އެތަނުގައި ތިބި ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ދިޔައީ އެމީހުންނަށް ލިބެމުންނެވެ. ލަވަ ނިމުމުން ގިނަ ބަޔަކު ޕާޓީ އިން ނިކުތެވެ. އޭރު ވަނީ ޕާޓީ ނިމުމާ ވަރަށް ގާތްވެފައެވެ. ލަވަ ނިމުމުން އައިލީން އާއި ރިފްޝާ ޝައުނާ ގޮވައިގެން އެހެން މީހުނާ ތަންކޮޅެއް ދުރުގައި އެއްފަރާތްވެލިއެވެ. ޝައުނާގެ މޫނު ކުލަވަރު ވަނީ މުޅިން ގެއްލިފައެވެ. ” ޝައު ޕްލީޒް… ޑޯންޓް ކްރައި… ބީ ސްޓްރޯންްގް… ޝައު ޖެހޭނެ ކޮންމެވެސް އެއްގޮތެއް ނިންމަން… އަހަރުމެނަކަށް ފަސޭހައެއް ނޫނޭ ޔާފިއު އުޅޭ ގޮތް ފެނުނީމަ ޝައު ރޯތަން ބަލަން ހުންނާކަށް… ޝައު ދެރަވެފަ ހުންނަތަން ފެނުނީމަ އައިލީ އާއި ރިފޫ ވަރަށް ވަރަށް ދެރަވޭ… ޕްލީޒް ޑޯންޓް ކްރައި… ” ޝައުނާގެ ދެ އަތުގައި ހިފަހައްޓާލައިގެން ހުރެ އައިލީން ވާހަކަ ދެއްކިއެވެ. އޭރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި ޝައުނާގެ ދެލޮލުން ކަރުނަ ފައިބަމުންދެއެވެ. ރިފްޝާވެސް ދެރަވެފައި ޝައުނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ޝައުނާާ އޭނަގެ ދެލޮލުން އޮހޮރުނު ކަރުނަތައް ދެ އަތުން ފޮހެލުމަށްފަހު ގަދަކަމުން އެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭނަގެ ސަބަބުން އޭނަދެކެ ލޯބިވާ ހެޔޮ އެދޭ ދެ ރައްޓެހިން ދެރަކުރާކަށް އޭނަ އެއްވެސް ހާލެއްގައި ނޭދެއެވެ. ” ހޫމް… ދެން ނުރޯނަން… އޯކޭ… ” ޝައުނާ ހިނިތުންވެލަމުން އެހެން ބުނުމުން ރިފްޝާާ އާއި އައިލީން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޔޫހާން ލަވަ ކިޔާ ނިންމާލުމަށްފަހު ދިޔައީ އަޔާޒު ކައިރިށެވެ. ” އަޔާބެެ… އައި ހޯޕް އަޔާބެ ހިތްހަމަ ޖެހޭ ވަރަށް ޕްރޮމިސް ކުރި ކަންތައް ކޮށްދެވިއްޖެކަމަށް… ” ހިނިތުންވެލަމުން ޔޫހާާން ބުންޏެވެ. ” ވަރަށް ވަރަށް ރީތި ލަވަ ކިޔާލިލެއް.. ތޭންކްސް އަ ލޮޓް… ” ހިނިތުންވެލަމުން ޔޫހާން ގެ ގައިގައި ކުޑަކޮށް ބައްދާލަމުން އަޔާޒު ޝުކުރު އަދާކުރިއެވެ. އޭރު ޕާޓީ ވަނީ މުޅިންހެން ނިމިފައެވެ. އޭރު ޕާޓީ ގައި ތިބީ ކައިވެނި ކުރެވުނު ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރުން ރައްޓެހިންނެވެ. އެތަނުގައި ހުރި އާފިޔާގެ ނަޒަރު މިފަހަރުވެސް ހުއްޓިފައިވަނީ ޔޫހާން އަށެވެ. ބައެއް ފަހަރު އެ މޫނު މަތިން ހިނިތުންވުމެއް ފެންްނައިރު ބައެއް ފަހަަރު ފެންނަނީ ހިތާމައެވެ. އެ ދެލޮލުން އުއްމީދުގެ ކުލަވަރު ފެންނައިރު ބައެއް ފަހަރު ހިތާމަވެސް ފެނިގެންދެއެވެ. އާފިޔާގެ މޫނަށް ބަލަންހުރި ރިޝްފާ ހުރީ އެ މޫނުމަތިން ދޭހަކުރަންވީ އެއްޗެއް ނޭނގިފައެވެ. އެތަނަށް އައިންސުރެން އާފިޔާގެ ނަޒަރު އެހެން ދިމާލަކަށް ނުދެެއެވެ. ރިޝްފާާ ރަނގަޅަށް ޔޫހާންއަށް ބަލައިލިއެވެ. އޭނައަށް ލިބުނީ ހައިރާންކަމެކެވެ. މިހާ ރީތިކޮށެއް އޭނައަކަށް އަދި ޔޫހާން ފެނިފައެއް ނުވެއެވެ. ޔޫހާންގެ ދެލޮލުގެ ކުލަ އާއި ރިފްޝާ އާއި އާފިޔާގެ ދެލޮލުގެ ކުލަ އާ އެއްވެސް ތަފާތެއްނެތެވެ. އަޅި ކުލައިގެ އެ ދެލޯ ހާދަ ވައްތަރެވެ. ރިޝްފާާ ހިތަަށްއެރި އެއްޗަކުން ދެލޯ ބޮޑުކޮށްލެވުނެވެ. ” އަނެއްކާ… އެއީ… މަންމަގެ… ނޫން…ނޫން… ” ހައިރާންވެފައިހުރެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ރިޝްފާއަށް ބުނެވުނެވެ. އޭނަގެ ސިކުނޑީގައި އޭރުވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އެ ހިތުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. ބައެއް ފަހަރު އެ ސުވާލުތައް އޭނަގެ މަންމަ ގާތުން އަހަންވެސް ހިތަށްއަރައެވެ. އެހެނަސް އޭނައަށް ކެރޭނެ ހެއްޔެވެ؟ ބައްޕަ މަރުވުމަށްފަހުވެސް މަންމަ އޭނަ އާއި ރިފްޝާ ބަލާާ ބޮޑު ކުރީ ނުހަނު ލޮއެބާއި އެކީގައެވެ. މަންމަގެ މައްޗައް ޝައްކުކޮށް އެފަދަ ވާހަކައެއް ދައްކަން އޭނައަށް ކެރިދާނެ ހެއްޔެވެ؟ އޭނަ އެފަދަ ވާހަކައެއް މަންމަ ގާތު ދައްކައިފިނަމަ މަންމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އެކަމަކު ޔޫހާން ފެނުމުން މަންމަގެ ހަރަކާތްތައް އެހެން އެ ހުންނަނީވެސް ކޮންމެވެސް ކަމެއް ވީމަ ނޫން ހެއްޔެވެ؟ މިކަހަލަ އެކި ސުވާލުތަކުން ރިޝްފާގެ ސިކުނޑި ދިޔައީ ހާސްކުރުވަމުންނެވެ. ދެ ހިޔާލެއް ގައި ހުރެފައި އެންމެ ފަހުން ރިޝްފާ ނިންމީ އޭނަ އަމިއްލައަށް އެކަމެއް ކޮންމެވެސް ގޮތަކުން ހޯދާށެވެ. އަޔާޒު ފޮޓޯ ނަގަން އައުމަށް ބުނުމުން އައިލީން އާއި ރިފްޝާ އަދި ޝައުނާވެސް ދިޔައެވެ. ” ދީސް ތްރީ ގާލްސް އާ އަޔާބެމެނާއި ފެމިލީތަ؟ ” އެ މީހުނަށް ބަލަހައްޓައިގެން ހުރެ އިފާން އޭނަގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ. ” ޔަޕް.. އައިލީ އެއީ އަޔާާބެގެ ކަޒިން ކޮއްކޮއެއް.. އެން ޝައު އަކީ މާހީ ދައްތަގެ ކަޒިން ކޮއްކޮއެއް… ދެން ރިފޫ އާ ފެމެލީ އެއް ނޫން… ބަޓް ރިފޫގެ މަންމަ އާ އަޔާބެގެ މަންމަގެ ވަރަށް ގާތް ރަހުމަތްތެރިކަމެއް އޮންނާނެ… ” ލިޝާން އޮޅުން ފިލުވައިދިނެވެ. ރައްޓެހިންނާއި އާއިލާގެ މީހުން އަދި ކައިވެނި ކުރެވުނު ކަޕްލްގެ ފޮޓޯ ނެގުންތައް ފެށިގެން