ރާސްތާ 18
އަަކްމަލްއަށް މައިކް ދިއްކޮށްލަމުން އެމީހާ ސުވާލުކުރިއެވެ. “الحمدلله. ވަރަށް އުފާވެއްޖެ މިހާ ޔަންގްއިރު ސާފްގެ ތަށި ނެގުނީމަ” އަކްމަލަކީ އެގޮތަށް އިންޓަވިއުދިން ކުއްޖަކަށް ނުވުމުން އޭނައަށް ކުޑަކޮށް އުނަދަގޫވިއެވެ.
ދެން ޕްރެޒެންޓަރ މައިކް ދިއްކޮށްލީ އަހުސަމްއަށެވެ. “ވަރަށް އުފާވެއްޖެ. ދެން އަކްމަލް ބުނިހެން މިހާ ހަގު އުމުރެއްގަ މިތަށި ރާއްޖެއަށް ހޯދައި ދެވުމުން. އަސްލު މީ ހުރިހާ ކުޅުންތެރިންނާ ކޯޗުންގެ ބުރަ މަސައްކަތް. ދެން ސަޕޯޓަރުންވެސް. އެެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިހާ ގިނަ ސަޕޯޓަރުން މިތަނަށް މެޗު ބަލަން އައިސާނެ ކަމަކަށް” އަހުސަމްވެސް އޭނާގެ ޝުޢޫރުތައް ބަންޑުން ކޮށްލިއެވެ.
” މީއަދި އަޅުގަނޑުމެންގެ ރާސްތާގެ ފެށުމޭ ބެނެލަން ބޭނުމީ އިންޝާﷲ މިއަށްވުރެ ބޮޑެތި ކާމިޔާބީތައް މިޓީމާއެކި އަޅުގަނޑުމެން ހޯދާނަން. މިހާރު ސާފް މިނެގުނީ ދެން އޮތީ އޭޝިޔާގައި އަޅުގަނޑުމެންގެ ހުނަރު ދައްކާލުން އިންޝާﷲ އެކަންވެސް އަޅުގަނޑުމެން ކުރާނަން.” އާރާޝްއަށް މައިކް ދިއްކޮށްލުމުން ޖޯޝާ ފޯރީގައި ވާހަކަ ދެއްކިއެވެ. މީ ދިގު ރާސްތާއެއްގެ ފެށުމެވެ. އެ ރާސްތާ ފުރިހަމަ ކުރުމަށްޓަކައި ނުހަނު ބުރަ މަސައްކަތް ކުރަން އެބަޖެހެއެވެ. ެ
މާނީ މާއިޒްގެ ރަން މެޑަލް ކަރުގައި އެޅިއެވެ. ނަވްޔާ އަކްމަލްގެ މެޑަލް އަތުލައިގެން އެ އެޅިއެވެ. އަކްމަލްއާ މާއިޒް އެމީހުންގެ ކޮއްކޮމެންނަށް މެޑަލް ދިނުމުން އާރާޝްވެސް އޭނާގެ ކޮއްކޮމެންނަށް މެޑަލް ދޭން ބޭނުންވިއެވެ. އެހެނަސް އޭނާގެ ދެކޮއްކޮ ތިބުމުން ދޭންވީ ކާކަށްކަމެއް އޭނާއަކަށް ނޭންގުނެވެ. “އާރާޝް ދީ އިޝްއަށް މަ ދޭނަން އަޝްކޮއަށް އައި ނޯ އިޓްސްގޮއިން ޓު ބީ އޯކްވޯޑް އެކަމްވެސް އިޓްސް ނޮޓް ގޮއިން ޓު ޗޭންޖް ދަ ފެކްޓް ދެޓް އިޝްމާ އިޒް ޔުއަރ ސިސްޓަރ. ސޯ ބީއަ ގުޑް ބްރަދާރ ލައިކް އަސް” އާރާޝްއަށް ވެފައި އިނީ ކިހިނެއްކަން އެނގުމުން އަހުސަމް ބުންޏެވެ. އާރާޝްއަަށް ފުރުސަތެއް ނުދީ އޭނަ ގޮސް އަޝްވާގެ ކަރުގައި މެޑަލް އަޅާދިނެވެ. އަންޖަލްއާ އަޝްވާ އެެއް އުމުރެއް ކަމުން އަހުސަމްދެކެނީ އަޝްވާވެސް އޭނަގެ ކޮއްކޮއެއް ގޮތުގައެވެ. އަހުސަމް އޭނާގެ ކަރުގައި މެޑަލް އަޅުވާދިނުމުން އަޝްވާ އުފަލުންގޮސް ފުމެން ފެށިއެވެ. އަދި ތިން ހަތަރު ފަހަރު އަހުސަމްއަށް ޝުކުރު އަދާކުރިއެވެ.
