މާމެލާމެލީގެ މީރުވަސް މުޅި ބަގީޗާ ތެރޭގައި ވަނީ ހިފާލެވިފައެވެ. ދާދި ދެންމެއަކު ވެހުނު ވާރޭގެ ކުދި ކުދި ޝަބްނަމް ތިކިތަށް މާމެލާމެލީގެ ފިޔަތަށް މަތީގައި ހުރިއިރު ކުލަކުލައިގެ އެމާތަކަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ވާރޭ ހުއްޓުނުކަމުގައިވިޔަސް މޫސުން އައްޔެއް ނުވިއެވެ. ކަޅު ބޯ ވިލާތަކުގެ ސަބަބުން އިރު ވަނީ އޭގެ އަލިކަމުން ދުނިޔެއަށް އަލިކުރުމުގެ ވާޖިބުއަދާކުރުމުން މަހްރޫމުންވެފައެވެ. މުޅި ފަޒާގައިވަނީ އަރާމު ތެތް ފިނިކަމެވެ. ރަޖާގަނޑު އަޅާލައިގެން ނިދާލަން މީ އަރާމު ވަގުތެއް ނޫންތޯއެވެ. ނަމަވެސް މިއަދަކީ އާދީއްތަ […]
ފިނި ފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލުމުން ހިތަށް ފިނިކަން ލިއްބައިދެއެވެ. އޭނާގެ އިސްތަށިގަނޑުވެސް ދިޔަ އެވަޔާއެކު މިނިވަންކަމާއެކު ވިހުރެމުންނެވެ. އުފަލުން ހެމުންނެވެ. ނަމަވެސް އެފަދަ މިނިވަންކަމެއް އެ އިސްތަށިގަނޑުގެ ވެރިޔާއަށް ލިބޭނެނަމައެވެ. ބެލްކަނީގެ ރެއިލިންގްގައި އަޔާނީ އަތް އަޅުވާލައިގެން ހުރި އިރު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. މިއަށްވުރެ އުފާވެރި ދުވަހެއް އޭނާގެ ހަޔާތުގައި ދެއްކެވެމުން އެދި ހިތާހިތުން އޭނާއަށް ދުޢާކުރެވެއެވެ. ތަކުރާރު ކޮށެވެ. “މެޑަމް. ބޮސް ބުނުއްވީ މިރޭ އަށެއް ޖަހާއިރަށް […]