Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (21)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 23, 2018 6 Mins Read
31 Comments

ދެލޯމަރައިލަމުން ހަމަޖެހިލުމަށްފަހު މަލްހާ އިންތަނުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައިގޮސް ކުޑަދޮރުކައިރީގަައި ހުއްޓިލިއެވެ. އެސްފިޔަތައް އުފުލައިލަމުން ކަޅުސާލެއް އޮޅައިލައިގެންވި އުޑާދިމާއަށް މަލްހާ ބަލައިލިއެވެ. ކުދި ޖަވާހިރުތަކެއްފަދައިން ވިދައި ބަބުޅަމުންދިޔަ ތަރިތަކަށް މަލްހާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު ޢަލީ ބިން އަބީ ޠާލިބް ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް މަލްހާގެ ހަނދާނަށް އައެވެ. “ޑޯންޓް ލެޓް ޔުއަރ ޑިފިކަލިޓީސް ފިލް ޔޫ ވިތް އެންޒައިޓީ.. އާރފްޓާރއޯލް އިޓް އިޒް އޮންލީ އިން ދި ޑާރކެސްޓް ނައިޓްސް ދެޓް ސްޓާރސް ޝައިން މޯ ބްރައިޓްލީ..” އެހެން ހިތަށް އެރުމާއެކު މަލްހާއަށް ދެލޯމަރައިލެވުނެވެ. އެބަސްކޮޅުން ހިތްވަރު ލިބިގަންނަމުން މަލްހާ ލުއި ގޮތަކަށް ހިނިތުންވެލީ އޭގެ ފޮރުވިފައިވާ މާނަ ވިސްނުނުފަދައިންނެވެ.

އިޝާނަމާދަށްފަހު މަލްހާ ތިރިއަށް ދިޔައިރު މުހުސިނާއިނީ ޒީވާނަށް ކާންދޭށެވެ. އިރުކޮޅަކު ޒީވާނާއި ސަކަރާތްޖަހަމުން ކާންދެމުންދިޔަަ މުހުސިނާގެ މޫނަށް ބަލަންހުރި މަލްހާގެ ހިތަށް އާބިދާގެ އެކިއެކި ހަނދާންތައް އުނދަގޫކުރަމުންދިޔައެވެ. އާބިދާ އޭނާއާާއި މެދުގައި އެފަދަ ގޮތަކަށް ކަންތައްކުރުމުން ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް އެކަން ހިތުގައި ފޮރުވައިލަމުން މަލްހާ ހިނިތުންވާން މަސައްކަތްކުރަމުން ދިޔައެވެ. ސިޑިމަތީގައި ހުއްޓުންއަރައިފައިހުރި މަލްހާ ފެނުމާއެކު ހިނިތުންވެލަމުން މުހުސިނާ ގޮވައިލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުގައި މުހުސިނާއަށް ދެމުން މަލްހާ އެދިމާއަށް ހިނގައިގަތެވެ.

“ދަފިފުޅާ ކާންވީނު. ނާލްވެސް ނަމާދުކޮށްލަން ދިޔަގޮތަށް އަދި ނާދޭ. ނާލްއާ އެކުގައިތަ ކާނީ؟” ލޯތްބާއެކު އޭނާއާއި ޖެހިގެންހުރި ގޮނޑީގައި އިނށީން މަލްހާގެ ބޮލުގައި ފިރުމައިލަމުން މުހުސިނާ އަހައިލިއެވެ. މުހުސިނާގެ ހެޔޮކަންފެނި މަލްހާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުނިޔޭގައި އެފަދަ ހިތްހެޔޮ އިންސާނުންވެސް އުޅޭތާއެވެ. އޭނާއަކީ މުހުސިނާގެ ކާކުހެއްޔެވެ؟ އެހެނަސް މުހުސިނާ އޭނާއާއި އޭނާގެ ދަރިފުޅާ މެދުގައި ކަންތައްކުރާ ހިތްހެޔޮގޮތް ނިކަން ދެކިބަލާށެވެ.

“ނާލް އައިމަ ކާނީ.” އިސްޖަހައިލަމުން މަލްހާ އެހެންބުނެލީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް މުހުސިނާއަށް ފެނިދާނެތީއެވެ. “ދަރިފުޅާ. ދެން އެކަމާ ނުވިސްނާ. ވާންއޮތްކަމެއްވާނެ. އެއީ އަހަރުމެންގެ ބާރު ފޯރުވޭ ކަންތަކެއްނޫން. ދަރިފުޅު މަސައްކަތްކުރީމެއްނުދޯ. އެހެންވީމަ ދެރަނުވޭ. އަހަރުމެންނަށް ކުރެވޭނީ މަސައްކަތް. ކާމިޔާބު ދެއްވާނީ ވަކިފަރާތަކުން. ދަރިފުޅަށްޓަކައި ތިއަށްވުރެ ރަނގަޅުގޮތެއް އޮތީކަމަށްވެސް ވެދާނެ. އެހެންވީމަ އެކަލާނގެ ޤަދަރުފުޅަށް ޝުކުރުކޮށްލައިގެން ހިތްވަރުކުރޭ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.” ނުހަނު އޯގާތެރިކަމާއެކު މަލްހާގެ އިސްއުފުލައިލުމަށްފަހު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެދެމުން މުހުސިނާ ނަސޭހަތްތެރިވިއެވެ. މުހުސިނާގެ ދުލުން ދަރިފުޅޭ ބުނެލާކޮންމެ ވަގުތަކު މަލްހާގެ ހިތްފުރިގެންދެއެވެ. އެހައި ދުވަހަށްފަހު މީހެއްގެ ލޯތްބާއި އޯގާތެރިކަން އިހުސާސުވުމުން ބޭއިޚުތިޔާރުގައި މަލްހާއަށް މުހުސިނާގެ ކޮނޑުގައި ބޯއަޅައިލަމުން މުހުސިނާ ދެއްކިވާހަކަތަކަށް އެއްބަސްވެވުނެވެ. އެގެއިން އޭނާއަށް އިހުސާސުވަމުންދިޔަ ގާތްކަމަށް އެހިތްއެދޭތާ ހާދަހައި ދުވަހެއް ވެއްޖެއެވެ. ﷲ ރަޙުމަތްފުޅުން ހުރިހައިކަމެއްވެސް ރަނގަޅުވާނެއެވެ. ރޮމުންދިޔަ މަލްހާގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލައި މުހުސިނާ އިނެވެ. އެތަންބަލަންއިން ކުޑަކުޑަ ޒިވާނަށް ހިނިތުންވެލެވުނެވެ. ދުރުގައި ހިނިތުންވެފައި އެތަންބަލަންހުރި އީނާލްވެސް ޝަމްއަލްގެ ކޮނޑުގައި ބޯޖައްސައިލަމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލީ އޭނާގެ ނިންމުމާއިމެދުގައި އުފާކުރާހާލުގައެވެ. މިއީވެސް އިމްތިހާނެކެވެ. ވަގުތާއެކީގައި ފާއިތުވެގެން ގޮސްފާނެއެވެ. ވަގުތަކީ މޮޅު ޝިފާއަކަށްވަނީ އެހެންވެއެއް ނޫންހެއްޔެވެ؟

