Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (11)

hattey Level 410 Stories100 Login100 Comments500 Login
July 9, 2018 4 Mins Read
19 Comments

ހަނދު އޭގެ ނޫރު އެއްވެސް ޝަރުތަކާއި ނުލައި ބިމަށް ފޮނުވާލައިފައިވެއެވެ. ހަނދުވަރުގެ އަލިކަމުގައި އެއްވެސް އައިބެއް ނެތެވެ. ހަނދު ވަށައިގެން ވިދާބަބުޅަމުން ދިއަ ތަރިތައް ހަނދުވަރުގެ އަލިކަަމަށް އިތުރު ފަރިކަމެއް ގެނެސްދެމުންދިއެވެ. ކަނޑުގެ ރާޅުތައް މަޑުމަޑުން ތޮޅިލަ ތޮޅިލާ ތިއްބެވެެ. ޖެހެމުން އައި ތެތްފިނި ވައިރޯޅިން ގަސްތައް ނަށަމުންގެންދިއެވެ. އެ ފުރިހަމަ މަންޒަރު އިޙްސާސް ކުރެވޭ ހިސާބުގައި އަޒީލްއާއި އޭނާގެ ލޯބިވެރިޔާ ޝިފްނާ އެމީހުންގެ ލޯބީގެ ދާސްތާއަށް އިތުރު ޞަފްޙާއެއް އިތުރުކޮށްލަަން ތިއްބެވެ. މަޑުމަޑުން އައިސް އެ ދެ ލޯބިވެރިންގެ ބައްދަލުވުންތައް ގިނަވެ އެ ގުޅުން ވަނީ ބަދަހިވެެފައެވެ. “ތީ ހަމަ ހުސް ދޮގު….އަހަރެންް ނުކުރާނަން ޤަބޫލެެއް….އަޒީލް ތި އުޅެނީ އަހަރެންް ބިރުގަންނަވަން…..” އަޒީލް ދެއްކިި ވާހަކަތައް ކަނުލައި އަޑުއަހަން ހުރެފައި ޝިފްނާ ބުނެލިއެވެ. މުޅި ޖައްވު ދިއްލާ އަޅާފައި އޮތް އެ ހަނދުވަރީ ރޭގައި އަޒީލް ދައްކަމުން ދިޔައީ ބިރުވެރި ވާހަކައެކެވެ. އެކަހަލަ ހަނދުވަރީ ރޭތަކުގައި އެ ހިސާބުން ބިރުވެރި ސިފައަަކަށް ހުންނަ މީހަކު ފެންނަ ވާހަކަ އަޑު އެހިކަމަށްބުނެ ޝިފްނާ ބިރުގަންނަވާލަން އަޒީލް މަސައްކަތް ކުރިއެވެ. “މީ ދޮގެއް ނޫން…..ހަމަ ތެދެއް….ކިތަންމެ މީހަކުވެސް މިވާހަކަ ދައްކާ…..ޝިފްނާ އަޑެއް ނާހަންތަ….؟” އެ ތޯޯތޯ ވާހަކަ ހަޤީގަތަަކަށް ހަދަން ހުށިޔާރު ކަމާއިއެކުު އަޒީލް މަސައްކަތް ކޮޮށްލިއެވެ. އަޒީލްގެ ވާހަކަތައް ޤަބޫލު ނުކުރަން މަސައްކަތް ކުރިއަސް ޝިފްނާގެ ހިތް އެކަމަށް ދެކޮޅު ހެދިއެވެ. އޭނާގެ ހިތް މޭތެރޭގައި އޮވެގެން އޮބިނޯންނަ ވަރަށް ތެޅެމުން ދިއެވެ. ފަރާތް ފަރާތައް ޝިފްނާ ކަޅި އަޅަމުން ދާތީ ސިއްރު ސިއްރުން އަޒީލް ހެމުން ގެންދިއެވެ. އެތަނުން ތެދުވެ ދުއްވައިގަންނަން ޝިފްނާގެ ހިތުގައިއޮތެވެ. އެހެނަސް އަޒީލްގެ އަތުގައި ބާރަށް ހިފަހައްޓައިލަައިގެން ހުރުމުން ރައްކާތެރިކަމޭ ހިތާ މަޑުކޮށްްލިއެވެ. އަނެއްކާވެސް އަޒީލް އިތުރަށް އެވާހަކަ ދައްކަންފެށިއެވެ. މިހާރު ދައްކަން އެ ފެށި ވާހަކަތައް މާ ބިރުވެރިއޭޭ ޝިފްނާގެ ހިތަށް އެރިއެވެ. ޝިފްނާއަކަށް ކެތެއް ނުކުރެވުނެވެ. އެތަނުން ދިއުމަށްވުރެ ބުއްދިވެރި ގޮތެއް ނެތޭ ހިތާ އަޒީލްގެ އަތުުން ދޫކޮށްލުމަށްފަހު ތެދުވެ އެތަނުން ރެކިގަންނަން ޝިފްނާ މަސައްކަތް ކޮށްލި ވަގުތު އަޒީލްގެ ހުނުމުގެ އަޑު ޝިފްނާގެ ކަންފަތުގައި ޖެހުނެއެވެ. އެހިނދު ފަސްއެނބުރި އަޒީލްއަށް ޝިފްނާ ބަލާލިއެވެ. ކަމަކުދާކަށްނެތެެވެ. އަޒީލް ހުރީ ހީހީބަލިވާވަރު ވެފައެވެ. އޭނާގެ ދޮގު ވާހަކައަށް ހެއްލި ގަންނާކުރައްވާ ބިރުން އެތަނުން ފިލަން ޝިފްނާ އުޅެގަތުމުން އަޒީލްއަކަށް އޭނާގެ ހުނުން މަތައެއް ނުކުރެވުނެވެ. “އަޒީލް….!” އަޒީލް ދެއްކީ އެއްވެސް ހަޤީގަތެެއްނެތް ދޮގު ވާހަކައެއްކަން އެނގުމުން ޝިފްނާ ގާތަށް ރުޅިއައެވެ. ހެމުން ހެމުން ދިއަ އަޒީލްގެ ގާާތަށް ޝިފްނާ ހިނގައިގަތީ އެ ރުޅިމަތީގައި ހުރެއެވެ. އެކަމުގެ ބަދަލު ޝިފްނާ ހިފާލީ އަޒީލްގެ ބުރަކަށީީގައި ބޮނޑިއެއް އަޅާލަމުންނެވެ. ދެން ދުވަހަކުވެސް އެތަނަށް ނާންނާނެ ކަމަށް ޝިފްނާ ބުނުމުން އަޒީލް މަޢާފަށް އެދުނެވެ. ޝިފްނާއަށް ޖެއްސުންކޮށްލުމުގެ ނިޔަތުގައި އެގޮތަށް ވާހަކަ ދެއްކީކަމަށް އޭނާ ބުންޏެވެ. ޝިފްނާގެ ރުޅިގަނޑު މައިތިރިވީ އޭގެ އިރުކޮޅެއް ފަހުންނެވެ.

