Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (2)

gurrrl_8
gurrrl_8 Level 2100 Login10 Stories
July 11, 2025 5 Mins Read
4 Comments

“އިޒްކާން….” ފަހަތުން އިވުނީ އެފިރިހެން ކުއްޖާ ދަންނަ އަޑެކެވެ.” ދެން… ކޮންމެ ރެޔަކު ހާދަ ލަހަކުން ނޭގެޔަށް ތިއަންނަނީ….”. އެމީހަކު ވާހަކަ ދެއްކިއެވެ. ” އަހަރެންގެ ލޯބިވާ ލީންއަށް ހަމަ ކެތް ނުވަނީތަ”. އިޒްކާން ބުނެލިއެވެ. ކާކުކަން އެނގުމުން ކުރިމަށްޗަށް ގެނެސް ބައްދާލަމުން އިޒްކާން ހިނިތުންވެލިއެވެ. އެ އަންހެން ކުއްޖާ ވެސް އިޒްކާން ކަރުގައި އަތް ވަށާލިއެވެ. ” އިޒީއަކަށް ނޭނގޭނެ އަހަރެން ހާދަ މިސްވެޔޭ….”.އިތުރަށް އިޒްކާން ގައިގައި ބޮނޑިވެގަންނަމުން ބުނެލިއެވެ. ” އަލީނާ ބޭބް ވަރަށް އަވަހަށް މެރީ ކުރާނަމެއްނު… ދެން ކޮންކަމަކާ ހާސް ތިވަނީ… ލީން ނޫން ކުއްޖަކަށް އަހަރެން ބަލާވެސް ނުލަމެއްނު…… އަލީނާ ގަޔާ ދުރުކޮށްލަމުން އަޒްކާން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ” ދެން ދޭ އަވަހަށް ގެޔަށް…. އަހަރެން ވަރަށް ނިދި އައިއްސަ މިހުރީ… މިއަދު އޮފީހުގައި ވަރަށް ބުރަކޮށް އުޅުނީ… އިޒްކާން ބުނެލިއެވެ. އަލީނާ ވެސް އިތުރު އެއްޗެށް ނުބުނެ ގެޔަށް ދާން ވެގެން ނުކުތީ މިހާރަކަށް އައިސް އިޒްކާންގެ މިޒާޖަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭތީއެވެ. ނުކުތުމުގެ ކުރިން އަލީނާ އިޒްކާން އާދިމާލަށް ބަލާލުމަށްފަހުގައި ހިނިތުންވެލިއެވެ. އަދި ”ގުޑް ނައިޓް” އޭ ބުނެލަމުން އެނބުރި އަނިށްކާ ވެސް ދިޔައީއެވެ. އަލީނާ ދަންދެން ބަލަން ހުރުމަށް ފަހުގައި އިޒްކާން ވެސް އޭނާގެ ކޮޓަރި އާދިމާލަށް ދާން ހިނގައިގަތެވެ.

މަޑު ފިޔަވަޅު ތަކެއްގައި ހިނގާފައި ދިޔަ އަލީނާ ޔަށް ވިސްނެމުން ދިޔައީ މިހާރަކަށް އައިސް އިޒްކާން ބަދަލުވަމުން އަންނަކަމާ މެދުގައެވެ. އޭނާ ގަބޫލުކުުރާ ގޮތުގައި އިޒްކާން ނިކަން ފަރުވާ ކުޑަވެއްޖެއެވެ. ނަމަވެސް އެއްޗެށް  ނުބުނެ ހިފަށްޓާލައިގެން ހުންނަނީ އިޒްކާން ގެއްލިގެން ދާނެކަމުގެ ބިރު ހީވާތީއެވެ. މަޑުހިނގުމެއްގައި އައިސް ގެޔަށް ވަދެފައި އެންމެ ފުރަތަމަ ކަމަކަށް އަތުގައި ހުރި ސާމަނުތަށް ސޯފާތެރެޔަށް ދޫކޮށްލަމުން އަލީނާ ގޮސް ވަނީ ކޮޓަރިއަށެވެ. އިރުކޮޅަކުން އޭނާ ނުކުތް އިރު ގައިގައި ހުރި އަންނައުން ހުރީ ބަދަލުވެފައެވެ. ނިވާކަން ކުޑަ ހެދުން ކޮޅުގައި ނުކުމެ އަތްދަބަސް ތެރޭގައި އޮތް ފޯނުނަގައި ކޮންމެވެސް މީހަކަށް އޭނާ ގުޅާލިއެވެ. މާ ގިނައިރުތަކެއްނުވެ އެކޮޅުން ފޯނު ނަގައިފިއެވެ. ފޯނު ނެގުމާއެކު އޭނާ ހުރީ ގޭގައި ކަމަށް ބުނެ ލަސްނުކޮށް އައުމަށް ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. އޭނާ ވެސް ކުޑަ އިރުކޮޅަކުން ދާނެ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

