
އާދޭސް ކުރާ ހިތްވޭ ރޮމުން (7)
“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮށް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ.
އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ.
“އަދި އެބަ ޖަދަލުކުރެއެއްނު… ތިއަށް ވުރެ ބޮޑު އަނިޔާއެއް ލިބޭ ހިތުންތަ ތިއުޅެނީ އޭތް” ރާސިލް ހަޅޭއްލަވައިގަތެވެ.
އައިލީޝް އިސް އުފުލާލާ ހިޔާލެއް ދެން ނުކުރިއެވެ. އޭނާ ރޯލަ ރޯލާ އޮތީއެވެ.
ރާސިލް ގެ ފަރާތުން ރޭ ފެނުނު އޯގާތެރިކަން މިހާރު ކޮބާބާއެވެ.
އެއީ ހަމައެކަނި ކުޑަ ވަގުތުކޮޅެއްގެ ކަމެއް ހެއްޔެވެ؟. އެ ހިނދުކޮޅު އޭނާ އަށް އެތަކެއް އުންމީދުތަކެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ފަޅި ސިކުންތެއްގެ ތެރޭގައި އެ ހުރިހާ އުންމީދެއް ނެތިގެން ދިޔައެވެ.
އެތައް އިރަކު އޭނާ ރޯން އޮތެވެ. އެހެން އޮތް އިރު އޭނާ އަމިއްލާ ހާލާ ޝަކުވާ ކުރަމުން ދިޔައެވެ.
ރާސިލް ނުކުމެގެން ދިޔުމާއެކު އޭނާ އެ ލެއްޕުނު ދޮރާ ދިމާ ބަލާލަމުން ތެދުވިއެވެ. އަދި ކަރުނަތަށް ފޮހެލީ އަދިވެސް ރާސިލް އާ ކުރިމަތިލާން އަޒުމްކަނޑައަޅައި ގެންނެވެ.
ދާނިޝް އިޒިކް އާއެކީ ވަގުތުކޮޅެއް ހޭދަކޮއްލާފައި ނުކުތް އިރު އޭނާ ގެ މޫނުމަތިން ފެނުނު މާޔޫސް ކަން ކުޑަވެފައި ވާހެން ހީވެއެވެ. ގެއަށް ގޮސް ފެންވަރައިގެން އެނާ އެނދުމަތީގައި އިށީނދެ ލެޕްޓޮޕް ހުޅުވާލާ އޮފީހުގައި ނުނިމި ހުރި ބައެއް މަސައްކަތް ތައް ކުރަން ފެށިއެވެ.
ގަޑިއިރެއްގެ އިރު ދާނިޝް އެމަސައްކަތުގައި އިނުމަށްފަހު މޯޅިއަކަށް ދެމިލީ ނިދި އައުމުންނެވެ. އެހެންނަމަވެސް އޭނާ ނިދާ ހިޔާލެއްނުކުރިއެވެ. ވެރިވަމުން ދާ ހިޔާލް ތަކާ ދުރުވުމަށް އޭނާ ހިޔާރު ކުރި މަގަކީ މަސައްކަތުގައި މަޝްއޫލް ވެގެން އުޅުމެވެ. އެހެންނަމަވެސް އޭނާ އަށް ނޭގުނު ކަމަކީ ކިތަންމެ ބުރަކޮއް މަސައްކަތް ކުރިޔަސް އެ ހިޔާލު ތަކާ ދުރަށް ދިޔުމަކީ އޭނާ އަށް ކުރެވޭކަމެއްނޫންކަމެވެ.
ލެޕްޓޮޕް ސައިޑް ކަބަޑް މަތީ ބަަހައްޓާލަމުން އޭނާ ހަމަޖެހިލީ ދެލޮލަށް ނިދި ސަވާރުވީވަރުން ދެން ހޭލާ ނީދެވޭ ނެހެން ހީވުމުންނެވެ. އެހެންނަމަވެސް އޭނާ އަށް ލޯ މަރާލުމާއެކު ފެނުނު ހުސްކަމުގެ ތެރެއިން ހިޔާލަށް އަންނަން ފެށީ އިފްޝާގެ ސޫރައެވެ.
ދެލޯ ހުޅުވާލަމުން އޭނާ ސީލިންގަށް ނަޒަރު ހުއްޓާލުމާއެކު ދެންމެ އެ ދެލޮލުން ފެނުނު ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
އޭނާ ގެ ހިޔާލާށް މީގެ ތިން އަހަރު ކުރިން އިފްޝާގެ އާއި އޭނާގެ ދިރިއުޅުމުގެ މަންޒަރުތައް ސިވަވާން ފެށިއެވެ.
********
އިފްޝާއާމެދު ދާނިޝް އަށް ވިސްނެންފެށިތާ މާގިނަ ދުވަހެއްނުވިއެވެ.
އޮފީހުގައި އުޅުނު އޭނާގެ ޕާރސަނަލް އެސިސްޓެންޓް ވަޒީފާއިން ވަކި ވުމާ ގުޅިގެން ވަގުތީ ގޮތުން އިފްޝާއާ ދާނިޝް އެ މަގާމް ހަވާލުކުރުން ވެގެން ދިޔައީ އޭނާއަށް ލިބުނު ކުރިއެރުމަކަށެވެ. މިވީ ދުވަސްތަކުގައި އިފްޝާއާ ދޭތެރޭ އޭނާގެ ހިތުގައި ތަފާތު ޖަޒުބާތުތައް އުތުރިއަރަން ފަށާފައިވާ ކަމީ އޭނާ އަށް ވެސް ފާހަގަ ކުރެވިފައިވާ ކަމެކެވެ. އެހެންނަމަވެސް އެއްވެސް މީހެއް ކައިރީ އެ ވާހަކަ ނުބުނެ ދާނިޝް ހުރީ ހުރިހާ ވާހަކަ އެއް ހިތުތެރޭ ފޮރުވައިލައިގެންނެވެ. އޭނާ އަކީ އެކިފަހަރު އެކިކުދިންނާއެކީ އުޅެން އާދަވެފައިވާ މީހަކަށް ވުމާއެކު މިހާރުވެސް އޭނާ އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަމަށް ހެދިގެންނެވެ. އެ ކުއްޖާ އަށް ލިބޭނެ ދެރައަކަށް ނުވިސްނާ އޭނާ ރައްޓެހިވެގެން އުޅެނީ ރާއިދާ ކިޔާ ކުއްޖަކާއެވެ. އެއީ ވެސް އެ އޮފީހުގައި މަސައްކަތް ކުރާ ކުއްޖެކެވެ.
