Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭނަމަ(23)

naberr
naberr Level 210 Stories100 Login
July 12, 2025 3 Mins Read
0 Comments

“ހިނގާދާން…..”ނައިރާ ބުނެލިއެވެ.ނައިރާ ފަހަތުން ރާއިން ގޮސް ކާރުގެ ދޮރު ހުޅުވާދިނެވެ.”ކިހިނެއް މިހާރު”ކާރު ތެރޭގައި އުފެދިފައިވާ ހިމޭންކަން ނައްތާލުމަށް ރާއިން އަހާލިއެވެ.”ރަނގަޅު…. ރާއިން ކިހިނެއްއތަ؟”ވަރަށް ބަރާބަރު ހަމަ”ރީތި ހިނިތުން ވުމެއް ރައްދު ކޮށްލަމުން ރާއިން ބުނެލިއެވެ.”މިއަދު ރަނގަޅަށް މެމޮރީ ލޮސްކަން ދައްކާނަން”ހިތާހިތުން ރާއިން ބުނެލިއެވެ.

ރަސްފަންނު ކައިރިގައި ޖޫގޯ ގަނެގެން އައި ރާއިން އަތުން ޖޫގޯ ނައިރާ ގަޔަށް ވެރުނުވެ.”އޮހް ސޮރީ..އައިން ރިއަލީ ސޮރީ.ލެޓަ މީ ހެލްޕް ޔޫ”ނައިރާ ހެދުން ފޮހެލަމުން ރާއިން ބުނެލިއެވެ. “ނުފިލާން…ބަދަލު ކުރަން ޖެހޭނީ…..’ނައިރާ ބުނެލިއެވެ.އެންމެ ރަނގަޅުކަމަށް ބުނެ ނައިރާ ގޮވައިގެން ކާރަށް އަރައި ކާރު ދުއްވާލިއެވެ.”މި…ގެޔަށް ކީއް….މިބުނީ މީ ކޮންގެޔެއް.ނައމެން ގެޔަށް ގޮސްގެން ބަދަލު ކުރެވޭނީ”ބުނެވެން އުޅުނީ ކޯއްޗެއް ކަން އެނގުމާއެކު ނައިރާ ދުލުކޮޅުގައި ދަތްއަޅާލެވުނެވެ.”ނައީީ….މީ އަހަރުމެން ދެމީހުން މެރީ ކޮށްގެން އުޅޭގެ….”އަމިއްލަ ހިނިގަނޑު މައިތިރި ކޮށްލަމުން ރާއިން ބުނެލިއެވެ.”ސުބުޙާނަﷲ….މިސޮރު މިހާރު މިހާހިސާބަށް ވެސް ދިޔައީތަ ނައިގެ ހަނދާން ތައް އާކޮށްދޭން ހަނދައިގެން”ހިތާހިތާ ނައިރާ ކިޔާލިއެވެ.ގޭތެރެއަށް ވަދެގެން ދިޔައިރު  ކާ ނޭޒު ކައިރި ހުރެ ރާއިން އަށް އކަނި ފެންނާނެހެން ހުރިހާ ކަމެއް ނިމިފައޭ ބުނެލިއެވެ.  ރާއިން ކޮޓަރި ދޮރު ހުޅުވާލުމާއެކު ނައިރާ އަށް ޝަހާދަތް ކިޔާލެވުނެވެ.ކޮޓަރީގެ ކޮންމެ ބިތެއްގައި ނައިރާ އާއި ރާއިން ކައިވެނީގެ ފޮޓޮ ތަކެއް ހަރުކުރެވިފައި ވެއެވެ.”އޯކޭ ފައިން……އިރާ މެމޮރީ ލޮސްއެއް ނުވެ…އައިން ސޮރީ”އެންމެ ފަހުން ނައިރާ ބުނެލިއެވެ…..”ޔެސް…އަހަންނަށް ތިކަން އެނގުނޭ ކުރިންރޭ…”ރާއިން ބުނެލިއެވެ.މައްސަލަ ހައްލު ކުރުމަށް ފަހު އެއްޗެހި ބަދަލުކޮށްގެން އައުމަށް ބުނެ ރާއިން ނުކުތެވެ.

