Skip to content
އެސްފިޔަ

އެހެނަސް…(5)

މަލާކް ދެއަތްދެއަތާއި މޮޑެން ހުންނަން ފެށުމުން އަލޫކް ކުރިޔަށް ވުރެވެސް ގާތްވެލިއެވެ. މަލާކް ވަގުތުން ގަނޑުވިއެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި މަސްތުކުރުވައިފި ކަހަލައެވެ. އޭނާ އަލޫކްއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަލޫކްގެ ތުންފަތްމަތީގައި ވަނީ މާނަނޭނގޭ ހިނިތުންވުމެކެވެ. އަލޫކްގެ ކަޅުކަންގަދަ ފުންދެލޮލުގައި ވަނީ ނޭނގޭ ސިހުރުވެރިކަމެކެވެ. މަލާކްއަށް ހިންދިރުވާލެވުނެވެ.

 

“ހިފާނީތަ ނުހިފާނީތަ؟ ޤަބޫލްނުކުރެވިފަތަ ތިހިރީ މީ މަލާކްއަށް ގެނައި އެއްޗެއްކަމެއް؟ އިޓްސް ފޯރ ޔޫ އޭ.” އަލޫކްގެ ބަރުއަޑުން ވާހަކަދެއްކުމާއެކު މަލާކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަރަށް އިރު އެހެން ހުރުމަށްފަހު އެންމެ ފަހުން މަލާކް އެމާބޮނޑީގައި ހިފިއެވެ. “ހިނގާ އަހަންނާއެކު..ޕްލީޒް!” އަލޫކްގެ އާދޭހާއެކު މަލާކް އޭނާގެ ފަހަތުންގޮސް ކާރަށް އެރީ ހުދު އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

 

“ހާދަ ރީއްޗޭ…” ހުންގާނުގައި ހިފަހައްޓައިގެން ކާރު ދުއްވަމުން އަލޫކް މަލާކާއި ދިމާލަށް ބަލާލަމުން ބުންޏެވެ. “ކޮންމެހެން ފްލާރޓް ކުރާނެ ކަމެއްނެތް! ތިއިނީ ވަރަށް ފޮނިވެފައެއްނު! ބުނަން ވާހަކައެއް..އަހަރެން މި މާބޮނޑީގަ ހިފީ ހިފަން ބޭނުންވެގެނެއް ނޫން އިނގޭ..އަހަރެން މީގަ ނުހިފިނަމަ އަލޫކް ލަދުގަންނަން ޖެހޭނީ އެހެންވެ!” “ހާދަ ކެއަރ ކުރަމޭދޯ!” އަލޫކް ހިނިއައިސްފައި ބުންޏެވެ. މަލާކަށް ބުނާނެ އެއްޗަކާމެދު ވިސްނަން ކުޑަ އިރުކޮޅެއްނެގިއެވެ. “އައްޗި! އަހަރެން ކީއްކުރަން ކެއަރ ކުރަންވީކީ..އެހެންނޫނަސް ކިހިނެއް އިނގެނީ ތިއުޅެނީ ކުރީގެ ލޯބިވެރިޔާ ޖެލަސް ކޮށްލަން އަހަރެން ބޭނުންކުރަން ނޫންކަމެއްވެސް! އެހެންނޫނަސް އަހަރެން މިއުޅެނީ މޮޔަވެގެންނެއް ނޫނޭ! އަހަރެން މޮޔަ ހައްދާކަށް ތިހާ ފަސޭހައެއް ނުވާނެ..އެހެންވީމަ އަލޫކަށްވެސް ފަސޭހަވާނީ އެހެން ކުއްޖަކު މޮޔަ ހެއްދިއްޔާ!” މަލާކަށް އިނީ ގަބޫލުކުރަން ދަތިވެފައެވެ. އަލޫކް ހަމަހިމޭނުން އިރުކޮޅަކު އިނުމަށްފަހު ވާހަކަދެއްކިއެވެ. “އަހަރެން ކީއްކުރަން މަލާކް މޮޔަ ހައްދަންވީކީ؟” އަލޫކްގެ ހިތުގައި މަލާކާއި ދޭތެރޭ އެކަހަލަ ކަމެއްކުރަން ގަސްތެއްވެސް ނުކުރެއެވެ. މަލާކްގެ ޚިޔާލު ހުރި ގޮތުން އަލޫކްގެ ހިތަށް ވަރަށް ތަދުވިއެވެ. “ތިސުވާލު ކުރޭ އަމިއްލަ މީހާއާ… އަހަރެން ބޭނުމީ ހަމަ މިހާރު ގެއަށްދާން…” މަލާކް ހުރީ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ހިތްއެދެނީ އަލޫކްއެވެ. ނަމަވެސް ސިކުނޑި ގަދަދައްކަނީ ހިތާއި އެއްބަސް ނުވާށެވެ.  “މަލާކް..ޖަސްޓް ގިވް މީ އަ ޗާންސް!” “އަހަ ންނަކަށް ނޭނގެ އަލޫކްތީ ކާކު ކަމެއްވެސް…” “އަހަރެން ކިޔައި ދީފާނަމެ…އެއީ އެވަރުކަމެއްނޫނެއްނު.އަޑުއަހާ.”  މަގުގެ އެއްފަރާތުގައި ކާރުޕާރކުކޮށްލުމަށްފަހު އަލޫކް ވާހަކަ ދައްކަން ތައްޔާރުވެލިއެވެ. “އަހަރެންގެ ބައްޕައަކީ ކޮލެޖުގެ ޑީން..އަހަރެންގެ ނުހުރޭ އެއްބަނޑު އެއްބަފާ އިތުރު ކުއްޖެއް…ނޭނގެ ހުންނަކަމެއް…” “ދެން..މަންމަ؟ އެކީއްވެ ނޭނގެޔޭ ތިބުނީ؟” މަލާކް ހިތުގައި ސުވާލު ފުނިޖެހެންފެށިއެވެ. “މަންމަ..އަހަރެންގެ އުފަން މަންމައެއް ނުދެކެން..އައި ހޭވް އަ ސްޓެޕް މަމް ހޫ އައި ރިޔަލީ ޑޯންޓް ވޮނަ ސީ. ޝީ ޑަޒްންޓް ވޯންޓް ޓު ސީ މީ އައިދަރ. މަލާކްގެ ލައިފް އަހަންނަށް ކިޔައިދޭންވީނު؟” “ޓްރަސްޓް މީ..ދެއަރ އިޒް ނަތިން ޔޫ ވޮނަ ނޯ އަބައުޓް މައި ލައިފް!” “އައި ޓްރަސްޓް ޔޫ..!ނޯ އައި ވޮނަ ނޯ އެވްރިތިންގް..” އަލޫކްގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. މަލާކް އިސްއުފުލާލިއެވެ.

