Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ސައުވީސް ވަނަބައި)

Marie Level 210 Stories100 Login100 Comments
March 24, 2018 4 Mins Read
26 Comments

ސޯފާއިން ތެދުވެގެން އައިސް އަޔާޒް ޝީން ކުރިމައްޗައް ހުއްޓީލިއެވެ.
ކުއްލިއަކައް އަޔާޒް ފެނުމުން ޝީންއަށް ހަޅެއްލަވައިގަނެވެން އުޅުނެވެ.ނަމަވެސް އަޔާޒް އެއަށްވުރެ ހުށިޔާރެވެ.އޭގެ ކުރިން އަޔާޒް ޝީންގެ އަނގަމަތީ އަތް އެޅިއެވެ.
ލޮލާ ލޯ ބައްދަލްވެގެން ދިޔަވަގުތު އަޔާޒް ލޮލައް ގިނަވަމުން ދިޔަ ކަރުނަތައް ޝީންގެ އަށްފެނުނެވެ.
އެވަގުތު އެއްވެސް އިހްތިޔާރަކާއި ނުލާ ޝީން އަޔާޒްގެ ގައިގާ ބައްދާލަމުން ރޯންފެށިއެވެ.
އަޔާޒްގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ޝީންގެ ބޮލު އިސްތަށިގަނޑު ތެރެއަށް ވަދެގެން ދެއެވެ.
ރޮއި ރޮއި ހުރި ޝީން އަށް ހުރެވުނު ތަން އެގުމުން އަޔާޒްގެ ހަށިގަނޑުން ދޫކޮއްލާ ދާން އުޅެގަތެވެ.
ނަމަވެސް އަޔާޒް އިތުރައް ޝީންގެ ގައިގައި ހިފަހައްޓާ ގަޔާލާ ބޮނޑިކޮއްލިއެވެ.ޝީންއަށް އަޔާޒްގެ ޓީޝާޓްގައި މޫނު ފޮރުވައިލައިން ރޮއި ރޮއި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
“އަހަރެންނައް ކުރެވުނު ކުށައް އަހަރެންނައް ތިގޮތައް އަދަބު ނުދީ” އަހަރެން ހަމަހޭގަ ޝީން އަށް އެގޮތައްއަނިޔާވެރިޔެއް ނުވާނެ “އެރޭ ވެގެންދިޔަ އެއްވެސް ގޮތެއް އަހަރެންނަކައްނޭގެ”
ޕްލީޒް އަހަރެންނައް މާފްކޮއްދީ” އަޔާޒްއަކީ ފިރިހެނަކައް ވީނަމަވެސް ކެތެއް ނުކުރެވުނެވެ.
އެބަރު އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތް ކަރުނަތިކިތައް ޝީން ހިތުގެ ފުންމިނައް އަސަރު ކުރުވިއެވެ.
ނުރޮއި އަޔާ.. ޕްލީޒް..ޝީން ގިސްލަމުން ބުނެލިއެވެ. އަޔާޒްގެ ދުލުން އިވުނުބަސްތަކުން ޝީން އަޔާޒް އާއި ދުރައްޖެހިލަމުން އެދެލޮލައް ބަލާލިއެވެ. އެރީތި ދެލޯވަނީ ކަރުނައިން ތެމިފައެވެ.
ޝީން އަށް ކުރެވުނު ކުއް އަޔާޒް އަމިއްލަ ބޮލުގައި އެޅުމުން ޝީން އަށް ވަކިންއަސަރު ކުރިއެވެ.
