“ހީކޮއްލާ މީކީ ޖާދޫގަރެކޭ ހަހހހ” ލުޖެއިން ހިނިގަނޑެއް ޖަހާލުމަށް ފަހު އަތުގައި ހުރި ކުރެދިފަތްތައް ލުމާގެ މޫނާ ދިމާލަށް އުކާލިއެވެ. ” ދެން ލުޖެެއިން!!” ލުމާ ހަޅޭލަވައި ގަތުމާއިއެކު ލުޖެއިން ދުއްވައިގަތެވެ. ލުމާވެސް އޭނާ އަތުވޭތޯ ލުޖެއިންގެ ފަހަތުން ދުއްވައިގަތެވެ. ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުގައި ފައިތައް ތެންމަމުން ދުވެފައި ދިޔަ ދެ ޒުވާނުންގެ މޫނުމަތިން ފެންނަމުން ދިޔައީ މަޖަލާއި ސަކަރާތުގެ ކުލަވަރެވެ. ދުވަހަކުވެސް ހިތާމައެއް ނުކުރާކަހަލައެވެ. ދުވެ ސަކަރާތް ޖަހަމުން ދިޔަ އިރު ދުނިޔެވީ އެހެން […]
އަލްވިން ފާހަނައިން ނުކުތްއިރު ކޮޓަރީގައި އެކަކުވެސްނެތެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަހަށް ތައްޔާރުވެލިއެވެ. “އަލްވިން؟؟؟” ނަވާލްގެ އަޑު ބޭރުންއައެވެ. ” އާނ، ކީކޭ؟” އަލްވިން، އަތުގެ އިނގިލި ތަކުން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްކާތުލަށްފަހު ޖަވާބުދިނެވެ. ” ކޮބާ އަދިވެސް ނުނިމެނީތަ؟ ” ” ނޫނޭ މިނިމުނީ ” ބޮޑީސްޕްރޭ ފުޅިން ގަޔަށް ބޮޑީސްފްރޭ ބުރުވާލުމަށްފަހުގައި ކޮޓަރިން އަލްވިން ނުކުތެވެ. ނަވާލް އާއި އެއްކޮށް އަލްވިން ގޮސް ދެން ވަނީ ކާގެއަށެވެ. އޭރު ހަލީމާ އަވަދިނެތި ސުފުރާމަތި […]
ދިމާވި ކުޑަކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަޅުގަނޑުގެވާހަކަ ވަރަށް ދިގު މުއްދަތަކަށް އަޕްޑޭޓް ނުކުރެވުނު ކަމަށްޓަކައި ތި އެންމެހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މިވާހަކަ ލިޔެފައި ވާ ހިސާބުން އަލުން ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ނިންމި ވާހަކަވެސް ތި އެންމެބޭފުޅުންނަށް ހިއްސާކުރަމެވެ. ވާހަކައިގެ ކުރިޔަށް އޮތް އެޕިސޯޑް މި ހުކުރު ދުވަހު ޕަބްލިޝް ކުރެޥޭނެއެވެ. އަދި ހަމަ މިގޮތަށް ކޮންމެ ހުކުރު ދުވަހަކު (އިންޝާﷲ) އާ އެޕިސޯޑެއް ތި އެންމެ ބޭފުޅުން ނަށް […]
