Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 40

hygge Level 510 Stories100 Comments100 Login500 Comments
July 22, 2018 7 Mins Read
30 Comments

“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ.

***

“ޒިވް.. މާދަން ޖެހޭނެ ޑިއުޓީއަށް ނިކުންނަން އަނެއްކާވެސް.. އަހަރެން ނެތެއްކަމަކު ބަލައިގެން އުޅޭތި އިނގޭ.. ނަސީބެއް މަންމަވެސް ގެނެވުނުކަން..” ބެލްކަނީގައި ޒިވާކައިރީ ހުރެ ޔައީޝް ވާހަކަ ދައްކަމުން ދިޔައެވެ. ރޭގަނޑުގެ ތެތްފިނި ވަގުތު ޖެހެމުންދިޔަ ވައިރޯޅިތަކުން އެ ދެހިތަށް ވެސް ހަމަޖެހުން ގެނުވަމުން ދިޔައެވެ. ޒިވާ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އިރު ޔައީޝް ހުރީ ރެއިލިންގައި ލައްވެގެން ދެއަތް އުރާލައިގެން ޒިވާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޔައީޝް ވާހަކަ ދައްކަމުން ދިޔައިރު ޒިވާ ދިޔައީ ހޫމް ލައްވަމުންނެވެ. އޭނާގެ ވިސްނުން މިވަގުތު ހުރީ ރޭގަނޑުގެ އެ ހިތްގައިމު ވަގުތަށެވެ. އިތުރު ވާހަކައެއް ދައްކަން ބޭނުންވެސް ނުވާ ފަދައެވެ.

“ކަމަނާ އަވަހާރަފުޅުލައްޕަވަން ވަޑައިގަންނާކަށް ނުވޭތޯ؟ މިހާރު އެޔޮށް ދިހައެއް ޖަހަނީ..” ޔައީޝް ސަމާސާ ރާގެއްގައި ބުނެލިއެވެ. ޒިވާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ އެތެރެއަށް ވަނީ ވަރުބަލިވެސް ވެފައި ވުމާއެކު އަރާމުކޮށްލާށެވެ.

އާ ދުވަހަކަށް އިރުއެރީ އެކި މީހުންގެ ޙަޔާތަށް އެކި ތޫފާންތައް ގެނުވަމުން އަނެއް ބަޔަކަށް ހަމަޖެހުން ގެނުވަމުންނެވެ. ބައެއް މީހުންނަން އުފާވެރިކަން ލިބެމުންދާއިރު އަނެއްބަޔަކަށް ނުތަނަވަސްކަން ލިބެމުންނެވެ. “ސަރ.. މިއަދު ހަވީރަށް ނާއިޝް ގެނައުން ކިހިނެއް ވާނީ؟” ޒަޔާން އޭނާގެ ކެބިންގައި އިންދާ އެތެރެއަށް ވަދެގެން އައީ ޒަޔާންމެންގެ އެ ތަޙުގީގުގައި އޭނާގެ ދަށުން މަސައްކަތްކުރާ އަކުރަމްއެވެ. އޭނާގެ މޫނުމަތީގައިވަނީ ޖޯޝެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މިހާރު އެމީހުން ކުރިޔަށް އެގެންދަނީ އެ ތަޙުޤީގުގެ އެންމެ ފަހުގެ މަރުޙަލާތަކެވެ. “ސަރ.. އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއް ނުވާނެ.. ރައިފާ ހައްޔަރު ކުރެވޭނެ ވަރަށް އަވަހަށް.. އިން ޝާ ﷲ..” ޒަޔާން އަކުރަމްއަށް ހިތްވަރު ލައިދޭ ފަދައިން އަކުރަމްވެސް ޒަޔާންއަށް ހިތްވަރު ލައިދެއެވެ. އޭނާ ޤަބޫލުކުރާގޮތުގަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވޭނީ އެކަކު އަނެކަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންނެވެ.

“އެންމެ ރަނގަޅު.. ހަވީރު ފަސްގަޑި ބައި ހާއިރު ރަނގަޅުވާނެ..” ޒަޔާން އޭނާއަށް ފެންނަ ގޮތް ބުނެލިއެވެ. އަކުރަމްވެސް އެކަމަށް ތާއީދު ކުރުމަށްފަހު އެމީހުންގެ މަސައްކަތަށް އަނބުރާ ރުޖޫޢަވިއެވެ.

“ޔެސް… ފައިނަލީ.. އާހް.. ޒިވާ… ތައްޔާރުވެގެން ހުރޭ.. ދެން މާގިނައިރެއް ނުވާނެ..” ރައިފާ ކޮޓަރިތެރޭގައި ނަށަމުން ދިޔައީ ކޮށްޓަކުން ދޫންޏެއް މިނިވަން ކުރުމުން އުދުހޭ ފަދައިންނެވެ. އޭނާ އުފަލުން ޙިވަނީ މޮޔަވެދާނެ ހެންނެވެ. ޒިވާ އޭނާގެ މުށުތެރެއަށް އައީއޭ ރައިފާގެ ހިތުގައި އޮތެވެ. އޭނާ މިހާރު ރާވަމުން އެދަނީ ޒިވާއަށް ގޮތެއް ހެދުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވުމަށެވެ.