“ރީޝާ….!” ކޮންމެެސް މީހަކު ގޮވާލި އަޑު ރީޝާގެ ކަންފަތުގައި ޖެހުނެވެ. އެއިރު ރީޝާއިނީ އޭނާގެ ފުރާނަފަދައިން ލޯބިވާ ކުޑަކުޑަ ހަނާޝް ގޮވައިގެން ތެތްފިނި ވައިރޯޅި ވަމުން ދިއަ ހިސާބެއްގައި އިށީނދެލައިގެނެވެ. ހަވީރުގެ އެ ވަގުތުގައި ރީޝާމެންގެ އިތުރުން ގިނަ ބަޔަކު އެ ހިތްގައިމު މާޙައުލުގައި ހަރަކާތްތެރި ވަމުން ދިއެވެ. ކަންފަތުގައި ޖެހުނު އެ ޒުވާން އަޑު ރީޝާ ރަނގަޅަށް ދެނެގަތެވެ. އެ އަޑުގެ ވެރިފަރާތް ވެސް ރީޝާއަކަށް ބީރައްޓެއްސެއް ނޫނެވެ. “އިނާ….!” ދުވަސްތަކެއް ފަހުން ރީޝާއާއި އެއް އޮފީހެއްގައި މަސައްކަތް ކުރި އިނާޔާ ފެނުމުން ރީޝާގެ މޫނުމަތި ވިދާލިއެވެ. އޮފީހުގެ ހަނދާންތައް އިޔާދަވާން ލަހެއްނުވިިއެވެ. “އިނާ….ކިހިނެއްތަ….؟ ޚަބަރެއްވެސް ނުވަމެއްނު….މިކޮޅުގަތަ ހަމަ ތިއުޅެނީ…..؟” އިނާޔާގެ ހާލުއަހުވާލު އަހާލުމަށްފަހު އިނާޔާގެ އެއްވެސް ޚަބަރެއް ނުވެެ ގިނަ ދުވަސްތަކެއް ފާއިތުވެެފައި ވާތީ އެކަމުގެ ޝަކުވާ ރީޝާ އުފުލިއެވެ. “އަހަރެން ހަމަ ރަނގަޅު….މިކޮޅުގަ މިއުޅެނީ…..ބިޒީކަމުން މީހެއްގެ ޚަބަރެއް ބަލާލެވޭވަރެއް ނޫން…..ރީޝާ ކިހިނެއްތަ….؟” އިނާޔާވެސް އޭނާގެ ހާލު ރަނގަޅުކަމަށް ބުނެ ރީޝާގެ ހާލުއަހުވާލު އަހާލިއެވެ. “އަހަރެން ވެސް ހަމަ ރަނގަޅު….ކިހިނެއްތަ އޮފީސްތެރޭގެ ކަންތައްތައް….؟ރަނގަޅަށްތަ ކުރިއަށްދަނީ….؟” އިނާޔާ ފަދައިން ރީޝާވެސް އޭނާގެ ހާލު ރަނގަޅުކަމަށް ބުނެލިއެވެ. އެއަށްފަހު ހަނާޝްއަށްޓަކައި ޤުރުބާންކޮށްލި އޮފީހުގެ ވާހަކަ އަހާލިއެވެ. “ތިވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ…..ރީޝާމެން ނެތީމަ ވަރަށް ގިނަ ކަންތައްތަަކަށް ބަދަލުު އަތުވެއްޖެ…..ވަރަށް ގިނަ ކަންތައްތައް ބޮއްސުންލަައިގެން ހިގައްޖެ…..އަދިވެސް މިއުޅެނީ ރަނގަޅަށް އޮފީސް ކޮންޓްރޯލް ނުކުރެވިގެން…..އޮފީހުގެ މަސައްކަތްތަކަށް އެންމެ ފަރުވާތެރި ވިސްނުންތޫނު ދެމީހުން މަދުވީމަ ވާނީވެސް އެކަހަލަ ގޮތެއް…..