Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި އެދިގެން 1

jungkook Level 1
July 23, 2018 4 Mins Read
27 Comments

މާމެލާމެލީގެ މީރުވަސް މުޅި ބަގީޗާ ތެރޭގައި ވަނީ ހިފާލެވިފައެވެ. ދާދި ދެންމެއަކު ވެހުނު ވާރޭގެ ކުދި ކުދި ޝަބްނަމް ތިކިތަށް މާމެލާމެލީގެ ފިޔަތަށް މަތީގައި ހުރިއިރު ކުލަކުލައިގެ އެމާތަކަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ވާރޭ ހުއްޓުނުކަމުގައިވިޔަސް މޫސުން އައްޔެއް ނުވިއެވެ. ކަޅު ބޯ ވިލާތަކުގެ ސަބަބުން އިރު ވަނީ އޭގެ އަލިކަމުން ދުނިޔެއަށް އަލިކުރުމުގެ ވާޖިބުއަދާކުރުމުން މަހްރޫމުންވެފައެވެ. މުޅި ފަޒާގައިވަނީ އަރާމު ތެތް ފިނިކަމެވެ. ރަޖާގަނޑު އަޅާލައިގެން ނިދާލަން މީ އަރާމު ވަގުތެއް ނޫންތޯއެވެ. ނަމަވެސް މިއަދަކީ އާދީއްތަ ދުވަހެވެ. ކިތަންމެ އަރާމަކަސް ނިދަން އޮވެވޭކަށްނެތެވެ. ވަޒީފާއަށް ދާ ގަޑިޖެހެނީއެވެ.

މާ ބަގީޗާ ތެރެއިން ލާފައި ވަދެވެނީ ބޮޑު ގެޔަކަށެވެ. ހުދު ކުލައިގެ ބޮޑު މެނިސަން އެއް ފަދަ އެ ގެ ނަގާފައިވަނީ ތިން ބުރިއަށެވެ. ހުޅުމާލޭގެ ހިތްގައިމު ސަރަހެއްދެއްގައި ހަދާފައިވާ ގެއަކަށް ވުމުން ވަރަށް ހިތްފަސޭހައެވެ. މޫދުގެ ރާޅު ބީއްސަލާ އަޑު ރީއްޗަށް އިވެއެވެ. މުލުހާލުގެ އަޑުގެ އިތުރުން ދޫނި ސޫފާސޫފި އެބަމީހުންގެ ނިދިން ތެދުވެ އުޅޭކަން އަނގައިދޭން އިއްވާ އަޑުތަކާ އެކުވެގެންނެވެ.

ކަންނެއްގޮތަކަށް ނިކްޔަލް ލޯހުުވާލިއެވެ. މޯޅިއަކަށް ދެމެމުން ފާހާނާއަށް ވަނީ ސޯނާގަޑި ތިންވަނަ ފަހަރަށް ސޯނާ ވުުމުންނެވެ . ނަމަވެސް ފާހާއަށް ވަންނަ ދޮރުގެ މަތީގައި ހަރުކޮށްފައިވާ ބޮޑު ގަޑިން ހެނދުނު އަށެއް ޖެހީކަން އެނގުމުން އަތްމަތި އަވަސްކޮށްލައިގެން ފާހާނާ ތެރެއަށް ދުއްވައިގަތެވެ.

ނިކްޔަލްގެ މަންމަ ޝިފާއަށްވެސް ކޮޓަރިއަށް ވަދެވުނީ ނިކްޔަލް އެވައްތަރަށް ތެޅި ބާލަނިކޮށެވެ. ޕިސް ޕިސް ޖަހާލީ އޭނާގެ ދަރިފުޅުގެ ހާލަަތު މިނޫން ގޮތަކަށް ފެންނަނީ ކޮންދުވަހަކުން ބާއޭ ހިތަށް އަރުވަމުންނެވެ.