** ** **

ފޯނު ކަންފަތުން ވަކިކޮށްލަމުން އަޔާޒު މިސްރާބުޖެހީ ކާކޮޓަރިއާއި ދިމާއަަށެވެ. ރުޅިއައިސް ރަތްވެފައިހުރެ އަޔާޒު އައިސް ވަތްތަން ފެނުމުން ކޮފީގިރަންހުރި އާބިދާ ސުވާލުގެ ނަޒަރަކުން އޭނާއާއި ދިމާއަށް ބަލައިލިއެވެ.

“މަންމަގެ ދަރިއަކީ ހަމައެކަނި ލިވީ ދޯ؟” ހަރަންބަނދެލަމުން އަޔާޒު ސީދާ މައުޟޫއަަށް ދިޔައެވެ. “ކީކޭ ކިޔަންތަ އަޔާޒު ތިއުޅެނީ؟” ޖަވާބު ދިނުމުގެ ބަދަލުގައި އާބިދާވެސްކޮށްލީ ސުވާލެކެވެ.

“މަންމަ ހައެކަނި ވިސްނަނީ ލިވީއާ ދޭތެރޭ. ބަލާބަލަ އޭނާ ކޮށްގެން އުޅޭކަމެއް. ދޮންތަގެ ދިރިއުޅުންވިއްޔަ އެހަލާކުކޮށްލީ. އަޅެ މަންމައަށް އެތަންވެސް ހަމަ ނުފެންނަނީތަ؟ ނޫނީ ފެނުނަސް ނުފެންނަކަމަށް ހަދަނީތަ؟” އަޔާޒުގެ ރުޅިގަނޑުވަނީ ހައްދުން ނައްޓައިފައެވެ. އޭނާގެ ދޮންތަ އުޅެމުންދާ ހާލު އިހުސާސުވުމުން އެހިތަށް ހަގީގަތުގައިވެސް ތަދުވީއެވެ.

“ލިވީ ކީއްތަކުރީ؟ ކުރިކަމެއްވިއްޔާކުރީ އޭނާ އަމިއްލައަށް. އަހަރެން އައީ އެވަރަށް ވިސްނައިވެސްދީފައޭ. އެކަމު އަހަރެން ދެއްކި ވާހަކަތައް އޭނާއަކަށް މުހިންމެއްނުވި. ދެން އަމިއްލައަށް ބޮނޑިބޮއެފަ ލިވީ ބޮލުގަ އެޅުވުމުގެ ބޭނުމެއްނެތެއްނު.” އަޔާޒުގެ ވާހަކައިން އާބިދާ ހިތްހަމަނުޖެހޭގޮތްވިއެވެ.

“އެކަމަކުވާ ސާބަސް މަންމައަށް. މަންމަ އެއްފަހަރުވެސް ދޮންތަގެ ވާހަކައިގެ ތެދުދޮގު ބަލައިލާން މަސައްކަތްކުރިންތަ؟ ހުރިހައިކަމެއްގަ ދޮންތަ ތިކުއްވެރިކުރަނީ. އަހަރެންނަކަށް ނޭނގެ ދެން މަންމައަށް ވިސްނައިދޭނެ ގޮތެއްވެސް. ބޯހަލާކުވާނެ.” ދެފަރާތަށް ބޯހޫރުވައިލަމުން ހިތްހަމަނުޖެހިފައި އަޔާޒު އެތަނުން ނުކުމެގެން ދިޔައެވެ. ހަގީގަތުގައި ލިވްޔާ ކަންތައްކުރިގޮތުންނާއި އާބިދާވެސް އެކަމާ އަޅައިނުލާހުރުމުން އަޔާޒު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ލިވްޔާގެ ވާހަކަތަކުގައި ކުޑަވެސް ހަގީގަތެއްވާހެން އަޔާޒަކަށް ހިއެއްނުވެއެވެ. އޭނާއަށް އެވާހަކަތައް ގަބޫލުނުކުރެވެނީވެސް އެހެންވެއެވެ. ނަމަވެސް އާބިދާއާއި ސަލީމަށް ވެފައިހުރިގޮތެއް އޭނާއަކަށް ނޭނގެއެވެ. ވިސްނައިދިނަސް ގަބޫލުކުރަންވެސް ބޭނުންނުވަނީއެވެ. އަޔާޒު ހަދާނެގޮތް ހުސްވެފައިހުރެ އެތަނުން ނުކުމެގެންދިޔަތަން ބަލަންހުރި އާބިދާ އެކަމާ އަޅައިވެސްނުލާ ކޮފީގިރައި ނިންމައިލިއެވެ. އަދި ތަށި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

** ** **

ނޫރާއާއި ކައިވެނިކުރަން ދެކޮޅުހެދިފަހުން ޔާނިކްއާ އޭނާގެ ބައްޕައާއި ދެމެދަށްވަނީ ކޮންމެވެސް ވަރެއްގެ ދުރުކަމެއް އައިސްފައެވެ. ފާއިޒާ މަސައްކަތްކޮށްކޮށްވެސް އެކަންވަނީ ރަނގަޅު ނުވެފައެވެ. ކިތަންމެފަހަރަކު އެވާހަކަ ލުތުފީއާއިވެސް ދެއްކިއްޖެއެވެ.

