2004ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވައިލި ސުނާމީ ކާރިސާއަކީ އެތައް ދިވެހިންނެއްގެ ހިތްތަކާ ކުޅެލި ބިރުވެރި ކާރިސާއެކެވެ. އެތައް ބަޔަކު އަދިވެސް އެދުވަހުގެ ހަނދާން ކޮށްކޮށްފައި ރޮއެ ހިތާމަ ކުރެއެވެ. އެތައް ބަޔަކު އެދުވަހުގެ ބިރުވެރި ކަމުގެ ތެރެއިން ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެދިޔައެވެ. ދިރިއުޅުމަށް ކުރި އުއްމީދުތައް ވިއްސި ވިހާލެވިގގެން ދިޔައެވެ. ކުރި ބުރަ މަސައްކަތް ބިމާ ހަމަވެ ބިކަވެ ހާލުގައި ޖެހުނެވެ. އުފަން ރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރަން ޖެހުނީ މަދު ބަޔަކަށް […]
މޭޒުމަތީގައި ދެ ފެންތަށި އޭނާ ބަހައްޓާލިއިރުވެސް އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ މޭޒު ހުންނީ ކުޑަދޮރު ކައިރީގައެވެ. އެހެންކަމުން ކުޑަދޮރުގެ ބިއްލޫރި ގަނޑު ތޮރުފާލާފައި ވަތް އިރުގެ އަލި އަމާނީގެ ދޮން ކަނދުރާއަށް އެޅުމުން އާޝޯޙްވެފައި އަހަންނަށް ހުރެވުނީއެވެ. އަމިއްލަ އިޙްތިޔާރުން ބޭރުގައި އަމާނީއާއި ދިމާލަށް އަހަންނަށް ހިނގައިގަނެވުނެވެ. ފަހަތުން އޭނާ ގައިގައި ބައްދާލާ އެ ކަނދުރާގައި ބޮސްދެވުނެވެ. ހީލިކަރުވައިގަނެގެން ކަހަަލަ ގޮތަކަށް އަމާނީ ތެޅިގަތުމުން އަހަންނަށް މަޖާވިއެވެ. އަނެއްކާވެސް އެކަހަލަ ސަމާސާއެއް ކޮށްލާ ހިއްވިއެވެ. […]
މާސްކުއެޅި މީހާ ޔަޝަލް އެތެރޭގައި ބަންދުކޮށްފައި އިމާރާތުން ނުކުތެވެ. ދުރުގައި ބަލަން ހުރި ހައިޝަމް އެމީހާ ކާރަށް އަރައި ނައްޓައިލުމާއެކު ބިލްޑިން ތެރެއަށް ދެމިގަތެވެ. ޔަޝަލް އޮތް ކޮޓަރި އޭނާ ވަކިކުރީ ކިހިނެއްކަމެއް ނޭންގެއެވެ. ގޮސް ހުއްޓުނީ ދޮރު ކުރިމަތީއެވެ. ތަޅުގައި ހިފައިލީ ބޭކާރުގޮތުގައެވެ. ދެން އޭނާ ފެށީ އާދަޔާއި ހިލާފުކަމެކެވެ. ތަޅާއި ދިމާއަށް އަތް ކައިރިކޮށްލުމަށްފަހު އަތަށް ބާރެއްލިއެވެ. އެއާއެކު އަތުން ނުކުތީ ކަޅު ދުންކޮޅެކެވެ. ހައިޝަމްގެ މޫނުން ފާޅުވި ރުޅިވެރިކަމުން ސާފުވީ އޭނާ ބޭނުންވާ […]
އަހަންނަށް ހޭވެރިކަންވީއިރު އޮވެވުނީ ކޮންތަނަކުކަމެއް ނޭނގުނެވެ. ރަނގަޅަށް ވަށައިގެން ހޯދާލިއިރު އިގުނީ އަހަންނަށް އޮވެވުނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއްގައި ކަމެވެ. ޕާޓީގައި އިނދެފައި ދެންވީގޮތެއް އަހަންނަކަށް ނޭނގުނެވެ. ހަމަގައިމުވެސް ނިލްފާ އައިސް އަހަންނަށް ޖޫސްތައްޓެއް ދިއްކޮއްލިކަން އަހަރެން ހަނދާން އެބަ ހުއްޓެވެ. އެއަށްފަހު ވީގޮތެއް އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އަހަރެން އެކަމާމެދު ވިސްނަން އޮއްވާ މާއިން އައިސް ކޮޓަރި ތެރެއަށް ވަނެވެ. އަހަރެން ހޭއަރާފައި އޮތްތަން ފެނިފައި މާއިންގެ މޫނުމައްޗައް ހިނިތުންވުމެއް ގެނުވައިދިނެވެ. މާއިން އަވަހަށް ޑޮކްޓަރަށް ގޮވިއެވެ. […]
ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ހުރިހާ ކުލުންތެރިންވެސް ނުތަނަވަސްވިއެވެ. ވާނީވެސް އެހެންތާއެވެ. ރެފްރީ ކަށިގަނޑު ފުމުނީ އިންޑިއާއިން ޖެހި ލަނޑު އެއީ ލަނޑެއް ނޫންކަމަށެވެ. ޗެތްރީ ބޯޅަ ވައްދާލުމުގެ ކުރިން އޮތީ އޭނާގެ އަތުގައި ޖެހިފައެވެ. އެހިސާބުންވެސް ރެފްރީ އޮތީ ފައުލް ދައްކާފައެވެ. އެހެނަސް އެމަންޒަރު ކުޅުންތެރިންނަކަށް ނުފެނުނެވެ. ރެފްރީގެ އެނިންމުމާއެކު ދިވެހިކުޅުންތެރިންގެ މޫނުމަތި އުޖާލާވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލިއެވެ. އެހެނަސް އިންޑިއާގެ ކުޅުންތެރިން މައްސަލަ ޖައްސަންފެއްޓިއެވެ. ނަމަވެސް ރެފްރީގެ ނިންމުމަކީ […]
