ހިތް އެދެ ޔާރާ ތިއޭ – 22
މައިރީން ދެލޯ ބޮޑުކޮށްލިއެވެ. “މައި؟ އަހަރެން؟ އެމީހުން ބިރުދެއްކީ ކައިލްއަށް މައިއޭ ކިޔައިގެން؟” ލޫކްގެ ނަޒަރުން މައިރީންއަށް ހީވި ގޮތާމެދު ސުވާލުކޮށްލިއެވެ. ލޫކް ބޯކަހައިލިއެވެ. “މައިގެ ސަބަބުން ކައިލް ސަސްޕެންޑްވާކަށް ނުޖެހޭނެ.. އައިމް ގޮނަ ޓޯކް ޓު ދެޓް އޮފިސާރ..” މައިރީން ތެދުވަމުން ބުންޏެވެ. “ވަޓް މައިރީން ތިއުޅެނީ މޮޔަ ކަމެއް ކުރަން..” ޝާއިލް ވަގުތުން ބުންޏެވެ. މައިރީން އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ.
***ޕާޓް 22***
ޝާއިލް އޭނަގެ ނިތުގައި މަޑުމަޑުން ޖަހައިލިއެވެ. “އަހަރެން މިކަންތައް ކައިލްއަށް އަވަހަށް އަންގަންވީދޯ؟” ލޫކްއަށް ދޯ ދެމުން ޝާއިލް އަހައިލިއެވެ. ލޫކް ބޯޖަހައިލިއެވެ. ޝާއިލް އަވަސް އަވަހަށް އޭނަގެ ފޯނު ނެގުމަށްފަހު ކައިލްއަށް ގުޅައިލިއެވެ. “ހަލޯ.. މަށޭ މީ.. މައި އެބަ ދޭ ޒާއިދު ކައިރިއަށް..” ދުލުކުރީގައި ދަތް އަޅައިލަމުން ޝާއިލް ބުންޏެވެ. “ޒާއިދު ކައިރިއަށްށޭ؟؟؟ ކޮން މޮޔައެއްވެގެން އޭނަ ޒާއިދު ކައިރިއަށް ދާން ޖެހުނީ؟؟” ކައިލްގެ އަޑު ބާރު ކަމުން ޝާއިލް ޖެހުނީ އޭނަގެ ފޯނު ކަންފަތާ ދުރުކޮށްލާށެވެ. “ކައިލް އޭނަ ދުރުކޮށްލި ސަބަބު އެނގުނީމަ..” ކައިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝާއިލް ބުނެލިއެވެ.
ކައިލްއަށް ނިތުގައި އަތުން ޖެހުނެވެ. އަދި އެއްޗެކޭ ބުނުމެއް ނެތި ފޯނު ކަނޑައިލުމަށްފަހު މައިރީންއަށް ގުޅަން ފެށިއެވެ. ނަމަވެސް މައިރީން ފޯނަކަށް ޖަވާބެއް ނުދިނެވެ. “މި އަންހެންކުއްޖާގަނޑު މިއުޅެނީ މަރުވާނެ ގޮތެއް ނޭނގިގެންތޯ އެއްޗެއް..” ދަތްކުނޑިވިކައިލަމުން ކައިލް އަމިއްލަ ނަފްސަށް އަޑުއިވޭ ފަދައަކުން ބުންޏެވެ. އެޖެންސީގެ ބޯޓުގައި ހުރެ ކައިލް ދެކޮޅަށް ދެކޮޅަށް ހިނގަން ފެށީ ދެން ކުރާނެ ކަންތަކާއި މެދު ވިސްނަމުންނެވެ. “އަހަރެން ފުރަތަމަ ފަހަރު މަރުގެ އެތިފަހަރަކުން ސަލާމަތް ކުރީމަވެސް މީނައަކަށް ނޭނގުން މަޑުން ހުންނާކަށް.. އަދި މިހާރު އެ ދަނީ އަމިއްލަ ބޮލަށް މަޅިއެއް މަހައިލުން ފަދަ ކަމެއް ކުރަން.. ޕިސް ފޯނު ނަގާބަލަ..” މައިރީންއަށް ގުޅަމުން ކައިލް އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
މައިރީން ފޯނު ނުނެގުމުން އެންމެފަހުން ކައިލް ގުޅައިލީ ރުކައިންއަށްށެވެ. ކައިލް ހުރީ އެޖެންސީ ބޯޓުގައި ކަމަށްވުމުން މައިރީންއަށް ސްޓޭޝަންއަށް އޭނައަށްވުރެ ކުރިން ދެވޭނެކަން ކައިލްއަށް އެނގެއެވެ. އެހެންކަމުން ސްޓޭޝަންގައި ހުރި މީހަކަށް މައިރީން ހުއްޓުވަން ފަސޭހަވާނެއެވެ. މަޔާންއަށް ގުޅަން ހިތައް އަރައިފަވެސް މިވަގުތު މަޔާން ރާއްޖޭން ބޭރުގަވުމުން މަޔާންއަށް އުނދަގޫ ކުރާކަށް ކައިލްއެއް ބޭނުމެއްނުވިއެވެ. ދެތިން ރިންގާއިއެކު ރުކައިން ފޯނު ނެގިއެވެ. ކައިލް އަވަސް އަވަހަށް ރުކައިންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އަދި މައިރީން ޒާއިދުއާއި ބައްދަލު ނުވާ ގޮތަށް ހެދުމަށް އެދުނެވެ. ރުކައިން އެކަމަށް އެއްބަސްވަމުން ފޯނު ބޭއްވިއެވެ.
