Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ކަޅު ބުޅާ 3

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 11, 2025 3 Mins Read
10 Comments

އެރޭ ކައިނިމުމުން، މިޒިޔަލް ސިޓިންގްރޫމް ޓީވީއިންނާއި، ކޮޓަރި ޓީވީން ބާރަށް ގުރްޢާން ޖެހިއެވެ. މިޒިޔަލް އުޅޭ ގޮތުން ހީވަނީ ބިރުވެރި އެއްޗެއް ފެނިގެން އުޅޭ ހެންނެވެ. “އަޅެ ޔަލް މިހާރު މާވަރެއްނޫންތަ ތިކުރަނީކީ؟ ހެހެ” އިވްޔާ ދިމާކޮއްލިއެވެ. ނަމަވެސް މިޒިޔަލް އެއްވެސް އެއްޗެއް ނުބުންޏެވެ.

(3 ވަނަ ބައި)

ޖެހިގެން އައި ދުވަހެވެ. ނިދިފައި އޮތް މިޒިޔަލްއަށް ހޭލެވުނީ އިވްޔާގެ ވޭނީ ރުއިމުގެ އަޑަށެވެ. އެނދުމަތީގައި އިވްޔާ ނެތްކަން އެނގުމުން މިޒިޔަލް ވަގުތުން ކޮޅަށް ޖެހުނެވެ. ރަނގަޅަށް ވިސްނާލުމުން އަޑު އަންނަނީ ފާހާނާއިންކަން އޭނާއަށް ދެނެގަނެވުނެވެ.

“އިވް؟” ލަސް ލަހުން ގޮވާލަމުން މިޒިޔަލް ފާހާނާގެ ދޮރު ހުޅުވާލިއެވެ. ލޯގަނޑު ކުރިމަތީގައި ހުރި އިވްޔާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ އޮހޮރެމުންނެވެ.

“ޔަލް…” ކުރަކިވެފައިވީ އަޑަކާއި އެކު އިވްޔާ ގޮވާލިއެވެ. އަދި މިޒިޔަލްގެ ހަށިގަނޑުގައި ބައްދާލަމުން ބާރަށް ރޮއެގަތެވެ. އެވަގުތު މިޒިޔަލްގެ ދެލޮލުގައި އަޅައިގަތީ ލޯގަނޑު ކުރިމަތީގައި ހުރި މާބަނޑުތޯ ބަލަން ގެންގުޅޭ ތިން ޓެސްޓު ކިޓެވެ. ތަފާތު ތިން ވައްތަރު އޮތް އިރުވެސް ހުރިހާ އެއްޗެހިންވެސް ދައްކަމުން ދިޔައީ އިވްޔާ ބަނޑުބޮޑު ނޫންކަމަށެވެ.

“ޔަލް.. އިވްގެ މައްސަލައެއް ހުރީތަ؟ އިވްއަށް މައްސަރު ކަންތައް ނުޖެހުމުން އެހާ އުފަލުން ޓެސްޓު ހެދީ.. އެކަމަކު… އިވް ބޭނުން ކުއްޖަކު ހޯދަން..” ރޮމުން ރޮމުން އިވްޔާ ކިޔައިދިނެވެ. މިޒިޔަލް ހިނިތުން ވަމުން އިވްޔާގެ ލޮލުން ކަރުނަ ފުހެދިނެވެ.

“ތިހެން ނުބުނޭ އިވް. އިންޝާ ﷲ އަހަރެމެންނަށް އަދި ކުއްޖަކު ލިބޭނެ. އިވް ބޭނުމިއްޔާ މިއަދު އުޅޭ ޓެސްޓު ހަދަންދާން؟ މައްސަލައެއް ހުރިތޯ ބަލައިލަން؟” މިޒިޔަލް ބުންޏެވެ. އިވްޔާ ބޯޖަހާލިއެވެ.

