން ކިޔައިލެވުނީ އެދެމީހުންދެެކެ އައިސްފައިވާ ރުޅިއެއްގެ ބޮޑުކަމުންނެވެ.

ރާއިދާއި ލިވްޔާއަށް މަލްހާގެ ވާހަކަތަކުން މާބޮޑު އަސަރެއް ނުކުރެއެވެ. ހިތާމައިގެ ހިޔަންޏެއް ދުވަހަކުވެސް އެދިރިއުޅުމަށް އެޅިފައިނުވާ މީހަކަށް އޭގެ ހިތިކަމެއް މީހަކު ބުނެލާ ބަހަކުންނެއް އިހުސާސެއް ނުވާނެއްނޫންހެއްޔެވެ؟ ފަރުވާކުޑަގޮތަކަށް ހަޅޭލަވައިގަތުމަށްފަހު އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތް މަލްހާއަށް ބަލަން ދެމީހުންވެސް ތިބީއެވެ.

ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކުފަދައިން ހިނގައިފައިގޮސް މަލްހާ ކޮޓަރިއަށް ވަތްއިރު ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ފުރަގަހުގައި ރޮވިފައި ޒީވާން ހުއްޓެވެ. އެކުޑަކުޑަ މައުސޫމް ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފެނުމުން މަލްހާގެ ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ. އޭނާއަށް ކިތަންމެބޮޑު ހިތާމައެއް ލިބުނަސް އޭނާގެ ލޯބިވާ ދަރިފުޅުގެ ލޮލުން އެންމެ ކަރުނަތިއްކެއް އޮހޮރޭތަންބަލާކަށްވެސް އޭނާއަކަށް ކެތެއްނުވާނެއެވެ.

ވައިއަޑުން ދަރިފުޅާއޭ ބުނެލަމުން ގުދުވެލައިފައި މަލްހާ ޒީވާން އުރައިލަމުން އެތުއްތު މޫނުގައި ލޯބިން ބޮސްދިނެވެ. އަދި ތަކުރާރުކޮށް އޭނާއަށް މައާފުކޮށްދިނުމަށް އެދެމުންދިޔައެވެ. މަލްހާގެ ކަރުގައި އޭނަގެ ކުޑަދެއަތް ވަށައިލަމުން ޒީވާން ބައްދައިލީ ލޯތްބާއެކުއެވެ. މީހަކު ނުބުންޏަސް އެކުޑަ ހިތަށްވެސް އޭނާގެ މަންމަ އުފުލަމުންދިޔަ ހިތާމަތަކާއި ބުރަތައް އިހުސާސުވާފަދައެވެ. އިރުކޮޅަކު ބައްދައިލައިގެން ހުރުމަށްފަހު ޒީވާން ދުރުވެލަމުން ލޯތްބާއެކު މަލްހާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަދިނެވެ. މިއަދު އެހިތުގައި އޭނާގެ ބައްޕައާމެދުގައިވީ ހަމައެކަނި ޝަކުވާއެވެ. ޒީވާންގެ މިއަމަލުން މަލްހާއަށް އިތުރަށް ރޮއިގަނެވުނީއެވެ. ދަރިފުޅާއޭ ކިޔައި އަނެއްކާވެސް ޒީވާންގެ ގައިގައި އޮޅުލައިގަންނަމުން މަލްހާ ގިސްލަގިސްލާފައި ރޮމުންދިޔައެެވެ.

ކުއްލިއަކަށް އިވެންފެށި ގޭގެ ބެލްގެއަޑުން މަލްހާ ހިސާބަކަށް ހައިރާންވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ޒީވާން ތިރީގައި ބެހެއްޓުމަށްފަހު މަޑުހިނގުނެއްގައިގޮސް އަލަމާރި ބިތްދޮށުގައިހުރި ފޮށި ނެގިއެވެ. އަދި ކުޑަކޮށް ފޮށި ފޮޅައިލަމުން އަލަމާރި ހުޅުވައިލުމަށްފަހު އޭނާގެ އަންނައުނުތަކާއި ޒީވާންގެ އަންނައުނުތައް އަޅައި ފޮށި ފުރައިލިއެވެ. ދުރުގައި މަލްހާގެ ކޮންމެ އަމަލަކަށް ފަރުވާތެރިކަމާއެކު ބަލަން ޒީވާން ހުއްޓެވެ. އޭރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. މަންމައަކު ރޯމަންޒަރުބަލަން ކެތްވާނީ ކޮންހިތަކަށް ހެއްޔެވެ؟