ދާނިޝް ގެ ހިތުގައި އިފްޝާ ފެނުނު ފަހުން އުތުރި އަރަމުން ދިޔަ ލޯބީގެ ކުޑަ މިންވަރެއްވެސް އިފްޝާ އަކަށް ރޭކާ ނުލިއެވެ. އެހެންނަމަވެސް ދާނިޝް ގެ ބެލުމުގައި ހުންނަ ކަތިގޮތްތަކާ އެ ހުންނަ ޖާދުވީ އަސަރުތަކުގެ ސަބަބުން އިފްޝާއަށް ވެސް ދިޔައީ އަސަރުތަކެއް ކޮށް ގޮތްތެކެއް ވަމުންނެވެ. އެހެންނަމަވެސް އޭނާ ދިޔައީ އެ ހުރިހާ ކަމެއް ވެސް ހިތުތެރޭގައި އޮށްބާލަމުންނެވެ. ދާނިޝް އާ ދޭތެރޭ “ބޮސް” ނޫން ނަޒަރަކުން ބަލަން އޭނާ ބޭނުންނުވާފަދައެވެ.
———-
މަތީ ފްލޯއިން ދެތިން ފައިލު ހިފައިގެން ދާނިޝް ލައްވާ ސޮއިކުރުވަން ވެގެން އިފްޝާ ފައިލު ހިފައިގެން އައީ ފަހަރެއްގައިވެސް ދާނިޝް ގެ ފަރާތުން އެހާ ދަށު ދަރަޖައިގެ އަމަލެއް ފެނިދާނެ ކަމަކަށް ނޫނެވެ.
އޭނާ ދޮރުގައި ޓަކި ޖަހާނުލާ ހުޅުވީ އެވަގުތު ދޮރު ކުޑަކޮއް ހުޅުވިފައިހުރީތީއެވެ. އޭރު ފޯނެއްގައި ހުރުމުންނާ އަނެއްއަތުގައި ފައިލް ތައް ހުރުމުން އޭނާ ހުޅުވަން އުނދަގޫވާނެތީ އެކަމަށް އެހާ ބޮޑަށް ސަމާލުކަންވެސް ނުދެވުނީއެވެ.
އަތުގެ އުޅަބޮށި ކޮޅުން ދޮރު ހުޅުވާލުމާއެކު އޭނާ ގެ ލޮލުގައި އަޅައިގަތީ ދާނިޝް ގެ އުގުމަތީގައި އިށީނދެގެން އިން އަންހެންކުއްޖާއެވެ. އެ ދެމީހުން ތިބި ގޮތުން އޭނާ އަށް ވެސް މޫނު އަނބުރާލެވުނީ ޚުދު އޭނާ ގަތް ލަދުންނެވެ.
ދެމީހުންނަށް ވެސް ސިހިފައި ދޮރާ ދިމާލަށް ބަލާލިއިރު ހުއްޓި ގަނބުވެފައި ހުރި އިފްޝާ ފެނި ދާނިޝް އަށް ރާއިދާ ކޮއްޕާލެވުނެވެ. އެއާއެކު ރާއިދާ ގޮސް ވެއްޓި ތަޅުންގަނޑުގައި ޖެހުނު އިރު ދާނިޝް އަށް ވެސް ކޮޅަށް ތެދުވެވުނެވެ.
އޭނާ އަށް ވެސް ހުރެވުނީ ހުއްޓި އިފްޝާއަށް ބަލާށެވެ. އެވަގުތި އޭނާ އަށް ވެއްޓިފައި އޮތް ރާއިދާ އަށް ބަލާލެވުނު ކަމުގައިވީނަމަވެސް އެކަމަށް ސަމާލު ކަން ދެވޭ ގޮތެއް ނުވިއެވެ. “ސޮރީ” މޫނު އަނބުރާ ލައިގެން ހުރި ގޮތަށް ހުރެ އިފްޝާ އެހެން ބުނެލިއިރު އެ އަޑުގައިވި މަޑު ތުރު ތުރު ދާނިޝް އަށް ފާހަގަ ކުރެވުނެވެ.
އިފްޝާ ދާން އެނބުރިލުމާއެކު ދާނިޝް އިފްޝާގެ ނަމުން ގޮވާލުމާއެކު އިފްޝާ ޖެހި ބުދެއްހެން ހުއްޓުނެނެވެ. އޭރު އޭނާ އަށް ހުރެވުނީ ދާނިޝް އަށް ފުރަގަސްދީގެންނެވެ.
“ދާނިޝް… ކީއްތަ ތިކުރީ” ރާއިދާ ނުރުހުންވެ ހުރެ އައިސް ދާނިޝް ގެ ގާތަށް ހުއްޓެމުން އަހާލިއެވެ.
އެވަގުތު ދާނިޝް އަތުން މަޑުކުރުމަށް އިޝާރާތް ކުރުމާއެކު ރާއިދާ އަނގަޔަށް ގޮތެއް ހަދާލަމުން މަޑުކޮއްލިއެވެ. ނުރުހުންވެ ހުރެ ދެތިން ބަހެއް ދާނިޝް އާ ދިމާލަށް ބުނެލުމަށްފަހު އޭނާ ދެބުމަ ގޮށްޖަހާލިއެވެ. އަދި އޭނާ އެތަނުން ދާން މިސްރާބް ޖެހިއެވެ. ދަމުން އިފްޝާ ގާތަށް މޑު ކުރުމަށްފަހު އޭނާ އިފްޝާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދިނެވެ.