ދިޔައެވެ. ފޮޓޯ ނަގާ ނިންމުމަށްފަހު ޝައުނާ ވޮޝްރޫމަށް ގޮސްފައި އެބަ އަންނަން ކަމަށް ބުނެ ދިޔައެވެ. އައިލީން އާއި ރިފްޝާާ އެހެން މީހުން ފޮޓޯ ނަގާ ތަން އެތަނުގައި ހުއްޓެވެ. ޔޫހާންމެން ކައިރީގައި ހުރި ޔައިޝްއަށް ޝައުނާ އެކަނި ދާތަން ފެނުމުން މިއީ ވާހަކަ ދައްކާލަން ލިބުނު ރަނގަޅު ފުރުސަތެއް ކަން އެނގުނެވެ. ޔޫހާން މެނަށް ލޮލުން ޝައުނާއަށް އިޝާރާތް ކޮށްލަމުން އެބަ އަންނަ ކަމަށް ބުނެ ޝައުނާގެ ފަހަތުން ހިނގައިގަތެވެ. ” ޝައު… އައި ނީޑް ޓު ޓޯކް ޓު ޔޫ… ” ހިނގަމުންދިޔަ ޝައުނާ ހުއްޓުނީ ޔައިޝް އޭނައާ ވާހަކަ ދެއްކުމުންނެވެ. ” އަހަރެން ބޭނުމެއް ނޫން ޔައިޝް އާ އެއްވެސް ވާހަކައެއް ދައްކާކަށް… ސޯ ޕްލީޒް ޑޯންޓް ފޮލޯ މީ… ” އެހުރި ގޮތަށް ހުރެ ފަސްއެނބުރުމެއްވެސް ނެތި ޝައުނާ އޭނަގެ ބަސްތައް އިއްވާލިއެވެ. ”ޝައުނާ ޕްލީޒް… މަޑުކޮށްބަލަ.. ” ޔައިޝް ޝައުނާ އަށް ގޮވަމުން އޭނަގެ ފަހަތުން ދިޔައެވެ. ޔައިޝްއަށް އެއްވެސް ސަމާލުކަމެއް ނުދީ ވޮޝްރޫމަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު ޝައުނާއަށް ހުއްޓެވުނެވެ. ” ވަރަށް ލޯބިވޭ ” ”ހެހެހެ…” ފިރިހެން ކުއްޖަކު ވަރަށް ލޯބިވެޔޭ ބުނެލުމުން އަންހެން ކުއްޖެއްގެ ލުއި ހީލުމުގެ އަޑު ޝައުނާއަށް އިވުނެވެ. އެ ފިރިހެން ކުއްޖާގެ އަޑަކީ ޔާފިއު އަޑުކަމާއި މެދު ޝައުނާާއަށް ޝައްކުވިއެވެ. އޭރު ޔައިޝްވެސް އައިސް އެތަނަށް ހުއްޓެނީއެވެ. އޭނައަށްވެސް އެ އަޑުތައް އިވުނެވެ. އަޑު އައީ ވޮޝްރޫމުގެ އެއްފަރާތު ބޭރުންކަމުން ޝައުނާ އެ ދިމާލަށް ހިނގައިގަތެވެ. ޔާފިއުވެސް މިފަހަރު ބަހެއް ބުނުމެއްނެތި ޝައުނާގެ ފަހަތުން އެ ދިމާލަށް ހިނގައިގަތެވެ. އެ ތަނަށް ގޮސް ހުއްޓުނު ޝައުނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވެގެން ދިޔައެވެ. ފެނުނު މަންޒަރުގެ ސަބަބުން އެ ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ޔައިޝްވެސް ހުރީ ފެނުނު މަންޒަރުން ކުރާނެ ކަމެއް ނޭނގިފައެވެ. މިވަގުތު ޝައުނާގެ ހިތަށް ވާނޭ ތަދު އޭނައަށް އިހުސާސްވެސް ނުކުރެވޭނެއެވެ. ”ޔާފިއު” ޝައުނާގެ ދެ ތުންފަތް ދޭތެރެއިން ނިކުތީ ޔާފިއުގެ ނަމެވެ. ކިތަންމެ މަޑުން އެއަޑު ނިކުން ނަމަވެސް އިބާާގެ ތުންފަތުގައި ބޮސްދެމުންދިޔަ ޔާފިއުއަށް އެ އަޑު އިވުނެވެ. އޭނާ ސިހިފައި އަވަހަށް އިބާ އާ ދުރުވެލިއެވެ. ކުރިމަތީ ތިބީ ޝައުނާ އާއި ޔައިޝްކަން އިނގުމުން ޔާފިއު ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އިބާވެސް ހުރީ ހަމަޖެހިލާފައެވެ. ” ކީއްވެ؟ ކީއްވެ ޔާފިއު… ކީއްވެހޭ؟ ” ޔާާފިއުގެ ގިރުވާނުގައި ހިފައިގެންހުރެ ކުރެހިފައިވި އަޑަކުން ޝައުނާ ޝަކުވާކުރަމުން ދިޔައެވެ. އެ އަޑުން އެކަނިވެސް އޭނަގެ ހިތަށް ވަރަށް އަސަރު ކޮށްފިކަން އެނގިގެންދެއެވެ. ” ލޯބި ނުވާތީ… އިނގިއްޖެތަ… ” ރުޅި އައިސްފައިހުރެ ޝައުނާގެ އަތުގައި ބާރަށް ހިފަހައްޓާލާ ތިރިކޮށްލަމުން ޔާފިއު ބުނެލި ބަސްތަކުން ޝައުނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މީގެ ކުރިން އެހާ ފާޅުކަން ބޮޑު ގޮތެއްގައި ޔާފިއު އެހެން ބުނެފައެއްނުވެއެވެ. އެ ބަސްތައް އަޑު އިވުމުން އޭނަގެ ލޮލުން އޮހޮރެންވެށި ކަރުނަތައް އިތުރުވެގެން ދިޔައެވެ. އެ މީހަކު ލޯބިވާ މީހަކު ލޯބިނުވާކަމަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ބުނުމުން ކޮންމެ މީހަކަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެެއެވެ. އެމީހެއްގެ ހިތަށް ވަރަށް ތަދުވާނެއެވެ. ” ތީތަ ކަލޭ ޝައުނާ ދެކެ ވާލޮއެބަކީ؟ ޝައުނާގެ ލޯބީގެ ބަދަލުގައި ކަލެއަށް ދޭންއިނގުނު އެއްޗަކީ ތިއީތަ؟ އަޅާލުމާއި ލޯބި ދިނުމުގެ ބަދަލުގައި ކަލެއަށް އިނގުނީ ބޭވަފާތެރި ވާން… ތީ ކޮންކަހަލަ މީހެއް… ޔާފިއު ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް ކެތްތެރިކަމާއެކު އެ އިންތިޒާރު ކުރަނީ ތި ލޮއެބާއި އަޅާލުން ލިބޭނެ ދުވަހަކަށް… ކިތަންމެ ހިތްދަތިވާ މަންޒަރެއް ފެނުނުކަމުގައިވިޔަސް ލޮލުން އެވަރަށް ކަރުނަ އޮހޮރޭ ހާލުވެސް ކެތްތެރިކަމާއެކު އެ ހުރީ ކިހާ ލޮއެބެއް ވާތީ ކަމާއި މެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ތިފަދަ މީހަކަށް އެފަދަ ރަނގަޅު ކުއްޖެއް ހައްގެއްވެސް ނޫން.. ” ޝައުނާގެ ހާލުފެނި ޔައިޝްއަކަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އޭނާ ޝައުނާދެކެ އިންތިހާއަށް ލޯބި ވާނަމަވެސް ޝައުނާ އޭނަދެކެ ކުޑަކޮށްވެސް ލޯބި ނުވާކަން ޔައިޝްއަށް އިނގެއެވެ. ޝައުނާ އުފަލުގައި ހުރިއްޔާ އޭނަވެސް ހުންނާނީ އުފަލުންނެވެ. ” ކަލޭ ތީ ކާކުތަ މިކަމުގެ ތެރެއަށް ވަންނަން… ތީ އަދި ކުރިން ދުވަހަކު މިރަށަށް އެރި ބީރައްޓެއްސެއް… ނުބެހޭ ކަންކަމާާ ނުބެހި ހުންނާާނީ… ” ޔާފިއުގެ ބަސްތައް އަޑުއިވުމުން ޔައިޝްގެ ރުޅި ހައްތަހާ ގަދަވިއެވެ. އޭނަގެ ދެއަތް ވަނީ އޭރު މުއްކެވިފައެވެ. ” މިހާ ދޮން ލޯބި ލޯބި ފަން އިސްތަށިގަނޑެއް ލިބިފައިވި ރީތި ކުއްޖެއް ލިބުމުންް ކާކު ޝައުނާ ކަހަލަ ހަމުގެ ކުލަ އަލި ނޫން