ބޭނުންވާ ހުރިހައި ސާމާނެއް އަޅައިނިންމައިލި އިރުވެސް އޭނާ ދާނެ ތަނެއް މަލްހާއަކަށް ނުވިސްނުނެވެ. އެންމެހިނދުކޮޅަކުވެސް އެގޭގައި މަޑުކުރަން ބޭނުންނުވުމުން މަލްހާ އެތަނުން ދާންނިންމިއެއްކަމަކު އޭނާ ދާނީވެސް ވަކިކޮންތާކަށް ހެއްޔެވެ؟ ދެލޯމަރައިލަމުން މަލްހާ ފުންނޭވާއެއްލީ ހަމަޖެހިލުމަށެވެ. އަލަމާރީގެ ދޮރުފަތް ލައްޕައިލުމުގެ ކުރިން މަލްހާ ހިތްދަތިގޮތަކަށް އެއްފަރާތުގައިހުރި ރާއިދްގެ އަންނައުނުތަކަށް ބަަލައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ހިތްމަތީގައި އަތްއަޅައިބާރުކޮށްލަމުން މަލްހާ އަލަމާރީގެ ދޮރުލައްޕައިލިއެެވެ. އެވަގުތު ދޮރުގައި ޓަކި ޖަހައިލަމުން ހީނާ ދޮރުހުޅުވައިލިއެވެ. ގަދަކަމުން ހިނިތުންވެލަމުން މަލްހާ ހީނާއާއި ދިމާއަށް އެނބުރުނީ ކިހިނެއްވީތޯ އަހައިލާ އުސޫލުންނެވެ.

“ކޮއްކޮ ހޯދަން މީހަކު އައިސް އެބަހުރި.” ސިޓިންގް ރޫމާއި ދިމާއަށް އަތުން އިޝާރާތްކޮށްލަމުން ހީނާ މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. އެއާއެކު މަލްހާގެ ދެބުމަގޮށްޖެހިގެން ދިޔައެވެެ. މިގަޑީގައި އޭނާ ހޯދަން އަންނާނީ ކާކުހެއްޔެވެ؟ ވަކި އެއްޗެކޭ ނުބުނެ ބޯޖަހައިލަމުން މަލްހާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ޓިޝޫކޮޅަކުން އޭނާގެ މޫނުމަތި ފުހެލަމުންނެވެ.

ޒީވާން ގާތުގައި ހީނާ މަޑުކޮށްލުމުން އެކަމަށް ޝުކުރުވެެރިވެފައި މަލްހާ ސިޓިންގް ރޫމާއި ދިމާއަށް ހިނގައިގަތެވެ. ސޯފާއެއްގައި އިނށީދެލައިގެންއިން އީނާލް އާއި ޝަމްއަލް ފެނުމުން މަލްހާ ވަރަށް ހައިރާންވިއެވެ. މިއޮއްފަދަގަޑީގައި އީނާލް އައުމުން މަލްހާގެހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ.

“މަލް އާރ ޔޫ އޯކޭ؟” ކަންބޮޑުވެފައި މަލްހާ އާއި ދިމާއަށް ހިނގައިގަންނަމުން އީނާލް އަހައިލީ މަލްހާ ހުރިހާލު ފެނުމުންނެވެ. “ނާލް. މިގަޑީގަ. ކަމަކުތަ؟” އީނާލްގެ ސުވާލަށް ޖަވާބުދިނުމެއްނެތި މަލްހާވެސް ކޮށްލީ ސުވާލެކެވެ. މަޑުހިނގުމެއްގައި އައި އީނާލް މަލްހާގެ ގައިގައި ލޯތްބާއެކުގައި ބައްދައިލިއެވެ. އަދި ދުރުވެލަމުން ރާއިދްގެ މޫނަށް ބަލައިލުމަށްފަހު އެނބުރި މަލްހާއާއި ދިމާއަށް ބަލައިލަމުން އީނާލް ބޯޖަހައިލިއެވެ. ކޮންކަމެއްހޭ މަލްހާ އަހައިލީ މަޑުމަޑުންނެވެ.

“އަހަރެން މިއައީ މަލް ބަލާ. ހިނގާ އަހަރެންނާއެކު ދާން. އެއްތަނެއްގަ ނުހުރެވުނަސް އަހަރެންގެ ގޭގައި މަލްއަށް ހުރެވޭނެ. އެކަކު މަލްއާއެކު ނުވިޔަސް އިންޝާ ﷲ އަހަރެން އަބަދުވެސް މަލްއާ އެކުގައި ވާނަން. އަހަރެން ހުއްޓަ ވަންނާނެތަނެއްނެތި މަލް މަގުމަތިވާކަށް ނުޖެހޭނެ.” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އީނާލް އެހެންބުނެލީ ޝަމްއަލްއަށް ބަލައިލަމުންނެވެ. ހިނިތުންވެހުރެ ޝަމްއަލް ބޯޖަހައިލީ އީނާލްގެ ކޮންމެ ނިންމުމަކަށް އެއްބަސްވަމޭ ބުނާއުސޫލުންނެވެ.

އީނާލްގެ ހުށައެޅުމަށް ދޭނެ ޖަވާބެއް މަލްހާއަކަށް ނުވިސްނުނެވެ. އިސްޖަހައިލަމުން ދެއަތްދެއަތާ މޮޑެންފެށީ އެކަމާ ވިސްނާފަދައިންނެވެ.