‘ހަނދާން ކުރާތި. ދާނިޝް އަކީ މަގޭ މީހެއް. މަ ބޭނުމިއްޔާ ދާނިޝް ގެ އެސިސްޓެންޓް ކީކުރަން މިއޮފީހުން ވެސް ކަލޭ ކަނޑާލާނަން…” އެ ބުނި ބަސްތައް ދާނިޝް އަށް ރަނގަޅަށް އަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އަށް އިތުރު ހަރަކާތެއް ކީކުރަން އިތުރު އެއްޗެއް ވެސް ނުބުނެވި އުޅެނިކޮއް ރާއިދާ ނުކުމެގެން ދިޔައެވެ.
ދެން އަނެއްކާވެސް އޭނާގެ ހުރިހާ ސަމާލް ކަމެއް ހުއްޓުނީ އިފްޝާއަށެވެ.
ދާނިޝް މަޑުމަޑުން އިފްޝާ ގާތަށް މިސްރާބުޖެހިތަނާ އިފްޝާ ހަލުވިކޮށް އެނބުރިލާ ދޮރުގައި ހިފާލީ ނުކުންނާށެވެ. އެހެންނަމަވެސް އޭނާ އަށް ނުކުމެވޭ ގޮތެއްނުވިއެވެ. ދާނިޝް އައިސް އޭނާގެ އަތުގައި ހިފާ ދޮރާ ލާ ފިއްތާލަމުން މަތީގައި އިން ތަންޑު އަޅުވާލިއެވެ.
ދާނިޝް ހަދަން އުޅޭ ގޮތެއް ނޭނގި ހުރި އިފްޝާގެ ހިތް އާދަޔާ ހިލާފް ބާރު މިނުގައި ތެޅެން ފެށީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ. އޭނާ ދެފަހަރަކު ގަދަ ހަދާލާ އެ އަތުގެ ތެރެއިން ވީއްލިގަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާ ގޮތެއްނުވިއެވެ.
“އަހަރެންބޭނުމެއްނޫން މިއިން އެއްވެސް ކަމެއް އޮފީހުގެ އެއްވެސް މީހަކަށް އެނގޭކަށް… “ދާނިޝް ހަމަ ޖެހިލާފައި ވާހަކަ ދެއްކިއެވެ. އިފްޝާ ހަމައެކަނި ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއްނުކުރިއެވެ. ދާނިޝް ގެ ފަރާތުން ފެނުނު އެ އަމަލުން އޭނާ ގެ ހިތަށް ތަދުވިއެވެ. އެހެންނަމަވެސް އެ އިސްސާސްތަކުގެ މައްޗަށް އޭނާ ކޮންޓްރޯލް ހޯދިއެވެ. އަދި ދާނިޝް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އެއީ މިވީ ދުވަސްތަކުގައި ޚުދު އިފްޝާއަށް ވެސް ދާނިޝް އާ މެދު ތަފާތު ނަޒަރަކުން ދެކެވެންވަނީ ފަށާފައެވެ. އެއީ ހަމައެކަނި އޭނާގެ “ބޮސް” ގެ މަގާމް ގައި ހުރި މީހެއް ކަމަށް އެ ހިތަށް ވިސްނައިދޭން ކުރާ މަސައްކަތް ބައެއް ފަހަރު ނާކާމިޔާބު ވަމުން ދިޔަ ކަމީ އޭނާ އަށް ވެސް ހައިރާންކަން ގެނުވާ ކަމެކެވެ.
“އަހަރެން ނޫޅެން އެހެން އެއްވެސް މީހަކު ކައިރީ ތި ވާހަކަ ބުނާކަށް… ތިއީ އަހަރެންނާ ބެހޭ ކަމެއްނޫން…”އިފްޝާގެ ވާހަކަ ދެއްކުމުގައި އާދަޔާހިލާފު އަސަރެއް ވާކަން ދާނިޝް އަށް ދެނެގަނެވުނެވެ. އޭނާ އެކަމާ އަޅާނުލާ ދެން ވެސް އިފްޝާ އަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ކޮޅުގައި އެހާ ގާތުން އިފްޝާ ފެނުމުން ދާނިޝް އަށް ވެސް ކުޑަ ހިނދުކޮޅަކަށް ތިބެވުނު ތަނާ ހުރެވުނު ގޮތް މަތިން ހަނދާން ނެތޭ ގޮތް ވިއެވެ.
އެވީ ވަގުތު ކޮޅުގައި އޭނާގެ ހިތަށް އިތުރު ގޮތް ތަކެއް ވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. އެ ހިތުގެ ތެޅުން ބާރުވެ އަތްފައި ފިނިވިއެވެ. އަނެއްކޮޅުން އިފްޝާއަށް ވެސް އެފަދަ އަސަރުތަކެއް ކުރަމުން ދިޔަ ކަން އޭނާ އަށް ދޭހަ ކުރެވުނީ އިފްޝާގެ ނޭވާ އަވަސްވަމުން ދިޔަ ގޮތް ފެނުނީތީއެވެ. ދެފަހަރަކު ފުންނޭވާއެއް އިފްޝާ ލީ ނޭވާލާން އުނދަގޫ ވެގެން އުޅޭ މީހެއް ފަދައިންނެވެ.
ދާނިޝް އެ މޫނަށް ނަޒަރު ހުއްޓައިލައިގެން ހުރި އިރު އޭނާ ގެ ލޯ އިފްޝާއިން އެންމެ ހިނދުކޮޅެއްވެސް ވަތްކެތް ނުވިއެވެ. އޭނާ ގެ ހިތަށް ކުރެވެން ފެށި އާދަޔާ ހިލާފު އިހްސާސް ގެ ސަބަބުން އޭނާ އަށް އިފްޝާގެ އަތުގައި ހިފާ ދުރުކޮއްލަމުން ދޮރުހުޅުވާލެވުނެވެ. އަދި އިފްޝާ ކޮއްޕާލިއެވެ. އިފްޝާ ދިޔަ ގޮތަށް ނުވެއްޓުނީ ކިރިއާއެވެ. އޭނާ އެނބުރި ދޮރާ ދިމާލަށް ބަލާލިއިރު ދޮރު ތަޅުލި އަޑު އިވުނެވެ.