ކޮޓަރިތެރޭގައި އެނބުރި އެނބުރިފައި ރައިފާގޮސް އެނދުމަށްޗަށް ޖެހިގަތީ ސިކުނޑިއަށް ލިބުނު ލުއިކަމެއްގެ ސަބަބުން ހިތްހަމަ ޖެހިފައި ހުރެގެންނެވެ. ލިބުނު އުފާވެރިކަމުގައި އުފާ ފާޅުކުރަމުން އޭނާ ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. އޭނާ އެހުރިހާކަމެއް ރާވަމުން ދާއިރު ރައިފާގެ ހުރިހާ ރޭވުމެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަމެއް އޭނާ ހަނދާނެއް ނެތެވެ. ލިބުނު ހިތްހަމަޖެހުމުގައި އެނދުމަތިގައި އޮށްވާ ރައިފާއަށް ނިދީގެ ފުން ކަނޑަށް ޣަރަޤުވެގެން ދާން ހިނދުކޮޅެއްވެސް ނުނަގައެވެ.

***

“ޒިވް.. ދެން ހިނގާބަލަ ދާން މިއަދު.. އަދި މާލެ އައި ފަހުން ގެއިން ނުވެސް ނިކުންނަމެއްނު.. ގެއިން ނުނިކުމެ އިންނާކަށް ނުވާނެ.. ޕްލީޒް ހިނގާބަލަ.. ޔާނީވެސް ވަރަށް ދާހިތުންނޭ ހުރީ.. ޔާނީ ބުނީ އަލީނާ ޑޮކްޓަރަށް ދައްކާލާފަ ހަވީރު ހިނގާލަން ދާން ބޭނުމޭ.. މައި ކައިރީ ބުނީ ހިނގާށޯ… ބުނި ޒިވް ވެސް ގެންދަން.. ދެން ޕްލީޒް މިފަހަރު ހިނގާބަލަ..” މައިހާ ޒިވާ ގާތު ސޯފާގައި އިނދެގެން އާދޭސް ކުރަމުން ދިޔައީ ހަވީރު އެމީހުންނާ އެކު ހިނގާލަން ދިއުމަށެވެ. ޒިވާ ފުރަތަމަ އެކަމަށް އިންކާރު ކުރުމުން މައިހާ އާދޭސްކުރަން ފެށީ މީހަކު ދެރަވެސް ވާނެ ވަރަށެވެ.

“ދެން ދަރިފުޅު ދާންވީނު އެކުދިންނާ އެކީ.. މައިހާ ތެދެއް އެބުނީ.. ގޭގަ ތިހެން އަބަދު އިންނާކަށް ނުވާނެ.. ސާފު ވައި ލިބުނީމަ ހިތްހަމަވެސް ޖެހޭނެ ވަރަށް.. ދޭ ދެން މިއަދު..” ނޫރީން ބަދިގޭގައި ހުރެފައި ސިޓިންގް ރޫމަށް ނިކުތީ މައިހާގެ އާދޭސްތައް އަޑުއިވިގެންނެވެ. ނޫރީން އާއި ދެމީހުން ކިޔަންފެށުމުން ޒިވާއަށް އެންމެފަހުން ޖެހުނީ ގޮތްދޫކުރާށެވެ. އޭނާ ދާން އެއްބަސްވުމުން މައިހާ އުފަލުން ޒިވާގައިގައި ކުޑަކޮށް ބައްދާލުމަށްފަހު އެކަމަށްޓަކައި ޝުކުރު އަދާކުރިއެވެ.

“ޔައީޝް ވެސް ފްރީވާނެ އެއިރަށް.. ދެން ދާނީ އެހެން ވީމަ މިއަދު..” ފުން ނޭވާއެއް ލަމުން ހިނިތުންވެލައިފައި ޒިވާ ބުނެލިއެވެ. އޮލަ ވާހަކައިގައި ޖެހިފައިތިބި ޒިވާއަށާއި މައިހާއަށް ހޭވެރިކަމެއް ވީ އެތަނަށް ރައިފާ އައުމުންނެވެ. އޭނާގެ މޫނު އަދިވެސް ޒިވާއަކަށް ނުފެނެއެވެ. އެސުވާލު ކުރަން އެތައްފަހަރަކު އޭނާގެ ހިތަށް އަރައިފިއެވެ. ނަމަވެސް ޔައީޝް އުޅޭތީއާއި އެއްކޮށް އަހަން ނުކެރެނީއެވެ. “އައިޝާ.. ވަރަށް ބޮޑަށް ޝުކުރިއްޔާ މިހުރިހާދުވަހު އަހަންނަށް ތި ވެދިން އެހީތެރިކަމަށް.. އަހަންނަން ކޮށްދިން ހުރިހާކަމަކަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަސްލު ނޭނގެ ކިހިނެއް ކަމެއްވެސް އައިޝާއަށް ޝުކުރު އަދާކުރާނީ.. އެކަމަކު އަހަންނަން ވީވަރެއް މިކުރަނީ.. މިހަފްތާ މިއުޅެނީ އަހަރެން ރަށަށް ދާން.. ދެން އަބަދަކު މިގޮތަކަށް ނޫޅެވޭނެއްނު.. މިހެން އުޅެން ލަދުވެސް ގަނޭ އަސްލު.. އެކަމަކު ދެން އެހެންނެއް ނުވާނެ.. އަހަރެން ވަރަށް އަވަހަށް ދާނަން..” ސޯފާގައި ލެނގިލައިގެން އިން ޒިވާއަށް ހައިރާން ކަމާއެކު މަޑުމަޑުން ހަށިގަނޑު ތެދުކޮށްލެވުނެވެ. ބަނޑު ބޮޑުކަމުން ކޮންމެވެސް ވަރަކަށް އުނދަގޫވާކަށް އޭނާގެ އެ ކުޑަ ޙަރަކާތުންވެސް ހާމަވެގެން ދިޔައެވެ.