 

މިގޮތްނޭނގޭ ރީތި ޒުވާނާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ “ވައި ޝުޑް އައި ޓެލް ޔޫ؟” “ކޮޒް ޔޫ ކޭޏް ޓްރަސްޓްމީ؟” އަލޫކް ބަލައިލީ ސީދާ މަލާކްގެ ލޮލަށެވެ. ހީވަނީ އަލޫކަށް މަލާކްގެ މައްޗަށް ބާރު ފޯރުވޭ ހެންނެވެ. “ވެލް މައި ޑޭޑް އިޒް އަ ޑޮކްޓަރ..ވޯޒް އަ ޑޮކްޓަރ އެކަމު..ލައިކް..ވެން އައި ވޯޒް ފައިވް..ޑޭޑް ޑައިޑް ބިކޮޒް އޮފް ކެންސަރ..ދެން މަމް މެރީ ކުރި މީހާއަށް ލިބުނު ފިރިހެން ކުއްޖެއް، ތިންއަހަރު ކުޑަ…ދެން..ހީ އިޒް ޑުއިން އޯލެވެލް މިއަހަރު..ބަޓް މޮމްސައިޑުގެ ފެމިލީ ވަރަށް ބޮޑުވާނެ..އަހަރެން މިކޮޅަށް އައިފަހުން މޮމްމެން މިހާރުވީ ރަށަށް ބަދަލުވެފަ!” “އޯ..އައިއެމް ސޯ ސޮރީ އަބައުޓް ޔުއަރ ޑޭޑް!” “އިޓްސް އޯކޭ”.