ދާނިޝް ދޮރުގައި ލެނގިލައިގެން ހިތުގައި އަތް އަޅާލައިގެން ހުރި އިރު އެތަކެއް ހިޔާލްތަކެއް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެއަށްފަހު މަޑު ފިޔަވަޅު ތަކެއްގައި ގޮސް ގޮނޑީގައި އިށީގެ ހަމަޖެހިލިއެވެ.
“އޭމް އައި އިން ލަވް ވިތް ހާރ… ރިއަލީ” އެހިތަށް އެހެން އެރުމާއެކު އޭނާ އަށް އިޚްތިޔާރުން ބޭރުގައި ބޯ ޖަހާލެވުނެވެ. އޭނާގެ ތުންފަތަށް ވެރިވެފެވައިވާ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިކަމެއް ނޭގެއެވެ. އެ ހިތް އެދެނީ އިފްޝާއަށެވެ. އެކަން ޚުދު ދާނިޝް ގެ ހިތް އޭނާ އާށް ޔަގީން ކޮއްދޭން އުޅޭފަދައެވެ. ސިކުނޑީގައި ވާ އޮޅުން ބޮޅުން ގަނޑު ގެ ތެރޭން އޭނާގެ ހިޔާލަށް އިފްޝާ ސިފަވެގެން ދިޔުމާއެކު ލޯ މަރާލެވުނީ އަދިވެސް އެ ސޫރަ ބަލާލުމުގެ ބޭނުމުގައެވެ. އިފްޝާގެ މޫނުމަތިން އެންމެ ފުރަތަމަ ދުވަހު ފެނުނު ލަދުވެތި އިސްސާސްތަކާ އެ ހުންނަ މަޑުމައިތިރިކަން އޭނާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.
ހަޔާތުގައި އަންހެން ކުއްޖަކާ މެދު އެއްވެސް އިރެއްގައި ސީރިއަސް ނުވާ ދާނިޝް އަށް މިފަހަރު ފުރަތަމަ ފަހަރަށް އެކަމާ ވިސްނާލަން މަޖުބޫރުކުރުވައިފިއެވެ. އަންހެންކުއްޖަކަށް ޓަކައި އެ ހިތުގައި ޖަހަން ފެށި އިހްސާސް އަކީ މީގެ ކުރިން އޭނާގެ ހިތުގައި އުފެދުނު ޖަޒްބާތުތަކެއް ނޫނެވެ. އެ އިހްސާސްތަކީ ކޮން އިހްސާސްތަކެއް ކަން އޭނާ އަށް ދެނެގަންނަން އެހާވަރަށް އުނދަގޫ ވީ އެހެންވެގެންނެވެ.
އެތައް އިރަކު ވިސްނުމުގައި ހޭދަކުރުމަށްފަހު އޭނާ އޮފީހުގެ މަސައްކަތް ތައް ކުރަން އަވަސްވެގަތީ ކުރާ ހިތަކުންނޫނެވެ. އެހެންނަމަވެސް މަޖުބޫރުވީތީ ކުރާށެވެ.
މަސައްކަތްތައް ނިންމާލުމަށްފަހު ފުންނޭވާއެއްދޫކޮއްލަމުން އޭނާ ތެދުވީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އިފްޝާ ގެނައި ފައިލް ތައް ނުބަލާ އެ ފައިލް ތަކާ އެކު އިފްޝާ ފޮނުވާލެވުނު ހަނދާން ވުމާއެކު އޭނާ އިފްޝާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. “ތިޔަ ގުޅުއްވި ނަމްބަރުން މި ވަގުތު ޖަވާބެއް ނުދޭ ފަހުން ގުޅުއްވުން އެދެން…” ތިން ހަތަރު ފަހަރު ގުޅުމުން ވެސް ލިބުނީ އެއްޖަވާބެކެވެ. އޮފީސްގަޑީގައި ފޯން ނިއްވާލާފައި އޮތުމުން ދާނިޝް ހިސާބަކަށް ރުޅިގަދަވިއެވެ. ދަތްކުނޑި ވިކާލަމުން އޭނާ ކެބިން އިން ނުކުތުމަށް މިސްރާބުޖެހިއެވެ.
ރާއިދާ ގެ ދެތިން މިސްކޯލް ވެސް އިނެވެ. އެހެންނަމަވެސް ދާނިޝް އެކަމަށް ސަމާލު ކަން ނުދީ ފޯން ޖީބަށް ލަމުން ހަލުވި ފިޔަވަޅު ތަކުގައި ގޮސް އިފްޝާގެ ކެބިން އަށް ވަނެވެ.
އިފްޝާފެންނާކަށް ނެތެވެ. ފަރާތް ފަރާތަށް ހޯދާލުމާއެކު އޭނާގެ ލޮލުގައި މޭޒުމަތީ އޮތް ފައިލު އަޅައިގަތެވެ. އިފްޝާ ހިފައިގެން ހުރީ ނޫކުލައިގެ ފައިލް އަކަށް ވުމާއެކު ދާނިޝް އެ ފައިލް ނެގީ އެ ފައިލް ވެސް އޮތީ ނޫކުލައިގައި ކަމުގައިވާތީއެވެ. މިއަދު އިފްޝާ ގެންނަ ހުރިހާ ފައިލް އަކީ ވެސް ޒާހިދު ބަލާ ދާނިޝް އަތަށް ސޮއިކުރަން ފޮނުވާ ފައިލު ތަކެއް ކަމުގައި ވާތީ އޭނާ ވެފައި ހުރި ވަރުބަލިން އެ ފައިލު ކިޔުމުގެ ބަދަލް ދާނިޝް އޭގައި ސޮއިކޮއްލިއެވެ. އަދި އިފްޝާގެ މޭޒުމަތީގައި އެ ފައިލު ބާއްވަމުން ނުކުތުމަށް މިސްރާބުޖެހިއެވެ.
