Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ބާވީސް ވަނަބައި)

Marie Level 210 Stories100 Login100 Comments
March 22, 2018 5 Mins Read
25 Comments

.

ތެދުވެފައި ހިނގައިގަތް ރައިން ގޮސް އެމީހާގެ ފައިގާ އޮޅުލައި ގަންނަމުން ބައް ބައް ބައް ޕާ އޭ ގޮވާލިއަޑުއިވުމާއެކު ޝީންއާއި އާޔަން އެއްފަހަރާބަލާލީ ހިނިއައިސް ހުރެއެވެ.ރައިންގެ އަނގައިން އަލައް ބައްޕާއޭ ގޮވާލުމުން ޝީން އިނީ ހިނިއައިއްސައެވެ..
އޭރު ރައިން އެމީހާގެ ފައިގައި އޮޅުލައިގަނެގެން ހުއްޓެވެ.އޭރު އެމީހާގެ ދެލޯ ވަނީ ޝީންއަށާއި ސޯފާގައި އިން އާޔަންއަށް ހުއްޓިފައެވެ.
ޝީންމެންނާ ދިމާލައް ބަލަހައްޓައިގެން ހުރިމީހާއަށް ޝީން ބަލަލީވަރައް ފަރުވާތެރިކަމާއެކުގައެވެ
ޝީންގެ ސިކުނޑިއަށް އެމީހަކު ނަގައިގަންނަން ކުޑައިރުކޮޅެއް ނެގިއެވެ.
ފުންމައިގެން ސޯފާއިން ތެދުވެވުނީކިހިނެއްކަމެއްވެސް ޝީންއަށް ނޭގުނެވެ. އަބަދުވެސް މޫނުމަތީއެއްވަރައް ކޮށާލާފައިވާ ތުނބުޅި ވަނީ ދިގުވެގެން ގޮސް މީހާގެ ސިފަނޭގޭވަރުވެފައެވެ.
ކުލައަލި މޫނުމަތިން އެރީތި ދެލޯ ކައިރިވަނީ ކަޅުވެ ވަޅުވަދެފައެވެ. ހުދުކަންބޮޑު ދެލޯވަނީ ރަތްވެގެން ގޮސް އެދެލޮލުގެ ރީތިކަން ގެއްލިފައެވެ.
އަބަދުވެސް ގުޅޭގޮތައް ހެދުން އަޅަމުން އައިކަމުގައިވިޔަސް މިއަދު ހެދުން އެޅުމުގައިވެސް އެއްވެސް ގުޅުވުމެއްނެތެވެ.
އެންމެ އަގުބޮޑު ޒަމާނީ ގަޑިއަޅަމުން އައި އަތްވަނީ މިއަދު ފަޅުވެފައެވެ.
ބޮޑުބައްޔެއްތަހައްމަލް ކުރަމުންދާ މީހެކޭ އޭނައެކޭއެއްވެސް ތަފާތެއްނެތެވެ. ގަބުވެފައި ހުރި ޝީންއަށް ބަލަހައްޓައިގެން އާޔަންއަށް ހުރެވުނީ ވާނުވާނޭގިފައެވެ.
ގޭތެރެއަށް ވަދެގެން އައި ނަފީސާއަށް ކޮނޑުގައި ދަބަސް އަޅުވާލައިގެން ސިޓީންގްރޫމްގައި ހުރިމީހާއާއި އަރާހަމަވަމުން ބަލައިލިއެވެ.
އެހިދު އޭނާއަށް ލިބުނީ ޝޮކެކެވެ
ޝީންއަށް ވީގޮތައް ނަފީސާއަށްވެސް ހުއްޓުންއެރީ އޭނަގެ ދަރިފުޅަށް އައިސްފައިވާ ބަދަލުންނެވެ.
ކުރިން އެމޫނުމަތިން ފެންނަ އުޖާލާކަމެއް މިއަދު އެދަރިފުޅުގެ މޫނުމަތިން ނަފީސާއަކަށް ނުފެނުނެވެ.
އަޔާޒް ދެފައިގައި އޮޅުލައިގަނެގެން ހުރި ރައިން އަނެއްކާވެސް އަނގަހަލުވަމުން ބައް ބައްޕާއޭ ގޮވާލިއެވެ.