“ވަޓް އަބައުޓް ޔުއަރ ސްޓެޕް ޑޭޑް؟ ރަނގަޅުތަ އޭނަގެ ކަންކަން ހުންނަ ގޮތް؟”އަލޫކް ބަލަން ބޭނުންވިއެވެ. “ނޮޓް އެޓް އޯލް! މިހާރު ހުރީ ޖަލުގަ..އަބަދުވެސް ބޮއެގެން އުޅޭނީ..އަހަރެން ވަރަށް ފޫހިވޭ އޭނަ ދެކެ. އެންޑް މިހާރު ހުންނަނީ ޑިވޯރސް ވެފަ ! ނަސީބެއްއެއީވެސް..އެކަމް މައި ސްޓެޕް ބްރަދަރ، މާޒް،ހީ އިޒް ސުޕަރ ކޫލް.. އެންޑް ހީ ޑަޒްންޓް ސީ މީ އޭޒް ހިޒް ސްޓެޕް ސިސްޓަރ…ސޯ..މައި ލައިފް އިޒް ޕްރިޓީ އޯސަމް!” “ހީކުރި ވަރަށް ވުރެ އަނގަގަދަ…ފުރަތަމަ ދުވަހުވެސް ހީވިއޭ ތީ އަނގަގަދަ ކުއްޖެއްހެން..ހެހެ..ވަޓް އަބައުޓް ޔުއަރ ލަވް ލައިފް؟” މަލާކް ދެލޯ ބޮޑުކޮށްލަމުން އަލޫކާއި ދިމާލަށް ބަލާލިއެވެ. “މައި ލަވްލައިފް؟؟ އަލޫކް ކަންނޭނގެ ފުރަތަމަ އަލޫކްގެ ލަވްލައިފް ކިޔައިދޭންވީ! ބައިދަވޭ، ކީއްވެޔޯ އަހަރެމެން އަސްލު މި ވާހަކަ ދައްކަނީ؟ އައިއެމް ސަޕޯޒް ޓުބީ އެންގްރީ އެޓް ޔޫ!” ރައްދުގައި އަލޫކް ޖަހާލީ ހިނިގަނޑެކެވެ. “ޓްރަސްޓް މީ، ޔުއަރ ހާރޓް ޑަޒްންޓް ވޯންޓް ދެޓް!” މަލާކަށް ބުނާނެ އެއްޗެއް ނޭނގުމުން އިސްޖަހާލެވުނެވެ. އަލޫކްގެ ކިބައިގައި އެހުންނަނީ ކޮންކަހަލަ ބާރެއްހެއްޔެވެ؟ އެއީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނާއަށް އިތުބާރުކުރަންވީ ހެއްޔެވެ؟ އޭނާ އެކިޔައިދޭ ވާހަކަތަކަކީ ހަމަ ޙަޤީޤަތުގައިވެސް ތެދުބާއެވެ؟

“ވެލް..މިހާރު ވަރަށް ވާހަކަ ދެކެވިއްޖެ، ސޯ ޕްލީޒް ކޭން ޔޫ ޓޭކް މީ ހޯމް؟؟!” މަލާކްގެ ދުލުން އެހެން ބުނިކަމުގައި ވިޔަސް އޭނާގެ ހިތްދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަލޫކް ކާރު ސްޓާރޓްކޮށްލިއެވެ. “އޯކޭ..އެކަމު ޔޫ ހޭވް ޓު ޕްރޮމިސް މީ..ނެކްސްޓް ވީކް މީ ކޮލެޖް ވީކް އެއް ނޫނެއްނު، ސޯ ހައު އަބައުޓް ނެކްސްޓް ވީކްގަ ޑިނަރ އަކަށް ދާން..ދެން ވީ ކޭން ޓޯކް!؟” “އަހަރެން ނޫނެކޭ ބުނެފިއްޔާ؟” މަލާކްގެ ދުލުގައި އެއްބައި އޮއްވާ އަލޫކް ބުރެކި ޖައްސާލުމަށްފަހު ކާރު މަޑޮކޮށްލިއެވެ. އަދި ކާރުގެ ދޮރު ތަޅުލިއެވެ. މަލާކްއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކީކޭ މިހާރު ބުނަނީ؟” އަލޫކްގެ ތުންފަތްމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. “ޑޫ އައި ހޭވް އަ ޗޮއިސް؟؟ ހްމްމް އޯކޭ..” މަލާކްގެ ހިތްތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ކައިރީގައި އިން އަލޫކަށްވެސް އަޑުއިވޭނެހާ ބާރަށެވެ.