މިހާރަކަށް އައިސް ބައެއްް ކަހަލަ މައްސަލަތައް ވެސް ކުރިމަތިވޭ…..” ރީޝާއާއި ދާދި ކައިރީގައި އިށީންނަމުން އިނާޔާ ވާހަކަ ދައްކަންފެށިއެވެ. ރީޝާއާއި ހަނާ ނެތުމުން އޮފީހުގެ މަސައްކަތްތަކަށް ބުރޫ އަރާފައި ވާކަމަށް އޭނާ ބުންޏެވެ. “މިހާރު އެއްވެސް ދިރުމެއް ނެތް…..އޮފީސް ހީވަނީ ފަޅު ތަނެއްހެން…..އަޒީލްވެސް އަނގަތަޅުވާލަަނީ މަދުފަހަރަކު…..ކުރީގަ ހުރި ޖޯޝާއިފޯރި މިހާރަަކުނެތް…..” އިނާޔާ ދެރަވެލާފައި ބުނެލިއެވެ. އަޒީލްގެ ވާހަކަ ބުނުމުން އޭނާގެ ސަމާސާ ވާހަކަތައް ރީޝާގެ ހަނދާނަަށް އައެވެ. ހަނާއާއި ހެދި އަޒީލް އުޅުނު ވަރު ލޯމަތިން ސިފަވާންފެށިއެވެ. “ހަނާ ގެ ވަދާޢީ ސަލާން އަހަންނަށް ވެސް ހިތި ޒަހަރެއްފަދަ……އަހަރެންގެެ އެންމެ ގާތް އެކުވެރިޔާ އަބަދަށްޓަކައި ލޯ މަރާލީ އަހަރެންގެެ ކުރިމަތީީގަ…..އަހަރެންގެެ އަތުތެރޭގަ އޮވެ….އެއަށްވުރެ ހިތްދަތިވި ދުވަހެއް އަހަރެންގެެ ހަޔާތުގައެއް ނުދެކެން…..އެދުވަސް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ވަރަށް ހިތްދަތިވޭ……އެކަމަަކު….ހަނާގެ މި ލޯބި ލޯބި ދަރިފުޅަށްޓަކާ ކެތްތެރިވުން ނޫންގޮތެއް އަހަންނަކަށް ނުވިސްނުނު…..” ހަނާގެ މަރުގެ ހިތްދަތިކަން އަދިވެސް ރީޝާ ތަޙައްމަލު ކުރާކަން އޭނާގެ ލޮލުން ފައިބައިގެން ކޯތާފަތް ތެންމަމުންް ގެންދިއަ ކަރުނަތައް ސާބިތު ކޮށްދިނެވެ. “މިއަދު އަހަރެންް ހިނިތުން ވެލައިގެން ހުރި ސަބަބަކީ މީ….ހަނާގެ މި ނިޝާން…..” ހަނާޝްގެ ނިއްކުރީީގައި ބޮސް ދިނުމަށްފަހު ރީޝާ އިތުރަށް ބުނެލިއެވެ. ރީޝާގެ ކެކުޅުން ތަކާއި އުދާސްތައް އިނާޔާއަށް އިޙްސާސް ކުރެވުނު ކަހަލައެވެ. އޭނާގެ ލޯވެސް ތެމިގެންދިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރީޝާއާއި ހަނާގެ އެކުވެރިކަން ދާދިގާތުން އިނާޔާ ވަނީ ދެކެފައެވެ. އެކުވެރިކަމުގެ މިސާލެކޭ އޭރުވެސް އިނާޔާގެ ހިތަށްއަރައެވެ. ކުޑައިރުކޮޅަކު ހިމޭނުން ހުރެފައި އިނާޔާ މަޢުޟޫ ބަދަލުކޮށްލިއެެވެ. ރީޝާގެ ލޮލުން ކަރުނަ އޮހޮރެމުން އައި މަންޒަރު ބަލަން ހުންނާކަށް އިނާޔާއަކަށް ފަސޭހައެއް ނުވިއެވެ.