“ނޫނޭ.. ތިހެން ހީނުކުރޭ.. އެއްވެސް ވަރަކަށް އުނދަގުލެއް ނުވޭ އަހަރެމެންނަކަށް.. އަރޫފާ ލަދުގަންނާނެ ކަމެއްވެސް ނެތް މިގޭގަ އުޅެން.. އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތޭ.. ހަމަ އަސްލުގަވެސް.. އެހެންނަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަރޫފާ މިގެއިން ބޭރުކޮށްލިތާ ކިތަންމެ ދުވަހެއް.. މިގޭ އެއްވެސް މީހަކު މިއިން ދުވަހަކު އަރޫފާއާއި ދިމާލަށް އެއްޗެކޭ ބުނިތަ؟ ނުބުނެޔެއްނު.. އަހަރެމެންނަށް އަރޫފާ މިގޭގަ އުޅުމަކުންނެއް އެއްވެސް މައްސަލައަކަށް ނުވާނެ..” ޒިވާ ރައިފާގެ އަތްމަތީގައި އަތް ބާއްވާލަމުން ވާހަކަ ދެއްކިއެވެ. ރައިފާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ މަސައްކަތް ވަރަށްވެސް ފުރިހަމައޭ ހިތާހިތުން ކިޔާލީ ފަޚުރުވެރިކަމާއެކުއެވެ.

“އެކަމަކުވެސް އަހަރެން ބޭނުން ރަށަށް މަންމަމެން ގާތަށް ދާން.. އެހެން ވެގެން މިދަނީ.. މަންމަމެން ގާތު އުޅުން ކަންނޭނގެ އެންމެ ބުއްދިވެރީވެސް..” ރައިފާ ދެރަވެފައި ކަމަށް ހެދިގެން ބުނެލިއެވެ. ނަމަވެސް އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވާންފެށި ސަބަބެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާގެ ހިތަށް ފާޑެއްގެ ގޮތެއް ވަނީއެވެ. މިއުޅެވެނީ އަދި ރަނަގޅަކަށް ނޫނޭ އެ ހިތް ބުނަނީއެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑި އެކަމާ ދެކޮޅު ހަދަނީއެވެ. “އަރޫފާގެ މައިނަބަފައިން ގާތަށް ދާން ބޭނުންވާ ކަމުގައި ވަންޏާ އަހަރެން އެކަމާ އެއްވެސް ވަރަކަށް ދެކޮޅު ހަދާކަށް ނެތިން.. އެންމެ އިސްކަން ދޭންޖެހޭނީ އެދެމީހުންނަށް.. އެދެމީހުންނަށް މިއަދު ބޭނުންވާނީ އަރޫފާގެ އަޅާލުމާ އޯގާތެރިކަން.. ކުޑައިރު އަރޫފާއަށް އެމީހުން ދިން އޯގާތެރިކަމާއި އަޅާލުން.. އެހެން ނޫނަސް އަރޫފާ ހިފެހެއްޓުމުގެ އެއްވެސް ހައްގެއް އަހަންނަކަށް ނުވެސް ނެތް..” ޒިވާ އޯގާތެރިކަމާއެކު ރައިފާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

މައިންބަފައިންގެ ވާހަކަ ޒިވާގެ ދުލުން ބޭރުވި ހިނދު ރައިފާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. މިވީހާ ދުވަހު އޭނާގެ މައިންބަފައިން ވީ ކޮންތާކު ކޮންޙާލެއްގަ ކަމެއްވެސް އޭނާ ބަލައިފައި ނުވެއެވެ. ނުވިތާކަށް އެމީހުންގެ ނަން ހިތަށްވެސް އަރުވާފައި ނުވެއެވެ. އެތަކެއް އަހަރުތަކަކަށްފަހު މަންމަމެންގެ ހަނދާންވެސް އޭނާއަށް އެ ވީ ޒިވާ އެހެން ބުނުމުންނެވެ. އޭނާއަކީ ކޮންފަދަ ނުބައި އިންސާނެއް ހެއްޔެވެ؟ ހިތަށް އަރަމުން ދިޔަ އެއްޗެހީގެ ސަބަބުން ރައިފާގެ ބޯ ހާސްވަމުން ދިޔައެވެ. ހަމަޖެހިލަން ބޭނުން ވުމުން އަވަހަށް އެތަނުން ދެވޭތީ އޭނާ ބެލިއެވެ. ޒިވާ ކައިރީ ދެތިން ބަހެއް ބުނެލުމަށްފަހު އަވަސް އަވަހަށް ރައިފާ އެތަނުން ދިޔައެވެ. ޒިވާ މައިހާ އަށް ބަލައިލުމަށްފަހު ދެކޮނޑު އަރުވާލިއެވެ. މައިހާވެސް ޒިވާގެ ކޮނޑުގައި ޖަހާލުމަށްފަހު ހިނިތުންވެލިއެވެ.

