ހިތުގެ ރިހުން (8)
“ބައްޔެއް… ކަލޭ ދެން ދާ ތާކަ އެ ހަންޑި ގޮވައިން ދޭ… މަށަށް ބަލަން ޖައްސާނެ ކަމެއް ނެތް.. ބޮޑު ބަލާވެރިކަމެއް….” މިންހާ އަށް އިހުސާސް ކުރެވުނީ އޭނާގެ މޫނު މަތީގައި ހޫނު އެތި ފަހަރެކެވެ. މޫނުގައި އަތް އަޅައިން ހުރެ ޔާސިން އަށް ލޯ އަޅާލިއެވެ.
“މިންހާ.. ކިހިނެއްވެގެން ތިއުޅެނީ… މިންހާ އަގަވެސް ހާދަ ހަޑިއޭ ދޯ މިހާރު…” މަންސޫރު މިންހާއަށް ބަލަހައްޓައިން ހުރެ ޖަހަން ނެގި އަތް ތިރިވެސް ނުކޮށް ބުނެލިއެވެ.
“ބަލަ މިންހާވެސް ބޭނުން ވެގެން ނުންތަ ނައިރާ ހޯދީކީ..” މަންސޫރު ބުނެލިއެވެ.
“އާން.. އަހަރެން ބޭނުން ވެގެންނެއް ނުން.. މިހިރަ ފިރިހެނާ މާ ބޮޑަށް ކުއްޖެއް ބޭނުން ވެގެން… އަހަރެން ބަލަން ޖެހޭނެ ކަން އިގުނު ނަމަ އަހަރެން ހޯދާނެ ތަ.. އަދިވެސް މަގޭ ގައިގަ ތަ މަންސޫރަށް ޖަހަން އިގެނީ…” މިންހާ އޭނާގެ ނަމުން މުހާތަބު ކުރުމުން މަންސޫރު ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ދެން ފެނުނީ މިންހާ އެހުރި ގޮތަށް ފައިވާނަށްވެސް ނާރާ ނިކުމެގެން ދިޔަތަނެވެ. އޭނާ ހުއްޓުވާކަށް މަންސޫރެއްވެސް އަދި ޔާސިން އެއްވެސް މަސައްކަތެއް މިފަހަރު ނުކުރެއެވެ. މަންސޫރު ޔާސިން ކޮޑުގައި އަތް ޖަހާލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
*****
“ނޫރާ.. އަހަރެން މިއަދު ވަރަށް އެކަނިވެރިވެއްޖެ.. އަހަރެން ހަޔާތުގަ ދުވަހަކުވެސް ހީނުކުރާ ކަންކަން ދިމާވާން ފަށައިފި..” ހުޝާމް ވާހަކަ ދައްކަމުން ދިޔައީ ނޫރާމެންގޭ ސޯފާގައި އިދެއެވެ.
“ހުޝް… ދުނިޔޭގަ އުޅޭ އިރު ހީނުކުރާ އެތައްކަމަކާ ދިމާވާނެ. އަހަރުންނަށް އޮތީ އެ އިމްތިހާން ތަކަށް ކެއް ކުރުން. ހުޝް ނުބުނަންޔާ އަހަންނަކަށް ނޭގޭނެ ވެގެން އުޅޭ އެއްވެސް ކަމެއް..” ނޫރާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
“ނޫރާ ގާތު އަހަރެން ބޭނުމެއް ނުން ޔާސިން ވާހަކަ ދައްކާކަށް…” ހުޝާމް އެވާހަކަ ނޫރާ ގާތު ބުނަން ބޭނުން ވަނީ ޑީއެންއޭ ހެދުމަށްފަހު އަސްލަށްވެސް ޔާސިން އަކީ އޭނާގެ ކޮއްކޮ ކަން ޔަޤީންވީމައެވެ.
