ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ. “ޕޮއް..” ރައިފާ އެގޭގެ ކޮންމެވެސް ކޮޓަރިއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަހަތުން މީހަކު އައިސް އޭނާ ސިއްސުވާލިއެވެ. […]
“އޯކޭ… ސްޓަޑީސް އެއްފަރާތް ކޮށްލާފަ ދެން ބަލާބަލަ ޔައީޝް އަށް.. އޭނާގެ ފަހަތުގަ އަބަދު ތިއުޅޭ ސަބަބެއް ނިކަން ބުނެބަލަ..” ރައިފާ އަނެއްކާވެސް ޒިވާއަށް ބަހުގެ ޙަމަލާތަކެއް ރައްދު ކޮށްލިއެވެ. ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބު އޮންނާނެ ބާއެވެ؟ ޒިވާ ހިނިތުން ވެލީ ރައިފާ އަށް ވިސްނޭނެ ދުވަހެއް އަވަހަށް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރާ ޙާލުއެވެ. “ވަރަށް ބޮޑަށް މަޢާފު ކުރޭ.. ޒިވް ނޫޅެން […]
ފައިސާއާ މުދާ، އިއްޒަތާ ގަދަރަކީ އެހާ މުހިންމު އެއްޗަކީ ހެއްޔެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ ކޮންމެ އަކަށް އިންސާނާގެ ބޭރުފުށުގެ އިތުރުން މީހާގެ އެތެރެ ފުށުގެ ސިފަތަކަކީވެސް މުހިންމު ސިފަތެކެވެ. ހިނިތުންވުމާ ހިތްދަތިކަން…. އުފަލާ އަރާމް… އިއްޒަތާއި ގަދަރް… ލޯއްބާއި ނަފްރަތު…. ހިތްތިރިކަމާއެއި މަޑުމައިތިރިކަން…. އޯގާތެރިކަމާއެކު އެހީތެރިކަން…. މިހުރިހާ ކަމެއް ހިމަނަގައިގެން އަޅުގަނޑު ލިޔަން ގަސްތުކުރާ ވާހަކަ “ހިތް އެދުނަސް” އިންތިޒާރު ކޮށްލައްވާ! އީނާލް ———– އީނާލް އަކީ ހިތްތިރި […]
ތެލެސީމިއާ ކުއްޖެއްގެ ދުލުން ތަކުލީފެއް ތަކުލީފެއް މިއަކީ ބޮޑު ތަކުލީފެއް ނަމަވެސް މިއަކީ ދެން ކަލާންގެ ދެއްވެވި ކަމެއް މިއަކީ އުދަނގޫ ކަމެއް ވަރަށް އުނދަގޫ ކަމެއް ހިމޮގްލޮބިން ދަށަށްދާ ވަރުން ދިމާވާ ކަމެއް މަހަކު ދެތިންހަތަރު ފަހަރު ނުވަތަ ހަފްތާ އަކުން ލޭއަޅަން ހޮސްޕިޓަލަށް ޔަގީނުން ދާންޖެހޭ ގުނާ އަދަދު ނުކުރެވޭ ވަރަށް ބޭސް ގެންގުޅުން މިއަކީ ދިރިހުރުމަށް ދެން ކުރާ […]
އޭގެ ދެދުވަސް ފަހުން ޒިވާގެ ހުންވެސް ރަނގަޅު ވިއެވެ. އެހެންކަމުން އެދުވަހު އޭނާ ސްކޫލަށް ދިޔައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާ ދިޔައީ ހިނިތުން ވެލައިގެންނެވެ. އޭނާ ޑިއުޓީ ނިންމައިފައި ކްލާހަށް ވަތްތަނާ ލިބުނީ ޤަބޫލުކުރަންވެސް ދަތި ވީ ޚަބަރެކެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނީ ނޭނގުމެއްގެ ތެރެއިންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. ބޭރުން ހިނިތުންވެލައިފައި ހުއްޓަސް ހިތުގައި އެއަށްވުރެ ބޮޑު ކޫރުމެއް އެޅިއްޖެއެވެ. ޒިވާއަށް ފުރަތަމަ ލިބުނު ހައިރާންކަމާއި ސިހުމުގެ […]
