Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 5

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 14, 2025 3 Mins Read
8 Comments

“މަރްހަބާ. އިވްޔާ ބަނޑުބޮޑު. ބަނޑަށް 6 ހަފްތާ” ޑަކްޓަރު ބުންޏެވެ. އިވްޔާގެ ދެލޯ ވަގުތުން ފުރުނީ އުފާވެރި ކަމުގެ ކަރުނައިންނެވެ. “އަލްހަމްދުލިއްލާހި” ދެމަފިރިންނަށް އެކުގައިހެން ބުނެވުނެވެ.

(5 ވަނަ ބައި)

ހެނދުނު 9 ޖަހަން އުޅެނިކޮއް އިވްޔާ ގެއަށް ދޫކޮށްލެވުނެވެ. ސައިކަލުގައި ގެއަށް އައި ދެމަފިރިންގެ ހައިރާންވީ “މިސްޓްރީ” ގެއިން އިވެމުންދިޔަ ހޭރުމުގެ އަޑުންނެވެ. އެއްބައިފަހަރު ހީވަނީ ބުޅާ ގޮވާހެންނެވެ. އަނެއްބައިފަހަރު އެއީ އަންހެން ކުއްޖެއްގެ ހޭރުމުގެ އަޑުހެންވެސް ހީވެއެވެ.

“އަނހާ ދަރިފުޅުމެން އައީދޯ؟” ދެން ފެނުނީ މިޒްނާ ގޭދޮރު ހުޅުވާލާފައި ނިކުންތަނެވެ. “މަންމަ ކޮންއިރަކު އައީ؟” މިޒިޔަލް އެއްސެވެ. “ދެންމެއަކު. މިއައީ ދަރިފުޅު މެންނަށް މަރްހަބާ ކިޔަން. މަރްހަބާ އިވްޔާ. އިރާދަކުރެއްވިއްޔާ މަންމައަކަށް ވަނީނުން؟” މިޒްނާ އިވްޔާގެ ބަނޑުގައި ފިރުމާލަމުން ބުންޏެވެ.

“ކިހިނެއް މަންމައަށް އެނގުނީ އިވް ބަނޑުބޮޑުކަން؟” މިޒިޔަލް ހައިރާންވީ މަންމައަށް އެކަން އެނގެންވީ ގޮތަކާއި މެދުއެވެ. “ދެން އެނގޭނެއްނުން؟ މަންމަގެ ވަރަށް ގާތް ރައްޓެއްސެއް އުޅޭނޭ ހޮސްޕިޓަލުގަ. އޭނަ ބުނީ” މިޒްނާ ބުންޏެވެ. “ދެން ހިނގާބަލަ އެތެރެއަށް. މަންމަ ހުންނާނެ މޭވާ ކޮޅެއްގެނެއްސަ” މިޒިޔަލްގެ އިތުރު ސުވާލެއް ކުރިމަތި ނުވަނިސް އަވަހަށް މިޒްނާ ބުންޏެވެ.

ދެނަމާދު ދޭތެރޭގެ ވަގުތެވެ. ކަޅު ކުލައިގެ ބޮޑު ހެދުމަކާއި އެކު މޫނުއަޅައިގެން ހުރި މެދުއުމުރުގެ އަންހެންމީހާ ގޮސް ވަނީ “މިސްޓްރީ” ގެއަށެވެ. ގޭގެ ދޮރާށި ހުޅުވާލުމާއި އެކު ގޭތެރޭގައި ހުރި ބުޅާ ތަކުގެ ނަޒަރު އެއަންހެން މީހާއަށް ހުއްޓުނެވެ. ޖޯލިފަތީގައި އެގޭ އެންމެ ދޮށީ ކުއްޖާކަމަށްވާ މީލިއާ އޮތެވެ.