“ތިހައިވަރަށް ވިސްނާނެކަމެއްނެތް. ހިނގާ އަހަރުމެންނާއެކު. އިންޝާ ﷲ ދެރަގޮތެއް މެދުވެރިވިއަކަ ނުދޭނަން. ވެދާނު މިރޭ މިތަނަށް މިއާދެވުނީވެސް އެހެންވެކަން. ގޭގަަައި ހުރެގެން އީން ކަންބޮޑުވެފަ އަހަރެންގާތު އާދޭސްކުރަނީ މަލްގެ ހާލު ބަލާލަން މިގެއަށް ގެނެސްދޭށޭ ކިޔާފަ. ނަސީބެއްނު އާދެވުނުކަން. މިތަނުގައި ދެކެވުނު ހުރިހައި ވާހަކައެއްވެސް އަޑުއިވުނު. ހުރިހައިއިރު ދޮރުމަތީގައި އަހަރެމެންނަށް ތިބެވުނީ އިވުނު ވާހަކަތަކުން ހަދާނެގޮތް ހުސްވެފަ. މިއީ އަހަރެންނާ އީންގެ ނިންމުމެއް. އެއީ މަލްއަށް ހެޔޮއެދޭ އެކުވެރިއެއް. އެހެންވީމަ މިއީ މަލްއަށް ލެއްވި ހެޔޮރަޙުމަތެއްކަމަށް ބަލައި އަހަރެމެންނާއެކު ހިނގާ.” އިސްޖަހައިގެން ހުރެ ޝަމްއަލް އޯގާތެރިކަމާއެކު މަލްހާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އީނާލްގެ ކޮންމެ ގާތް މީހަކީ އޭނާގެވެސް ގާތްމީހެކެވެ.

ަﷲ އަށް ޙަމްދުކޮށްލަމުން ޝުކުރުވެރިކަމުގެ ނަޒަރަކުން މަލްހާ އީނާލަށް ބަލައިލިއެވެ. އީނާލަކީ ހަގީގަތުގައިވެސް މަލްހާއަށް ލެއްވި ހެޔޮރަޙުމަތެކެވެ. މަލްހާގެ ކޮނޑުގައި ފިރުމަމުން އެދެލޮން އޮހޮރެން ތައްޔާރަށްހުރި ކަރުނަތައް އީނާލް ފުހެލައިދިނެވެ. އެއީ އޭނާގެ ދޮންބެގެ ލޯތްބެވެ. އެހިތުގެ ހަމަޖެހުމެވެ. ކޮންމެ ހާލެއްގައިވެސް މަލްހާ ރައްކާތެރިކޮށްދޭން އީނާލް ބޭނުންވެއެވެ. އޭނާގެ ދޮންބެއަށްޓަކައެވެ. އެދެމީހުންގެ ޒަމާންވީ އެކުވެރިކަމަށްޓަކައެވެ.

ފުންނޭވާއެއްލަމުން މަޑުހިނގުމެއްގައި މަލްހާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އެނދުކައިރީގައިހުރި ފޮށިނަގަމުން ހީނާއާއި ވަދާޢީ ސަލާމް ކޮށްލިއެވެ. ރޮވިފައި ހީނާވެސް މަލްހާގެ ގައިގައި ބައްދައިލިއެވެ. “ކޮންމެ ތަނަކު ކޮންމެ ހާލެއްގައި އުޅުނު ނަމަވެސް މާތް ﷲ ކޮއްކޮއަށް އަބަދުވެސް ހެޔޮގޮތް މިންވަރުކުރައްވާށި. ދެރަނުވޭ. އެކަލާނގެ ނިންމަވާނީ އަބަދުވެސް އެންމެ ރަނގަޅުގޮތަށް. ކޮއްކޮއަށްޓަކައި މިއަށްވުރެ މާހެޔޮގޮތެއް ރޭވިފައިއޮތީ ކަންނޭނގެ. އެހެންވީމަ ހިތްވަރާއެކު މިދުނިޔެއާ ކުރިމަތިލާ. މާތް ﷲ އިރާދަފުޅުން ހުރިހައިކަމެއްވެސް ރަނގަޅުވާނެ. ދައްތަގެ ހެޔޮދުޢާތައް އަބަދުވެސް ކޮއްކޮއާއެކުގައިވާނެ.” މަލްހާއަށް ހީނާ ވިސްނައިދިނީ ލޯތްބާއެކުގައެވެ. ހީނާގެ ކޮންމެ ވާހަކައަކަށް ބޯޖަހަމުން މަލްހާ އެއްބަސްވަމުންދިޔައެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު ކޮންމެކަމަކާއިވެސް އޭނާ ކުރިމަތިލާނެއެވެ. އެކަލާނގެއަށް އޭނާ އިތުބާރުކުރެއެވެ. އަބަދުވެސް ކުރާނެއެވެ.

