ނުހައްގުލޯބި ފަހުބައި.. ޕާރޓް 1
އެމީހަކު ފެނުމާއެކު އަހަރެން ބިރުން އޮއްދާހިއްލަން ފެށިއެވެ. ކުރާނެ ކަމެއް ނޭނގި ދެއަތާ މޮޑެވެން ފެށުނެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހަށަން ބަދެލައިގެން ހުރީއެވެ.
މައި ދަމުން އަހަރެންގެ ކޮނޑުގައި ކުޑަކޮއް ޖަހާލުމަށްފަހު ރަނގަޅަށް ޓަކި ތަޅާލައްޗޭ މިހެން ބުނެ އެތަނުން ދިޔައެވެ. އަހަރެންނަށް ގޮތް ހުސްވި ކަހަލައެވެ. ބުނާނެ އެއްޗެއް ދުލާ ހަމައަށް ވެސް ސިކުނޑިއަށްވެސް ނައުމުން އިސްޖަހާލައިގެން ހުރުން ނޫން ގޮތެއް ނެތެވެ. އާކިފް އައިސް އަހަރެންގެ ކުރިމަތީ ހުރިގޮތަށް ހުއްޓެވެ. އަހަރެން ނުބަލާ ހުރިއެއް ކަމަކު އާކިފް ބަލާކަން އެނގުމުން އަހަރެން ލަދުން ހަލާކުވާ ވަރުވިއެވެ.
“މިހިރީ ކައިރީ އަތުޖެހޭ ހިސާބުގައި, އަވަހަށް ޓަކި ތަޅާ”, އާކިފް އެހެން ބުނުމުން އަހަރެންނަށް އާކިފްގެ މޫނަށް ބަލާލެވުނެވެ. އާކިފް ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފާ އޭނަގެ ބޮލާ ދިމާލަށް ގެންދަމުން އެހާ ބާރަށް ނުޖަހައްޗޭ ބުންޏެވެ. އަހަރެން ވަގުތުން އާކިފްގެ އަތް ދަމައިގަތީމެވެ. އަދި މަންމަ އެބަ ގޮވައޭ ބުނެ އަހަރެން ދުއްވައިގަތީމެވެ. އޭރުވެސް އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެމުންދެއެެވެ.
ދުވަމުންގޮސް މަންމަ ކައިރީ މަޑުކޮއްލީމެވެ. ޕާޓީ ނިމެންދެން އަހަރެންދެން މަސައްކަތް ކުރީ އާކިފް ކުރިމައްޗަށް ނާރަ ވޭތޯއެވެ. މާފަށް އެދެން ވަގުތު ލިބުނު ނަމަވެސް އާކިފް ކަންތައް ކުރިގޮތުން އެކަންވެސް އަހަރެންގެ ސިކުނޑިން ނައްޓާލައިގެން ދިޔައީއެވެ. ޕާޓީ ނިމުމުން އަހަރެމެން ގެއަށް ދާން ނިކުތީމެވެ. އޭރު ގަޑިން ރޭގަނޑު 11 ޖަހަން ފަނަރަ ވަރަކަށް މިނިޓް ހުއްޓެވެ. ނިކުތްއިރު އާކިފްގެ ފެމެލީވެސް ތިއްބެވެ. އަހަރެން މަންމަމެންނާއެކު ކާރަށް އަރަމުން ފަހަތް ބަލާލީމެވެ. އޭރު އާކިފްވެސް އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އަވަހަށް ގޮސް ކާރަށް އަރާ ހަމަ ޖެހިލީމެވެ. އެހެންނަމަވެސް އަހަރެންގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ.
އެރޭ ގެއަށްގޮސް އަހަރެންނަށް ނުނިދުނެވެ. އާކިފް އާ ދެމީހުންގެ ދެމެދު ހިނގި ކަންތައް ސިފަ ވަމުންދިޔައެވެ. އަދި އަމިއްލަ ނަފްސަށް މަލާމަތް ވެސް ކުރެވުނެވެ. ކޮންމެގޮތެއްވެސް ވަރިހަމަ ކަމަށް ބަލާ ފޯނުން އާކިފްއަށް މެސެޖް ފޮނުވާލީ މާފަށް އެދިފައެވެ.