“ޔާސިން އެއްޗެއް ކީތަ؟ ދެން ބުނެބަލަ.. އަހަރެންމީ ކުރީގެ ނޫރާ އެއް ނޫނޭ.. ކުރިން ކިތަންމެ ފިޑިޔަސް މިހާރު އަހަރެން ވަރަށް ހިތްވަރުގަދަވާނެ..” ނޫރާ ބޭނުންވީ މޮޅެތި ވާހަކަ ދައްކައިން ނަމަވެސް ހުޝާމްގެ އުދާސްތައް ނެރެންށެވެ.
*****
“މިންނޫ އަހަރުމެން ދެމީހުންގެ ގުޅުން މީހަކަށް ފަޅާއަރާފިއްޔާޔޯ!” މިންހާގެ އަތުގެ އިގިލިތަކާ ކުޅެން އޮތް ޒުވާނާ ބުނެލިއެވެ.
“އެރިއްޔާ އެރީ.. އެޑަމްއަށް އިނގޭނެ އަހަރެން މިހާރު އެ ޔާސިން ދެކެ ކުލުނެއް މިންވަރުވެސް ލޯބި ނުވާކަން… މިރޭވެސް އޭނަ އާ ހެދި އަހަރެން ގެއިން ނިކުމެގެން މިއައި. ނަސީބެއް އެޑަމް އަހަރެން ބުނި ގޮތް ހަދައިން ޔޫކޭއިން އައިކަން.” މިންހާ ވާހަކަ ދެއްކީ އޭނާގެ ސިއްރު ލޯބިވެރިޔާ އެޑަމް އާއެވެ.
“ދެން ލޯބި ނުވަންޔާ ކީއްކުރަންތަ އޭނަ ފޫބުޑުން އަދިވެސް ތިއުޅެނީ؟” އެޑަމް ހިތްހަމަ ނުޖެހުނެވެ.
“އެއީ އޭނަ ތަޅުވަން.. އަދި އެ ނޫރާ އަކަށް އޭނަ ލިބޭކަށް އަހަރެން ބޭނުމެއް ނުން. އެޑަމްއަށް އިންގޭނުން އެ ހުރިހާ ކަމެއް ހުއްޓުވަން އަހަރެން ކުރިހާ މަސައްކަތް.” މިންހާ އެޑަމްގެ ތަނަވަސް މޭތެރެއަށް އިތުރަށް ގަޔާވެލަމުން ބުނެލިއެވެ.
“އާން އެގޭ އެކަމް އަހަރެން މިހެން އުޅޭތާ މިވަނީ 10 އަހަރު.. އަހަރެން ބޭނުން މިންނުއާ މެރީ ކުރަން..” އެޑަމް މިހެން ބުނުމުން މިންހާ ގާތަށް ރުޅި އައެވެ.
“ހޫން. ފެށުނީ.. އަހަރެން އެޑަމް ކައިރިއަށް މިއައީ ބޯ ހަމަ ޖައްސަން.. އަނެއްކާ އެބަދިވަރު ދަމަން ފެށީއޭ… މިހާރު ބުނެފީމޭ އަހަރެން ބުނަންދެން ހުންނާށޭ…” މިންހާ އެދުން ތެދުވެގެން އޭނާ ލައިގެން ހުރި ގަމީހާ ސޯޓު ގަޔަށް ހެޔޮވަރު ކޮށްލަމުން އެތަނުން ނިކުމެގެން ހިގައްޖެއެވެ.
*****
-މިއަދު މެންދުރު ލަންޗް ޖެން ހޮޓަލްއަށް.. ޓައިމް ވަން ޕީއެމް… އައި ހޭޓް ޕީޕަލް ހޫ އާންޓް ޕަންކްޗުއަލް.. ބީ އޮން ޓައިމް..- ހެދުނު ހޭލައިން ނާސްތާކުރުމަށް ތިރިޔަށް ފައިބަމުން ފޯނު ބަލާލި ޔާސިން އަށް ނޫރާގެ މެސެޖު ފެނުނެވެ. މޫނު މައްޗަށް ވެރިވެގަތީ އުފާވެރިކަމުގެ ހިނިތުން ވުމެކެވެ.
