ޒިވާ ހިގައިގަތް ތަން ފެނުނު ޔައީޝް އަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެކަން ކުރީ އެއްގޮތަކަށްވެސް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެއް ނޫނެވެ. ޒިވާ ދެބުމަ ގޮށް ޖަހާލައިގެން އަތް އުރާލި އިރުވެސް އޭނާ ހަމަ ޙަޤީގަތުގައިވެސް ރުޅިި އައީ ކަމަކަށް ޔައީޝް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އިތުރަށް ހެން ފެށީއެވެ. ނަމަވެސް ޒިވާ އެފަދަ ގޮތަކަސް ދިޔުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. ޒިވާ ދުވަހަކުވެސް އޭނާ ރުޅި އަންނަފަދަ […]
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލި ވެފައި ވީ ނަމަވެސް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. ކޮންމެ ރެއަކު ވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމައާއި ދޭތެރޭ ވިސްނާފައި އިތުރަށް މާޔޫސްވަނީއެވެ. ސަމާއާއި ދޭތެރޭ ނުވިސްނާ ހަމަ އެންމެ ރެއެއްވެސް ނުދެއެވެ. އެހަނދާންތަކާއި ދުރަށްދެވޭނެ ގޮތެއްވެސް އަހަންނަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަންނަށް އެނގެއެވެ. މިރޭވެސް އަހަރެންގެ އެއްވެސް ބާރަކާއި ނުލައި އަހަރެން ޚިޔާލުތަކުގެ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަޤުވިއެވެ. […]
ކުޑަދޮރުގައި ހުރި ދޮރުފޮތިގަނޑުގެ ކުދި ކުދި ހޯތަކުން ފުރޭނިގެން އައި އިރުގެ ރަން ދޯދިތައް ނިދިފައި އޮތް ރިމްޝާގެ ދޮންދޮން މޫނަށް އެޅި އަލިވެގެންދިޔަ ހިނދު ދެތިންފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ. ނިދުމުގެ ސަބަބުން ޗޮކްލެޓް ކުލަޔަކަށްދާ ފަން އިސްތަށިގަނޑު ހޭވިފާވާއިރު އެދޮންދޮން މޫނުމައްޗަށް ވެރިވެފައިވާ ލުއިހިނުތުންވުމުގެ ސަބަބުން މީހަކު ބަލާ ފޫހިނުވާނެއެވެ. ރިމްޝާގެ މަންމަ ހަސީނާއަކީ ދިވެއްސެއް ނަމަވެސް ރިމްޝާގެ ކިބައިގައިވާ ބޭރުކުއްޖެއްގެ ސިފަތަކުގެ އަސްލަކީ އޭނަގެ ބައްޕައެވެ. އިސްމާޢީލްގެ ކިބައިގައި އެއްވެސް ހަރުދަނާކަމެއްނެތްކަން އެނގިހުރެވެސް […]
ނޯޓު: އަޅުގަނޑު ތިރީގައި މިހިމަނާލަނީ ވާހަކަ ލިއުމަށް އަޅުގަނޑަށް ކަމުދިޔަ 3 ފެށުމެކެވެ. މިތަނުން އެންމެ ގިނަ ކިތުންތެރިންނަށް ކަމުދާ ފެށުމަކަށް ރަމަޟާން ފަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަޅުގަނޑު ވާހަކަ އަޕްކުރަން ފަށާނެ ކަމުގައި ދަންނަވާލީމެވެ. (1) ދުވާލުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު އިރު ހަނދަށް ފުރުސަތު ދެމުން ވަކިވެގެން ދިޔައީ ދުނިޔެއަށް އަނދިރިކަން ވެރިކުރުވަމުންނެވެ. ދޫނި ސޫފާ ސޫފީގެ އަޑު މުޅިންހެން ކެނޑި ރޭގަނޑަށް މިޔުޒިކު ކުޅެމުން ދިޔައީ ފަނި ފަކުސައެވެ. ލޯބިވެރިންނަށް ޙާއްސަ ފިނިފިނި މިރޭ ނީލް […]