ކުރު ޓޮޕް ކޮޅަކާއި ސޯޓު ކޮޅެއްގައި ހުރި އަލީނާ ނުކުމެލީ ބެލްކަންޏަށެވެ. އޭރުވެސް މާލޭގެ އެބައިބޯ މަގުމަތިން މީހުން މަދު ވާހެން ހީނުވެއެވެ. ދަންވާވަރަކަށް އުޅަނދުތަކުގެ އަޑުދަނީ ގަދަވަމުންނެވެ. އެހެން ހުރެފައި ގޭގެ ބެލްޖެހި އަޑަށް އޭނާ ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ޒުވާނާގައިގައި ވަރަށް ބާރަށް ބަށްދާލިއެވެ.

*******

ހޮސްޕިޓަލުގައި އިން ޔައިޝާ އިނީ ފޫހިވެގެން ކުރާނެ ކަމެއް ނޭނގިފައެވެ. ބަލިމީހާގެ ހާލަތު ކުޑަކޮށް ރަނގަޅު ކަމުން އޭނާ މާގިނައިން އެމީހާ ގާތަށް ދާކަށް ނުޖެހެއެވެ. އެހެން ކަމުން ފޯނުނަގައި އާނިޝް އަށް ގުޅާލީ ކުރާނެ އިތުރު ކަމެއް ނެތީމައެވެ. ކުޑަ އިރުކޮޅިކު ވާހަކަ ދަށްކާލުމަށް ފަހުގައި ޔައިޝާ ފޯނު ބޭއްވިއެވެ. އަދި ފޯނުން ގޭމެއް ކުޅެން ފެށިއެވެ. އެހެން އިން އިރު ވަގުތު ދިޔަ ގޮތް ވެސް އެނާއަށް ނޭނގުނެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޑިއުޓީ ނިންމާފައި ޔައިޝާ ނުކުތީ ގެޔަށް ދާންށެވެ. ރޭގައި އަލްޔާ އާއި އެކު ފަހުން ވަގުތު ހޭދަކޮށްލެވުމުން ޔައިޝާގެ ބަރު ސިކުނޑިއަށް ވަނީ ކުޑަ ލުއިކަމެއް ލިބިފައެވެ. ރޭހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން ޔައިޝާ ބޭނުން ވީ އަވަހަށް ގެޔަށް ދާށެވެ. އެހެނަކަމުން އޭނާ އަވަސްވެގަތީ ޓެކްސީ އެއް ލިބެތޯއެވެ. ނަމަވެސް ޓެކްސީއެއް ލިބޭގޮތެޢް ނުވިއެވެ. އެންމެ ފަހުން މޫނުމަށްޗަށް ވަށްތަރެއް ޖަށްސާލަމުން އޭނާ މަޑުމަޑުން ގެޔާދިމާލަށް މިސްރާބު ޖެހިއެވެ. ފަނަރަ ވަރަކަށް މިނެޓް ހިނގުމަށްފަހު  އޭނާ ގޮސް ގެޔަށް ވަނެވެ. ގެޔަށް ވަތްން ވަގުތު ފެނުނު ސޫރަޔަކުން އޭނާ ގަނޑުވިއެވެ.