މުޅި ސިޓިންގ ރޫމް އަދިރިކޮށް އޮތުމުން ނައިރާ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ. މީގެ 6 މަސް ކުރިން ވެދިޔަ ކަންތައް އަލުން ވެދާނެ ކަމުގެ ބިރު ހިތަށް އެރުމާއެކު ފޯނުން ފްލެޝް އަވަސްއަވަހަށް ދިއްލާލިއެވެ.ފުނުނު މަންޒަރުން ނައިރާ ގެ ލޮލުނަ ކަރުނަ އޮހިގަތެވެ.”އައިޝަތު ނައިރާ…..ދެވަނަ ފަހަރަށް އަހަރެންގެ ލޯމަތިން ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން…ތިޔަކީ އަހަރެން ދިރިހުރުމުގެ މަގްސަދު…..އިރާ އާއި ނުލާ އަހަރެން މޮޔަވެދާނެ…އަހަރެންނަކަށް މާ ރޮމޭންޓިކް ކޮށް ބުނާކަން ނޭނގެ..އައިޝަތު ނައިރާ…އިލް ޔޫ މެރީ މީ”އަލިމަސް ޖެހި އަނގޮޓިއެއް ދިއްކޮށްލަމުން ރާއިން ބުނެލިއެވެ. ރާއިން އަށް އަަތް ދިއްކޮށްލަމުން ނައިރާ ބޯ ޖަހާލިއެވެ.ނައިރާގެ އަތުގައި އަނގޮޓި އަޅުވާލުމާއެކު އެންމެންގެ އަތްތިލަބަޑީގެ އަޑި މުޅި ތާގައި ހިފާލިއެވެ.”އަމަ ރިއަލީ ސޯ ސޯ ހެޕީ ފޯ ޔޫ ލަވް”ނައިރާ ގައިގައި ބައްދާލަމުން ރިފާ ބުނެލިއެވ.”ތެންކްސް..އެކަމު ކިހިނެއް މިގެޔަށް”ނައިރާ ސުވާލު ކޮށްލިއެވެ.”އެއީ ރާއިންގެ ޕްލޭން…..އެރޭ އެ ވާހަކަ ދައްކާފަ ރޯމް އަށް ގޮއްސަ ރިފް ނާނު ކައިރި އެވާހަކަ ދެއްކީ…ދެން އިރުކޮޅެއް ނުވެ ރާއިން ގުޅާފަ ބުނި ދެއްކި ވާހަކ އަޑުއިވުނޭ…ދެން އަހަރުން 3 މީހުން ވެގެން މި ޕްލޭން ކުރީ ރިފް އާ” ކުރުގޮތަކަށް  ރިފާ ކިޔާލަދިނެވެ.އެންމެން އެއްކޮށް ރޭގަނޑުގެ ކެއުން ކުރިޔަށް ގެންދިޔައިރު މުޅި މާހައުލުގައި ވަނީ އުފަލާއި ހިތްހަމަޖެހުމެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެ އޭނގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރު މިޔަދަކީ ނައިރާ އާއި ރާއިން ރަން ކިޔަން ހަމަޖެހިފައިވާ ދުވަހެވެ…އީޝާމެންނާއި ހިލާފަށް އެކަށީގެންވާ ވަރަށް ހެކި ހުރުމުން ވަރަށް ފަސޭހައިން ރާއިންމެންއަށާ މޮހު ލިބުނެވެ.އަދި އީޝާމެންނަށް 35 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ….ދިވެހިވަންތަ ގޮތަކަށް ހުޅުމާލޭގެ ބީޗް ތައްޔާރު ކުރެވިފައި ވިއެވެ. 15 4 ވުމާއެކު އާއެކު އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިން އަންނަމުން ދިޔައެވެ.ނައިރާ އާއި ރާއިން ހުއްޓިލައިގެން ހުރިދިމާ ފަހަތުގައި ދިވެހިން “ކީ ފަހު މަށަށް ރަން”ޖަހާލާފައި ވިއެވެ.”ލޯންގ ޓައިމް ނޯ ސީ…ކޮންގްރާ ފޭވް….ނައިރާ އާއި އެކީ މަސައކަތް ކުރާ މުވައްޒަފަކު ބުނެލިއެވެ..”ތެންކްސް”ރާއިން އާއި ދިމާލަށް ބަލާލަމުން ނައިރާ ބުނެލިއެވެ.މުޅި މާހައުލުގައި ގުގުމާލާފައިވަނީ ނަސޫޙު ގެ ހިތްގައި ލަވަކިޔުމުގެ އަޑެވެ.”އިރާ….މިހާރު ފަޔަށް ވާލު ވެފައެއްނު ހުންނާނި ހިނގާ އިށީދެލަން”ރާއިން ބުނެލިއެވެ.ރާއިން އަތުގައި ހިފާލައިގެން ގޮސް ނައިރާ އާއި ރާއިން އަށް ވަކިން ހާއްސަކޮށް ޖަހާފައި އިން ގޮނޑިގައި އިށީދެލިއެވެ.”ނައި ކޯއްޗެއް ގެނެސްދޭއްވީ”ރިފާ  އޭނާގެ 8 މަހަށް ދާ ބަޑުގައި އަށްޖައްސާލައިގެން ހުއްޓެވެ.”ސާބަހޭ މިހިރަ އަންހެނާއަށް….މިތާގަ އިށީދެލައިގެން ހުރެބަލަ…..މިތަނަށް އައި ގޮތަށް ތަނެއްގަ އިށީނީއެއްނޫން”ޖެހިގެން ހުރި ގޮޑިއަށް އިށާރައް ކޮށްލަމުން ނައިރާ ބުނެލިއެެވެ.”އޭނައަކަށް ނުހުރެވޭނެ…..ކިތައް ފަހަރު މަވެސް ބުނެފިން ތަނެއްގަ 2 މިނެޓަށް ވިޔަސް އިށީދެލައިގެން ހުރެބަލާށެ….އެކަމު މީނައަށް އަޑެއް އިވޭ ކަމަކަށް ވަނީއެއްނޫން ވިއްޔާ އިރާ”ރިފާ ކައްފަތުގައި ހިފާލަމުން ނާއިން ބުނެލި ގޮތުން ނައިރާ ގާތަށް ހިނިއައެވެ.”އެއްކަލަ ނާނު…ތި ސަކަރާތް ވީނު”ރާއިން ބުނެލިއެވެ.”އަޅުނގަޑު ކީއްކުރީ”ކުޑަ ކުއްޖެއް ފަދައިން ރާއިން ފައިގައި އަތް އަޅުވާލަމުން ނާއިން ބުނެލިއެވެ.”އެއީ ކައެ ކޮއްކޮ ނައި…މަގޭ ފިއުޗާ ވައިފް އިރާ”ނައިރާ އަށް ބަލާލަމުން ރާއިން ބުނެލި ގޮތުން ނައިރާ މޫނަށް ޖައްބު ކުލަ ވެރިވެގެން ދިޔައެވެ.”އޭ….އޯހޮ…އެއީ ދޯ މިވާގޮތަކީ…ބުރޯ ގެ އިރާ….ނައި ގެ ރާއި… އިރާ ރާއި…”ލާނެތް ވައްތްރަކަށް ނާއިން ބުނެލި ގޮތުން އަތުގައި އޮތް ސަމްސަލުން ނާއިން އަތްމަތިގައި ނައިރާ ޖަހާލިއެވެ.