އަޔާޒް އެގޮތައް ދެރަވާތަން ބަލަން އެހިތަކައް ކެތެއް ނުވާނެއެވެ. “އަހަރެން ކުރިކުއް އަމިއްލަބޮލުގަ ނާޅުވާ އަޔާ “ހުރިހާކަމަކައްވެސް އަޔާއަށް މަޖުބޫރު ކުރުވީ އަހަރެން” އަހަރެންނައް އެގޭ އަހަރެންގެ އެކުށައްދުވަހަކުވެސް މާއާފް ނުލިބޭނެ” އެކަމުގަ އަޔާގެ އެއްވެސް ކުށެއް ނެއް ކުއްވެރިޔަކީ އަހަރެން ”
އަހަރެން ނައް ކުރެވުން ކުށަކީ އަހަރެންގެ ހަޔާތައް އަލޫކް ކަހަލަ މަކަރުވެރިއެއް ގެނެވުންކަން” އެދުވަހު އަހަރެންނައް އަޔާގެ ބަސް ގަބޫލް ނުކުރެވުމުގެ ނަތީޖާ ބަލާބަލަ” އަހަރެންއަތުން އަހރެން މަންމަވެސް ގެއްލުނީ” އަޔާވެސް އަހަރެން ދޫކޮއްލީ” ޝީން ގިސްލަމުން އަޔާޒް ފައިބުޑުގައި އިށީދެވުނެވެ.
އަހަރެންނައް ދެން އަހަރެންގެ މަންމަ ނުލިބޭނެ” އަހަރެންނައް ހައްގު އަދަބު މިލިބެނީ” ޝީން ގިސްލަމުންރޯއިރު އެއަޑު އިވޭ ކޮންމެ މީހެއްގެ ވެސް ހިތް ހަލާކުވާނެކަން ޔަގީނެވެ
ޝީން ހުރިހާ ވާހަކައެއް ދެއްކި އިރު އަޔާޒް އަމިއްލަ ނަފްސައް ކަރުނަ އަޅަމުންދިޔައީ ޝީންއެހާލުގައި ވީއިރު އޭނައަށް އެއްވެސް ކަމެއް ނޭގުމުންނެވެ.
ކުއްލިއަކައް އަޔާޒް ހަދާނައް އަންނަން ފެށީ އޭނަ ދިޔަތާ ކުރީކޮޅު ކޮންމެ ރެއަކު ފެންނަމުންދިޔަ ހުވަފެނާދޭތެރޭއެވެ.
އެހުވަފެނުގައިވެސް ފެންނަމުން ދިޔައީ ގަދަކަނޑެއްގައި ޝީން ފަތާފަތާ ވަރުބަލިވެގެން ސަލާމަތައްއެދި އޭނާއަށް ގޮވާތީއެވެ.
އެހުވަފެނާ ދޭތެރޭ ވިސްނާލުމުން އަޔާޒްއަށް ކުރިއަށް ވުރެ ބޮޑައް އަމިއްލަ ނަފްސް ކުއްވެރި ކުރެވުނެވެ.
އެހުވަފެން ފެނުން އިރުވެސް އަޅެ އެންމެ ފަހަރަކުވެސް ގުޅާލެވުނު ނަމައެވެ. ހާލްބަލާލެވުނު ނަމައެވެ.
މިހާރު ދެން ކިތަންމެ ދެރަވިޔަސްކުރާނެ ފައިދާއެއް ނެތެވެ. އެދުވަސް އަބުރާ ދެން ނުލިބޭނެއެވެ.
ފައި ބުޑައް ވެއްޓި ރޯން އިން ޝީންގެ ދެކޮނޑުގައި ހިފާ ނަގާ އަނެއްކާވެސް ބައްދާލިއެވެ.
އޭރު ޝީން އަށް ހުރެވުނީ ރޮއި ރޮއި ގިސްޖެހޭ ވަރުވެފައެވެ. އަޔާޒްއަށްވެސް އިތުރައްވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވ
