Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤްދީރު (22)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 24, 2018 4 Mins Read
26 Comments

ލޯމަރައިގެންހުރެ ޔާނިކް ހިނގަމުންދިޔައީ އެތަނުގައި ދުވަމުންދިޔަ ކުޑަ ޒީވާން އަތުލުމަށެވެ. ޔާނިކް އުޅެމުންދިޔަގޮތުން މަޖާވެފައި އަތްޖަހަމުން މުޅިއެތަނުގައި ޒީވާން ދުވަމުންދިޔައެވެ. ލޯމަރައިގެންހުރުމުގެ ސަބަބުން އެދިމާއަށްއައި މަލްހާއެއް ޔާނިކްއަކަށް ނުފެނެއެވެ. ކުއްލިއަކަށް އޭނާއަށް ގެނެވުނު އަވަސްހަރަކާތާއިއެކު ނުވިސްނައި ބަގީޗާތެރެއަށް ނުކުތް މަލްހާގެ ގައިގައި ޖެހިފައި ދެމީހުން އެދިމާއަށް ވެއްޓެންދިޔައެވެ. މަލްހާގެ ބާރުހަޅޭކާއިއެކު ދެލޯހުޅުވައިލަމުން ކަންބޮޑުވެފައި ޔާނިކް އޭނާގެ ގައިދަށުގައިއޮތް މަލްހާއަށް ބަލައިލިއެވެ. ދެލޯމަރައިބާރުކޮށްލައިގެން މަލްހާ އޮތްގޮތުން އޭނާއަށް ވަރަށް ބޮޑަށް ތަދުވެއްޖެކަން ޔާނިކްއަށް އެނގުނެވެ. މިމަންޒަރުބަލަން ތަންކޮޅެއްދުރުގައިހުރި ޒީވާން އެނބުރިގަންނަމުން ހޭންފެށިއެވެ. ދެމީހުންވެއްޓުނުގޮތުން އޭނާއަށް މަޖާވީއެވެ. ޒީވާންގެ ހުނުމުގެއަޑަށް އެސްފިޔަތައް ތަޅުވައިލަމުން ދެލޯހުޅުވައިލުމަށްފަހު މަލްހާ ސީދާ ޔާނިކްގެ ފުންދެލޮލަށް ބަލައިލިއެވެ. އެބަލައިލުމުން ޔާނިކްގެގައިން ހީބިނަގައިގެންދިޔައިރު އެހިތުގެތެޅުން އަވަސްވެގެންދިޔައެވެ.

ތެޅިފަނެފައި މަލްހާ ޔާނިކްއާއި ދުރުވެލިއެވެ. ނޫންކަމަށް ހަދައިލަމުން ޔާނިކްވެސް މަލްހާއާއި ދުރުވެލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ޒީވާން އަތްޖަހައިފައި ހެމުންދިޔައެވެ. މަލްހާގެ ދޮންމޫނަށް ލަދުވެތިކަމުގެ ރަތްކުލަވެރިވެފައިވީއިރު ޔާނިކް ހުރީ ބަސްހުއްޓިފައި އެމޫނަށް ބަލަހައްޓައިގެންނެވެ. ހިތުތެރޭގައި ތައުރީފުގެ އެތައްބަސްތަކެއް އުތުރިއަރަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ބަހެއް ދުލާއިހަމައަށް ގެންނަން އޭނާހުރީ ނުކުޅެދިފައެވެ.

ކަޅުކުލައިގެ ގަޔަށްދޫ އަބާޔާއަކާއި ކަޅު ބުރުގަލެއް އަޅައިގެންހުރިއިރު މަލްހާގެ މައުސޫމްކަން އެތައްގުނައެއް އިތުރުވެފައިވާކަހަލައެވެ. އިސްޖަހައިލައިގެންހުރިއިރު ތިރިކޮށްލައިފައިވާ އެރީތިދިގު އެސްފިޔަތައްފެނިފައި ޔާނިކްގެ ހިތްހީވީ އޭގެ މަގާމްދޫކޮށް ނުކުމެފާނެހެންނެވެ.

