Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ލޯބީގެ ހަނގުރާމަ 1

ismail dhaaniyaal Level 1
July 11, 2025 2 Mins Read
0 Comments

                ބެލްކަނީގައި ގޮނޑިއެއްގައި އިށީންދެލައިގެން މައުރޫފް އިނީ ފުން ހިޔާލެއްޖެ ޖެހެމުންދިޔަ ފިނިވައިރޯޅި މައުރޫފުގެ ގައިގައި ބީހިލި ހިނދު ހީބިހި ނަގައިން ނަގައިގެން ދާ ކަހަލައެވެ. ސިކުނޑީގައި އެއްކޮޅުން އަނެއްކޮޅަށް ދުވަމުން ދިޔައީ މައުރޫފުގެ ހިތް އަތުލާފައިވާ ޔަޝްފީން އެވެ. ޔަޝްއެވެ. ވަޒީފާގެ މާހައުލުން ދިމާވި ޔަޝްއަކީ އެންމެނަށްވެސް ރަނގަޅު ހިތްހެޔޮ އިންސާނެކޭ. ކަޅު ވަރުގަދަ އިސްތަށިގަނޑެއް ލިބިފައިވާ ޔަޝްއަކީ މަޑު މުށި ކުލައިގެ ހަންގަޑެއްގެ ވެރިއެކޭ.
ގޭގެ ދޮރުމަތީގައި ބާއްވާފައި އޮތް ކާރަށް އަރާ މައުރޫފް އޮފީހަށް މިސްރާބު ޖެހިއެވެ. އޮފީހަށް އަރާ ހަމަވިއިރު ގަޑި ނުވަގަޑި ބައިވަނީއެވެ. ބައިގަޑިއިރު ކުރިން އާދެވުމުން ކައިރި ހުރި ކެފޭއަކަށް ވަނެވެ. ކޮފީތަށްޓެއް ގަނެގެން މައުރޫފު ނުކުތް ވަގުތު ފެނުނު މަންޒަރުން ހުއްޓުން އެރި އެވެ. ދޮރު ކުރިމަތީ ހުރި ޔަޝް މައުރޫފަށް ހަނާ އަޅާލިއެވެ. ކޮފީތަށި ހިފައިގެން ޔަޝްއާ ދިމަލާ މައުރޫފް ހިނގައިގަތީ ހިނިތުންވެ ހުރެއެވެ. ކައިރިއަށް ގޮސް ޔަށިގައިގައި މައުރޫފު ބައްދާލިއެވެ. ޔަޝްގެ ގައިން ދުވާ މަޑު މަޑު މީރުވަސް މައުރޫފުގެ ގައިގައި ފަތުރާލިއެވެ. ޔަޝްގެ އަތް މައުރަފު އަތާ ބީހިލުމުން މައުރޫފުގެ މޫނު ގަދަ ރަތް ކުލެއް ބަދަލުވިއެވެ. ހިތުގެ ތެޅުން އިތުރަށް ބާރުވިއެވެ.
ގަޑި ފާއިތުވި ކިހިނެއް ކަމެއް ނޭނގުނެވެ. އޮލަ ވާހަކައިގައި ތިއްބާ އެހެން މީހުން އައެވެ. ވާހަކަ މެދުކަނޑާލުމަށް ފަހު ދެ މީހުންނާ ހަވާލުކުރެވިފައިވާ އޮފީހަށް ވަކިވިއެވެ. ކުރާނެ މަސައްކަތައް މަދެވެ. ކުރަން ހުރި މަސައްކަތްތައް ނިމުމުން މައުރޫފް  މޭޒުގައި ބޯ ޖަހައިލިއެވެ. ކަޅު ކޮޓަރިއެކެވެ.  ކޮޓަރީގެ މެދުގައި ދިއްލިފައިވާ މަޑު ރީނދޫ ކުލައިގެ ބޮކި ވަނީ މޭޒެއް ދިއްލާލައިފައެވެ. ފިނިފެންމަލުގެ ގަދަ ރަތް ކުލައިގެ ފިޔަތައް ވަނީ މޭޒުވަށައި ބަހައިލާފައެވެ. އުއްބައްތިއެށް ދިއްލާފައިވާއަރު މޭޒުގެ ދެ ފަޅީގައި ތަށިތަކެއް ބަހައްޓާފައި ހުއްޓެވެ. ފަހަތުން ދޮރު ހުޅުވާލި އަޑު އިވުނެވެ. މައުރޫފް ފަހަތަށް ބަލައިލިއެވެ. ނޫކުލައިގެ ރީތި ހެދުމަތް ލައިގެން ހުރި ޔަޝްއެވެ. ކައިރިއަށްގޮސް ޔަޝްގެ އަތުގައި ހިފާފައި ގެންގޮސް މޭޒުގެ އެއްފަޅީގައި ބޭންދިއެވެ. މައުރުފް ގޮސް އަނެއް ފަޅީގައި އިށިންދެލާފައި ތަށްޓަށް ފެން އަޅާލިއެވެ. އެވަގުތު ދޮރު ހުޅުވާލުމުން މައުރޫފު ބަލައިލިއެވެ.
“މައުރޫފް މައުރޫފް”. މައުރޫފް ސިއްސައިގެން ދިޔައެވެ. ބޯ ނަގާފައި ފެށީ ތަސްބީހަ ކިޔާށެވެ. ވަޒީފާގެ ނިދުމަކީ މަނާކަމަކަށް ވާތީ ހެނދުނުގެ ޒިކުރުތައް ކިޔާކަމަށް ހެދިއެވެ. އޭނާގެ ބޮޑަށް ހުންނަ މީހާ ބަލަން ހުރެފައި ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އެފެނުނީ ހުވަފެނެއްކަން މައުރޫފަށް ސާފުވެގެން ދިޔައެވެ. ކުރަމުންދިޔަ ހިތާމަ މެދުކެނޑުނީ ދޮރުގައި މީހަކު ޖަހާލުމުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނީ ޔަޝްއެވެ. އަވަސް އަވަހަށް މޫނުމަތި ރީތިކޮށްލިއެވެ. ދެމީހުންގެވެސް މަސައްކަތް ނިމިފައި ހުރުމުން ކައިރީގައި ހުރި ރެސްޓޯރެންޓަށް ދިއުމުގެ ޚިޔާލު ޔަޝް ދިނެވެ. މައުރޫފުގެ މޭޒުމަތީގައި އޮތް ފޯނާއި ބޭންކް ކާޑު ނަގައި އެކަމަށް އެއްބަސްވިއެވެ. ދެމީހުންވެސް އަތު ގުޅުވައިގެން އިރު އޮއްސުމަށް ދިޔަކަހަލައެވެ. ނަމަވެސް އެއީ ހުވަފެނެއް އެކަނިކަން މައުރޫފް އަމިއްލަ ނަފްސާ މުހާތަބު ކުރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ismail dhaaniyaal

Level 1

Other Articles

Previous

އަބަދަށް-25

Next

ލޯބީގެ ހަނގުރާމަ 1

Next
July 11, 2025

ލޯބީގެ ހަނގުރާމަ 1

Previews
July 10, 2025

އަބަދަށް-25



All Right Reserved!