Skip to content
އެސްފިޔަ
PRO · MVR 2.00

ހިތުގެ ނާރުތަކުގާވެސް ތިބާ… 10

ވިއްސާ ކޮޓަރީގައި އޮތް މެހެކްގެ މޫނުމަތީގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. އަޅަމުން ދިޔަ ވޭނަށް އޭނާ ދިޔައީ ކުރެވުނު ވަރަކަށް ކެއްކުރަމުންކަން މެހެކްގެ މޫނުމަތިންވެސް ދިޔައީ އެނގެމުންނެވެ. އެނދުމަތީގައި އޮތް ބެޑްޝީޓް އަތަށް ބާރުކޮއްލައިގެން އޮތް އިރު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެހުރިހާ ވޭނަކާއި އެކުވެސް މެހެކް ދިޔައީ ހިތާހިތުން އޭނާގެ ދަރިފުޅު ހެޔޮހާލުގައި ލައްވާތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ.
މެހެކްގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުން ކަމުގެ އިހުސާސް ކުރެވުނީ ތުއްތު ފުރާނައެއްގެ ރުއިމުގެ އަޑުންނެވެ. މެހެކްއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނު އިރު، ދެލޮލުން ކަރުނަ ފޭދުނެވެ. ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. “މަރްހަބާ އަންހެން ކުއްޖެއް” ރިޔާޝާ ބުންޏެވެ.
(10 ވަނަ ބައި)
ފޫޅުކަނޑާ ހަދާފައި ކުޑަކުޑަ ދަރިފުޅު ގެނެސް މެހެކްގެ މޭމަތީގައި ބާއްވާލިއެވެ. ދޮން ފުއްގަނޑެއްފަދަ ކުޑަކުޑަ ދަރިފުޅު ދެލޯ ހުޅުވާ މެހެކްއާއި ދިމާލަށް ބަލައިލިއެވެ. މެހެކްގެ މޫނަށް ބަލަން އޮވެ ދޫނެރެލަ ނެރެލަ އޮތް އިރު އެއީ މަންމަކަން އެކުއްޖާއަށްވެސް އެނގުން ފަދައެވެ.
“މަންމިގެ ފުރާނަކޮޅު. މާޝާ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.