Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (3)

hattey Level 410 Stories100 Login100 Comments500 Login
May 18, 2018 5 Mins Read
13 Comments

“ކޮބާ ހަނާ…؟ މިއަދު އޮފީހަށް ނާންނަނީތަ…؟” ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އޮފީސް ތެރެއަށް ވަދެގެން އައިސް މޭޒުދޮށުގައި އީށީނުމަށްފަހު ރީޝާއަށް ބަލާލަމުން ވިއާޒް އަހާލިއެވެ. ހަނާ ފެންނަން ނެތުމުން ވިއާޒް ކަންބޮޑުވިިއެވެ. ވިއާޒްގެ އެ ސުވާލަށް ރީޝާ ޖަވާބު ދިނީ މޮޅިވެތި ގޮތަކަށެވެ. ހަނާއަށް ވީގޮތް ވިއާޒްއަށް ރީޝާ ބުނެދިނެވެ. އެ ވާހަކަތައް ކަންފަތުގައި ޖެހުމާއިއެކު ވިއާޒްގެ މޫނުމަތީގެ ކުލަވަރު އިތުރަށް ގޯސްވިއެވެ. ސިކުނޑިއަށްް ބާރު ކޮށްލިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ހަނާ ވަނީ ވިއާޒްގެ ހިތުގައި ރަނިކަން ކުރަމުންްދާ އަންހެން ކުއްޖާއަށް ވެފައެވެެ. ހަނާއަށްޓަކައި ވިއާޒްގެ ހިތުގައި ހާއްސަ މަޤާމެއް ވާކަން އޮފީހުގެ އެންމެންވެސް ދަނެއެވެ. ހަނާ ނެތުމުން އެހެން ދުވަސްތަކާއި ޚިލާފަަށް މިއަދު މާގިނަ ވާހަކަ ތަކެއް ދައްކާކަށް ވިއާޒް ބޭނުމެއް ނުވިއެވެ. ވިއާޒް އަކީ އަބަދުވެސް އޮފީސް ތެރޭގައި އެންމެ މަޖާާނަގާ އެންމެ އަނގަގަދަ އެކެކެވެ. އެހެނަސް މިއަދު އޭނާ އެކަން ކުރާހިތެއްނުވިއެވެ. އެދުވަހު ކުރަންހުރި މަސައްކަތާއި ވެގެން ކުރިއަށްދާން އޭނާއަށް ވަގުތު ބޭނުންވިއެވެ.

އެ ރޭގެ ވަގުތެެކެވެ. އޮފީހުން ނިމިގެން ގެއަށް އައިސް ކޮޓަރިއަށް ވަދެ ކޮނޑުގައި އޮތް ދަބަސް ތިރިކޮށްލަަމުން އެނދުމައްޗަށް ރީޝާ ޖެހިިގަތެވެ. މީގެ އެތައް ގަަޑިއިރެއް ކުރިން އޭނާގެ މޫނުމަތިން ހާމަވާން ހުރިި ނުތަނަވަސްކަން މިހާރު ވަނީ އިތުރުވެފައެވެ. ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެނދުމަތީގައި އުއްޑުން އޮވެ ނިއްކުރި މަތީގައި އަތް ހުރަސް ކޮށްލައިގެން އޮތްއިރު ކޮންމެވެސް ބޮޑު ކަމަކާއިމެދު ވިސްނަމުން ދާކަން ހާމަވާން ހުއްޓެވެ. ނަމަވެސް އެގޮތުގައި ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށުމުން އެކަމަށް ސަމާލުކަންދިނެވެ. ކުޑައިރުކޮޅަކު ނުތެދުވެ އޮތުމައްފަހު ފުލުފުލުން ކޯލްތައް އަންނާތީ އަތްދަބަހުގެ ތެރޭގައި އޮތް އޭނާގެ ފޯނު ނަގައި އޭގެ ސްކްރީން އަށް ބަލާލިއެވެ. އެކޮޅުން ގުޅަމުން އެދަނީ އޭނާގެ ލޯބިވެރިޔާ ދާނިޝްއެވެ. ރީޝާ މޫނު އަނބުރައިލިއެވެ. އެވަގުތު ދާނިޝްއާއި ވާހަކަ ދައްކާ ހިތެއް ރީޝާ ނުވިއެވެ. އޮފީހުން ނިމިގެން ގެއަށް އައުމުގެ ކުރިން ވެސް ދާނިޝް ގުޅުމުން ރީޝާ ޖަވާބެއް ނުދިނެވެ. ވެގެން އުޅޭގޮތް ދާނިޝްއަށް ކިޔައިދޭން ޚިޔާލެއް ވެސްް ނުކުރިއެވެ. އެތަށް ފަހަރަކު ގުޅުުމުން ވެސް ފޯނު ނުނެގުމުން ރީޝާއަށް މެސެޖް ކުރަން ދާނިޝް ފެށިއެވެ. އެ މެސެޖް ތަކުގައި ރީޝާގެ އެ ނުރުހުމުގެ ސަބަބު ބުނެދިނުމަށް އެދިފައި ހުއްޓެވެ. ނަމަވެސް ރީޝާގެ ވިސްނުމުގައި އެކަން ކުުރުމުގެ ވެސް ޚިޔާލެއް ނެތެވެ. އެހެންކަމުން ފޯނު ނިއްވާލައިފައި އެނދު މައްޗަށް އެއްލާލިއެވެ.

