Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 4

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 13, 2025 3 Mins Read
6 Comments

އިތުރައް އެތާ ހުންނާނެ ހާވަރު ނެތުމުން އިވްޔާ ދުއްވައިގަތީ ގެއަށް ދިޔުމަށެވެ. ދުވެފައި ދިޔައިރު އިވްޔާގެ ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ކައިވެންޏަށް އަހަރުވެގެން ދިޔައިރު މައިދައިތަ ފަރާތުން ނުލިބުނު ލޯބި ވަކި ދަރިއަކު ލިބުމުން ލިބޭނެ ކަމާއި މެދުވެސް އިވްޔާގެ ހިތުގައި ޝައްކު އުފެދުނެވެ.

(4 ވަނަ ބައި)

ދުވެފައި އައުމުން މާލަސްނުވެ އިވްޔާއަށް ގެއާއި ހަމައަށް ވާސިލްވެވުނެވެ. ނަމަވެސް ކުއްލިއަކަށް އިވްޔާ އެއްޗެއްގައި އަޅައިގަނެ އަނގަވަތައް ވެއްޓުނެވެ. “މިއާއު” އިވްޔާ ބަނޑުދަށުން އިވުނީ ބުޅާ ގޮވާލި އަޑެވެ. އިވްޔާއަށް އޮވެވުނީ އެބުޅާ ގައިމަތީގައި ކަން އެނގުމުން އިވްޔާ އަވަހަށް ތެދުވިއެވެ. އަދި ބުޅާ އުރައިގެން ގޮސް ގޭ ޖޯލީގައި އިށީނެވެ.

“ޔާ ﷲ މިއަޅާއާއި މިޒިޔަލްއަށް އަވަހަށް ދަރިއަކު ލިބޭނެ ގޮތް މިންވަރު ކުރައްވާށި. ޔާ ﷲ މިއަޅާގެ މައިދައިތަގެ ހިތުގައި މިއަޅާއަށް ޓަކާ ރަހުމު އުފައްދަވާށި ޔާ ﷲ” އުޑާއި ދިމާލަށް ބަލަން އިނދެ އިވްޔާ ދުޢާ ކުރިއެވެ. “މިއާއޫ” އިވްޔާ އުނގުމަތީގައި އޮތް ބުޅާ ގޮވާލިއެވެ.

އިވްޔާ ހިނިތުން ވެލާފައި އެބުޅަލުގައި ބޮސް ދިނެވެ. މަޑުމަޑުން އޮތް އެބުޅާ ފުންމައިގަތީ ކުއްލިއަކަށެވެ. އިވްޔާގެ މޫނުމަތީގައި ވަކި އަޅުވާފައި އެސޮރު ދުއްވައިގަތެވެ. އިސާހިތަކު އިވްޔާގެ ލޯކައިރިން ލޭއަންނަން ފެށިއެވެ. ލޯމަތީ އަތް އަޅައިގެން އިވްޔާ އަވަހަށް ވަނީ ގޭތެރެއަށެވެ.

ލޭމަނާވުމުން އިވްޔާއަށް ދޫކޮއްލެވުނީ ފުން ނޭވާއެކެވެ. ނަސީބަކުން އެލަކުނު އެހާ ބޮޑަކަށް ނޭނގެއެވެ. އިވްޔާ އެބުޅާ އުރިކަން މިޒިޔަލްއަށް އެނގުނު ނަމަ ގައިމުވެސް މިޒިޔަލް ރުޅިއަންނާނެއެވެ.

****

މިޒިޔަލްގެ އެދުމާއި އެއްގޮތައް އިވްޔާ ހިޖާމަ ޖެހިއެވެ. 6 މަސް ދުވަސްފާއިތުވެ ދިޔައެވެ. އެހެން ނަމަވެސް އަދިވެސް އިވްޔާ ބަލިވެ އިންނާނެ ގޮތެއް ނުވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޙިޔާލުތަކުގައި އޮތް މިޒިޔަލްއަށް ނިދުނީ 30 2 ވާން އުޅެނިކޮށެވެ. ނަމަވެސް ނިދުނު ހެން ހީނުވެ އަނެއްކާވެސް ހޭލެވުނެވެ. އޭރު ގަޑިން ބަރާބަރު 3 ޖެހީއެވެ. ގާތުގައި އިވްޔާ ނެތުމުން މިޒިޔަލް ދިޔައީ ސިއްސައިގެންނެވެ. “އިވް؟” ފާހާނައިގައިވެސް އިވްޔާ ނެތުމުން މިޒިޔަލްގެ ހިތް ތެޅިގަތެވެ. އަނެއްކާ އިވްޔާ ކޮބައިބާއެވެ؟

