Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……03

Noor💙 Level 710 Stories100 Comments100 Login500 Comments
July 9, 2018 5 Mins Read
28 Comments

ކައިލާންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.އޭނާއަށް ދުލުން ބަހެއްވެސް ބޭރުކުރަން ނޭނގިފައި ޖަޒްލީއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ޖަޒްލީ އަނެއްކާވެސް އަތުގެ އިޝާރާތުން ސައިބޯންއައުމަށް ބުންޏެވެ.

******************

“ދަރިފުޅު ތި ތެދުވީ ދޯ…..ހިނގާ އަވަހަށް ސައިބޯން”.ސަކީނާގެ އަޑަށް ޖަޒްލީއަށް ބިރުން ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.އަދި އަވަސް އަވަހަށް ކައިލާންއަށް ބަލާލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

“ދަރިފުޅާ…ޖަމިއްތަމެންވެސް ވަރަށް ގަބޫލު ދަރިފުޅާ ރިޝްފާގެ ގުޅުމަށް…މަންމަ މިއައީ އެގޭންނޭ…”.ސަކީނާ ގޮސް ކައިލާންގެ ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

“މަންމާ…އެކަމަކު ރީޝް…………”
“ރިޝްފާވެސް ޤަބޫލޭ”ކައިލާންގެ ދުލުގައި އޮތް ޖުމްލަ ފުރިހަމަ ނުވަނީސް ސަކީނާ ރިޝްފާ ބޭނުންވާގޮތްވެސް ހާމަކުރިއެވެ.ކައިލާން އަށް މުޅިން ގޮތް ހުސްވިއެވެ.އޭނާ އެއްގޮތަކަށްވެސް ރިޝްފާއާއި ކައިވެނީގެ ގުޅުމުން ގުޅޭކަށް ބޭނުމެއް ނުވެއެވެ.އަނެއްކާ ޖަޒްލީއާއި ދޭތެރޭ އޭނާއަށް ފާއިތުވި ދެދުވަހުގެ ތެރޭގައިވެސް ޚާއްސަ ގޮތަކަށް ދެކެވެން ފަށައިފިއެވެ.ޖަޒްލީއާއި ވާހަކަ ދައްކާލާ ހިތުން ރޭ ހަތަރު ދަމުވެސް ލޮލަށް ނިދިނައިސްގެން ހާދަ އިރަކު އޮތެވެ.ޖަޒްލީއަށް ހަމަ ވާހަަކަ ނުދެއްކެނީ ހެއްޔެވެ؟ނޫނީ އެއީ އޭނާއަށް ފެނުނު ހުވަފެނަކީ ބާވައެވެ.ސައިބޯން މޭޒުދަށުގައި އިން ކައިލާންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.އެއްކޮޅުން ޖަޒްލީއާއި ދޭތެރޭ ހިތުގައި އުފެދިފައިވާ ޝައްކެވެ.އަނެއް ކޮޅުން ރިޝްފާއާއި އޭނާގެ ކައިވެންޏެވެ.ކާން އުޅެ އުޅެ އެއްޗެއް އަރުން އެތެރެ ވާގޮތެއް ނުވިއެވެ.ސައިތަށި ބޯލައިގެން އައިސް ސޯފާގައި އިށީނދެލީ ބޮލަށް ބަރުވެފައިވާތީ ހަމައަކަށް އެޅޭތޯއެވެ.ކައިރީގައި އިނދެގެން ސަކީނާ ދައްކަމުން ދިޔައީ ކައިވެނީގެ ވާހަކައެވެ.ނަމަވެސް ކައިލާންއަށް ފަރާތް ފަރާތް ހޯދެމުން ދިޔައީ ޖަޒްލީ ފެނޭތޯއެވެ.