ލުތުފީގެ ދުރުކަމުން ޔާނިކްގެ ހިތަށް ތަދުވިނަމަވެސް ކެތްކޮށްލައިގެން ހުރީއެވެ. ބައްޕަގެ ކިބައިން އޭނާ ތަކުރާރުކޮށް މައާފަށްވެސް އެދުނެވެ. ލޯބިނުވާ މީހަކާއި އެކުގައި އޭނާ ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންނޫނަސް އެހުރިހައިކަމަކުން ނޫރާއަށް ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ.

ފުންވިސްނުމަކަށް ގެއްލިފައިއޮތް ޔާނިކް ސިހުނީ ބާލީސް ކައިރީގައިއޮތް ފޯނު ރިންގްވާންފެށުމުންނެވެ. ނަގައި ބަލައިލިއިރު އީނާލްގެ ކޯލަކަށްވުމުން ތެދުވެ ހަމަޖެހިލަމުން ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ.

“ދޮންބޭ. އައި ހެވް އަ ސަޕްރައިޒް ފޯ ޔޫ. އާާދެވެންޏާ އައިސްބަލަ. ވަރަށް ބޮޑު ވާހަކައެއްވެސް ދައްކަންވެފަ އެބައޮތް.”އެއްނޭވާއިން އީނާލް ބުނެލިއެވެ. ނިތަށް ރޫއަރުވައިލަމުން އޯކޭއޭ ބުނެލުމަށްފަހު ޔާނިކް ތައްޔާރުވެލަމުން ނުކުމެ ކާރުގައި އެގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ބެލްޖަހައިލުމާއެކު އީނާލް ލުއިހިނިތުންވުމަކާއެކު ދޮރުހުޅުވައިލިއެވެ. ހައިރާންވެފައިހުރެ ގެއަށްވަތް ޔާނިކް އީނާލްގެ ފަހަތުން ގޮސް ސޯފާގައި އިނށީދެ ހަމަޖެހިލިއެވެ.

“ހޫމް ދެންބުނެބަލަ. ކިހިނެއްވީ؟” ޔާނިކްގެ އަޑުގައި ކޮންމެވެސް ވަރަކަށް ހާސްކަން އެކުލެވިފައިވިއެވެ. އީނާލް ދައްކަންއެއުޅޭ ވާހަކައެއް އިނގޭހިތުން އޭނާއަށް އިނދެވެނީއެއްވެސް ނޫނެވެ. އީނާލް އޭނާ ގާތުގައި އިން ޝަމްއަލްގެ މޫނަށް ބަލައިލަމުން ވާހަކަ ދައްކަންފެށިއެވެ.

“ދޮންބޭ. މަލް. ރާއިދް މަލް ވަރިކޮށްފި.” ސީދާ ޔާނިކްގެ މޫނަށް ބަލަންއިނދެ އީނާލް ބުނެލިބަސްތަކާއެކު އޭނާގެ ދެލޯބޮޑުވެގެންދިޔައީ އިވުނު ޖުމުލަ ގަބޫލުނުކުރެވިގެންނެވެ. “ކީކޭ؟” އިންތަނުން ކޮޅަށް ތެދުވަމުން މޫނުގައި އެއްއަތުން ފިރުމައިލުމަށްފަހު ޔާނިކް އަހައިލީ ހާސްވެފައިހުރެއެވެ.

“އެކަމަކު.. އޭރުން މަލް. މަލް ކޮބާ؟ ހައު އިޒް ޝީ؟ ޔާ ﷲ.. އޭނަ ކިހައި ދެރަވާނެ. އެމީހުންގެ ދަރިފުޅާ މެދުވެސް ރާއިދް ވިސްނައިނުލީތަ؟ އައި ޖަސްޓް ކާންޓް ބްލީވް ދިސް. ހައު ކުޑް ހީ؟” ޔާނިކްގެ އަޑުގައި ނުރުހުމުގެ އަސަރުއެކުލެވިގެންދިޔައެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ދެކޮޅަށް ދެކޮޅަށް ހިނގަންފެށީ ކަންބޮޑުވެފައިހުރެއެވެ. މަލްހާ އުޅޭނެ ހާލާއި ކުރާނެ ހިތާމައާއި މެދުގައި އޭނާއަށް ވިސްނެނީއެވެ.

“ދޮންބޭ. ކަންބޮޑުނުވެބަލަ. އަހަރެން.. އަހަރެން މަލް މިގެއަށް ގެނެސްފިން. ޒީވާންވެސް.” އިންތަނުން ތެދުވަމުން ޔާނިކް ގާތަށް ޖެހިލުމަށްފަހު އޭނާގެ ކޮނޑުގައި އަތްބާވައިލަމުން އީނާލް ބުނެލިއެވެ. އެއާއެކު ހައިރާންވެފައި ޔާނިކް އީނާލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

“ވަޓް؟ އޭނަ މަލް ގެއިންވެސް ބޭރުކޮށްލީތަ؟” ރުޅިއައިސްފައި ޔާނިކް އަހައިލި ސުވާލަށް އީނާލް ބޯޖަހައިލިއެވެ. އަދި ކަންތައްވީގޮތް ޔާނިކްއަށް ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ. އިވުނުވާހަކަތަކުން ޔާނިކްގެ ރުޅިގަނޑު ހައްތަހައިގަދަވުންނޫންހެންކަމެއް ނުވިއެވެ. އެވާހަކަތައް ގަބޫލުކުރަންވެސް އޭނާއަށް ދަތިވިކަން މޫނުމަތީގެ ކުލަވަރުތަކުން އެނގި ހާމަވަމުންދިޔައެވެ.