މަގުގެ އެއްފަރާތުގައި ކާރު ޕާރކު ކުރުމުން، އަލޫކްއާއި މަލާކް އެކަކު އަނެކަކަށް ބަލާލިއެވެ. މަލާކް ކާރުން ފައިބުމަށްފަހު އަލޫކްއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެޕާރޓްމެންޓާއި ދިމާލަށް މިސްރާބުޖެހިއެވެ. ނުހާފެންނަން ނެތުމުން އޭނާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

މަލާކް ދޮރުގައި ލެނގިލައިގެން އިރުކޮޅަކު މަޑުކޮށްލިއެވެ. ނުވެސް ދަންނަ ޒުވާނަކަށް އޭނާގެ ވާހަކަތައް ހިއްސާކޮށްފައި އާދެވުނީތީ އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަނެއްކާ އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ އޭނާ އަމިއްލަ ވަޒަނާއި އާއިލާދޫކޮށް މިތަނަށް މިއައީ ކިޔަވާށެވެ. އެކަމަކު މިވަނީ ކީއްހެއްޔެވެ؟ ކިޔެވުމަށް ފަރުވާ ކުޑަ ކުރެވެނީއެވެ. އޭނާއަކީ އެހާ ފަސޭހައިން ފިރިހެން ކުދިންނަށް ހައްލާލެވޭނެ ކުއްޖެއް ނޫނެވެ. އެކަމު އަލޫކް އެބޭނުންކުރަނީ ކޮންކަހަލަ ހަތިޔާރެއް ހެއްޔެވެ؟ އޭނާގެ ފަރާތުން މަލާކަށް ފެނުނު ކަންކަމުގެ ފަހަތުގައިވަނީ ކޮންސަބަބެއް ހެއްޔެވެ؟

ސީޓުގައި ބުރަކަށި ޖައްސާލައިގެން އަލޫކް އިނީ ފުންވިސްނުމެއްގައެވެ. އޭނާގެ ހަޤީޤަތް ފަޅާއަރާ ދުވަހަކުން މަލާކްއަށް ވާނީ  ކިހިނެއްބާއެވެ؟ އޭނާ އެކަންތައް ހުއްޓަން ކިތަންމެހާވެސް ބޭނުމެވެ. މަލާކް އޭނާއަށް އެހީވެދޭނެ ބާއެވެ؟ މަލާކްގެ ދޮންބައްޕަގެ އެއުޅުމަށް އޭނާ ނަފްރަތު ކުރާއިރު ހުދު އޭނާދެކެ ރުޅި ނައިސް ހުންނާނެބާއެވެ؟ މަލާކް އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާނެ ބާއެވެ؟ އޭނާ އެއްގޮތަކަށްވެސް ދޮގުހަދާ އޮޅުވާާލާކަށް ބޭނުމެއްނޫނެވެ. އެކަމަކު ތެދައް ބުނެފިއްޔާ މަލާކް ގެއްލޭނެއެވެ. ތަޤްދީރު މިކުޅޭ ކުޅިވަރު އޭނާއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެކަމަކު ތަޤްދީރުގެ ހުންގާނު އަނބުރާލެވޭނެހެއްޔެވެ؟

އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން ޗެކަޕްހެދުމުގެ ހާއްސަ ޕްރޮގްރާމެއް އެއަވަށުގައި ހިންގުމަށްޓަކައި ވޮލަންޓިއަރުން ހޮވުމަށް ފުރުސަތު ހުޅުވާލިއެވެ. ކޮލެޖުގެ ކުދިންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. އެދުވަހު ކޮލެޖް ނިންމާފައި މަލާކްއާއި ނުހާ ދިޔައީ ‘އެވެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް’ގެ ހެޑް އޮފީހަށެވެ. ދެކުދިންވެސް ވޮލަންޓިއަރ ކުރަން ޝައުޤުވެރިވީމައެވެ. ވެއިޓިންގްގައި ތިބުމަށްފަހު އެދެމީހުންނަށް ގޮވާލުމުން ހަނި ކޮރިޑޯރއިން ލައިފައި ކޮމްޕެނީ ހެޑްގެ ކެބިންއަށް ދާން ހިނގައިގަތެވެ.

