“އަދި ދެއްމެއަކު ހޮސްޕިޓަލުން ތިނުކުތީ..” ޖާމިޔާ ބުނެލިއެވެ. ތާރާ ތުން ކޮޅު ހަދާލާފައި ގޯތިތެރެއަށް ނުކުތެވެ. އޭރު 1 އަހަރުގެ އީނާލް އުރާލާގެން ކައިސާން ހުރީ ދޫނި ކޮށި ކައިރީގައެވެ. ސަމާސާ ކުރާށެެވެ. ކައިސާން ހީލާރު ހާދަ ލޯތްބެެވެ. ތާރާ ހިތައް އެރިއެވެ. *ޕާރޓް-12* އެހެން ހިތަށް އެރުމުން ތާރާ ދެކޮޅަށް ބޯ ހޫރާލިއެވެ. އަދި އައިސް ކައިސާން މެން ކައިރީ ހުއްޓިލިއެވެ. ތާރާ އީނާލް އާއި ދިމާއަށް އަތް ދިއްކޮށްލުމާއި އެކީ އީނާލް ތާރާ އާއި […]
ކާރު ގޮސް ގޭގެ ކުރިމައްޗައް ހުއްޓިއްޖެއެވެ. އޭރު ކައިލް ވަރައް ހިމޭންކަމާއެކު ކާރުގެ ސްޓިއަރިންގައި ހިފަހައްޓައިގެން އިނެވެ. އަހަރެންގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ކައިލްއާއިދިމާއަށް އެއްފަހަރު ވެސް ބަލާލާކައް އަހަންނަކައް ނުކެރުނެވެ. ކައިލްވެސް އިނީ އެފަދަ ހާލެއްގަކަން އަހަންނައް އޭނާގެ މޫނުމަތިން އެނގެއެވެ. އިރުކޮޅަކު ހަމަހިމޭންކަން އޮތުމައްފަހު މިފަހަރުވެސް އިސްވެ ފުރަތަމަ ވާހަކަ ދެއްކީ ކައިލްއެވެ. “އެލައީ.. މިރޭ އެހާ ބޮޑަށް ނުވިސްނައްޗޭ…” މަޑުމަޑުން ކައިލް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އެއައްފަހު ކާރުން ފައިބަން ދޮރުގައި […]
ޒިޔާދު އެޕާޓްމަންޓަށް ވަދެގެން އައީ ބިރުގަނެފައި ހުރި މީހެއް ފަދައަކުން ނޫނެވެ. އޭނާގެ އަތުގައި އޮތް ބަޑި އަމާޒުވެފައި ހުރީ ސީދާ ޒޭންއަށެވެ. އޭނާގެ ދަރިފުޅު ދިރިހުރިކަން އެނގުމުން ލިބުނު އުފަލަށްވުރެ އޭނާގެ ރަސްކަމަށް އޮތް ނުރައްކާ އޭނާއަށް މާ ބޮޑެވެ. ޒިޔާދުގެ ތުންފަތަށް ވެރިވީ ބިރުވެރި ހިނިތުންވުމެކެވެ. އޭނާ ހިފަހައްޓައިގެން ހުރި ބަޑީގެ މުށް އިތުރަށް ބާރުކޮށްލަމުން، ޒޭންގެ ދެލޮލަށް ސީދާ ބަލާލިއެވެ. “ކަލޭ ހީކުރީ ކަލޭގެ އެ ކުޑަކުޑަ ޑްރާމާ އަކީ އަހަރެން ސިއްސުވާލެވޭނެ […]
ހިނދުކޮޅެއް ފަހުން ލަކުޑިބުރި ހަލާކު ވިއެވެ. ވަގުތުން ޒައިނީގެ ލޮލުގައި ކަރުނައިގެ އަސަރު އުފެދުނެވެ. ހިތްވަރު އެލުނެވެ. ނަމަވެސް ދެފަރާތް ބަލައިލީ އެހެން އެއްޗެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. އޭނާގެ ނަސީބުވެސް ރަނގަޅީއެވެ. ދަގަނޑު ގަނޑެއް ފެނުނެވެ. އޭތި ނަގާ އަނެއްކާވެސް ތަޅުގައި ޖަހަން ފެށިއެވެ. ތިރީސް ވަރަކަށް މިނިޓް ފަހުން ތަޅު ހަލާކުވިއެވެ. އޭރު އޭނާގެ އަތު މުށުގައި ވެސް ލޭގެ އަސަރު ހުއްޓެވެ. ތުރުތުރުލަމުން ދިޔަ އަތް ހަމައަކަށް އަޅުވަމުން އޭނާ ދޮރު ހުޅުވާލިއެވެ. […]