“ބައްޕާ….”. ގޭގެ ސިޓިން ރޫމު ސޯފާގައި އިން އޭނާގެ ބައްޕައާއި އަންހެނެއްގެ އިތުރުން ފިރިހެން ކުއްޖަކު އިނެވެ. އެއީ ކޮންބައެއްތޯ ވެސް ބަލާލުމެއް ނެތި ޔައިޝާ ގޮސް އޭނާގެ ބައްޕަ ގައިގައި ބައްދާލިއެވެ. ” ބައްޕާ… ޔައި މަތިން ހަނދާނެއް ނުވޭތަ… ކީއްވެތަ ޔައި ކައިރިޔަށް ނާންނަނީ… ވަރަށް ދެރަވި ބައްޕަ ނައީމަ..”. ރޮމުން ޔައިޝާ ބުނެލިއެވެ. ” ޔައި ދަރިފުޅާ ދެން ހުއްޓާލާ ބައްޕަ މިއައީނު ދެން ނުދާނަން ޔައި ދޫކޮށްފައެއް…”. ހަމްދީ އޭނާގެ ދަރިފުޅު ޔައިޝގެ ގައިގައި ދުވަސްތަކެއް ފަހުން އަނެއްކާވެސް ވަރަށް ލޯބިން ބައްދާލިއެވެ. އަދި ވަރަށް ލޯބިން އެބޮލުގައި ފިރުމާލިއެވެ. އޭރު އެނުދަންނަ ފިރިހެން ކުއްޖާގެ އިތުރުން އެ އަންހެން މީހަވެސް ހިނިތުންވެފައި އެދެބަފައިންނާ ދިމާލަށް ބަލަން ތިއްބެވެ. ހަމްދީ އާއި ކުޑަކޮށް ދުރުވެލަމުން ޔައިޝާ އެއީ ކޮންބައެއްތޯ ސުވާލު ކުރިއެވެ. ހަމްދީ ހިނިތުންވެލާފައި ޖަވާބުދިނެވެ.

” ދަރިފުޅާ… މީ ބައްޕަގެ އަންހެނުން… ނޫރައިން . ދަރިފުޅުގެ ދޮންމަންމަ… މީ ނޫރައިންގެ ދަރިފުޅު ޒިވްޔަން… ހަމްދީ ބުނެލިއެވެ. ޔައިޝާ ވެސް ހިނިތުންވެލާފައި ގޮސް ނޫރައިން ގައިގައި ބައްދާލިއެވެ.” އުންމީދު ކުރަން ޔައިގެ މަންމަފަދަ އޯގާތެރި މަޔަކަށް  ނޫރައިން ދައްތަ ވެސް ވާނެކަމަށް…”. ޔައިޝާ ބުނެލިއެވެ. ދަރިފުޅާ މަންމަ ކިޔަންވާނީ އިނގޭ ޔައިގެ ވެސް މަންމަ އެއްނުދޯމީ…”. ނޫރައިން ބުނެލިއެވެ. އަދި ވަރަށް ލޯބިން ފިރުމާލިއެވެ. ދެން މީ ޒިވް ނޫރައިންގެ ހުރި ހަމަ އެކަނި ދަރިފުޅު….”. ހަމްދީ ބުނެލިއެވެ. ޔައިޝާ ޒިވްޔަން ގައިގައި ވެސް ކުޑަކޮށް ބައްދާލުމަށްފަހުގައި ހިނިތުންވެލިއެވެ. މިއަދު އޭނާ އެހުރީ ވަރަށް އުފަލުން ނެވެ. ހަޔާތުގައި ދެން ދުވަހަކު ވެސް ބައްޕަ އޭނާ ގާތަށް ނާންނާނެ ކަމަށް ދެކިގެން ހުރި ޔައިޝާއަށް އެހިޔާލުތަކުން ދުރުވާން ޖެހުނީ މިއަދު އޭނާގެ ބައްޕަ އަނބުރައި އައުމުންނެވެ. އޭނަދެން ހިތްދަތި ވެގެން ރޯކަށް ނުޖެހޭނެއެވެ. ބައްޕަ އޭނާއަށް ހިމާޔަތް ދޭނެކަން ކަށަވަރެވެ. އޭނާ ދެރަވެދާނެ ފަދަ ކަމެއް އެބައްޕަ ވިޔަކަ ނުދޭނެއެވެ. ހިޔާލުތަކަށް ގެއްލިފައި ހުރި ޔައިޝާއަށް ހޭވެރިކަންވީ ހަމްދީ ވާހަކަ ދެއްކުމުންނެވެ.