“ހޫން. މިހާރު ކޮންކަމަކާ މަކުނެއްހެން ހެވިފަ ތިހިރީ..” މިންހާ ގެ މިފަދަ ބަސްތައް މިހާރަކަށް އައިސް ޔާސިންއަށް ރައްދުވާލެއް ވަރަށް ގިނައެވެ.
“މިންހާ… މިހާރު ކަންކަން މާ މައްޗަށް ތިދަނީ.. ތިވައްތަރަށް އުޅެންޔާ…” ޔާސިން މިހެން ބުނެލިތަނާ މިންހާ އައި ގޮތަށް އައިސް ޔާސިން ޓީޝާޓުގައި ހިފާ ބާރު ކޮށްލިއެވެ.
“އުޅެންޔާ ކީއް… ކީއްކުރެވޭނީ… ކަލޭތީ އަހަރެން ބައްޕަ ކިޔަވާ ދިނީމަ ކިޔަވައިގެން ކާން ދިނީމަ ކައިގެން ހުންނަ މީހެކޭ..” މިންހާގެ މި ބަހުން ޔާސިން ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ނިކަމެތިކަން އެއްފަހަރުވެސް ހަދާނެއް ނުނެތެވެ. ސައިވެސް ނުބޮއެ ޔާސިން އެރީ މައްޗަށެވެ.
އިރުކޮޅަކުން ޔާސިން ކޮޓަރިގައި މީހަކު ޓަކި ޖެހިއެވެ. ވަންނާށޭ ބުނުމުން އެތެރައަށް ވަނީ ކުޑަކުޑަ ނައިރާ އެވެ.
“ބައްޕީ.. މިހާރު ކީއްވެ ނައި އާ މަންމި އާ އެހާ ދުރީ… މަންމި ނައި އަށް ވަރަށް އައްދޮ ކުރޭ… ނައި ބޭނުމީ ބައްޕި ކައިރި ހުންނަން.. މަންމި ބޭނުމެއް ނުން.” ނައިރާ އެނާގެ ކުޑަކުޑަ އަޑުން ވާހަކަ ދެއްކިއެވެ.
“ބައްޕި މާލެ އައިމަ އޮފީހަށް ދާން ޖެހޭ.. ބައްޕި ބުނީނެއްނުން ދަރިފުޅު ކައިރި ޔޫކޭގަ ހުރި އިރުވެސް މާލެ އައިމަ ބައްޕި ބިޒީ ވާނޭ.. މަންމި ކިހިނެއް އައްދޮ ކުރަނީ ދަރިފުޅަށް..” ޔާސިން ކަންބޮޑުވެފައި އަހާލިއެވެ. އަތުގެ އިޝާރާތުން ވިކާ ކަހަލަ ގޮތެއް ނައިރާ ދައްކާލިއެވެ. ޔާސިން މަޑު މަޑުން ނައިރާގެ ހެދުމުގެ އަތް ހިއްލާލިއެވެ. އޭނާގެ ލޮލަށް ފެނުނު މަންޒަރު ގަބޫލު ކުރަންވެސް ދަތި ވިއެވެ. އަތުގެ އެތަން މިތާގައި ވިކާފައި ހުރި ތަންތަން ހުރީ ކަޅު އަރާފައެވެ. ނައިރާ މަޑު މަޑުން ހެދުން ހިއްލާލިއެވެ. އެކުއްޖާފުޅު މުޅި ބަނޑުގައިވެސް ދެވަނަ ދޭއްޗެއް ނެތެވެ. ޔާސިންގެ ލޮލުން ކަރުނަ ހިލުނެވެ. ނައިރާގައިގާ ބާރަކަށް ބައްދާލިއެވެ.
“މަ މިދަނީ ރިސޯޓަށް މަގޭ ރައްޓެއްސަކާ އެއްކޮށް ދާން.. ކަލޭ ނައިރާ ބަލާ ދެން.” ޔާސިން ކޮޓަރި ދޮރު ހުޅުވާލުމާ އެކު މިންހާ ބުނެލިއެވެ.