އިރުކޮޅަކު އެއްޗެކޭ ނުބުނެ އިސްޖަހައިގެން ފުންވިސްނުމަކަށް ގެއްލިފައިހުރުމަށްފަހު ޔާނިކް އަވަސްވެފައިވާ ހިތަކާއިއެކު ދުރަށް ނަޒަރު ހުއްޓައިލިއެވެ. “ކޮބާ މަލްއާ ޒީވާން؟” އެތަނުގެ ހަމަހިމޭންކަން ނަގައިލަމުން ޔާނިކް އަހައިލިއެވެ. “ކޮޓަރީގަ. ނިދިފަ އޮތީ.” މަޑުމައިތިރިކަމާއެކު އީނާލް ޖަވާބުދިނެވެ. ވަކިއެއްޗެކޭ ނުބުނެ ބޯޖަހައިލަމުން ޔާނިކް އަނެއްކާވެސް ސޯފާގައި އިނށީދެލިއެވެ.

“މަލްްއަށް ރަނގަޅަށް ބަލާތި.” ޝަމްއަލްއާއި އީނާލާއި ދިމާއަށް ބަލައިލަމުން އާދޭހުގެ ރާގަކަށް ޔާނިކް ބުނެލިއެވެ. ބަދަލުގައި ދެމީހުންވެސް ބޯޖަހައިލަމުން ހިނިތުންވެލީ ޔާނިކް މަލްހާދެކެ ވާލޯބިފެނިފައެވެ. މަލްހާއަށް އެކަން އެނގޭނޭނަމައެވެ. ރާއިދްގެ ލޯބި ނުލިބުނަސް މަލްހާދެކެ ތެދުހިތުން ލޯބިވާނެ މީހަކު އޭނާއަށް ލިބިދާނެކަމެވެ. މަލްހާއަށް އެކަން ވިސްނައިދޭން އީނާލް ބޭނުންވެއެވެ. ނަމަވެސް ރަނގަޅު ވަގުތަކަށް އިންތިޒާރުކުރަން އޭނާ ބޭނުންވެއެވެ. މަލްހާ މިހާރު ހުންނާނީ އެފަދަ ވާހަކައެއް އަޑުއަހަންބޭނުންވާކަހަލަ ފަށްތަރެއްގައި ނޫންކަން އީނާލްއަށްވެސް އެނގެއެވެ. އެހެންކަމުން މަލްހާ ހަމަޖެހިލަންދެން އިންތިޒާރުކުރަން އޭނާ ބޭނުންވީއެވެ.

އެތައްއިރަކު އެގޭގައި ހުރުމަށްފަހު ޔާނިކް ގެއަށް ދިޔައީ ހިތްހަމަޖެހިފައިހުރެއެވެ. އީނާލް މަލްހާއާއި އޭނާގެ ދަރިފުޅަށް ރަނގަޅަށް ބަލާނެކަން ޔާނިކްއަށް ޔަގީންވެއެވެ. މަލްހާއަށްޓަކައި އެހިތްވަނީ ހަމްދަރުދީއިން ފުރިފައެވެ. އެހެނަސް އޭނާ ކުރާނީހެއްޔެވެ؟ އެންމެކުޑަމިނުން އެފަދަ ޖުމުލައެއްވެސް މަލްހާ ގާތުގައި ބުނެލަން އޭނާ ޖެހިލުންވެއެވެ. އެކަމަކު އެއިހުސާސުތައް ފޮރުވަން މަސައްކަތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އިތުރަށް ކެތްކުރަން ހާދަހައި އުނދަގުލެވެ. ޔާނިކްއަށް ފުންނޭވައެއްލެވުނެވެ. ކޮންމެވެސް އެއްގޮތަކަށް ނިންމަން އޭނާ ބޭނުންވެއެވެ. ކޮންމެގޮތެއްވިއަސް އެކަމާއި ކެރިގެން ކުރިމަތިލާން އޭނާ ތައްޔާރެވެ. ހިތްހަމަޖެހިފައިހުރެ ޔާނިކް ގެއަށް ވަނުމަށްފަހު އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

** ** **

މަލްހާ ވަރިކުރިފަހުން މިހާރު ބަރާބަރު ހަފްތާއެއް ފާއިތުވެގެން ދިޔައީއެވެ. މިވީ އެއްހަފުތާ ތެރޭގައި މަލްހާގެ ހާލުބަލައިނުލިތާނގައި ޒީވާންގެ ހާލުބަލައިލަންވެސް ރާއިދް މަސައްކަތްކޮށްފައެއް ނުވެއެވެ. އޭނާގެ ހަޔާތުގައި އެންމެ މުހިއްމު ރޯލެއްއަދާކުރި އެދެމީހުންމަތިންވެސް މިއަދު އޭނާ އެއްކޮށް ހަނދާންނެތިއްޖެއެވެ. ލިބުނު ކުޑަކުޑަ ވަގުތީ އުފަލެއްގެ ސަބަބުންނެވެ.

އޭނާގެ އަމިއްލަ ދުނިޔޭގައި އުފަލާއި ހިތްހަމަޖެހުމާއެކު ދުވަސްތައް ގުނަމުންދިޔަ ރާއިދް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. މަލްހާއާއި ވަކިވުމުން އޭނާއަށް ހީވަނީ ބޮލުން ބޮޑު ބުރައެއް ވަކިވެގެން ދިޔަހެންނެވެ. ލިވްޔާއާއި އެކުގައި ހިތްހަމަޖެހިގެން ވަގުތު ހޭދަކުރެވެން ފެށީވެސް ދެނެވެ.