ޒީވާން އުރައިލައިގެން ފޮށި އެއްއަތުން ދަމަމުން ނުކުތް މަލްހާ ފެނުމާއެކު ޝަމްއަލްގޮސް ފޮށީގައި ހިފިއެވެ. އެއާއެކު މަލްހާގެ އަނެއްފަރާތުން އީނާލް މަލްހާގެ ކޮނޑުގައި ހިފަހައްޓައިލަމުން ހިނގައިގަތެވެ. ނަމަވެސް ވަކިހިސާބަކުން މަޑުޖެހިލަމުން ފަހަތަށް އެނބުރި އޭނާ ރާއިދްގެ މޫނަށް ބަލައިލިއެވެ. އެއްފަރާތުގައި ލިވްޔާއާއިއެކު ހުއްޓިލައިގެން އެހުރިހައި މަންޒަރެއްބަލަން އޭނާހުރީ އަނގައިން ބަހެއްވެސް ބުނުމެއްނެތިއެވެ.

“އަހަރެން ހީކުރީ ރާއިދްތީ ވަރަށް ހެޔޮވިސްނޭ ރަނގަޅު މީހެއްކަމަށް. އޭރު ރާއިދް އުޅުނުގޮތުން ހަގީގަތުގައިވެސް އަހަރެންނަށް ހީވި ރާއިދް މަލްދެކެ ވަރަށް ލޯބިވެއޭ. އެކަމަކު. ރާއިދްތީ ބޭރުފުށުގެ ރީތިކަމަށް ލޯބިކުރާ މީހެއްކަން މިއަދު އެނގިއްޖެ. އެހެއްނު. ހީނުކުރައްޗޭ ރާއިދް މަލް ދޫކޮށްލީމަ އޭނާދެކެ ލޯބިވާނެ މީހެއްނުވާނޭ. ތިއީ ކުށްހީއެއް. ﷲ އިރާދަފުޅުން ރާއިދްއަށްވުރެ ބޮޑަށް މަލްދެކެ ލޯބިވާނެ އަދި ރާއިދްއަށްވުރެ މާރަނގަޅު ހެޔޮލަފާ ޞާލިހް ފިރިއެއް އަހަރެންގެ މަލްއަށް ލިބޭނެ. އެދުވަހަކުން ރާއިދް ރޯނެ. އެނބުރި މަލްގެ ލޯތްބަށް ސަލާންޖަހަންވެސް އަންނާނެ. އެކަމަކު ވަގުތު އޮންނާނީ ފާއިތުވެފަ. މާބޮޑަށްވެސް ފާއިތުވެފަ. އަހަރެން ބުނީތީވެސް ރާއިދް ބަލަންހުންނައްޗޭ. ދަނީ ދެން. ތިދެމީހުންގެ ތިދެމީހުންގެ އުފާވެރިދިރިއުޅުމަށް މަރުޙަބާ. އިރާދަކުރެއްވިއްޔާ މަލްއެއްދެން ނާންނާނެ ތިދެމީހުނަށް އުނދަގޫ ކުރާކަށް.” އޭނާ ދައްކަންބޭނުންވި ވާހަކަތައް ދައްކައި ނިންމައިލުމަށްފަހު އީނާލް މަލްހާ ގޮވައިގެން ޝަމްއަލްގެ ފަހަތުން އެގެއިން ނުކުންނަން ހިނގައިގަތެވެ. ހައިރާންކަމާއެކު އީނާލްއާއި ދިމާއަށް ބަލަން މަލްހާއަށް ހުރެވުނީއެވެ. ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނައެވެ. އެއަށްވުރެ ބޮޑަށް މަލްހާގެ ސިކުނޑިވަނީ ހާސްވެފައެވެ. އެންމެފަހު ފަހަރަށް މަލްހާ ކުޑަކޮށް އެނބުރިލަމުން ފެންކަޅިވެފައި ރާއިދާއި ދިމާއަށް ބަލައިލިއެވެ. އެހެނަސް އޭނާއާއި ދިމާއަށް އަމާޒުވެފައިވި ރާއިދްގެ ފަރުވާކުޑަ ބެލުން ފެނުމުން ދެލޯބަރައި ބާރުކޮށްލަމުން މަލްހާ އެގެއިން ނުކުތެވެ.

“ތޭންކް ގޯޑް ޝީ ލެފްޓް.” ސޯފާއަށް ވެއްޓިގަންނަމުން އުފާވެލައިފައި ލިވްޔާ ބުނެލިއެވެ. “ހެހެ ޔާ. ދެން އަހަރުމެންނަށް ހަމަޖެހިގެން އުޅެވިދާނެ. އޭނަގެ އުނދަގުލެއް ދެން ނުޖެހޭނު.” ލިވްޔާ ގާތުގައި އިނށީދެލަމުން އެހަށިގަނޑުގައި ކުޑަކޮށް ބައްދައިލުމަށްފަހު ރާއިދް ބުނެލިއެވެ.