މެންދުރުގެ ވަގުތެވެ. އިވްޔާއާއި މިޒިޔަލް އިނީ ހޮސްޕިޓަލުގައެވެ. ޓެސްޓުގެ ނަތީޖާގެ އިންތިޒާރުގައި ދެމަފިރިންތިބި އިރު ދެމީހުންގެ ހިތްވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. އިވްޔާގެ ހިތުގައި އޮތީ ދަރިމައި ނުވެއްޖެ ނަމަ މިޒްނާއަށް އޭނާ ކަމުނުގޮސް ދާނެކަމުގެ ބިރެވެ. މިޒިޔަލްގެ ހިތުގައި އޮތީ ލޯބިވާ އަނބިމީހާގެ އެއުންމީދު ފުރިހަމަ ނުކޮއްދެވިދާނެ ކަމުގެ ބިރެވެ.

“އައިޝަތް އިވްޔާ އާއި މުހައްމަދު މިޒިޔަލް” ނަރުސް ކުއްޖަކު ގޮވާލިއަޑަށް ދެމަފިރިންނަށްވެސް ހަމަބިމަށް އާދެވުނެވެ. ފުންނޭވާއެއް ދޫކޮށްލާފައި އަތުގުޅުވާލަމުން ދެމަފިރިން އެތެރެއަށް ވަނެވެ.

“ޓެސްޓު ތަކުގެ ނަތީޖާތަކުގައި އެއްވެސް މައްސަލައެއް ނެތް. ދެމަފިރިންނަށްވެސް ކުދިން ލިބޭ” ޑަކްޓަރު ބުންޏެވެ. “ދެން ކީއްވެގެންތޯ އަޅުގަނޑު މެންނަށް ކުއްޖަކު ނުލިބެނީ؟” އިވްޔާއަށް އެހުނެވެ. “އަދި ލިބޭނެ އިންޝާ ﷲ” ޑަކްޓަރު ބުންޏެވެ.

ހޮސްޕިޓަލުން ނިކުން އިރުވެސް އިވްޔާގެ ހިތައް އެއްވެސް ލުއިކަމެއް ނުލިބެއެވެ. “އިވް؟ ދެން އެވަރަށް ނުވިސްނަބަ. އެބުނީނުން އަހަރެމެންނަށް ކުއްޖަކު ލިބޭނޭ؟ އަދިވެސް އެހެންވެ މަސައްކަތް ކުރާނީނުން؟” މިޒިޔަލް ބުންޏެވެ. އިވްޔާ ހިނިތުން ވެލާފައި ބޯޖަހާލިއެވެ.

އެއްމަސް ދެމަހަށް ވެގެން ދިޔައެވެ. ދެމަސް ތިންމަހަށް ވެގެން ދިޔައެވެ. އެގޮތުގައި ދުވަސްތައް ދަމުން ގޮސް އެކައިވެންޏަށް އެއް އަހަރު ފުރުނެވެ. ނަމަވެސް އެދެމަފިރިންނަށް ކުއްޖަކު ނުލިބުނެވެ. އިވްޔާ މާޔޫސް ވިއެވެ. ދެމަފިރިންގެވެސް މައްސަލައެއް ނެތިއްޔާމުން އޭނާއަށް ކުދިން ލިބުމައް އެހުރަސް އަޅަނީ ކޮން ކަމެއްބާއެވެ؟

މެންދުރުގެ ވަގުތެވެ. ދެމަފިރިން އެކުގައި ތިބީ މެންދުރުގެ ކެއުން އިންސާފު ކުރުމަށެވެ. “އިވް ހިޖާމަ ޖަހަންވީނުން؟” މަޑުން އިނދެފައި މިޒިޔަލް އެއްސެވެ. “އެއިން؟ އޭރަށް ވަކި ހައްލެއް ލިބޭތަ؟” އިވްޔާ އެއްސެވެ. “ޔެސް. ކިތައް މީހުން އެހެންވެސް ކުދިން ހޯދަނީ؟ ވެދާނެއްނުން އިވްގެ އެކަހަލަ މައްސަލައެއް ކަމައް ހުރީ؟ ނޫނީ އަހަރެންގެ ވިޔަސް؟” މިޒިޔަލް ބުންޏެވެ.