ޔާނިކްހުރިގޮތްފެނި ލަދުގަނެފައިހުރި މަލްހާ އިސްޖަހައިލައިގެންހުރެ ޒީވާން އާއި ދިމާއަށް ހިނގައިގަތެވެ. އެކުޑަ އަތުގައި ހިފައިލަމުން އަވަސް އަވަހަށް ޔާނިކްގެ ލޯކުރިމަތިން ދުރަށްދިއުމަށް މަލްހާ ހިނގައިގަތްއިރު ލުއި ހިނިތުންވުމަކާއެކު މަލްހާގެ ކޮންމެ ހަރްކާތަކށް ގެއްލިފައި ޔާނިކް ހުރިތަނުގައި ހުއްޓެވެ. އެތަނުން ގުޑިލަންވެސް އޭނާ ބޭނުންނުވާފަދައެވެ. ދެންމެވީކަންތައް ހިތަށް ގެންނަމުން ޔާނިކް ހިނިތުންވެލިއެވެ. އެއާއެކު މަލްހާ އޮފީހަށްވަތް ދުވަސްކޮޅު އެދެމީހުން ދެމެދުގައި ހިނގައިދިޔަ ކުޑަ އެކްސިޑެންޓް ޔާނިކްގެ ހަނދާނަށް އައެވެ. މޭގައި އެއްއަތުން ފިރުމައިލަމުން ޔާނިކް ދެލޯމަރައިލީ ހިތްހަމަޖެހިފައި ހުރެއެވެ. އެހިތުގެ އެދުން ފުރިހަމަކުރަން އޭނާ ހާދަހައި ބޭނުމެވެ. މަލްހާ އޭނާގެ ހައްގަކަށް ހަދެމަށްޓަކައި ޔާނިކްވަނީ ކެތްމަދުވެފައެވެ. އެހެނަސް އަދި ކެތްކުރަން އޭނާ ބޭނުންވީ މަލްހާއަށް ވަގުތުދިނުމުގެ ގޮތުންނެވެ.

** ** **

“މިއަދު އީނާލް ފާއިޒާ ގާތުގައި ކޮންވާހަކައެއްތަ ދެއްކީ؟” ނިދުމަށްޓަކައި އެނދުގައި އޮށޯވެގެންއޮތް ލުތުފީ ފާއިޒާ ގާތުގައި އަހައިލިއެވެ. އެއާއެކު ފުންވިސްނުމަކަށް ގެއްލިފައޮތް ފާއިޒާ ލުތުފީއާއި ދިމާއަށް އެނބުރިލިއެވެ. ފާއިޒާގެ ޖަވާބެއްގެ އިންތިޒާރުގައި އޮތްފަދަގޮތަކަށް ލުތުފީ ފާއިޒާ އާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

“ޔާނިކްގެ ވާހަކަ ބުނީ. އޭނަ.. އޭނަ ލޯބިވާ ކުއްޖާގެ ވާހަކަ. ލުތުފީ. އަހަރެންނަށް ހީވަނީ އަހަރެމެންނަށް ޔާނިކްއާ މެދުގައި ކަންތައްމިކުރެވެނީ ރަނގަޅަކަށް ނޫންހެން. ލޯބިވުމަކީ ކުށެއްނޫނެއްނު. އެހެންނޫނަސް އެޖުއްޖެއްދެކެ ލޯބިވެއޭ ކިޔާފަ ޔާނިކް އެދެމެދަށްވަންނާކަށް މަސައްކަތްކުރީކީވެސްނޫން. ކެތްތެރިކަމާއެކު އެލޯތްބަށް އިންތިޒާރުކުރީ. ލުތުފީ ތިހެން ކަންތައްނުކޮށްބަލަ އޭނާއާއި ދޭތެރޭ. ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅު އުޅޭ ހާލު ބަލާކަށް އަހަރެންނަކަށް ކެތެއްނުވާނެ.” ކަންބޮޑުވެފައި ފާއިޒާ ދައްކަމުންދިޔަ ކޮންމެވާހަކައެއް ކަނުލައި އަޑުއަހަން ލުތުފީ އޮތެވެ. ދޭނެ ޖަވާބަކާއި މެދުގައި އޭނާ ވިސްނަމުންދާކަން އެމޫނުމަތީގެ ކުލަވަރުން އެނގި ހާމަވަމުންދިޔައެވެ.