ކައިލާން ހަވީރު ޑިއުޓީއަށް ދާން ނިކުތްއިރުވެސް ބޮލުގެ ރިހުމަކަށް ބަދަލެއް ނާދެެވެ.ބޯމަތިވަމުން އަންނަ ކައިވެނީގެ ވާހަކައަށް ސަމާލުކަން ދިނުމަށްވުރެވެސް އޭނާއަށް މިވަގުތު މުހިންމީ ޖަޒްލީއާއި ދޭތެރޭ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބުމެވެ.އެންމެ ފަހުން ދުއްވަމުން ދިޔަ ސައިކަލް މަގުގެ އެއްފަރާތަކަށް ވާގޮތަށް މަޑުކޮށްލުމަށްފަހު ދޮންބެއަށް ގުޅާފައި ކުޑަކޮށް ޖެހިލުންވެފައި ހުރެވެސް ޖަޒްލީއާއި ބެހޭގޮތުން ސުވާލު ކޮށްލިއެވެ.

“ހަލޯ……..ހަލޯ…ކައީ…އަނެއްކާ ކަމެއްވީތަ؟….ހަލޯ…..”.ރުހާންގެ ޖަވާބު އަޑުއަހާފައި ކައިލާން އަނގައިން ނުބުނުމުން އަނެއްކާ ޖަޒްލީއަށް ކަމެއް ވީބާއޭ ހިތަށް އަރައި ރުހާން ކައިލާންއަށް ގޮވަމުން ދިޔައެވެ.ނަމަވެސް އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރު އަންހެން ކުއްޖަކަށް ހިތް ލެނބެމުން ދާއިރު އެއީ ވާހަކަ ނުދެއްކޭ ކުއްޖެއްކަން އެނގުމުން ކައިލާންގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ.ތަޤުދީރު އެ ކޮށްލި ސަމާސާއަކުން ހަޤީގަތުގައިވެސް އޭނާގެ ހިތަށް ވަރަށް ތަދު ވެއްޖެއެވެ.ޖަޒްލީގެ އެ ހަރަކާތްތަކުގައި ފޮރުވިފައި މިވަރުބޮޑު ޙަޤީގަތެއް ވެދާނެ ކަމަށް ކައިލާން ކުޑަކޮށްވެސް ހީކޮށްފައެއް ނުވެއެވެ.އެ ޙަޤީގަތް ނޭނގި އޭނާއަށް ޖަޒްލީގެ ހިތުގައިވެސް އެވަނީ ޖެއްސިފައެވެ.

“ދޮންބްސް….ކަމެއްނުވޭ …ހަމަ އެހެން ހީވެގެން އަހާލީ…ނައު ގެޓިން ލޭޓް…ސީޔޫ..”.އެހެން ބުނެލުމަށްފަހު އަވަހަށް ފޯނު ކަނޑާލާފައި އިސްކަންދަރު ކޮއްޓަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

“ސޯ….ކެއުން ދޭން ޖެހޭނެ…މިފަހަރު ތިއޮތީ ރީޝް ހުރިގޮތަށް ހުއްޓަ ނަސީބު އައިސް އަތުގަ ހިފާފަ…”އޯކޭ ލެޓްސް ސެލެބްރޭޓް އޭ ކިޔައި ރިޝްފާ ހަނާގެ އަތުގައި ހިފައިގެން ގޮސް އޮފީހަށް ވަނެވެ.ދެމީހުންވެސް މަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ އޮފީހުގައެވެ.

“ވެއިޓަރ!……ނަޓްސް…”ރުހާންއާއި ޒިޔާދު އިނީ ބްރޭކްވޯޓަރ ގައި ހުރި މޭޒެއްގެ ދަށުގައި ކޮފީ ބޯށެވެ.

“ތިވަރު ކަމެއް ވެގެން އުޅޭއިރުވެސް ސަނާ އެކަހަލަ ވާހަކައެއްވެސް ބުނެނުލާ…އެހެންވެތާ ސަނާ މިދުވަސްކޮޅު މަޑުޖެހިފަ ހުންނަހެން އެ ހީވަނީ…..އިއްޔެ މަންމަވެސް އެވާހަކަ ދެއްކި…”ޒިޔާދު ކޮފީތަށި މޭޒުމަތީގައި ބައިންދަމުން ވާހަކަ ދެއްކިއެވެ.ރުހާންއަށް ހީވީ ހަމަ ރަނގަޅަށެވެ.ސަނާއަށް ބަޔަކު އުނދަގޫ ކުރާ ވާހަކަ އޭނާ ދޮންބެގާތު ނުބުނާހެން ރުހާންއަށް ކުރިންވެސް ހީވިއެވެ.އެވާހަކަ ޒިޔާއަށް އެ ކިޔައި ދިނީވެސް އެހެންވެއެވެ.ސަނާއަކީ އޭނާގެވެސް ކޮއްކޮއެއް ކަހަލަ ކުއްޖެކެވެ.ސަނާއަށް ދެރަގޮތެއް ވާން އޭނާވެސް ނޭދެއެވެ.