“ހެލޯ.. އާދެބަލަ އަހަރެން ބަލައި.. ސައިކަލު ގަރާޖަށް ލައިފަ ވީ.. ތިގެއަށޭ ދާން ޖެހެނީވެސް.. މައި ވެއްޖެ ޒިވް ކައިރިއަށް ގޮސް..” ސިފައިންގޭގެ ދޮރުމަތީގައި ހުއްޓި ހުރި ޔައީޝް ހުރީ ރަސްމީ ޔުނީފޯމުގައެވެ. ޒަޔާން އޭނާއަށް ގުޅުމުން ވާހަކަ ދައްކާލަން ހުރީއެވެ. ޒަޔާން އާއި ދެތިން ބަހެއް ބުނެލުމަށްފަހު އޭނާގެ ފޯނު ޖީބަށް ލައިފައި އަތުގައި އޮތް ކަޅު އަވި އައިނު ލޮލުގައި އަޅާލިއެވެ. އެއަށްފަހު ހިނގައިގަތީ ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލާއި ދިމާލަށެވެ.

ޔައީޝް އޭނާގެ ސައިކަލު މަޑުކޮށްލީ ޕޮލިސް ސްޓެޝަން ކުރިމައްޗަށެވެ. އެހިނދު ޒަޔާން އެދިމާލަށް އައިސް ޔައީޝްގެ ސައިކަލު ފަހަތަށް އެރިއެވެ. އެއާއެކު ޔައީޝް ސައިކަލު ދުއްވާލީ ގެއާއި ދިމާއަށް ދާށެވެ. “އިނގޭތަ އެއްކަލަ އަދްޔަން އައި ކަން؟” ސައިކަލު ދުއްވަން އިނދެފައި ހިނިގަނޑެއް ޖަހާލަމުން ޔައީޝް އަހާލީ ޒަޔާން ގާތުއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒަޔާން ނޫނެކޭ ބުނެލިއެވެ. “ވަރެއްގެ ސޮރެއް އެއީ.. އަންނަ އިރެއް ނޭނގޭނެ.. އުޅެ އުޅެ ހުއްޓާ އެރޭނީ ކުރިމައްޗަށް.. ދާއިރެއް ނޭނގޭނެ.. ކޮފީއަކަށް އަރަން ގުޅާއިރަށް ބުނެދާނެ ތިމަންނާ ރިސޯޓުގައޭ.. ސައޕްރައިޒް ދޭން ވިޔަސް އެއީ ބޮޑުވަރު..” ޔައީޝް ސަމާސާ ރާގެއްގައި ބުނެލިއެވެ. އެވަގުތު ޒަޔާންވެސް މަޖާވެލައިފައި ހިނިގަނޑެއް ޖަހާލިއެވެ. “އަޅާލާއެއްޗެއް ނޫން.. އައިސިއްޔާ ގިނައިން އުޅެނީ އަހަރެމެންނާ އެކީއެއްނު… ހެހެ..” ޒަޔާން އިތުރުކޮށްލިއެވެ.

ޒިވާ އާ އެއްކޮށް ބެލްކަނީގައި މާގަސްތަކާއި ކުޅެން ހުރި މައިހާ ހުރީ ހިނިތުންވެފައެވެ. ދެމީހުންގެ ހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ. މާގަސްތަކުން ހިތްތަކަށް ލިބެމުންދާ އުފާވެރިކަމަކީ ބަޔާންކުރެވޭ ވަރަށްވުރެވެސް ބޮޑު އުފާވެރިކަމެކެވެ. ޒިވާ ބައެއް ގަސްތަކުން ދިގުވެފައި ހުރި ގޮފިތައް ބުރިކުރަމުން ދިޔައިރު މައިހާ ހުރީ ގަސްތަކަށް ފެން ދޭށެވެ. ދެ އެކުވެރިންނަކީ އަޔާނީ އާއި ޚިލާފަށް ކުރިންވެސް މާގަސްތަކަށް ލޯބިކުރާ ދެމީހުންނެވެ. އެ ތިން އެކުވެރިން އެއްކޮށް އުޅޭއިރވެސް މައިހާ އާއި ޒިވާ މާމެލާ މެއްޔައިގެން އެވަރުން އުޅޭއިރު އަޔާނިއަށް ކަހައިރު ވަކު ދަނބެކޭވެސް ހިތަކަށް ނާރާނެއެވެ. އަޔާނީމެން މިހާރު އުޅޭ ގޭގަ ހައްދާ ގަހަކީވެސް އަދްޔަން ހައްދާތި ހުންނަ ގަސްގަހެވެ. އެޔަކަށް އަޔާނީގެ މާބޮޑު ސަމާލުކަމެއް ނުލިބޭނެއެވެ.