ރުކައިން އޭނަގެ ކެބިންއިން ބޭރު ބަލައިލިއެވެ. އޭރު މައިރީން ޓެކްސީއަކުން ނިކުންނަނީއެވެ. ރުކައިން އަވަސް އަވަހަށް ލިފްޓަށް އަރަން ދިމާކޮށްލިއެވެ. ގްރައުންޑް ފޮލޯރއަށް ފިތައިގެން ހުރި މައިރީން، ލިފްޓް ހުއްޓުމުން އެރިއެވެ. ލިފްޓްގެ ލޯގަނޑަށް އަމިއްލަ ސޫރައަށް ބަލައިލަން ނަޒަރު ހިންގައިލިއިރު މައިރީންއަށް ލިބުނު ސިހުމުގައި ހަޅޭއްލަވައިގަތެވެ. މައިރީންއަށްވީ ގޮތުން ރުކައިންވެސް ދިޔައީ ސިހިގެންނެވެ.
ޔާދިން ގެއަށް އައި އިރު ދުންޔާ ހުރީ ހަވީރުގެ ސައި ތައްޔާރުކޮށްފައެވެ. ދެ ވައްތަރުގެ ގުޅަޔާއި ބަޖިޔާ އަދި ބިސްކަޓްލަސް މޭޒު މައްޗަށް ނަގާފައި ހުއްޓެވެ. “މްމްމް މިހާ މީރުކޮށް އެއްޗެހި ހަދަންޔާ ދުވަސް ކޮޅަކުން އަހަރެން ފަލަވެދާނެއެއްނުން..” ލާނެތް ރާގަކަށް ޖޫސް ގިރަން ހުރި ދުންޔާގެ ފަހަތުން ބައްދައިލަމުން ޔާދިން ބުނެލިއެވެ. “މީހުން ބުނެއެއްނުން އަނބިމީހާދެކެ ލޯބިވާ ފިރިންގެ ބަނޑެއް ހުންނާނޭ.. އެހެންވީމަ އެއީ މައްސަލައެއް ނޫނެއްނުން..” ދުންޔާ ރަކިވެ ހުރެ ވާހަކަ ދެއްކިއެވެ. “ތިބުނީވެސް ދޮގެއް ނޫން.. އެހެންވީމަ އަހަރެން، އަހަރެންގެ އަނބިމީހާ ދެކެ ލޯބިވާތީ ނުވަ މަހަށް ބަނޑުބޮޑުކޮށްލަންވީ ދޯ..” ދުންޔާގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ޔާދިން ބުނެލިއެވެ.
ދުންޔާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ޔާދިންގެ އަޑުގައިވި މަސްތުކަން އިވި ދުންޔާގެ މޫނު ޗެރީކުލަޔަށް ބަދަލުވެގެން ދިޔައެވެ. “ހުންނާނެ ހަނޑުލާ ފުއް ގެނެސްފަ.. ކޮބާ އަހަރެންނަށް އޮތް ގިފްޓް؟” ޔާދިން ލޯބިން ދުންޔާއާއި ސުވާލުކޮށްލިއެވެ. “އެހުރީނުން މޭޒުމަތީ..” މޭޒާއި ދިމާލަށް އިޝާރާތްކޮށްލަމުން ދުންޔާ ބުންޏެވެ. “އަހަރެން އެނޫން އެއްޗެއް ބޭނުމޭ ބުނެފިއްޔާ؟” ދުންޔާ އޭނައާއި ދިމާލަށް އަނބުރައިލަމުން ކައުންޓަރުގައި ދެއަތް އަޅުވައިލައި ދުންޔާ އޭނަގެ އަތުތެރޭގަ ހައްޔަރުކޮށްލަމުން ޔާދިން އަހައިލިއެވެ.
ތަންކޮޅެއް އަވަހަށް ހެދިކާ ހަދާ ނިމުމުން ދުންޔާ ހުރީ ޔާދިން އައުމުގެ ކުރިން ފެންވަރައި ރީތިވެލައިގެންނެވެ. ގޭގައި ޔާދިންއާއި ދުންޔާ ނޫން އެހެން އެއްވެސް މީހެއް ނޫޅޭތީ ދުންޔާ ހުރީ ބުރުގާ ނަގައިގެންނެވެ. ފެންވަރައިގެން ހުރީ ދެންމެ ކަމުން، ދުންޔާގެ ހަށިގަނޑުގައި ލެމަން ޝަވާރޖެލްގެ މީރު ވަސް ހުއްޓެވެ. ކަޅު ކުލައިގެ ސިލްކްކޮޅެއް ފަދަ ދިގު އިސްތަށިގަނޑު ވަނީ ގަތާލާފައެވެ. މަޑު ރަތްކުލައެއް ތުންފަތުގައި ޖައްސާލާފައިވުމުން ދުންޔާގެ ރަތްކުލައިގެ ތުންފަތް އިތުރަށް ރަތްކަމަށް ދައްކައެވެ. ޔާދިންގެ ކަޅު ކުލައިގެ ބޮޑު ހޫޑީލައިގެން ހުރި އިރު، އެ ހޫޑީ ދުންޔާގެ ކަކުލާ ހަމައަށްއަރައެވެ. ދުންޔާ ހުރީ ތިރިން ކުރު ޓައިޓްކޮޅެއް ލައިގެންނެވެ. ދުންޔާ ހުރި ގޮތުން ޔާދިންގެ ހިއްސުތަކަށް ވާންވެލިއެވެ.
ޔާދިންގެ ދެލޮލަށް ބަލައިލުމާއެކު ދުންޔާގެ ކަރުގައި ލާން އުޅުނު ނޭވާ ތާށިވިއެވެ. ޔާދިންގެ ޖާދޫވި ލޮލަށް ނުބަލާ އެހެން ތަނަކަށް ނަޒަރު ބަދަލުކޮށްލިއެވެ. “އޭރުން އަހަރެންގެ ހިތަށް އަރާނެ އަހަރެންގެ ފިރިމީހާއަކީ ހާދަ ސްޕޮއިލްވެފަ ހުރި މީހެކޭ.. އެހާ ގިނައިރުވަންދެން އަހަރެން މަސައްކަތް ކުރިއިރުވެސް ބޭނުންވީ ކޮންމެސް އެހެން އެއްޗެކޭ.. އަހަރެން ކުރާ ކަންކަމަށް ޝުކުރ-” ދުންޔާގެ ޖުމުލަ މެދުކެނޑިގެން ދިޔައީ ޔާދިން ދުންޔާގެ މަޑު ރަތްކުލައިގެ ތުންފަތުގެ ފޮނިމީރުކަން ހާސިލްކޮށްލުމުންނެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ މިހާ މީރު ކެއުމެއް އަހަރެންނަށް ހަދައިދިނީމަ އޯކޭ؟؟ އެކަމް ހަމަ ތި ގޮތަށް ތިހާ ރީތިވެލައިގެން ތިހުރީ އަހަރެންނާ ޓީޒްކުރުން ނޫނީ ކޮންކަމެއް ކުރަން ހަހް.” ދުންޔާއާއި ދުރުވެލަމުން ދުންޔާގެ މޫނު ޔާދިންގެ ބޮޑު ދެއަތުން ހިފައްޓައިލާގެން ހުރެ ޔާދިން ބުނެލިއެވެ.