ރަށުތެރެއަށް އަރައިގެން އައިއިރު، ރާއްޖެތެރޭމީހުންގެ ކުލަވަރު އަލްވިންއަށް ދިޔައީ ފެންނަމުންނެވެ. ހޮޅުއަށީގައި ޖައްސާލައިގެން ނިދާފައި ތިބި މީހުން ފެނުމުން އަލްވިން ގާތަށް ހިނިއައެވެ. މިއީ މާލެއިން އަލްވިންއަށް ދުވަހަކުވެސް ފެނުނު މަންޒަރުތަކެއް ނޫނެވެ. އެހެންނޫނަސް މިއީ އަލްވިން ރާއްޖެތެރޭރަށަކަށް އެރި ފުރަތަމަ ފަހަރެވެ. މަންމައާއި ބައްޕައަކީ މާލޭ ބައެއްކަމުން އުޅެ ބޮޑުވީ މާލޭގައެވެ. ބަންދެއް ލިބުނަސް ގިނަފަހަރަށް ދަނީ ރާއްޖޭން ބޭރަށެވެ. އެހެންޔާ އެއްވެސް ތަނަކަށް ނުގޮސް މާލޭގައި ތިބޭނީ އެވެ. އަލްވިން މިރަށަށް މިއައީވެސް އެހާ އަންނަ ހިތަކުން ނޫނެވެ. ނަމަވެސް އަލްވިން އާއިއެކު ސްކޫލްގައި ކިޔަވަން އުޅުނު ކުއްޖެއް ކަމައްވ،ާ ނަވާލް ، ވަރަކަށް އާދޭސް ކުރުމުން އެއަށް ފުރަގަސް ނުދޭން ވެގެނެވެ. އަދި މިދަތުރު އަންނަން މަންމައާއި ބައްޕަގެ ހުއްދަވެސް ހޯދީ އެހާވަރުންނެވެ. މިހާވަރުން އާދެވުނު ތަނަކުން ފައިބައިގެން ދާންޖެހޭނީ ފޮނިތަޖުރިބާތަކެއް ކޮއްގެންނެވެ. އެހެންނޫނީ ދެންދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ނޭރުމަށް އަލްވިން ވަނީ އަޒުމްކަނޑަ އަޅާފައެވެ. ” އޭ! އެއޮށްދަނީ ކޯޗެއްދުއްވާ އަންހެނެއްތަ؟ ” އަލްވިން ބަލައި އައިސްހުރި ނަވާލްގެ ކޮނޑުގައި ޖަހާލަމުން ދުރުން ބަރޮއެއް ދުއްވާފައިދިޔަ އަންހެނަކަށް އިޝާރާތްކޮށް އަލްވިން އަހާލިއެވެ. ” އެދުއްވަނީ ….. ހަހަހަހަހަހަހހ…. އެދުއްވަނީ ބަރޮއެއް….. ސާބަސް އަލްވިން އަށް ބަރޮއަކީ ކޯޗެއް ކަންވެސް ނޭންގޭތަ؟ ” އަލްވިން ކުރި ސުވާލްގެ ސަބަބުން ނަވާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ތިބުނަނީ އެއީ ‘ވީލް ބަރޯ’ އެކޭތަ؟ ” އަލްވިން ބޯއަރި ކޮއްލުމަށްފަހު އަނެއްކާވެސް ސުވާލެއް ކުރިއެވެ. ” އާން… އެއީ ތިކިޔާ ‘ވީލް ބަރޯ’ އަކީ….. ޕިސް ޕިސް … މަށަށް މިޖެހުނީ މިމަސް މިފެނަށް ދިރުވަންތާ…” ނަވާލް އަލްވިންގެ ސުވާލަށް ޖަވާބުދެމުން ބުނެލިއެވެ. ” އޯ! އެހެނެއް ނޫނޭ…. އަހަންނަށް ލަންކާ ތަންތަނުން ފެންނަ ‘ވީލް ބަރޯ’ ތަކާ މި ‘ވީލް ބަރޯ’ އާ ތަފާތުވީމަ އޮޅުނީ !” އަލްވިން އަދިވެސް ބޯކަހަމުން ނަމަވެސް ނަވާލްއަށް ރައްދެއްދިނެވެ. ” ހޫން ! އޯކޭ ! ދެންހިނގާ އަވަސްމަގުން ގެއަށް! ތަންކޮޅެއް ހަމަޖެހިލާ އަރާމްކޮއްލާހަދަން…. އަދި މެންދުރު ކާންވެސް ޖެހޭނޭނު ސައިބޮއެގެން ދޯ ތިއައީ؟ ” ނަވާލް ބޭނުން ވީހާވެސް އަވަހަށް އަލްވިން ގެއަށް ގެންގޮސް އޭނަޔަށް ހަމަޖެހިލުމުގެ ފުރުސަތެއް ދޭށެވެ. ” އާން އެއަރޕޯޓް އިން ސައި ބޮއެގެން އައީ!” އަލްވިން ނަވާލްގެ ސުވާލަށް ޖަވާބުދިނެވެ. ދެމިނެޓެއް ހާއިރު ހިނގާލުމުން ނަވާލްމެންގެ ގެޔަށް އާދެވުނެވެ. އެގެޔަށް ބަލާލުމުން އަލްވިންއަށް ފެނިގެންދިޔައީ އިހުގެ ކުލަވަރެވެ. އުވަޔާއި ގަލުން ރާނާ ފައިވާ އެގެޔަށް އެއްލި ފުރަތަމަ ކަޅިއާއެކު އަލްވިންގެ ނިތްކުރިމަތިން ދާތިކިތައް ފާޅުވިއެވެ. ” ހިނގާ ކޮޓަރި ދައްކާނަން” ނަވާލް އަލްވިންގެ ފޮށި ހިފައިގެން ނުކުތީ ގޭގެ ފުރަގަސް ފަރާތަށެވެ. އަލްވިންއަށް ވަށައިގެން ބެލުން ނޫންކަމެއް ނުކުރެވުނެވެ. ގޭގެ ފުރަގަސް ފަރާތުގައިއެޅިގަލުން ރާނައިފައިވާ ކުޑަވަރެއްގެ ކޮޓަރިއެއްކަހަލަ ތަނެއްހުއްޓެވެ. ގޭގެ ހުސްބިމުގައިވަނީ ގަސް އިންދާ ފުރާލައިފައެވެ. އެކި ވައްތަރުގެ މާގަސްތަކާ ތަރުކާރީ ގަސްތަކެވެ. ހުރިހާ އެއްޗެއްގެ ތެރެއިންވެސް އަލްވިންއަށް އެންމެ ފާހަގަވީ އެގޭގައިހުރި ވަރުގަދަ ބަނބުކެޔޮގަހެވެ. ހިނދުކޮޅަކަށް އެބިޔަގަހަށް ގެއްލިފައި އަލްވިންއަށް ހުރެވުނެވެ. ” މަންމާ …. މަންމާ…. މިހުރީ އަލްވިން އައިސް…. ” އަލްވިންއަށް ހޭވެރިކަންވީ ނަވާލް އޭނާގެ މަންމައަށް ގޮވާލުމުންނެވެ. ” އަނހާ…… ގައިމު ބުނޭ ހަވީރުކޮޅުއޭ… އާދެވޭނީ؟” ގަސް ތަކުގެ ތެރެއިން ދެ ރާނބާފަތް ބިނދެގެން ނުކުތް ހަލީމާ ހިނިތުންވެލަމުން އަރާފައިވާ އޮޅުން ފިލުވާލަން ބޭނުންވިއެވެ. ” އާން އެވީގޮތަކީ ތަންކޮޅެށް ކުރީ ފްލައިޓްއަކުން ޓިކެޓް ލިބުނީ ދޯ އަލްވިން” އަގައިން ބުނަން ނުކެރި އިސްޖަހައިލައިގެން ހުރި އަލްވިންގެ ކޮނޑުގައި ނަވާލް ކޮނޑުން ޖަހާލަމުން ދޯ އެއްދިނެވެ. އަލްވިން ބޯހިތްލައިލައިފާ ހަލީމާާއަށް ހިނިތުން ވެލުމަށް ފަހު ނަވާލްގެ ބަހާ އެއްބަސް ވެލުމަށްޓަކައި