ފިނި ފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލުމުން ހިތަށް ފިނިކަން ލިއްބައިދެއެވެ. އޭނާގެ އިސްތަށިގަނޑުވެސް ދިޔަ އެވަޔާއެކު މިނިވަންކަމާއެކު ވިހުރެމުންނެވެ. އުފަލުން ހެމުންނެވެ. ނަމަވެސް އެފަދަ މިނިވަންކަމެއް އެ އިސްތަށިގަނޑުގެ ވެރިޔާއަށް ލިބޭނެނަމައެވެ. ބެލްކަނީގެ ރެއިލިންގްގައި އަޔާނީ އަތް އަޅުވާލައިގެން ހުރި އިރު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. މިއަށްވުރެ އުފާވެރި ދުވަހެއް އޭނާގެ ހަޔާތުގައި ދެއްކެވެމުން އެދި ހިތާހިތުން އޭނާއަށް ދުޢާކުރެވެއެވެ. ތަކުރާރު ކޮށެވެ.
“މެޑަމް. ބޮސް ބުނުއްވީ މިރޭ އަށެއް ޖަހާއިރަށް ތައްޔާރު ވައްޗޯ.” ކަރުނަތަށް ފޮހެލަމުން އޭނާގެ ފަހަތުން އިވުނު އަޑުގެ ވެރިޔާ ކަމަށްވާ އެ ގޭގައި ގެންގުޅޭ ބަސްގްލަދޭޝް ނޯކަރަށް އަޔާނީ ބަލާލިއެވެ. “ކޮންތާކަށް ދާން.” އަޔާނީގެ އަޑުވަނީ ކުރަކިވެފައެވެ. އޭނާ ރޮއެފައިކަން އެ އަޑުން ނޯކަރު ރޯޒީއަށްވެސް އިނގުނެވެ. އަޔާނީއާމެދު ރޯޒީ ކިތަންމެހާވެސް ހަމްދަރުދީވެއެވެ. ނަމަވެސް އޭނާއަށް ކުރެވޭނީ ކީއްހެއްޔެވެ. ވަޒީފާގައި އުޅެން ބޭނުމިއްޔާ އޭނާވެސް ޖެހޭނީ މިގޮތުގައި ކުރިޔަށް ދާށެވެ.
” މެޑަމްގެ އެރޭންޖެ މެރިއޭޖް ހަމަޖައްސާ ފިރިހެން ކުއްޖާގެ އާއިލާއާ ބައްދަލު ކުރަން.” ރޯޒީ އިސްޖަހާލީ އޭނާއަށް ބުނެވުނު ބަހުގެ ސަބަބުން އަޔާނީގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލަން ކެތް ނުވެގެންނެވެ. ރޯޒީގެ ޖަވާބާއެކު އަޔާނީގެ ލޮލަށް ކަރުނަ ބޮނޑިވެގަތެވެ. އޭނާއަށް ކުރަން ޖެހިފައިވާ ހިތާމަތަށް ދެގުނަ އިތުރުވިކަހަލައެވެ.
_______________________________________
ރައްޓެހިންނާއެކު ފުޓު ބޯޅަ ކުޅެން އުޅުމެގެ ތެރޭގައި ނިކްޔަލް އޭނާގެ ކޮޅުފައިން ބޯޅަ ޖަހާލީ ގޯލަށް އަމާޒުކޮށެވެ. ނަމަވެސް އެ ބޯޅަ ވަނީ ގޯލަކަށް ނޫނެވެ. ބިމުން ހަފޫޓު މަތިން އުދުހިފައި ކަހަަލަ ގޮތަކަށް ބޯޅަ ގޮސް ޖެހުނީ އެވަގުތު ދަނޑު ކައިރިން ލާފައި ދިޔަ އަންހެން ކުއްޖާގެ ބޮލުގައެވެ. އެކުއްޖާ ބޮލުގައި ހިފާއްޓާލިއެވެ. އިސްޖަހާލަމުންނެވެ. “އޯ ޝިޓް.” ނިކްޔަލް ދުއްވައިގަތީ ބޯޅ ބަލައި އެ އަންހެން ކުއްޖާއާ ދިމާލަށެވެ. “ސޮރީ.” ބުރުސޫރަ ރީތި އަންހެން ކުއްޖާގެ ފައިދޮށަށް ތިރިވެ ނިކްޔަލް ބޯޅަ ނެގިއެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް ކުރު އިސްތަށިކޮޅުގެ ސަބަބުންނާއި އެ އަންހެން ކުއްޖާގެ މޫނުމަތީގެ އެއްފަޅީގައި އަޅާފައި އޮތް އަތުގެ ސަބަބުން އެ އަންހެން ކުއްޖާގެ މޫނު ނިކްޔަލްއަށް ފަރުދާވިއެވެ. ނަމަވެސް ނިކްޔަލްގެ އަޑު އިވުމުން އެކުއްޖާ އިސްއުފުލާލިއެވެ.