ދުންޔާ ރަކިވެފައި ހުރެ އޭނަގެ ތިރީ ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ. “އަހަރެން ބުނީ އަހަރެންކޮށްދިން ކަންތަކުގެ ބަދަލް ރޭގަނޑު އެނދުގައި ދޭށޭ.. އެހެން ބުނީމަ ދޫނިގަނޑު އަހަރެން ގިލްޓް ޓްރިޕްކޮށްލީ.. ކިހާ ގޯސް.. އަހަރެން ވަރަށް ބޮޑަށް ހާޓް ވެއްޖެ..” މޭގައި އަތް އަޅައިލަމުން ޔާދިން ބުންޏެވެ. ދުންޔާއަށް ޔާދިންގެ އެކްޓް ބޮޑުކަން ފެނި ހެވުނެވެ. “ބަލާބަލަ އަހަރެން ހާޓްވެގެން އުޅޭއިރުވެސް އަހަރެންނަށް މަލާމާތްކޮށްފަ ހެނީއޭ.. ދޫނިގެ މަންމަ ކައިރީ ބުނާނަން.. ދޫނިގެ މަންމަ އަހަރެންދެކެ ނުލާހިކު ލޯބިވާނެ..” ކާމޭޒު ކައިރީ ގޮޑިއެއް ދަމައިލަމުން އިށީނދެ އިނދެ ޔާދިން ބުންޏެވެ. ދުންޔާ ހީލާފައި ބޯހޫރުވައިލަމުން ޔާދިންއަށް ޖޫސްތަށި ކައިރިކޮށްދިނެވެ.
އައިނާ ކޮމްޕިޔުޓަރުގައި ޓައިޕް ކުރަން އިންދައި ޔަޝާލް ކެބިންއަށް ވަދުނެވެ. “ޝިޔާންގެ އުނދަގުލެއް އޭގެ ފަހަކުން ނުވޭތަ؟” ޔަޝާލް މަޑުމަޑުން އަހައިލިއެވެ. އައިނާ ބޯޖަހައިލިއެވެ. “ސުވާލެއްކޮށްލަންތަ؟” އައިނާ އަހައިލިއެވެ. “ތި ކުރީއެއްނުން..” ހިނިއައިސްފައިހުރެ ޔަޝާލް ބުނެލިއެވެ. “އަހަރެން އެދުވަހު ޕެނިކްވެގެން އުޅުންއިރު ސާރއަށްވެސް ގޮތެއްވިއެއްނުން.. ސާރއަށް ކިހިނެތްވީ؟” އައިނާ އެދުވަހުގެ ފަހުން އަހަން ހިތުލައިގެން ހުރި ސުވާލުކޮށްލިއެވެ. “އަހަރެން.. ފްލޭޝްބެކްސް ހެހެ.. އަހަރެންގެ ޗައިލްޑްހުޑްއަކީ އަހަރެން އެހާ ހަނދާންކުރަން ބޭނުންވާ އެއްޗެއްނޫން.. އައި ހޭވް ޕީ.ޓީ.އެސް.ޑީ..” ބޯކަހައިލަމުން ދުރުބަލައިލަމުން ޔަޝާލް ބުންޏެވެ.
އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަގެ ހިތުގައި ޔަޝާލްއާއި މެދު ހަމްދަރުދީ އުފެދިގެން ދިޔައެވެ. “އައިމް ސޮރީ..” އައިނާ މަޑުމަޑުން ބުނެލިއެވެ. “ޑޯންޓް ބީ.. އަހަރެން މިހާރު ރަނގަޅު ވަރަށް ބޮޑުތަން..” ފުން ނޭވާއެއްލަމުން ޔަޝާލް ބުންޏެވެ. “އެހެންވީމަ ޔޫ ހެޑް ޕެނިކް އެޓޭކްސް ކުރިން؟” އައިނާ އަހަން ނާހަން ހުރެފައި ސުވާލުކޮށްލިއެވެ. “ވަރަށް ގިނައިން..” ޔަޝާލް ހިތި ގޮތަކަށް ބުނެލިއެވެ. އޭނަގެ ދެލޮލުން އެކަން ހިއްސާކުރަން ބޭނުންވެފައިވި މިންވަރު ފެނިގެންދެއެވެ. އެހެންނަމަވެސް އޭނައަށް އެހެންމީހުންނަށް އިތުބާރު ކުރުމަކީ އުނދަގޫ ކަމެކެވެ.
