Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-6

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 13, 2025 2 Mins Read
0 Comments

ކޮޓަރި ބެލްކަންޔަށް ނުކުމެ ރެއިންލިން މަތީ އަތް އަޅުވައިލައިގެން ހަޔާ ހުއްޓެވެ. އޭނާ އަށް ވިސްނެމުން ދިޔައީ މިއަދު މިންހާ ދެއްކި ވާހަކއާއި މެދުއެވެ. ހަޔާ އަށް ނެގުނުނަމަވެސް އަޒްހާންގެ މިޒާޖަށް މިހާ ބޮޑު ބަދަލެއް އައި ސަބަބަކީ އާއިލާ މީހުންގެ އެއްބާރުލުން ނުލިބުނީތީއެވެ. އޭނާ އަޒްހާން އުފާކޮށްދޭން ބޭނުމެވެ. އެހިތާމަތަކުން މިންޖުކޮށްދޭން ބޭނުމެވެ. އެކަނިވެރިކަން އިހްސާސް ވިޔަކަ ނުދޭނެއެވެ. ހަޔާ އަމިއްލަ ނަފްސަށް ވައުދުވީ އަޒްހާން އަށް ދެރަގޮތެއް ނަހެދުމަށެވެ.

*ޕާރްޓް-6*

ދުވަސްތަށް ހަލުވިމިނުގައި ގޮސް މިހާރު ސޮކޫލު ހުޅުވުމަށް 2 ހަފްތާ އަށް ވީއެވެ. ހަޔާ ވަނީ ޔަސްރާގެ ދެއެކުވެރިޔަކަށް ވެސް ބައްދަލު ކޮށްފައެވެ. އެކުދިން ވަރަށްވެސް ރަގަނޅެވެ. މިރެއަކީ ޔަސްރާ އާއި ހަޔާ ބާޒާރު ކުރުމަށް ދާން ނިއްމައިފައި އޮތް ރެއެކެވެ. ހަޔާ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން ދިޔައިރު ދިޔައީ އަގައިން ރާގެއް ލައްވަމުންނެވެ. އޭނާ އަކި ބާޒާރު ކުރުމަށް ނިކްނ ފޯރިހުންނަ ކުއްޖެކެވެ.

އިސްތަށިގަނޑު ރީތިގޮތަކަށް އައްސާލައިފައި ހަޔާ ބޮލުގައި ދައްޗެއް ޖަހާލިއެވެ. އޭނާ މިރޭ ލައިގެން ހުރީ ވައިލެޓް ކުލައިގެ ސްވެޓާއަކާއި ބޭގީ ޖިންސެކެވެ. ގަޔަށް ސެންޓުކޮޅެއް ޖަހާލުމައްފަހު އަމިއްލަ ނަފްސަށް ބަލާލިއެވެ. ވަރަށްވެސް ފުރިހަމައެވެ. 9:00 ގަޑި ކިޔައިފައި އޮތުން ހަޔާ ނުކުތެވެ. މަޑުމަޑުން ވައިޖެހެމުން ދިޔައެވެ. ވަށައިގެންވީ މާހައުލުގައިވާ ގަސްތަށް ލުއިގޮތަކަށް ހަރަކާތް ތެރިވަމުން ދިޔައެވެ. ހަނދު ފެންނަން ނެތެއް ކަމަކު ތަރިތަށް ދިޔައީ އުޑުމަތި ފަޅުފިލުވަމުންނެވެ. އެހާވެސް ޗާލެވެ. ބެންޗްގައި އިށީން ދެގެން އިނީރު ހަޔާއަށް ބެލެމުން ދިޔައީ އުޑުމައްޗަށެވެ. އެހެން އިންދައި އޭނާ ސިހުނީ މީހަކު އައިސް އޭނާ ލޯމަތީ އަތް އެޅުމުންނެވެ.

“ކޮންހިޔާލެއްގައި..؟” ޔަސްރާ ހަޔާގެ ލޯމަތިން އަތް ނެގުމައްފަހު އަހާލިއެވެ.

“ކަމަކާ ނުވިސްނަން.. އުޑުމަތި ރީތިކަމުން ހަމަބެލެނީ..” ހަޔާ ހިގައިގަތެވެ. ދެއެކުވެރިންވެސް ވާހަކައިގައި ތިބެ ހިގަމުން ދިޔައީ ފިހާރެތަށް ހުރި މަގަށެވެ. އޭރުވެސް ގިނައަދެދެއްގެ މީހުން އުޅެއެވެ. ހަޔާ އާއި ޔަސްރާ ވެސް ގަލަމާއި ނޯޓްފޮތްތަށް ބަލަމުން ދިޔައެެވެ.

