ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-5
“ބާޔް..” އެއްމެ ފަހުން އަހަރެން ބުނެލީމެވެ.
“ސީޔޫ ޓުމޯރޯ..” ޔޫޝައު ނިކުންނަމުން ހީލިއެވެ. އަހަރެންނަށްވެސް ހެވުނެވެ.
*ޕާރްޓް-5*
ދުވަސްތަށް އޭގެ ހަލުވިމިނުގައި ގޮސް ޖީސީ ފެށުނެވެ. އަހަރެންނަށް ކުރެވުނުވަރެއް އަހަރެން ދިޔައީ ކުރަމުންނެވެ. ކޮންމެދުވަހަކުވެސް މަންމަގެ ލެކްޗަރު އަޑުއަހަން ޖެހެއެވެ. ނަމަވެސް އަހރެން ހިތްވަރު ކޮށްލައިގެން ހުރީއެވެ. އަހަރެން ނިއްމައިގެން ހުރީ ޖީސީގެ ފޮނި ނަތީޖާ ލިބުމުން މަންމަމެން އުފާވާނެ ކަމަށެވެ.
މިއަދަކީ ގްރެޖުއޭޝަން ދުވަހެވެ. އަހަރެން ހުރީ ދާން ބޭނުން ނުވެފައެވެ. އަހަރެން އެތަނަށް ދިޔައަސް ހީވަނީ އަހަރެންމި އެހެން މީހުންނަށް ނުފަންނަ މީހެއް ހެންނެވެ. އަމިއްލަ ކްލާހުގައި އެކުވެރި ކުއްޖަކު ނުހުރެއެވެ. އަހަރެން އެހާވެސް އެކަނި ވެރިއެވެ. ހުރިހަމައެކަނި މީހަކީ ޔޫޝައު އެވެ. ހަވީރު ފޫހިވެގެން ގޭތެރޭގައި އެބުރި އެބުރިފައި އަހަރެން ޔޫޝައު އަށް މެސެޖް ކޮށްލީމެެވެ. އޭނާ ދޭތޯ އެހުމަށެވެ. އިރުކޮޅެއް ނުވެ ޔޫޝައު އަހަރެންނަށް ގުޅަން ފެށިއެވެ.
“ކީއްވެ ނުދާން ތިއުޅެނީ..؟” ފޯނުކަންފަތުގައި ޖައްސާލުމާއި އެކު ފުރަތަމެސް ޔޫޝައު ކޮށްލީ ސުވާލެކެވެ.
“އަަހަރެން ނުބުނަމެއްނު ނުދާނެމެކޭ..” އަަހަރެން ބުނެލީމެވެ.
“ރާނީ.. މީހުންނާއި ސޯޝަލައިޒް ވީމަ ޔޯރް މައިންޑް ވިލް ފީލް ފްރެޝް.. ދެން ހިގާބަ ގޮސްލަން.. އެހެންނޫނަސް މީ ކްލާސް ކުދިން އެއްކޮށް ދެންހޭދަކުރާ ވަގުތުކޮޅަށް ވެސް ވެދާނެ.. ދެން ޕްލީސް..” ޔޫޝައު އެތަކެއް އެއްޗެއް ކިޔައިގެން އަހަރެން އެއްބަސްވީމެވެ.
ފެންވަރައި ތައްޔާރުވާން ފެށީމެވެ. ގްރެޑުއޭޝަން ކުލައަކީ މަޑު ނޫކުލައެވެ. އަހަރެން ފެހީ ދިގުހެދުމެކެވެ. ކުރިމަތީ ފަރާތުން ބަންދެއްލައިފައި އިނީރު ކިތައްމެހާވެސް ރީޗެވެ. މަޑު ނޫކުލައިގެ ޝޯލްވެސް ރީތިިގޮތަކަށް އަޅައިލީމެވެ. ތައްޔާރުވެ ނިމުމުން މަންމަ އަހަރެން ބަލާއައެވެ. ވަޒީފާގަ ބިޒީކަމުން ނުދެވޭނެކަމަށް މަންމަ ބުންޔެވެ. އެކަމާއި ހުރެ އަހަރެންވެސް ނުދާން ނިއްމީމެވެ. މައިންބަފައިން ނެތި އެކަނި އަހަރެން ހުނަންވީހެއްޔެވެެ. ނުދާންވެގެން ބޮޑާހާކަނިކޮށް ޔޫޝައު އަހަރެމެން ކައިރިއަށް އައެވެ. އަހަރެން މޫނުހަދައިގެން އިންތަން ފެނި ކިހިނެއްވީހޭ އޭނާ ބުނެލިއެވެ.
“ދައްތަ ވަޒީފާގަ ބިޒީކަމުން ގްރެޑުއޭޝަންގަ ބައިވެރިނުވެވޭތީ ރާނިޔާ ވެސް އުޅެނީ ނުވަންނަން ވެގެން..” މަންމަ ބުނެލިއެވެ. އޭރު އަހަރެންނަށް ހުރެވުނީ ރޮވި ނުރޮވިއެވެ. ޔޫޝައު އަހަރެންނަށް ބަލައިލައިފައި ބުނެލިއެވެ.
“ރާނިޔާ އިންނާނި އަހަރެން ކައިރީގަ..” އަހަރެންނަށް ހައިރާންކަމާއިއެކު ޔޫޝައުގެ މޫނަށް ބަލާލެވުނެވެ. މަންމަ ފުޅާހިނިތުންވުމަކާއި އެކު އެއްބަސްވިއެވެ. އަހަރެންނަށް އެއްޗެއް ބުނެވުމުގެ ކުރިޔަށް މަންމަ އަހަރެން ޔޫޝައު އާއި ހަވާލު ކޮށްފައި ގޮއްސިއެވެ.