ބޯޖަހާލިއެވެ. އަލްވިންއަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ލަދުރަކި ކުއްޖެކެވެ. އަލަށް ތަނަކަށް އައިއްސިއްޔާ ހޭނެން ދެތިން ދުވަހެއް ވަރު ނަގާނެއެވެ. ” ދަރިފުޅާ ދެން އަލްވިން ގޮވައިގެން ކޮޓަރިއަށް ދޭ ފެންވަރާލާ ހަމަޖެހިލައިގެން ދެކުދިން ކާންއާދޭ!” ހަލީމާ ބަދިގެޔާ ދިމާލަށް މިސްރާބުޖަހަމުން ނަވާލްއަށް ބުނެލިއެވެ. ” މަންމަ ނުބުނި ނަމަ މަ މިރޭ އަލްވިން ބާއްވާނީ ބަބުކެޔޮ ގަސް ބުޑުުގަ … ހަމަ މަންމަގެ ހިތްހެޔޮކަމުން ކޮޓަރީގަވެސް މިބާއްވަނީ …. ” ނަވާލް ފޮށި ހިފައިގެން ހިނގައިގަންނަމުން ސަމާސާ ކޮއްލިއެވެ. ނަވާލްގެ މިބަހަށް އެންމެންވެސް ހިނިގަނޑެއްޖަހާލިއެވެ. ” ހޫން ދެން ދޭ އަވަހަށް…” ހަލީމާ މިހެންބުނެފައި ގޮސް ބަދިގެއަށް ވަނެވެ. ” އާން… ހިނގާ އެހެރީ ކޮޓަރި !” ނަވާލް ފޮށި ދަމަމުން ގެންގޮސް އެޅިގަލުން ރާނައިފައިވާ އެކޮޓަރި ތެރެއަށް ވަނެވެ. މީ މިގޭގައި ރީތިގޮތަކަށް ހަދާލާފައި ހުރި ހަމައެކަނި ކޮޓަރިކަމަށް ވެސް ވެދާނެއެވެ. އެވަރުންވެސް ފާރަކު ކުލަކޮޅެއް ނެތެވެ. ” މީ އަހަރެމެން ދެމީހުންގެ ރޫމް ! ދެޔާ އިޒް ދަ ޓޮއިލެޓް…. ގޯ ފްރެޝެން ޔުއަރ ސެލްފް…” ނަވާން ކޮޓަރިއަށް ވަދެ އަލްވިން އަށް ފާހަނަ ދައްކާލިއެވެ. އަލްވިންވެސް ވެފަ ހުރި ވަރުބަލިކަމާއެކު ދާ ހިތްލާ ފޯވެފައި ހުރުމުން ބޭނުންވީ ގަޔަށް ފެންކޮޅެއްއަޅާ ލާށެވެ. ދަބަސް އެނދުކައިރީ ތިރީގައި ބެހެއްޓުމަށް ފަހު ތުވާއްޔާއި ބުރުހާއި ބޭސްފުޅި ހިފައިގެން ގޮސް އަލްވިން ފާހަނަޔަށް ވަނެވެ. ނުނިމޭ
” ރަނާ …. ހިނިތުންވެލަބަލަ… މަށަށް ރަނާ އެންމެ ކަމުދަނީ ހީލީމަ…. މަ އަދި އަނބުރާ ރަނާ ކައިރިޔަށް އަންނާނަމޭ…. ޑޫ ރިމެމްބާ .. އައި ލަވް ޔޫ އަ ލޮޓް….” ރަނާ ގެ ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެލަދެމުން އަލްވިން ، ރަނާ އައް ހިތްވަރު ދިނެވެ. ” ރަނާ އަހަރެންގެ އުފަލައް ރަނާ ހުރަސް އަޅަންޔާ އަހަރެން ރަނާގެ ދުވަސްވެސް ދުއްވާލާނަން… ހީކުރީތަ މަށަށް ނުކެރޭނެޔޭ… އެއްގޮތަކައްވެސް އެހެން ހީނުކުރައްޗޭ….” […]