އިޝާ ނަމާދު ކުރުމަށްފަހު ނައިރާ ތައްޔާރު ވަމުން ދިޔައީ އެކީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދައުވަތަކަށް ބޭރަށް ދިޔުމަށް ތައްޔާރު ވަމުންނެވެ.”ކޮބާ ނުނިމޭތަ…ތަންކޮޅެއް އަވަސް…”ނާއިން ބުނަން އުޅުނު ޖުމްލަ ހުއްޓާލަން ޖެހުނީ ނައިރާ ބަލާލި ގޮތުންނެވެ.”ޓޭކް ޔުއާ ޓައިމް”ދޮރު ލައްޕާލަމުން ނައިން ބުނެލިއެެވެ. ރަން ކިޔުމުގެ ހަފްލާއަށް ފަހު ރާއިން ދިޔައީ ކުރިން ވެސް އުޅޭމުން ދިޔަގެޔަށެވެ. ކައިވެނީގެ ކުރިން ވާހަކަ ނުދެއްކުމަށާއި އެކަކު އެނެކަކާ ބައްދަލު ނުކުރަން ވައުދު ނުކުރުމަށް ރާއިން ވީ ވައުދު ހަނދާނަ ވުމުން ނައިރާ ގާތަށް ހިނިއައެވެ”އެސޮރުގެ ހާލެއް ވެސް ނޭނގެ…ޔާﷲ…މިއަޅާއަށް ކެއްތެރިކަން ދެއްވާށިއެވެ..”އެންމެ ފަހުފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށްފަހު ފޯނު ހިފައިގެން ނައިރާ ނުކުތެވެ.ކަޅު ކުލައިގެ ލެގިންސާއި މެރޫން ކުލައިގެ ވައްތިރި ހެދުމުގައި ނައިރާ ފެންނަނީ ވަރަށްހިތްގައިނު ކޮށެވެ.މޫނުގައި އެއްވެސް މޭކަޕް އެއް ކުރެވިފައި ނުވާއިރު ތުންފަތުގައި މަޑު ފިޔާތޮށު ކުލައެއް ޖައްސާފައިވާރު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައި ވެއެވެ.

