ނަމަވެސް ހުއްޓުން އެރީ ކުރިމައްޗަށް ނަޒަރު ހިންގާލި ވަގުތުއެވެ. އެފެނުނު ސޫރައަކުންނެ. އެވަގުތު އޭނަގެ ހިތުތެރޭގައި އެތަކެއް ދުވަސް ވަންދެން ނުތެޅި އޮތް ބަޔެއް ތެޅިލިއެވެ. އެތަކެއް އަހަރުވަންދެކަށް ނިދާފައިވި އިހްސާސްތަކެއް އުތުރި އަރައިގަތެވެ. ހަމަ އެއްމެ ކުއްޖަކު ފެނިލުމުންނެވެ. ދެލޯ ބޮޑުކޮއްލެވުނީ އޭކާކުކަން ނަގައިގަނެވުމުންނެވެ. އިސްދަށަށް ޖަހާލެވުނީ އެގޮތައް ބަލަން ހިތްނޭދޭތީއެވެ. އަދި ބާރު ސްޕީޑެއްގައި ދުއްވާލީ އޭނަޔާ ވީހާވެސް ދުރަށް ދިއުމަށެވެ. އެދިޔަގޮތަށް މަޑުކޮށްލީ އަލިވާގޭގެ ދޮރުމައްޗަށެވެ. އޭރު ގޭ ދޮރުމަތީގައި މިންހާއާއި އޭނަގެ […]
…… ކިހިނެއްވީ..؟ މަލީ އޭނައަށް ހިތްކީތަ؟؟؟ މަހާ ދިމާކޮއްލިއެވެ.ނޫނޭ ނޫނޭ.. އޭނަ މާ އޮވާ ސޯލިހު. މަލީ ކަހަލަ ކުދިންނާ އޭނަޔާ ހަމައެއް ނޫން.. ހީލަމުން އޭނަ ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ބުނެވުނު ޖުމްލަޔާމެދު އޭނާގެ ހިތް ހަމައެއް ނުޖެހުނެވެ. އެކަމާވެސް އޭނަ އިންތިހާއަށް ހައިރާން ވިއެވެ. އޭނަ އެ ދެން މާ ބޮޑުކަމަކަށް ނަހަދާ ޖޯލިން ތެދުވެލީ މަހާ ހިނގާށޭ ބުނުމުން އޭނައާއި އެކީ ގެއަށް ވަންނަންވެގެންނެވެ. އިރު އޮއްސުމުގެ ކުރިން ދެމީހުން […]
ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އެހެން ދުވަސްތަކާ ޙިލާފަށް މިއަދު މަގުމަތީގައި ވަނީ ހިމޭން ކަމެވެ. އެހެން ދުވަސްތަކުގައި ކުޅިވަރު ކުޅެން އެކޮޅުން މިކޮޅަށް ދުވާ މީހުން މިއަދަކު ނެތެވެ. މަލިކާވެސް ގޭގަ އިނދެ އިނދެ ފޫހިވެގެން ގެއިން ނުކުތެވެ.ދޮރޯށިން ބޯދިގުކޮއް ދެކޮޅު ހޯދާލުމައްފަހު ދުވެފައިގޮސް ގޭ ކުރިމަތީގައި ހުރިި ޖޯޔައް ވެއްޓިގަތެވެ.މަލިކާގެ އެ ހަރަކާތުން ޖެހިގެން ހުރި ޖޯލީގައި ފޯނާކުޅެން އިން މަހާ ދިޔައީ ސިއްސައިގެންނެވެ.އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.މަލިކާގެ ހިނިގަނޑު ފަޅައިގެން […]