“މިއާއު” މިޒިޔަލްއަށް އިވުނީ ބުޅަލެއްގެ އަޑެވެ. ހުރިތާ ގަބުވެހުރެ މިޒިޔަލް ދެލޯ ހަރަކާތް ކުރަމުން ދެކޮޅު ބަލާލިއެވެ. “މިއާއު” މިފަހަރު އިވުނު އަޑާއި އެކު މިޒިޔަލްގެ ފައި ހީލިގަތެވެ. ބުޅާ އޮތީ މިޒިޔަލް ފައިބުޑުގައެވެ. ކެހެރިތައްބޯ އެކަޅު ބުޅާ ފެނި މިޒިޔަލް ދިޔައީ ސިއްސައިގެންނެވެ. އެބުޅާ ގޭތެރެއަށް ވަނީ ކިހިނެތް ހެއްޔެވެ؟

މިޒިޔަލްއާއި ދިމާލަށް އޭތި ބަލަން އޮތީ ބިރުވެރި ގޮތަކަށެވެ. އެބުޅަލުގައި ކެހެރިތައް ބޯކަމުން ރާއްޖެ ބުޅަލަކާއި ވައްތަރެއްވެސް ނޫނެވެ. ތޫނު ދެދަތާއި ލޭކުލައިގެ ދެލޮލުން އެސޮރު މިޒިޔަލްއާއި ދިމާލަށް ބަލަމުން ދިޔައީ ނާމާން ގޮތަކަށެވެ.

“އިވް؟؟ އިވް؟” އެބުޅާ ދިމާލަށް ބަލަން ހުރެ މިޒިޔަލް ގޮވާލިއެވެ. “މިއާއޫ!!!” މިޒިޔަލް ގޮވާލުމާއި އެކު އަނެއްކާ އެސޮރު ހޭރިގަތެވެ. އެވަގުތު ކޮޓަރި ދޮރުހުޅުވާލި އަޑުއިވުނެވެ.

ދޮރުމަތީގައި ހުރި އިވްޔާ އަތުގައި ކަޅު ބުޅަލެއް އޮތެވެ. ދެލޯ ބޮޑުވެ މިޒިޔަލްއަށް ބަލައިލެވުނީ ފައިދަށަށެވެ. އޭރު އޭނަ ފައިބުޑުގައި އޮތް ބުޅަލެއް ނެތެވެ. އެބުޅާ އިވްޔާ އަތުގައި މިހާރު އޮންނަންވީ ކީއްވެ ހެއްޔެވެ؟

ނަމަވެސް އެޔަށްވުރެ ބޮޑަށް މިޒިޔަލްގެ ލޮލުގައި އަޅައިގަތީ އިވްޔާ ހުރި ގޮތެވެ. އިވްޔާގެ ދިގު އިސްތަށިކޮޅު ވަޔާ ވިހުރެމުން ދިޔައިރު، އިވްޔާގެ ކަޅި ފެންނަންވެސް ނެތެވެ. ލައިގެން ހުރި ހުދު ހެދުމުގައި ކިލާ ހުރި އިރު އެބުޅަލުގެ ކެހެރިވެސް ހުއްޓެވެ. އިވްޔާގެ ދެފައިވެސް ވަނީ ލެއިން ކަޅިވެފައެވެ. “އިވް…؟” މިޒިޔަލްއަށް ގޮވާލެވުނެވެ. މިޒިޔަލްއަށް އެހެން ބުނެވުނުހެން ހީނުވެ އެބުޅާ މިޒިޔަލްގެ މޫނާ ދިމާލަށް ފުންމައިގަތެވެ.

ވަގުތުން ނިދިފައި އޮތް މިޒިޔަލްކޮޅަށް ޖެހުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން މިޒިޔަލް އަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ކައިރީ އިވްޔާ ނެތުމުން ހިތް ތެޅިގަތެވެ. އޭރު ގަޑިން 3 ޖެހީކަން އެނގުމުން މިޒިޔަލް ތެދުވެވުނީ ކުއްލިއަކަށެވެ.

އެވަގުތު މިޒިޔަލްގެ ލޮލުގައި ހުޅުވާފައި ހުރި ފާހާނައިގެ ދޮރު އަޅައިގަތެވެ. “އިވް؟” ލަސްލަހުން މިޒިޔަލް ހިނގައިގަތެވެ. “އިވް؟؟” ފާހަނަތެރޭގައި އިވްޔާ އޮތީ ހޭނެތިފައެވެ.

އިވްޔާ ނަގައިގެން މިޒިޔަލް ގެންގޮސް އެނދުގައި ބާއްވާލިއެވެ. އިވްޔާގެ ހަށިގަނޑުވެސް އޭރު ވަނީ ހުދުވެފައެވެ. ބިރުން ހުރެ މިޒިޔަލްގެ އިނގިލި އިވްޔާގެ ނޭފަތާއި ގާތް ކޮއްލިއެވެ. އިވްޔާ ނޭވާލާކަން އެނގުމުން މިޒިޔަލްއަށް ހިތް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެންކަމުން އަވަސްއަވަހަށް ހޮސްޕިޓަލަށް ގުޅިއެވެ.