“ލުތުފީ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” ތެދުވެ އެނދުގެ ފަޑީގައި ލެގިލަމުން ފާއިޒާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. “އަހަރެން ކީކޭ ބުނަންވީ؟ އަހަރެން ވަރަށް ވިސްނައިފިން ތިކަމާ. ޔާނިކް ބޭނުންވާގޮތް ހަދައިދެންވެސް ބޭނުން. އެކަމަކު އޭނާ ކިތަންމެ ބޭނުމަސް މީހެއްގެ އަންބެއް ކިހިނެއް..” ސުވާލު ފުރިހަމަކުރާނެގޮތެއް ލުތުފީގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ލުތުފީ ބުނަންއުޅުނީ ކީކޭކަން ފާއިޒާއަށް ވިސްނުނެވެ.

“އެކުއްޖާ ހުރީ މިހާރު ވަރިކޮށްފަ.” ލަސްލަހުން ފާއިޒާ ބުނެލި ޖުމުލައާއެކު ސުވާލުގެ ނަޒަރަކުން ލުތުފީ ބަލައިލިއެވެ. “ވަރިކޮށްފައޭ؟ ކީއްވެ؟ އަނެއްކާ ކޮންކުއްޖެއް އެއީ؟” ދެކެވެމުންދިޔަ ވާހަކައިގެން ސަބަބުން ލުތުފީއަށްވެސް އޮށޯވެއޮންނަން އުނދަގޫވުމުން ތެދުވެ އިނށީދެލަމުން ފާއިޒާގެ މޫނަށް ބަލައިލިއެވެ. “މަލްހާ. ޔާނިކްގެ ޕީއޭ. އީނާލްގެ ވަރަށް ގާތް އެކުވެރިއެއް.” އެހެންބުނެލުމަށްފަހު ރާއިދާއި ލިވްޔާ މަލްހާ އާއި މެދުގައި ކަންތައްކުރި އިހާނެތިގޮތުގެ ވާހަކަތައް ކިޔައިދިނެވެ. ޔާނިކް އުޅޭހާލުފެނި ކެތްނުވެގެން މިއަދު އީނާލް އެގެއަށްއައީ އޭނާގެ ދޮންބެއަށްޓަކައި އޭނާގެ މައިންބަފައިން ގާތުގައި އެވާހަކަތައް ދެއްކުމުގެ ބޭނުމުގައެވެ. ހުރިހައި ވާހަކައެއް ފެށިގެން ނިމެންދެން އީނާލް ފާއިޒާއަށް ކިޔައިދިނެވެ. ހައިރާންކަމާއެކު އީނާލް ދެއްކި ކޮންމެވާހަކައެއް ފާއިޒާ އަޑުއެހިއެވެ. އެއާއެކު އެހިތުގައިވެސް މަލްހާއާއި މެދުގައި ހަމްދަރުދީ އުފެދުނެވެ. އަމިއްލަ ދަރިފުޅުގެ އުފަލާއިމެެދުގައި ވިސްނަައިލެވުނެވެ. ޔާނިކްގެ އުފަލަކީ މަލްހާކަމަށްވަންޏާ އޭނާ އެކަމާއިވެސް ރުހިގަބޫލެވެ. އެފަދަ ގޮތަކަށް ޔާނިކް އޭނާގެ ދިރިއުޅުން ބޭކާރުކުރާތަން ބަލާކަށް އޭނާގެ މައިލަގޮނޑިއަކަށް ކެތެއްނުވާނެއެވެ.