އާރާޝަށް އެހެން ގޮތެއް ނެތުމުން ބޯކަހަމުންގޮސް އިޝްމާއަށް މެޑަލްދިނެވެ. އިޝްމާ އެމެޑަލްގަ ހިފަން ދެކޮޅު ހެދިއެވެ. ” ޕްލީޒް އަޅާބަ ނުންނުއާ ނާޔާވެސް އެތިބީ އެމީހުންގެ ބޭބެމެންގެ މެޑަލް އަޅާގެން ދެން ކީއްވެ އިޝްކޮ ނާޅަން ތިއުޅެނީ. އާކޭގެތަ އަޅަން ބޭނުމީ؟” އާރާޝް އިޝްމާގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން ބުނެލިއެވެ. އެއާކު އިޝްމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިޝްމާއަށް ވީގޮތް ފެނިފައި އާރާޝްގާތަށް ހިނިއައެވެ. އަދި އިޝްކޮ ބޭނުމިއްޔާ ގެނެސްދީފަނަމޭ ބުނެ ހިނގައިގަތެވެ. އިޝްމާ އަވަހަށް އާރާޝް ހުއްޓުވިއެވެ. އަދި އޭނާ ބޭނުމީ އާރާޝްގެ މެޑަލް ކަމަށް ބުންޏެވެ. އަދި ފުރަތަމަ ފަހަރަށް ދޮންބެއޭ ކިޔާ އާރާޝްއާ މުޚާތަބް ކުރިއެވެ. އާރާާޝްވެސް ހިނިތުންވެލުމަށްފަހު އޭނާގެ ކޮއްކޮގެ ކަރުގައި މެޑަލް އަޅުވަދިނެވެ.
އިސްރާއަަށް ގެޔަށް ދެވުނުއިރު ހުރީ އެކެއްޖަހާ ބޮޑުވެފައެވެ. އޭރު ނިދިއައިސިގެން ގޮސްމިހާ ހުރީ ވެއްޓެން ކައިރިވެފައެވެ. އެކަމުވެސް ފޯނު ބަލާލީ އަހުސަމްގެ މެސެޖެއް އިންތޯއެވެ. ފޯނު ބާއްވަން އުޅެނިކޮށް އަހުސަމް ލައިވް ވީޑިއޯއެއް އިންސްޓްގްރާމުން ޖައްސައިގެން އުޅޭކަމަށް ނޮޓިފިކޭޝަން އައެވެ. އޭނާ އަވަހަށް ވިޑިއޯއަށް ޖޮއިންކުރިއެވެ.
އާލާއިނީ އަހުސަމް ތަށި ހިފައިގެން ކުރަމުންދިޔަ ލައިވްވީޑިއޯ ބަލާށެވެ. އެހެން ހުއްޓާ ޕްރިންސެސް އިސްރާ ކިޔާ ކުއްޖަކު ވިޑިއޯއަށް ޖޮއިންވިއެވެ. އަދި ފުރަތަމައިނުންވެސް ހިތެއް ފޮނުވާލިއެވެ. އެއީ މާނީމެންނާ އެއްކޮށް އުޅޭ އިސްރާތޯ ޔަގީންކުރަން އާލާ ބޭނުންވިއެވެ.
އަހުސަމް ވީޑިއޯ ލައިވް އަވަހަށް ނިއްވާލީ މަންމަ ބަލަން އިން ވީޑިއޯއަށް އިސްރާ ޖޮއިންކޮށްފަ ހިތެއް ފޮނުވީމައެވެ. އިސްރާއަށް އޭނާގެ މަންމައިންކަން ނޭންގޭނެކަން އަހުސަމްއަށް އިނގެއެވެ.
