ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ހަޔާ އަށް ވިޝާލް އެއް ނުފެނެއެވެ. ހަޔާ އަށް ނޭނގުނު ކަމަކީ ހަޔާގެ ކޮންމެ ހަރަކާތަކަށްވެސް ވިޝާލް ފާރަލާކަމެވެ. މިއަދު ސްކޫލުން ގެޔަށް އައިއްސުރެ އަރަން ހުންނަނީ ކަމަކާއި ހިތްހަމަ ނުޖެހި ދެރަވެފައެވެ. ހަޔާ އެތަށްފަހަރަކު ސުވާލުކުރުމުންވެސް އަރަން ޖަވާބެއް ނުދިނެވެ. އެންމެ ފަހުން އަރަންގެ އަތުގައި ހިފައި ހަޔާގެ އުނގުތެރޭގެނެސް ބޭންދިއެވެ. “ދަރިފުޅާ! ކިހިނެއްތަ ވީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު މަންމިއަށް ހެލްޕެއްވެސް ވެވޭނީ. ގައިގެ ތާކު ރިއްސަނީތަ؟ ނޫނީ ދަރިފުޅު […]
މަލާކް ދެއަތްދެއަތާއި މޮޑެން ހުންނަން ފެށުމުން އަލޫކް ކުރިޔަށް ވުރެވެސް ގާތްވެލިއެވެ. މަލާކް ވަގުތުން ގަނޑުވިއެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި މަސްތުކުރުވައިފި ކަހަލައެވެ. އޭނާ އަލޫކްއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަލޫކްގެ ތުންފަތްމަތީގައި ވަނީ މާނަނޭނގޭ ހިނިތުންވުމެކެވެ. އަލޫކްގެ ކަޅުކަންގަދަ ފުންދެލޮލުގައި ވަނީ ނޭނގޭ ސިހުރުވެރިކަމެކެވެ. މަލާކްއަށް ހިންދިރުވާލެވުނެވެ. “ހިފާނީތަ ނުހިފާނީތަ؟ ޤަބޫލްނުކުރެވިފަތަ ތިހިރީ މީ މަލާކްއަށް ގެނައި އެއްޗެއްކަމެއް؟ އިޓްސް ފޯރ ޔޫ އޭ.” އަލޫކްގެ ބަރުއަޑުން ވާހަކަދެއްކުމާއެކު މަލާކްގެ ގައިން […]
“ކޮބާ ހަނާ…؟ މިއަދު އޮފީހަށް ނާންނަނީތަ…؟” ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އޮފީސް ތެރެއަށް ވަދެގެން އައިސް މޭޒުދޮށުގައި އީށީނުމަށްފަހު ރީޝާއަށް ބަލާލަމުން ވިއާޒް އަހާލިއެވެ. ހަނާ ފެންނަން ނެތުމުން ވިއާޒް ކަންބޮޑުވިިއެވެ. ވިއާޒްގެ އެ ސުވާލަށް ރީޝާ ޖަވާބު ދިނީ މޮޅިވެތި ގޮތަކަށެވެ. ހަނާއަށް ވީގޮތް ވިއާޒްއަށް ރީޝާ ބުނެދިނެވެ. އެ ވާހަކަތައް ކަންފަތުގައި ޖެހުމާއިއެކު ވިއާޒްގެ މޫނުމަތީގެ ކުލަވަރު އިތުރަށް ގޯސްވިއެވެ. ސިކުނޑިއަށްް ބާރު ކޮށްލިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ހަނާ ވަނީ ވިއާޒްގެ […]
ހިތްދަތިކަމާއި ހިތާމައިން ފޯވެފައިވާ ޙަޔާތާއިމެދު ވިސްނަމުން ގެއިންނުކުތް ރިމްޝާ ބާރަށް ހިނގާލާފައި ދިޔައިރު ޙަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ. ********** ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ބަންޑުންވުގެ ކުރިން އެތެރެއަށް ހިންދާލަމުން ބާރަށް ހިނގަމުންދިޔައިރު މަގަށް މާކަބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެވަގުތު އައިނައި ދިމާލެއްނޭންގި ބާރު ސްޕީޑެއްގައި އައި ކާރުގައިޖެހި ވިއްސައިގެންގޮސް ރިމްޝާ ޖެހުނީ މީހެއްގެ ފައިބުޑަށެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ލޭގެ ކޯރު ހެދިގެންދިޔައިރު ހިރިވެސްނުލެވިފައި އޮތް ރިމްޝާ ފުސްވަމުންދިޔަ ދެލޮލުން މަގަށް ބަލައިލިއިރު […]