ކައިލާންއަށް ޑިއުޓީއަށް ދިޔައީއްސުރެ ވިސްނެމުން ދިޔައީ ޖަޒްލީއާއި ދޭތެރޭގައެވެ.އެ މޫނުގައިގައިވާ މަޢުސޫމްކަމުން ކައިލާންގެ ހިތް ފުރިފައިވަނީ ޖަޒްލީގެ ޚިޔާލު ތަކުންނެވެ.ޖަޒްލީއަކީ ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ ކުއްޖެއްކަން އެނގުނީމަވެސް އޭނާގެ ހިތުން ޖަޒްލީގެ ލޯތްބަށް އެދެވެން ފަށައިފިއެވެ.ޖަޒްލީއަށް އޭނާގެ ހިތުގެ ޙާލު ބުނެދޭން ބޭނުންވަނީއެވެ.ކައިލާންގެ ފޯނު ރިންގުވާންފެށިއެވެ.ގުޅަނީ ދޮންބެކަމަށް ވުމުން ކޯލް ރިޖެކްޓް ކޮށްލާކަށްވެސް ނުކެރުނެވެ.ފޯނުނަގައި ހަލޯ އޭ ބުނުމުން ރުހާން އެކޮޅުން ވާހަކަ ދެއްކިއެވެ.ގެއަށް ދިޔަތަނާ މަންމަ ފަރާތުން ކައިލާންއާއި ރިޝްފާގެ ކައިވެނި އަންނަ މަހުގެ ދިހަވަނަ ދުވަހު ކުރަން ހަމަޖެހުނު ޚަބަރު ލިބިގެންނެވެ.އެވާހަކަ އަޑުއަހާފައި އަދި އެއީވެސް ނިމުމެއް ގެންނަން ޖެހޭ ކަމެއްކަން ކައިލާން އަށް ހަނދާންވިއެވެ.އަދި ގެއަށް ގޮސް މިރޭ ތިކަމާ ވާހަކަ ދައްކާނީ ދޯއޭ ކިޔައި ފޯނުކަނޑާލުމަށްފަހު ރިޝްފާގެ ނަމްބަރު ހޯދާފައި ޑައިލް ކޮށްލިއެވެ

ާކައިލާން ގުޅަން ފެށުމުން ރިޝްފާ ނިކަން ތުއި ވެލާފައި ހަލޯ އޭ ބުނެލިއެވެ.މިއަދު ހެނދުނު ކައިލާންގެ މަންމަ ރިޝްފާމެން ގެއަށް ގޮސް އެދެމީހުންގެ ކައިވެނީގެ ވާހަކަ ދެއްކީއްސުރެން އޭނާ އިންތިޒާރު ކުރަމުން އެދަނީ ކައިލާން ގުޅާނެ ވަގުތަކަށެވެ.އޭނާ ފަދައިން ކައިލާންވެސް ރިޝްފާއާއި ގުޅެން ބޭނުންވާ ކަން އެނގުމުން ކައިލާންއާއި ބައްދަލް ކޮށްލާހިތުންވެސް އޭނާއަކަށް ކެތްވަނީކީ ނޫނެވެ.