ދޮރު ހުޅުވާލަން ތަޅުގައަ ހިފާލުމާއެކު ދާނިޝް އަށް މަޑު ޖެހިލެވުނީ އިފްޝާގެ އަތް ދަބަސް އެ މޭޒުމަތީގައި އިން ކަން ހިޔާލަށް އައުމުންނެވެ. އެނބުރިލާ މޭޒަށް ބަލާލަމުން އޭނާ ނުކުތީ އިފްޝާ އަދި ގެއަށް ނުދާކަމުގެ ޔަގީން ކަމާ އެކީގައެވެ.
އެކަމަކު އިފްޝާ ދާނެ ތަކަކާމެދު އެ ހިތުގައި ސުވާލު އުފެދުނެވެ. އިފްޝާގެ ކެބިން އުން ނުކުމެ އޭނާ އަނެއްކާ ވެސް އެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ލިބުނީ ކުރިންވެސް ލިބުނު ޖަވާބެވެ. އެވަގުތު އޭނާ އަށް ފޯނެއް އައެވެ. ބައްޕަ ގެ ފޯނަކަށް ވުމާއެކު ފޯން ނަގާ ދާނިޝް ޖަވާބުދިނެވެ.
“ސްޓޯރ ރޫމްގަ އިންނާނެ… ފައިލް އެއް… އެ ފައިލް ބައްޕަ އެބަ ވަރަށް އަވަހަށް ބޭނުންވޭ…” ޒާހިދް ގެ އަޑުގައިވަނީ ހާސްކަމެވެ. “ސާމީ ކައިރީ ބުނޭ އެ ފައިލް ނަގާދީގެން ބައްޕަ އާ ހިސާބަށް ގެނެސްދޭށޭ…”
“ބައްޕާ ކަމެއް ގޯސް ވީތަ؟” ދާނިޝް ސުވާލުކޮށްލިއެވެ.
“ނޫން… ނުވޭ… އެ ފައިލް އޮޅިގެން ލެވިފަ އިންނާނީ ކުރިން ދުވަހު ބައްޕަ ފައިލް ތައް އެތަނަށް ފޮނުވާލިއިރު. އެ ވަރަށް މުހިންމު ފައިލް އެއް… މިއަދު އޮންނަ މީޓިންއަށް ބޭނުންވާނެ” ޒާހިދު ބުނެލިއެވެ.
“ސާމީ ބަލިވެގެން އޮފީހަށް މި ތެދިން ދުވަހު ނުނިކުމޭ… އެކަމަކު ބައްޕަ ހާސްނުވޭ.. އެ ފައިލް ގެނެސްދޭނަން.. ބުނެދެއްވާ އެ ފައިލް ގެ މައުލޫމާތް” ދާނިޝް ގެ ވާހަކަ އިވިގެން ޒާހިދު އެ ފައިލް އާ ބެހޭ މައުލޫމާތް ކިޔާދިނެވެ. އެއާއެކު ދާނިޝް އަވަސްވެގަތި އެފައިލް ބަލާ ސެޓޯރޫމް އަށް މިސްރާބްޖެހުމަށެވެ. އެންމެ ތިރީ ފަންގިފިލާއަށް ފައިބާ އޭނާގެ މިސްރާބު ހުރީ ކަނާތް ފަރާތު އިން ގޯޅިއާ ދިމާލަށެވެ. ގަދަ ޗޮކްލެޓް ކުލައިގެ ދޮރެއްލާފައި އިން ހިސާބަށް އާދެވުމާއެކު އޭނާ ބޭރަށް ވާގޮތަށް އަޅުވާފައި އިން ޗޭނުގަނޑު ނައްޓާލާ އެ ދޮރު ހުޅުވާލިއެވެ. ހިރަފުހުގެ މާބޮޑު އަސަރެއްނެތެވެ. ސާފުކުރާކަން އެކަމުން އެނގިގެން ދިޔައެވެ. ދިހަ ސިޑީގެ ހަރުފަތެއ ލާފައި ވާއިރު ސްޓޯރޫމަށް ފޭބެނީ އެ ދިހަ ހަރުފަތް ގިރާކުރުމަށް ފަހުއެވެ. އޭނާ ސިޑީގެ ހަރުފަތް ތައް ގިރާކުރުމުގެ ކުރިން އެއްފަރާތު ގައި އިން ލައިޓް ދިއްލާލާފޭބިއެވެ. ވަށައިގެން ބަލާލުމާއެކު ތަފާތު އެކި ފައިލް ތައް ހަރުތަކުގައި ހުއްޓެވެ.
ވަތްދިމާ އެއްފަރާތުގައި ހުރި ފައިލް ތަކާ ދިމާލަށް މިސްރާބް ޖެހި ދާނިޝް އަށް ހުރީ މިތަނުން އެ ފައިލް ހޯދާނީ ކިހިނެތްތޯ ހިތަށް އަރައެވެ. އެންމެ ފަހުން އޭނާގެ ހަދާނަށް އިފްޝާ ގެ ނަން އައުމާއެކު އޭނާ ފޯންނަގާ ގުޅާލިއެވެ.
ނިވިފައިވާ ފޯނަށް ބަލާލަމުން އިފްޝާ އައިސް ކެބިންއަށް ވަދެ ފޯން ޗާޖަށް ޖަހާ ހުޅުވާލުމާއެކު ދާނިޝް ގުޅާތަން ފެނުނެވެ. އޭނާ ލަސްނުކޮއް ފޯން ނެގިއެވެ.
“އިފްޝާ… އައި ނީޑް ސަމް ހެލްޕް” ފޯން ނެގިހެން ހީނުވެ އެކޮޅުން ދާނިޝް ގެ އަޑު އިވުނެވެ. އޭނާ ބުނާށޭ ބުނުމުން ދާނިޝް ކަންތައް ކުރަން ވީ ގޮތް ބުނެދިނެވެ.
އެއާއެކު އިފްޝާ އަވަސްވެގަތީ ސްޓޯރޫމަށް ދާށެވެ. އެ ދިޔަ މަގުމަތީގައި ރާއިދާ އާ ދިމާވިއެވެ. “ހަނދާން ކުރައްޗޭ…” ރާއިދާ އޭނާގެ އިނގިލި އިފްޝާ އާ ދިމާލަށް ދިއްކޮއްލާ އިންޒާރެއް ދޭފަދައަކުން ވާހަކަ ދެއްކިއެވެ.