____________________________________

“ދަރިފުޅާ..ބައްޕަ ބުނަމެއްނު ގަޑިއަށް ފަރުވާތެރިވާށޭ. މިހާރު މީޓީންވެސް ނިމިއްޖެ.” ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ބައްފަ އަޒްމީލްގެ ކެބިން ތެރެއަށް ޓަކިޖަހާލައިފައި ވަތް ނިކްޔަލްގެ ފިޔަވަޅުތަށް ހުއްޓުނީ އަޒްމީލްގެ އަޑަށެވެ. “ބައްޕާ..ނިދުނިއްޔޭ.” ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަށް ކުޑަކޮށް ހިއްލާލަމުން ނިކްޔަލް ޖަވާބުދާރީވިއެވެ.

“ބައްޕާ އަޅުގަނޑު ޗުއްޓީއެއް ނަގަންވެގެން.” މޭޒުމަތީގައި އޮތް ފައިލެއް ނަގާ ލޮލަށް އައިނު ހެޔުވަރުކޮށްލި އަޒްމީލް ތޭވީސް އަހަރުވެފައިވާ އޭނާގެ ދަރިފުޅަށް ބަލާލިއެވެ. “ކޮންއިރަކަށް.” އޭނާ ސުވާލުކޮށްލިއެެވެ. “މި އަންނަ ހަފްތާއިން ފެށިގެން ތޭރަ ދުވަސް.” ބުނަން ނުކެރޭ ފަދައަކުން ނިކްޔަލް ބުނެލީ އޭނާގެ ބައްޕަގެ ޖަވާބެއް ނޭނގޭތީ ހިތް އަވަސް ވެފައިވާ ހާލުއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ކިޔަވާ ނިމިގެން ބައްޕަގެ އަމިއްލަ މަޝްހޫރު ވިޔަފާރީ ކުންފުނީގައި އޭނާ މަސަތްކަތް ކުރަން ފެށިތަާ އަދި މިވީ އެންމެ ހަ މަހެވެ.

“ހާދަ އަވަހަކަށް. އެކަމު އެންމެ ރަނގަޅު. ދޮންބެގެ ކައިވެނިވެސް ހަމަޖައްސަން މިއުޅެނީ އަންނަ މަހުގަ ކުރާ ގޮތަށް.” އަޒްމީލްގެ ޖަވާބުން ނިކްޔަލް އުފާވިނަމަވެސް އޭނާގެ ހިނިތުންވުން ތުންފަތް މަތިން ފިލައިގެން ދިޔައީ ބައްޕަ ބުނެލި ފަހު ޖުމްލައިގެ ސަބަބުންނެވެ. “އޭނ..ކޮން އިރަކު ކާކާ. ދޮންތަވެސް ކައިވެނި ކުރީ އަމިއްލައަށް އިޙްތިޔާރު ކުރި ކުއްޖަކާއެއްނު. ދެން ކީއްވެ ދޮންބެގެ ކައިވެނި ބައްޕަމެން ހަމަޖައްސަނީ.” ނިކްޔަލްގެ ހިތުން އެއީ އެއްވެސް ވަރަކަށް އިންސާފުވެރި ގޮތެއް ނޫނެވެ. އެހެން ވެގެން ނުވާނެއެވެ . އެހެންކަމުން އޭނާގެ ހިތަށް އަރަމުން ދިޔަ ހުރިހާ ސުވާލެއް ބޭރުކޮށްލިއެވެ.

“އެއްވެސް މީހެއް ކައިރި ނުބުނައްޗޭ މި ވާހަކަ އިނގޭ” އަޒްމީލް އިށީނދެެގެން އިން ގޮނޑި ސޯފާގައި އިން ނިކްޔަލްއާއި ދިމާލަށް ގެންދަމުން އަޒްމީލް ވައިއަޑުން ބުނެލިއެވެ. ދަރިފުޅަށް ފުރިހަމަ އިތުބާރު ކުރަމުންނެވެ.