”ޔައި ކޮބާ ދައްތަ..” ނާޝިދާ ފެންނަން ނެތުމުން ހަމްދީ އަހައިލިއެވެ. އުޅޭނެ ގޮވާލަންވީދޯ… ޔައިޝާ ބުނެލިއެވެ. ”ނާޝިއްތާ.. ނާޝިއްތާ…” ނާޝިދާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލަމުން ޔައިޝާ ގޮވައިލިއެވެ.” މިގޭގައި އުޅޭ ކަމަނާފާނު ގެޔަށް ވަޑައިގެންނެވީކަން އެއިނގުނީ… ކިހާދެރަވެއްޖެ އުނދަގުލެއް… މަށަށް ނުގޮވާ ސައިހަދަން ދޭބަލަ….ގައިމު މިއަދު އަހަރެންގެ ފިރިމީހާ މާލެ އަންނާނެ އަންނަން ވާއިރަށް ކަށްކަން ޖެހޭނެ އެއްނު…” ޔައިޝާއަށް ލޯއަޅާލަމުން ނާޝިދާ ބުނެލިއެވެ. އޭރު ހަމްދީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިވީ އެއްއަހަރު ދުވަސް ތެރޭގައި ޔައިޝާ އުޅޭނެ ހާލުފެނިފައި ހަމްދީ ދެރަވިއެވެ. އޭނަގެ އަމިއްލަ ކޮއްކޮއަށް އިތުބާރުކޮށްފައި ޔައިޝާ އެގޭގައި ބެހެއްޓީ އެއްވެސް ވަރަކަށް މިގޮތަށް ކަންތަައްތަށް ވާނެކަމަށް ހީކޮށްފައެއް ނޫނެކެވެ. ”ނާޝިދާ….” ހަމްދީ ގޮވާލި އަޑަށް ނާޝިދާ ދިޔައީ ސިއްސައިގެންނެވެ. ”ތީތަ އަހަރެން ޔައިޝާ މިގެޔަށް ކިޔަވަން ފޮނުވީމަ އެފަކީރަށް ޖައްސަން ޖެހޭ ހާލަކީ… ނާޝިދާގެ ވެސް ބޮޑުވެފަ ހުރި އަންހެން ދަރިޔަކު އެބަހުރި… ކިއްތަވާނީ އެންމެ ފަހަރަކު ވެސް އެކުއްޖާ ލަށްވާ ކަމެއް ކުރީއާ… މަގޭ ދަރި މިގެޔަށް ފޮނުވީކީ ނޯކަރުކަން ކުރާކަށްނޫން…. އަހަންނަށް ލިބޭ ލާރިއެއް ހަރަދު މިކުރަނީ އެފަކީރު ކިޔެވުމަށް ކަމަށް މިއޮށް ހުރިހާ ދުވަހު އަހަރެން ހީކުރިީ … ނިކަން ދެކެބަލަ ނާޝިދާ ކަލޭ ތީ އިންސާނެއްތަ… އަހަރެންގެ ދަރިފުޅު ނާޝިދާގާތުގައި ބަހަށްޓާކަށް އަހަރެން ބޭނުމެއްނުން…. މިއަދު އަހަރެން ދާނި އަހަރެންގެ ދަރިފުޅު ގޮވައިގެން….” ހަމްދީ ހިތްހަމަނުޖެހިފައި ހުރެ ނިޝިދާއާއި ދިމާލަށް ބުނެލިއެވެ.