“ކޮބާ ބައްޕަ؟” އެ އަންހެން މީހާއެއްސެވެ. “އެބައިން ކޮޓަރިކޮޅުގައި” މީލިއާ އޭނާގެ އުނގުގައި އޮތް ބުޅަލުގައި ފިރުމަމުން ބުންޏެވެ. މީލިއާގެ ޖަވާބާއި އެކު، އެއަންހެން މީހާ އެތެރެއަށް ވަނެވެ.

ގޭތެރޭގައިވެސްވީ ހުސް ކިލަލެވެ. ފައިހީލި ކަރުވާވަރަށް ބިންމަތީގައި ހިރަފުސް ހުރި އިރު، ގޭގެ އެކި ދިމާލުގައި މަކުނުވާވެސް ހުއްޓެވެ. ހުރިހާ ކޮޓަރިތަކާއި ތަންކޮޅެއް ދުރުގައި ރަތްކުލައިގެ ދޮރުފަތެއް އިން ކޮޓަރިއެއް އިނެވެ. އެއަންހެންމީހާ ގޮސްވަނީ އެކޮޓަރިއަށެވެ.

ކޮޓަރިއަށް ވައިން ގޮތައް ވަދެ އެއްވެސް އެއްޗެއް ނުބުނެ އެއަންހެންމީހާ ގޮސް ޖެހީ އާދަނުގެ ކަންކަށިމަތީގައެވެ. “މަކަލެއަށް ކިތައް ހާސް ރުފިޔާ ދިނިންތަ އެއިން؟ ކީއްވެ މިއަދު އިވްޔާ މާބަނޑު ވާންވީ؟ މަކަލެއަށް ދިން ހުރިހާ ރުފިޔާއެއް ގެނޭ. މަ ހިނގައިދާނަން އެހެން މީހެއްގާތަށް” އެއަންހެން މީހާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އާދަނު ޖަހާލީ ހިނިގަނޑެކެވެ. “ހަމަ ޖެހޭ. ކަލޭ ފުރަތަމަ މަގާތު ބުނީ ކީކޭ؟ ބޭނުމީ އެދެމީހުނަށް އުފަލެއް ނުލިބުމަށޭ. މައެކަންކުރަން މިއުޅެނީ. އެމީހުނަކަށް އުފަލެއް، އަދި ދަރިއެއްވެސް ނުލިބޭނެ. ހަހަ” އާދަނު ހިނިގަނޑެއް ޖަހާލިއެވެ.

ހަމަ އެވަގުތެވެ. ނިދިފައި އޮތް އިވްޔާއަށް ހޭލެވުނީ ބަނޑަށް ތަދެއް އަރައިގެންނެވެ. “ޔަލް…؟” އިވްޔާއަށް ގޮވާލެވުނެވެ. “ޔަލް؟” އިވްޔާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ބަނޑުގައި ރިއްސަމުން ދިޔައީ އޭނާއަށް ކެއްވާ ވަރަކަށް ނޫނެވެ. ވަރަށް ހާލުން އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގާ މިޒިޔަލްއަށް އޭނާ ގުޅާލިއެވެ.

“ޔެސް ލޯބީ. ފިހާރައިގަ މިހުރީ. އިވް ކޯއްޗެއް ބޭނު-” އެހިސާބަށް ބުނެވުމާއި އެކު މިޒިޔަލްގެ ކަންފަތުގައި ޖެހުނީ އިވްޔާގެ ރުއިމުގެ އަޑެވެ. ވަގުތުން ހުރިހާއެއްޗެއް ބަހައްޓާފައި މިޒިޔަލް ދުއްވައިގަތެވެ.

“މަ..މަގޭ..މަގޭ ދަރިފުޅު. ނޫން ޔާ ﷲ ނޫން. މަގޭ ދަރިފުޅު…” އެނދުމަތީގައި ހުރި ލޭތަކުގައި އަތް ޖައްސާލަމުން އިވްޔާ ރޯންފެށިއެވެ. ކޮންމެވެސް ވަރަކަށް ނަމަވެސް އޭނާއަށް ވީނުވީ އެނގުނީތާއެވެ. މަންމައަކަށް ވާން އުޅޭކަމުގެ އުފާވެރި ޙަބަރު ލިބުނުތާ 24 ގަޑިއިރުނުވެ އެދަރިފުޅު އިވްޔާ ދޫކޮށްފައި އެދިޔައީއެވެ. “ނޫން.. ޕްލީޒް ނޫން.” އިވްޔާއަށް ދިޔައީ ރޮވެމުންނެވެ.