ދާނިޝް އިނީ އެނދުގައި އިށީނދެލައިގެނެވެ. ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފައިގެން ހުރި އިރު އޭނާގެ ސިކުނޑީީގައި އެނބުރެމުން ދަނީ ރީޝާގެ ޚިޔާލުތަކެވެ. ރީޝާގެ އެ ނުރުހުމެވެ. އެކަމުގެ ސަބަބެއް ދާނިޝްއަކަށް ނުވިސްނުނެވެ. ވީ ކީއްބާއޭ…ކުރެވުނީ ކީއްބާއޭ…އޭނާގެ ހިތަށް އަރަމުންދިއެވެ. މިއީ އަދި ދުވަހަކު ވެސްް ވީކަމެއް ނޫނޭ އޭނާގެ ހިތަށް އަރަނީ މަދެއްކޮށެއް ނޫނެވެ. “ދަރިފުޅާ..! ދާނިޝް..! ކިހިނެއްްވީ…؟ ކޮންކަމަކާ ތި ފިކުރު ކުރަނީ…؟” ހަލުއި ހިނގުމެއްގައި އައިސް ކޮޓަރި ތެރެއަށް ވަންނަމުން ދާނިޝްގެ މަންމަ ވަސީމާ އަހާލިއެވެ. ދާނިޝް އެހެން ހުއްޓައި ފެނުމުން ކޮންމެވެސް ކަމެއް ދާނިޝްއަށް ވެއްޖެކަން އޭނާ ޔަޤީން ކުރިއެވެ. ވަސީމާގެ އަޑު ޖެހުމާއިއެކު ތެމިފައިވާ ލޮލުން ކައްސާާލި ކަރުނަ ތިކި ދާނިޝް ފޮޮހެލިއެވެ. އެއަށްފަހު ހިނިތުން ވެލަމުން ދާނިޝް އޭނާގެ މަންމައަށް ބަލާލިއެވެ. “މަންމައަށް އަބަދުވެސް ހީވާނީ އަހަންނަށް ކޮންމެވެސް ކަމެއް ވެގެން އުޅޭހެން…އަބަދުވެސް ހީވާނީ އަހަރެން ކަމަަކާއިމެދު ފިކުރު ކުރާހެން…އަހަންނަކަށް އެއްވެސް ކަމެއް ނުވޭ…އެއްވެސް ކަމާއިމެދު އަހަރެން ފިކުރެއް ވެސް ނުކުރަން..” ދާނިޝް މަސައްކަތް ކުރީ އޭނާގެ މަންމައަށް ކަމުގެ ހަޤީގަތް ސިއްރުކުރާށެވެ. އޮޅުވާލުމުގެ ނިޔަތުގައި ނޫނަސް ދާނިޝްގެ ހާލަތާއި މެދު އޭނާގެ މަންމަ ކަންބޮޑުވެެ ދެރަވާކަށް އޭނާ ނޭދެއެވެ. އެކަނި މާއެކަނި ބުރަ މަސައްކަތް ކޮށްގެން ހޯދި ފައިސާއިން ދާނިޝްގެ ކަންތައް ބަލަހައްޓައި ރަނގަޅު ތަޢުލީމެެއް ދާނިޝްއަށް ހޯދައިދީ ހަރުދަނާ ރަނގަޅު މީހަކަށް ދާނިޝް ހަދައިދިނީ ދާނިޝްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާލިއަ ނުދީއޭޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދާނިޝްގެ އުމުރުން ދިހަ އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެދުވަހުން ފެށިގެން ދާނިޝްގެ ހުރިހާ ކަމެއް ވަސީމާ ކުރީ އެކަނި މާ އެކަންޏެވެ. އެ ޢާއިލާގައި އިތުރު މެންބަރުން ތަކެއް ނެތުމުން ދަތިތަކާއި ކުރިމަތި ވިއަސް ވަސީމާ އުފަލާއިއެކު ދާނިޝްގެ ހުރިހާ ކަމެއް ކުރިއެވެ. އެކަން ދާނިޝްގެ ހަނދާނުގައި ރަނގަޅަށް ވެސް ހަރުލައި އެބަހުއްޓެވެ. ވީއިރު ވަސީމާ ދެރަވެ ކަންބޮޑުވާކަށް ދާނިޝްގެ ހިތެއް ނޭދެނެތާއެވެ. “ދެން ކީއްވެ މިރޭ އޮފީހުން އައިގޮތަށް ދަރިފުޅު ނުކައި ތިހުރީ…؟ މަންމަ ހުންނާނީ ކާންވެސް ހަދާފަ…ދެން ހިނގާ ކާންދާންް…ދަރިފުޅު ކެއީމަ ނޫނީ މަންމަގެ ލޮލަކަށް ނިންޖެއް ނާންނާނެެ…” ވަސީމާ މިހެން ބުނުމުން އެއްވެސް ދެކޮޅު ހެދުމެއް ނެތި ވަސީމާގެ ފަހަތުން  ދާނިޝް ހިނގައިގަތީ ކާއެއްޗެއް އަަނގައަށް ލެވޭތޯ ބަލާށެވެ.