“އަޅެ މަށަށް ކީއްތަ ކުރެވުނީ އެވަރު ވާން… ވަރަށް ފޫހިވޭ” އިފްޝާ ހިތާ ހިތުން ރާއިދާ އަށް އެތަކެއް ކުދި ކިޔެވެ. އެހެންނަމަވެސް ދުލުން އެއްވެސް ބަހެއް ބުނާ ހިޔާލެއް އޭނާ ނުކުރިއެވެ. އިފްޝާގެ މިއަމަލުން ރާއިދާގެ ރުޅި ގަނޑު ހިލުނެވެ. އޭނާ ހީކުރީ އިފްޝާ އޭނާގެ ގަޔަށް ބޮލަށް އަރާނޭކަމަށެވެ. އެހެންނަމަވެސް ކަންތައް މިވީ ހީކުރިގޮތަކަށް ނޫނެވެ. އިފްޝާގެ ފަހަތުން ސްޓޯރޫމާ ދިމާލަށް ދާން ރާއިދާ މިސްރާބުޖެހިއެވެ. އިފްޝާގެ ފަހަތުން ދަމުން އެތައްގޮތް ގޮތަށް އިފްޝާއަށް މަލާމާތް ކުރަމުން ރާއިދާ ދިޔައީ އިފްޝާ އެންމެ ފަހަރަކުވެސް އަނގައިން ބުނޭތޯއެވެ.
އިފްޝާގެ އެ މަޑު މައިތިރިކަމުން އޭނާގެ ރުޅިގަނޑު ހައްތަހާ އިތުރުވަމުން ދިޔައެވެ. ސްޓޯރރޫމް ގެ ތެރެއަށް އިފްޝާ ވަނުމާއެކު ރާއިދާ އެ ދޮރު ލައްޕާ ޗޭނުގަނޑު އަޅުވާލާ ބޭރުން ތަޅުލިޔެވެ. ދެން އޭނާގެ މިސްރާބުހުރީ ކަރަންޓް ބޯޑުތަކާ ދިމާލަށެވެ. ކުޑަ ކޮޓަރިއެއްކަހަލަ ތަނަކަށް ވަދެގެން ގޮސް ކަރަންޓް ބޯޑް ތައް ކައިރިއަށް ހުއްޓުމާއެކު އޭނާ އެ ބޯޑް ތަކަށް ބަލާލިއެވެ. އެތަން ރަނގަޅަށް އިނގޭތީ އާ ސްޓޯރ ރޫމް ގައި ލާފައި ހުންނަ ކަރަންޓް ހުންނަނީ ވަކިން ގުޅާފައިކަމުން އެތަނުން ކަރަންޓް ދުއްވާލިޔަސް އެހެން އެއްވެސް ތަނަކުން ކަރަންޓެއް ނުދާނެއެވެ.
އިފްޝާ މަޑުމަޑުން “ސާރ” އޭ ކިޔާ ގޮވާލުމާއެކު ދާނިޝް ފަހަތް ބަލާލިއެވެ.
“އާހް… އިފްޝާ… ފައިލް އެއް ހޯދަން އެހީ ވެދޭންވީ” ދާނިޝް ބުނެލިއެވެ. އެއާއެކު އިފްޝާ ވެސް ދާނިޝް އާ އެކީ އެ މަސައްކަތް ކުރަން ފެށީ ފަރުވާތެރިކަމާއެކިގައެވެ.
“މަ ބަލާނަމޭ… ދެން މިރޭ ހަތަރު ދަމު ތިތާ ހުރޭ” ވިހަ ހިނިތުންވުމަކާއެކު ރާއިދާ ސްޓޯރޫމް ބައިން ކަރަންޓް ދުއްވާލިއެވެ.
ކުއްލިއަކަށް ކަރަންޓް ކެނޑުމާއެކު ދާނިޝް އަށް ވެސް ހުއްޓެވުނެވެ. އިފްޝާގެ އަނގައިން މަޑު ހަޅޭކެއްގެ އޑު ނުކުތެވެ. ތަނަނަށް ލޯހޭނެން އެ ނެގި ވަގުތު ކޮޅުގައި ދާނިޝް އިފްޝާއަށް ގޮވާލިއެވެ. އެއާއެކު އިފްޝާ “ހޫމް” އެއް ލައްވާލިއެވެ. ދާނިޝް ފޯން ދިއްލަން އުޅި އުޅި ދިއްލޭ ގޮތް ނުވީ ބެޓެރީ ލޯ އަރާފައި އިނުމުންނެވެ. އޭނާ ވަރަށް ބަލައިގެން ފިޔަވަޅުތައް އަޅަން ފެށިއެވެ. އިފްޝާވެސް ދާނިޝް ގެ ފަހަތުން ދިޔައެވެ. “ފޯން ކޮބާ އިފްޝާ” ދާނިޝް ކުރިއަށް ނަޒަރު ހުއްޓައިލައިގެން ހުރެ ބުނެލިއެވެ. “ފޯން ޗާރޖަށް ޖަހާފަ… ނުގެންނަން…” އިފްޝާ މަޑުމަޑުން ޖަވާބު ދިނެވެ.
ސިޑިއާ ހިސާބަށް ގޮސް ސިޑިން ފުރަތަމަ އެރީ އިފްޝާއެވެ. އިފްޝާގެ ފަހަތުން ދާނިޝް އެރިއިރު އޭނާ ހުރި ފިޔަވަޅުތަކަށް ވެސް ވަރަށް ފަރުވާތެރިވެއެވެ. ފެންލައިޓް އެއް ހާ ހިސާބުވެސް ނީންނަ އެ ކޮޓަރިގަނޑުގެ ތެރެއަށް ވެރިވެފައިވަނީ އާދަޔާ ހިލާފު ހަމަ ހިމޭން ކަމަކާ އަނދިރިކަމެކެވެ.