ފަހަރަކައްވުރެ ފަހަރެއް ބޯކުރަމުން ދިޔަ ވާރޭވެސް އެމީހުންގެ އެހިތާމައިގައި ބައިވެރިވާކަހަކަލައެވެ.
ދެންނުރޮއި ޕްލީޒް……. އަހަރެންނައް މާފް ކުރޭ” އެތައް އިރަކު އެގޮތައް ރުއި އިރުވެސް ޝީން އަށް ހުއްޓާނުލެވުމުން އަޔާޒް ޝީންގެ މުޅިމޫނުގެ އެތައް މިތަނުގައި ބޮސްދެމުން ބުނެލިއވެ.
ޝީން އަޔާޒް ގެ ގައިގައި ބައްދާލައިގެން ހުރެ ހިތުގެ ހުރިހާ އުދާހެއް ދެލޮލުން ބޭރުކުރަމުން ދިޔައެވެ.
އަޔާޒްގެ ދެލޯވެސްވަނީ ކަރުނުން ފުރިފައެވެ. އަހަރެން ބޭނުން އަޔާއަށް ހުރިހާ އެއްޗެއްކިޔައިދޭން”ޝީން އެހެން ބުނުމުން އަޔާޒް ސުވާލްގެ ނަޒަރަކުން ޝީންއަށް ބަލާލިއެވެ.
ޝީން އެރޭގެ ހާދިސާ ހިނގިގޮތާ އޭނައަށް އެކަން އެގުނުގޮތް ކިޔައިދިނެވެ.
ނަމަވެސް ރައިންގެ ހަގީގަތްބުނެދިނުމައް ފަސްޖެހުނެވެ. އަޔާޒްއާއި ދުރުން އުޅެން ޖެހުމުން އެހިތައް ކުރި އަސަރުންވެސް އިތުރައް އެދުރުކަން އުފެދޭނެ އެއްވެސްކަމެއް ކުރާކައް ބޭނުމެއް ނުވިއެވެ
ޝީން ގެ ވާހަކައިން އަޔާޒްއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެމީހުން އެކުރި ނުބައި ކަމުން އަންހެން ކުއްޖެއްގެ އިއްފަތްތެރިކަން ގެއްލިގެން ދިޔައީއެވެ.
އަޔާޒް ޝިން ގަޔާ ދުރުކޮއްލަމުންއެދެލޮލުން ކަރުނަ ފޮހެލަދިނެވެ.
އަދި ދެން ނުރޯށޭ ބުނާގޮތައް ދެފަރާތައް ބޯހޫރާލިއެވެ. އަހަރެން ވަރައް އުންމީދުކޮއްގެން ހުރީ އެންމެ ފަހރަކުވެސް އަޔާ ގުޅާލާނެކަމައް” ޝީން ނޭފަތް ދަމާލަމުން ވާހަކަ ދެއްކިއެވެ
” އަހަރެން މަންމަ އަށް ގުޅާ ކޮންމެ ފަހަރަކު ޝީންގެ ވާހަކައެއް މަންމަ ދައްކާތޯ އަހަރެން މަޑުކުރަން ” އެކަމަކު އެއްފަހަރުވެސް މަންމަ ޝީންގެ ވާހަކައެއް ނުދައްކާތީ އަހަރެން ހީކުރީ ތި ދެމީހުން އުޅެނީ ވަރައް ހެޕީ ލައިފެއްކަމައް” އެހެންވެ އަހަރެން ބޭނުންނުވީ ގުޅަން”
އަހަރެން ބޭނުމެއް ނޫން ދެވަނަ ފަހަރައް އަހަރެން އަތުން ޝީން ގެއްލޭކައް “އެކަމަކު އަހަރެން ޝީން އަށް އެއްވެސް ކަމަކައް މަޖުބޫރެއްނުކުރާނަން” އަހަރެން ވަރައް ލޯބިވޭ ޝީންދެކެ” އަޔާޒް އެހެން ބުނެލުމާއެކު ޝީން ހިތައް ބުނެދޭންނޭގޭހާ ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. އަދި އަޔާޒް ގައިގައި ބައްދާލިއެވެ.