“ނައި ބަހައްޓާފަތަ ދަނީ..” ޔާސިން މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ.
“މީހަކު އަޖައިބެއެ ނުވާނެތަ… އަހަރެން ކިޔާ އެއްޗެއްވެސް ކަލެއަށް ނޭގޭދޯ މިހާރު” މިންހާ ރުއްކުރު ގޮތަކަށް މިހެން ބުނެފައި ދޮރު ބާރަކަށް ލައްޕާފައި ހިގައްޖެއެވެ.
ޔާސިންއަށް މިއަދަކީ ވަރަށް މުހިންމު ދުވަހެކެވެ. ނޫރާ އާ އެއްކޮށް މީޓިންއަށް ދާން ބާކީ ދެ ގަޑިއިރުވެސް ނެތެވެ. ނައިރާ ބަލާނެ މީހެއް މި ކުޑަ ވަގުތު ކޮޅު ތެރޭ ހޯދާނީވެސް ކިހިނެއް ހެއްޔެވެ. މަނާލްވެސް ވީ މަންސޫރާ އެކު އޮފީސް ދަތުރަކު ގޮހެވެ. ޔާސިން މަންމަ މިއަދު ދުނިޔޭގައި ހުރި ނަމަ އޭނާ އަށް މިފަދަ ދަތި ހާލެއް ނުޖެހޭނެއޭ ހިތަށް އަރަމުން ދިޔައެވެ.
*****
މެންދުރު ބަރާބަރު އެކެއް ޖެހި އިރު ޔާސިން ހުރީ ޖެން ހޮޓަލު ދޮރުމަތީއެވެ. އޭނާގެ އަތުގައި ހިފަހައްޓާގެން ނައިރާ ހިޔަންޔާ ކުޅެން ހުއްޓެވެ. އެވަޤުތަކީ ނޫރާގެ ކާރު އައިސް ޖެން ހޮޓަލަށް މަޑު ކޮށްލިވަގުތެވެ. ނޫރާ ކާރުން ފޭބިތަން ފެނުމުން ބޭ އިހްތިޔާރުގައި ނައިރާ އޭނާގެ ފުރަގަހަށް ލެވުނެވެ. އެއްޗެއް ފޮރުވާ އުސޫލުންނެވެ.
“މި ކޮންކަމެއް؟ އޮފީސް މީޓިން އަކަށް ނުންތަ ޔާސިން ތިއައީ.” ނޫރާ ތަންކޮޅެއް ހަރުކޮށް ބުނެލިއެވެ.
“ނުން.. މީޓިންއަށް.. އެކަމް ނައިގެ މަންމަ ވީ ރިސޯޓަކަށް ގޮސް. ނައި އެކަނި ގޭގަ ނުބެހެއްޓޭނެތީ.. ހޮޕް ޔޫ ޑޯންޓް މައިންޑް..” ޔާސިން އިސްޖަހާލައިން ހުރެ ބުނެލިއެވެ.
” ޔާސިން ފްރީ ވީމަ އަހަންނަ މީޓިންއަށް ގުޅާ… އައިލާ އެންމެން ގެނެސްގެން ނުން ދޯ މީހުން ޕްރޮފެޝަލީ މީޓިން ބާއްވާނީ..” އަދިވެސް ހަމަ އެ ހަރު ރާގުގައި މިހެން ބުނުމަށް ފަހު ނޫރާ އޭނާގެ ކާރަށް އަރަން ހިގައިގަތެވެ.
” ބައްޕީ.. ނައި ވަރަށް ސޮރީ..” ނައިރާ ރޯން ފެށިއެވެ. އުމުރުން 5 އަހަރަކަސް ވަށައިގެން ހިނގާކަންކަން ނައިރާއަށް ވަރަށް ރަގަޅަށް އެގެއެވެ.
ނޫރާ އެޅި ފިޔަވަޅު މައްޗަށް ހުއްޓުނީ ދެނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Maasha Allah mi prt vx vrh reethi
Curiously waiting
Whn nxt??
Lyy.. 💜