“ކީކޭ ބުނާނީދޯ؟ މިޒަމާނު ކަމެއްކުރަންވެއްޖިއްޔާ އެއްބަނޑު އެއްބަފާ ކުއްޖަކަށް ބަލައިލުމެއްވެސް ނެތްވިއްޔަ. އަހަރެން ހަމަ ހައިރާންވެއްޖެ އޭނާގެ ކޮއްކޮއަށް ތިހެންކަންތައްކުރަން ކެރުނީތީވެސް. ޕިސްޕިސް.” ދެފަރާތަށް ބޯހޫރުވައިލަމުން ލުތުފީ ބުނެލިއެވެ. ފާއިޒާވެސް ލުތުފީގެ ވާހަކައަށް އެއްބަސްވިއެވެ.

“އަހަރެން ތިކަމާ ޔާނިކްއާ ވާހަކަދައްކާނަން. އެއަންހެންކުއްޖާ ގަބޫލުވެއްޖިއްޔާމުންތާ ތިކަންވެސް ކުރެވޭނީ. އެހެންވީމަ ޔާނިކްއާ ވާހަކަދައްކާފަ އަހަރެން ގޮތެއްނިންމާނަން. ދެން އެކަމާ ފާއިޒާ އެހަައިވަރަށް ނުވިސްނާ. މިހާރު ވަރަށް ލަސްވެއްޖެ. ދެން ނިދަމާ ހިނގާ.” ލޯތްބާއެކު ފާއިޒާގެ ބޮލުގައި ފިރުމައިލަމުން ލުތުފީ ބުނެލިގޮތުން ނުތަނަވަސްވެފައިވާ ފާއިޒާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ފިރިމީހާއަށް އޭނާ އިތުބާރުކުރެއެވެ. އަބަދުވެސް ކުރާނެއެވެ.

** ** **

އަތުގައިއޮތް ފޯނަށް އިރުކޮޅަކު ބަލަންހުރުމަށްފަހު ފުންނޭވާއެއްލަމުން ލިވްޔާ އާބިދާގެ ނަމްބަރަށް ގުޅައިލިއެވެ. ދެފަހަރަކު ރިންގްވުމަށްފަހު އާބިދާ ފޯންނެގިއެވެ.

“ދަރިފުޅާ. ކިހިނެއްތަ؟” އޯގާތެރިކަމާއެކު އާބިދާ އަހައިލިއެވެ. “ރަނގަޅު. މަންމަ ކިހިނެއް؟” ލިވްޔާގެ އަޑުގައިވި ހާސްކަން އާބިދާއަށް ވަގުތުން ފާހަގަވިއެވެ. ލިވްޔާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އާބިދާވެސްކުރީ ސުވާލެކެވެ.

“ދަރިފުޅާ. ހުރިހައިކަމެއް ރަނގަޅުތަ؟” އާބިދާގެ އެސުވާލާއިއެކު ލިވްޔާ ދެލޯމަރައިލަމުން ހަމަޖެހެން މަސައްކަތްކުރަމުންދިޔައެވެ. “އަހަރެން.. މަންމާ. އަހަރެން އަަސްލު ވާހަކައެއްބުނަން ގުޅީ.” ހިތްއަވަސްވެފައިވާ ހާލު ލިވްޔާ ބުނެލިއެވެ. ކޮންވާހަކައެއްހޭ ބުނެލަމުން އާބިދާވެސް ލިވްޔާ ދައްކަން އެއުޅޭ ވާހަކައަކށް ސަމާލުވެލިއެވެ.

“މަންމާ.. ރާއިދް.. ރާއިދް.. އަހަރެން ގާތުގައި ކައިވެންޏަށް އެދެފި.” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އަޅައަޅައިގަންނަމުން ލިވްޔާ ބުނެލިއެވެ. އެއާއެކު އާބިދާގެ ދެލޯބޮޑުވެގެންދިޔައެވެ.