ޖެހިގެން އައި ދުވަހު ރީޝާ އޮފީހަށް ދިޔައީ އެކަންޏެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ދާނިޝްއަށް ގުޅާކަށް އޭނާ ނުހެދިއެވެ. ރީޝާ އޮފީހަށް އައިއިރު ހަނާ އިނީ އޮފީހުގައެވެ. ފުރިހަމަ ސިއްހަތަަކާއި އެކުގައެވެ. “ތޭންކްސް އިނގޭ..މަސައްކަތްްތައް ނިންމާލަ ދިނީތީ…” ރީޝާ ފެނުމާއި އެކު ހަނާ ބުނެލިއެވެ. ރީޝާ ރޭ ގެއަށް ދިޔައީ ހަނާގެ މަސައްކަތްްތައް ވެސް ނިންމާލާާފައެވެ. އެހެންކަމުން ރީޝާއަށް ހަނާ ޝުކުރު އަދާކުރިއެވެ. “ކިހިނެއްތަ މިހާރު..؟ރަނގަޅުތަ…؟” ގޮނޑީގައި އިށީންނަމުން ރީޝާ އަހާލިއެވެ. “މިހާރު ހަމަ ބަރާބަރު… އެހެންވީމައެންނު އޮފީހަށް ވެސް މިއާދެވުނީ… އިއްޔެ ބޮލުގަ ރިއްސީ ވަކިވަރަކަށް ނޫން.. ރީޝާގާތު ހަޤީގަތަަށް ނުބުނެވުނީ ރީޝާ ދެރަވާނެކަން އެނގޭތީ…” ރީޝާގެ ސުވާލަށް ހަނާ ޖަވާބުދިނެވެ. ވިއާޒް އޮފީހަށް ވަނީ އެވަގުތުއެވެ. “މަށަށް މި އާދެވުނީ މާ ލަހުންދޯ…ކީއްކުރާނީ…؟ ނިދިން ހޭލެވެނީ ވެސް މަންމަ އެވަރަށް ގޮވާފަހުން… އަދިވެސް ނިދިއެބަހުރި…” ހަނާއަށް ބަލަންހުރެ ގޮނޑީގައި އިށީންނަމުން ވިއާޒް ބުނެލިއެވެ. ވިއާޒްގެ ކަންތައް ފެށުނީކަން އެންމެން ޔަޤީންކުރިއެވެ. ދެން އޭނާގެ އަނގަގަނޑު މައިތިރިއެއް ނުވާނެއޭ އެންމެން ވެސް ހިތާހިތުން ކިޔާލިއެވެ. ވިއާޒްްގެ މިޒާޖުގައި އަނގަ ގަދަ ކުރުމާއި ސަކަރާތް ޖެހުން ހުއްޓަސް އެ އޮފީހުގެ އެންމެން ވެސް އޭނާ އާއި ވަރަށް ގަަޔާވެއެވެ. އެކަކު ވެސް ރުޅިއައިސްގެން އެއްޗެހި ކިޔަައެއް ނުހަދައެވެ. އެންމެން ވެސް ވިއާޒްްގެ ސަކަރާތް ޖެހުމުގައި ކޮންމެވެސް މިންވަރަކަށް ބައިވެެރިވެއެވެ. ރީޝާ އާއި ހަނާ ވެސް ބައެއްފަހަރު ވިއާޒްް އާއި ދިމާކޮށް ހަދައެވެ. “ވިއާޒްގެ މަންމަ ގޮވަނީތަ…؟ އަހަރެން ނަމަ ހޫނު ބޮނޑިއެއް އަޅާނީ..” ވިއާޒްްއަށް ކަޅި އަމާޒު ކޮށްލައިގެން ހުރެ ހަނާ ބުނެލިއެވެ. ހަނާގެ އެ އަޑު އިވުމާއިއެކު އެންމެން ބާރާށް ހޭން ފެށިއެވެ. އެއާއިއެކު ކޮންމެ މީހަކުވެސް ކޮންމެެސް ކަހަލަ ބަހެއް ވިއާޒްް އަަށް ރައްދު ކުރަންފެށިއެވެ. އެހެނަސް ވިއާޒްްގެ ގާތަށް ރުޅިއެއް ނާދެއެވެ. އޭނާ ހުރީ ހެވިފައެވެ. އެގޮތަށް އެންމެން ދިމާ ކުރިއަސް އެކަމާ މާބޮޑަކަށް ވިއާޒް އަޅައެއް ނުލައެވެ. އާދައިގެ މަތިންނެެވެ. “އޯކޭ..! ހަނާ ކުރާނެ ދިމާއެއް ކުރޭ…އަހަރެންގެެ އެއްވެސް މައްސަލައެއް ނެތް..” ވިއާޒްް ހުރީ ފާޑަކަށް ރަކިވެފައެވެ. އެހެނަސް ހަނާއަކަށް އޭނާ ހިތްބަރެއް ނުކުރެއެވެ. ނުވެސް ކުރާނެތާއެވެ. ހަނާދެކެ ވިއާޒްް ވަނީ އަމަށަކު ލޯޯތްބެއް ނޫނެވެ.