ދެމީހުން އެކުގައި އެކިތަންތަނަށްގޮސް އުޅޭއިރު ކުޑަކޮށްވެސް އެމީހުންގެ ސަބަބުން އެހެންމީހެއްގެ ހިތް ހަލާކުވެގެންދިޔަކަންވެސް ހަނދާނުގައި ހުންނަހެނެއް ހިއެއްނުވެއެވެ. ނުވަތަ އެކަން ހަނދާނުގައި ބަހައްޓަންް ދެމީހުންކުރެ އެކަކުވެސް ބޭނުންނުވަނީއެވެ. މަލްހާ އެގެއިން ނެރެލުމަށްފަހު އެދެމީހުންވަނީ މަލްހާމަތިން މުޅިން ހަނދާންނައްތައިލައިފައެވެ.

“ވަރަށް ވަރުބަލި.” ރާއިދާއި އެކުގައި ބޭރުގައި އުޅުމަށްފަހު ގެއަށް އައިސްވަތް ލިވްޔާ ސޯފާގޮނޑި މައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ. އާނއެކޭބުނެ ބޯޖަހައިލަމުން ރާއިދްވެސް ލިވްޔާގެ ގާތުގައި އިނށީދެލިއެވެ.

ޕާހުގައިއޮތް ލިވްޔާގެ ފޯނު ރިންގްވާން ފެށުމުން ވަރުބަލިގޮތަކަށް އެނަގައި ބަލައިލި ލިވްޔާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެންދިޔައެވެ. “ކާކުތަ؟” ލިވްޔާގެ މޫނުމައްޗަށްއެރި ކުލަވަރުފެނި ރާއިދް އަހައިލިއެވެ. “ނޭނގެ. ވަރަށް ފޫހިވޭ. އެ ދޮންބެގަނޑު. ލެކްޗަރުދޭން އެގުޅަނީ. ލިވީ އެހެން ނޫޅެ. ލިވީ މިހެން ނޫޅެ. ހުއް. ވަރަށް ރުޅިއާދޭ. ނޫޅެން ފޯނުނަގާކަށް.” ސޯފާމަތީގައި ފޯނު ބާވައިލަމުން ފަރުވާކުޑަ ރާގަކަށް ލިވްޔާ ބުނެލިއެވެ.

ލިވްޔާދެއްކި ވާހަކަތަކާމެދުގައި އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު ރާއިދް ލިވްޔާގެ ގައިގައި ބައްދައިލިއެވެ. “ހިނގާ މެރީކުރަން. އޭރަށް މީހަކަށް ކިޔޭނެ އެއްޗެއް ނުއޮންނާނު.” ލިވްޔާގެ މޫނު އޭނާއާއި ދިމާއަށް އަނބުރައިލަމުން ރާއިދް ބުނެލީ ލޯތްބާއެކުއެވެ. ރާއިދްގެ ޖުމުލައާއެކު ލިވްޔާ ފުންމައިގެން ކޮޅަށް ތެދުވިއެވެ.

“ވަޓް؟ އަސްލުވެސްތަ؟ ހަމަ އަސްލުވެސް ރާދު އަހަރެންނާ ކައިވެނިކުރަންތަ ތިނިންމީ؟” އުފަލުންގޮސް ލިވްޔާ ފެންކަޅިވިއެވެ. މިދުވަހަށްޓަކައި އޭނާ ހާދަހައި އިންތިޒާރެއް ކޮށްފިއެވެ. އޭނާގެ ހުވަފެންތައް ހަގީގަތަކަށްވާކަށް ދެންއެހައި ގިނަ ދުވަހެއް ނެތްކަން އެނގުމުން އުފަލުންގޮސް އޭނާ ފޮޅުނުފަދައެވެ.

“ހޫމް. އެކަމަކު.” އެހިސާބަށް ބުނެފައި ރާއިދް މަޑުޖެހިލުމުން ލިވްޔާގެ މޫނުގެ ކުލަވަރު އޮއްސިގެންދިޔައެެވެ. “އެކަމަކު ކީއްވީ؟” ހާސްވެފައި ރާއިދް ގާތުގައި އިނށީންނަމުން އޭނާގެ އަތުގައިހިފައި ތަޅުވައިލުމަށްފަހު ލިވްޔާ އަހައިލިއެވެ.

“ލިވީގެ މަންމަމެން އޯކޭ ވާނެތަ؟” ޖެހިލުންވެފައި ރާއިދް އެހެންއަހައިލުމާއެކު ލިވްޔާވެސް އިރުކޮޅަކު އެސުވާލާއި މެދުގައި ވިސްނައިލިއެވެ. “އޯކޭ ވާނެ. އަހަރެން ކޮންމެގޮތެއް ހަދާފައި ނަމަވެސް މަންމަމެން އޯކޭ ކުރާނަން. ރާދު އެކަމާ ކަންބޮޑުނުވޭ.” ލޯތްބާއެކު ރާއިދްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން ލިވްޔާ ބުނެލީ ޔަގީންކަމާއެކުއެވެ. އެއަޑުގައިވި ޔަގީންކަމުން ހާސްވެފައިވި ރާއިދްގެ ހިތަށްވެސް ހަމަޖެހުންލިބިގެންދިޔައެވެ. އުފާވެލައިފައި ލިވްޔާގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. ލިވްޔާވެސް ތުއިގޮތަކަށް ރާއިދްގެ ގައިގައި އަތްވަށައިލަމުން އެމޭގައި މޫނު ފޮރުވައިލިއެވެ.

** ** **

ފާއިތުވެދިޔަ ކޮންމެ ދުވަހަކާއިއެކު މަލްހާގެ ހިތުގައިވި ޒަޚަމްތައް ދިޔައީ ފުންވަމުންނެވެ. ކޮންމެ ދުވަހެއް ނިމިދަނީ ރާއިދް އެނބުރި އޭނާ ބަލައިއަންނާނެކަމުގެ އުއްމީދުގައި އިންތިޒާރުގެ ވަގުތުތައް ގުނައިލަގުނައިލައި ހުއްޓައެވެ. ކޮންމެދުވަހަކު އެދެލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަކަށް ނިމުމެއް އަންނަގޮތެއްނުވިއެވެ. އެދުވަހަށްފަހު އާބިދާއަށް ގުޅާކަށްވެސް މަލްހާ މަސައްކަތެއް ނުކުރެއެވެ. އެއިން އެކަކުވެސް އޭނާގެ ހާލާއި މެދުގައި ކަންބޮޑުނުވާކަން މަލްހާއަށް އެނގެއެވެ. ހިތަށް ކިތަންމެ ތަދުވިނަމަވެސް މަލްހާ ކެތްތެރިވަމުންދިޔައީ މިވަގުތުވެސް ފާއިތުވެދާނެކަން އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ.

އީނާލާއި މުހުސިނާގެ އެތައް ނަސޭހަތަކާއި ހިތްވަރުން މަލްހާ ކޮންމެވެސް ވަރަކަށް ހަމަޖެހެމުންދިޔައެވެ. އޭނާއެއްކޮށް ހަމައަކަށް އެޅެންދެން އޮފީހަށް ނަޔަސް ހެޔޮކަމަށް ޔާނިކްވަނީ ބުނެފައެވެ. އެހެނަސް ކަމެއްނުކޮށް އެހެން ހުންނަންވުމުން މާބޮޑަށް ކަންކަމާމެދުގައި ވިސްނައިފިކުރު ކުރެވޭތީ އެދުވަސްތަކުގައިވެސް މަލްހާ އޮފީހަށް ދިޔައީ ހިތުގެ ހަމަޖެހުމަށްޓަކައެވެ. މުހުސިނާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމަށްޓަކައި މަލްހާ އޭނާއަށް ހިތުގެ އެންމެފުންމިނުން ޝުކުރުވެރިވެއެވެ. މަލްހާ އޮފީހުގައި އުޅޭ ވަގުތުތަކު ޒީވާންގެ ކަންތައްތައް ކޮށްދީ ހަދަނީ މުހުސިނާއެވެ. އަމިއްލަ ދަރިއަކުފަދައިންނެވެ.

އެދުވަހަށްފަހު މަލްހާގެ މުޅިދިރިއުޅުންވަނީ ބަދަލުވެފައެވެ. އަމިއްލައަށް ފެނިގެން ހެދުންއަޅާގޮތް ބަދަލުކޮށްްލިއެވެ. އެކަމުގެ ސަބަބުން އެހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެންދިޔައެވެ. މަޑުމައިތިރިކަމާއި އެކަނިވެރިކަމަށް މަލްހާ ލޯބިކުރަންފެށިއެވެ. ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް ފިޔަވައި އިތުރުވާހަކަތައްދެއްކުން އޭނާ މަދުކޮށްލިއެވެ.

މަލްހާގެ ހާލު ޔާނިކްއަށް އިނގުނީއްސުރެ އޮފީހުގައިވެސް މަލްހާގެ ކަންތަކަށް ޔާނިކް އިތުރު ސަމާލުކަމެއްދޭން ފެށިއެވެ. ކޮންމެ ދުވަހަކު މަލްހާ އޮފީހަށް ގެންގޮސް ގެނައިސް ދިނުމަކީ އޭނާގެ އާދައަކަށްވެއްޖެއެވެ. އެކަމުގެ ސަބަބުން އެދެމެދުގައިވި ބީރަށްޓެހިކަންވަނީ ކޮންމެވެސް ވަރަކަށްފިލަންފަށައިފައެވެ.

މާގިނަ ވާހަކަތަކެއް ނުދެކެވުނެއްކަމަކު ފެންނަކޮންމެ ފަހަރަކު ލުއިހިނިތުންވުމެއް ދެމީހުންގެ ދެމެދުގައި ބަދަލުކުރެވިގެންދެއެވެ. މިކަންކަމުގެ ސަބަބުން ޔާނިކްގެ ހިތް އުފަލުން ފުރެމުންދިޔައެވެ. އެލޯތްބަށް ފެންބޮވައިގަނެފައި އޭނާ ހުންނަތާ ހާދަހައި ދުވަހެއް ވެއްޖެއެވެ.

އޮފީހުގެ އިތުރުން ޝަމްއަލްގެ ގޭގައި ޔާނިކް ހޭދަކުރާވަގުތުތައް އިތުރުވެފައިވިއެވެ. މަލްހާއާއި އެހައިގިނަ ވާހަކަތަކެއް ނުދެކެވުނަސް ޒީވާނާއި ދެމެދުގައިވިގުޅުން ފާއިތުވަމުންދިޔަ ކޮންމެ ދުވަހަކާއެކު ވަރުގަދަވަމުންދިޔައެވެ. ޔާނިކް އެގެއަށް އަންނާނެ ވަގުތަކަށް ޒީވާން އަބަދުވެސް އިންތިޒާރުކުރާކަން އޭނާގެ ލޯބިވެތި ޅަވާހަކަތަކުން އެނގެއެވެ. ބައެއްފަހަރު ޒީވާންގެ އެފަދަވާހަކަތަކުން މަލްހާ އޭނާގެ ހިތާމަތައްމަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާންނެތިގެންދެއެވެ. އެލޯބި ހިނިތުންވުމުގެ ސަބަބުން މަލްހާގެ މިލައިފައިވާ މޫނުމައްޗަށްވެސް ހިނިތުންވުން ގެނުވައެވެ. ލޯބިން އެހިތް ފުރައިލައިދެއެވެ. ދުރުގައި ޔާނިކްއާއެކުގައި ޒީވާން ވަގުތުހޭދަކުރާތަން ބަލަން އޭނާ ހުރެއެވެ. އޭނާގެ ދަރިފުޅު އުފަލުގައި އުޅޭތަންފެނުމުން އެހިތަށްވެސް އުފާވެރިކަން ލިބެއެވެ. ނަމަވެސް ރާއިދާއި މެދުގައިވި ޝަކުވާތައް އިތުރުވަމުންދިޔައެވެ.