އާލާގެ ޝައްކު ޔަގީންވީ ވަގުތުން އަހުސަމް ލައިވް ނިއްވާލީމައެވެ. އޭނާ ދެން އިސްރާގެ އައިޑީ ބަލާލިއެވެ. އިސްރާގެ އިނީ ޕްރައިވެޓް އެކައުންޓެއްކަމުން ފޮލޯ ރިކުއެސްޓެއް ފޮނުވާލިއެވެ.
އިސްރާ ހިތެއް ފޮނުވި ތަނުން އަހުސަމް ލައިވް ނިއްވާލީމަ އޭނާގެ ހިތުގައި ޖެހުނެވެ. އިސްރާ ހީކުރީ އަހުސަމް ކަމަކާ ހިތްހަމަ ނުޖެހުނީކަމަށެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވީ އަހުސަމް ވައިބާއިން އޭނައަަށް ގުޅުމުންނެވެ.
“އޭއި އައި އޭމް ސޮރީ އިނގޭ. މަންމަ އިނީ ވިޑިއޯއަށް ޖޮއިންކޮށްގެން އެހެންވެ ނިއްވާލީ” އަހުސަމް ފުރަތަމާނުންވެސް ވީކިހިނެއްކަން ބުނެދިނެވެ. އާލާގެ ވާހަކަ ބުނުމުން ޖާޒީގަންނަން ދިޔަރޭ ހިނގާދިޔަ ހާދިސާމަތިން އިސްރާ ހަނދާންވިއެވެ. ” ހެހެ އިޓްސް އޯކޭ. އިނގޭތަ ރޭގަ އަހޫ މަންމައާ ދިމާވި” އިސްރާ އެރޭގެ ހާދިސާ އަހުސަމްއަށް ކިޔާދިނެވެ.
ރައުފާމެން ތިބުމުން ނަވްޔާއަށާ މާއިޒްއަށް ވާހަކަދެއްކޭ ގޮތެއްނުވިއެވެ. ދެމީހުންވެސް ނިކަން މޮޅަށް އެކްޓްކުރިއެވެ. ރައުފާމެންނަށް ޝައްކެއް ވާނެ އެއްކަމެއްވެސް ނުކުރެއެވެ. އާރާޝްމެން ދޭތެރެއަކުން މާއިޒްއާ ދިމާކޮށްލައެވެ. ފުޓުބޯޅަ ކުޅުމަށްފަހު ލިބޭ ހުސްވަގުތުގައި އެކްޓްކުރަން ދާން ރަނގަޅުވާނެކަމަށް ބުނެ އެމީހުން އޭނަޔާ ދިމާކުރިއެވެ.
ދެދުވަސް ފަސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި ވަނީ ރަތްދޫލަ އަޅާފައެވެ. ދެފަރާތުގައި ސަރުކާރުގެ ބޮޑުން އެތުރިލައިގެން ތިއްބެވެ. ހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޤައުމީޓީމު ގޮވައިގެން އަންނަ މޯލްޑިވިއަންގެ ބޯޓަށެވެ.
ބޯޓުރަންވޭގައި ޖެއްސުމާއެެކު އެންމެ ފުރަތަމަވެސް ފޭބީ އަކަމްލްއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ފެންނައިރު އަކްމަލް ނުހަނު ރީއްޗެވެ. ެެެެެެެެެ އެގޮތަށް ހެދުން އަޅާފައި ހުރުމުން ހަރުމީހެއް ފާޑުޖަހައެވެ. އަކްމަލްގެ އަތުގައި އޭނައަަށް ލިބުނު ދެ އެވޯޑް އޮތެވެ. ކަރުގައި އަޅާފައި އޮތް ރަން މެޑަލްގެ ސަބަބުން އޭނާ އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަކްމަލްގެ ފަހަތުން އާރާޝްފޭބިއެވެ. އޭނާގެ އަތުގައި ރަން ބޫޓު އޮތެވެ. އާރާޝް ހީވަނީ ހޮލީވުޑްގެ ފިލްމީތަރިއެއްހެންނެވެ. ރަންވޭގައި ތިބި އަންހެނުންގެ ލޯތައް އޭނައަށް އަމާޒުވަމުންދިޔައެވެ. އެއިން ކަމަކަށް ފަރުވާލެއްނެތި އާރާޝް ބޯޓުންފައިވައިގެން ރަތްދޫލަމަތީގައި ހިނގާލައިފައި ދިޔައެވެ. ޓީވީން އެމަންޒަރު ބަލަމުން ދިޔަ އެތައް އަންހެންކުދިންނެއްގެ ހިތް އޭނާއަށްޓަކައި ފިދާވަމުން ދިޔައެވެ.