އާކިފްގެ ރިޕްލައިގެ އިންތިޒާރުގައި ފޯނަށް ބަލަހައްޓައިގެން އިނދެވުނެވެ. އިރުކޮޅެއް ފަހުން މެސެޖެއް އައުމުން ފޯނު ބަލާލީ ތެޅިތެޅި ހިތަކާއެކުއެވެ. އާކިފް ޖަވާބުގައި ހަމައެކަނި މީޓް ވާނީ ކޮންއިރަކުންތޯ އަހައިފައިވެއެވެ. އިތުރު އެއްވެސް އެއްޗެއް ނެތުމުން އާކިފް އަދިވެސް ހިތްހަމަ ނުޖެހިފައޭ ހިތާ އެއަށް ރިޕްލައި ކުރީ އާކިފް ބޭނުން އިރަކު މީޓްވާނޭ ބުނެއެވެ.
އަނެއްކާވެސް އާކިފްގެ މެސެޖްގެ އިންތިޒާރުގައި އޮތީމެވެ. ފަނަރަ މިނިޓް ވީ އިރުވެސް ރިޕްލައި ނުކުރުމުން ހިތާ ހިތުން އާކިފްއަށް ކުދި ކިޔާލެވުނެވެ. އަދި ދެލޯ މަރާލީ ނިދޭތޯއެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ގަދަކަމުން ލޯ މަރާލައިގެން އޮތީމެވެ. އަމިއްލަ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ބާލީސް ދޮށަށްލީ ފޯން ވައިބްރޭޓް ވާން ފެށުމުންނެވެ. އެގުޅާ މީހަކަށް ކުދި ކިޔާލެވުނީ އާކިފްއާ އެކީ އުޅޭތަން ފެންނަމުންދިޔަ ހިޔާލީ ދުނިޔެއިން ނިކުންނަން ޖެހުމުންނެވެ ފޫހިގޮތަކަށް ހަލޯ އޭ ބުނެލީ ޝައުގުވެރިކަން ނެތީމައެވެ. އެހެންނަމަވެސް އެކޮޅުން އިވުނު އަޑެއްގެ ސަބަަބުން ދެފައި ކޮޅު މައްޗަށް ޖެހުނެވެ. ޔަގީންނުވާ ހާލް ފޯންގެ ސްކްރީނަށް ބަލާލެވުނެވެ. އާކިފްގެ ނަން އިނުމުން އަހަރެންގެ ހިތުގެ ތެޅުން ހަމައިން ނެއްޓުނެވެ. މިއޮއް ދަންވަރު އާކިފް ގުޅީ ކީއްކުރަން ބާއޭ ހިތަށް އަރަމުން ދިޔައެވެ. އަހަރެންގެ އަތްވެސް ތުރުތުރު އަޅަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
ވަރަށް ހިތްވަރާއެކު ފޯނު ކަންފަތުގައި ޖަހާ ކީކޭހޭ އަހާލެވުނެވެ. އާކިފް ދެން އެބުނި ވާހަކައިން އަހަރެންނަށް ވަޓްއޭ ވަރަށް ބާރަށް ބުނެވުނެވެ. އަދި ބެލްކަންޏާ ދިމާލަށް ދުއްވައިގަނެވުނީ ފޯނު ކަންފަތުގައި ޖަހައިގެންހުރެއެވެ. ގޮސް ބެލިއިރު އާކިފް ސައިކަލް މަތީ އިށީނދެގެން އިނެވެ. އަހަރެންނަށް ކީއްކުރަންހޭ އަހާލެވުނެވެ. ޖަވާބުދިނުމުގެ ބަދަލުގައި އާކިފް ގެއަށް ވަނުމަށް ހިނގައި ގަތެވެ. އާކިފް އެއަންނަނީ މައްޗަށްކަން އެނގުމުން އަހަރެން އަވަހަށް ތިރިއަށް ދިޔައީ މަންމަމެން ނުނިދާ ބޭރުގަ ތިއްބާ ބެލް އަޅާފާނެތީއެވެ. ނަސީބަކުން ސިޓިންގްރޫމްގައި މީހަކު ނެތުމުން ހިތާހިތުން ޝުކުރު ކުރެވުނެވެ.
ދުވެފަގޮސް ދޮރު ހުޅުވިއިރު އާކިފް ލިފްޓުން ފައިބައިފިއެވެ. އަހަރެންނަށް ހަދަންވީ ގޮތެއް ނޭނގުނެވެ. މީހަކަށް ފެނިއްޖިއްޔާ ކޮންމެ ފަދަ އެއްޗެއްވެސް ކިޔާނެކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އާކިފް ގޮވައިގެން ގޭތެރެއަށް ވަނީމެވެ. ގޭތެރޭގައި ވަނީ މަޑު އޮރެންޖް އަލިކަމެވެ. އަނގައިން ނުބުނެވި އުޅެނިކޮށް ދޮރެއްގެ ތަޅުގަ ހިފި އަޑު އިވުމާއެކު އާކިފް ގޮވައިގެން ކޮޓަރިއަށް ދެމިގަތީމެވެ.