އޮފީހުން އައިސް ނަމާދުކޮށް ހަދައިލައިގެން މަލްހާ ތިރިއަށް ދިޔައީ ޒީވާނަށް ކާންދިނުމުގެ ބޭނުމުގައެވެ. އޭރު ސޯފާގައި މަޖައްލާއެއްކިޔަން މުހުސިނާއިނެވެ. މަލްހާ ފެނުމާއެކު މަޖައްލާ ލައްޕައިލަމުން ހިނިތުންވެލިއެވެ.

“ދައްތާ. ޒީވާން ކޮބާ؟” މުހުސިނާ ގާތުގައި ޒީވާން ނެތުމުން މަލްހާ އަހައިލިއެވެ. “ވެއްޖެ އެފަރާތު. ޔާނިކްއާ އެކުގައި.” ބަގީޗާއާއި ދިމާއަށް އިޝާާރާތްކޮށްލަމުން މުހުސިނާ އެހެންބުނެލުމާއެކު ބޯޖަހައިލަމުން މަލްހާ އެދިމާއަށް ހިނގައިގަތެވެ.

ބަގީޗާއާއި އަރައިހަމަވިއިރު ޔާނިކާއި ތުއްތު ޒީވާންގެ ހުނުމުގެއަޑު އިވެމުންދިޔައެވެ. މަލްހާއަށްވެސް އެއަޑުއިވިފައި ހިނިތުންވެލެވުނެވެ. އަޑުއަންނަމުންދިޔަ ދިމާއަށް މަލްހާ ހިނގައިގަތެވެ.

ލޯމަރައިގެންހުރެ ޔާނިކް ހިނގަމުންދިޔައީ އެތަނުގައި ދުވަމުންދިޔަ ކުޑަ ޒީވާން އަތުލުމަށެވެ. ޔާނިކް އުޅެމުންދިޔަގޮތުން މަޖާވެފައި އަތްޖަހަމުން މުޅިއެތަނުގައި ޒީވާން ދުވަމުންދިޔައެވެ. ލޯމަރައިގެންހުރުމުގެ ސަބަބުން އެދިމާއަށްއައި މަލްހާއެއް ޔާނިކްއަކަށް ނުފެނެއެވެ. ކުއްލިއަކަށް އޭނާއަށް ގެނެވުނު އަވަސްހަރަކާތާއިއެކު ނުވިސްނައި ބަގީޗާތެރެއަށް ނުކުތް މަލްހާގެ ގައިގައި ޖެހިފައި ދެމީހުން އެދިމާއަށް ވެއްޓެންދިޔައެވެ. މަލްހާގެ ބާރުހަޅޭކާއިއެކު ދެލޯހުޅުވައިލަމުން ކަންބޮޑުވެފައި ޔާނިކް އޭނާގެ ގައިދަށުގައިއޮތް މަލްހާއަށް ބަލައިލިއެވެ. ދެލޯމަރައިބާރުކޮށްލައިގެން މަލްހާ އޮތްގޮތުން އޭނާއަށް ވަރަށް ބޮޑަށް ތަދުވެއްޖެކަން ޔާނިކްއަށް އެނގުނެވެ. މިމަންޒަރުބަލަން ތަންކޮޅެއްދުރުގައިހުރި ޒީވާން އެނބުރިގަންނަމުން ހޭންފެށިއެވެ. ދެމީހުންވެއްޓުނުގޮތުން އޭނާއަށް މަޖާވީއެވެ. ޒީވާންގެ ހުނުމުގެއަޑަށް އެސްފިޔަތައް ތަޅުވައިލަމުން ދެލޯހުޅުވައިލުމަށްފަހު މަލްހާ ސީދާ ޔާނިކްގެ ފުންދެލޮލަށް ބަލައިލިއެވެ. އެބަލައިލުމުން ޔާނިކްގެގައިން ހީބިނަގައިގެންދިޔައިރު އެހިތުގެތެޅުން އަވަސްވެގެންދިޔައެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 04

Next

ނޫރު (ފަންސާސްދެވަނަ ބައި)

Next
March 23, 2018

ނޫރު (ފަންސާސްދެވަނަ ބައި)

Previews
March 23, 2018

ލޯބިނުވިޔަސް ފިރުމާލަދީ 04

31 Comments!

  1. Xihko?? says:
    March 23, 2018 at 8:47 pm

    Yeyyy this time 1st

  2. Aki says:
    March 23, 2018 at 8:47 pm

    yey vaahaka up vee

  3. Sim says:
    March 23, 2018 at 8:58 pm

    Haadha kurey nau. Please maadhan Dhigu koh next part genesdhy please haadha wait kohfymey vaahaka ah. Please please avs koh next part

  4. Lixx says:
    March 23, 2018 at 9:00 pm

    Haadha lahey.. Thankolheh avahah up kohdhybala.