“ވަޓް… ކިހިނެތް ވީ ޒިވާ އަށް؟ އަސްލު ބުނެބަލަ… ކިހިނެތްތަ ވީ؟” ކުއްލިޔަކަށް ޔައިޝްގެ މިޒާޖު ސީރިއަސްކަމަސް ބަދަލު ވެއްޖެއެވެ. ޒިވާގެ އަތް ފެނިފަ އޭޏާގެ ހިތުގައިވެސް ރިއްސާލިއެވެ. އެ އަންހެން ކުއްޖާ ހާދަހާ ހިތްވަރު ގަދައެވެ. އަތް އެހާބޮޑަށް ހަލާކުވެ ލޭ އަންނައިރު ހާދަހާ ތަދެއް ވާނެއެވެ. އަދި އެއީ ހުޅެއް މައްޗެވެ. އެކަމަކުވެސް އޭނާ ހިނިތުން ވެފައި އެ އިނީ އެ ރިހުމުގެ މައްޗަށް ބާރުފޯރުވައިގެންނެވެ. އޭނާ ކުޅެގެން ފައިން ތަންކޮޅެއް މަށައިގެން ދިޔަޔަސް […]
“މާނިއު” މުސްކާން ހާމަކޮށްލިއެވެ. “ވަޓް” ހައިރާންކަމާއެކު އިޒިކް އަށް އަހާލެވުނީ ބާރަށެވެ. “މާނިއު” އޭނާ އަދިވެސް އެ ނަން ތަކުރާރު ކޮށްލީ ކަންފަތަށް އިވުނު އަޑު ގަބޫލް ނުކުރެވިގެންނެވެ. އެއާއެކު ދެވަނަ ފަހަރަށް ވެސް މުސްކާން އެ ނަން ތަކުރާރު ކޮށްލިއެވެ. ރާސިލް އާއި ދާނިޝް އާއި ދެމީހުން މާނިއުމެންގެއަށް ދިޔައެވެ. މާނިއު ދޮރު ހުޅުވާލުމާއެކު އެދެމީހުން އެތެރެއަށް ވަނެވެ. “އޫޕްސް… މި ފަހަރު ތިއައީ އެހެން މީހެއް ގޮވައިގެން… ކާކު ބާ… ހަހަ. އާން…. މަށަށް […]
އެތަނުގައި ތިބި ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ދިޔައީ އެމީހުންނަށް ލިބެމުންނެވެ. ލަވަ ނިމުމުން ގިނަ ބަޔަކު ޕާޓީ އިން ނިކުތެވެ. އޭރު ވަނީ ޕާޓީ ނިމުމާ ވަރަށް ގާތްވެފައެވެ. ލަވަ ނިމުމުން އައިލީން އާއި ރިފްޝާ ޝައުނާ ގޮވައިގެން އެހެން މީހުނާ ތަންކޮޅެއް ދުރުގައި އެއްފަރާތްވެލިއެވެ. ޝައުނާގެ މޫނު ކުލަވަރު ވަނީ މުޅިން ގެއްލިފައެވެ. ” ޝައު ޕްލީޒް… ޑޯންޓް ކްރައި… ބީ ސްޓްރޯންްގް… ޝައު ޖެހޭނެ ކޮންމެވެސް އެއްގޮތެއް ނިންމަން… އަހަރުމެނަކަށް ފަސޭހައެއް ނޫނޭ […]
ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އެހެން ދުވަސްތަކާ ޙިލާފަށް މިއަދު މަގުމަތީގައި ވަނީ ހިމޭން ކަމެވެ. އެހެން ދުވަސްތަކުގައި ކުޅިވަރު ކުޅެން އެކޮޅުން މިކޮޅަށް ދުވާ މީހުން މިއަދަކު ނެތެވެ. މަލިކާވެސް ގޭގަ އިނދެ އިނދެ ފޫހިވެގެން ގެއިން ނުކުތެވެ.ދޮރޯށިން ބޯދިގުކޮއް ދެކޮޅު ހޯދާލުމައްފަހު ދުވެފައިގޮސް ގޭ ކުރިމަތީގައި ހުރިި ޖޯޔައް ވެއްޓިގަތެވެ.މަލިކާގެ އެ ހަރަކާތުން ޖެހިގެން ހުރި ޖޯލީގައި ފޯނާކުޅެން އިން މަހާ ދިޔައީ ސިއްސައިގެންނެވެ.އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.މަލިކާގެ ހިނިގަނޑު ފަޅައިގެން […]