_______________________________________

“އަޔާނީ. ހަމަ މިހާރު އެތަން ސާފުކުރޭ. ގޭގަ އަންހެން ދަރިއަކު ހުރިޔަސް ވާ ފަސޭހައެއް ނެތެއްނު. އަމިއްލަ އަށް ކޭ ތަށިވެސް ދޮންނާކަށް ނުކެރޭ ވިއްޔަ.” ހައުސް ކޯޓު އަރުވާޖަހައިގެން ބަދިގެއިން ނިކުތް ފަޒީލާ ހަޅޭއްލަވައިގަތެވެ. އޭނާގެ އަންހެން ދަރިފުޅާ ދިމާލަށެވެ.

ސޯފާގައިން ވާހަކަ ފޮތެއް ކިޔަން އިން އަޔާނީ އެދިމާލަށް ދިޔައެވެ. “މަންމާ. އަޅުގަނޑެއް ނުކަން.” ފަޒީލާގެ މޫނުމަތީގައި ވީ ރުޅިވެރިކަން ބަލަން އުނދަގޫވުމުން އަޔާނީ އިސްޖަހާލިއެވެ. “ނުކަމޭ؟ ކޮން ދޮގެއް ހަދާކަށް. މިގޭގަ އިތުރު މީހަކު ނެތިސް ދެން ކަނީ ޖިންނިއެއްތަ. މަގޭ މޫނުމައްޗަށް އެއްޗެހި ބުނަން ހާދަ ގޮތެއް ފޮތެއް ނެތޭ.” ފަޒީލާ އައިސްފައި ހުރި ރުޅިގަނޑަށް ޕެޓްރޯލް އެޅި ފަދައެވެ.

އޭނާގެ ބައްޕަ ޝާނިމްވެސް ގެއަށް އައީ އެވަގުތެވެ. އެއްވެސް އަސަރެއް ނެތް ގޮތަކަށް އެ ދެމައިންނަށް ބަލާލައިފައި ދިޔުމުން އަޔާނީގެ ހިތުގައި ރިއްސާލިއެވެ. ތަށިތަށް ނުދޮވެ ސިންކު ތެރޭގައި ބަހައްޓާފައި އެހެރީ އޭނާގެ ބައްޕަކަން ޔަގީންވިއެވެ. އިތުރު އެއްޗެއް ނުބުނެ ބަދިގެތެރެއަަށް ވަދެ ސިންކު ކައިރީ މަޑުކޮށްލިއެވެ. އޭނާގެ ލޮލު ތެރެއަށް ބޮނޑިވެފައިވާ ކަރުނަތަށް އިޙްތިޔާރަކާއި ނުލާ އޮހިގަތެވެ. މަޑު މަޑުން އޭނާގެ ބަނޑުގައި އޭނާ ފިރުމާލިއެވެ. އެ ތުނި ބަނޑު ތެރޭގައި އުފެދެމުން އެދަނީ އޭނާގެ ހިތްވަރެވެ. ދިރިއުޅުމުގެ މައިގަނޑު މަގްސަދެވެ. ދިރިއުޅުން މަތިން ފޫހިވާ ކޮންމެ ވަގުތެކު އުފާވެރި ހިޔާލުތަކުން އަޔާނީގެ ހިތް ފުރައިދެނީ މި ދުނިޔެއަށް އަދި އުފަން ނުވިކަމުގައިވިޔަސް އެ ދަރިފުޅެވެ. އިސްކޫރު ދޫކޮށްލަމުން މާޒީގެ ތެރެއަށް އަޔާނީގެ ހިޔާލުތަށް ދަތުރުކުރިއެވެ.