“އަދާން..” އަހަރެން ސިހުނީ ޔޫޝައުގެ އަޑަށެވެ. އޭނާ އާއި އެކު ހިގައިފައި ގޮސް އޭނާގެ މަންމަ އާއި ބައްޕަ ކައިރީ ހުއްޓިލީމެވެ. ޝާނަށްތައަކީ އަބަދުވެސް އަހަރެންނަށް ވަރަށް ރަގަނޅަށް ހިތާ މީހެކެވެ. މިފަހަރުވެސް އަހަރެން ފެނުނީރަށް އަހަރެންގެ ބުރަކަށީގައި ފިރުމާލައިފައި ރީތިކަމަށް ބުނެލިއެވެ. ޔޫޝައު އަހަރެންގެ ވާހަކަ އޮޅުން ފިލުވައިދިނުމުން ޔޫޝައުގެ ބައްޕަ ހިނިގަނޑެއް ޖަހައިލައިފައި ބުނެލިއެވެ.
“އެރަގަނޅު ވާނެ.. ރާނިޔާތީ މިހާރު މިފެމެލީ މީހެއް.. ދޯ..” ޔާނިޝްބެ ޝާނަށްތަ އަށް ދޯއެއްލަމުން ބުނެލިއެވެ. އެއްމެން ފެށީހޭށެވެ. ޔޫޝައު ބޯކަހާލައިފައި އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އަހަރެންނަށްވެސް ބަލާލެވުނީ ހަމަ އެގަޑީގަ ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ވަގުތުން ޔޫޝައު ނަޒަރު ބަދަލު ކޮށްލިއެވެ. އެހެން ހެދުމުން އަހަރެންގެ ހިތުގެ ކަނަކު ރިއްސާލިއެވެ.
ޖަލްސާ ފެށިގެން ކުރިޔަށް އެބަދެއެވެ. ހަމަވަރަށް ފުރިހަމައެވެ. ޖަލްސާ ނިއްމައިލާފައި ދެން އޮތީ ކެއުމެވެ. ކާންތިބިރު ޔާނިޝްބެ އާއި ޝާނަށްތަ އަނގަހުއްޓާނުލައެވެ. ވާހަކައަކަށް ފަހު ވާހަކައެއް ދައްކާނެވެ. ބައެއްފަހަރު ހެވެއެވެ. ހީވަނީ ފުރާވަރު ދެކުދިންހެންނެވެ. ކެއުން ނިއްމުމަށްފަހު ދެން އޮތީ ފޮޓޯނެގުމެވެ. ކްލާސް ކުދިންނާއި އެކީ ފޮޓޯނެގުމަށްފަހު މިހާރު އޮތީ އާއިލާ ވަކިވަކިން ނެގުމެވެ. ޔޫޝައުގެ މަންމަ އާއި ބައްޕަ ކިޔާ ވަރުން އަހަރެމެން ދެމީހުންޖެހުނީ އެއްކޮށްފޮޓޯއެއް ނަގާށެވެ. އެކަމުހަމަ ފޮޓޯއަށް ރެޑީވާރަށް އަހަރެން ނޫނީ ޔޫޝައު ހޭންފަށާނެވެ. އެފަދަ ހާލެއްގައި އުޅެގެން ފޮޓެއެއް ނެގީމެވެ. ފޮޓޯނަގައި ނިއްމާފައި އަހަރެން ދުރައްޖެހިލީމެވެ. ހަމަ އެވަގުތު ކްލާސް އެހެން ކުއްޖެއް އައެވެ.
“ޔޫއާރް ސޯ ލަކީ..” އެކުއްޖާ ބުނެލިއެވެ. އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން ނަސީބު ގަދަވާންވީ ކޮންކަމަކާއި ހެއްޔެވެ. އަހަރެން އެއީ ކީއްވެހޭ އެހުމުން އެކުއްޖާ ބުނެލިއެވެ.
“ޔޫޝައު އާއި އެކު ފޮޓޯއެއްނަގަން ލިބުނީމަ.. އަހަރެންމިޖެހެނީ ސިއްރުސިއްރުން ފޮޓޯއެއް ނަގަން..” އެހެން ބުނެފައި އެކުއްޖާ ދިޔައެވެ.
ހަފްލާ ނިމުމުން ކްލާސް ހުރިހާ ކުދިން އެއްކޮށް ބޭރަށް ހިގައިލްން ދާން ނިއްމީމެވެ. އަހަރެންވެސް އެހެން ކުދިންނާއި އެއްބައިވެގެން ސަކަރާތް ޖެހީމެވެ. އުފާކުރީމެވެ. އެވަގުތު އަހަރެންގެ ހިތާމަތަތް މަތިން އެއްގޮތަކަށްވެސް އހަރެން ހަދާނެއް ނެތެވެ. ކުއްލިއަކަށް ކްލާސް ކުދިންތަށް ވރަށް ސިރުއް ކިޔަންފެށިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. އިރުކޮޅާކުން ކުއްޖަކު އަހަރެން އަތުގައި ހިފައިގެން ކުރިޔަށް ޖެހިލިއެވެ. އެއްމެން ކުރިމައްޗަށް ވާގޮތަށް އަހަރެން ބަހައްޓާފައި އޭނާ ދިޔައެވެ. އެއްމެންގެ ލޯތަށް ވަނީ އަހަރެންނަށް އަމާޒުވެފައެވެ. އަހަރެން ހުރީ މިވަނީ ކީއްހޭ ހިތަތް އަރައިފައެވެ. އަހަރެންގެ ފަހަތުން އިވުނީ މީހަކު ކަރުކެހެލި އަޑެވެ. އަހަރެން އެބުރު ބަލައިލީމެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






