
މަޢާފް އެދެމުން 31

އެ މީހުން ގުޅަނީ ގަސްތުގައި އާރިޝްއަށް އުނދަގޫ ކުރަން ކަން އެނގޭތީ އެ ކޯލްތަކަށް އާރިޝް ޖަވާބު ނުދެނީ މުހިންމު ކަމެއް ނަމަ މެސެޖް ކުރާނެ ކަން އެނގޭތީއެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހު އާރިޝްމެން ގޭގެ ފަސްވަނަ ފްލޯރގައި ހުރި އެއް ކޮޓަރީގެ އެޕާޓްމެންޓަށް ރީވާ ބަދަލުވިއެވެ. އާރިޝްމެން ދިރިއުޅެނީ އެންމެ މަތީގައި، ނުވަވަނަ ފްލޯރގައެވެ. ސައުސަންއާ އައިމަން އުޅެނީ ދެވަނަ ފްލޯރގައެވެ. ރީވާ ބަދަލުވި އެޕާޓްމެންޓް ހުރީ އެތަނުގައި އުޅުމަށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމާފައެވެ.
ކިތަންމެ ފުރިހަމަ ނަމަވެސް އެ އެޕާޓްމެންޓުން ރީވާއަށް އިހުސާސް ކުރެވުނީ އެކަނިވެރިކަމެވެ. ރާނިޔާއާ ނުލާ ގޭގައިވެސް އުޅުނީ އެކަނި ނަމަވެސް އެއީ ރީވާ އަމިއްލަ ގެ ކަމަށް ވީތީ އާރިޝްގެ ގެއިން ކުރެވެމުން ދިޔަ ބީރައްޓެހި އިހުސާސެއް ނުކުރެވެއެވެ. އެއީ ރީވާއަށް އާ ތަނެއް ނޫނެވެ. ރާނިޔާއާ ރިޔާންގެ ހަނދާންތަކުން ރީވާގެ އެކަނިވެރިކަން ފިލައެވެ. ނަމަވެސް އާ ތަނަކަށް އާދެވުމުން އެ ފަދަ އިހުސާސެއް ރީވާއަކަށް ނުކުރެވެއެވެ. އަދި އަމްދުން އެ ގެއަކީ އާރިޝް ނޫން މީހަކު ރީވާއަށް މަރުޙަބާ ކިޔާނެ ތަނެއް ނޫން ކަން އެނގޭތީ އެ ޚިޔާލު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.