ޝީންގެ އެހަރަކާތުން އަޔާޒްއަށް ޖަވާބު ލިބިގެންދިޔައެވެ.
އަހަރެން ދުވަހަކުވެސް އަންހެން ކުއްޖެއްދެކެ މިވަރައް ލޯބިނުވޭ “އަހަރެންނައް އެންމެ ފުރަތަމަ ޝީން ފެނުނު ވަގުތުން ފެށިގެން އަހަރެންގެ ހިތުން ޝީންއަށް ހާއްސަ މަގާމެއް ދެވުނު” އަހަރެންނައް އަލައް ޝީން ފެނުނީ ސޯފާގައި ނިދާލާފައި އޮއްވާ “އެރެއިން ފެށިގެން އަހަރެންގެ ހިތަކީ ޝީންގެ ހައްގެއް”
އަހަރެންނައް އަށް އަލޫކް އިންޓްރޮޑިއުސް ކޮއްދޭން ގެންދިޔަ ރެއަކީ އަހަރެންގެ ހިތުގެ ހާލް ޝީންއަށް އަންގަން ދިޔަރޭ” އެކަމަކު އަހަރެންނައް ޝީން ލިބުމުގެ ނަސީބް ނުލިބުނީ” އެރެއިން ފެށިގެން އަހރެން ތިދެމީހުން ދޭތެރެއަށް ނުވަދެ ވޭތޯބެލިން” އަހަރެން ޓްރެއިނިންގްއަށް ދާން ނިންމީވެސް އަހަރެންއަށް ޝީން ފެންނަ ހިސާބުގައި އުޅެން އުދަވީމަ” އެހެންވެ މިހުރިހާދުވަހުވެސް އަހަރެން ޝީން އަށް ނުގުޅީ”
އަޔާޒްގެ ވާހަކަތައް އަޑުއަހަން ޝީން ހުރިއިރު އަޔާޒް އޭރު ދެރަވާނެ ވަރު ހިތައް އައުމުން ވަކިން ދެރަވިއެވެ.
” ދެން ބުނެބަލަ ޝީން އަހަރެންދެކެ ލޯބިވޭތަ؟އަޔާޒް އެހެން ބުނެ ދެއަތުން މޫނުގައި ހިފާލާ ލޮލާ ލޯދިމާވާގޮތައްބަލާލިއެވެ.
އަހަރެންވެސް އަޔާދެކެ ވަރައް ވަރައް ލޯބިވޭ “އަހަރެން މިއޮއްހާ ދުވަހު މި އިންތިޒާރު ކުރީ އަޔާއަށް ” ދެން އަހަރެންގެ ހަޔާތައް އަޔާ ނޫން މީހެއް ގެންނާކައް އަހަރެން ބޭނުމެއްނޫން” އަޔާޒްގެ ލޮލައް ބަލަހައްޓައިގެން ހުރެ ޝީން އެހެން ބުނެލިއިރު އަޔާޒްގެ ލޮލުން އުފާވެރިކަން ފެންނަން ހުއްޓެވެ.
ކުއްލިއަކައް ބޭބީ މޮނީޓާއިން އިވެމުން ދިޔަ ރައިންގެ އަޑުން އަޔާޒް ޝީން ގައިން ދޫކޮއްލަމުން ދެމީހުން އެކުގައި މައްޗައް އަރައިގެން ދިޔައެވެ.” ދެން ނުރޯތި ” އަހަރެން ބޭނުމެއްނޫން ދެން ތިދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭކައްވެސް” އަޔާޒް އެހެން ބުނެލަމުން ޝީންއާއިއެކު އެކޮޓަރިއަށް ވަނެވެ.