“އެޔޮށް އައީ..” ގޭގެ ދޮރު ހުޅުވުނު އަޑަށް އެތެރެއަށް ބޯދިއްކޮށްލުމަށްފަހު މައިހާ ބުނެލިއެވެ. ޒިވާ އޭނާގެ މޫނުފޮތިކޮޅު ރީތިކޮށްލުމަށްފަހު ގެންގުޅުނު ކަތުރު އެތާ ހުރި ކުޑަ މޭޒެއް މަތީގައި ބާއްވާފައި ގޭތެރެއަށް ވަނެވެ. ފަހަތުން މައިހާވެސް ވަނެވެ. “ޒިވް ދެން ދަނީ އިނގޭ.. ރެޑީ ވާތި ހަވީރަށް..” މައިހާ ޒަޔާން ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “މަޑުކޮށްބަލަ އިހަށް.. ވަރުބަލިވެއްޖެ.. އެއް މިނެޓުގެ ބްރޭކެއް އެބަ ބޭނުންވޭ..” ޒަޔާން ޔައީޝް އާއެކު ސޯފާގައި އިށިންނަމުން ބުނެލިއެވެ. މައިހާ ޒަޔާން ގައިގައި ޖަހާލީ ތުން އަނބުރާލަމުންނެވެ.

“ކޮންތާކަށް ދަނީ ހަވިރު؟ ޒަޔާން އާ ބުނާކަށް އަހަރެމެންނާ ސިއްރުން މިމީހުން ވާ ކަންތައް ރާވާ އިނގޭ.. އެކަމަކު މިފަހަރު ލާހިކެއް ނޫން އަހަރެމެން ބައިތިއްބާފަ އެ ތާކަށް ދާކަށް.. ލާހިކު ކުޅަދާނެއް ނޫން.. އަނެއްކާ އަހަރެމެންގެ ޓީމްވެސް ހަމަވާނެ މިހާރު.. އަދްޔަން އެބަހުރި.. އޭނާއަށް ގުޅައިފަ ބުނަންވީ މިކަންތައްގަނޑުގެ ވާހަކަ.. އަޔާނީ ނުފޮނުވާށޭ ބުނަންވީ..” ޔައީޝް ޒަޔާންއަށް ބަލައިލަމުން ބުނެލިއެވެ. އެހިނދު ޒިވާ އާއި މައިހާ ހީލިއެވެ. “އަހަރެމެން އެވަރަށް ތަންތަނަށް ދަންތަ؟ އޯކޭ އޭ ދެން.. މިއުޅެނީ ހަވީރު ހިނގާލަން ދާން..” ޒިވާ ދެއަތް އުރާލަމުން ބުނެލިއެވެ. ޔައީޝް އެހެން ހެއްޔޭ ކިޔައިފަ ހިނިތުންވެލިއެވެ. ޒަޔާން އާއި މައިހާވެސް ދެން ދަނީކަމަށް ބުނެ އެގެއިން ނިކުމެގެން ދިޔައެވެ.

ޒިވާ ކޮޓަރިއަށް މިސްރާބު ޖެހުމުން ޔައީޝްވެސް ފަހަތުން ދިޔައެވެ. “ދާނަން ދޯ ޒިވްމެންނާ އެކީ؟” ޔައީޝް ކޮޓަރީގެ ދޮރުޖެހި އަޑު އިވުމުން ޒިވާ ބުނެލިއެވެ. އެހިނދު ޔައީޝް ހޫމް ލައްވާލިއެވެ. “ފާޑެއްގެ ގޮތެއް ވަނި މިއަދު.. ހީވަނީ ކޮންމެވެސް ގޮތެއް ވާން އުޅެނީއޭ.. ކޮންމެވެސް ކަމެއް ވާން އުޅޭހެން ހަމަ ހީވަނީ.. ބިރުވެސް ގަނޭ އެބަ.. އެހެންވެ އެހާ ދާހިތެއްވެސް ނުވޭ.. އެކަމަކު އެކުވެރިންގެ އެންމެ އެދުމަކަށް ފުރަގަހެއްވެސް ނުދެވޭނެ..” ޒިވާ މޫނު ބުރުގާ ބޭލުމަށްފަހު އެނދުގައި ބާއްވާލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ވާ ނުތަނަވަސްކަން ޔައީޝްއަށްވެސް ނަގައިގަނެވުނެވެ. “ޒިވް.. ނެގަޓިވް ކޮށް ނުވިސްނަބަލަ.. ހުރިހާކަމެއްވެސް ރަނގަޅުވާނެ.. އިން ޝާ ﷲ..” ޔައީޝް ޒިވާގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. އެހިނދު ޔައީޝްގެ މޫނަށް ބަލައިލުމަށްފަހު ޒިވާ ހިނިތުންވެލިއެވެ.