“އަހަރެން ހީކުރީ ރީޝް ކައިވެންޏަށް އިންކާރު ކުރާނެކަމަށް”.ކައިލާންގެ ވާހަކަ އަޑުއަހާފައި ރިޝްފާ އެއީ ކީއްވެހޭ ކިޔައި ހިނިގަނޑެއް ޖަހާލިއެވެ.އަދި އޭނާއަށް ކައިލާން އަބަދުވެސް ވަރަށް ކަމުދާ ކަމަށް ބުންޏެވެ.ކައިލާންއާއި އެކު ހޭދަކުރެވިފައިވާ ކޮންމެ ވަގުތަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތައް ކަމުގައި ބުންޏެވެ.އަބަދުވެސް ކައިލާންއާއި އެކުގައި ވުމަށް އެދޭ ކަމަށާއި، ކައިލާންގެ އުފަލަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ބުނަމުން ދިޔައެވެ.ރިޝްފާ ކައިލާންދެކެ ލޯބިވާކަމާއި، ލޯބިވާ ވަރު އެނގުމުން އޭނާއަށް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ.ހަދާނެ ގޮތް ހުސްވިއެވެ.ކުއްލިއަކަށް ކަމެއް ދިމާވެެއްޖެއޭ ފަހުން ގުޅާނަމޭ ކިޔައި ފޯނުކަނޑާލީ އޭނާގެ ހިތުގައިވާ ގޮތް ހާމަކޮށް ރިޝްފާގެ ހިތް ހަލާކު ކޮށްލާނެހާ ހިތްވަރު ނުލިބުމުންނެވެ.މަންމަ ކައިވެނީގެ ވާހަކަ ދެއްކުމުން ފައުޅުގައި ކައިވެންޏަށް އިންކާރު ކުރެވުނު ނަމަ ގައިމުވެސް ކަންތައްތައް މިހިސާބަކަށް ނައީހެވެ.އެކަމަކު ރިޝްފާ އޭނާދެކެ ލޯބިވާކަންވެސް ކުރިން ދުވަހަކުވެސް ފައުޅު ކޮށްފައެއް ނެތް ވިއްޔާއެވެ.

“ކައިލާން ޑިއުޓީ ނިންމާފަ ގެއަށް އައީމަ ދޮރުތައް ތަޅުލާފަ ނިދާތި…ހަސަން މަނިކުވެސް އަދި ނާދޭ…އައިސް ބުނެފިއްޔާ ކާން ހަދައިދޭތި…..އަހަރެން މިދަނީ ނިދަން….”ފުރިޖުން ފެން ފުޅިއެއް ނަގައިގެން ކޮޓަރިއަށް ދަމުން ސަކީނާ ވާހަކަ ދެއްކިއެވެ.ޖަޒްލީ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ޖަޒްލީ ސޯފާގައި އިންދާ ހަސަންމަނިކު ފޯނެއްގައި ހުރެގެން މީހަކާއި ވާހަކަ ދައްކަމުން ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.ފޯނުން ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުން އޭނާއަށް ޖަޒްލީ ފެނުނު ހެނެއްވެސް ހިއެއް ނުވެއެވެ.އެކަމުން ޖަޒްލީއަށް ހިންހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އޭރު ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ.ނަމަވެސް ކައިލާން ގެއަށް ނާންނާތީ ނިދަން ދެވޭކަށްވެސް ނެތެވެ.އެންމެ ފަހުން މާބޮޑަށް ނިދިއަންނަން ފެށުމުން ޓީވީ ހުޅުވާލިއެވެ.އެގޮތުގައިވެސް ހޭދަކޮށްލެވުނީ ބައިގަޑިއެއްހާއިރެވެ.އެސްފިޔަތަކަށް ބަރުވެގެންގޮސް ދެލޯ މެރިއްޖެއެވެ.