“އަޔާ… ދަރިފުޅު ހޭލަން އުޅޭނެ. އަހަރެން ފަހުން އަންނާން. އަހަރެން ދޫކޮށްނުލާތި އިނގޭ.. އައި ލަވް ޔޫ.. އައިލް ކޯލް ޔޫ ގެއަށް ގޮއްސަ.” އެތަކެއް ގަޑިއިރު ތަކެއް ވާހަކަ ދައްކަން ތިބެވިއްޖެކަން ރެއަކާލުމުން، އަޔާޒާ ގާތް ވެލުމަށްފަހު ލީޒާ ބުނެލިއެވެ. ލަސްތަކެއް ނުކޮށް އަނެއްކާވެސް ދިމާވެލުމުގެ އުއްމީދުގައެވެ. ލޯބީގެ އައު ޞަފްހާތަކެއް އެކުގައި ލިޔެލުމަށް ހުޅުވާލަމުންނެވެ. “ޔެސް ޝުއަރ.. ބޭބީ އައި ލަވް ޔޫ މޯ.. ދުވަހަކުވެސް ދުލެއް ނުކޮށްލާނަން.” އުފަލާއި ލޯބިން ފުރިފައިވާ ހިތަކުން […]
ރޭގަނޑުގެ ވަގުތެވެ. ޖެހިލާ ފިނި ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. ފުރިހަމަ ހަނދު ރަނިކަން ކުރަމުން ދިޔަ ރެއެއް ނޫންކަމުގައިވިޔަސް އުޑުމަތި ފެންނަނީ ވަރަށް ރީތިކޮށެވެ. ކުދި ކުދި ތަރިތަށް ވިދަމުން ދިޔައީ ހަނދުފަޅި ވަށައެވެ. އެއީ މޫސުން ރީތި ރެއެކެވެ. ޖުމްހޫރީ މައިދާނުގައި ބަހައްޓާަފައި ހުރި ދިވެހި މިނިވަން ދިދައަށް ބަލަައްޓައިގެން ލަމާންއަށް ހުރެވުނީ ކިހާއިރަކު ކަމެއް ޙުދު އޭނާއަކަށް ނޭނގެއެވެ. މިނިވަންކަމާއެކު ވިހުރެމުން ދިޔަ ފެއްސާ ރަތާއި ހުދުގެ ދިދައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރުުުުު […]
‘ލިލީ ދައްތާ’ ވެޑިން ޑްރެސް ގައިގައި ޖައްސައިގެން ލޯގަނޑުން ފަރިބަލަން ހުރި ލިލީ އަށް ކޮޓަރީގެ ހުޅިވިފައި ހުރި ދޮރުގައި ޓަކިޖަހާލަމުން ފަރީޝާ ގޮވާލިއެވެ. ފަރީޝާ ގޮވާލުމުން ލިލީގެ ފަރިބެލުން ހުއްޓާލައިފައި ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށް ފަރީޝާއަށް ބަލައިލިއެވެ. ‘ހައްވައްތަ ބުނެގެން، ލިލީ ދައްތަ ކާން ބަލާ!’ ލިލީއަށް ޖަވާބު ދެމުން ފަރީޝާ ބުންޏެވެ. ‘އޯހް! ކާން ދޯ! އަދި ތިކަން ނެތެއްނު ނުވެފައެއް؟ އާދެބަ އެބަހުއްޓޭ ފަރީއަށް ދައްކަންވެފަ ހުރި މޭކަޕް ސްޓައިލްތަކެއް.’ ވެޑިން ޑްރެސް […]
އަހަރެން ގެއަށް ވަދެ ފެންވަރާލީމެވެ. ކައިލް ފެންވެރުވުމަށްފަހު ކައިލް ނިންދަވާލީމެވެ. ދެން އަހަރެން އަޞުރު ނަމާދު ކޮށްލީމެވެ. އޮށޯވެލަން ހިތަށްއެރުމުން އޮށޯވެލީމެވެ. ވެފައިވާ ވަރުބަލި ކަމެއްގެ ސަބަބުން ނިދޭތޯ ބެލީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. “އެހެންވީމާ މާދަމާ 9 ޖަހާއިރު އާދޭ މިގެއަށްް.. އެންމެން އެއްކޮށް ދާނީ..” ޝީން ބުނެފައިވާ ވާހަކަ ހަނދާން ވުމާއެކު ހިތް އުފަލުން ނަށާލި ކަހަލައެވެ. އަހަރެން ނުކުތީ ބޭރަށެވެ. ބޭރުގައި ހުރި ޖޯލި ފަތީގައި އަހަރެން އޮށޯވެލީމެވެ. މިއަދު މީ ކައިސަން މަތިން މާ ބޮޑަށް ހަނދާންވާ ދުވަހެކެވެ. މީހެއްގެ ހިލަމެއް ވިހެން ހީވެގެން ކަނައަތް ފަރާތަށް އެނބުރިލީމެވެ. ސައިކަލުގައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލީ އާއިޒްއެވެ. “ތުއްތު ދައްތަ ނުގުޅަމެންނު […]