ޒިވާ ދެން އަވަސްވެގަތީ އަސުރު ނަމާދު ކުރާށެވެ. އެހިތަށް ފިނިކަމެއްވެސް ލިބޭނީ އެއިރުންކަން ޒިވާ އަށް އިނގެއެވެ. އަވަހަށް ވުޟޫކޮށްލަން ދިޔައީ އެހެންވެގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރާކަށް އޭނާގެ ހިތަކު ނެތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ގެނެސްދޭނެކަން ގައިމެވެ. މަގުމަތީގައި މީހުން ހަރަކާތްތެރިވާލެއް ގިނަވެފައި ވުމުން މަގުތައް ވަނީ ތޮއްޖެހިފައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ހަމަ އެއާއެކު ސްކޫލުތަކުން އަންނަ ކުދިންނާއި އެކުދިންގެ ބެލެމިވެރިންގެ ސަބަބުންވެސް މަގުތައް އިތުރަށް ތޮއްޖެހިފައި ވެއެވެ. ނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓާ ޒިވާ އާއި ޔައީޝް ސައިކަލުގައި ދިޔައީ މައިހާ މެން ގެއަށެވެ.

“މިއޮށް އައީނު.. މައި ބުނީމެއްނު ޒިވް އަންނާނޭ..” ޔައީޝް ސައިކަލު ޕާކު ކުރުމަށްފަހު ޒިވާ އާއެކީ ގޮސް މައިހާ މެން އުޅޭ އިމާރާތުގެ ކުރިމަތީ ހުއްޓިލީ އެތާ އެމީހުންވެސް މަޑުކޮށްލައިގެން ތިބުމުންނެވެ. ހަތަރު ޒުވާނުންގެ ތުންފަތުގައުވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ. “ޔާނީ މެންވެސް ދާނެ މިހާރު.. ހިނގާ ދަމާ.. މިތާ ކައިރިއެއްނު..” މައިހާ ޒަޔާން އާއި އެކު ކުރިޔަށް ހިނގައިގަތެވެ. އެ މީހުންނަން ވަކި ހިސާބަކަށް ދެވުން ތަނުން މަޑުކޮށްލީ މީހަކު ގޮވާލި އަޑަށެވެ. އެއިރު އަޔާނީ އާއި އަދްޔަން އެމީހުންގެ ދަރިފުޅު ގޮވައިގެން ހިނގާލައިފައި އެދިމާލަށް އަންނަނީއެވެ. ކަޅު އަބާޔާ އާއެކީ ކަޅު ބުރުގަލުގައި އަޔާނީ ނުހަނު ރީއްޗެވެ. ކަޅުކުލައިގެ ގަމީހާއި އެކު ކާކީ ކުލައިގެ ފަޓުލޫނުގައި އަދްޔަންވެސް ހަމަ އެހާ ފުރިހަމައެވެ. އޭނާގެ އުރުގައި އިން ކުޑަ ކުޑަ އަލީނާ މަޑު ކްރީމް ކުލައެއްގެ ހެދުމެއް ލައްވާލައިފައި އިން އިރު ހީވަނީ ކުޑަ ކުޑަ ޕަރީއެއް ހެންނެވެ. ވަރަށްވެސް ފުރިހަމަ އާއިލާއެކެވެ.

އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އެ ލޯބި ކުޑަ ކުޑަ އާއިލާއަށެވެ. އެމީހުންގެ އެކުވެރިން އެގޮތުގައި އުފާވެރިކަން މަތީ ލެހެއްޓެވުން އެދި އެންމެންނަށްވެސް ހިތާހިތުން ދުޢާ ކޮށްލެވުނެވެ. ނަމަވެސް އެއިން މީހަކަށް ކަމެއް ވެދާނެ އިރެއް ބުނަން އިނގޭނީ ވަކި ކާކަށް ހެއްޔެވެ؟

އަޔާނީމެން އެމީހުންނާއި އަރާ ހަމަ ވުމުން ޒިވާ އަލީނާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެހިނދު ލޯބިގޮތަކަށް ބަލައިލުމަށްފަހު އަލީނާ ހޭންފެށިއެވެ. ޒިވާކަން އޭނާއަށްވެސް އިނގުނީ ކަންނޭނގެއެވެ. ހަ އެކުވެރިން އެއްކޮށް ރަސްފަންނުގެ ހިތްގައިމު މައިޒާނަށް ދާން މިސްރާބު ޖެހީ ހިތްހަމަ ޖައްސާލަމުންނެވެ. ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ އެމީހުންގެ ތެރޭގައި ހުރި ޒިވާގެ ހިތް ދިޔައީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވަމުންނެވެ. އެއީ ކީއްވެ ކަމާމެދު ޒިވާގެ ހިތް މިހާރު އެތަށް ފަހަރަކު ސުވާލު ކޮށްފިއެވެ. ނަމަވެސް އޭނާއަށް އެސުވާލުގެ ޖަވާބެއް ނުލިބުނެވެ.