އެވަގުތު ޝީއަށް ބުނާނެއެއްޗެއް ވެސް ނޭގުނެވެ. ރައިން ކޮށަމުންވިޔަސް އަލަށްވެސް ބައްޕައެކީއޭނާގެ ބައްޕައަށެވެ.ގުދުރަތްތެރިކަން ދެކެބަލާށޭވެ.
އަޔާޒްގެ ފައިގައި އެކުއްޖާ އެލިގަނެގެން އޮތްއިރު އެއިން އެއްވެސްކަމެއް އަޔާޒްއަށް ނޭގޭ ކަހަލައެވެ.
ކަޅިޖަހާލަންވެސް ހަދާންނެތި ބެލެމުން ދިޔައީ ޝީންއާއިދިމާލަށެވެ.
އާޔަންގޮސް އަޔާޒްއާއި ރައިން ދުރުކޮއްލުމައްފަހު އުރާލިއެވެ. އެވަގުތު އާޔަންގެ ލޮލަށް އަޔާޒް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
އެންމެ ހިދުކޮޅަކައްވެސް އެތާކެއްކުރަން ދަތިވުމުން އާޔަން އަތުގައި އިން ރައިން އުރާލައިގެން ޝީން މައްޗައް އަރައިގެން ދިޔައެވެ.
ވާނުވާ ނޭގިހުރި އާޔަން ނަފީސާގާތު ފަހުން އަންނާނަން ކަމައްބުނެ އެގެއިން ނިކުތެވެ.
އެންމެން ދިއުމުން ނަފީސާ އަޔާޒްއާއި ގާތައް ޖެހިލިއެވެ. ދަރިފުޅައްއައިސްފައި ހުރި ބޮޑުބަދަލުން އޭނަކުރާ ހިތާމަ އެ މަންމައަށް އިހުސާސް ކުރެވުނެވެ.
މަންމާ ވަރައްވަރުބަލިވެފަ މިހިރީ “އަންނާނަން ކުޑަކޮއް ނިދާލާފަ”
މިގަޑީގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވުމުން އަޔާޒް އުޒުރެއްދައްކާލުމައްފަހު ކޮޓަރިއަށްދާން ހިނގައިގަތީ ނަފީސާ އެކަމާ އެއްބަސް ވުމުންނެވެ.
ފަހަރަކު ސިޑިއަކަށްއަރަމުން ދިޔައިރު އަޔާޒް ހިތުގައިވަނީ އެތައް ސުވާލްތަކެއް އުފެދިފައެވެ.
ޝީން އެގޭގައި އުޅެންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ އަލޫކް ޝީން ވަރިކުރީހެއްޔެވެ؟ ދެން އެއީ ކޮންފިރިހެނެއްހެއްޔެވެ؟ ޝީން އިތުރު ކައިވެންޏެއް ކުރީހެއްޔެވެ؟
ސުވާލްތަށް އަޔާޒް ހިތުގައި ފުނިޖެހެމުންދިޔައެވެ. ހިތް ބުނަމުންދިޔައީ ހުރިހާ ސުވާލެއް ޝީންގެ ކުރިމައްޗައް ބަންޑުން ކޮއްލުމަށެވެ.
ނަމަވެސް މިއަދު އެހިތްވަރެއް އަޔާޒްގެ ގަޔަކު ނެތެވެ. އޭނަ ފެނުމުން ޝީންއަށް ވީގޮތުން އެހިތުގައި އިތުރު ރިހުމެއް އުފެދިއްޖެއެވެ. ކުއްވެރިޔަކު ފަދައިން ކޮޓަރިއަށްވަދެ އެދުކައިރީގައި އިށީނދެވުނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދޮރުބުޑުގައި ޝީންއަށް އިށީންދެވުނެވެ. ހިތުގައިއުފެދެމުން ދިޔަ ޖަޒްބާތުތަށް ކަރުނައިގެ ސިފާގައި ފަހަރަކު ތިއްކެއް ކޯތާފަތުން ތިރިއަށް ފައިބަމުންދެއެވެ.