Warning: Contains explicit references to domestic violence and abusive language ސުމައްޔާ އާއި ވާހަކަ ދެއްކުމަށް ފަހު އަރީން ދިޔައީ ބަދިގެއަށެވެ. އޭރު ފާތުމަމެން ރިހަގަނޑެއް ކައްކަން އުޅެއެވެ. ކާތަކެތީގެ ވަހުން މުޅި ބަދިގެ ވަނީ އެއްވަސް ވެފައެވެ. އަރީނަށް މި ވަސް ދުވުމުން އަނެއްކާވެސް ބޮލުގައި ރިއްސައިގަތެވެ. އޭނާ އެ ތަނުން ނުކުމެ ދުވެފައި ސިޑިން މައްޗަށް އަރައިގެން ދިޔައީ މޭ ނުބައި ކުރާ ގޮތް ވުމުންނެވެ. އަރީނަށް ފާޚާނާ އަށް ވަދެވުނީ […]
“ލިވީ އެ ދައްކަނީ ރިންގް ރީތި ވާހަކަ..” ލުއި ހުނުމަކާ އެކީ ލައިނީ ބުނެލުމުން ލިވްޔާ ރަކިވެފައި އިސްދަށަށް ޖެހި ނަމަވެސް، ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ފަޚުރުވެރި ހިނިތުންވުމެކެވެ. “މަ ހީކުރީ އެންގޭޖްވާ އިރު މީހުން ދެނީ ސިލްވަރ ރިންގް ކަމަށް..” ލިވްޔާގެ އަނގޮޓިއަށް ބަލައިލަމުން ޔާނިއު ސަމާސާ ކޮށްލިއެވެ. “ޝީ ޑަޒަންޓް ވެއަރ ސިލްވަރ..” ރައިހާން އެހައި ޔަގީންކަމާ އެކު އެހެެން ބުނެލުމާ އެކީ ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭނާގެ ހުރިހައި ކަމެއް […]
* ކުއްލިއަކަށް ގޭގެ ބެލް އަޅަންފެށިއެވެ. އޮތްތަނުން ހިއްލާލަން ޔައުލާން ކަންނެތްވިއެވެ. އޭނާ އޮތީ އެހާވެސް އަރާމުގައެވެ. މިވަގުތު ގެއަށް އަންނާނީވެސް ވަކި ކާކުހެއްޔެވެ. އޭނާ ރީއަލް ފޮނުވީ ތަޅުދަނޑި ދީފައެވެ. އަނެއްކާ މިމްރާހު ހެއްޔެވެ.؟ * އެހެން ވިސްނަން އޮއްވާ ދެން އިވުނީ ފިންގަރ ޕްރިންޓް ޖަހައިގެން ދޮރު ހުޅުވި އަޑެވެ. އެ އަޑަށް ޔައުލާން ވަގުތުން ކޮޅަށް ޖެހުނެވެ. އަދި ވަގުތުން ދޮރުހުޅުވާ ބޯދިއްކޮށް ބަލާލިއެވެ. އެތަނުގައި އަތްދަބަހެއް އަޅުވައިގެން ހުރި މިޝަލް ފެނި […]
ދުނިޔެއަށް ފުރަތަމަ ނޭވާ ލާއިރުވެސް ބައެއް އަންހެނުންނަށް އެފަދަ ޖީންސްތައް ލިބިފައި ހުރެއެވެ. ކައިވެނި ނުކުރިޔަސް އެކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ. ފުރަން ކާރަށް އެރިއިރުވެސް ފާރީސްގެ ހަބަރެއް ނުވިއެވެ. ގުޅާވެސް ލީކީ ނޫނެވެ. އާނޫ މުޅިން ނާއުންމީދު ވެއްޖެއެވެ. ފާރީސްއަށް އޭނާ ދޭން ނިންމި މީ ފަހު ފުރުސަތެވެ. ކުޑަ މިނުން އޭނާ ލޯބިވާނަމަ ދެކިލަން އައިހެވެ. ހާލު ބެލީހެވެ. ފުރުމުގެ ކުރިން ފާރީސް އަތުވެދާނެބާއެވެ؟ އިތުރު ފުރުސަތެއް އާނޫ ފާރިސްއަށް ދީފާނެ ބާއެވެ؟ […]
“އަސްލު ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ބަލަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–” ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއާއެކު ޒީވާ ގަތް ލަދުން އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައިރު، ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުން ޖަހައިލިއެވެ. ************ “ސާބަހޭ ދޮންބެއަށް. ދުވަހަކު ގަޑިއަށް ތަނަކަށް ދެވޭކަމަށް ނަހަދާނެ.. ކޮންހާ ރީއްޗެއް ވާކަށްތަ؟ ސިސްވެސް ދަނީކީ […]