ބޯޓުން އެންމެ ފަހުން ފޭބީ ނަވީނޭވެ. އޭނާގެ އަތުގައި ތަށި އޮތެވެ. ތަށި ނަގައި ކެމެރާއަށް ދިއްކޮށްލަމުން ނަވީންއޭގައި ބޮސްދިނެވެ. އެމީހުން އެއާޕޯޓްތެރެއަށް ވަނުމާއެކު ކުރުނބާއިންނާ މާފަތިން މަރުހަބާ ކިޔެވެ.
މާނީ ތައްޔާރުވަމުންދިޔައީ އިއްޒުއްދީން ފާލަން ދޮށަށް ދާށެވެ. ދުވަހަކުވެސް ކުލަހެދުމެއް ނުލާ މާނީ ހުރީ ރަތްކިލައިގެ އަބާޔާއެއްލައިގެންނެވެ. ލޯގަނޑުކުރިމަތީ ހުރެގެން އެތަށްފަހަރަކު އެހެދުން އޭނާއާ ގުޅޭތޯބެލިއެވެ. އަލަމާރިން ދެތިން ޝޯލެއް ނަގައިގެން ހެދުމާއި އެންމެ ގުޅެނީ ކޮން ޝޯލެއްތޯ އޭނަ ބެލިއެވެ. އެހެނަސް އޭނާއަށް އަޅާނެ ޝޯލެއް އިޚްތިޔާރުނުކުރެވިގެން އުޅެނިކޮށް ނަވްޔާ އިޝްމާ އަދި އިސްރާ ކޮޓަރިއަށް ވަނެވެ. “ހިނގާ މާނީ ބަހައްޓާފަދާން އަދި އެހެރީ ޝޯލްވެސްނާޅާ. މަށަށް ޔަގީން އަޅާނެ ޝޯލެއް ޗޫޒް ނުކުރެވިގެން އެއުޅެނީ. އަން މީތި އަޅާ. އޯކޭދޯ މަ އަޅުވަ ދިނަސް؟ މާނީ އަމިއްލައަށް އަޅަންވެއްޖެޔާ މާދަން އިރުއަރާއިރުވެސް ނުނިމޭނެ މަބޭނުން އަހޫ މާލެ އަންނަންވާއިރަށް އެތާ ހުންނަން” އިސްރާ މާނީ އަތުގައި އޮތް ކަޅުކުލައިގެ ޝިފޯންޝޯލް އެއްއަތުން ހިފައިގެން އަނެއް އަތުން މާނީ ދަމަމުން ގެންގޮސް ލޯގަނޑުކުރިމަތީ ބޭންދިއެވެ. ތިންމިނެޓްތެރޭ ރީތިގޮތަކަށް އިސްރާ މާނީގެ ޝޯލްއަޅުވަދިނެވެ. އޭނަ އަތްމަތި އަވަސްކޮށްލައިގެން އުޅުނުގޮތުން ނަވްޔާއާ އިޝްމާއަށް ހެވެއެވެ. އިސްރާ ހުރީ އަހުސަމްގެ ސޫރަ ދެކޭހިތުން ކެތްމަދުވެފައެވެ. ހަމަލޮލަށް އަހުސަމްގެ ސޫރަ ނުފެންނަތާ ދެހަފްތާވެއްޖެއެވެ.
ދެންތިބި ކުދިންނަށްވުރެ ކުރިން އިސްރާ ގެއިން ނުކުންނަން ދިޔައެވެ. ދޮރުހުޅުވާފައި ނުކުންނަން ބަލާލިއިރު ކުރިމަތީގައި ހުރި އާލާފެނި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ.ހިންދިރުވާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.