އަޔާޒްއަށް އައިސްފައިވާ ބޮޑު ބަދަލުން ޝީންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.އެހާދުވަސް ވީއިރުވެސް އަޔާޒް ހިތުން އަދިވެސް އެކަން ނުފިލަނީހެއްޔެވެ، އެނައަށް ކުރެވުން ކުށައް މާފް ނުދެނީ ހެއްޔެވެ.
އުނގުގައި އިން ރައިން ޝީން ރޯވަރަކަށް އޭނަގެ ބަހުން ކޮންމެސް އެއްޗެހިތަކެއް ކިޔަމުން ދެއެވެ.އެދަރިފުޅުވެސް މަންމަގެ ހިތާމާގައި ބައިވެރިވެ އެމަންމައަށް ވިސްނައިދެމުން ދާކަހަލައެވެ.
ޝީން ރައިންނަގާ ގަޔާ ބޮނޑިކޮއްލަމުން މުޅި މޫނުގައި ބޮސްދޭން ފެށިއެވެ.ކޮންމެ ހާލެއްގައިވެސް އެދަރިފުޅަކީ އަޔާޒް ދަރިޔެކޭ ބުނާނެ ހާ ހިތްވަރެއް އެހަށިގަނޑަކު ނެތެވެ.އެހެން ބުނާނީ ކޮންދުލަކުން ހެއްޔެވެ.
އޭރަށް މިހާރައްވުރެވެސް އަޔާޒް އޭނައަށް ނަފްރަތް ކުރާނެއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ. މުޅިއުމުރައް ރައިންއަކީ އަޔާޒްގެ ދަރިއެއްކަން ސިއްރު ކޮއްފައި އަހަރެންނައް ކުރެވުން ކުށައް މާފަށް އެދެނީއެވެ.
އަޔާޒް އެގޮތައް ހުރުމުން ހިތައް ލިބޭ ވޭން އެތައްގުނައަކައް އިތުރުވެއެވެ.
އެކި ގޮތްގޮތައްވިސްނުމައްފަހު ޝީން ވިސްނީ އަޔާޒްއަށް ރައިންގެ ހަގީގަތް ހާމަ ނުކުރުމަށެވެ. ކަރުނަ ފޮހެލަމުން ޝީން އެދުން ތެދުވީ ރައިން ބަނޑުހައިވެގެން ރޯންފެށުމުންނެވެ.
އޭރު ރައިންއަށް ކާންދޭ ގަނޑިޖެހިގެން ހިގައްޖެއެވެ.
އެހުރިހާ އިރުވެސް ޝީން އިނީ އަޔާޒް ކުރިމައްޗައް އަރަން ނުކެރިގެންނެވެ. ފާހާނާއަށް ވަދެމޫނު ދޮވެލުމައްފަހުކުރިމަތީ ހުރި މޫނުބަލާ ލޯގަނޑުން މޫނު ބަލާލިއެވެ. މުޅި ދެލޯ ވަނީ ރޮއެ ރޮއެ ރަތްވެފައެވެ.
ޝީންއާއި އަޔާޒް އަށް ވީގޮތުން ނަފީސާ ހިތުގައި ޝައްކުތަކެއް އުފެދިގެންދިޔައެވެ.
ރައިންއަށް ކާންދޭ ގަނޑި ޖެހުން އިރުވެސް ޝީން ނުނިކުތުމުން ނަފީސާގޮސް ކޮޓަރީ ދޮރުގައި ޖަހާލަމުން ގޮވާލިއެވެ.
ފާހާނާއިން ނިކުމެ ޝީން ރައިން އުރާލައިގެން ދޮރުހުޅުވީ ނަފީސާގޮވާ އަޑަށެވެ.