އެވަގުތު މިޒިޔަލް ދޮރުހުޅުވާފައި ވަނެވެ. އިވްޔާ އިންގޮތް ފެނި މިޒިޔަލްއަށް ހުރިތަނަށް ތިރިވެވުނެވެ.

“މަޢާފް ކުރޭ. އިވްޔާގެ ދަރިފުޅު މިދުނިޔެ ދޫކޮށްފި…” އިސްޖަހާލައިގެން ހުރެ ޑަކްޓަރު ދިން ޙަބަރު މިޒިޔަލްއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟

އިވްޔާ އޮތް ކޮޓަރިއަށް މިޒިޔަލް ވައިން އިރުވެސް އިވްޔާ ދިޔައީ ރޮމުންނެވެ. “ޔަލް. އަހަރެމެންގެ ދަރިފުޅު މަރެއްނުވޭދޯ؟ ނުވޭދޯ؟ ނޫން. އަހަރެމެންގެ ދަރިފުޅު މަރެއް ނުވާނެ. އެހާ ކުޑަ ހިނދުކޮޅެއްގައި އަހަރެމެން ދޫކޮށްފައި ދަރިފުޅެއް ނުދާނެ ނޫން ނޫން. ބުނެބަލަ ޔަލް. އަހަރެމެންގެ ދަރިފުޅު މަރެއް ނުވެއެއްނުން؟ ނުވާނެ މަރެއް ނުވާނެ.” މިޒިޔަލްގެ އަތުގައި ހިފާތަޅުވާލަމުން އިވްޔާ ބުންޏެވެ.

ލޯބިވާ އަނބިމީހާ އެވަރަށް ރޯތަންފެނި މިޒިޔަލްއަށްވެސް ރޮވުނެވެ. ފިރިހެނެއް ކަމަކު ކެއްވާނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ އިވްޔާގެ ހަށިގަނޑުގައި ބައްދާލަމުން މިޒިޔަލް ރޮމުން ދިޔައެވެ. މިޒިޔަލް ރޯންފެށުމުން އިވްޔާ ގަނޑުވިއެވެ. އޭނާގެ ދަރިފުޅު ހަމަ އޭނާ ދޫކޮށްލާފައި ދިޔައީ ހެއްޔެވެ؟

ކިތަންމެ އިރަކު ރޮއެފައި ދެމަފިރިން ހަމައަކަށް އެޅުނެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު އިރު، ތިބީ ގަބުވެފައި. ރޮއެ ރޮއެ ވަރުބަލިވެފައި ވުމުން އިވްޔާ ދެލޯ މަރާލީ ނިދާލުމަށެވެ.

އެވަގުތު މިޒްނާވެސް އެތަނަށް އައެވެ. ލޯމެރިފައި އޮތް އިވްޔާއަށް ބަލައިލަމުން މިޒްނާ ކަޅިއަޅާލީ މިޒިޔަލްއަށެވެ.

“ކޮބާ؟ ހީވޭތަކަމެއްހެން؟ މައޭރުވެސް ބުނީމެއްނުން ތިއިވްޔާއަކަށް ކައިވެނި ކުރާނެ ކަމެއް ނެތޭ؟ ތިއިވްޔާއަކަށް ދަރިފުޅުގެވެސް އަދި މަންމަގެވެސް އުންމީދެއް ފުރިހަމައެއް ނުކޮއްދެވޭނެ. އިވްޔާ ވަރިކުރޭ. މަންމަ ދަރިފުޅާއި މިލީންގެ ކައިވެނި ހަމަ ޖައްސާނަން” އެއްވެސް ރަހުމެއްނެތި މިޒްނާ ބުންޏެވެ.