އޭރު ރައިން ކުޑައެދުގައި ކޮޅައްތެދުވެ ހުރެ ރޮނީއެވެ.
ޝީން ފެނުމާއެކު ލޯ އުނގުޅާލަމުން ޝީންއާއި ދިމާލައް އަތް ދިއްކޮއްލިއެވެ.
ޝީން އަވަސް އަވަހައް ރައިން ނަގާ އުރާލިއެވެ.ރައިން އުރާލައިގެން ޝީން ހުއްތައި އަޔާޒް އައިސް ފަހަތުން ޝީންގެ ގައިގައި ބައްދާލުމައްފަހު ގޫޑް ނައިޓް ބެނެފައި ބޮލުގައި ތުންފަތް ޖައްސާލުމައްފަހު ނިކުތެވެ.
ހިތައްލިބިފައިވާ ހަމަޖެހުމުން މިއޮއްހުރިހާ ދުވަހު ކުރެވެމުން އައި ހިތާމަ އެއްކޮއް ފިލާ ދިޔަކަހަލައެވެ.
ހަމަޖެހިލަމުން ކައިރީ އޮތް ބާލީހުގައި ބައްދާލުމައްފަހު ލޯމަރާލިއެވެ. އޭރުވެސް އެތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ.
ރައިން ނިންދަވާލާފައި ކުޑައެދުގައި ބޭއްވުމައްފަހު އެދަރިފުޅައް ޝީން ފުންކޮއްބަލާލިއެވެ.
އަޔާޒް އޭނަ ދެކެ ލޯބިވާވަރު މިރޭ އެނގިއްޖެއެވެ. އޭނާއަށް ޓަކާ ކުރިހިތާމައާއި އޮހުރުނު ކަރުނަވެސް އެނގިއްޖެއެވެ. ވީއިރު މިދަރިފުޅު އޭނަގެ ދަރިއަކައް ވުމުން އޭނައަށް މައްސަލައަކައް ވާނެ ހެއްޔެވެ.
އެކަމަކުވެސް ޝީންގެ ހިތް ބިރުގަންނަނީއެވެ.
އެކަން އެގުމުން ކަންތައް ބަދަލްވެގެން ވެސް ހިނގައިދާނެއެވެ.
އެކަމަކު އަބަދު އެކަން ސިއްރު ކޮއްގެން ވެސް ނޫޅެވޭނެއެވެ. ޝީން އެރޭ ވިސްނުމައްފަހު ނިންމީ ދެމީހުންގެ ގުޅުން ރަގަޅުވުމުން ލަސްނުކޮއް އެވާހަކަ އަޔާއަށް ކިޔައިދިނުމަށެވެ.
ރައިން އަށް ރައިންގެ ބައްޕަ ލޯބި ހޯދައިދިނުމަށެވެ. މިހާރު އެންމެންނެކޭ އެއްގޮތައް އަޔާޒްވެސް ނިންމައިގެން އެހުންނަނީ ރައިން އަކީ އަލޫކްގެ ދަރިއެއްކަމަށެވެ.
ދުވަސް ތައް މާޒީއާއި އެކުވަމުން ދާވަރަކައް އަޔާޒް އާއި ޝީންގެ ގުޅުން ރަގަޅުވެ އަޔާޒްއާއި ރައިންގެ ގުޅުންވެސް ރަގަޅުވަމުން ދިޔައެވެ.
އަޔާޒްއަށް ރައިންއަކީ އޭނަގެ ދަރިއެއްކަން ނޭގުނަސް އަޔާޒްގެ ދުލުން ރައިންއަށް ބައްޕަ ކިޔައިދޭ އަޑުއިވުމުން ޝީންގެ ހިތް އުފަލުން ރޮވެއެވެ.