އެސޮރައް މިރޭ ކާންވެސް ނުދޭ ރެއެއްތަ؟ މާލަސްވީމަ މިއައީ އެއޮއް އަށެއްޖަހަން އުޅެނީ މިހާރު “” މިހާރު ނިދިއައިސްގެން އެއުޅެނީ” ޝީންއަތުގައި އިން ރައިން އުރާލަމުން ނަފީސާ ބުނެލިއެވެ.
އެގަޑީގައިވެސް ޝީންގެ ލޮލައް ބަލައިލުމުންވެސް ޝީން އެނިކުތީ ރޮއިފައިކަން ނަފީސާއަށް އެގުނެވެ.
ޝީންއާއި އެއްވެސް ވާހަކައެއްނުދައްކާ ރައިންއާއި ސަމާސާ ކުރަމުން ނަފީސާ ތިރިއަށް ފެބިއެވެ.
އަޔާޒްގެ ކޮޓަރި ދިއްލާފައިވާތަން ފެނުމުން ޝީން ހަމަޖެހިލެވުނެވެ. އަޔާޒް ނިކުންނަންވާއިރައް ޝީން ވަރައް އަތްމަތި އަވަސްކޮއްލަމުން ރައިންއަށް ކާންދެވޭތޯ އުޅުނެވެ.
ރައިންއަށް ކާންދީ ނިމުންއިރުވެސް އަޔާޒް ނުނިކުތުމުން ޝީން ފުންނޭވާއެއް ބޭރުކޮއްލުމައްފަހު ކޮޓަރިއާއި ދިމާލައް ހިނގައިގަތީ ނަފީސާގާތު މިރޭ ނުކާނަން ކަމައް ބުނެފައެވެ.
ޝީން ކޮޓަރިއަށް ވަދުންއިރު އާޔަން ގުޅާފައޮތެވެ. މިރޭ ހަމަ ފެންވަރުވާލުމާއެކު ރައިން ނިދައިފިއެވެ.ކޮޓަރިން ނުނިކުންނައް އަޒުމް ކަނޑައަޅައިގެން ހުއްޓަސް ހިތްއެދެމުން ދިޔައީ އަޔާޒް ދެކިލުމަށެވެ.
އޭނަގެ ކިބައިން މާފައް އެދުމަށެވެ.އެހެންނޫނީ ޝިންގެ ހިތައް ހަމަޖެހުމެއްނުލިބޭނެއެވެ.
ރައިން ނިންދަވާލާފައި ޝީން ގޮސް ކޮޓަރީ ފޮތިގަނޑު ކަހާލަމުން އެއްކޮއްކަހާލެވޭ ދޮރުކަހާލުމައްފަހު ބެލްކަންޔައް ނިކުތެވެ.
އުޑުމައްޗައް ބަލަހައްޓައިގެން ހުރިއިރު އެތައްހާސް ތަރިތައްފިޔަޖަހަމުން ދެއެވެ.
ކިތަންމެ ދެރަވެފައި ހުއްޓަސް އެތަރިތަކަށް ބަލާލުމުން އެހިތައް ހަމަޖެހުން ލިބެއެވެ.ނަމަވެސް މިރޭ އެއިން އެއްވެސް ކަމަކުން އެހިތައް ހަމަޖެހުމެއްނުލިބުނެވެ
ބެލްކަނީގައި ހުރެ ޝީން ބަލާލީ އަޔާޒްގެ ކޮޓަރިއާއި ދިމާލަށެވެ. ކުޑަދޮރު ފޮތިގަނޑު ނުދަމާ ހުރުމުން އެކޮޓަރީގެ އަލި ބެލްކަންޏައް އެޅިފައި ހުއްޓެވެ.
ޝީން އެތާ ހުއްޓައި އަޔާޒް ބެލްކަންޏައް ނިކުންނާނެނަމައޭ ހިތައް އެރީ ކިތައް ފަހަރުކަމެއްވެސް ޝީންއަކައް ނޭގެއެވެ.
ބަލަހައްޓައިގެން ހުއްޓައި އެކޮޓަރީގެ ބޮކި ނިއްވާލުމުން އަޔާޒް ކޮތަރިން ދިޔައީކަން ޝީންއަށް އެގުނެވެ.
އަޔާޒް ނިކުމެގެން އައިސް ކާގެއަށް ވަދުންއިރު ނަފީސާ ކާތަށިތައް އަތުރައިގެން އިނެވެ.އަޔާޒް ފެނުމާއެކު ފުރިޖުން ޖޫސްފުޅިއެއް ނެގުމައްފަހު އެއްތައްޓައް އަނބު ޖޫސް އަޅާދިނުމައްފަހު ދެން ހުރިތައްޓައް ފެންތައްޓެއް އަޅާލަދިނެވެ.