އިހަށް މަޑުކޮށްލަބަލަ.. މައި ހިނގާބަލަ އެހެރަ ފިހާރައަށް.. ފެންފުޅިއެއް ގަނެލަން ވެގެން.. ޔައީޝްމެން މިތާ މަޑުކޮށްލިއަސް މައްސަލައެއް ނެތް.. އަހަރެމެން ގޮސްދާނަން..” ޒިވާ މައިހާ އާއި އަޔާނީ އާ އެކު އެ މަގާ ޖެހިގެންހުރި އާދައިގެ ވަރަކަށް ފުޅާ ގޯޅިއެއް ތެރޭގައި ހަދާފައި އިން ފިހާރައަކަށް މިސްރާބު ޖެހިއެވެ. ތިން އެކުވެރިން އެތަނަށް ދިޔަ މަގުމަތިގައިވެސް ދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ. އެއިރު އެތަނާއި ފުދޭވަރެއް ގާތުގައި ހުރި ކުޑަކުދިންގެ ޕްރީސްކޫލަކުން ދިޔައީ ކޮންމެވެސް އިތުރު ޙަރަކާތެއް ހިންގަމުނެނެވެ. އެކަން އިނގެނީ އިވެމުން ދިޔަ އަޑުތަކުންނެވެ. ހީވާގޮތުން މަދަޙަ މުބާރާތެއް ބާއްވަނީއެވެ.

“އެބަ ދަން އިނގޭ.. ޒިވް މެން ބޭރުގަ މަޑުކޮށްލާ..” މައިހާ ކައުންޓަރ ކައިރީ ހުއްޓިލުމަށްފަހު ޒިވާއާއި އަޔާނީ ގާތު ބޭރުގަ މަޑުކޮށްލުމަށް އެދުނީ އޭނާ އިރުކޮޅަކުން އެތަނުން ނިކުންނާނެތީވެއެވެ. ޒިވާ މައްސަލައެއް ނެތޭ ކިޔައިފަ އޭނާ ގަތް ފެންފުޅި އަތް ދަބަސް ތެރެއަށް ލަމުން ފިހާރައިން ނިކުތެވެ. ޒިވާއަށް ނޭނގުނު ކަމަކީ އޭނާ ގެއިން ނިކުތީއްސުރެ އޭނާގެ ފާރަޔަށް މިއަދު މީހަކު ހުރި ކަމެވެ. ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ވީނަމަ ޒިވާ އެ ފިހާރައިން ބޭރަށްވެސް ނުނިކުތީހެވެ.

ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހުޅުކޮޅު 39

Next

ތި ލޯބި އެދިގެން (ޓްރެއިލަރ)

Next
July 22, 2018

ތި ލޯބި އެދިގެން (ޓްރެއިލަރ)

Previews
July 22, 2018

ހުޅުކޮޅު 39

30 Comments!

  1. Flwr says:
    July 22, 2018 at 6:29 pm

    V reethi…yey mee first dhw

    1. aish noor says:
      July 22, 2018 at 6:53 pm

      yess dear.. congrats Flwr dear.. 🙂 jazakillah khairan dear.. 🙂

  2. Baby girl ❤ says:
    July 22, 2018 at 6:37 pm

    Yeyy me first….
    Btw story vrh reethi…as always speechless ……?❤??

    1. Baby girl ❤ says:
      July 22, 2018 at 6:39 pm

      Me second dhw…..
      When net part….
      Kuriyakun. Flwr ge comment eh nufeney…..?

    2. aish noor says:
      July 22, 2018 at 6:54 pm

      hehe.. yess dear second mifaharu.. congtas dear.. 🙂 jazakillah khairan dear.. 🙂 nxt part mirey namaves up vaane kamah mi balany.. 🙂 hehe.. ehn ves vaane baeh faharah dear.. 🙂

  3. Reet says:
    July 22, 2018 at 6:58 pm

    Raeefaa kanthah falhaaruvaa bala

    1. aish noor says:
      July 22, 2018 at 8:57 pm

      hehehe… hingaa dhw balamaa dhn vaagotheh.. 🙂 hama neynge ehnu hurelaifa vaane gotheh.. dhn balamaa.. 🙂

  4. Dandelion ? says:
    July 22, 2018 at 7:18 pm

    Me thi dhw..☺kaakutha zivaa ah e govy…curiously I wonna see who is that..☺Thanks dear mi part up kohdhinyma..☺Next part avahah genesdhehchey..☺

    1. aish noor says:
      July 22, 2018 at 8:58 pm

      dhn oiyy part kiyaaleema dear ge thi suvaalah ves javaabu libigen dhaane, in sha allah.. 🙂 hehe.. marhabaa dear.. 🙂 mirey up vaane kamah noor mi balany.. dhn hinagaa dhw e bayah inthizaaru kuran.. 🙂

  5. Kokee says:
    July 22, 2018 at 7:27 pm

    maasha allah…wow… amazing….kep it up….sis when next….ly

    1. Kokee says:
      July 22, 2018 at 7:28 pm

      me 3rd dhw….yeyy

    2. aish noor says:
      July 22, 2018 at 8:04 pm

      Jazakillah khairan dear.. 🙂 ummeedhu mi kurany veehaaves avahakah up vaane kamah.. hehe.. 🙂 <3<3<3<3<3 yess dear third.. congrats dear.. 🙂

  6. Reet says:
    July 22, 2018 at 7:30 pm

    Raifa falha aruvaala bala please e part ah Haadha enthizaaru eh kohfeyma dhen zeev ah dhera gotheh nahadhaa thi please

    1. aish noor says:
      July 22, 2018 at 8:05 pm

      hehe.. balamaa dhw.. hama neynge ehnu dhw kon vaguthehga kihineh kamahe vaany ves.. 🙂 dhigu inthizaaruge nimun fonives vedhaanehnu dhw dear.. 🙂 hehe..