ފަހަތަށް އެނބުރި ބަލާލުމާއެކު އިފްޝާގެ ލޮލުގައި ޖެހިގެން ހުރި ސިޑީގައި ހުއްޓި ހުރި ދާނިޝް އަޅައިގަތެވެ. އޭނާ އެ ދޮރު ހުޅުވަން ހިފާލިއެވެ. ނުހުޅުވުމުން ބާރަށް ދެފަހަރަކު ތަޅުވާވެސްލިޔެވެ.
“ދެޓް ސްޓްފިޑް ގާލް” ވީގޮތް އެނގުމުން ރުޅިއައިސް އިފްޝާއަށް ބުނެވުނެވެ.
ހަމަހިމޭންކަމުން ފުރިގެންވީ އެ ކޮޓަރި ތެރެއިން އިފްޝާ ރުޅިވެރިކަމާ ބާރުއަޑުން ބުނި ޖުމްލަ ދާނިޝް އަށް އަޑުއިވުނެވެ. އޭނާ އަށް ކީކޭ ހޭ އަހާލެވުނެއެވެ. ބުނީ ކީކޭކަން ނޭގިގެންނެއް ނޫނެވެ. އެހެންނަމަވެސް އިފްޝާ ބުނި ވާހަކައިގެ މާނަ ނޭނގުމުންނެވެ.
“ދެޓް ގާރލް…. ރާއިދާ އޯ ސަމްތިންގް….” އިފްޝާގެ އަޑުގައިވި ފޫހިކަމުން ދާނިޝް އަށް ހީގަނެވުނެވެ. އިފްޝާއަށް މިހުރެވުނީ ކޮންތާކު ކާކާ އެކީ ކަން ހަނދާން ވުމާއެކު ފަހަތަށް ބަލާލާ އޭގެ ދެވަނަ ސިކުންތުގައި ކުރިމައްޗަށް އެނބުރިލާ އިސްޖަހާލެވުނެވެ. ދާނިޝް އަކީ އޭނާގެ ބޮސްއެވެ. އެއްވެސް އަދަބެއް ނެތް ފަދަ ގޮތަކަށް އޭނާ އަށް މުޚާތަބް ކުރެވުމާއެކު ދެރަވެސް ވިއެވެ.
ހިނދުކޮޅަކަށް ވިޔަސް ރާއިދާ ދެކެ އައިސް ހުރި ރުޅީގެ މައްޗަށް އޭނާއަށް ބާރު ނުފޯރުވުނީއެވެ. “ސޮރީ” އިފްޝާ އަށް މަޑު މައިތިރިކަމާއެކު ބުނެވުނެވެ. އެއާއެކު ދާނިޝް އަށް އޭނާގެ ހުނުން މަޑުކޮއްލަން މަޖުބޫރުވިއެވެ.
ރާއިދާ ނިކަން ހެވިފައި ހުރެ ގޮސް ދާނިޝް ގެ ކެބިން އަށް ވަންއިރުވެސް އޭނާގެ ތުންފަތް މަތީގައި ވަނީ ނުފިލާ ވަރުގެ ހިނިތުންވުމެކެވެ. “ދާނިޝް” ފޮނިކަމާ ބޮޑާކަން އެކުލެވިގެންވީ އަޑަކުން ރާއިދާ ގޮވާލިއެވެ. ވިހަކަން އެނުލެވޭ އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ އޭނާ ހިތުން އޭނާގެ ނުބައި ރޭވުމެވެ. އޭނާ އަށް ނޭގުނު ކަމީ އޭނާ އަށް އެ އާދެވުނީ ދާނިޝް އާއި އިފްޝާ އާއި ދެމީހުން އެއްކޮށް ބަންދުކޮއްފައި ކަމެވެ. ތިމާ ފޭހުނު އިލޮށި ގަނޑު ހެރޭނީ ތިމާގެ ލޮލަށޭ ބުނާ ބަހަކީ ހާދަ ތެދުބަހެކެވެ.
“ކޮންކަމަކަށްނތަ ސޮރީ… ހަމަ ހިނިއައީ” ދާނިޝް ބުނެލިއެވެ. “ރާއިދާގެ ކަމެއްތަ މީ” ދާނިޝް އަށް އެހެން ބުނެވުމާއެކު އަނެއްކާ އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރާއިދާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށްތާއެވެ. ރާއިދާ އަށް އިފްޝާ އާއެކު އޭނާ ވެސް ބަންދުކުރެވުނު ކަން އެނގުމުން ވަރަށް މަޖާވާނެއެވެ. އެކަމަކު މިފަހަރު ރާއިދާ އެކުރިކަންތައް އިނގުމުން އޭނާ އަށް ހިނިގަނޑު މަތަނުކުރެވުނީ އެކަންތައް ރާއިދާއަށް އެނގުމުން އޭނާގެ މޫނުގެ ކުލަވަރަށް އަންނާނޭ ބަދަލު އަމިއްލަ އަށް ތަސައްވަރު ކުރެވުމުންނެވެ.
(ނުނިމޭ)
46 Comments!
Comments are closed.
Salaam. Guys so heres the 7 th part and sunday ge part. Do leave ur views about this part too.
Jazakallah Khairan
Himi dhooni. Haadha rychey mibaives. Haadha inthizaarekey mikureveny me story up load vaane irakah
Hehe. Thanks. Shaai. Dhen kiyaalaafa hiyaaleh dheythi ingey . ?????
Haadha inthizaarekey mikureveny …. Story superb
SalaaM himi ?
Va alaikum salaam. Shuhu. ?????
when is the next part..
this part is amazing too..
loved it
cant wait for the next part
Next part on tuesday. Dear. Thankyou for ur support. ?????
Vaahaka varah rythi. Ekam Aileesh aa raasil ge bai maa kudakoh genesdhyfa iny. Ebai aslu emme kiyaa hiy vany.
Thanks yaula. Story ge mihaa hisaabun bodah focus kurevigendhaanj maazi ah. Becox e bai varah muhimmu role eh adhaa kuraane storyga. Thankyou ingey.b?????
V nice mi part vx.. i m realy curious girl so i just wanna ask.. who is the couple at the back in the cover pic?