“އަހަރެން ހިއެއްނުސްކުރަން ރާދު އަސްލު އޭނަ ވަރިކޮށްފާނެ ކަމަކަށް. އައި ވޯސް ޝޮކްޑް.” ރާއިދްގެ މޫނުގައި ލޯބިން ފިރުމައިލަމުން ހިތްހަމަޖެހިފައި ލިވްޔާ ބުނެލިގޮތުން ރާއިދް ހިނިތުންވެލިއެވެ. “ލިވީ އަބަދުވެސް ޝަކުވާކުރަމެއްނު ހަމައެކަނި ލިވީގެ މީހަކަށް އަހަރެން ނުވެގެން. ސޯ ހިއަރ އައި އެމް. އޮންލީ ޔުއާރސް. އެހެންނޫނަސް އޭނައާއި އިނދެގެންހުރެ އަހަރެމެން ކިހިނެއް މެރީ ކުރާނީ ދޯ. ސޯ އައި ކްލިއާރޑް ދަ ވޭ. ހެޕީތަ މައި ޕްރިންސެސް؟” ލިވްޔާގެ މޫނުގައި ބޮސްދެމުން ލޯބީގެ ރާގަކަށް ރާއިދް އަހައިލިއެވެ. “މާ ބޮޑަށްވެސް. ހެހެ.” ދެމީހުންގެ ހުނުމުގެއަޑު ސިޓިންގްރޫމް ތެރެއަށް ފެތުރިގެންދިޔައެވެ. މަލްހާ އެދިރިއުޅުމުން ފޮނުވައިލެވުމުން އެމީހުންތިބީ ހިތްހަމަޖެހިފައެވެ.

** ** **

އީނާލް މަލްހާ ގޮވައިގެންއައީ ޝަމްއަލްގެ ގެއަށެވެ. ޝަމްއަލްގެ މައިންބަފައިން މަލްހާއަށް މަރުހަބާކީ ލޯތްބާއެކީއެވެ. އެތައް ހިތްވަރެއް ކޮންމެ މީހެއްގެ ފަރާތުން މަލްހާއަށް ލިބެމުންދިޔައެވެ.

ފާއިޒާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން މަލްހާ އާބިދާމަތިން ހަނދާންވާން ފެށިއެވެ. މަންމަގެ ލޯތްބާއި ކުލުނަށް އެހިތްއެދި ރޮމުންދިޔައެވެ. މިފަދަ ހިތްދަތި ވަގުތުތަކުގައި ކޮންމެމީހަކުވެސް އެންމެ ހަނދާންވަނީ އެމީހެއްގެ މައިމީހާ މަތިންނެވެ. އަތުގައިއޮތް ފޯނަށް މަލްހާއަށް ބަލައިލެވުނެވެ. ރަށަށް ދިޔައީއްސުރެ އާބިދާއާއި ސަލީމްކުރެ އެކަކުވެސް އޭނާއަށް ގުޅައިލައިފައެއް ނުވެއެވެ. ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް އާބިދާއަށް ގުޅައިލަން މަލްހާ ބޭނުންވިއެވެ.

މަތީބައިގައި ހުސްކޮށްހުރި ކޮޓަރިއަށް އީނާލް މަލްހާ ގޮވައިގެން ދިޔައެވެ. އޭރު ޝަމްއަލްވަނީ މަލްހާގެ ފަށި އެކޮޓިރިއަށް ގެންގޮސްފައެވެ.

“ދެން ކަންކަމާ ދޭތެރޭ ވިސްނުންހުއްޓައިލުމަށްފަހުދޭ ފެންވަރައި ތާޒާވެލައިގެން ކާން އަންނަން. އަހަރެން އަންނާނަން އެއިރަށްވާއިރަށް ޒީވާންއަށް އެއްޗެއް ކާންދީފަ.” ހިނިތުންވެލަމުން އީނާލް ބުނެލިއެވެ. “ނާލް. އަހަރެންނަކަށް ނޭނގެ ނާލްގެ މިއިހުސާންތެރިކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް. އަހަރެން..” މަލްހާގެ ޖުމުލަ ފުރިހަމަކުރިއަކަ އީނާލް ނުދިނެވެ.

“އަހަރެން ހާދަ ދުރެއްތިކޮށްލީ. މަލް ބުނީމެއްނު މަލް އަހަރެންދެކެނީ ކޮއްކޮއެއް ގޮތަށޭ. ދެން ކީއްވެ ތިހައި ދުރުކޮށްލީ ކުއްލިއަކަށް.” ދެރަވެފައި އީނާލް ބުނެލިގޮތުން އެހެންބުނެވުނަތީ މަލްހާވެސް ދެރަވިއެވެ. “ސޮރީ ނާލް. އަހަރެން އެހެންބުނި އެއްޗެއްނޫން.” ވަގުތުން މަލްހާ މައާފަށް އެދުނެވެ. ހިނިތުންވެލަމުން ކަމެއްނޫނޭ ބުނުމަށްފަހު މަލްހާ ތާޒާވެލަން ފުރުސަތުދެމުން އީނާލް ކޮޓަރިން ނުކުތެވެ. އެއާއެކު އެނދުގެ އެއްފަރާތުގައި އިނށީދެލަމުން މަލްހާ ފޯނަށް ބަލައިލުމަށްފަހު އާބިދާގެ ނަމްބަރަށް ގުޅައިލިއެވެ. އަވަސްވެފައިވާ ހިތަކާއެކު މަލްހާ އިންތިޒާރުކުރަމުންދިޔައީ އާބިދާ ފޯނު ނަގާނެ ވަގުތަކަށެވެ.

