ރާއިކް ކައިގެން އެނދުގައި ޖައްސާލިއެވެ. ދުވަސްގަނޑެއް ކޮށްލާފަ ކައިރާގެ މޫނު ފެނުމުން ނޭންގޭ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ކައިރާ ސުކޫލަށް ނާންނާތީ އެކަމާ ސުވާލު ކޮށްލަންވެސް ބޭނުންވިއެވެ. ކޮންމެއަކަސް އުޅޭނެ ގޮތަކަށް އުޅޭނެ ގޮތަކަށް ދޫކޮށްލާފަ ހުންނަ ކުދިން އުޅޭނީ ހިތަށް އެރި ގޮތަކަށްތާއެވެ. ރާއިކް އަށް ނުވިސްނުނީ ކައިރާގެ އެ އުޅުމުގެ ފަހަތުގައި ވާ އަނދިރި ސިއްރުތަކެވެ. ދުނިޔޭގެ ލޯތަކަށް މުދަލުން ދަޅަ ދައްކައިގެން އުޅެވިދާނެެއެވެ. ނަމަވެސް އެ މީހަކު އެކަނިވާ ވަގުތު އެ މީހެއްގެ އަމިއްލަ ޚިޔާލުތަކުން ނަފްސު ބަލިކަށިކޮށްލައެވެ.
އާ ދުވަހެކެެވެ. ފަތިސް ވީއިރު ވެސް ރައިނާ އޮތީ ނުނިދި ހޭލައެވެ. ސުކޫލު ތެރޭ ކުދިން ރައިނާއޭ ކިޔައިގެން ވާހަކަ ކިޔާނެތާއެވެ. ކައިރާ އެކޭ އެއްފަދައިން ރައިނާ ވެސް އުޅެނީއޭ ހީކޮށްފާނެއެވެ. ރޭގަ މަންމަ ދެއްކި ވާހަކަ ތަކުން ރައިނާ އަށް ވިސްނުނީ އެންމެ ދެކަމެވެ. އެއް ކަމަކީ ރައިނާގެ ކުރިމަގު ބިނާކުރުން އޮތީ ހަމަ ރައިނާގެ އަމިިއްލަ އަތްމަތީގަކަމެވެ. ކުރިމަގުގައި މަންމަ ދުނިޔޭގަ ހުރެއްޖެނަމަ މަންމައަށް ޚިދުމަތްކޮށް އެ ބޭނުންވާ ފަރުވާ ވެސް ދެވޭނީ ނަރުހަކަށް ވެގެންނެއެވެ. މި ޒަމާނު ކޮންމެ ދާއިރާ އަކުން ކުރިއަށް ދާން ބޭނުންނަމަ ޑިގުރީ ސެޓުފިކަޓެއް އޮތުމަކީ މަޖުބޫރު ކަމެކެވެ. ދެވަނަ ކަމަކީ ފިހާރަ ވާހަކައެވެ. އޭރުވެސް ރައިނާ ހީކުރި ފަދައިން އަބަދަކު ޒައިޝައްތަމެންނަށް ކަށްވެސް ޚަރަދުތަކެއް ނުބެލެހެއްޓޭނެތާއެވެ. ރައިނާ އެންމެ ދޮށީ ކުއްޖާއަށް ވީތީ މިޔަދަކު މިނޫން ގޮތެއް ނެތެއެވެ. ބޭނުމަކަސް ނުބޭނުމަކަސް އެއްޗެއް ލިބެން އޮތީ މި ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.
“މަލޫ، ދަރިފުޅާ”
” ކޮބާ މަލޫ އަދިވެސް ނުތެދުވޭތަ؟”
ފަތިހު ނަމާދަށްފަހު ޖޮގިން ކޮށް ކަސްރަތު ނިންމާލާފައި ޖައިދާން ގެއަށް އައިސް އެންމެ ފުރަތަމަވެސް ހޯދަލީ ލޯބިވާ ދޮންކަންބޮލު ކޮބާތޯއެވެ.
” ހޫމް، ބަންދު ދުވަހެއް ވީމަ ނަމާދު ކޮށްގެން ނިދަން އޮށޯތް ގޮތަކަށް އަދި ނުތެދުވޭ.”
“ހާދަ ފުން ވިސްނުމެއްގަ އިންހެން އެބަ ހީވޭ.”
ޖައިދާން ވަރަށް ލޯބިން އައިދާގެ ދަތްދޮޅީގަ ހިއްލައިލާ ހަތަރު ކަޅި ހަމަކޮށްލަމުން އަހައިލިއެވެ.
” މަލް މިޔަދު އަންބުތަޅަން ދާންވީ އޯ؟”
” ދެން އެކަމާ ރެއިންސުރެ ތި ވިސްނަނީ.”
” ހޫމް.”
” ކޮން ބަޔެކޯ ދަނީ؟.”
” ފައިނާންއާ، ޒައިނީ، ނާއިފް، ޝައިދާންއާ ޒައިން ދެން މަލް، މީ ދާ މީހުންނަކީ.”