އެއް އަހަރު ކުރި

އެއީ މީގެ އެއް އަހަރު ކުރިއެެވެ. އޮފީހުން ޗުއްޓީއެއް ނެގުމަށްފަހު އަޔާނީ އޭނާގެ ރަށަށް ދިޔައީ ހިތްހަމަ ޖައްސާލާށެވެ. މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ އިނާންވެސް އެ ދަތުރުގައި ބައިވެރިވިއެވެ. މޫސުން ރީތިކޮށް އޮތްދުވަހެކެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ގޮސް ލޯންޗު މަޑުކޮށްލީ ރަސްމާދޫ ކުރިމައްޗަށެވެ. ފަޒީލާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެފައި އަޔާނީ ތެދުވެލިއެވެ. އޭނާ އިށީނދެގެން އިން ސީޓުން ފެށިގެން ދެބަރި ކުރީގައި އޭނާއަށް ފުރަގަސް ދީގެން އިން ޒުވާނާ ފެނުމުން އޭނާގެ ހިތް އަވަސްވިއެވެ. ލޯންޗަށް އެރީއްސުރެ އޭނާގެ ހިތް ދެކެން އެދެމުންދާ ޒުވާނާއަކީ އެއީއެވެ. އެހިތުގައި ތަފާތު ވިންދެއް ޖަހާލީ އެޒުވާނާގެ ސަބަބުންނެވެ. ” ދަރިފުޅާ އިޝާން. އޭ އިޝާނޫ..” ނިދާފައި އޮތް އެޒުވާނާގެ ކޮނޑުގައި ޖަހާލީ އޭނާ ކައިރީގައި އިން މެދު އުމުރުގެ އަންހެނެކެވެ. ހީވާގޮތުން އެ ޒުވާނާގެ މަންމައެވެ. “އިޝާން.” އަޔާނީ ހިތާހިތުން ކިޔާލީ އެ ޒުވާނާގެ ނަން ޔަގީންވުމުންނެވެ.

ލޯންޗުން ފައިބަން ދިޔަ ވުގެތެވެ. ސިޑިން ފާލަމަށް އަރަން އުޅުނު ވަގުތު އަޔާނީ އަރިއަޅާލިއެވެ. އެހެންނަމަވެސް ބާރުގަދަ އަތަކުން މޫދަށް ވެއްޓެން އުޅުމުގެ ކުރިން އަޔާނީ ހިފާއްޓާލިއެވެ. ދެލޯ މަރާ ތަގުޅިކޮށްލަމުން ދެތިން ސިކުންތަށްފަހު އެސްފިޔަތަށް ދުރުކޮށްލިއެވެ. މޫނާ މޫނު ނުޖެހޭ ހިސާބުން ފެނުނު ހިތްގައިމު މޫނުގެ ސަބަބުން އާޝޯޙްވިއެވެ. ދުވަހުކުވެސް އޭނާއަށް ފެނިފައި ނުވާ ފިރިހެންވަންތަ ކަމެކެވެ. މޫނުމައްޗަށް ވައްޓާލައިފައި ހުރި އިޝާންގެ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ މޫނަށް އިތުރު ފިރިހެންވަންތަކަމެއް ގެނެސްދެއެވެ.

___________________________________

“ރާނީ ލިބިފައިވާ ސިފަ ރިވެތި ޝާހީ..ތިބާތީ ޝާއިރެއް ކުރާ ސޫރަ ބާވައޭ…ހިޔާލީ ލަފްޒުތަކުން މިސާލީ ޅެންބަހުން ކިޔާނީ ލޯބި ގުލްޝަނަށް ފޮނުވަދިން މަލޭ ތިބާތީ..” ގަލުން ރާނާފައިވާ ގެއެއްގެ ފާރު ކައިރީގައި ތިބި ގޭންގެ އެތަނުން ލާފައި ދިޔަ ޒުވާން އަންހެން ކުއްޖާއާއި ފޮށެން ފެށިއެވެ. އަޅާވެސް ނުލާ އެއަންހެން ކުއްޖާ އޭނާގެ ފިޔަވަޅުތަށް ކުރިއަށް އަޅަންފެށިއެވެ. ފޯނާ ކުޅެމުންނެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތަށް މަޑުޖައްސާލަން މަޖުބޫރުވިއެވެ. މުޅި ރަށަށް މަޝްހޫރު ގޭންގުގައި ހިމެނޭ ފަސް ފިރިހެނުންގެ ތެރެއިން އެކަކު އޭނާގެ އަތުގައި ހިފާލުމުންނެވެ. “އޭ. މަންޖޭ އަހަންނަށް ބަލާލިއަކަސް ތި ދެލޯ އަނދިރިއެއް ނުވާނޭ.” ކަރުގައްޔާ ފައިގާ ހުސް ޗޭނު އަޅާ އިސްތަށިގަނޑު ދިގު ކޮށްފައިވާ ނިޔާޒުބުނެލިއެވެ.