“ވަރަށް ބޮޑަށް ތެންކިޔު ތި އެންމެނަށް އަންގާވެސްނުލާ ނައިގެ ބްރައިޑް ޓުބި މިހާ ރީތިކޮށް ޕާފެކްޓޮ ކޮށް ހަދާދިނީމަ…ހާއްސަކޮށް ކަމަނާއަށް ވަރަށް ޝުކުރު އަދާކުރަން”ރިފާ ގައިގައި ބައްދާލަމުން ނައިރާ ބުނެލިއެވެ.އެންމެން ވެސް ނައިރާ އަށް ދިމާކުރުމުގައި ތިއްބައި ސިއްސައިގެން ދިޔައީ ރިފާގެ ބާރު ހަޅޭކުގެ އަޑަށެވް.”އެމްބިއުލައިންސް އަށް ގުޅާމަ އަވަސް އޭޑީކޭ އައިޖީއެމްއެޗް އެއްނޫން”ނައިރާ އެނާގެ އުނގުމަށްޗަށް ރިފާގެ ބޯ ލުމަށްފަހު ނާއިން އަށް ގުޅާ އަވަހަށް އައުމްށް ބުނެލިއެވެ….އެމްބިއުލައިންސް އައުމާއެކު ރިފާ ގޮވައިގެން ނައިރާ އެރިއެވެ..

ނުނިމޭ……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

އެކްޓަރ (ޕާޓް 24)

Next

ކަޅު ބުޅާ 4

Next
July 13, 2025

ކަޅު ބުޅާ 4

Previews
July 12, 2025

އެކްޓަރ (ޕާޓް 24)



All Right Reserved!