ކޮޓަރިއަށް ވަތް ގޮތަށް ދޮރު ތަޅުލަމުން މޭގައި އަތް އަޅާ ފުން ނޭވާއެއް ދޫކޮއްލެވުނެވެ. އަދި އާކިފްއަށް ބަލާލިއިރު އާކިފް އަހަރެންނަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ދުބުމަ ގޮއްޖެހުނެވެ. އަދި އާކިފް ކައިރިއަށް ގޮސް އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ ބުނީމެވެ.
” ކީއްކުރަން މިގަޑީގައި, މީހަކަށް ފެނުންނަމަ ކީކޭ ހިތަށް އަރާނީ, މީހުން ކައިރިއަށްވެސް ދާން ވަކި ގަޑިއެއް އޮވެއެއްނު, މިގަޑީގައި ކާކު އަންނާނީ” އަހަރެން ސުވާލުތައް އެއްފައްޗަކަށް އަމުނާލީމެވެ.
” މީހުންކައިރިއަށް ދާން ވަކި ގަޑިއެއް އޮންނަކަމެއް އަހަރެން ނުދެނަހުރިން, މީހަކަށް ފެނުންނަމަ އަހަރެން ބުނާނަން އަހަރެންގެ ހިތުގެ ވެރިޔާގެ ގަޑި ކީމައޭ މިދަނީ, އެހެންނޫނަސް ޖަންނަ އަންނާށޭ ބުނީމަ މިއައީ” މިހެންބުނެ އާކިފް ގޮސް އެނދުމަތީ އިށީންދެ އެނދުގައި ހަމަޖެހިލިއެވެ.އަހަރެން ގޮސް އާކިފް ކުރިމައްޗަށް އެރީމެވެ.
” ކޮންއިރަކު އަހަރެން ބުނީ އަންނާށޭ, މަށެއް ނުބުނަން, އަހަރެން މިއުޅެނީ ކުރާނެ ކަމެއް ނެތިގެންނޫނޭ” މިހެންބުނެ އާކިފް އާ ދިމާލަށް ތުން އަނބުރާލީމެވެ. އާކިފް އަހަރެން ކުރިމައްޗަށް އަރާ ބުނެލިއެވެ. ” އެހެންތަ! އަހަރެން ހީކުރީ ކުރާނެ ކަމެއްނެތިގެން ކަމަށް އަހަރެން ބޭނުން އިރަކުން މީޓް ކުރެވޭނޭ ކިޔާފަ މެސެޖް ކުރީ, އަހަރެން ބޭނުންވީމަ މިއައީ ދޯ, ތިޔެއްނޫނޭ.. ބުނިންދޯ ޓަކި ތަޅާނަމޭ, އަވަހަށް ތަޅާ” މިހެންބުނެ އަހަރެންނާ ދިމާލަށް ބީ ގުދުކޮއްލިއެވެ. އަހަރެން އެއްވެސް ހަރަކާތެއް ނުގެނެސް ހުރީ އެއީ އަހަރެން މީން ކޮއްފަ ބުނި އެއްޗަކަށް ނުވާތީއެވެ. އަހަރެން އަނގައިން ނުބުނެ ހުރުމުން އެންމެފަހުން ކުދިންނަށް ތިއްތި ދައްކަން ހުއްދަ ދިނީދޯ, އެތަނުން ކުއްޖެއް ސެޓް ކުރަންވީ”
އަހަރެންގެ ހިތަށްވި ތަދެއްގެ ބޮޑުކަމުން އާކިފްއާ ދިމާލަށް ބަލާލީމެވެ. އިސާހިތަކު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވެ އޭގެ މަގާމު ދޫކޮއް ފައިބަންފެށިއެވެ. އަހަރެންނަށް ބުނެވުނެވެ. “އެހެންތަ, ދޭ ދޭ, ދެން ނާންނާތި, އެކަކުވެސް އަހަރެން ދެކެ ނުވާނެ ލޯތްބެއް, އަހަރެން އެހެންބުނީ މީން ކޮއްފައެއް ނޫނޭ, އެކަމް އަހަރެން ވަރަށް ޖެލަސްވޭ އާކިފް އަށް އެހެން ކުދިން ބަލާތީ, ހިތަށް ތަދުވޭ އާކިފް އެހެން ކުދިންނާ ކްލޯޒްކޮއް އުޅޭތީ, އަހަރެންގެ ހިތަށް ވިސްނައިދެން އެއީ ރައްޓެހި ކުދިންނޭ, އެކަމް މިހިތަކަށް ނުވިސްނޭ, އެ ފޮޓޯ ފެނުނީމަ ވެސް ހާދަ ހިތަށް ތަދުވިއޭ, ފަހަރެއްގަވެސް ހިތަކަށް ނާރަ އާކިފްގެ ކަޒިންގެ ވާން އުޅޭ ވައިފް