އަޔާޒް އަށް ފާހަގަ ނުއްވަސް ރައިން އަށް ލިބިފައިވަނީ ހުސް އަޔާޒްގެ ސިފަތަކެވެ. އެދެބަފައިން އެއްކޮއްފެންނަ ކޮންމެ ފަހަރަކު ޝީންއަށް އެކަން ފާހަގަވެއެވެ.
ޝީން ރައިން ދޫކޮއްލާފައި ކޮންމެ ދުވަހަކު އޮފީހައް ދާތީ އަޔާޒް އެކަމާ ހިތްހަމަ ނުޖެހުމުން ޝީން ބޭނުންވި ކައިވެނި ކޮއްފައި ވަޒީފާއަށް ދިއުން ހުއްޓާލުމަށެވެ.
އެގޮތައް ޝީން ބޭނުންވުމުން އަޔާޒް އެކަމާ އެއްބަސް ޝީން ބޭނުންވާތީއެވެ.
އަޔާޒް އާއި ޝީންގެ ގުޅުން ރަގަޅު ވުމުން އާޔަންއާއި ޝީން ދިމާވަނީ ހަމައެކަނި އޮފީހުގައިވާވަގުތުތަކުގައެވެ.
ކޮންމެދުވަހަކު ޝީން އޮފީހައް ގެނެސްފައި ބްރޭކްގަޑީގައިވެސް އަޔާޒް ޝީން ބަލާއާދެއެވެ.
އެކަމާ އާޔަން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޝީން އެކަމަކާ އެންމެ އުފާވާނެ ކޮންމެ ކަމެއްއާޔަންވެސް އުފާވާނެއެވެ.
އާޔަން އަބަދުވެސް ބޭނުންވަނީ ޝީންގެ ހެޔޮއެދޭ ރައްޓެއްސެއްގެ ގޮތުގައި ހުންނާށެވެ.
**
ހުކުރު ދުވަސް ކަމުން ޝީން ފަތިސް ނަމާދު ކޮއްގެން ނިކުމެ ރައިން ހޭލަންވާއިރައް ޝީން ބަދިގެއަށް ވަނީ ހެދުނު ސައިހަދާލާށެވެ.
އާދައިގެ މަތިން ޝީން ކަންތައްތައް ކުރަން އުޅުންއިރު މޯނާވެސް ޝީންއާއި އެކު ބަދިގެތެރޭގައި އުޅެއެވެ.
ރޮށި ފިހެ ނިންމާލުމައްފަހު ޝީން ކުޅިމަސް ތައްޔާރުކޮއްލީއެއީ އަޔާޒް އަށް އެންމެ ކަމުދާކެއުންކަން އެގޭތީއެވެ.
އެހެން ދުވަސް ދުވަހު މިހާއިރު ރައިން ހޭލާނެކަން އެގޭތީ މޭޒްމައްޗައް ތަށިތައް ނެގުމައްފަހު ޝީން ކޮޓަރިއަށްދިއުމައް ބަދިގެއިން ނިކުތެވެ.
އޭރު ހަމައެކަނި ސޯޓެއްލައިގެން ހުރެ ރައިން އުރާލައިގެން އަޔާޒް ތިރިއަށް ފައިބަނީއެވެ.
އެވަގުތު ކޮޅުވެސް ޝީންގެ ހިތުން އަޔާޒްއަށް ތައުރީފްކުރެވުނެވެ.
ފިރިހެންވަންތަ ކަސްރަތީ އެހަށިގަނޑައް ބަލާލެވުމާއެކު ޝީންގެ ނޭވާ އެތެރެހަށިގައި ތާށިވިއެވެ.
ނަފީސާ ބުނިގޮތައް އަޔާޒްގެ މޭމަތީ އިން ކަޅު ލައް ރައިންގެ މޭމަތީ އިން ލަފާ އެއްވެސް ތަފާތެއްނެތެވެ”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ހިތުގެ ރާނީ (ޓްރެއިލަރ)