”މަށަށް ވަރިހަމަ.. ކަލޭގެ އެ ގޮތްކުޑަ ދަރި މިގެއިން ގެންދިޔާމަ މަށަށް ނިކަށް ބޮލަށް ފަސޭހަވާނެ…” ނާޝިދާ ހަމަ އެހެން ބުނެލުމާއެކު ހަމްދީ ބަލާކަށް ނުހުރެ އޭނާގެ މޫނުމަތީގައި ޖަހައިފިއެވެ. ”އަހަރެން ހަމަ ހައިރާންވެއްޖެ… ކަލޭ ޝުކުރު އަދާކޮށްބަލަ ޔައި ކަހަލަ ރަނގަޅު ކިޔަމަންތެރި ކުއްޖަކު މި ހާލިތެރޭގައި ކެތް ކޮށްގެން ހުރީތީވެ…. ހަމްދީ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އަދި ޔައިޝާގާތުގައި ދަބަހަށް އެއްޗެސް އަޅާ ރެޑީ ވުމަށް ބުނެލިއެވެ. ޔައިޝާވެސް ބޯޖަހާލުމަށް ފަހުގައި ކޮޓަރިއާއި ދިމާލަށް ދާން މިސްރާބު ޖެހިއެވެ. “ނާޝިދާ ކަލޭ ހަނދާންކުރާތި އަދި ކޮންމެވެސް ދުވަހަކުން ކަލޭ އަހަރެން ގާތަށް އަންނާނެ އެދުވަހަކުން އަހަރެން މާފުކުރާނަން އެކަމު ތިކުރިކަންތަށް ދުވަހަކުވެސް ހަނދާނުން ފިލަިގެން ނުދާނެ.” އެހެންބުނެލާފައި ހަމްދީ އެތަނުން ދިޔައީއެވެ.

ހުރިހާ އެއްޗެސް ފޮށްޓަށް އަޅާ ޕެކްކުރުމުގައި ނޫރައިން ވެސް އެހީތެރި ވެދިނެވެ. އެކަމަށް ޔައިޝާ ޝުކުރު އަދާ ކުރިއެވެ. ނޫރައިން ވެސް ހިނިތުންވެލާފައި އެވަރުގެ ކަމެއް ނޫން ކަމަށް ބުނެލިއެވެ. އަދި ފޮށިތަށް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ހުރިހާ އެއްޗެއް ރެޑީކޮށް ނިމުމުން ހަމްދީ އާއި ޒިވްޔަން ވެގެން ފޮށިތަށް ކަރަށް އެރުވުމާއިގެން ކުރިޔަށް ދިޔައެވެ. ހުރިހާ ދަބަސް ތަކެއް އަރުވައި ނިމުުމުން ޔައިޝާ ފަހުފަހަރަށް އެގެޔާއި ދިމާލަށް ބަލައިލިއެވެ. އަދި ފޯނުނަގައި އަލްޔާ އަށާއި އާނިޝްއަށް އެހަބަރު ދިނެވެ. އެކަމުން އެންމެ އުފާވީ އަލްޔާއެވެ. ޔައިޝާއާއި އެކުގައި ވަގުތު ހޭދަކޮށްލަން އޭނާއަށް ވެސް އެގެޔަށް ގޮސް އުޅެވޭނެތީއެވެ. ކާރަށް އަރާފައި ޔައިޝާ ހެޑް ބޮދުގައި ލެގިލަމުން ދެލޯ މަރާލިއެވެ. ބައްޕަގެ ބޮޑުގެޔެއް މަލޭގައި ހުންނަކަން ޔައިޝާއަށް ކުރިން ވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް އޭނާ އަދި އަލަށް ވެސް އެގެ ބަލާލަންވެސް ގޮސްފައެއް ނުވެއެވެ. ވިއްސަކަށް މިނެޓް ދުއްވުމަށް ފަހުގައި ކާރު އައިސް މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމަށްޗަށެވެ. އެވަގުތު ކޮޅުގައި ގޭގެ ބޭރު ގޭޓު ދޮރުހުޅުވުމަށްޓަކައި ދެފަރާތުގައި ދެ ބޮޑީގާޑް ބައިތިއްބަފައި ތިއްބެވެ. މިކަމަކުން ޔައިޝާ ހައިރާނެއްނުވެއެވެ. ނަމަވެސް އޭނަ އެނގެން ބޭނުން ވާކަމަކީ މާލޭގައި ބޮޑު ގެއެއް ހުރި އިރުގައި ބައްޕަ އޭނާ އެގޭގައި ނުބެހެއްޓި ސަބަބެވެ.