“ކީކޭ؟ ލިވީއަށް އެބައެނގޭތަ ތިކިޔޭ އެއްޗެއް؟ އެއީ ލިވީގެ ދޮންތަބެއެއްނު. މީހުން ކީކޭ ކިޔާނީ؟” ނުރުހުންވެފައި އާބިދާ ބުނެލިގޮތުން ލިވްޔާގެ ހިތަށް ތަދުވިއެވެ. ކޮންމެގޮތެއްވިއަސް ވަރިހަމައެވެ. އޭނާ ރާއިދްއާއި ކައިވެނިކުރާނެއެވެ.

“މިހާރު އެއީ އަހަރެންގެ ދޮންތަބެއެއްނޫނެއްނު. ދޮންތަ އަމިއްލައަކަށްނު އޭނަ ދޫކޮށްލާފް ދިޔައީ. ދެން މީހުންކިޔާނެ އެއްޗެއް ދޯ. އަހަރެން ބޭނުމެއްނޫން އެކަމާ ވިސްނާކަށް. މީހުން އެއްޗެއް ނުކިޔާ ގޮތަކަށް ނުއުޅެވޭނެ. އެހެންނޫނަސް ދޮންތައާއިހެދި ރާއިދް ހާދަ ހިތާމައެއްކޮށްފިއޭ މަންމާ. އަހަރެންނަކަށް ކެތެއްނުވޭ އޭނަ އެއުޅޭ ހާލު ބަލާކަށް. އަހަރެން.. އަހަރެން ބޭނުން ރާދުއާ ކައިވެނިކުރަން. ހަމަގައިމުވެސް ދޮންތައަށް ނުދެވުނު ލޯބި އަހަރެން ރާދުއަށް ދޭނަން.” ލިވްޔާގެ ވާހަކަތަކށް ދޭނެ ޖަވާބެއް އާބިދާއަކަށް ނުވިސްނުނެވެ. އެހެނަސް ލިވްޔާބުނި ކޮންމެ ޖުމުލައެއް އޭނާ ހިތުގެއަޑިން ގަބޫލުކުރިއެވެ. މަލްހާ އުޅޭނެގޮތަކަށް އުޅެފައި ރާއިދް ދޫކޮށްލައިފައި ދިޔައީއެވެ. އެކަމާ ރާއިދް ހިތާމަކުރާނެވަރު ވިސްނައިލުމެއްނެތިއެވެ. ވީއިރު ރާއިދް މަލްހާގެ އުފަލާއިމެދުގައި ވިސްނަންވީ ކީކުރަންހެއްޔެވެ؟

“އޯކޭ. ބައްޕައާ ވާހަކަދައްކައިލުމަށްފަހު މަންމަ ލިވީއަށް ޖަވާބެއްދޭނަން. އެކަމަކު ލިވީއަށް ރާއިދާއި އެކީގައި އުފަލުގައި އުޅެވޭނެތަ؟” ވަރަށް ވިސްނައިލުމަށްފަހު އެންމެފަހުން އާބިދާ ގޮތެއްނިންމިއެވެ. އާބިދާގެ ޖަވާބުން ލިވްޔާ ހިތްހަމަޖެހުނެވެ.

“އާން. އަހަރެންނަށް ޔަގީން އޭނަ އަހަރެން ގެންގުޅޭނީ ވަރަށް އުފަލުންކަން. މަންމަ އެކަމާ ކަންބޮޑުނުވޭ. ބައްޕައާ ވާހަކަދައްކައިލުމަށްފަހު އަހަރެންނަށް އަންގާލާ.” އެނދުމައްޗަށް ވެއްޓިގަންނަމުން ލިވްޔާ ބުނެލިއެވެ. އާއެނކޭ ބުނުމަށްފަހު ކޯލު ކުރުކޮށްލަމުން އާބިދާ ފޯނު ބޭއްވިއެވެ. އެއާއެކު ތެދުވެލަމުން ލިވްޔާ އެނބުރިލިއެވެ.