މޭޒުމަތީގައި ހުރިތަށިތައް އަޔާޒްއާއިކައިރިއަށް ޖައްސާލުމައްފަހު ނަފީސާވެސް ގޮނޑީގައި އިށީނެވެ.
ދަރިފުޅު ތި ތުބުޅި ބާލާކައްނުވޭތަ “މަންމައަށްހާދަ ހަޑިއޭ ތިހެން ހުރީމަ “ފެންވަރާވައްތަރެއްވެސްނުޖަހައެއްނު”ނަފީސާއަޔާޒްގެ ބޮލައް ބަލަހައްޓައިންގެ އިނދެލުމައްފަހު ތައްޓައް ބަތްކޮޅެއްއަޅާލަމުންބުނެލިއެވެ.
އެކޮޅުގަ މާ ބިޒީ ވީމަވަގުތެއް ނުވީ މާދަން ތިކަން ކޮއްލާނަން”އަޔާޒް މަންމައައި ދިމާލައް ބަލައިލަމުން އެހެން ބުނެލީ އެންމެ ކުރިން ސުރެވެސް ނަފީސާ ބޯދިގުކޮއް ހުންނަން ހިތްހަމަ ނުޖެހޭކަން އެގޭތީއެވެ.
ނަފީސާ އިންތިޒާރު ކުރަމުން ދިޔައީ އަޔާޒް ޝީންގެ ވާހަކަ އަހާލާނެކަމަށެވެ.ނަމަވެސް ކައި ނިމުން އިރުވެސް އަޔާޒް ޝީންގެ އެއްވެސް ވާހަކައެއް ނޭހިއެވެ.
“ދަރިފުޅާ ޝީންއާއި މިހާރު ރުޅީތަ ” ކުއްލިއަކަށް ނަފީސާ ކުރި ސުވާލުން އަޔާޒްއަށް ތެޅި ގަނެވުނެވެ.
ނޫން ރުޅިއެއްނޫން” ހަދާންނެތިފަ މިހުރީ “ޝީން މިގޭގަ ކީއްކުރަނީ ؟ ކޮބާ އަލޫކް؟
އަޔާޒް ހިތުގައި ހުރި ހުރިހާ ސުވާލެއް އެއްފަހަރާ އޭނާގެ މަންމައާއިކޮންލަން ބޭނުންވިޔަސް އަޔާޒްވަރައް ހަމަ ޖެހޭ ގޮތް ދައްކާލަމުން ސުވާލް ކޮއްލިއެވެ. ޝީން އުޅެނީ މިގޭގަ އޭނަގެ އެއްވެސް މީހެއް މިހާރު ނެއް”ނަފީސާގެ ޖަވާބުން އަޔާޒްއަށް ނަފީސާއާއި ދިމާލައްބަލައިލެވުނީ ގަބޫލް ކުރަންދަތި ވެފައެވެ.
އާން”ކައިވެނި ކުރިރޭ އަލޫކް މަސްތުވާއެއްޗެހީގެ މައްސަލާގައި ހައްޔަރު ކޮއްފި”ނަފީސާ ކަންތައްވެގެން ދިޔަގޮތް އަޔާޒްއަށް ފެށުނީން ސުރެ ކިޔައިދިނެވެ.
އަޔާޒްއަށް ކުއްވެރިކަމުގެ އިހުސާސް ކުރެވުނެވެ. ދިޔައިންސުރެ އެންމެ ފަހަރަކުވެސް ޝީންއަށް އޭނާ ގުޅާނުލައެވެ. އެދުވަހު އޭނަގެ އެހީ ބޭނުންވީ ދުވަހު ދުރުކޮއްލެވުނީއެވެ. އޭނައަކީ ކޮންކަހަލަމީހެއް ހެއްޔެވެ. އަމިއްލައަށް ކުއްވެރިޔަކު ފަދައިން އަނގައިންވެސް ނުބުނެ ނަފީސާގެ ވާހަކަތައް އަޑުއަހަން އަޔާޒް އިނީ އިސްޖެހިފައެވެ.
އެދުލުން ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ.