އިވްޔާ ވިސްނާލިއެވެ. ކޮންމެ ކަމެއްކޮއްގެން ވިޔަސް އޭނާ ކުއްޖަކު ބޭނުމެވެ. މައިދައިތަގެ ލޯބި އޭނާ ބޭނުމެވެ. އެލޯބި އޭނާ ހޯދާނެކަން ގައިމެވެ.

ދެނަމާދު ދޭތެރެއެވެ. ދުވަހަކީ މިޒިޔަލް ރޭގަނޑު ޑިއުޓީ އޮތް ރެއަކަށްވީތީވެ އިވްޔާ އިނީ ފޫހިވެފައެވެ. ކުރާނެކަމެއް ނޭނގިފައި އިން އިވްޔާގެ ދެލޮލުން ކަރުނަ ހިލުނެވެ. މިއަދު އޭނާގެ ކުއްޖަކު ހުރި ނަމަ އެފަޅުކަން ގޭގައި ނޯންނާނެކަން ގައިމެވެ. ކައިވެނިކޮށް އަހަރުވީ އިރުވެސް މިޒްނާ އެގެއަށް ގޮސްލާފައެއް ނެތެވެ. އިވްޔާއަށް އެކަންވެސް ގަބޫލު ކުރެވުނީ އިވްޔާގެ ކުއްޖަކު ނެތުމުން ކަމަށެވެ.

އިރުކޮޅަކު ވިސްނާލަން އިނދެފައި އިވްޔާ ނިންމީ މިޒްނާމެން ގެއަށް ޖައްސާލާށެވެ. މިޒިޔަލް ނުލާ އެކަނި ދިޔުމުން ދެއްކޭނެ ވާހަކަވެސް ގިނަވާނެތާއެވެ. އެހެންކަމުން އިވްޔާ ހިނދުކޮޅެއް ތެރޭގައި ތައްޔާރު ވެލައިގެން ހިނގައިގަތީ މިޒްނާމެން ގެއަށެވެ.

މިޒްނާމެންގޭ ދޮރާށިދަށުގައި ހުއްޓިފައި އިވްޔާ ގަބު ވިއެވެ. މިޒްނާގެ ދައްކަމުން ދިޔަ ވާހަކަ އިވިގެންނެވެ.

“އާނއެކޭ. އެހެންވެ މަބުނީ އޭރުވެސް މިޒިޔަލް ގާތުގައި އިވްޔާއާއި ކައިވެނި ކުރާނެކަމެއް ނެތޭ. މިލީންއަށް ކައިވެނި ކުރާށޭ. އެހެރީ ވިއްޔަ އިވްޔާ ހުންނަ ގޮތް. ހިކިކަމުން ހީވަނީ މީހާ ބިނދިދާނެހެން ވިއްޔަ. އެވަރު މީހަކު ކިހިނެތް ކުއްޖަކު ހޯދާނީ؟ އެވަރުންވެސް މަގޭ ނުގަބޫލުގައި އޭނާ އެކައިވެނި ކުރީ. ތާހިރެއްނުން މިވީގޮތް؟”

މިޒްނާގެ ކޮންމެ ބަހެއް އިވްޔާގެ ހިތަށް ހެރެމުން ދިޔައީ ތޫނު ހަންޖަރެއް ފަދައިންނެވެ. މިޒްނާ އޭނާދެކެ ހަމަ އެހާ ރުޅި އަންނަނީތާއެވެ؟ އެކަމަކު ދަރިން ނުލިބުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ ދަރިއަކު ބޭނުންވެގެން އިވްޔާ ތެޅިފޮޅޭވަރު އެނގޭނީވެސް މާތް ﷲ އަށެވެ. އެކަން މިޒްނާއަށް ނޭނގެންވީ ކީއްވެ ހެއްޔެވެ؟

އިތުރައް އެތާ ހުންނާނެ ހާވަރު ނެތުމުން އިވްޔާ ދުއްވައިގަތީ ގެއަށް ދިޔުމަށެވެ. ދުވެފައި ދިޔައިރު އިވްޔާގެ ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ކައިވެންޏަށް އަހަރުވެގެން ދިޔައިރު މައިދައިތަ ފަރާތުން ނުލިބުނު ލޯބި ވަކި ދަރިއަކު ލިބުމުން ލިބޭނެ ކަމާއި މެދުވެސް އިވްޔާގެ ހިތުގައި ޝައްކު އުފެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ލޯބީގެ ހަނގުރާމަ 1