އިސްއުފުލާލި މަލާކަށް ލިބުނު ކުއްލި ސިހުމާއެކު ހީވީ ދެފައިގައި ތަޅުއެޅުވުނު ހެންނެވެ. އެކެބިނުން ނިކުމެގެން އެއަންނަނީ އަލޫކްނޫން ދެވަނަ މީހެއްނޫނެވެ. އޭނާގެ މޫނުމަތީގައި ވަނީ ނޭނގޭ ތަދުމަޑު ކަމެކެވެ. އޭނާއަށްވެސް މަލާކް ފެނިފައި ހައިރާންވެގެން ބަލަން ހުރެވުނެވެ. ނަމަވެސް ހިނިތުންވެލިއެވެ. އެހިނިތުންވުމުގައިވާ ވޭން މަލާކަށް އިހުސާސްކުރެވުނެވެ. ނުހާ ހުރުމުން އަލޫކް އިތުރުއެއްޗެކޭ ނުބުނެ ނުކުމެގެންދިޔައެވެ.

މަލާކްގެ ހިތް ސުވާލުތަކުން ފުރި ބަންޑުންވިއެވެ. އަލޫކް މިތާ ކީއްކުރަނީ ހެއްޔެވެ؟ އޭނާ އެހާ ދެރަވެފައި އެހުރީ ކީއްވެ ހެއްޔެވެ؟މަލާކް އޭނާގެ ނަފްސުހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. ނުހާވެސް ހުރީ މަލާކާއި ސުވާލުކޮށްލަން ބޭނުންވެފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. zaara

    wow so nice

    1. Zelll
      zaara

      thank you zaara dear, vrh vrh thanks

  2. mishy

    Alheyy… xelll… hrdha miss vi eyy mi stry mathinn…. vrh vrh reethi… dhn stry medhu kadr nulr gnsdhhcheyy… plxx…. mi prt han obi… whn nxt?? Curiously waitinnn…. ♥♥♥♥

    1. Zelll
      mishy

      awwn mishy, thanks for the support, thanks dear, nooney ehaa laheh nuvaane, but vrh undhagoo seedhaa date eh bunan coz i’ve exams this week till Wednesday, so, after that inshaallah, i’ll post. Keep reading….

    2. Zelll
      mishy

      Mishy dear now 27.05 ga innaane part 6 up kohffa..

  3. zoa

    umm zell
    v undhagoo kiyan ehbai e fennanee
    so sad mi part kiyaalan nulibuneema
    when next

    1. Zelll
      zoa

      eiy liyumuge massalaeh, i understand, ekam dear ebbai ehnnoonn eiy, feney ekkonn but words hury eh line aku noon ehenve. so sorry, vrh avahah liyann ulhuneema, vrh bodah sorry, rangalhu kohlaanan

  4. Shaaa...

    When next. Mih part v reethi. Exam nimuneemah up kohlahcheyyy

    1. Zelll
      Shaaa...

      Yes I will thanks Shaaa…♥♥

  5. noor

    Maa shaa allah.. vrh reethi mi episode.. alook aky aslu kihineh vaa kuhjeh? i mean drugs beynun kuranytha? anyways, vrh reethi hama.. 🙂 noor akah nufenunu mistake eh mi part akun… vrh furihama.. 🙂

    1. Zelll
      noor

      Thankyou so much dear, thanks, and please do keep reading ingey, aye, thanks, but i see mistakes, hehe, vrh ufaa vejje ekam

    2. Zelll
      noor

      BTW noor hingaa dhw balann Aluke aky konnnkahala kujjeh thw?✌♥♥♥♥

  6. gjfnj

    exams othas ehen myhunge vaahaka ah comment kuraane vaguthu libey…adhi vaahaka kiyaane vaguthu ves libey..ekamaku amilla myhaa liyaa vaahaka liyaakah vagutheh nuvey…hmmm.. varah foohivey!!!!!!!!!!

    1. Zelll
      gjfnj

      Liyann vaguthu nagaane dho dear,ekam comment echehi kurann ehaa time nunegiyas, liyann vrh vaguthu nagaane ennu, Zelll vaahaka liyany hama time vyma, kurinn raavaafakaa noon, liyamunn dhamunn hama raavany, dear thi gothah vaahaka dhekkyma vrh sad ekam will keep that in mind, aslu dhogu vaahakaeh noonkann ingey but still

  7. unique

    zelll vaahaka avahah upkohdhyba cant wait to read next part plxxxxxxxxx make it fast

Comments are closed.