ޑިއުޓީ ނިންމާލާފައި ކައިލާން ގެއަށް ދިޔުމަށްޓަކައި ސައިކަލް ސްޓާޓް ކޮށްލިތަނާ ފޯނު ރިންގުވާން ފެށުމުން ޖީބުން ފޯނުނަގައި ޖަވާބު ދިންއިރު އެކޮޅުން ވާހަކަ ދައްކަނީ ރިޝްފާއެވެ.ކައިލާން އާއި ބައްދަލް ކޮށްލާ ވާހަކަ ދައްކާލާ ހިތުން ލޮލަށް ނިދި ނައިސްގެންނެވެ.ނަމަވެސް ޑިއުޓީ ހަމަ އެ ނިމުނީ ކަމަށާއި ޕޮލިސް ޔުނީފޯމުގައި ހުރެގެން ޕާސަނަލް ކަންތައް ތަކުގަ ތަންތަނަށް ދިޔުމަކީ އޭނަގެ އުސޫލުތަކާއި ޚިލާފުކަމެއް ކަމަށް ބުނެ މިރޭ މިހާރު މާބޮޑަށް ދަންވެސް ވެފައި ހުރުމާއިއެކު ލެޓްސް މީޓު ޓުމޯރޯ އޭ ކިޔައި ފައުޅުގައި އިންކާރު ކުރިއެވެ.އެހެން ނޫނަސް ޚުދު އޭނާވެސް މިއޮއް ހުރިހާއިރު އިންތިޒާރު ކުރަމުން އެދަނީ ޑިއުޓީ ނިމިގެން ގެއަށް ދެވޭނެ ވަގުތަކަށެވެ.ގޭތެރޭގައި އޭނައާއި ރިޝްފާގެ ކައިވެނީގެ ވާހަކަ ދެކެވެމުން ދާތީ އޭނާގެ ހިތުގެ އެދުން ވީހާވެސް އަވަހަކަށް ޖަޒްލީއާއި ހިއްސާ ނުކުރެވިއްޖެ ނަމަ އޭނާވެސް ވެގެންދާނީ ފިނޑިކަމުން ލޯބި ހުށަހަޅަން ނުކެރުނު މީހުންގެ ތެރެއިންނެވެ.ޖަޒްލީގެ ފަރާތުން ކިތަންމެ ކުޑަ ނަމަވެސް ރުހުމުގެ އިޝާރާތެއް ލިބިއްޖެނަމަ އެ އަންހެން ކުއްޖާ އޭނާގެ މީހަކަށް ހަދަން ކޮންމެފަދަ ފާރެއް ގިރާކުރަންވެސް އޭނާ އެހުރީ ނިންމައިގެންނެވެ.މިއަދާއި ހަމައަށް މަންމަ އެދުނުހާ ކަމެއް އެއައީ ކުރަމުންނެވެ.ނަމަވެސް ޙަޔާތުގެ ފުރަތަމަ ފަހަރަށް ހިތުގައި އެދުމެއް އައުވެފައި ވާއިރު އެކަން ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރަން ބޭނުންވެއެވެ.

ކައިލާންގެ ޖަވާބު އިވިފައި ރިޝްފާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އޯކޭއޭ ކިޔައި ފޯނު ކަނޑާލީ ކައިލާންގެ ކުރިމަތީގައި ޝަކުވާ ކުރަން ބޭނުން ނުވާތީއެވެ.ކައިލާން ކައިވެންޏަށް އެއްބަސްވީތީ އޭނާ އުފާކުރެއެވެ.ކައިލާންގެ ހިތުގައި އެހެން އަންހެން ކުއްޖަކަށްޓަކައި ކުރިފަޅާފައިވާ ލޯބި ރެއަކާނުލާ ޙާލު މާދަމާ ބައްދަލު ކުރުމުގެ އުއްމީދުގައި ހިންހަމަ ޖައްސާލައިގެން ނިދޭތޯ ރިޝްފާ ނިދާބޮކި ދިއްލާލިއެވެ.

ބޫޓު ބާލާ ހަރަށް ލާފައި އެތެެރެއަށް ވަދެގެން އައި ކައިލާންއަށް ނިދިފައި ސޯފާގައި އިން ޖަޒްލީ ފެނުނެވެ.މަޑު ހިނގުމެއްގައި ގޮސް ޖަޒްލީގެ ގާތު ސޯފާގައި އިށީނެވެ.ބަލާ ފޫހި ނުވާނެހާ ރީތިކަމެއް ޤުދުރަތުން ލިބިފައި ވެއެވެ.އެގޮތުގައި އިރުކޮޅަކު ޖަޒްލީއަށް ބަލަހައްޓައިގެން އިންދަ ދެލޯ އުނގުޅާލުމަށްފަހު މަޑުމަޑުން ދެލޯ ހުޅުވާލި ޖަޒްލީއަށް ކައިލާން އެހާ ގާތުގައި އިންތަން ފެނުމުން ބޭއިޚްތިޔާރުގައި ފުންމައިގެން ތެދުވެވުނެވެ.އަދި އަވަސް އަވަހަށް ކައިލާންގެ ކުރިމަތިން ދެވޭތޯ އުޅުނެވެ.ކައިލާން އެފަދަ ގޮތަކަށް ފެނުމުން ޖަޒްލީ ހީކޮށްފާނެ އެއްޗަކަށް އޭނާ ކުޑަކޮށް ޖެހިލުންވިއެވެ.ނަމަވެސް ޖަޒްލީ ދިޔުމުގެ ކުރިން ކައިލާން އޭނާގެ އަތުގައި ހިފިއެވެ.ދެމީހުންގެ ފުރަތަމަ ބީހުމުންވެސް ދެ ހަށިގަނޑު ހީވީ ހޫނު އޮއިވަރެއްގައި ޖެހުނު ހެންނެވެ.