“މަންމާ.” އާބިދާ ފޯނުނެގުމާއެކު އުފާވެލައިފައި މަލްހާ ގޮވައިލިއެވެ. “ހޫން. ކިހިނެއްވީ؟” ރުންކުރު ފާޑަކަށް އާބިދާ ބުނެލިގޮތުން މަލްހާގެ މޫނުމަތީގައިވި ހިނުތުންވުމާއި އުފާވެރިކަން ފިލައިގެންދިޔައެވެ. “މަންމާ ހެޔޮނުވާނެ އަހަރެންނާ ތިހެން ވާހަކަ ނުދައްކަބަލަ. އަހަރެންގެ ކޮންކުށެއްތަ އޮތީ؟” ހިތުޖެހިފައި މަލްހާ އަހައިލިއެވެ. “ނޭނގެ އަހަރެންނަކަށް.” ދެންވެސް އާބިދާ ދިނީ ރުންކުރު ޖަވާބެކެވެ. ފުންނޭވާއެއްލަމުން މަލްހާ ހަމަޖެހެން މަސައްކަތްކުރަމުން ދިޔައެވެ.

“މަންމާ. ރާދު. ރާދު.. އަހަރެން.. އަހަރެން ވަރިކޮށްފި.” އާބިދާގެ ފަރާތުން ކުޑަނަމަވެސް އޯގާތެރިކަމެއް ލިބޭނެކަމުގެ އުއްމީދުގައި ވަރަށް ހިތްވަރުކޮށްފައި މަލްހާ ބުނެލިއެވެ. އެއާއެކު އިރުކޮޅެއްގެ ހިމޭންކަމެއް އެދެމެދަށް އައެވެ. މިފަހަރު އާބިދާ ލޯބިން މަލްހާއާއި ވާހަކަދައްކާނެކަމަށް އޭނާ ހީކުރިއެވެ. އެހެނަަސް ކަންތައްވީ އޭނާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ.

“އެހެންނުވާނީ ކަލެއަށް މީހަކު ބުނާގޮތް ނުހެދެންޏާ. އަހަރެން ކިހައި ވަރަކަށް ވިސްނައިދިނިން. އެކަމަކު ކަލެއަކަށް އަޑެއްނީވުނުވިއްޔަ. އެހެން..” އާބިދާގެ ވާހަކަ އެހިސާބަށް ދިޔަަތަނާ ކެތްނުވެގެން މަލްހާ ފޯނުކަނޑައިލިއެވެ. ވާވަރަށް އާބިދާގެ ރުޅިވެރި ބަސްތަކާ އޭނާއަށް ކުރިމަތިލެވިއްޖެއެވެ. އެއިން އެކަކުގެ ހިތުގައިވެސް އޭނާއާމެދުގައި ކުލުނެއް ނުވަނީހެއްޔެވެ؟ އާާބިދާއާއި ސަލީމްގެ ނުރުހުން ހައްގުވާން އޭނާކުރީވެސް ފަހެ ކޮންކުށެއްހެއްޔެވެ؟ މަލްހާއަކަށް ނުވިސްނުނެވެ.

ދެލޯމަރައިލަމުން ހަމަޖެހިލުމަށްފަހު މަލްހާ އިންތަނުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައިގޮސް ކުޑަދޮރުކައިރީގަައި ހުއްޓިލިއެވެ. އެސްފިޔަތައް އުފުލައިލަމުން ކަޅުސާލެއް އޮޅައިލައިގެންވި އުޑާދިމާއަށް މަލްހާ ބަލައިލިއެވެ. ކުދި ޖަވާހިރުތަކެއްފަދައިން ވިދައި ބަބުޅަމުންދިޔަ ތަރިތަކަށް މަލްހާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު ޢަލީ ބިން އަބީ ޠާލިބް ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް މަލްހާގެ ހަނދާނަށް އައެވެ. “ޑޯންޓް ލެޓް ޔުއަރ ޑިފިކަލިޓީސް ފިލް ޔޫ ވިތް އެންޒައިޓީ.. އާރފްޓާރއޯލް އިޓް އިޒް އޮންލީ އިން ދި ޑާރކެސްޓް ނައިޓްސް ދެޓް ސްޓާރސް ޝައިން މޯ ބްރައިޓްލީ..” އެހެން ހިތަށް އެރުމާއެކު މަލްހާއަށް ދެލޯމަރައިލެވުނެވެ. އެބަސްކޮޅުން ހިތްވަރު ލިބިގަންނަމުން މަލްހާ ލުއި ގޮތަކަށް ހިނިތުންވެލީ އޭގެ ފޮރުވިފައިވާ މާނަ ވިސްނުނުފަދައިންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޝީން(އެކާވީސްވަނަ ބައި)

Next

މިހަޔާތް އަލިކޮށްލި ނޫރު 4

Next
March 21, 2018

މިހަޔާތް އަލިކޮށްލި ނޫރު 4

Previews
March 21, 2018

ޝީން(އެކާވީސްވަނަ ބައި)

41 Comments!

  1. Queen angela? says:
    March 21, 2018 at 5:48 pm

    Yeah..mii first dhw..mikiyaalanii

  2. Axy says:
    March 21, 2018 at 6:00 pm

    Wow up kohlley dhw kiyaa laafa comment kuraanan ⭐

  3. Queen angela? says:
    March 21, 2018 at 6:02 pm

    V v v v v v v v v reethi..speechless hama..thanks nau..?