Wow… hama awesome?????❤❤
Slm all. Miothy mi storyge 18vana part. Lasvikamah takaa kiyuntheringe kibain maafah edhen. Midhuvas kolhu kudakoh busy koh ulheythyve ehaa time eh nuvey liyaakasheh. Ehenve comments thakah vx reply nukureveny. Hykuran hurihaa kiyuntherin ves alhugandah maafkohdheyne kamah. Ly all.
Wow ? salhiiiii… I want tht thashi mifaharu aslukoh ves! ????
Alhey.. i dont get it.. wats happnin in this story?? haadha dheravey getu nuvaathyy.. kuda koh kiyaala dhevidhaanetha emmen ge relations.. arasha n ishma ge speciallyy.. emeehun ge kurin onnany kon gulhumehtha
Supporter…alhugandah ves heevany..ish eiy arash ge step sister hen.yeah dhen maanyaai maaiz aky .arash and ishma ge cousins…arash cousins vany daad ge sid in..and ishma ya cousins vany mom ge sid in….alhugandah ves emme furathama geteh nuvi ekamaku than kolheh rangalhah visnaalyma inguny…dont be sad.. u’ll understand soon (inshallah)????❤❤❤
Yess dear unknown girlll ebuny ragalhah.first
maaiz and maany eii e badu ehbappa.Dhen arash ge ehbafaa kokko eii ishma and ashvaa.maaiz ge aa arash men ge dad aa eii ehbadu ehbappa dhemeehun.dhen maainy and ishma ge mom vex eii ehbadu ehbappa (arash ge mom afra vex eii e meehun ge ehbadu ehbapaa kokko but fahun e bai annane ehkon.dhen afra ge besty eii aala ( ahusham and anjal ge mom).dhen ishra and navya eii maany and ishma ge friends.maaiz aa navya ulheny rahtehi vegen.dhen ahusham n ishra vex.adhi fahun bodah arash and eyna ge mom ge past igeyny.
ummedh kuran mi kiyaa dhin gothun igeyne kamah.
*maaiz ge dad aa arash ge dad eii eehbadu ehbafa*
Alhugandah ves varah olhun nu filaa mi story ga ulhey meehunge relations…. kurin part akah comment ves kollin kudakoh kiyaidheebalaashey kiyaafa ves… writer buny kuriyah huri bai thakuga doubts thah clarify kodhdheynamey… I know story egga viyyaa questions ves hunnan jeheyne… like Arash and ishma ge realation….. e bai bai nu kiyaidhinas mihaaru ingen huri relations thah thankolheh saafu koh vaki vakin kiyadhevi dhaanehen alhugandah heevany….. don’t think this is a negative comment…. Hama hithuga oi gothah buneleemi…. Ummeedhu kuran e varu olhun filuvaala dheyne kamah… ?
Btw story is really good ?♥️
SAME..AARAASH N ISHMAA GE..N MAANY VS
=RepanzaL=
Supporter…alhugandah ves heevany..ish eiy arash ge step sister hen.yeah dhen maanyaai maaiz aky .arash and ishma ge cousins…arash cousins vany daad ge sid in..and ishma ya cousins vany mom ge sid in….alhugandah ves emme furathama geteh nuvi ekamaku than kolheh rangalhah visnaalyma inguny…dont be sad.. u’ll understand soon (inshallah)????❤❤❤
Supporter…alhugandah ves heevany..ish eiy arash ge step sister hen.yeah dhen maanyaai maaiz aky .arash and ishma ge cousins…arash cousins vany daad ge sid in..and ishma ya cousins vany mom ge sid in….alhugandah ves emme furathama geteh nuvi ekamaku than kolheh rangalhah visnaalyma inguny…dont be sad.. u’ll understand soon (inshallah)????❤❤❤
9
Masha allah vvv salhi. But ebahuri typing mistake .next part ga ragalhu kohlahjey. waiting 4 nw part.
salaam-?????
OMG… israa maidhaitha kurimahchah dhw… haha… mi part vs hama eh vana… curiously waiting for the nxt part…
vvvvv reethi mi story….. heheh yay they came back to Maldives dhw