ބުޅި އިސްތަށިގަނޑެއް ލިބިފައިވި ކުއްޖަކާ އެކު އުޅޭނީ… ހަހަހަ ” އިބާގެ އުނަގަނޑުގައި އަތުން ވަށާލުމަށްފަހު ކައިރިއަށް ދަމާލާ އިބާގެ ފަން އިސްތަށިގަނޑުގައި އަނެއް އަތުން ފިރުމާލަމުން ޔާފިއު ބުނެލި ބަސްތަކުން ހީވީ ޝައުނާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އެ ބުނެލި ބަސްތަކުން އޭނާ ވަރަށްވެސް ދެރަވެއްޖެއެވެ. ޔައިޝް އައި ރުޅީގައި ގޮސް ޔާފިއުގެ ގިރުވާނުގައި ހިފިއެވެ. ” ކަލޭ ހަނދާން ކުރާތި… މީގެ ފަހުން ޝައު އާ ދިމައަށް އެފަދަ އެއްޗެކޭ ބުނަން ހިތަށްވެސް ނާރުވާތި… ” ރުޅި އައިސް ރަތް ވެފައިހުރެ ޔައިޝް ޔާފިއު އާ ދިމައަށް އެހެން ބުންޏެވެ. ” ދޫކޮށްލާ… ޔައިޝް ދޫކޮށްލާށޭ… ނީވޭތަ އަޑެއް… ދޫކޮށްލާށޭ… ” ޝައުނާ ޔައިޝްގެ އަތުގައި ހިފައިގެންހުރެ ދޫކޮށްލުމަށް އެދެމުން ދިޔައެވެ. އެންމެ ފަހުން އޭނަ ދޫކޮށްލިއެވެ. ” ހަނދާން ކުރާތި ދެވަނަ ފަހަރަށް ގަޔަށް އަތްނުލާތި… ނުބެހޭ ކަންކަމާ ނުބެހި ހުންނާނީ… އަދި ބުނަން ޝައުނާ މީގެފަހުން އަހަންނަށް އެއްވެސް ގޮތަކުން އުނދަގޫ ނުކުރާތި… ގުޅައިގެންވެސް ނުވާނެ… މެސެޖް ކޮށްގެންވެސް ނުވާނެ… މިހާރު އަހަންނާއި ޝައުނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ… ” ޝައުނާ އާއި ޔައިޝް އާ ދިމާށަށް ބުނާާނެ އެއްޗެއް ބުނެފައި އިބާގެ އަތުގައި ހިފައިގެން ޔާފިއު ހިނގައްޖެއެވެ. އެ ހިސާބުގައި އިތުރު ބަޔަކު ނުވާ ކަމީ އެމީހުންގެ ނަސީބެވެ. އެންމެންވެސް ފޮޓޯ ނެގުމައިގެން ކުރިއަށް ދަނީއެވެ. ޝައުނާ ލަސްވުމުން ބަލައި ދާން އުޅެފައިވެސް ޔައިޝް ޝައުނާގެ ފަހަތުން ދިޔަތަން ފެނުމުން އައިލީން އާއި ރިފްޝާ އަދިވެސް ތިބީއެވެ. ޔައިޝްގެ އަމަލުތައް ހުންނަ ގޮތުން އޭނާ ޝައުނާ ދެކެ ލޯބިވާހެން އައިލީން އާއި ރިފްޝާއަށް ހީވެއެވެ. ޝައުނާގެ މޫޑު އެންމެ ފަސޭހައިން ބަދަލުކޮށްލެވެނީސް ޔައިޝްއަށެވެ. އެދެމީހުނަށް ފުރުސަތު ދިނުމުގެ ގޮތުން އައިލީން އާއި ރިފްޝާ ޝައުނާ އަންނަން ދެން މަޑުކޮށްގެން ހުރީއެވެ. ”ތިހާވަރަށް ލޯބި ވާއިރު ދެން މިހާރު ބުނަން ވެއްޖެއެއްނު ދޯ ލޯބިވާ ވާހަކަ… ” އައިލީން އާއި ރިފްޝާއަށް ބަލަން ގެއްލިފައި ހުރި ޔޫހާން އާއި އިފާންއަށް ހަމައެކަނި އަޑުއިވޭ ވަރަށް ލިޝާން ބުންޏެވެ. ސިހިފައި ދެ މީހުންވެސް ކާކު ކައިރީތޯ އަހާލިއެވެ. ” މަށަށް ނޭނގޭނެ ކަމަށްތަ ހީކުރީ… ޔޫން ބުނަންވީ އައިލީ ގާތު… ފާން ބުނަންވީ ރިފޫ ގާތު… މަށަށް އިނގޭ ޔައިވެސް ޝައު ދެކެ ލޯބިވާކަން… ތި ތިން މީހުންގެ ހަރަކާތްތަކުން އެކަން ވަރަށް ރަނގަޅަށްވެސް އެނގޭ.. ހެހެހެ ” ލިޝާން އެހެން ބުނުމުން ޔޫހާން އާއި އިފާން ބޯ ކަހާލިއެވެ. އެތަން ފެނި ލިޝާންގެ ގާތަށް އިތުރަށް ހިނިއައެވެ. ” ތިކަން ކޮށްފަ އިންޝާﷲ މިރަށުން ދާނީ… މިހާރުވެސް ބުނަން ބޭނުން… އެކަމަކު މިރޭ މިހާރު އެކަހަލަ ވާހަކައެއް ދައްކަން މާ ލަސްވެއްޖެ… އެން ބޭނުންވަނީ ވަރަށް ސްޕެޝިއަލް ގޮތަކަށް އެކަން ހާމަކުރަން… ” ޔޫހާން އެހެން ބުނުމުން އިފާންވެސް އެކަމާ އެއްބަސްވެލިއެވެ. ޔާފިއު ދިޔުމާއެކު ޝައުނާ ކޮށްލި ކަމަކުން ޔައިޝް ހައިރާންވިއެވެ. ރޮމުން ރޮމުން ޝައުނާ ބާރަށް ޔައިޝްގެ ގައިގައި ބައްދާލިއެވެ. ޔައިޝް ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. މަޑުމަޑުން އޭނާ އަތް ގެންގޮސް ޝައުނާގެ ގައިގައި ވަށާލިއެވެ. ޝައުނާ އިތުރަށް ޔައިޝްގެ މޭގައި ބޮނޑިވެލިއެވެ. ” ޔައިޝް… ކީއްވެތަ އަބަދު އަހަންނަށް މިހެން ވަނީ… އެކަކުވެސް އަހަރެންދެކެ ލޮއެބެއް ނުވޭ… ޔާފިއުވެސް އަހަރެން ދޫކޮށްލީ… ނުވިތާކަށް އަހަރެންގެ މަންމަވެސް އަހަންނަށް ނަފްރަތު ކުރޭ… ނޭނގެ ކީއްވެ ކަމެއް… ކިތަންމެ ރަނގަޅަށް މަންމައަށް ކަންތައް ކޮށްދިނަސް އެއްފަހަރުވެސް ރުހުމުގެ ލޮލަކުން ބަލާވެސް ނުލާ… ކީއްވެތަ އަބަދު އަހަންނަށް އެހެން ކަންތައް ދިމާވަނީ… ” ޔައިޝްގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ރޮމުން ޝައުނާ ވާހަކަ ދެއްކިއެވެ. އޭނަގެ ހޫނު ކަރުނަތަކުން ދިޔައީ ޔައިޝްގެ ގަމީސް ތެއްމަމުންނެވެ. ޔައިޝް ހުރީ ޝައުނާ ބޭނުން އެއްޗެއް ކިޔަން ފުރުސަތު ދީގެންނެވެ. އެ ހިތުގެ ޝަކުވާތައް އެއްވެސް ފޫހިކަމެއްނެތި އަޑުއަހާށެވެ. އެ ޝަކުވާތައް ބޭރުކޮށްލެވުމުން ނޫނީ ޝައުނާގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ނުލިބޭނެތީއެވެ. ”އެންމެން ކީއްވެތަ އަބަދު އަހަރެންގެ ސިފައާ ބެހޭގޮތުން އެހެން ބުނަނީ… ހަމުގެ ކުލަ އަލިނުވުން އެއީ އަހަރެންގެ ކަމެއްތަ… މި … މި އިސްތަށިގަނޑު ބުޅިވުންވެސް އެއީ އަހަރެންގެ މައްސަލައެއްތަ.. ޔައިޝްވެސް އަބަދު ކާލީ ހެއާ އަހަންނާ ދިމާއަށް ކިޔަނީ ދިމާކުރާކަށްނު… ” ޔައިޝް ގެ މޭގައ ބޮނޑިވެލައިގެން ހުރި ޝައުނާ ބޯ ހިއްލާލަމުން އަނެއްކާވެސް އެ ހިތުގެ ޝަކުވާތަށް ޔައިޝްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ” އެއްވެސް މީހަކު އަހަރެންދެކެ ދުވަހަކުވެސް ލޮއެބެއް ނުވާނެ ދޯ؟؟ ” ކަރުނުން ފުރިފައިވި ދެލޮލާއެކު ޝައުނާ ކޮށްލި ސުވާލުން ޔައިޝްގެ ހިތަށް ވަރަށް ތަދުވިއެވެ. ޝައުނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޔައިޝް ވާހަކަ ދެއްކިއެވެ. ”ޝައު… އަހަރެން ޝައުއަށް ކާލީ ހެއާ ކިޔަނީ ޝައު ދެރަކޮށް މަލާމާތް ކުރާކަށް ނޫން… ތެދުތެދަށް ބުނަންޏާ އަހަންނަށް ޝައުގެ އެންމެ ރީތި ސިފައަކީ މި ބުޅި އިސްތަށިގަނޑު… އަހަންނަށް ވަރަށް ކަމުދޭ ބުޅި އިސްތަށިގަނޑު… ޔާފިއު ކަހަލަ މީހަކަށް ޝައު ކަހަލަ ރަނގަޅު ކުއްޖެއް ހައްގެއް ނޫން… ކޮންމެ މީހަކުވެސް އުފައްދަވައިފާ ވަނީ އެންމެ ފުރިހަމަ ސިފައިގަ.. ކޮންމެ މީހަކީވެސް ތަފާތު މީހެއް.. ޝައުގެ މަންމަވެސް އަދި ޝައު ދެކެ ލޯބިވާނެ އިނގޭ.. އަބަދަކު މަންމަ އަކަށްވެސް ނުހުރެވޭނެ ޝައު ދެކެ ރުޅި އައިއްސައެއް.. އައިލީ އާއި ރިފޫވެސް ޝައުދެކެ ވަރަށް ލޯބިވެއެއްނު ދޯ… ޔާފިއު ޝައު ދެކެ ލޯބި ނުވިޔަސް އަހަ.. އަހަރެން ޝައު ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… އެންމެ ފުރަތަމަ ޝައު ފެނުނު ދުވަހުއްސުރެ މިހިތުގަ ވަނީ ތި ނަން ބިންވަޅު ނެގިފަ… އަބަދުވެސް ތި ރީތި ސޫރަ ދެކޭހިތްވޭ… އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް… ” ނުހަނު ހިތްވަރުން ޔައިޝް އޭނަގެ ހިތުގެ ހާލު އެ ހިތުގެ ރާނީއަށް އިއްވާލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ވަނީ ބައްދަލުވެފައެވެ. ޝައުނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ޔައިޝް ކެތްތެރިކަމާއެކު ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.








mi part ves vara salhi.??wow???. waiting for next part. ??saabas ifooah
Thankyou soooooo much Zaara ❤️❤️❤️?????????… V v v ufaavehje Zaara ah story reethi v ma ??????????????????❤️❤️❤️???…
Salaam all ???❤️❤️❤️???????????????????… N Ramazan Mubaarak to all ??????????… Enme furathama vx hurihaa readers ge kibain ifoo maafah edhen mi part maa lahun genesdhevunyma ?????… Hope kuran hurihaa kudhin vx ifoo ah maafukuraane kamah… Here is the 7th part of INTHIZAARUGAA HUNNAMEY LOABIN❤️❤️❤️. Mi part vx hurihaa kudhinahvx kamudhaane kamah ummeedhukuran ?????… N what do you think shauna wil do?? Yaish ah kn kahala javaabeh dheynee??? Heheh… Waiting for the comments… Thank you soooooo much all the readers who read likes n comments for my story ??????❤️❤️❤️???????????????