އައިނާ ޔަޝާލްއާއި ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކަން ފެށިއެވެ. “ސާރ ވާހަކަ ދައްކަން ބޭނުމިއްޔާ އަޅުގަނޑު މިހުރީ އަޑުއަހަން.. ސާރ ދައްކާ އެއްވެސް ވާހަކައެއް އަޅުގަނޑުގެ ފަރާތަކުން އެކަކަށްވެސް ނޭނގޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން..” އައިނާ ބުނެލިއެވެ. “އިތުބާރަކީ ވަރަށް އެހެންކަހަލަ އެއްޗެއް އައިނާ.. އެއީ ހިމަ ރޮދިކޮޅެއް ކަހަލަ އެއްޗެއް.. އެންމެ ކައިރީގަ ހުންނަ މީހާވެސް ކެހިދޭ ޒަމާން މިއީ.. މީހުން ބުނާނެ އަހަރެން އުޅޭގޮތުން އަހަރެން އެއްވެސް ހިތާމަވެރި ކަމެއް ގޯތްރޫކޮށްފާނެހޭ؟ އަހަރެން މިއުޅެނީ ޕްލޭބޯއިއެއް އުޅޭ ގޮތަށް.. މިތަނުގެ ލީޑިން ޑިރެކްޓާއަށްވެ ހުރެ މިތަނަށް ވަންނަ ކޮންމެ އަންހެންކުއްޖެއް އަހަރެންގެ ދަލުގަ ޖައްސަމުން މިދަނީ.. އަހަރެން ހީވޭތަ އެއް އިރެއްގަވެސް ވަރަށް އުނދަގޫ ނޫނީ ހިތާމަވެރި ކަމަކާ ކުރިމަތިލައިފަ ހުރި މީހެއްހެން؟” ޔަޝާލް ފުން މާނަ އެކުލެވިފައިވި ގޮތަކަށް އަހައިލިއެވެ.
އައިނާ ޔަޝާލްގެ ލޮލަށް ފުންކޮށް ބަލައިލިއެވެ. “އަހަރެން ގަބޫލު ކުރާ ގޮތުގައި ގިނަ މީހުންނަކީ އެމީހުން ކުރިމަތިލައިފަ ހުރި ކަންކަމާއި، އެމީހުން ބިރުގަންނަ ކަންކަން ފޮރުވާ މީހުން.. ކިތަންމެ ހިތާމައެއް ކުރިމަތިލާފައިވި ނަމަވެސް ހިނިތުންވުމަކާއެކު އެހެންމީހުންނާ ކުރިމަތިލާ މީހުން.. އަހަރެންނަށް ސާރ ސިފަ ކުރެވެނީ އޭގެ މީހެއްގެ ގޮތުގަ.. ސާރ ކޮންމެ ގޮތަކަށް އުޅުނަސް މި ނޫހަކީ ސާރގެ ޓޮޕް ޕްރިއޯރިޓީ.. މި ނޫސް ސާރއާއި ނުލާ މިހާ ފުރިހަމައަކަށް ކުރިޔަކަށް ނުދާނެ..” ޔަޝާލްއަށް ވިސްނާދޭ ފަދައަކުން އައިނާ ވާހަކަ ދެއްކިއެވެ. “އައިނާ މި ކެރިއާރއަށް ވަނުމުގެ ކުރިން ސައިކޮލޮޖީ ކިޔެވިންތަ؟ ޔޫ އާރ ގްރޭޓް ވިތް ރީޑިން ޕީޕަލް ހެހެ..” ޔަޝާލް ސަމާސާ ރާގަކަށް ބުނެލިއެވެ. އައިނާ ހީލަމުން ބޯހޫރުވައިލިއެވެ. “ސާރ ދުނިޔޭގަ އެކަކަށްވެސް އެއްވެސް މީހެއްގެ އެހީއަކާއި ނުލައެއް ނޫޅެވޭނެ.. ސަމް ޑޭ ޔޫ ހޭވް ޓް ލެޓް ޔުއާރ ގާޑް ޑައުން އެންޑް ލެޓް ޕީޕަލް އިން..” އައިނާ ހީލަމުން ބުނެލިއެވެ. “ވެލް މިއަދަކު ނޫން ދޯ.. އިންޓަވިއު ކުރި ކުދިންގެ މާދަން ނޫން އަނެއް ދުވަހުގެ ކުރިން މާރކް ޝީޓް ތައްޔާރުކޮށްލައްޗޭ..” ޔަޝާލް އެހެން ބުނުމަށްފަހު އައިނާގެ ޖަވާބަކަށް ބެލުމެއްނެތި އެތަނުން ނުކުތުނެވެ.