“ޕްލީޒް…އަހަންނަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ދީބަލަ”.ކައިލާން އޭނާގެ ހިތުގެ އެދުން ޖަޒްލީގެ ކުރިމައްޗައް ބަންޑުން ކޮށްލާނެ ފުރުސަތަކަށް އެދުނެވެ. ޖަޒްލީ ކައިލާންގެ އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ.ނަމަވެސް ކައިލާން ޖަޒްލީގެ އަތުގައި ހިފާފައި ހުރީ އެއަށްވުރެ މާ ބާރަށެވެ.އެވަގުތު ކައިލާން މަންމަ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.ޖަޒްލީއާއި ކައިލާންއަށް އެކީ ކަހަލަ ގޮތަކަށް އެދިމާ ބަލައިލެވުނެވެ.ބިރުންގޮސް ޖަޒްލީގެ ދެލޯ ބޮޑުވެފައި ވާއިރު މުޅި މޫނުމަތިންވެސް ވަނީ އޮއްދާހިއްލާފައެވެ.ކައިލާން ހުށިޔާރު ކަމާއިއެކު ޖަޒްލީގެ އަތުގައި ހިފައިގެން ދުވެފައިގޮސް ކައްކާ ބަޔަށްވަދެ އެތަނުގައި ހުރި ސިންކާއި ކަބަޑާއި ދިމާ ކަނަށްވަދެ އިށިނެވެ.ސަކީނާ ދެލޯ އުނގުޅަމުން އުނގުޅަމުން އައިސް ކާބަޔަށް ވަތްއިރު ރަނގަޅަށް ދެލޯ ނުވެސް ހުޅުވެއެވެ.ތަނުގައިހުރީ ނިދާ ބޮކީގެ ފަނޑުއަލިކަމެވެ.ކާބައިގައި ހުރި ފުރިޖުމަތީގައި ހުރި ބާސްކެޓް ހާވަހާވާފައި އައިސް ކައްކާ ބަޔަށް ވަނެވެ.އެވަގުތު ޖަޒްލީއަށް ބިރުންގޮސް ކައިލާންގެ އަތުގައި ހިފައިގަނެވުނެވެ.ކައިލާންވެސް ފަހަތުން އަތް ގެންގޮސް ޖަޒްލީގެ ބުރަކަށީގައި ވަށާލީ ޖަޒްލީ ބިރުންގޮސް ލަމުން ދިޔަ ބޮޑެތި ނޭވާތަކުން އޭނާ ހަމަަކަށް އެޅުވޭތޯއެވެ.އެންމެފަހުން އެތަނުގައި ހުރި ކަބަޑުން ސަކީނާއަށް ފަސްޓް އެއިޑް ބޮކްސް ފެނުނެވެ.

“މިވެސް މިތަނަށް ލާފަ…މި ނުވާނެ އެއުޅޭ ޖަޒްލީގެ ކަމަކަށް ނޫނީ….ހީވާނީ މަށަށް ޖެއްސުން ކުރަން އުޅޭހެން”.އޭގެ ތެރެއިން ޕެނެޑޯލް ކާޑެއް ނަގައިގެން ސަކީނާ ޖަޒްލީއަށް ކުދި ކިޔަމުން ކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ.އެވަގުތު ކައިލާންއަށް ޖަޒްލީއަށް ބަލައިލެވުނެވެ.މަންމަ ކިތަންމެ ކުޑަކުޑަކަމަކާވެސް ޖަޒްލީއަށް އެއްޗިިހި ކިޔާތީ ކައިލާން ދެރަވިއެވެ.ސަކީނާ ދިޔުމުން ކައިލާން ޖަޒްލީގެ ކޮނޑުގައި ދެއަތުން ހިފާފައި ކޮޅަށް ނެގިއެވެ.އަދި ޖަޒްލީގެ އަތުގައި ހިފައިގެން ގެންގޮސް ޖަޒްލީގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

