ބެލްކަނީގައި ގޮނޑިއެއްގައި އިށީންދެލައިގެން މައުރޫފް އިނީ ފުން ހިޔާލެއްގައެވެ. ޖެހެމުންދިޔަ ފިނިވައިރޯޅި މައުރޫފުގެ ގައިގައި ބީހިލި ހިނދު ހީބިހި ނަގައިން ނަގައިގެން ދާ ކަހަލައެވެ. ސިކުނޑީގައި އެއްކޮޅުން އަނެއްކޮޅަށް ދުވަމުން ދިޔައީ މައުރޫފުގެ ހިތް އަތުލާފައިވާ އަނާއެވެ. ވަޒީފާގެ މާހައުލުން ދިމާވި އަނާއަކީ އެންމެނަށްވެސް ރަނގަޅު ހިތްހެޔޮ އިންސާނެކޭ. ކަޅު ވަރުގަދަ އިސްތަށިގަނޑެއް ލިބިފައިވާ އަނާއަކީ މަޑު މުށި ކުލައިގެ ހަންގަޑެއްގެ ވެރިއެކޭ.
ގޭގެ ދޮރުމަތީގައި ބާއްވާފައި އޮތް ކާރަށް އަރާ މައުރޫފް އޮފީހަށް މިސްރާބު ޖެހިއެވެ. އޮފީހަށް އަރާ ހަމަވިއިރު ގަޑި ނުވަގަޑި ބައިވަނީއެވެ. ބައިގަޑިއިރު ކުރިން އާދެވުމުން ކައިރި ހުރި ކެފޭއަކަށް ވަނެވެ. ކޮފީތަށްޓެއް ގަނެގެން މައުރޫފު ނުކުތް ވަގުތު ފެނުނު މަންޒަރުން ހުއްޓުން އެރި އެވެ. ދޮރު ކުރިމަތީ ހުރި އަނާ މައުރޫފަށް ހަނާ އަޅާލިއެވެ. ކޮފީތަށި ހިފައިގެން އަނާއާ ދިމަލާ މައުރޫފް ހިނގައިގަތީ ހިނިތުންވެ ހުރެއެވެ. ކައިރިއަށް ގޮސް އަނާގައިގައި މައުރޫފު ބައްދާލިއެވެ. އަނާގެ ގައިން ދުވާ މަޑު މަޑު މީރުވަސް މައުރޫފުގެ ގައިގައި ފަތުރާލިއެވެ. އަނާގެ އަތް މައުރަފު އަތާ ބީހިލުމުން މައުރޫފުގެ މޫނު ގަދަ ރަތް ކުލެއް ބަދަލުވިއެވެ. ހިތުގެ ތެޅުން އިތުރަށް ބާރުވިއެވެ.
ގަޑި ފާއިތުވި ކިހިނެއް ކަމެއް ނޭނގުނެވެ. އޮލަ ވާހަކައިގައި ތިއްބާ އެހެން މީހުން އައެވެ. ވާހަކަ މެދުކަނޑާލުމަށް ފަހު ދެ މީހުންނާ ހަވާލުކުރެވިފައިވާ އޮފީހަށް ވަކިވިއެވެ. ކުރާނެ މަސައްކަތައް މަދެވެ. ކުރަން ހުރި މަސައްކަތްތައް ނިމުމުން މައުރޫފް މޭޒުގައި ބޯ ޖަހައިލިއެވެ. ކަޅު ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ދިއްލިފައިވާ މަޑު ރީނދޫ ކުލައިގެ ބޮކި ވަނީ މޭޒެއް ދިއްލާލައިފައެވެ. ފިނިފެންމަލުގެ ގަދަ ރަތް ކުލައިގެ ފިޔަތައް ވަނީ މޭޒުވަށައި ބަހައިލާފައެވެ. އުއްބައްތިއެށް ދިއްލާފައިވާއަރު މޭޒުގެ ދެ ފަޅީގައި ތަށިތަކެއް ބަހައްޓާފައި ހުއްޓެވެ. ފަހަތުން ދޮރު ހުޅުވާލި އަޑު އިވުނެވެ. މައުރޫފް ފަހަތަށް ބަލައިލިއެވެ. ނޫކުލައިގެ ރީތި ހެދުމަތް ލައިގެން ހުރި އަނާއެވެ. ކައިރިއަށްގޮސް އަނާގެ އަތުގައި ހިފާފައި ގެންގޮސް މޭޒުގެ އެއްފަޅީގައި ބޭންދިއެވެ. މައުރުފް ގޮސް އަނެއް ފަޅީގައި އިށިންދެލާފައި ތަށްޓަށް ފެން އަޅާލިއެވެ. އެވަގުތު ދޮރު ހުޅުވާލުމުން މައުރޫފު ބަލައިލިއެވެ. “މައުރޫފް މައުރޫފް”. މައުރޫފް ސިއްސައިގެން ދިޔައެވެ. ބޯ ނަގާފައި ފެށީ ތަސްބީހަ ކިޔާށެވެ. ވަޒީފާގެ ނިދުމަކީ މަނާކަމަކަށް ވާތީ ހެނދުނުގެ ޒިކުރުތައް ކިޔާކަމަށް ހެދިއެވެ. އޭނާގެ ބޮޑަށް ހުންނަ މީހާ ބަލަން ހުރެފައި ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އެފެނުނީ ހުވަފެނެއްކަން މައުރޫފަށް ސާފުވެގެން ދިޔައެވެ. ކުރަމުންދިޔަ ހިތާމަ މެދުކެނޑުނީ ދޮރުގައި މީހަކު ޖަހާލުމުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނީ އަނާއެވެ. އަވަސް އަވަހަށް މޫނުމަތި ރީތިކޮށްލިއެވެ. ދެމީހުންގެވެސް މަސައްކަތް ނިމިފައި ހުރުމުން ކައިރީގައި ހުރި ރެސްޓޯރެންޓަށް ދިއުމުގެ ޚިޔާލު އަނާ ދިނެވެ. މައުރޫފުގެ މޭޒުމަތީގައި އޮތް ފޯނާއި ބޭންކް ކާޑު ނަގައި އެކަމަށް އެއްބަސްވިއެވެ. ދެމީހުންވެސް އަތު ގުޅުވައިގެން އިރު އޮއްސުމަށް ދިޔަކަހަލައެވެ. ނަމަވެސް އެއީ ހުވަފެނެއް އެކަނިކަން މައުރޫފް އަމިއްލަ ނަފްސާ މުހާތަބު ކުރަމުން ދިޔައެވެ.