އެދުވަހުން ފެށިގެން މިޔަދާ ހިސާބައްވެސް ޝީންގެ ހަޔާތުގައި ހިނގާފައި ހުރީ ހުސް ހިތްދަތިކަމެވެ.
އެ އަންހެން ކުއްޖާގެ ހިތްވަރައް ސާބަސް ދޭވަރުވެއެވެ. އިންސާނެއްގެ ހަޔާތުގައި ހިތާމަތައް ކުރިމަތިވާނީ އެހާކައްވަރަށެވެ.
މުނީރާގެ ވަކިވުމުގެ ވާހަކައިން އަޔާޒްގެ ލޮލުންވެސް ކަރުނައަންނަ ވަރުވިއެވެ.
އެންމެފުރަތަމަ އޭނަގެ އިތްފަތް ފޭރިގަނެލީއެވެ. ދެން އޭނަގެ ފިރިމީހާއާއި ވަކިވީއެވެ.އެވަގުތު މަންމަވެސް ދުނިޔެއާއި ވަކިވީއެވެ. ހުސް ހިތާމައެވެ.
ނަފީސާ ނިދަން ކޮޓަރިއަށް ވަނުމުން ވެސް އަޔާޒް އަށް އޮވެވުނީ ޝީންއާއި ދޭތެރޭ ވިސްނާށެވެ.
އޭނަ ޝީންގެ ކިބައިން މާފައް އެދޭނެއެވެ.
އެގޮތުގައި އެތައްއިރަކު ސޯފާގައި އޮތުމައްފަހު އަޔާޒް ކޮޓަރިއަށް ވަނީ ޝީންގެ ކޮޓަރިއާއި ދިމާލައް ބަލައިލުމައްފަހުގައެވެ.
ދަންވަރުގެ އެވަގުތުވެސް މިރޭ ޝީންގެ ލޮލާ ނިދި މަހުރޫމްވެފައިވާ ކަހަލައެވެ.ހުރިފިޔަވަޅުމަތީ ބެލްކަނީގައި ހުރެވުނި ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.އަދިވެސް ޝީން އެތެރެއަށް ވަންނަ ހިޔާލެއް ނުކުރެއެވެ.
ކޮޓަރިއަށް ވަދެފައިވެސް އަޔާޒްއަށް އެދުގައި އޮށޯވެވޭގޮތެއްވެސް ނުވިއެވެ.
މަންމަ ކިޔައިދިން ވާހަކައިން އިތުރައް އޭނަ ހިތްދަތިވެއްޖެ .އަމިއްލަ ނަފްސް ކުއްވެރިކުރެވުނީ ޝީންއަށް ހުރިހާ ކަމެއް ހިގާދިޔައިރު ޝީންއަށް އެއްވެސް އަލާލުމެއް އޭނަފަރާތުން ނުލިބުމުންނެވެ.
ކޮޓަރިތެރޭ ދެކޮޅައް ހިގަ ހިގާ ހުރެފައި އަޔާޒް ބޮލުގެ އިސްތަށިގަނޑުތެރެއަށް ދެއަށް ކޮއްޕާލަމުން ބެލްކަންޏައް ނިކުމެވެން އިންދޮރުކަހާލިއެވެ.
އެވަގުތު ކަންފަތުގައިއައިސް ޖެހުން މަޑު ގިސްލުމުގެ އަޑުން އަޔާޒްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
ކޮޓަރިތެރެއިން ބޭރައް ފިޔަވަޅެއްއަޅަން ނުކެރި އަޔާޒް ހުރީ ޝީންއަށް ބަލާށެވެ.
އެރުއިމުން އެއަންހެންކުއްޖާ ތަހަންމަލްކުރަމުންދާ ވޭން އަޔާޒް އަށް އިހުސާސް ކުރެވުނެވެ،
އަޔާޒް އެދެއަތުގެ ތެރެއަށް ޝީން ގެނެސްލާންއޭނަގެ ހިތް އެދެމުން ދިޔަޔަސް އެހިތްވަރެއް ނުލިބުނެވެ.
އެތައް އިރަކު އެގޮތުގައި ރުއިމައްފަހު ޝީން ކޮޓަރިއަށް ވަނީ ރައިން ރޯއަޑޫއިވުމުންނެވެ.