އަމީމަކީ 26 އަހަރުގެ ޒުވާނެކެވެ. ކިޔަވާ ނިމިފައި ހުރި އަންހެނުންގެ ޙާއްސަ ޑަކްޓަރެކެވެ. ބޮޑަށް ވައްތަރީ މޮޑެލްއަކާއެވެ. އެހާވެސް ފުރިހަމަ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި އެހާ އޮމާނެވެ. އަޅި ކުލައިގެ ކަޅިއަކާއި ކަނދުރާއާއި ހަމައަށް އަރާވަރުގެ ފަން ފަން އިސްތަށިގަނޑެކެވެ. ބަލާ ބެލުމަށް ކޮރެއާ ކުއްޖަކާއި މާ ބޮޑު ތަފާތެއް ނެތެވެ. އަމީމްގެ މައިންބަފައިން އެންމެ ހާސް ވަނީ އުމުރުން 26 އަހަރު ވީ އިރުވެސް ކައިވެނި ކުރުމުގެ ހިޔާލު އަމީމް ނުކުރާތީއެވެ. އަންހެނުންގެ ހާއްސަ […]
އެރޭ މުސްކާން ގެއަށް ލައިދޭން އިޒިކް ދިޔައެވެ. ކާރުން ފައިބާ އިޒިކް އަށް ހަނާ އަޅާލަމުން މުސްކާން އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ކުރިމަތިން މާނިއު ފެނުމާއެކު ބިރުން ފަހަތަށް ޖެހެވުނެވެ. މާނިއުގެ ތުންފަތުގައި ވި ވިހަ ހިނިތުންވުން ފެނުމާއެކު މުސްކާން އަށް ހިން ދިރުވާލެވުނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވެފަވަނީ ނުބައި ނުލަފާ އިންސާނެކެވެ. ރަހްމެއް ހަމްދަރުދީއެއްނެތް ނުލަފާ މީހެކެވެ. މުސްކާން ގެ މޫނުމަތީގައި ވި ނުތަނަވަސް ކަމުގެ އަސަރުތަކުން މާނިއު އަށް ހަމަޖެހުން ލިބިގެން […]
ޔައިޝް އެންމެ ފަހުން ބުނެލި ޖުމްލަތަކުން ޝައުނާ ހުރީ ހައިރާންވެފައެވެ. އޭނަގެ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުނެވެ. ގިސްލެވުންވެސް ވަނީ މިހާރު ހުއްޓިފައެވެ. ލިބުނު ހައިރާންކަމުގައި އޭނާއަށް ހުރެވުނީއެވެ. ޔައިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައީ ޝައުނާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޝައުނާ އޭނަގެ ލޯބި ގަބޫލު ކުރާނެބާއެވެ؟ އޭނަގެ ލޯބި ގަބޫލުކޮށްފިނަމަ ހާދަހާ އުފާވާނެއެވެ. އޭނަ އަބަދުވެސް ޝައުނާ އުފަލުގައި ބެހެއްޓޭތޯ ވީވަރަކުން މަސައްކަތްކުރާނެއެވެ. ޝައުނާއަށް އަށް އިންތިހާ ލޯބި ދޭނެއެވެ. އެހެނަސް ޝައުނާ […]
ފަޅު ގެއެކެވެ. ދުވާލު ނަމަވެސް މުޅި ގޭތެރޭގައި ވަނީ އަނދިރީގެ ސާލެއް އޮޅާލެވިފައެވެ. ދޭތެރެ ދޭތެއިން ފުރާޅުގައި ހެދިފައި ހުންނަ ލޯވަޅުތަކުންނާއި ފާރުގައި ހުންނަ ބާކޮޅުކޮޅުން ފުރޭނިގެން އައިސްފައިވާ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ތިރީގައިވާ ހިރަފުސް ވެލިގަނޑުގައި ތަފާތު ވައްތަރުގެ ވިނަ ހެދިފައި ވިއެވެ. ތަން އޮތް ގޮތުންވެސް ދިރޭ ސޫފާސޫފި އެތާ އުޅޭނެކަން ޔަގީން ކުރެވެއެވެ. “ތެންކްސް ވަރަށް ބޮޑަށް… ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ ޙަޤީގަތުގަވެސް… އެތަށް ދުވަހެއް ވާންދެން […]