އެންމެންގެ މޫނުމަތިން ވެސް ފެންނަށް ހުރީ ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ. ނަމަވެސް ރީޝާގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމެވެ. މާޔޫސްކަމެވެ. އެ މޫނުމަތިިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. މަސައްކަތާާއި ވެގެން ކުރިއަށް ދާއިރުވެސް ހީވަނީ ބޮޑު ފިކުރެއްގައި އިންހެނެވެ. މިކަން ހަނާއަަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ވީގޮތްް އޮޅުންފިލުވާލަަން ހަނާ މަސައްކަތްް ކޮށްލިއެވެ. ނަމަވެސް ހަނާ އުއްމީދު ކުރި ޖަވާބެއް ރީޝާގެ ފަރާތަކުން ނުލިބުނެވެ. އެއްވެސް ކަމެއް ނުވާކަމަށް ބުނެ ރީޝާ ފަރުޖައްސާލިއެވެ.

އެންމެން ވެސް މަސައްކަތުުގައި އަވަދިނެތި އުޅެނިކޮށް އިރު އޮއްސިގެން ހިގައްޖެއެވެ. ކޮންމެ މީހަކުވެސް އިރުއިރުކޮޅާއި ގަޑިއަށް ބަލާލައެވެ. އެއްބަޔަކަށް އަވަސް ވީއިރު އަނެއްބަޔަކު އުޅެނީ އޮފީސް ނިމޭ ގަޑި ނުޖެހިގެންނެވެ. ރީޝާ ވެސް ވީ ވަގުތު ދިގުވެގެން އުޅުނު މީހުންގެ ތެރޭގައެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ރީޝާއަށް ރަނގަޅަށް މަސައްކަތްް ކުރެވޭވަރެއް ނޫނެވެ. ބައެއްފަހަރު ކޮންމެވެސް އެހެން ކަމަކަށް ގެއްލިފައި އިންނަހެން ހީވެއެވެ. އަނެއްބައި ފަހަރު ބޮލުގައި ހިފަހައްޓާާލާ ގޮތަަކުން ބޮލުގައި ރިއްސާތީީ އުޅޭހެން ވެސް ހީވެއެވެ. ކޮންމެވެސް ކަމެއް ރީޝާ ފޮރުވާކަން އޭނާގެ ހަރަކާތްތައް ބަލަންހުރި ހަނާއަށް ވެސް އިޙްސާސް ވާންފެށިއެވެ. އޮފީސް ނިމިގެން އެކަމުގެ ހަޤީގަތް ހޯދާނަމޭ އޭނާގެ ހިތުގައިއޮތެވެ.