ކައިލާން ވެސް ނައީމާ އާއި އެކު ބާޒާރަށް އައެވެ. ފޫހިކަންމަތީ ހިގަމުން ދިޔަ ކައިލާން އަށް ނެއިންގޭ ކަމަކީ އެތަށް އަންހެން ކުދިންނެއްގެ ނަޒަރު އޭނާ އަށް ހުއްޓެމުން ދާކަމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކައިލާން ލައިގެން ހުރީ އަތްދިގު ކަޅު ކުލައިގެ ޕްލޭން ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑުއޮތި ތަރުތީބެއް ނެތި ހާވާލެވިފައެވެ. އެފުން ކަޅުދެލޮލުގައިވީ ނިދީގެ އަސަރެވެ. އޭނާ ހިގައިފައި އައީވެސް ހަމައެހާ ފިރިހެންވަންތަ ކޮށެވެ. އެހާވެސް ފުރިހަމައެވެ. ކައިލާން ހިގަމުން ދިޔައިރު އޭނާ އެކިކޮޅުކޮޅަށް ބަލަމުން ދިޔައެވެ. އެހެން ދަނިކޮށް އޭނާ މީހަކުގައިގައި ޖެހިއްޖެވެ. އެމީހަކު ދިޔައީ ވެއްޓޭށެެވެ. ކައިލާން ހުށިޔާރު ކަމާއި އެކު އޭނާގެ އުނަގަނޑު ދަށަށް އަތް ލައްވައި ހިފާއްޓާލިއެވެ. އެއަންހެން ކުއްޖާގެ ލޮލުން ފެންނަމުން ދިޔައީ ސިހުމެވެ. ކައިލާން ރަގަނޅަށް އެކުއްޖާގެ މޫނަށް ބަލާލިއެވެ. ހަމުގެ ކުލަ ދޮނެވެ. ރަތްކަންގަދަ ތުންފަތެކެވެ. އެސްފިޔަ ބޯ ލޮލެކެވެ. ފުންމިން ނެއިންގޭ ކަޅު ދެލޮލެވެ. ކައިލާން އަވަހށް އެކުއްޖާ ތެދުކޮށްލިއެވެ.

“ދަރިފުޅާ.. ތަދުވިތަ..؟” ނައީމާ ހާސްވެހުރެ އަހާލިއެވެ. އެއަންހެން ކުއްޖާ ނައީމާ އާއި ދިމާއަށް ބަލާލައިފައި ބޯ ހޫރާލިއެވެ. އަނެއްކާވެސް އެކުއްޖާ ކައިލާންއަށް ބަލާލިއެވެ.

“ތެންކިއު..” ޖާދޫވީ އަޑެކެވެ. އެކުއްޖާ އޭނާގެ އެކުވެރިޔާ އަތުގައި ހިފައިގެން ހިގައިގަތެވެ. ކައިލާން އަށް ހުރެވުނީ ހިގައިގަންނަންވެސް ނެއިންގިފައެވެ.

“ކައިލާން..” ނައީމާ ގޮވާލިއެވެ. ކައިލާން ބޯކަހާލައިފައި ހިގައިގަތެވެ.

“އައްދެ އައްދޭ.. ދެންމެހަމަހީވީ ކޭޑްރާމާ ތަންކޮޅެއްހެން.. އެހާވެސް ރޮމޭންޓިކް..” ޔަސްރާ ދިމާކޮށްލިއެވެ.

“މޮވަވާހަކަ ނުދައްކަ ކުރިޔަށް ދެވޭތޯ ބަލާބަލަ..” ހަޔާ ހުރީ އެވާހަކަދައްކަން ބޭނުން ނުވެފައެވެ. ބާޒާރު ކުރުމަށް ހޭދަވި ވަގުތުތަކުގައި ޔަސްރާ ހަޔާ އަށް ދިމާކުރިއެވެ. ހަޔާ ވެސް އޭތިމީތި ކޔައިގެން ޔަސްރާ އަށް ވެސް ދިމާ ކުރިއެވެ.

ދަންވަރުގެ ވަގުތެވެ. ގަޑިން މިހާރު 1:30 ވެއްޖެވެ. ހަޔާ އަށް ނުނިދިގެން ދެކޮޅަށް ދެކޮޅަށް ފުރޮޅެމުން ދިޔައެވެ. އެއްމެ ފަހުން އޭނާ ތެދުވެ އިށީނެވެ. ހަޔާގެ ހަދާނަށް އައީ އެފިރިހެން ކުއްޖާ އެވެ. އޭނާ ވެއްޓެން ދިޔުމުން އެބާރުގަދަ ދެއަތުން އޭނާ ހިފޭއްޓި އެވެ. ހާދަހާވާ ރީތި ދެލޮލެވެ. ފަން އިސްތަށިގަޑެކެވެ. އެއީ ކާކުހެއްޔެވެ؟ ހަޔާ ދެވަނަފަހަރަށް އެފިރިހެން ކުއްޖާ ބަލާލން ބޭނުމެވެ. ނަމަވެސް އެފުރުސަތު ލިބޭނެ ހެއްޔެވެ؟

އެރޭގެ ނިދިން މަހްރޫމް ވެގެން ދިޔައީ ހަމައެކަނި ހަޔާ އެއް ނޫނެވެ. ކައިލާން ވެސް މެއެވެ. ނިއްކުރިމަތީ އަތް ބާއްވައިލައިގެން އޮތީރު އޭނާ އަށް ވިސްނެމުން ދިޔައީ މިއަދު ދިމާވިކަންތަކާއި މެދުއެވެ. އެހެން އަންހެން ކުއްޖެ ފެނިގެން ނުވާގޮތެއް މިރޭ އޭނާގެ ހިތަތް ވެއްޖެއެވެ. ސަބަބެއް ހަމައެއްގޮތަކަށްވެސް ނުވިސްނުނެވެ. ފުރަތަމަ ނަޒަރުންވެސް އެކުއްޖާ ވަނީ ކައިލާންގެ ހިތުން ޖާގަ ހޯދާފައެވެ. ކައިލާން އެއި ކާކުތޯ ބަލަން ބޭނުންވިއެވެ. ނަމަވެސް ކިހިނެއްހެޔެވެ؟

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މަޢާފް އެދެމުން 31

Next

އުންމީދުގެ ވާފަށް

Next
July 13, 2025

އުންމީދުގެ ވާފަށް

Previews
July 13, 2025

މަޢާފް އެދެމުން 31



All Right Reserved!