މައިރީން ބިރުން ލިފްޓްގެ ކަނަކަށް ވަދުނެވެ. އޭރު އޭނަގެ ހިތް ހީވަނީ ލޯޑުބޮޑުވެފައިވާ އިންޖީނެއްހެންނެވެ. މައިރީންއަށް އޭނަގެ ހިތުގެ ތެޅުމުގެ ބާރުމިން އިހްސާސްކުރެވުނެވެ. އޭނަ ހުރީ ދެލޯ ބޮޑުކޮށްލައިގެން ރުކައިންއަށް ބަލާށެވެ. “ކާމް ޑައުން އަހަރެން ނޫޅެން މައިރީންއަށް ގޮތެއް ހަދާކަށް..” އަމާން ދޭ ފަދައަކުން އަތް މައްޗަށް ނަގައިގެން ހުރެ ރުކައިން ބުންޏެވެ. ރުކައިންގެ އަޑުއިވުމުން މައިރީންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. “ގޯސްޓް.. ގޯސްޓް..” ބިރުން ހުރެ ރުކައިންއާއި ދިމާލަށް އަތް ދިއްކޮށްގެން މައިރީން މަޑުމަޑުން ކިޔަމުން ދިޔައެވެ. ރުކައިން އެއްބުމަ އަރުވައިލުމަށްފަހު އޭނަގެ ފަހަތަށް ބަލައިލިއެވެ. އޭނަގެ ފަހަތުގައި ލޯގަނޑެއް ނޫން އެއްޗެއްނެތެވެ.
އަނެއްކާ މައިރީންގެ ބޮލުގަ މައްސަލައެއް އުޅެނީބާއޭ ރުކައިންގެ ހިތަށް އެރިއެވެ. “ކޮންތާކު ގޯސްޓް ހުރީ؟؟” މަޑުމަޑުން ރުކައިން އަތް މައްޗައް ނަގައިގެން ހުރެ ސުވާލުކޮށްލިއެވެ. “ތި.. ތިއީ..” ބިރުން ހުރެ މައިރީން ބުނެލިއެވެ. ރުކައިންގެ ދެލޯ ބޮޑުވިއެވެ. “އަހަރެން މިއީ ގޯސްޓެއްނޫން.. އަހަރެން މިއީ އިންސާނެއް މައިރީން ކަހަލަ.. ކައިލް ބުނެގެން އަހަރެން މިހުރީ…” ރުކައިން މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކައިލްއަކަށް ނޭނގޭނެ ރާކިންއެއް.. ރާކިންވީ މަރުވެފަ.. ތިއީ ކާކު؟؟ ކްލޯންއެއްތަ؟ ޖިންނިއެއްތަ؟” ކުރިމަތީގައި ހުރި ރާކިން ފަދަ ތަތްގަނޑަށް ބަލަން ހުރެ ތުރުތުރު އަޅާ އަޑަކުން މައިރީން އަހައިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Masha allah mi part vs vrh reethi
Yaadhin n dhunya sooo cuuuteee.blush vehje mulhin..😩🙈
Mai dhwww..
Alhe eii raakin ge sibling eh tha???noony raakin tha???adhives gabool nukurevey raakin maruvi kmkh…
Yashaal ge childhood ga khnh viii??
So cuurioouss
When next???
Lyy❤️
Thank you so much aanaa.. I’m happy U liked it.. hehe they are cutiess.. let’s see who is rukain dhww.. vrh avahah engeyne yashaal ge childhood ga v kanthah.. next part soon Insha Allah..
Love you more darl💜🦋
Maasha Allah mi prt vx vrh reethi
Yaadin n dhunyage prts are so so so cuteee💜💜💜💜💜😭😭
Maii.. Rukai n Raakin.. Anehkaa siblings thaaa. Or twins
My heart is beating so fast…
What is gonna happen next
So curious
Curiously waiting
Whn nxt???????
Tc… Lysssm Marrsh💜💜💜
Thank you so much darll.. I’m happy U liked it.. yaadhin and dhunya are always cute😭.. let’s see who is rukain dhww.. next part Insha Allah very soon..
Tc.. love you more💜🦋