*****ނުނިމޭ*****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

މާޒީގެ ހަނދާންތަށް އާވުމުން

Next

ލޯބި ވީމޭ ސިއްރު ސިއްރުން (11)

Next
July 9, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (11)

Previews
July 8, 2018

މާޒީގެ ހަނދާންތަށް އާވުމުން

28 Comments!

  1. jumaa says:
    July 9, 2018 at 12:14 am

    Awwn first dhw

    1. Noor✓ says:
      July 9, 2018 at 12:18 am

      Yap.. ?

  2. Anonymous says:
    July 9, 2018 at 12:20 am

    Yeyy…me first dhw…v reethi story

    1. Noor✓ says:
      July 9, 2018 at 12:58 am

      Thanx dear.

  3. Shaai says:
    July 9, 2018 at 1:51 am

    Kehve eha lahun vaahaka upload vany

    1. Noor✓ says:
      July 9, 2018 at 9:31 am

      Sorry dear..aslu mihaaru story liyan ehaa vaguthu nudheveythy, I’m trying to bring the story on
      Monday
      Wednesday and
      Saturday..

  4. Bykaaru says:
    July 9, 2018 at 1:55 am

    Love it❤?… Avaha next bai narehchy… Heevey mi bai v kuruhen… Hama inthizaaruga…

    1. Noor✓ says:
      July 9, 2018 at 9:33 am

      Thanx dear..

  5. Baby girl ❤ says:
    July 9, 2018 at 6:09 am

    Vrh vrh kiyaahivaa hisaabakun thi ninmaaly……. btw story is speech less…..vrh reehi….

    1. Noor✓ says:
      July 9, 2018 at 9:33 am

      Thanx dear

  6. Xaaan says:
    July 9, 2018 at 8:21 am

    Masha Allah v reethi story eh

    1. Noor✓ says:
      July 9, 2018 at 9:33 am

      Thanx dear

  7. lynkko says:
    July 9, 2018 at 8:34 am

    Wow varah salhi

  8. Reet says:
    July 9, 2018 at 9:24 am

    V reethi egy
    Thankolheh avahah…….

    1. Noor✓ says:
      July 9, 2018 at 9:35 am

      Thanx dear. Next part in sha Allah Wednesday.

  9. Stry Kiyaa Man says:
    July 9, 2018 at 9:57 am

    Masha allah .haadhaha furihama ey.vvv salhi.kury stry eh vure mi stry reethi vaane hen heevany.kury stry eh vex hadi eh noon igey dear .
    waiting 4 nw parT
    -salaam.?????

    1. Noor✓ says:
      July 9, 2018 at 10:05 am

      Thanx dear.if u feel that way then i guess im improving my writing. Happy to know that my dear readers appreciate my work.

  10. Its me says:
    July 9, 2018 at 1:20 pm

    Best ever ???? love it!!

    1. Noor✓ says:
      July 9, 2018 at 1:52 pm

      Awwh. ThanX dear

  11. Ruuuu says:
    July 9, 2018 at 1:36 pm

    Alheyy….haadha hiyy thelhey hisaabakunn ney thi nihmaaly..

  12. asssshu says:
    July 9, 2018 at 1:52 pm

    varah salhi ekam miahvure dhigukohla dhyba plx

    1. Noor✓ says:
      July 9, 2018 at 1:53 pm

      ThanX dear. Sorry maa kurukoh genesdheveythy

  13. Beauty says:
    July 9, 2018 at 10:52 pm

    ❤❤❤

    1. Noor✓ says:
      July 10, 2018 at 4:50 am

      ❤❤❤

  14. Queen ? says:
    July 10, 2018 at 9:29 am

    Koniraku next part up kuraney?

    1. Noor✓ says:
      July 10, 2018 at 9:47 am

      In sha Allah tonight..

  15. dhdg says:
    July 10, 2018 at 8:40 pm

    Vaahaka varah reethi. Varah kiyaahiy vey..

    1. Noor✓ says:
      July 10, 2018 at 8:56 pm

      ThanQ

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……04←


All Right Reserved!