“އަހަރެންގެ މިހުވަފެން އަހަރެން ފުރިހަމަކުރާނަން. ޔެސް ޔެސް. ރާދު. ތީ ހަމައެކަނި އަހަރެންގެ ހައްގެއް. އޮންލީ މައިން. ހަހަހަ.” ހެމުންހެމުން އަމިއްލާ ނަފުސާއި ވާހަކަދައްކަމުން ލިވްޔާ ދިޔައީ ހިތްހަމަޖެހިފައި ހުރިވަރުންނެވެ.

** ** **

ސަލީމާއި އާބިދާ އެތައްއިރަކު އެކަކު އަނެކަކާ މަޝްވަރާކުރުމަށްފަހު ނިންމީ ލިވްޔާ އާއި ރާއިދްގެ ކައިވެނި ވީހައިވެސް އަވަހަކަށް ކުރުވުމަށެވެ. ލިވްޔާ ރާއިދާއި އެކުގައި އުޅެން ބޭނުންނަމަ އެދެމެދަށް ހުރަސްއަޅަކަށް ސަލީމް ބޭނުމެއްނުވިއެވެ. އެކަމާ އާބިދާވެސް އެއްބަސްވީ ލިވްޔާގެ އުފަލާއި މެދުގައި ވިސްނުމަށްފަހުގައެެވެ.

އުމުރުގެ ފަރަގު ބޮޑު ނަމަވެސް އެކަމާ ވިސްނާކަށް އާބިދާއާއި ސަލީމްކުރެ އެކަކުވެސް ބޭނުމެއްނުވިއެވެ. އެއަށްވުރެބޮޑަށް އެމީހުންގެ ހަގުދަރީގެ އުފާއެމީހުނަށް މުހިއްމެވެ.

މައިންބަފައިންގެ މިނިންމުމުން އެންމެބޮޑު ހަމަޖެހުމެއްލިބުނީ ލިވްޔާއަށެވެ. ވަގުތުން ރާއިދަށް މިޚަބަރު ދިނެވެ. ރާއިދްވެސް ހީވަނީ އުފަލުން މޮޔަވެދާނެހެންނެވެ. ދެމީހުން އަވަހަށް އެމީހުންގެ ކައިވެންޏަށް ތައްޔާރުވާންފެށީ އިތުރަށް ލަސްކުރަން ބޭނުންނުވުމުންނެވެ.

** ** **

އުޑުމަތިބަނަ ދުވަހެކެވެ. ވައިވެސް އިރެއް އިރަކަށް ދިޔައީ ބާރުވަމުންނެވެ. އުޑުމައްޗަށް ނަޒަރު ހިންގައިލަމުން މަލްހާ ބަގީޗާ ތެރެއަށް ނުކުތެވެ. އެހެންމީހުން ކުރިމަތީގައި ހިނިތުންވި ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު ރާއިދްމަތިން އޭނާ ހާދަހައި ހަނދާންވެއެވެ. މުޅި ދުނިޔެއަށް ސިއްެރުން އަދިވެސް މަލްހާ އެކަމާ ހިތާމަކުރެއެވެ.

އެހެނަަސް ފާއިތުވަމުންދިޔަ ވަގުތާއެއްކޮށް މަލްހާގެ ހިތާމަތައްވެސް ލުއިވަމުންދިޔައެވެ. ގޭގެ ސިޓިންރޫމްގައި ޔާނިކްއާއެކުގައި ޒީވާން ސަކަރާތްޖަހަން ހުރުމުން މަލްހާ ބޭނުންވީ އެކަނި އެތަނުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