ހަނދެއް ފަދަ ދޮން މޫނެކެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގެ ފޮނި ކޮޅު ބޯލަން ނިކްޔަލްގެ ހިތް އެދި ގޮވަން ފެށިއެވެ. ނަމަވެސް ހިތުގެ އެދުން އެއްފަރާތް ކޮށްލީ މަސްލަހަތަށްޓަކައެވެ. މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށި ތަށް އެ އަންހެން ކުއްޖާ އެއްފަރާތް ކޮށްލިއެވެ. އެކުއްޖާ ހިނިތުންވެލިއެވެ. ނިކްޔަލްގެ ހިތް އޭގެ މަގާމުން ދޫވިފަދައެވެ. އެހިތުގައި އައު ވިންދެއް ޖަހާލިއެވެ. ފޮނި މިއުޒިކެއް އެ ހިތުގައި ކުޅެލެވުނު ފަދައެވެ. ފަން އަދި ކުރު މުށިކުލައިގެ އިސްތިށިގަނޑުގެ ވެރިޔާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ނިކްޔަލް ނަޒަރު ހިނގާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެކުއްޖާގެ ކަރުގައި އަޅާފައި އޮތް ފަށެވެ. “ލިޔާނާ.” ކުދި ކުދި އަކުރުތަކަކުން އެހެން ޖެހިފައިވާ ރިހި ކުލައިގެ ފަށުގައިވާ ނަން ކިޔާލުމުން އެ ރާނީގެ ނަން އޭނާއަށް ޔަގީންވިއެވެ. ހުދު ކުލައިގެ ޓީޝާރަޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އެ އަންހެން ކުއްޖާ ނިކްޔަލްއަށް ފަސްދީފައި ހިނގައިގަތެވެ. އިޝްގުގައި ޖެހިފައި ނިކްޔަލްއަށް ހުރެވުނީ އެ ފަރި ހިނގުމަށް ބަލަހައްޓައިގެންނެެވެ.
ނިކްޔަލްގެ އަކުވެރި ކުދިންކޮޅު އޭނާ ކުޅެ ނައިސްގެން ލަސްވެގެން ބަލައިލަން ދިޔައިރު ނިކްޔަލް ހުރި ވަށްތަރުފެނުމުން ރަނގަޅު ޕްލޭނެއް ރާވާލިއެވެ. ހިޔާލީ ފޮށާ ކައްކަމުން ދިޔަ ނިކްޔަލްގެ ބޮލަށް އޭނާގެ އެކުވެރިން ފިނި ފެންފުޅިއެއް ވަރާލީ ނިކްޔަލް ސިއްސުވާލަމުންނެވެ.
________________________________________
ބޮޑު ސޯފައިގައި އިށީނދެގެން ނިއްކުރިމަތީގައި އަތް އަޅާލައިގެން އިޝާން އޮތީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. ސިޓިންގް ރޫމުގައި ހުރި ބޮޑު ޓީވީއިން އިވެމުން ދިޔަ ލަވައިގެން ސަބަބުން އެހިތުގައި އެޅެމުން ދިޔަ ކޫރުންތަކުގެ އަދަދު އިތުރުވިއެވެ. ހިންދީ ލަވަ “މެއިން ޕިރް ބި ތުމްކޯ ޗާހުންގާ” އެވެ. އެ ލަވައިގައި ކިޔަމުން ދިޔަ ކޮންމެ ބަހެއް ދިޔައީ އިޝާން ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރަމުންނެވެ.