“ޒީވް މިއަދު ހާދަ ލަސް ވީ؟” އާންމުކޮށް އަންނަ އިރަށްވުރެ ލަސްވުމުން އަޔާނީ ޒިވާ އާއި ސުވާލު ކޮށްލިއެވެ. “ބޮޑު ތަކުރުފާނާއި ޖެހުނީމަ އޭނާގެ ވާހަކަ ފަށައިގެން ލަސް ވީނު..” ޒިވާ އެހެން ބުނެލީ ކޮންމެހެން މައިހާ އާއި އަޔާނީ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އެކަން ވެއްޖެއެވެ. ބޮޑު ތަކުރުފާނު ޒިވާ އެ މުޚާތަބު ކުރީ ޔައީޝް އަށްކަން އެދެމީހުންނަށް އިނގުނެވެ. އެކުދިން ސަމާސާ ކުރަމުން ދިޔައިރު އެ ކްލާސްރޫމު ދޮރުމަތިން އެއްކަލަ އަންހެން ކުއްޖާ […]
“ޒާހިދު” ދާނިޝް އިއްވާލީ އިރުކޮޅެއް ފަހުންނެވެ. “ޒާހިދު. ދޮންބެ ބައްޕަ؟’ ރާސިލް އަށް ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ. ލިބުނު ސިހުމގައި ސޯފާއިން ތެދުވެވުމާއެކު ރާސިލް ދާނިޝް އަށް ބަލަހައްޓައިގެން ހުރި އިރުވެސް އެ ލޮލުގައި ވަނީ ނޭނގޭ ވިދުމެކެވެ. “ޒާ… ޒާހިދު… ދޮންބެ ބައްޕަ… އައިލީ ބައްޕަ” ރާސިލް އަށް ދެލޯ ބޮޑުކޮށްލަމުން އަހާލެވުނީވެސް އަޅައަޅައިގަންނަމުންނެވެ. އެ ލޮލުން ސިހުމާ ރުޅިވެރިކަންވެސް ފާޅުވަމުން ދިޔައެވެ. “އައި އެމް ގޮނަ ކިލް ހިމް… ޒާހިދު އައިސް އެ ބައުޅޭ…” ރާސިލް […]
“ނޫން ނޫން ނޫން…” އެ އަންހެން ކުއްޖާ ގެ އަޑު ގަދަވެ ގިސްލުމަކަށް ބަދަލްވެގެން ދިޔައެވެ. އިޒިކް ދޮރުހުޅުވާލާފައި ނުކުތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެ ފްލޯގެ އެޕާރްޓްމެންޓް ބީ ގެ ދޮރުމަތީ އިނދެރޮމުން ދިޔަ އަންހެން ކުއްޖާއެވެ. އިޒިކް އަށް ސިހުން ލިބުނީ އެއީ މިއަދު މާނިއުމެން އުޅޭ އެޕާރޓްމެންޓްއިން ނުކުތް ކުއްޖާ އަށް ވީމައެވެ. އެހެންކަމުން ހައިރާން ކަމެއް އިޒިކް އަށް ލިބިފައިވެއެވެ. ހުރިތަނަށް ތިރިވެވުނު މުސްކާގެ ގެ ލޮލުގައި ދުޅަކަމެއްވުމާއެކު ތުންފަތުގައި […]
ޒާރާ އަށް ހޭލެވުނީ ގަޑި ސޯނާ ވާންފެށުމުންނެވެ. ތެދުވެ ގަޑި ބަލައިލިއިރު ފަހެއް ޖަހާފިއެވެ. ސުކޫލް އަށް ދާންޖެހެނީ ހައެއް ޖަހާއިރުކަމުން ފާހާނާ އަށް މޫނު ދޮވެލާ ފެންވަރާލާ ހަދައިގެން ނިކުތެވެ. އޭރު ގަޑިން ފަސްގަޑިބައި ވަނީއެވެ. މިއަދު މިއީ އައުއަހަރުގެ ކިޔެވުން ފެށޭ ދުވަސްކަމުން ޒާރާ ބޭނުންވީ ގަޑި ނުޖެހި ސުކޫލް އަށް ދާންށެވެ. ޔުނީފޯރމް ލައިގެން ފުނާއަޅާލާ ހަދައިގެން ޓީޗަރު ވައިބާ އިން ފޮނުވާފައި އިން ޓައިމްޓޭބަލް އާ އެއްގޮތަށް ދަބަހަށް ފޮތްތައް އަޅަންފެށިއެވެ. […]