އާދުވަހަކައް އަރައިގެން އައި އިރާއެކު މުޅިއުދަރެސް ބައްދާލާފައި ކަޅުވިލާގެ ސާލެއް ދުނިޔެމަތީގައި ލާފައިވާކަހަލައެވެ.
ހީވަނީ ދެންމެ ދެންމެ ވެހިގަނެފާނެހެންނެވެ.
އޮފީހައްދާން ގަޑިގާތް ވުމާއެކު ޝީން ރައިން އުރާލައިގެން އައިސް މޯނާ އަތަށް ދިނުމައްފަހު ގެއިން ނިކުތީ އާޔަން އައުމުންނެވެ.އަޔާޒް އަށް ނުފެނި ގެއިން ނިކުމެވޭ ގޮތް ވުމުން ޝީން އަށް ލޯމަރާލަނުން ފުން ނޭވާއެއް ބޭރު ކޮއްލެވުނެވެ.
އާޔަންއަށް ޝީން ކާރައްއެރުމާއކު ރޮއިފައިވާކަން އެދެލޮލައްބަލައިލުމުން އެނގުނެވެ.
ކާކުތަ އިއްޔެއެއީ އަޔާޒްތަ؟ ޝީން އާޔަންއަށް ބަލައިލަމުން ބޯޖަހާލިއެވެ.
އަހަރެންނައް އެހެން ހީވިއޭ ޝީންއަށް ވެފަ ހުރިގޮތުންވެސް” ކިހިނެއް ހަދަންގަސްތު ކުރަނީ”އޭނައަށް އެގިއްޖެތަ ރައިން އެއީ”…… އާޔަން އެހިސާބައް ބުނެ ހުއްޓާލާފައި ޝީންގެ ޖަވާބަކައް އިންތިޒާރުކުރަންފެށިއެވެ.
އެވާހަކަ އެއްވެސް މީހަކައް ނާންގާތި”ރައިން އަކީ އަހަރެންގެ އެކަނި ދަރިއެއް އަހަރެންނައް އެކަން ސިއްރު ކޮއްދީ’އަޔާ އަދިވެސް އަހރެންނާ ވާހަކަ ނުދައްކާ އެކަން އެގިއްޖާ އަޔާ ދުވަހަކުވެސް އަހރެންނާ ވާހަކަ ނުދައްކަފާނެ”ޝީން ގިސްލަމުން ބުނެލިއެވެ.
އާޔަން ޝީންގެ ކަރުނަފޮހެލަދެމުން އެކަމާއެއްބަސްވެލިއެވެ.
ހެދުނު ހޭލެވުމާއެކު އަޔާޒް ސައިބޮއިގެން ދިޔައީ ބޯކޮށާށެވެ. ބޮލާއިތުބުޅި ރީތިކޮއްލުމުން ކުރިންހުންނަ ފިރިހެން ވަންތަ ކަން އެމޫނުމަތިން ދައްކަން ފެށިއެވެ.ނަމަވެސް އެދެލޮލުގައިކުރިން ހުންނަ ވިދުމެއް މިހާރު ނުކުރެއެވެ.
ގެއަށް އައިސް ފެންވަރާލައިގެންއަޔާޒް ނަފީސާ ކާރިއަށް ނިކުތެވެ.ސޯފާގައި ރައިން ގޮވައިގެން އިން ނަފީސާ ކައިރީ އަޔާޒް އައިސް އިށީންދެ ރައިންއަށް ފުންކޮއްބަލާލިއެވެ.
ފުރަތަމަ ފަހަރައް އަޔާޒް އެކުއްޖާ ގެނެސް އެއުނގުތެރެއަށް ލިއެވެ.
ހީ އިޒް ބިއުޓިފުލް…އަޔާޒް ރައިންނަގާ މޫނުފެންނަގޮތައް އަބުރާލަމުން އެމޫނުގައި ބޮސްދިނެވެ.އެވަގުތު އެތުއްތު މޫނުގައި އޭނަފިރުމާލުމާއެކު ހައިރާންވިއެވެ.އެހާ މަޑެވެ.
އެ ތުއްތު މޫނު ބަލާ ފޫހިނުވާހާ ރީއްޗެވެ.
އަމިއްލަ ދަރިއަކު ދެކެވާނެފަދަ ފުން ލޯއްބެއް އަޔާޒް ހިތުގައި އެކުއްޖާއާއި ދޭތެރޭ އުފެދުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ވަންހަނާ (އެކާވީސްވަނަބައި)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (6)