” މިއީ ދޯ ތިވާ ގޮތަކީ ފިރިހެން ކުދިން ދާތީ ދޯ ތި ވިސްނަނީ.”
” މަލް އެއީ ދުވަހަކުވެސް ފިރިހެން ކުދިންގެ ވާހަކަ ދައްކާވެސް ކުއްޖެއް ނޫނޭ ޖައި.”
” ގޫޑް މޯނިންގް މަންްމް އެންޑް ޑޭޑް.”
ބަންދު ދުވަހަކަށް ވީތީ ނާއިފް އާއި އޭނާގެ އެކުވެރިން ނަމާދުން ފޭބުމަށްފަހު ދިޔައީ ފުޓްބޯޅަ ދަނޑަށެވެ.
” އޭތް މިކޮޅަށް ދާނޫ.”
” ސަޅި އިންގޭ.”
” އޭތް ނާއި މި ކޮޅަށް.”
” ގެނޭގެނޭ.”
” ގޯލް.”
” ހާހް، މަ ލޮޑުވެއްޖި.”
” ޒައިން ކާޕެޓުމަށްޗަށް ވެއްޓިގަންނަމުން ބުންޏެވެ.”
” ސޯ އެހެން ވީމާ މިޔަދު މެންދުރު ޕްލޭން ކުރިއަށް ދޯ؟.”
” ކޮން މެންދުރު ޕްލޭނެއެއް؟.”
” ބުރޯ ހަންދާން ނައްތާލީ.”
” ކޯއްޗެއް މަ ހަންދާން ނައްތާލީ.”
” ކަލެއާ ޒައިނީ އާ ސެޓުކުރަން، ނާއިފް ބުންޏެވެ.”
” އަންގަފުރާ ފެން އެޅި ޒައިން އަންގައިގަ ހުރި ފެންތަކާއެކު ޕަކަޕަކަ އަޅާފަ ހޭންފެށިއެވެ.”
” އަނގައިގަ ހުރިހާ ފެނެއް ބޭރަށް ބުރައިގެން ގޮސް މީހާ ކޮށި އެރި އިރުވެސް ހިނިގަނޑު މައިތިރިއެއް ނުވިއެވެ.”
” ކަލޯގަޔާ މި ސޮރު އަނެއްކާ ނަމާދަށް ދިޔައިރު އެއްޗެއް ގައިތެރެއަށް ވަނީތަ، ޝައިދާން ބުންޏެވެ.”
” މަށަކަށް ނޭންގެ މަ މިދަނީ ގެއަށް ދާން، ނާއިފް ބުންޏެވެ.”
” މަ މީނައާއެކު އެކަނި ދޫކޮށްލާފަ ތި ދަނީ، ނާިއފޫޫ.”
” މަށެއް ނުހުންނާނަން މަ މި ނައްޓާލަނީ.”
” ޕިސްޕސް އެއްކަލަ ބިރުފޮޑި ޝައިދާން.”
” އޭތް މެންދުރު އަންނާތި ، ހޫމް ތިން މީހުން އެއްބަސް ކިޔުމަށްފަހު ގެތަކާ ދިމާލަށް މިސްރާބު ޖެހިއެވެ.”
އެހެންނޫނިއްޔާ މެންދުރު ބާރަ ޖަހާއިރު ހޭލާ ކުއްޖާ ދިހައެއް ޖެހުމުގެ ކުރިން ކާގެއަށް ވަންނިއެވެ. މި މަންޒަރު ފެނި ނޯކަރުންތައް ހައިރާންވިއެވެ.
” ގޫޑް މޯރނިންގް މޭމް، އާދައިގެ މަތިން ނޯކަރުންތައް ހެންދުނު ސަލާމް ގޮވާލިއެވެ.”
” ގޫޑްމޯރނިންގް.”
އެހެންނޫނީ އަނގައިން ވެސް ނުބުނާ ކުއްޖާ މިޔަދު ރީތިކޮށް ވާހަކަ ދެއްކުމުން ހުރިހާ އެންމެންވެސް ހައިރާންވިއެވެ.
” މޭމް، ވަޓް ވުޑް ޔޫ ލައިކް ފޯރ ބްރެކްފަރސްޓް؟”
” ޖޫސް އެންޑް ޗިކަން ސޭންޑްވިޗް”
” ވެޔަރ އިޒް ރޯޒީ؟”
” ޝީ އިޒް ހެވިންގް ފީވަރ މޭމް”
” އައިމް ގޮއިންގް ޓު ފްރެޝަން އަޕް”
” ޕްލީޒް ހޭވް ބްރެކްފަރސްޓް ރެޑީ ބައި ދެން”
” ޔެސް މޭމް”
ކައިރާ މިއީ ދުވަހަކުވެސް ނޯކަރެއް ނުވަތަ މުވައްޒަފަކާ ދިމާލަށް ރީތިކޮށް ބަހެއް ވެސް ބުނި ކުއްޖެއް ނޫނެވެ.”
” ކުއްލިއަކަށް އެ ކުއްޖާއަށް މި އައީ ކޮންކަހަލަ ބަދަލެއްބާ؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