Next

ބޭނުންވަނީ ޔާރާ… 3

Next
March 24, 2018

ބޭނުންވަނީ ޔާރާ… 3

Previews
March 24, 2018

ހިތުގެ ރާނީ (ޓްރެއިލަރ)

26 Comments!

  1. Shann says:
    March 25, 2018 at 12:48 am

    Khonireh story ah inthixaaru kuraathaa… Haadha inthixaareh kurevihjey mi story ah… Up vehjetho belun adhadhuves neyngey… Ehaaves rythi mi story…mibaives hama v furihamaey bunelaany

    1. Marie says:
      March 25, 2018 at 11:15 pm

      ??Thank you shann

  2. Inoo says:
    March 25, 2018 at 12:55 am

    Mi p ves v reethi

    1. Marie says:
      March 25, 2018 at 11:15 pm

      ??Thank you inoo

  3. Fathun says:
    March 25, 2018 at 6:55 am

    V v reethi..mi site GA in enme salhivaane vaahaka…v v v kiyaaahihvey…..kon irakun next par

    1. Marie says:
      March 25, 2018 at 11:16 pm

      ??Thank you fathun vrh
      ❤ happi vejjje

  4. Sinn says:
    March 25, 2018 at 7:38 am

    Haadha Kurey..thankolheh dhigu kollaba..vvvv salhi mi prt vex..aneh prt avahah Geness dheeba plxxxxx..

    1. Marie says:
      March 25, 2018 at 11:25 pm

      ??Thank you sinn
      ❤

  5. Swety says:
    March 25, 2018 at 8:56 am

    Asluves vvv gina inthixaarah fahu mi libenee kiyaalan ekam tankolhen dhigikolhani vvvv ufaavaane????

    1. Marie says:
      March 25, 2018 at 11:26 pm

      ??Thank you swety
      ❤

  6. Aki says:
    March 25, 2018 at 9:11 am

    varah furihama.. miadhu ge part avahah up kohla dheebaa pls pls

    1. Marie says:
      March 25, 2018 at 11:26 pm

      ??Thank you aki
      ❤

  7. Xaaaan says:
    March 25, 2018 at 9:19 am

    Wow mibaives vvvv reethi???❤ waiting next part?

    1. Marie says:
      March 25, 2018 at 11:27 pm

      ??Thank you xaaan
      ❤

  8. shaha says:
    March 25, 2018 at 1:18 pm

    Wow v nice
    Keep it up

    1. Marie says:
      March 25, 2018 at 11:27 pm

      ??Thank you shaha
      ❤

  9. Dhai says:
    March 25, 2018 at 9:44 pm

    Thankolheh dhigu koh genesdheeba…..vahaka vv reethi

    1. Marie says:
      March 25, 2018 at 11:28 pm

      ??Thank you dhaii
      ❤

  10. James says:
    March 25, 2018 at 11:18 pm

    Waiting, waiting

    1. Marie says:
      March 25, 2018 at 11:28 pm

      ??Thank you james
      ❤

  11. No one says:
    March 26, 2018 at 12:15 am

    Next part up vaany kon irakun …….
    Vaahaka reethi kamun can’t wait hama?❤️

  12. leen says:
    March 26, 2018 at 11:31 am

    haadha rychey mi part??

  13. Xaaan says:
    March 26, 2018 at 11:59 am

    Marie koba story up kurany koniraku v kiyaahithun mi inny

  14. Aki says:
    March 26, 2018 at 2:07 pm

    alhey haadha lahey up kohla dheyle… avahah up kohla dheebaa pls pls

  15. Jeen says:
    March 26, 2018 at 3:55 pm

    Adhi miadhu mi vaahaka kiyan feshii ves mi.. Mi haaru ekkon kiyaalaa nimijje.. Vrh reethi kuri ah gossa hosaabu.. Varah hama curious.. Heekuran dhen oiyy part ves avahah genesdheyne kamah… Lots of love marie.. ??

  16. Mona says:
    March 26, 2018 at 7:38 pm

    Koba mi writer gehluny dhaw…dhen vaahaka nuliyaa thi…hafthaaku 2 folhuvah…

Comments are closed.

Next Episodeޝީން (ފަންސަވީސްވަނަ ބައި)←


All Right Reserved!