  4. unique says:
    March 21, 2018 at 6:05 pm

    varah reethi

  5. Niu says:
    March 21, 2018 at 6:18 pm

    Yayyyyyy

  6. sh@@ says:
    March 21, 2018 at 6:19 pm

    nyc

  7. Shafa says:
    March 21, 2018 at 6:33 pm

    Mi partvs vvv reethi…gud luck and waiting for the next part❤???

  8. Axy says:
    March 21, 2018 at 6:38 pm

    Alhey Nau V V V reethi ? mi part kiymun gos mal aa dhimaa ah gein nikunnan bunaahisaabun
    Nukiigen jehenee huttaalan ????????????
    Asluves v v Rovey ???????? Nau ge mi vaahaka sifakurun hama molhey Thanks Nau ? ? ? ? ? ?

  9. Sumaa says:
    March 21, 2018 at 6:55 pm

    ????v v v reethi… Maasha Allah……. Speechless…

  10. Mona says:
    March 21, 2018 at 7:08 pm

    Mi dhen fukeh boduvari…vaahak eko kiyaafa dhe folhuvah…v foohi

  11. Shann says:
    March 21, 2018 at 7:11 pm

    Hama rovihje rangalhah ves… Hithah araa mi story inthaa indhe ehkoh kiyaalan libeyne namaey… Ehaaves kiyaahiyvefa mi hunnany… V v ves rythi story ekey buneveyny mi… Nau haadha haadha molhey,Masha Allah… Thivareh nethey hama buneveyny… Sifakurun hama ehvana… Luv u…????????????????????????

  12. Huya says:
    March 21, 2018 at 7:19 pm

    Hiyy huttifa vindhu Jahan feshy

  13. Mai says:
    March 21, 2018 at 7:30 pm

    Wow… Naseebeh baby athunulikan… Mal ah rangalhu friend eh libun aee malge naseebu… Keep up the good work nau..??

  14. Xee says:
    March 21, 2018 at 7:31 pm

    Rovijje?

  15. lotus says:
    March 21, 2018 at 7:39 pm

    Hama saabahey buneveynee… sifakoh dhinun v salhi.. v emotional.. waitin for tha next ep..???

  16. Pinky shifoo says:
    March 21, 2018 at 7:57 pm

    Wonderful ❤️❤️❤️… Mi part vx as usual v v v reethi ???… Hama heevanee manzaruthah fennahenn ???… Raaidh n livyaa haadha gohey ???… Mal ge mom vx dhw ???… Nasybehnu naal n shamal ah egadyga aadhevunukann ???… Story kuriah dhaa goi v reethi ingey Nau ???… Keep up the good work ???… U are a talented great writer ??????… Eagerly waiting for the next part ???… Lots of love and take care Nau ???❤️❤️❤️???????????????

  17. Ibsha says:
    March 21, 2018 at 8:01 pm

    Varah reethi…rovijje

  18. Fathun says:
    March 21, 2018 at 8:07 pm

    Wow… keekey bunaanaaneee.. story hama habeys….v v v reethi….when next part

  19. Xxxx says:
    March 21, 2018 at 8:52 pm

    Maasha Allah.v.furihama dear..keep it up

  20. aalaa says:
    March 21, 2018 at 9:28 pm

    Alhey stry was awesome…. vrh kiyaa hithun indhaa e nimuny… waiting fo next part… i think this is my frst comment to this stry. Bt i do read every episodes.. today i saw a mistake so i would like to tell u about the mistake so i am cmmenting… BEYNUMEEAAMUN AND NIKUTHYAAMUN MI DHE WORD…mi gothakah nuliyane liyaany BEYNUMIYYAAMUN AND NIKUTHIYYAAMUN… Ingey… alif skun n yaa aabaafili jahaign liyaany.. ummeedh kuran rangalhu kohlaane kamah… thankyou n gdnyt tc.. bye ly…

  21. Faxy says:
    March 22, 2018 at 7:45 am

    Wow vaahaka v reethi ? Eagerly waitn for da next part ❤

  22. Mixoo says:
    March 22, 2018 at 11:27 am

    Wow.. I’m speechless. Very beautiful.
    My sis asked to read it and today I read it starting from the beginning…
    ❤ Waiting for the next part.

  23. Ainth shazu says:
    March 22, 2018 at 6:06 pm

    Koba next part

  24. Nau says:
    March 22, 2018 at 6:45 pm

    Salaam all.. In sha allah miadhuge part maadhan upkoh dheynan.. M going thru a v v hard time.. Jst pray to Allah to make thns ease for me.. ?.. One of my family member evn asked me to go away frm all thns for nw for my benefit.. Bt i dnt wanna leave my stry like that. I dnt wanna dissapoint my readers.. So in sha allah i will kyp going like this mi stry nimendhen.. Jst pray to Allah to give me the strength.. Plx dnt get angry with me.. I hope u guys will understand.. I hv never done this.. N in sha allah i will never leave my stry incomplete.. So trust me.. In sha allah.. Hope u guys will wait.. I will upload tmrw as soon as pssble in sha allah.. Sry guys.. ?