ކުރަމުން ދިޔަ މަސައްކަތްތައް މަޑުޖައްސާލުމަަށްފަހު ރީޝާ ގަޑިއަށް ބަލާލިއެވެ. އެއިރު ނުވައެއް ޖަހަން ހުރީ މަދު މިނެޓްކޮޅެކެވެ. ދެން އިތުރަށް މަސައްކަތާއި ވެގެން ކުރިއަށްދާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ރީޝާ ބޭނުންވީ އަވަހަށް ގެއަށްދާށެވެ. އެހެންކަމުން މޭޒުމަތީގައި ބާއްވާލައިފައި އޮތް އޭނާގެ ފޯނު ނަގައި ދަބަސް ތެރެއަށް ލުމަށްފަހު ގޮނޑިން ތެދުވަމުން ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އެއަށްފަހު އޮފީހުން ބޭރަށް ނިކުންނަން ހިނގައިގަތީ ހަނާއަށް ވެސް ބަލާނުލައެވެ. ތަންކޮޅަކަށް ދެވުނުތަނާ ރީޝާގެ ފޯނު ރިންގުވާންފެށިއެވެ. ކޮނޑުގައި އޮތް ދަބަސް ހުޅުވާލުމަށްފަހު ފޯނު ނަގައި ރަނގަޅަށް ބަލާލިއެވެ. ގުޅަމުން އެދަނީ ކާކުކަން ޔަޤީން ވުމުން ފޯނު ކަނޑާލައިފައި އަނެކާވެސް ދަބަސް ތެރެއަށްލިއެވެ. ކުރިއަށްވުރެ ބޮޑަށް އޭނާގެ ބޮލުގައި ރިއްސައިގަތް ކަހަލައެވެ. ނުތަނަވަސްކަން އިތުރުވި ކަހަލައެވެ. އެ ނުތަނަވަސް ކަމުގައި ހުރެ އޮފީހުން ބޭރަށް ނިކުތް ވަގުތު ގަދަ ނޫ ކުލައިގެ ސައިކަލެެއް އޭނާގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ލިބުނު ހައިރާން ކަމާއި އެކު ރީޝާއަށް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލެެވުނެވެ. ސައިކަލް ގައި އިން މީހަކަށް ރަނގަޅަށް ރީޝާ ބަލާލިއެވެ. އޭގައި އިނީ ދާނިޝްއެވެ. ސައިކަލްގެ ހަރު ޖައްސާލުމަށްފަހު ތަޅުދަނޑި ނަގަމުން ސައިކަލުުން ދާނިޝް ފޭބީ ނިކަން އަވަހަށެވެ. “ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ…؟” ރީޝާ އާއި ކައިރިއަށް ޖެހިލަމުން ދާނިޝް ސުވާލު ކުރިއެވެ. ދާނިޝްގެ މޫނުމަތިން ނުރުހުންވުން ހާމަވާން ހުރުމުން ރީޝާ ޖެހިލުންވިއެވެ. ނަމަވެސް އެކަން ހާމަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ދާނިޝްގެ ކުރިމަތީގައި ހުންނާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ރީޝާ މަސައްކަތްް ކުރީ އެތަނުން ދާށެވެ. ނަމަވެސް އޭގެ ކުރިން ދާނިޝް ރީޝާ ހުއްޓުވިއެވެ. “ރީޝާ ތި މަސައްކަތް ކުރަނީ އަހަންނާ ވާހަކަ ނުދައްކަންތަ…؟” ރީޝާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ ދާނިޝް ސުވާލު ކުރިއެވެ. “ކީއްވެ ތިގޮތަށް ކަންތައް ތި ކުރަނީ..؟ އަހަންނަށް ކޮންކަމެއް ގޯސްކޮށް ކުރެވިގެންތަ..؟ ރީޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ސުވާލަކަށް ފަހު ސުވާލެއް ދާނިޝް ރީޝާއާާއި ކުރަމުން ގެންދިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ރީޝާ ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި ރީޝާ ވެސް ރުޅި އިސްކުރިއެވެ. “ދާނިޝް..! ދުރުގަ ހުރެގެން ވާހަކަ ދައްކަބަލަ..! ކީއްވެތަ ގަޔަށްބޮލަށް ތި އަރަނީ..؟ މަގުމަތިން ދާހާ އެންމެން އެ ބަލަނީ މިދިމާއަށޭ…ތި އުޅެނީ އަހަރެން ލަދު ގަންނަވަންތަ..؟” ދާނިޝްގެ އަތް ފޮޅާލަމުން ރީޝާ އެއްޗެހިކިޔައިގަތެވެ. ރީޝާގެ އެ އަމަލުން ދާނިޝްއަށް ހައިރާން ކަން ގެނުވިއެވެ. ހިތަށް ފުން އަސަރު ތަކެއް ކުރުވިއެވެ. ރީޝާއަށް އެ އައި ބަދަލުގެ އެއްވެސް ސަބަބެއް އެއްވެސް މިންވަރަކަށް އޭނާއަކަަށް އެނގިފައެއްނެތެވެ. އެހެންކަމުން އޭގެ ސަބަބު ހޯދަން އިތުރަށް މަސައްކަތް ކޮށްލިއެވެ. އިތުރަށް ރީޝާ އާއި ސުވާލު ކުރަން ފެށިއެވެ. ރީޝާގެ އެ ނުރުހުމުގެ ސަބަބު ބުނެދިނުމަށް އެދި އާދޭސް ކުރަންފެށިއެވެ. “އަހަރެން ބޭނުމެއް ނޫން ދާނިޝްއަށް އެއްވެސް ޖަވާބެއް ދޭކަށް…ދާނިޝްއާއި ވާހަކަވެސް ދައްކާކަށް އަހަރެން ބޭނުމެއް ނޫން…މިހާރު ތީީ އަހަންނަށް އެއްވެސް މުހިންމު މީހެއް ނޫން…އަހަރެމެން ދެމީހުންގެ ދެމެދުގަ އޮތް ގުޅުން ދެނެއް ނޯންނާނެ…މިދެމެދުގަ އޮތް ލޯތްބެއް ވެސް ދެނެއް ނޯންނާނެ…މިހިސާބުން މި ނިމުނީ…މިހާރު އަހަރެން ދާނިޝްދެކެ އެއްވެސް ލޯތްބެއް ނުވޭ..ދާނިޝްއަށް މިހާރު އަހަރެންް ނަފުރަތު ކުރަން…ނަފުރަތު ކުރަން…ދެން އަހަރެންގެ ކުރިމައްޗަށް ނާންނާތި…!ތި ސޫރަ ވެސް ދެކޭކަށް މިހާރު އަހަރެން ބޭނުމެއް ނޫން” ރީޝާ އޭނާގެ ހިތުގެ ބަޔާން ދާނިޝްއަށް އިއްވާލުމަށްފަހު އެތަނުން ހިނގައިގަތީ ގަދަ ރުޅިއާއި އެކުގައެވެ. ދާނިޝް ކުރި އާދޭސް ތަކުގެ ބަދަލުގައި ރީޝާގެ ފަރާތުން ދާނިޝްއަށް ލިބުނީ ހިތްދަތިކަމެވެ. ވަރަށްވެސް ހޫނު ލަފުޒު ތަކަކުން ދާނިޝްގެ ހިތް ފިއްސާލިއެވެ. އޭގެ ދިލައިން ދާނިޝްގެ ލޯ ތެތްމާލީީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ރީޝާގެ އެ ބަސްތައް ޤަބޫލު ކުރަން ދާނިޝްއަށް އުނދަގޫވިއެވެ. އެ ލޯތްބަށް މާގިނަ ދުވަސްތަކެއް ވެފައި ނެތަސް އެދެމެދުގައި އުފެދިފައި ވަނީ ވަރުގަދަ ލޯޯތްބެކެވެ. ނަމަވެސް އެއްވެސް ބެލުމެއްނެތި ފަޅި ސިކުންތެއްގެ ތެރޭ އެ ލޯބީގައި ނިމުމުގެ ސިއްކަ ޖަހަައިފައި ރީޝާ އެ ދިޔައީ ދާނިޝް އާއި ދޭތެރޭ އެއްވެސް ރަޙުމެއް ހަމްދަރުދީ އެއް ނެތް ހާލުގައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ގަބު ވެފައި ދާނިޝް ހުރި މަންޒަރު ބަލަން މާ ދުރުނޫން ހިސާބެއްގައި ހަނާ ހުއްޓެވެ. ރީޝާގެ އެ އަމަލުން ހަނާ ވެސް ހުރީ ހައިރާންވެފައެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (2)