ކަމެއް އެއީ, އެ ފޮޓޯއަށް ކޮއްފަ ހުރި ކޮމެންޓްތައް ވެސް ކިޔަން އަހަރެން ބޭނުންނުވީ ކިޔައިގެން އިތުރަށް ހިތަށް ތަދުވާން ނޭދޭތީ, އަހަރެންގެ ހިތަކަށް އަހަރެންނަށް ވެސް ބާރެއް ނުފޯރުވެ, އައި އޭމް ސޮރީ އާކިފް, ފަހަރެއްގަވެސް އާކިފް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިފަ ވާނަމަ, މައާފް ކުރޭ،” މިހެން ބުނެ އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ.
އާކިފް އައިސް އަހަރެން ދެކޮޑުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ދަތްދޮޅީގައި ހިފާ މޫނު ތެދުކޮއްލިއެވެ. އަދި އަހަރެންގެ ލޮލުން ފައިބަމުުން ދާ ކަރުނަތައް ވަރަށް ލޯތްބާއެކު ފޮހެލަ ދިނެވެ. އަދި މޫނުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލިއެވެ.
” ސޮރީ, ޕްރިންސެސް, ދެން ދުވަހަކުވެސް އެކަހަކަ އެއްޗެއް ނުބުނާނަން, ތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް މިހިތެއް ގަބޫލެއް ނޫން، ތި ސޫރަ ފެނުނު ފުރަތަމަ ދުވަހުވެސް މިހިތް ތި ޖާދުގަ ޖެހުނު، ހާދަ ހިތަށް ތަދުވިއޭ އެދުވަހުވެސް, މިއަދާ ހަމައަށްވެސް ތި ނޫން ކުއްޖަކަށް މިހިތުން ޖާގަ ނުދެން, ހަށީގައި ފުރާނަ ހުރިހާ ހިނދަކު ދޫކޮއްނުލާނަން, ވަރަށް ލޯބިވޭ ވަރަށް ބޮޑަށް” މިހެންބުނެ އަހަރެންގެ ނިތަށް ބޮސްދިނެވެ. އަހަރެންނަށް ދެލޯ މަރާލެވުނީ ލިބުނު ހިތް ހަމަ ޖެހުމަކުންނެވެ. އެމީހަކަށް އެމީހަކު ލޯބިވާ މީހާ ލިބުނު ކަމުގެ އިހުސާސް ކުރެވުމުން ވާނެ ގޮތް ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމާމެދު ޝައްކެއް އަހަރެން ނުކުރަމެވެ. އާކިފް ގައިގަ ވަރަށް ބާރަށް އަހަރެން ބައްދާލީ ދުވަހަކުވެސް ދުރަށް ނުދާށޭ ބުނާފަދައިންނެވެ. ދުވަހަކުވެސް ފިރިހެން ކުއްޖަކާ ގާތް ނުވާއިރު އާކިފްގެ ގައިގައި ބައްދާލުމުން ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އާކިފް އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާން ފެށުމުން ތްވާން އާކިފް އާ ދުރުވެލީމެވެ. އަދި ހިނިތުންވެލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




wow. varah reethi mi part vx. when nex part
Thanx cuty…. Hii hurihaa kudhin. Uhmeedhu kuran mi partvess kamudhaane Kamah. Engey mi baivess kurukan. Sry for that. And Thanx hurihaa kudhin?❤❤❤?❤❤
Masha allah…vrh vrh reethi…. when next part dear…
Thanx baby girl. Insha Allah tonight or tomorrow morning….
nxt prt awahah upl koh dhehcheyy.. plzz… vrh salhi story eh ?
vvvvvvvv reethi…. omg hama vv reethi mi part