ހޮސްޕިޓަލަށް ގެންގޮސް އިވްޔާގެ ޓެސްޓުތަކެއް ހެދުނެވެ. ގާތުގައި އިން މިޒިޔަލް އަދިވެސް އިނީ ހިނދުކޮޅެއް ކުރިން ފެނުނު އެހުވަފެނާއި މެދު ވިސްނާށެވެ. އެޙީޔާލު ތަކުން މިޒިޔަލްއަށް ނުކުމެވުނީ އިވްޔާގެ ފިނިފިނި އަތް މިޒިޔަލްގެ އަތްމަތީގައި ބާއްވާލުމުންނެވެ.

“އިވްއަށް ކިހިނެތްވީ؟” އިވްޔާ އާހާލިއެވެ. “ޔަލްއަށް ފެނުނީ ފާހަނަ ތެރޭގަ އިވް ހޭނެތިފަ އޮއްވަ. ކީއްވެ ފާހަނައަށް ދިޔައީ؟” މިޒިޔަލް އެއްސެވެ. “ނޭނގެ. ބަނޑަށް ގޮތެއް ވެގެން ހޭލެވުނީ. ވަރަށް އުނދަގޫ ވެފަ ހުރީ. ނޭނގެ ބުނެދޭންވެސް. ދެން ފާހަނައަށް ވަދެވުނު އިރަށް ހޮޑު ލެވުނީ. ދެން ނޭނގެ ވީގޮތެއް” އިވްޔާ ކިޔައިދިނެވެ.

އެވަގުތު އިވްޔާ އޮތް ކޮޓަރި ދޮރުހުޅުވާލާފައި ވަނީ އިވްޔާއާއި މިޒިޔަލްގެ ބޮލުގައި އެނބުރެމުން ދިޔަ ސުވާލުގެ ޖަވާބެވެ. އިވްޔާގެ ހާލަތު ބެލި ޑަކްޓަރާއި އެކު ވައިން ނަރުސް ކުއްޖާގެ ތުންފަތުގައި ވެސްވީ ހިނިތުންވުމެކެވެ.

“މަރްހަބާ. އިވްޔާ ބަނޑުބޮޑު. ބަނޑަށް 6 ހަފްތާ” ޑަކްޓަރު ބުންޏެވެ. އިވްޔާގެ ދެލޯ ވަގުތުން ފުރުނީ އުފާވެރި ކަމުގެ ކަރުނައިންނެވެ. “އަލްހަމްދުލިއްލާހި” ދެމަފިރިންނަށް އެކުގައިހެން ބުނެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވާ ލޯބި އެނގޭނަމަ(23)

Next

މަޢާފް އެދެމުން 31

Next
July 13, 2025

މަޢާފް އެދެމުން 31

Previews
July 12, 2025

ވާ ލޯބި އެނގޭނަމަ(23)

6 Comments!

  1. aanaa says:
    July 13, 2025 at 12:59 am

    Masha allah mi part vs vrh reethi
    Alhamdulillah.ivya preggg…
    Vrh hiivey knmvs kmh goasvaan ulheyhn..
    Birun thuru thuru vs laifi
    Preg v ma dhn mizna kudakh rangalhu vedhaane dhww
    Curiously waiting
    When next???
    Lyyy❤️

    1. shihaamaa ali shihaamaa ali says:
      July 13, 2025 at 1:55 pm

      jazaakallah khairan dearr
      hehe yesss ivv is pregggg
      kekekkekeke
      hehe balamaa dhw.. lets see mizna ge reaction..
      stay tuned next ep tmrw
      lyt

  2. Your fav bab Your fav bab says:
    July 13, 2025 at 10:09 am

    Yayyy!! Congrats iv👏👏👏
    Mizna dhen kada vaane!
    That dream is so eeeire n spooky!
    Sensing somethings wrong here 😕
    When next?
    Lysssm❤️❤️❤️

    1. shihaamaa ali shihaamaa ali says:
      July 13, 2025 at 1:56 pm

      hehehe yesss ivv is finally preggg
      haha dhw
      ya frrrr when i re-read that scene i was soooooo freaked out 💀
      hehe balamaa dhw dhn what happens
      next ep in sha allah tmrw
      lyttt

  3. darkqueen38 darkqueen38 says:
    July 13, 2025 at 11:19 am

    Mi part ves varah reethi.
    Curious to see what happens next.

    1. shihaamaa ali shihaamaa ali says:
      July 13, 2025 at 1:57 pm

      jazaakallah khairan

Comments are closed.

Next Episodeކަޅު ބުޅާ 5←


All Right Reserved!