އޮފީހުން ނިމިގެން ދާނިޝްއަށް ގެއަށް އާދެވުނީ އެރޭ އެގާރަގަޑި ބައިވާން ކައިރިވެފައި ހުއްޓަައެވެ. ސައިކަލް އެއްފަރާތް ކޮށްލުމަށްފަހު ގެއަށް ވަންނާން ހިނގައިގަތް ވަގުތު ލޮލުގައި އަޅައިގަތްް އިންސާނާއަށް ދާނިޝް ބަލަންހުރީީ ރުޅިވެރި ގޮތަކަށެވެ. ދާނިޝްގެ ނަޒަރުގައިވާ އިންސާނާ އަކީ އާދިލްއެވެ. އޮފީހުން ގެއަށް ދާނިޝްއައި ވަގުތު އާދިލް އެގެއިން ނިކުތެވެ. އާދިލްގެ ނަޒަރުގައި ސިކުންތަަކަށް ދާނިޝް ވިއެވެ. އެހެނަސް އެކަމަށް މާބޮޑަށް ސަމާލުކަމެއް ނުދީ އާދިލް އޭނާގެ ވޭވް ވަން ޓޫ ފައިވް ސައިކަލަަށް އަރައި ނައްޓާލީީ ރުޅިވެރި ކަމާއިއެކު ދާނިޝް ބަލަން ހުއްޓަައެވެ. އާދިލް އަކީ ދާނިޝްއާއި ރީޝާގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެއްސި އިންސާނާ ކަން ދެނެގަނެވުނު ދުވަހުން ފެށިގެން އާދިލްދެކެ ދާނިޝް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މަގެއްމަތިން ފެނުނަސް ދާނިޝްގެ ލޭ ކެކި ދަތްކުނޑި ވިކާާލެވެއެވެ.

އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ދާނިޝް ކޮޮޓަރިއަށް ވަންއިރު އެނދުގައި އިށީނދެލައިގެންް ރީޝާއިނެވެ. ދާނިޝް ފެނިފައި ރީޝާ ސިހުނެވެ. ދެލޯ އަނގުރަށް ހަދައިގެން ރީޝާއާއި ދިމާއަށް ދާނިޝް ބަލަންހުރިގޮތުން ރީޝާގެ ހިތަަށް ބިރުވެރިކަން ވަނެވެ. އޮބިނޯންނަ ވަރަށް ތެޅެމުން ދިއަ ހިތަކާއިއެކު އެނދުން ތެދުވީ ޝައްކެއްމަތީ ހުރެއެވެ. “ކަލޭ ހީކުރީީ ކަލޭ ބޭނުންހާ ގޮތަކަށް މިގޭތެރޭގަަ އުޅެވޭނެ ކަމަށްތަ……؟” ރީޝާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފަައި ބާރުކޮށްލަމުން ދާނިޝް ހަޅޭއްލަވައިގަތެވެ. ވީތަދާއިއެކު ބޭއިޚުތިޔާރުގައި ރީޝާއަށް ރޮއެގަނެވުނެވެ. ނަމަވެސް ދާނިޝްގެ ޒަމީރު ރީޝާގެ ރުއިމަކަށް ކިޔަމަނެއް ނުވިއެވެ. ދޫކޮށްލުމަށްއެދި ރީީޝާ ކުރި އާދޭސް އަޑުއަހާކަށް ވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. “މީ ކަލެެއާއި ކަލޭގެ ލޯބިވެރިޔާ ދުނިޔެ ހެއްދެވިހާާ ނުބައިކަމެއް ކުރަން ހުރި ގެއެއްތަ…..؟ ލަދުކުޑަ….ހަނދާންކުރާތި…..! ދެން ކަލޭގެ އެ ގޮތްކުޑަ ލޯބިވެރިޔާ މިގެއަށް ވަދެއްޖެ ނަމަ އަހަރެންގެެ ހުރި ނުބައިކަން ދައްކާލާނަން…..” ރުޅިވެރިކަމާއިއެކު ހަރުކަށި އަޑަކުން ދާނިޝް އޭނާގެ ފަހު ޖުމްލަ ނިންމާލީީ އެނދުމައްޗަށް ރީޝާ ބުރުވާލާފައެވެ. ދާނިޝްއަށް ކަމުގެ ހަޤީގަތް އެނގިފައި ނުވާހާލުގައި ވެސް އެއްވެސް ޖެހިލުމެއްނެތި ކަށަވަރު ކަމާއިއެކުު ރީޝާގެ ބޮލުގައި އިލްޒާމު ތަކެއް އަޅުވައި އެ ހަށިގަނޑަަށް ހިރަފުސް ބުރުވާލީީ ދާނިޝްގެ ހިތުގައި ރީޝާއަށްޓަކައި އުފެދިފައިވާ ނަފުރަތުގެ އަލިފާން އިތުރުވެފައިވާ ހާލުގައެވެ. ކޮޓަރިން ނިކުމެ ގޭތެރޭގައި ހުރި ސޯފާގައި ދާނިޝް އިށީނީ އޭނާގެ ތުރުތުރު އަޅަމުން ދިއަ ހަށިގަނޑާާއި ކެކިކެކި ހުރި ރުޅިގަނޑު މައިތިރި ކުރެވޭތޯއެވެ.

ދާނިޝްގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ރީޝާގެ ހިތް ވިރެމުންދިއެވެ. ދާނިޝްއަށް އެވަރުގެ ބަދަލެއް އަތުވެދާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހީއެއްނުކުރެއެވެ. މީގެ ކުރިން ދާނިޝްއަކީ އަނިޔާވެރިކަން އިސްކުރިި މީހެއް ނޫންކަން ރީޝާ އަށް ރަނގަޅަށް އެނގިފައިވިއެވެ. އެހެނަސް މިއަދު އެކަން ވަނީ ބަދަލު ވެފައެވެ. މީހަކު ހުވަފެނުން ވެސް ނުދެކޭނެ ވަރަށް ދާނިޝްގެ ހިތުގައި ރީޝާއަށްޓަކައި ނަފުރަތު ވަނީ އުފެދިފައެެވެ. އެއްވެސް ހުރަހެއް ނެތި އެ ނަފުރަތުގެ ދިލަ އިޙްސާސް ކުރަން ރީޝާއަށް ވަނީ ޖެހިފައެެވެ. އެހެނަސް….އެވޭނަށް ވެސް ކެތްކުރާނަމޭ އޭނާގެ ހިތުގައި އޮތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……03

Next

ދޮންކަަމަނަ

Next
July 9, 2018

ދޮންކަަމަނަ

Previews
July 9, 2018

“ހިތް” ލޭ ކޮށެވިފައި……03

19 Comments!

  1. Ira says:
    July 9, 2018 at 8:52 am

    Maasha Allah v reethi. ekam part thah adhives dhigukohlan feney.

    1. hattey says:
      July 9, 2018 at 10:28 am

      Thanks..next part dhigukohleveytho balaanan

  2. Aabhy says:
    July 9, 2018 at 9:50 am

    varah reethi.. varah furihama.. up vaaleh haadha lahey thankolheh avahah up kohdheeba. ehaa dhuvas kollaafa ves up kuraa iru ehaame kuru. ehen nahadhaa pls. pls. pls.

    1. hattey says:
      July 9, 2018 at 10:26 am

      Thank you…. Next part dhigukohleveytho balaanan..

  3. shaan says:
    July 9, 2018 at 10:04 am

    nice ☺????

    1. hattey says:
      July 9, 2018 at 10:30 am

      ????

  4. jeyys says:
    July 9, 2018 at 12:14 pm

    update haadha lahey.. kon dhuvahakun next part?

  5. maya says:
    July 9, 2018 at 12:41 pm

    haadha lahey up vaaleh..and ehaa kuru..next part thankolheh avahah up kohdhehchey,,story hama habeys vvv reethi…alhe dhaanish haadha rulhi ekey dhw thi annany..truth aky kobaikan balaaves nulaa..fahun adhi regret kuraane….

    1. hattey says:
      July 11, 2018 at 12:59 pm

      Oh..OK…thanks.. May b..

  6. No one says:
    July 9, 2018 at 2:50 pm

    Mi part vx hama varah rythi.. ibaaraai kurumaai sifakurunthahvx hama awesome… U re really talented.. maasha allah..♥️♥️

  7. Maii says:
    July 9, 2018 at 4:05 pm

    Vrh vrh salhi stry ??

    1. hattey says:
      July 11, 2018 at 1:04 pm

      Thanks..

  8. unique says:
    July 9, 2018 at 4:16 pm

    mi partvx vv reethi……. Maasha Allah

    1. hattey says:
      July 11, 2018 at 1:05 pm

      Thank you..unique..

  9. Kyleen says:
    July 9, 2018 at 9:48 pm

    salhi.. waiting 4 nxt part

  10. kitty says:
    July 9, 2018 at 10:05 pm

    vvv reethi.. whn is nxt part?

    1. hattey says:
      July 11, 2018 at 1:07 pm

      Thank you..12 vana bai innaanee submit kohlaafa

  11. Me says:
    July 10, 2018 at 7:41 am

    Concept v reethi. But hama ehen myhunekey eggothah bunelan othy part thah dhigu kollaashey. N update vun Ava’s kollaashey. 3 days ahvure Gina dhuvahuge gap eh nudheyshey. Up nukoh ginadhuvas vyma Kiya moodu gelley goiy vey.

    1. hattey says:
      July 17, 2018 at 10:26 pm

      Thank youuuu…OK…noted

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (12←


All Right Reserved!