ކުއްލިއަކަށް ގޭގެ ގޭޓް ހުޅުވުނުއަޑަށް ސިހިފައި މަލްހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ގޭޓުން ވަދެގެންއައި ރާއިދް ފެނުމުން މަލްހާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ދެލޯބޮޑުކޮށްގެން ރާއިދާއި ދިމާއަަށް ބަލަންހުރި މަލްހާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެދިމާއަށް އޭނާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެންމެފަހުން ރާއިދް އޭނާ ބަލައި އައީއެވެ. އޭނާގެ ރާއިދް އެނބުރިއައީއެވެ. ކުޑަކޮށް ހިނގުން ބާރުކޮށްލަމުންގޮސް މަލްހާ ރާއިދްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އެމޭގައި މޫނުފޮރުވައިލަމުން ރާއިދްގެ އުނަގަނޑުގައި ދެއަތްވަށައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވަންހަނާ (ބާވީސްވަނަބައި)

Next

ސިއްރު – 2

Next
March 25, 2018

ސިއްރު – 2

Previews
March 24, 2018

ވަންހަނާ (ބާވީސްވަނަބައި)

26 Comments!

  1. Hawwi says:
    March 24, 2018 at 7:55 pm

    Ma sha allah.. mibaivess hama v habbu.. kekaydhen bunaanee dhw.. mainbafain mivaa kanulobin dharin halaakuvaavaru .. urgg.. livee kiyanyaa vaagoi
    kanneynge .. haha ha nau .. v ufaavey thihaa burakoh ulhemunvess vaahaka upkohladheythee.. in sha allah v avahah nauge life ga dhimaavefaivaa hurihaa kameh halluvaane .. ameen..? ly dear

  2. Friends says:
    March 24, 2018 at 10:34 pm

    First dhw.

  3. Shai says:
    March 25, 2018 at 12:10 am

    Hey varah salhi waiting for next

  4. Queen angela? says:
    March 25, 2018 at 12:21 am

    Alheyy…haadha hiy dhathi vaa hisaabakunney thinimmaalii..neyvaa hifahahtaalaigen meenii..story v reethi.thank you nau…u r the best..ly n tvgc..

  5. lotus says:
    March 25, 2018 at 12:24 am

    Nau ah hama saabahey buneveynee.. v salhi..
    but raidh e aee marriage vaahaka mal kairee bunan dho.. mal ah vaane goi hitha araafa v dhera vey?BTW, how many more parts left now?

  6. Shann says:
    March 25, 2018 at 12:44 am

    Haadha ryhchey mibaives… Alhe aabidhaa mennah ethiby kihinehtha vefa??? Hama kudakohves visnaalumeh nethey dhw… Abadhu livyaa rankohfa… Nau, dhen mal nudhehchey igey raaidh ah… Dhen dheyn vaany hama yaanik ah… Nau ge khonme story ves v v faseyha vaane kiyaalan… Khonme jumlaehga bunan e ulhey ehcheh neyngigen ulheykah nujeheyne… V faseyhain khonme ibaraathehves nagaiganeveyne… Hama nau ge molhukamey buneveyny… Thy molhu vaahaka liyuntherieh hama yagyn nunves… Thigothuga kuriah dheveytho balaa igey…?????????

  7. VmAny says:
    March 25, 2018 at 7:01 am

    V v reethi mibaives ???nau hadhamolhey masha Allh love u

  8. Pinky shifoo says:
    March 25, 2018 at 7:41 am

    Wow ❤️❤️❤️… Maasha Allah mi part vx v v v reethi ???… Hama superb ???… V kiyaalaahithun mi part vx mi kiyaaly ???… Curiously waiting for the next part… Lots of love and take care Nau ❤️❤️❤️??????????????????