Next

އެހެނަސް…(5)

Next
May 18, 2018

އެހެނަސް…(5)

Previews
May 18, 2018

އުޖާލާވެގެންދިޔަ ޙަޔާތް (2)

13 Comments!

  1. Mary says:
    May 18, 2018 at 6:28 pm

    V obniness

    1. hattey says:
      May 19, 2018 at 4:08 am

      thanks

  2. Sana says:
    May 18, 2018 at 6:40 pm

    Masha Allah varah reethi
    Waiting for next part…..???????????

    1. hattey says:
      May 19, 2018 at 10:01 am

      thankx

  3. Mohamed says:
    May 18, 2018 at 11:40 pm

    Varah salhi

    1. hattey says:
      May 19, 2018 at 9:19 am

      thanks…t

  4. No one says:
    May 19, 2018 at 9:22 am

    Vr interestung vey eba mi story.. curiously waiting for the next part

    1. hattey says:
      May 19, 2018 at 9:59 am

      thankx..

  5. Me says:
    May 19, 2018 at 2:04 pm

    Reehchey reehchey.
    Best of luck hattey

  6. Ira says:
    May 21, 2018 at 10:32 am

    Maasha Allah v reethi

    1. hattey says:
      May 22, 2018 at 10:08 am

      thanks…ira dhooni..

  7. Minion says:
    May 23, 2018 at 6:33 am

    Mi story hama superb waane kamah belewey. Avni and neil ge supporter eh dhw hattey thy..? Anyways good luck ige?

  8. Liu says:
    November 17, 2018 at 4:00 pm

    Reesha ah evy kihinehtha????

Comments are closed.


All Right Reserved!