  7. Dandelion ? says:
    July 22, 2018 at 7:31 pm

    Me third dhw *

    1. aish noor says:
      July 22, 2018 at 8:59 pm

      dear ah mifaharu libifa iny 4th.. 🙂 ekamakuves congrats ingey.. top 5 gaehnu thi iny dhw? 🙂

  8. naash says:
    July 22, 2018 at 8:03 pm

    alheyh haadha reechey maasha allah….. dhn vrny kihineii baaa… whn nxt part.. can’t wait.. heheh

    1. aish noor says:
      July 22, 2018 at 8:06 pm

      jazakillah khairan dear.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 noor mi ummeedhu kurany mirey ves dhn kuriyah oiyy part up vaane kamah.. 🙂 hehe..

  9. naash says:
    July 22, 2018 at 8:13 pm

    thnkxxx dear.. luv u….

    1. aish noor says:
      July 22, 2018 at 9:00 pm

      marhabaa dear.. 🙂 aww.. <3<3<3<3<3

  10. naash says:
    July 22, 2018 at 8:15 pm

    e raifa ah nikan varugadha kameh kohlabala… eyrn vx heyveri vedhrne viyya… hehehe

    1. aish noor says:
      July 22, 2018 at 9:01 pm

      hahaha.. thafaathu gothakah ves hama raifa ah kameh vedhaanehnu dhw dear? dhn balamaa.. hehe.. 🙂

  11. Kitty says:
    July 22, 2018 at 8:16 pm

    Wowowow.. m speechless.. u r the best Noor. Vaahaka vvv reethi..,???

    1. aish noor says:
      July 22, 2018 at 9:02 pm

      aww.. jazakillah khairan dear.. 🙂 alhey.. vrh vrh vrh ufaavehje dear thihen bunelyma. 🙂 dear mn ves thy hama best rearders ingey.. 🙂 vrh ufaaavehje dear ah mi part kamudhiyaeema.. 🙂

  12. Snow says:
    July 22, 2018 at 8:59 pm

    Ayanee Eba huri dho ziva KAIREE? jazakillah khairan mihaa reethi vaahaka dhineema.. Kurin aslu noorge habare nuvathee ulhuny ves mi vaahaka hama reethi kamun.. Ekam effaharu hitha eri noor adhi fahun viyas genesdhene ey vaahaka.. Hehe

    1. aish noor says:
      July 22, 2018 at 9:05 pm

      noon dear, nethehnu bunefakaa.. dear thibuny anehkaa mi part nimey thanu ziva kairy ayaany hurey heyyey tha? ehn vehje nama javaabaky no.. mi part ga neiyy ehn bunefaeh.. 🙂 eyge kurin fihaara ah ai iruga kamugai vany nama javaabaky yes.. maiha aa ayaany aa eky ehnu dhw zivaa fihaara ah aee.. ummeedhu kuran dear ah dear ge suvaalu ge javaabu libeyne kamah.. 🙂 alhey.. marhabaa dear.. 🙂 hehe.. vrh bodah sorry ingey vedhiya kanthakah.. 🙁 asluvestha? vrh vrh vrh ufaavehje noor ah trust kurythyve.. 🙂

  13. Maya says:
    July 22, 2018 at 10:26 pm

    Awwwww I missed you so much Noor…… Where have you been?? ????vvvv reethi MashaAllah. ??????haadha inthixaareh kohfymey mi story ah…. Knme dhuvahakuves balan up vefa indhey.. thw ekamu… Okay 3 part ehfahara kiyunii ma kuri inthixaaru handhaan nethihjje… Hahha????????alhe ziv ah dhera gotheh nuhadhahchey plyxx raifa bust kohlaba dhen…. ????????enme curious vaahisaabun thi ninmaalyy… Waiting for Next part…. ??☺️???????????????❤️

    1. aish noor says:
      July 23, 2018 at 4:39 pm

      alhey dear.. noor ves vrh vrh vrrrrh bodah miss v ingey thikudhin mathin.. 🙂 noor bxy v edhuvaskolhu.. ehnve hama ehgotheh ves nuvy.. vrh dhera v.. ekam keeh kuraany dhw.. ekam mihaaru miothy vaahaka up vefaehnu… dhn ehn v ma dear mn happy vaane kamah ummeedhu kuran.. 🙂 jazakillah khairan dear.. 🙂 alhey.. vrh bodah sorry ingey ehaa dhigu inthizaareh dear mn lavvaa kuruvunyma.. hehe.. asluvestha? vrh ufaavehje.. 🙂 hehe.. hingaa dhw dhn vany kihineh tho balailan.. 🙂 heheheh..

  14. Mixuhan says:
    July 22, 2018 at 11:25 pm

    Alhey avahah upkhdheeba …kiyaa hithun keii nuvey …plx…haadha reeiichey

    1. aish noor says:
      July 23, 2018 at 5:07 pm

      Up kohfa iny mihaaru.. 🙂 heheh.. asluvestha? vrh vrh vrh ufaavehje dear thihe bunelyma.. 🙂 jazakallah khair dear.. 🙂

Comments are closed.

Next Episodeހުޅުކޮޅު 41←


All Right Reserved!