“މަންމާ! ދަރިމައި ނުވެވުން އެއީ އިވްގެ ކުށެއްތަ؟ މަންމަ ތިހެން ބުނާ އިރު ހީވަނީ އިވް ކުއްޖަކު ހޯދަން ބޭނުން ނުވާތީ އުޅޭހެން. އެކަމަކު އެހެންތަ؟ ނޫނެއްނުން؟ އިވް ވެސް ކުއްޖަކު ބޭނުންވޭ.. އިވްއަށް ކުއްޖަކު ނުލިބުން އެއީކީ އިވްގެ ކުށެއް ނޫން. ދެން އެހެން ނޫނަސް މިވަގުތު އިވްއަށް ފިރިމީހާގެ ލޯބި ކިހާ މުހިންމު ވާނެ؟ ދެންވެސް މަންމަ ތިބުނަނީ އިވް ވަރި ކުރާށޭތަ؟” މިޒިޔަލްގެ އަޑުގައި އޭރު ފުދޭވަރަކަށް ހިތް ހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (3)

Next

ހަވޭލީ – ހަވަނަ ބައި

Next
July 14, 2025

ހަވޭލީ – ހަވަނަ ބައި

Previews
July 13, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (3)

8 Comments!

  1. Aysherr says:
    July 14, 2025 at 12:30 pm

    Omg miznaa tha e vany e geah kalhu hedhun laigen 😱
    Mizna haadha goaheyy
    Ivyaaa 😭
    Anyways mi part ves Varah reethi Maasha’Allah 👏
    Vrh curious hama Varah kiyaa hithun kiyaalevey mi vaahaka
    When next..?
    <33

    1. shihaamaa ali shihaamaa ali says:
      July 14, 2025 at 6:15 pm

      Hehe neynge dhww
      Mizna is not a niqabi hehe
      Jazaakallah khairan very happy ur loving itt🫶🏻
      In sha allah wednesday ga stay tuned

  2. aanaa says:
    July 14, 2025 at 12:37 pm

    Masha allah mi part vs vrh reethi
    Vrh hyvey mystery geyah e vany mizna hn
    Alhe eyna haadha goahey
    Ahmed ah dhera nuvaane vgn kanne mizna e ulheny
    Curiously waiting
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 14, 2025 at 6:16 pm

      Jazaakallah khairan dearr🤍
      Hehe neynge dhw.. but she is not a niqabi
      Haha😭
      Stay tuned for next epp
      Lytt

  3. darkqueen38 darkqueen38 says:
    July 15, 2025 at 9:22 am

    Mi part ves varah reethi.
    Ivya ah veegoi engifa dheraves vi
    Ekamaku mizyal momma ekahala echehi bunaakah nuvaanehnu.
    Anyways waiting for next part
    Please keep writing

    1. shihaamaa ali shihaamaa ali says:
      July 15, 2025 at 2:15 pm

      jazaakallah khairan dear
      ya aslu ves dhwww
      stay tuned for tmrw
      in sha allah 🙂

  4. Your fav bab Your fav bab says:
    July 15, 2025 at 9:29 am

    Alhey it’s not iv’s fault 😭😭😭😭
    Why does Mizna want miziyal to divorce her😭😭😭
    I swear hama there’s a hand of her behind this !!
    Who’s that niqabi??why does she want her to be never happy
    When next?
    I’m so curious
    Ly💗💗

    1. shihaamaa ali shihaamaa ali says:
      July 15, 2025 at 2:17 pm

      hehehehehe balamaa dhww dhn vaagotheh
      nd yes its not ivya’s fault
      hehe eyeh ingeyne adhi fahun hehe
      in sha allah tmrw
      stay tuned
      lyt

Comments are closed.

Next Episodeކަޅު ބުޅާ 6←


All Right Reserved!