Next

ހަވޭލީ – ފަސްވަނަ ބައި

Next
July 11, 2025

ހަވޭލީ – ފަސްވަނަ ބައި

Previews
July 11, 2025

ލޯބީގެ ހަނގުރާމަ 1

10 Comments!

  1. Aysherr says:
    July 11, 2025 at 8:19 am

    Alheyy ivyaa I feel so bad for her 😭
    Maa sha allah shihaa mi part ves Varah reethi
    Shihaa ge vaahaka eh kiyaalan nulibenyaa heevany dhn dhuvas ves furihama nuvaa hn.. emme ufaa vany bunaa dhuvahakah vaahaka genesdheythi..
    Shihaa ge vaahaka thah kiyaafa dhigu vaahaka eh liyaa hiy ves vey 😭
    Kiyun theringe ithubaaru hoadhan masahkkaiy kuraa author eh thee ma sha Allah.. abadhu comment koh nulevunas abadhu ves mi vaahaka thah kiyan iru iru kolhaa site beley vaahaka up vefa in tho hehe
    Keep shining!!
    <33

    1. shihaamaa ali shihaamaa ali says:
      July 11, 2025 at 4:18 pm

      aslu ves i feel so bad for her toooo😔
      Jazaakallah khairan dearrr
      Awlheyyyy thisss comment made me soooo happy biggggg jazaakallah khairan dearrr🫶🏻🥹🥺🤍
      Hehe Aysherr vess story eh liyelan v nun komme kujjakah vess hama vhk liyeveyne.. ummeedhu kuran vhk eh kiyaalan libeyne kamah hehe
      🤍🤍🤍🤍🤍🤍🤍

  2. aanaa says:
    July 11, 2025 at 10:05 am

    Masha allah mi part vs vrh reethi
    Alheyy.IA ivya ah libeyne baby eh
    Mixna vs nujehey dhw ivya ge sifa r beheykah
    Curiously waiting
    When next??
    Lyy❤️

    1. shihaamaa ali shihaamaa ali says:
      July 11, 2025 at 4:20 pm

      Jazaakallah khairannn dearrrr
      Yesss in sha allah
      Yea aslu vess.. e vess hama body shame kurun dhw hama..
      In sha allah sunday ga
      Stay tuned
      Lytttt

  3. darkqueen38 darkqueen38 says:
    July 11, 2025 at 2:26 pm

    Mi part ves reethi mizyal dhonmmama varah rude,
    Waiting to see what happens next.

    1. shihaamaa ali shihaamaa ali says:
      July 11, 2025 at 4:21 pm

      Hehe eii hama miziyal mamma eii
      Stay tuned for sunday

  4. Shaf_maan says:
    July 11, 2025 at 3:41 pm

    Maasha Allah mi prt vx vrh reethi
    Alheyy. Miziyal ge mom haadha goaheyy
    Ivv😭 i feel so bad for her😭
    Cant wait
    Whn nxt????
    Tc.. Lysm Shiher 💜💜💜💜

    1. shihaamaa ali shihaamaa ali says:
      July 11, 2025 at 4:23 pm

      Jazaakallah khairan dearr
      Hehe aslu ves dhwww😔
      In sha allah on sunday
      Lytttt

  5. Your fav bab Your fav bab says:
    July 11, 2025 at 7:59 pm

    Alhe ivv😭😭😭😭 I feel so bad for her
    And why does miziyal’s so called mum wants him to get married to a black magician’s daughter???… like isn’t iv way better than her???
    Oh God im so curious
    I like the fact u up these parts on the exact day as you said ❤️❤️❤️
    Lots of love from me>³

    1. shihaamaa ali shihaamaa ali says:
      July 11, 2025 at 10:20 pm

      ikrrrr 🙁 🙁
      heheheheh neynge dhww.. balamaa dhen..
      hehe jazaakallah khairan🥹
      lots of love from me too

Comments are closed.

Next Episodeކަޅު ބުޅާ 4←


All Right Reserved!