ގޭގެ ބޮޑު ދޮރު ހުޅުވުނު އަޑަށް އޭނާ އެދިމާ ބަލާލިއެވެ. ގޭތެރެއަށް ވަދެގެން އައި އޭނާގެ މައިންބަފައިން ފެނުމުން އެ ދެމީހުންނަށް އެއްވެސް އަސަރެއް ނެތް ގޮތަކަށް އޭނާ ބަލާލިއެވެ. ނަމަވެސް މައިންބަފައިންގެ ފަހަތުން ވަދެގެން އައި އަންހެން ކުއްޖާގެ ސަބަބުން އިޝާންއަށް އިންތަނުން ތެދުވެވުނެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ ކައިވެނި ހަަމަޖެހުނީ މި އަންހެނާއާ ހެއްޔެވެ. އޭނާ މިދުނިޔެއިން އެންމެ ފޫހިވާ އިންސާނާއާ ހެއްޔެވެ. ކުރިއަށް އޮތީ ހަޔާތުގައި ކަނޑަތުއް ކުރަން ޖެހޭ އެންމެ އުނދަގޫ ދުވަސްތަށްކަމަށް އެހިތުގެ ކަނަކުން އިންޒާރު ދިނެވެ.
އިޝާން ފުނުމުން އަޔާނީއަށްވެސް މީ އެކަހަލަ ގޮތެކެވެ. އޭނާ އެންމެ ފޫހިވާ ސޫރަ ދެން އަބަދަށްވެސް އުޅޭނީ އޭނާގެ ކުރިމަތީގައި ހެއްޔެވެ. އަޔާނީ ހިތަށްއެރިއެވެ.
އިންތިޒާރު ކޮށްލައްވާ!!!!!!
22 Comments!
Comments are closed.

Vrh vrh reethi….?..ummedhu kuran nimendhen geness dheyne ☺
Aww thanks baby gurl ❤insha allah nimendhen genes dheynan nge ?
Storyge feshun v reethi..
Waiting 4 next part……
?
Thank youuuuu❤??
wow wonderful…. ummedhu kura nimendhn genesdheyne kamah… whn nxt part????
Sweet of you thanks?..insha allah nimendhen genes dheynan❤❤Next part on Monday
Salaam everyone..alhugandu mi site ah liyaa furathama story ge trailer hurihaa readers ah ves kamudhaane kamah ummedhukuran.??.n I’m still a student hurihaa dhuvahaku up kuran vrh undhagoo vaane..so konmme Monday and Wednesday ga up kohdheynan insha allah . I would really appreciate it if you point out my mistakes for me….. ❤❤❤❤❤❤❤❤❤
Luv kookie and Bts
Oh yh hi five army mate jimnie ✋✋..lots f love frm here ?❤
Trailer salhi.. Girl go on.. U can do this better.. ❤️??????story nimendhen genesdhehchey dear ?????
Thank youuuuu vry much ? yes. Insha allah nimendhen genes dheynan nge ❤❤❤❤
Trailer v reethi..but kookie caught my attention..
? .. i thought i was the only fan who knew bout bts in maldives .. kekeke
Hehe kookie is kookie dhw..n thanks my army mate ❤❤???
o my o my. its kookie. im a hug fan of him. nd bts. love him so much. nd wow there is jin. aii. koookei ge pic mi story ga inyma neynge v gothehvx cuty ah. so soooo happy.mivaaka knmehen vx kiyaanan insha Allah. nd varah bodaha sry thankolheh lahun comment kurevunyma. last night ga aslu keen. but comment eh nukurevuny cuty ge phone in comment kuryma comment comment kurevifa inna than nudhahkaathy. ehnve varah dheravey. 🙁 mi comment eh kuryvx cuty job ah asifa. computer in. waiting for next part.love u Jungkook. 😀
Awww..e owki vaane ❤❤thanks comment kohleema it’s rlly sweet of u..??thanks and luv u more
Stry is sprb☺ur ideas r awsme..kyp it up dear…Sis nd me sme age dhw..hahaha..Mi stry ge nxt prt Wednesday ga dhw..will b waitin..lysm????
Thank you sis…hi five ehnoon hi 12 eh dhw mifaharu..haha your story is vry osam too ❤❤ Next part today ..second part on Wednesday lwbi vey too?
Alhey…happy vejje dear me ge stry kamudhaathy…hi 12 kihkuran hi 75 vx ok vaanehnu dhw..???
I’m happy to meet a BTS army..love the story..keep it up
Vvv rythi vaane kamah hykuran… n nimn dhn stry genesdhehchey… mihaaru korea haadha mashhoorey dhw… hehehhe…
Wow…im a fan of kookie n bts too…and your story is so beutiful…waiting for next part ?
Wow story reethi vaane hn heevey nd jin and kookie caught my attention big fan of bts here love you