ކާރު ގޮސް ގަރާޖަށް ވެއްދުމައެކު ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ބެރު ދެމީހަކު އައިސް ކައިރީގައި މަޑުކޮށްލިއެވެ. ކާރުގެ ދޮރު ހުޅުވާލަފައި ޔައިޝާ ނުކުމެ އެބޮޑު ގެޔާ ދިމާލަށް ބަލައިލިއެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ ގޭގެ ރީތިކަމެވެ. ބައްޕަގެ މުއްސަނދި ކަމަކީ ޔައިޝާއަށް ކުރިންވެސް އެނގޭ ކަމެކެވެ. އެކަމު މިހާ ފެނަވަރުގެ ގެޔެެއް ހުރެދަނެ ކަމަށް އޭނާ ދުވަހަކުވެސް އުއްމީދު ކޮށްފައެއް ނުވެއެެވެ. ނަމަވެސް ތަގުދީރު ނިކަން ދެކެ ބަލާށެވެ. އޭނާ އަށް ވެސް އެކަނި އުޅެލަން ބޮޑު ގެޔެއް ލިބުނީ އެވެ. ހިނިތުންވެލާފައި ގޭތެރެޔަށް ވަންނަން އޭނާ ދުއްވައިގަތެވެ. ގެތެރެޔަށް ވަދެގެން ދިޔައިރު އިންދަފައިހުރި ގަސްތަށް ފެނިފައި އިތުރަށް ހިނިތުން ވެވުނެވެ. ފިނިފެން މަލަކީ އޭނާ ނިކަން ލޯބިކުރާ މަލެކެވެ. ގޭތެރެޔަށް ވަދެފައި މާގަސްތަކުގެ ތެރޭގައި އެނބުރިލުމަށްފަހުގައި ޔައިޝާ ހިނގައިގަތީ އެތެރެޔަށް ވަނުމަށެވެ.

ގޭގެ މައިދޮރުން ވަންނަން ވެގެން އަޅާލި ފުރަތަމަ ފިޔަވަޅު ހުރިތަގައި ތާށިވީ ހުރިދިމާ ކުރިމަތީގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯގަނޑު ފެނިފައެވެ. އިސާހިތަކު  ލޮލުން ކަރުނަ ނީރާލީ ބަސްބުނާހާ އަވަހަށެވެ. މިއަދު އޭނާގެ މަންމަ ނޫރީން  ދުނިޔޭގައި ހުރިނަމަ އޭނާ ކިހާ އުފާވީހެވެ. މަންމަޔާއި ބައްޕަ ގަތުގައި ހުރިނަމަ މިއަދު އޭނަ ހުންނާނީ ވަރަށް އުފަލުން ނެވެ. ލޮލުން ފޭބި ކަރުނަތަށް ފުހެލާފައި ޔައިޝާ ދުވެފައި ގޮސް މަންމަގެ ފޮޓޯގައި ލޯބިން ފިރުމާލިއެވެ. އަދި ހިނިތުންވެލާފައި މަންމަ ދެރަވާވަރުގެ އެއްވެސް ކަމެއް އޭނާ ނުކުރާނެ ކަމަށް ވައުދު ވިއެވެ. އެމަންޒަރު ބަލަން ފެންކަޅި ވެފައި ހުރި ހަމްދީ އާއި ނޫރައިން ވެސް ކަރުނަ ފުހެލުމަށްފަހުގައި ހިނިތުންވެލިއެވެ.

ނުނިމޭ

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

gurrrl_8
Follow Me Written By

gurrrl_8

Level 2100 Login10 Stories

Other Articles

Previous

ހިތުގެ ރިހުން (8)

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 10

Next
July 12, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 10

Previews
July 11, 2025

ހިތުގެ ރިހުން (8)

4 Comments!

  1. Shaf_maan says:
    July 12, 2025 at 12:06 pm

    Maasha Allah mi prt vx vrh reethi
    Yayy. She got out from that naraka.
    Can’t wait for the next prt
    Whn nxt
    Yc.. Lyy💜

    1. gurrrl_8 gurrrl_8 says:
      July 13, 2025 at 1:30 pm

      thankyou Shaf_maan
      yhh dhwww… nextt part soon
      stayy turned
      its means a lot
      ly

  2. writerr says:
    August 3, 2025 at 1:46 pm

    Masha Allah, vrh reethiii gurrll😻

    1. gurrrl_8 gurrrl_8 says:
      August 5, 2025 at 1:41 am

      thanks
      it means a lot ♥

Comments are closed.

Next Episodeނުވާނަމޭ ބަދަލެއް ހުވާ ޔާރާ (3)←


All Right Reserved!