ފޯނުން ނަޒަރު ވަކިކޮށްލަމުން ލަޔާނާ ނިޔާޒްއާއި ދިމާލަށް ބަލާލީއިރު އޭނާގެ ލޮލުން އަލިފާން ކަނި ބުރައެވެ. ނިޔާޒްގެ އަތުރޭގައިވާ އޭނާގެ އަތް ނައްޓަން މަސަތްކަތް ކުރިއެވެ. ނިޔާޒް އޭނާގެ އަތުގައި ހިފާއްޓާފައިވަނީ އެ މަޑު އަތްތިލަ ޗިސްކޮށްލަން އުޅޭ ފަދައަކުންނެވެ. އެހެންކަމުން އެއަތް ނެއްޓޭ ގޮތެއް ނުވިއެވެ. ލަޔާނާއައިސްފައި ހުރި ރުޅި އިތުރަށް ގަދަވިއެވެ. ނިޔާޒު އޭނާ އަތުގައި ހުރި ބާރެއް ލާފައި ލަޔާނާ ދަމައިގަތެވެ. ލުކެއް ޖެހި ފަދައިން ލަޔާނާގެ މޫނުގޮސް ޖެހުނީ އިސްކޮޅުން ހަފޫޓު ހަމަވާ ނިޔާޒުގެ މޭމަތީގައެވެ. ދުވި ނުަބައި ސިނގެރޭޓުވަހުން ލަޔާނާ އޯކަށްދެމިގަތެވެ. ނަމަވެސް ނިޔާޒުގެ ބާރުގަދަ އަތުތެރޭގައި އޭނާ ވަނީ ހައްޔަރުވެފައެވެ. ގަދަ ހެދިޔަސް ސަލާމަތްވާނެ ގޮތެއް ނޭނގޭއެވެ. މެންދުރުގެ ހޫނުގަދަ އަވިގަނޑުގައި މަގުމަތީ އުޅޭ މީހުން ވަރަށް މަދެވެ. ލަޔާނާއާއި ނިޔާޒާ ދެމެދު ހިނގާ ހަރަކާތްތަށް ފެންނާނީ ހަމައެކަނި ނިޔާޒު ގޭންގުގެ ހަތަރު މީހުންނަށެވެ.

ލަޔާނާގެ މޫނުގައި ނިޔާޒުގެ މޫނު ޖައްސާލިއެވެ. ދެން ކޮށްލި ކަންތަށް ކެމެރޭއެއްގައި ރައްކާކޮށްލީ ފާރުބުރި ކައިރީގައި ހުރި އަޔާންއެވެ.

( ނުނިމޭ )

Share Article

Follow Me Written By

jungkook

Level 1

Annyeaong...Im a girl...fan of jungkook and bts. ❤❤just wait for every monday. Wednesday and. friday to meet me here. ??

Other Articles

Previous

ހުޅުކޮޅު 42(ފަހުބައި)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 26

Next
July 23, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 26

Previews
July 23, 2018

ހުޅުކޮޅު 42(ފަހުބައި)

27 Comments!

  1. @AL@A says:
    July 23, 2018 at 4:13 pm

    me first vrh reethi

  2. jungkook says:
    July 23, 2018 at 5:16 pm

    Salaam everyone..this is the first part of my first story…I hope u all will like it n mistakes thah faahaga kohdhinumakee alhugandah libeyne varah bodu kurierumeh ❤❤❤❤❤❤
    Next part on Wednesday?

  3. Dandelion ? says:
    July 23, 2018 at 5:37 pm

    Me first dhw ??mi part ves varah varah varah varah varah varah rythi…keep it up der…luv u sis ❤ ❤ ❤ ❤ ❤

  4. Baby girl ❤ says:
    July 23, 2018 at 5:43 pm

    Vrh vrh reethi…..ummeedhu kuran bunaa dhuvahu up koh dheyne kamah….
    Good luck….
    Me first dhw

    1. jungkook says:
      July 23, 2018 at 9:02 pm

      Thank you ❤❤❤ insha allah I will ??