Next
March 22, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (6)

Previews
March 21, 2018

ވަންހަނާ (އެކާވީސްވަނަބައި)

25 Comments!

  1. siy says:
    March 22, 2018 at 8:41 am

    Varah kiyaa hithun indhaa enimunee vaahaka varah reethi miee mihaaru enme inthizaaru kurevey vaahaka

    1. Marie says:
      March 22, 2018 at 3:51 pm

      ?? Alhey…thank you siy

  2. Ibsha says:
    March 22, 2018 at 8:52 am

    Varah reethi ❤❤❤

    1. Marie says:
      March 22, 2018 at 3:52 pm

      ❤ ?? thank you ibsha

  3. lotus says:
    March 22, 2018 at 8:53 am

    Alhey.. these 2 people dho.. dhemeehun vx ekaku anekakah maaf nukuraane kama dhera vefa ronee.. v sad but it makes the story nice.. waitin for the next ep

    1. Marie says:
      March 22, 2018 at 3:53 pm

      ❤ ?? thank you lotus ..insha allah maadhan next part upkolladheynan

  4. Xaaaan says:
    March 22, 2018 at 10:48 am

    Masha allah mibaives vvv reethi❤❤?? marie plx plc miadhu adhi eh part

    1. Marie says:
      March 22, 2018 at 3:55 pm

      ??thank you xaaan
      Maadhan next part up kollleveyny..
      Miadhu 2 part up kolladheyn kolladheyn vrh undhagooo vaane ..vrh
      🙁 bodah sorry

  5. een says:
    March 22, 2018 at 11:28 am

    މާޝާ ﷲ .ވަރަށް ރީތި. މިއަދު އަދި އެއްޕާޓު ގެނެސްދީބަލަ. ޕްލީޒް ޕްލީޒް

    1. Marie says:
      March 22, 2018 at 3:56 pm

      ??thank you een
      Maadhan next part up kollleveyny..
      Miadhu 2 part up kolladheyn vrh undhagooo vaane ..vrh
      🙁 bodah sorry

  6. Zuhoooo says:
    March 22, 2018 at 11:34 am

    Vvv reeti waiting 4 next part

    1. Marie says:
      March 22, 2018 at 3:57 pm

      ??thank you zuhooooo

  7. Fathun says:
    March 22, 2018 at 11:54 am

    V v reethi…v kiyaaahihvey..

    1. Marie says:
      March 22, 2018 at 3:57 pm

      ??thank you fathun

  8. ???M says:
    March 22, 2018 at 12:30 pm

    ?????varah reethi

    1. Marie says:
      March 22, 2018 at 3:58 pm

      ??thank you ⚘⚘⚘m

  9. Swety says:
    March 22, 2018 at 1:44 pm

    Vvvr reethi adhi eh part plspls??????

    1. Marie says:
      March 22, 2018 at 4:00 pm

      ??thank you swety
      Maadhan inshaallah aneh
      ??? part up kollladheynan

  10. Shann says:
    March 22, 2018 at 1:56 pm

    Wow haadha haadha rythi story ekey mee… V kiyaahithun indhe mibaives mi kiyaa ninmaaly… V v v ves rythi

    1. Marie says:
      March 22, 2018 at 4:02 pm

      ??thank you shann
      ??? aneh part maadha vrh avahah kohdheveythw
      ? balaanan

  11. Aisha says:
    March 22, 2018 at 6:43 pm

    V salhi ingey mee adhi mihaathanah kiyaa enmme salhi dhivehi story❤️?

    1. Marie says:
      March 22, 2018 at 7:44 pm

      ?Alheyyyy thank you aisha
      ??? vrh vrh happy vejjje

  12. shaha says:
    March 22, 2018 at 7:27 pm

    V nice
    When next part
    It is so nice

    1. Marie says:
      March 22, 2018 at 7:45 pm

      ??thank you shaha
      Maadhan inshallah up
      ??? kolladheynan

  13. Someone says:
    March 22, 2018 at 10:45 pm

    Vvv reethi.v kiyahithun hutta komme faharaku nimeny.next part dhigukohlahchay.

Comments are closed.

Next Episodeޝީން (ތޭވީސް ވަނަ ބައި)←


All Right Reserved!