Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 32

ރީވާ ތައްޔާރު ވާން ހުއްޓާ އާރިޝް ގުޅާފައި އާރިޝްއާ އިނާރާއާ އެކުގައި ކާރުގައި ދިޔުމަށް އެދުނެވެ. ނަމަވެސް ރީވާ ދެކޮޅު ހެދީ އިނާރާ ހިތްހަމަ ނުޖެހިދާނެ ފަދަ ކަމެއް ކުރަން ބޭނުން ނުވާތީއެވެ. އާރިޝްވެސް އިތުރަށް ބާރު ނޭޅީ ހަމަ އެ ސަބަބަށް ޓަކައެވެ.
އެކަނި ދާން ބޭނުން ނުވެ ހުރެވެސް ރީވާ ތައްޔާރު ވެގެން ނިކުތެވެ. އެޕާޓްމެންޓުން ނިކުތް ތަނާ ހަނާން ގުޅާފައި ރީވާ ބަލާ އަންނަ ވާހަކަ ބުނުމުން ހަނާންއަށްވެސް ނޫނެކޭ ބުނަން ރީވާ އުޅުނެވެ. ނަމަވެސް ހަނާން ރީވާގެ ބަހެއް އަޑެއް ނޭހިއެވެ. ރީވާ ބޭރަށް ނިކުތް އިރު ނާބިތުގެ ކާރުގައި ޔަޒްދާންއާ ހަނާން އައިސް ތިއްބެވެ.
އެރޭ އިނާރާ ހީވީ އާރިޝްއަކީ ހަމައެކަނި އިނާރާގެ މީހެއް ކަން އެންމެންނަށް ދައްކަން އުޅުނު ހެންނެވެ. އިރުކޮޅަކަށްވެސް އާރިޝްއާ ދުރަށް ނުގޮސް، ހިޔަނި ފަދައިން އާރިޝްގެ ފަހަތުން އުޅުނެވެ. ރީވާ ހުރި ދިމާލަކަށް އާރިޝް ބަލާލާނެ ފުރުސަތެއްވެސް ނުދެއެވެ. އެކަން ފާހަގަ ނުވާ މީހަކު އެތާ ނެތެވެ. އިނާރާ އުޅެމުން ދިޔަ ގޮތުން އުނދަގޫވި ނަމަވެސް އާރިޝް އެއްޗެއް ނުބުނެއެވެ.
ރީވާއަށް އެ މަންޒަރުން އަސަރެއް ނުކުރާ ކަން ދައްކަން މަސައްކަތް ކުރި ނަމަވެސް ކައިރީގައ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.