  5. Nau says:
    March 23, 2018 at 9:02 pm

    Salaam all.. Here is the next part. Hope u all will like this part too. Sry for the delay.. Point out the mistakes for me.. In sha allah nxt part tmrw nyt ga upkohlaanan.. Midhuvaskolhuhe gothun stry upkuruna lasvi namaves in sha allah knme day ehgevx nyt ga upkureveythw try kuraanan.. Thanks alot my dear reades for the love n support.. Hv a gud nyt. Ly soo much all.. ?❤

    1. Nau says:
      March 23, 2018 at 9:13 pm

      Alhuganduge v bodu edhumeh mi 20th vana part ah alhugandu kohfain comment knme reader ehvx kiyaalun.. M nt faking things or lying.. M also a human being. Kameh dhimaavedhaane. Life ga kanthah vany bunefaeh noon.. Ekmavx mi vaahaka complete vaane kamuge yageenkan alhugandu dhen in sha allah.. In sha allah dhn inna part lng vaane. Tday vx v try kurin lng kohlan.. Bt dhimaavegen miulheny kamuge sababun tym nuvy.. N tbh.. Kuryge part ah libifahuri comments kiyaafa v v happy vi.. I hv got such understading, loving, n v v supportive readers. Really thank u all for that.. In sha allah i wnt let u guys down.. Thats a promise.. In sha allah.. Thanks again everyone. Ly guys lots.. ❤

  6. Meee says:
    March 23, 2018 at 9:03 pm

    Wow ?????vvvvv reethi part vx

  7. Ainth shazu says:
    March 23, 2018 at 9:14 pm

    Wow thanks nau

  8. Yaax says:
    March 23, 2018 at 9:18 pm

    V reethi

  9. ?Jerry? says:
    March 23, 2018 at 9:21 pm

    ☺ ☺ V reethi

  10. axoo says:
    March 23, 2018 at 9:24 pm

    varah reethi mi partves next partah v v inthizaaru kurevey v avash kohdhehcey

  11. Shai says:
    March 23, 2018 at 9:25 pm

    Aaan haadha inthizaaru kohfeemey
    Varah reethi.

  12. starme says:
    March 23, 2018 at 9:31 pm

    Varah reethi

  13. Chim says:
    March 23, 2018 at 9:34 pm

    Vv reethi story kuriah dhaagoiy..

  14. tom says:
    March 23, 2018 at 9:53 pm

    Mi part ves hama v shalhi best thigothuga kuriyahddy meehakukiyaahaa ehchakah balaanekamenne …kommethaakuves thibyne fani kuraane meehun.alhaanulaa nau .ilu u ge story v vv nice ???????

  15. Shann says:
    March 23, 2018 at 9:57 pm

    Wow ehaa kiyaahithun huhttaa thi nibmaalay… Mibaives rythi kamun hama bashutteyhaa vey… Story kiyamun dhaairu hyvany hama loa kurimathyga hingaa manzaru thakeh hen… Ehaaves rythikoh n ehaaves molhah ebahuri sifakurun genesdhyfa… Haadha haadha ryhchey story athuraalaafa hurigoehves… Asluves v aslaa ehgoeh igey… N nau ge khonme story eh ves kiyaalan v v faseyha vaane… Kiyan udhagoo vegen bunan ulhey ehcheh neyngigen ulheykah nujehey… Ehaaves molhey buneveyny… Luv u nau…?????

  16. lotus says:
    March 23, 2018 at 10:06 pm

    V inthizaaru koffin mi part ah… vvvvvv nice??? nau ge thi talent ashaai hivvarah hama assaribahaai saabas!!! PRAYIN FOR U..

  17. Khaly says:
    March 23, 2018 at 10:12 pm

    Nau ah kiya full name bunedheeba dear.. Vaahaka v salhi.. Wanna b frnds with u…

  18. beauty says:
    March 23, 2018 at 10:15 pm

    Up vithw belun adhadhehves neyge.varah varah reethi mi story keep up the good work ??

  19. khaly says:
    March 23, 2018 at 10:26 pm

    Nubunahchy please furihama nan hoodumuge bynumakee kobaa

    1. Khaly says:
      March 23, 2018 at 10:40 pm

      M a girl….nd i like her stories very much thats all dear

  20. Allu says:
    March 23, 2018 at 10:29 pm

    Wow ?? cn hardly wait for da next part

  21. Pinky shifoo says:
    March 23, 2018 at 10:49 pm

    Woww ❤️❤️❤️… Amazing ???… Maasha Allah mi part vx v v v reethi ???… V furihama ???… Hama heevanee loa kurimathyga hingaa manzaruthakeh henn ???… Ehaa vx reethi koh sifakohlevey ???… Ur doing a great job Nau ???… I love your stories a lot ❤️❤️❤️???… U are a great writer Nau n u are v v talented v ragalhu writer eh ???… Ehen writer’s namoonaaeh gothah balaiganeveyne fadha writer eh ??????… Be strong n be brave ❤️❤️❤️???… Curiously waiting for the next part… Lots of love and take care Nau ❤️❤️❤️??????????????????

  22. Ainth says:
    March 23, 2018 at 11:01 pm

    Nau haadha molhey vaahaka liyan v v reethi mi part vess nau ah ethuru kuri erun dhenvun edhi dhuvaa kuran love u nau❤❤❤❤❤

  23. Swety says:
    March 23, 2018 at 11:28 pm

    Mi paraves vvvvv nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  24. Luba says:
    March 24, 2018 at 12:47 am

    ok vaaney nau.. isha allah hurihaa kamehvea ragalhu vaane … luba ge duaa nau aa ehkoh vaane

  25. Sana says:
    March 24, 2018 at 11:04 am

    Varah varah reethi! I know you will continued this story you will not stop this lovely story! ???
    Thanks for continuing!
    Sana ge duaa abadhuves nau aa ehkoh vaane!????????????

  26. Nau says:
    March 24, 2018 at 7:56 pm

    Salaam all.. Lil lasvedhaane ingey. Type koh nimunuhaa avahah eba up kuran in sha allah

  27. tom says:
    March 24, 2018 at 8:09 pm

    Kaly ehentha ….oh i m vvv sorry friend.

  28. shazu says:
    March 24, 2018 at 10:01 pm

    Thihaa dissapoint vanyyaa mi waahaka nukiyabala keitheri kamaaeku inthizaaru nukurevenyyaa…

  29. lotus says:
    March 24, 2018 at 10:23 pm

    When next part up vaanee… inthizaaruga nunidhifa

Comments are closed.


All Right Reserved!