  5. Jiminie says:
    July 23, 2018 at 6:32 pm

    Vrah reethi mi story
    Kookie and jin ?? aaaaaah!!
    They r so cute I laaaav them

    1. jungkook says:
      July 23, 2018 at 9:06 pm

      Oh thanks my mate..yh ???luv thm too ❤❤❤

  6. Fai says:
    July 23, 2018 at 7:11 pm

    Vaahakaige feshun v v reethi ummedhukurah vaahaka nimenden genesdeyney kamah ????✍✍✍✍✍

  7. story reader says:
    July 23, 2018 at 7:19 pm

    is it me or this story’s starting reminds me of a story called hithuge thelhun. mi site ga pulish kuraa vaahaka eh ei. jungkook e vaahaka kiyan tha?

    1. story reader says:
      July 23, 2018 at 7:20 pm

      publish*

  8. dhonkanbulo says:
    July 23, 2018 at 7:24 pm

    V salhi…..

  9. Maya says:
    July 23, 2018 at 7:32 pm

    Wow . Vvvvv reethi mi part !!!
    And author jungkook liya vaahaka varah khiyaa hivvey???
    Also
    My bear’s is Jin . I love him . I am a fan of BTS.

    1. Wolf says:
      July 25, 2018 at 9:28 pm

      mee jungkook ge furathama vaahaka ennu

  10. Pinky shifoo says:
    July 23, 2018 at 8:43 pm

    Woww ❤️❤️❤️???… V v v reethi ❤️❤️❤️???… Especially sifakurun thah ❤️❤️❤️??????.. Keep it up dear ???❤️❤️❤️????????????… Best of luck ???❤️❤️❤️????????????… Waiting for next part ???…

  11. kookie says:
    July 24, 2018 at 9:09 am

    o my. v v v v vreethi story. o my. bunaane ehcheh neyngey. nd mi story v v reethi vane hen vx heevey. nd there is my favourite group BTS. I love them soo soo much. haahsakoh Jungkook. I love him. lookie ge thankolheh hot pic ah laaba alhe. 😀

  12. kookie says:
    July 24, 2018 at 9:10 am

    kookie*

  13. Kamana says:
    July 24, 2018 at 9:29 am

    varah reethi…

  14. kookie says:
    July 24, 2018 at 10:03 am

    nd its me cuty igey. lookie ah name change kohly. cox I love Jungkook so much.:-D

  15. Mai says:
    July 24, 2018 at 2:30 pm

    Hey junkkook varah reethi feshun.. and I luv junkkook

  16. Panda?❤ says:
    July 24, 2018 at 5:39 pm

    Salaaam Junkook! V reethi ingey mi part!❤ Dhen oiy part ah v inthizaar kuraanan. Goodluck dear ❤

  17. Maya says:
    July 24, 2018 at 9:25 pm

    Vv habeys.. Vv reethi keep it up.. ?????????

  18. JM says:
    July 24, 2018 at 10:25 pm

    World wide handsome XD

  19. JK says:
    July 25, 2018 at 8:17 pm

    Varah reethi mi part. Waiting for next part.? I’m a fan of bts. I love jungkook ??

  20. meeheh says:
    July 25, 2018 at 9:23 pm

    mi writer mi thanah ais mi ulhenee vaahaka liyan tha nooni jungkook promote kurantha?

  21. Twinkle? says:
    July 26, 2018 at 9:46 am

    Wow… hama habeys nge… masha allah

  22. R(-(-? says:
    August 12, 2018 at 10:57 pm

    Varah reethi…. kon irakun 2 vana part?????

  23. Hudher says:
    August 30, 2018 at 11:22 am

    jungkook i luv u, whn next part maasha allah v v v v v v v reethi mi part vx

    BTS luv ya

Comments are closed.



All Right Reserved!