  9. mai says:
    March 25, 2018 at 8:39 am

    wow. v reethi mibaiwes… u r supprrrrrrrrrrr… yageen raaidh e aee marry kuraawaahaka bunan.. mal ah dhera dheefa kihaa dhuwahaku ulhe weyne baa… adhi e livya wx nubaibai kulheyey.. nau e livya ah rangalhu landeh dheythi handhaanun nufilaa waruge… mal wx dhen yaanik aa medhu wisnaane gotheh waane nama dhw… i love ur story .. kiyaa hithun in warun storyge mibai kiyaa nimun iruwx neyngun… heheh.. keep up the good work dear… 🙂
    :* :*

  10. Swety says:
    March 25, 2018 at 9:13 am

    Plspls tankolhen avskohladhee ba next part vvvv inthixaaruga meenee. .raaidhu ah vaane varugadha laden dheyn.mipartves vvvv❤❤❤❤❤❤

  11. NAAZ says:
    March 25, 2018 at 9:16 am

    Vvv reethi nubai vx …next part kiyaahithun mihaaru keiymadhuvefa….???

  12. ss says:
    March 25, 2018 at 10:00 am

    malha libevvaany yaanikah

  13. Luba says:
    March 25, 2018 at 10:58 am

    Varah rythi masha allah .. nau kihinehtha mihaaru …

  14. ?Maee? says:
    March 25, 2018 at 12:54 pm

    Alhyy aabidhaa N saleem ge lolah mirus elhifa thah ethiby livyaa kuraa nulafaa knthah nufennani?? balaalabala eynage dhatha ah jassaalaavaru evs ehbandu ehbafaa dhontha ah??
    Mal kihaa dheravaane?? Aabidhaa saleem And e foni livyaa ashaa vafaatheri kehiveri raaidh ah hithun nufilaa varuge bodu ladeh dhehche inge Nau?
    This story is Awesomez????

  15. Ina says:
    March 25, 2018 at 2:07 pm

    Vvvvv nice pls avahah anehbai Upload kohdheythi

  16. Sumaa says:
    March 25, 2018 at 3:27 pm

    Vv nice malhaa aai yaanik gulhuvaabaa…….

  17. non says:
    March 25, 2018 at 3:34 pm

    plx plx mal ah dhera goi nahadhabala…e livya gandah landeh dheebala….aabidhaa and saleem ah heyo visunun dahkaabala..keevetha egotha kanthah kuranee…..i m so sad….yaanik and malha avaha gulhuvaafa ufaaveri hayaatheh dhakabala…vaahaka vvvv reethi

  18. ?Jerry? says:
    March 25, 2018 at 6:20 pm

    Alhey v v reethi ? nau Thanks ❤ dhen kihiney
    ☺☺☺☺ vaane ba

  19. Nau says:
    March 25, 2018 at 6:22 pm

    Thanks everyone.. Nxt part in sha allah tmrw ge vaguthehga upkohla dheynan.. Tym nuvyma beynunvaa varakah type eh nukurevunu.. So maadhan upkohla dheynan.. In sha allah.. Kyp waiting.. Thanks again.. ❤

  20. lotus says:
    March 25, 2018 at 9:45 pm

    Naseebennu check kollevun kan.. mirey vx story up vey tho bala bala mi idhevunee nuvis nidhifa.. hehehe.. tmrw ge part ah v inthizaaru kurevey.. keep it up nau???

  21. shazu says:
    March 26, 2018 at 10:52 am

    Koba nau adhi kihaa ireh vaarne

  22. Raishath says:
    March 26, 2018 at 11:24 am

    nau avahah up kobbala dhen

  23. Khaleesi says:
    March 26, 2018 at 1:37 pm

    Adhi kihaa ireh vaane??

  24. Anonymous says:
    March 26, 2018 at 4:49 pm

    Haadha lahey…. avahah up kohba

  25. lotus says:
    March 26, 2018 at 5:14 pm

    I understand that life ga kuraane baivaru kantha hunnaane.. gina faharah onnaanee time madhuvefa.. but kiyaa hivvaaleh bodukamun hama.. pls avaha up kolla dheeba nau

  26. Fathun says:
    March 26, 2018 at 5:39 pm

    Kobaa story..haadha lahey up vaaleh…Ava’s kolla pls

Comments are closed.

Next Episodeތަޤްދީރު (23)←


All Right Reserved!