Mi faharu second dhw…vvvv reethi mi Part…?❤❤waiting for next part
Yahhh… mifaharu Shiman second ????… thankyou so much shiman ???❤❤❤???… v v v ufaavehje ????????… next part submit kohlaifinn… keep waiting…
Alhe noooooonnn… Kihinehtha Ifoo thi hedhy???? meme kiyaalan beynun vi thanolhunney thi nimmaaly..??? Vrh Vrh Vrh Vrh Vrh Vrh Vrh Vrh Vrh Vrh Vrh reethi mi part ves… Maa sha Allah..???❤️❤️❤️ Dhn oiyy bai thankolheh dhigukollaafa genesdhehchey… Vrh reethi mi part… I love this story..????????????? Curiously waiting to see what’s gonna happen next.. ?☺️? In sha Allah, Aesh Hama wait kurany ingey story ge next part ah.. Avahah genesdhechey…?☺️?????❤️❤️❤️???????????
Aesh ❤❤❤❤????????… sooo happy to see the lovely comment ????????… ifoo meenee hama bunaane ehchehvx neyngifa… hehe… speechless vehje… v v v v v v v v v v v v v ufaavehje Aesh ah story reethi v ma n ehaaa loabi loabi commenteh kohleema ??????❤❤❤???… really v v v v v v happy to know that u love this story ❤❤❤??????… thankyou soooooo much ???❤❤❤???… next part submit kohlaifinn… keep waiting..
Alhey kihine thihadhee.. shau ge javab balan neyva vx hifaataigen inee.. pls avaha up kolladheeba nxt prt
hehehee… thankyou so much lotus??????❤❤❤… next part submit kohlaifin… keep waiting …
Shau bunaanee yes eyy kan neygeh…. ?? when next part… ? keehveh tha ehaa lahun up kurah neeh.. avahaa up kohlahbah??
lets see dhw shau bunany keekeythr???… sorry lahun up kureveythy???… ifoo bxy kamun time nuvany… next part submit kohlaifinn… keep waiting…
Vvvv reethi…?????? next part avahah genasdheythi ingey❤❤ dhen nubunaathi stay javaabakah dhinee yaish ge face ah slap ekey???? ..
hehehee… lets see shau ge javaabaky kobaathr… thankyou so much rishy ???❤❤❤???… v v v ufaavehje???… next part submit kohlaifin… keep waiting…
wow. son nice
thankyou so much zaara ???❤❤❤???… it means a lot ???… next part submit kohlaifin… keep waiting…
Alhe yaish eyoh buny dhw loabivaa vaahaka.. Dhen Shau ves accept kuraane kuraane alhe.. ?❤ Emmme kiyaalaa hiy vi thankolhun thi nimmaaly dear.. Hehe
?? yaafiu haadha goahey.. Fahun vaane yaafiu varah dhera kollan ingey.. ?? story varah varah varah varah varah varah reeeethi as always.. Bunaane ehcheh ves neii.. Ekam haadha gina dhuvas kollaaafa ey dhw ifoo story aa eky mi fenuny.. Hehe thankolheh busy vy dhw roadha mas aeema ??? Ramadan Mubarak ❤❤??????And hama kehmadhu vefa next part ah meeny.. Yoon ves ailee ah varah loabi koh and plus faan ves rifoo ah varah loabi koh propose kuraa than balan beynun vefa mi hunnany ??❤??? mi part long koh genes dhinyma v v v v ufaa vejje ingey ???????? take care dear.. ??? Love you ??????? and next part ah ehaa dhigu inthizaareh nukuruvahchey dhoonyaa.. Hehe ????
Livy dear ❤❤❤????????????… anehkaavx miothy Livyge loabi loabi long commenteh ???❤❤❤???… thankyou sooooo much dear ❤❤❤??????… v v v v v v v ufaavehje ??????… shauge answer ingeyne next part in… next part submit kohalaifinn… keep waiting dear ???… thankyou sooo much dhoonyaa ???❤❤❤??????… it means a lot ???… love u too Livy dear ❤❤❤??????????????????…
thankyou soooo Naju ??????❤❤❤???… v v ufaavehje dear ???… next part submit kohlaifinn… keep waiting…
V salhi mi partvx waiting 4 next…