  25. Think says:
    March 22, 2018 at 6:55 pm

    Gws naw.. You are an awesome writter..

  26. Pinky shifoo says:
    March 22, 2018 at 7:36 pm

    Ohhh ???… Insha Allah hurihaa kameh vx v avahah ragalhuvaane… Ummeedhukuran v avahah hurihaa kameh vx ragalhu vaane kamah ?… Nau thy v ragalhu writer eh ??… Abadhuvx ???… Love you soooooo much ❤️❤️??

  27. azu says:
    March 22, 2018 at 7:49 pm

    alhuganduge heyodhuaa thah nau aaeku vaane….in sha allah…nau ah dhimaavegen thiulhey kanthah nau ah luifaseyha kohdhevvaane….love u n ur story

  28. Vaanuva says:
    March 22, 2018 at 8:02 pm

    Thee hama fake hen heevany.. ei knme writer ehves kanthah kura goih.. vaahaka liyan fashaafa medhu kedemun kedeny..

    1. Mai says:
      March 22, 2018 at 8:17 pm

      Vaanuva ah bunelaany… Aee fake eh nooney… Nau meege kurin wx baiwaru waahaka hama mi site ga liyefa ebahuri.. Baraabarah up kurey… Mai me gawaidhun nauge story kiyaa kuhjjeh v ma mihen mibuny… Konme meehakah wx kameh dhimaa wedhaane dho… Ekan dhen thibi meehun jeheyne dho gaboolu kuran… Nau mai ge heyo dhua wany nau aa ehkoh…

  29. lotus says:
    March 22, 2018 at 8:21 pm

    Prayin that things wil get easier for u.. stay strong
    Fighting!???

  30. Shann says:
    March 22, 2018 at 9:37 pm

    Nun nau fake jahssanyky nun… Nau ge khonme story ves hama nimendhen kiyuntherinnaa hama ah genesdhey hama baraabarah… Ihsaanun balives vaanekan gabool kurey kudhinney… GWS nau… Miss u

    1. Kokko says:
      March 23, 2018 at 5:00 pm

      Ehkkala meehaa….meena miss nuvaane writer eh nuhunnaane..varah vefa hunnaanee sahaadheh

  31. aisha says:
    March 22, 2018 at 11:51 pm

    oh..hope everything is sort out soon..we will wait.take ur time.???❤???????

  32. cute baby says:
    March 23, 2018 at 10:34 am

    Nau gws u re best

  33. Ainth shazu says:
    March 23, 2018 at 11:55 am

    Kihaa iraku next part

  34. Meee says:
    March 23, 2018 at 7:17 pm

    Get well soon m waiting for you story ☺☺

  35. Mona says:
    March 23, 2018 at 8:08 pm

    Up nukuraane…dhen nuliyaane mi story eh…inthizaru kutsane kamei nei

  36. Nau says:
    March 23, 2018 at 9:08 pm

    Salaam everyone.. So sry lasvyma.. Btw m soo happy for the love n support u guys r giving me.. For understanding.. N thanks aalaa.. For pointing out the misatakes n correcting them.. In sha allah i will kyp that in mind.. Asluvx v happy vehje my readers understand vyma.. Dnt wry in sha allah alhugandu fashaifi kameh complete nukoh leave kosheh nulaanan.. And yes alhugandu fake jahsany eh noon.. Dhuvahakuvx in sha allah efadha kameh nukuraanan.. Haqeegathugaivx kameh dhimaavegen miulheny.. Ehnve ehn buny.. Dhogeh noon mi ee kee.. N yes.. I tld m nt gonna leave it incomplete.. So trust me.. I will kyp my wrd in sha allah..

  37. tom says:
    March 23, 2018 at 9:47 pm

    Hageegathgaves mikahala kanthahdimaavefa ebaoe mashan hyvanee mikahala kameh dimaavefahuri meehenhen mona akee ehenve feykeky kiyaegen maa nafrathvegenmiulhenee kiyaahinnunaya nukeemanimuneenu kaakubunee mivaahakakiyaashy.

  38. simee says:
    March 23, 2018 at 10:04 pm

    Kon mona ehthamee doohonaatha nunee cartoon moanaathamee.meena mee fykeh hama bodu fykeh.nauge story thah v reethi thivarennethybunevynee.mee nau ah heyoedy faraatheh.v vedun.?

  39. lol says:
    March 24, 2018 at 11:55 am

    “alhai kaihai vx nulai” mihn nukiyaaneh nau thyh huvadhu atoll kujjeh dwh becox eiee rashu baheh vma lol heeheehalaaku dn

Comments are closed.

Next Episodeތަޤްދީރު (21)←


All Right Reserved!