Hey lotus himi aslu kurin visni raasil and ailee ge pic kamah. Ekam as dhaanish ge bai bodukoh gennaathy lets say dhaanish men kamah dw. ?????
Lol
Wow Hi Mi v v rythi mibaives… Hama bunaane ehchehves neyngey.???.. V ves molhey buneveyny
Thanks shann. Means a lot. ?????
Himi himi. ..alhey haadhaha reechey mi part ves ???????????????☺☺☺☺☺???
Thanks swety. V ufaavehjje. Thanks a lot. ??????
Aslu kuree vaahaka r balaafa ehaa rycheh noon. Hithaa furaanain eii khaleesi emme kiyaaa hithun keee eh vaahaka. But this story himi ge ey bunaavareh noon. Don’t think negative ngeh
Hope next part would be more nice plus more about raasil and aileesh ❤️
Hehe. Maybe story kuri ah gendhaa gothun. Or haadhisaa like nuvany kamah ves vedhaane. Ekam hiyaala ufalaa eki balaigannan. Thanks dear. ?????
Hiii my favourite Hi Mi ❤️❤️❤️???… Mi part vx Maasha Allah v v v reethi ???… I really like it ???… Manzaruthah hama sifakohlevey ???… Kihineh baa dhw vaanee mi story ga… Heheheh… There are some typing mistakes like “sifavaan” liyanveethanah sivavaan liyun… N I have seen eh faharu dhaanish liyanjehey thankolhaku raasil liyevifa innthan… Mibuny laptop hifaigenn office masaikah kuran in thanuga… Aee pinky ah faahaga vi mistakes thah… V interesting v kiyaalaahithun kiyaalaa story eh mee ❤️❤️❤️???… One of the best story ??????… Keep up the good work my dear Hi Mi ??????… Eagerly waiting for the next part ???… N btw pinky ah haadha heeveyey ifsha rape kurumuga raaidhaa ge atheh vaahen… ???… Maybe raaidhaa planned all that n she might ask someone to do that ???… It’s just a guess… Heheheh… V heevey ehen… So hama bunely… Curiously waiting for the next ingey ???… Lots of love my dear favourite, best, Hi Mi ❤️❤️❤️???????????????
Hehe. Hingaa balamaa dw pinky ah heevaa githah veythoa. V ufaavehjje ingey as always thihaa loabi comment eh kohlaa hiyy varu dhinithy. Much loves. ?????
Liyumuga haadha kushekey. Gavaidhu kuhthahves baivaru. Check nukohtha upload kuranee.
Thankyou dhaanish. E fadha kuh thah faahaga kohla dhinumaki edhumeh himige.
Emme furathamaves vaahakaige nan othy nubaikoh
finally dhw. kuda mistakes eba huri like dhanish laptop hifaigen work kuran huri vaahaka but liyevifa aslu eyndhi rasil ge name dhw. and raaidha kuri kamakun hen heevani dhanish ah goas kameh kurevuny. he didnt mean for anything to happen dhw. lets see wat happens next waiting for the nxt part.
Thankyou annoying reader. V ufaavey thidhey support ah. Next ep on tuesday. Ingey. In Sha Allah. Lets see what hpns as u say dw. Hehe. ?????
Vvv rythi … keep it up himi love. ..??? hama kiya kiyaa hutta e nimuny. .. eagerly waiting for next part ???
Thanks anonymous. V ufaavehjje. Next part on tuesday. In Sha Allah. Much loves. ?????
Salaam. Baivaru kuh thah huri kamah varah gina kiyun therin faahaga eba kurey. Himi ge varah bodu edhuneh e fadha gavaidhu kuh bas thah bunela dhinumaki. Aamu dhirivulhumugaves beynun kurevey kuh bas thah liyumuga ves beynun eba kurevey. E fadha kithanme ba hehe rangalhu ves kohfa hunnaane mihaaru In Sha Allah. Himi v ufaavaane e fadha kuh thah rangalhu kuran thiya kiyun theringe ehbaarulun libeyne nama. As humans we make mistakes. And practice makes it perfect. ?????
Himi v salhi… waiting for next part… raidha ah ragalhu ladeh dhehchey.. hihihi… dhaanish i feel bad for u ?
?
Hehe. Raaidhaa ah dw. Thi kamaa eba ulhen ingey himi. Hehe. Ly. ❤?????
Masha allah mi baives vv reethi??????
Thankyoi xaaaan. V ufaaavehjje. ?????
HiMi maya mi story ah kura first comment miaky ingey… I thought to read mi story ehkoh nimunyma bt wait eh nukurevuney… Hama HiMi. Ge story eh vyma mi story is hama obines tothe Max… V salhi.. Aileesh ah hadhaa gothun v dhera vsy bt vv reethi ingey hama… ????????
Thanks maya. V ufaavey thidhey support ah. Enme bodu eh hiyy varaki thi kahala loabi comments. Thanks a lot. ?????
vaanuvaa eba olhum fila dhww… varah gina dhuvas koffa comment eh mi kohlevuniii. wifi netheema hama comment eh ves koh nukevunii.. comment eh nukurevunas abadhuves vaahaka kiyan.. vaahaka varah reethi hama..
Hehe. Kuri ah dhaa varakun olhun filamun dhaane ingey. In Sha Allah. Lets wait and see whats gonna hpn next dw. Thankyou. ?????
LOL. just L.O.L HAHA so funny himi dhooni vaahaka salhi ingey. .ekam emme interested v hisaabun e nimuny ..,….?????❤❤
Hehe. Thanks M.E varah ufaavehjje. Hingaa balamaa dhen vaa gotheh dw. ?????
Hi Mi vvv reethi mi part ves….. dhen next part ah inthizaaru kuranee….. keep it up…???????????
Hehe. Thanks blue beauty. V ufaavehjje. ???
Ahannakah mi story eh gothakah vx kamaku nudhe
Eki kudhinnah reethi vaani eki kahala story. Its nt a problem. ?
V V
? Salhi
Hi mi den Anna bayakah hama intizaaru kureveny mi babies vvv reeti????
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi mi part vs masha allah.. himi keep it up jazakallah khairan.. ?????