Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 41

hygge Level 510 Stories100 Comments100 Login500 Comments
July 23, 2018 6 Mins Read
29 Comments

ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ކުރިމަތީގައި މިހާރު އެހުރީ އޭނާއަށް އަބަދުވެސް އެންމެ ގިނައިން އުނދަގޫ ކުރި އަންހެން ކުއްޖާއެވެ. ކުޑަ ކުޑަ ކަމަކާއި ހުރެ އައި ރުޅީގައި އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ކުއްޖާއެވެ. ގޮތް ދޫނުކުރި ނަމަވެސް އެކަމުންވެސް ހައްދު ފަހަނަ އަޅާފައި ހުރި އަންހެން ކުއްޖާއެވެ. އެކުއްޖަކަށް ހެޔޮ ވިސްނުން ދެއްވުން އެދި ޒިވާ އެތަކެއް ފަހަރު އެކުއްޖަކަށްޓާކައި ދުޢާ ކުރި އަންހެން ކުއްޖާއެވެ. އާނއެކެވެ. އެތަކެއް އަހަރަކަށް ފަހުވެސް އެއީ ހަމަ އެ ރައިފާއެވެ. ޒިވާއަކަށް އެ ނޫކުލައިގެ ދެލޮލެއް ނޯޅޭނެއެވެ.

“ރަ.. ރައިފާ..” ޒިވާ އޭނާގެ އަތްތިލަ މޭގައި ޖައްސާލަމުން މަޑުމަޑުން ރައިފާގެ ނަން ކިޔާލިއެވެ. އެހިނދު ރައިފާ އެއް މިޔަކަނުން ހީލިއެވެ. އޭނާ ހުރީ ކަޅު އަބާޔާއެއް ލައިފައެވެ. އެޔާއެކު އޭނާ އަޅާފައި ހުރި މޫނުބުރުގާ ނަގާފައި ހުރުމުން މޫނު އޮތީ ހާމައަށެވެ. މިޔޮށް ހުރިހާދުވަހު ދެލޮލަށް ލައްވާފައި ހުރި ލެންސް ވެސް މިއަދު ހުރީ ނަގައިފައެވެ. ރައިފާގެ ކަނާއަތް ފަހަތަށް ލައިފައި ވުމުން ހީވަނީ އެއްޗެއް ފޮރުވަންވެގެން އުޅޭ ހެންނެވެ.

“އާނ.. ރައިފާ.. ރަނގަޅަށް ތި ހީވީ ހަމަ.. މީ އެ ރައިފާ.. ބުނީމެއްނު އެ ދުވަހުވެސް އަހަރެން އަދި އަންނާނަމޭ ޒިވާ ކައިރިއަށް.. ހަނދާން ވޭތަ؟” ޒިވާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ރައިފާ ބުނެލިއެވެ. އެވަގުތު ޒިވާއަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. “މޮޔަ ކުއްޖާ.. ޒިވާއަކަށް ނޭނގުނު މަސްދުވަހަށްވުރެ ގިނަ ދުވަހު ތިގޭގަ އަހަރެން އުޅުނު އިރުވެސް.. ތަންކޮޅެއް ވިސްނާލައިފަ މީހުންނަށް އިތުބާރު ކުރައްޗޭ މީގެ ފަހުން..” ދެން ރައިފާ ބުނެލި ވާހަކައިން ޒިވާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ.

ޙަޤީގަތުގައިވެސް ރައިފާ އެދައްކަނީ ތެދު ވާހަކަ ތަކެއް ބާވައެވެ؟ އޭނާ މިޔޮށް ހުރިހާދުވަހު ހެޔޮ ހިތުން އެގޭގައި ބަހައްޓައިގެން ގެންގުޚުނީ އަރޫފާގެ ނަމުގައި ރައިފާ ހެއްޔެވެ؟ ތަޤުދީރު އޭނާއާއި މެދު އަނެއްކާވެސް ބޮޑު ކުޅިގަނޑެއް ކުޅެނީ ހެއްޔެވެ؟ ޒިވާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ.

“ހެހެ.. ޤަބޫލެއް ނުކުރެވޭ ދޯ.. އާނ.. އަރޫފާއެއް ނޫން އެއީ.. އެއީ އަހަރެން.. ރައިފާ.. އަހަރެން މޫނު ނުދައްކަނީ ކީއްވެ؟ އެއީ ޒިވާއަށް އިނގިދާނެތީވެ.. މި ދެލޮލުގެ ކުލައިން ޒިވާއަށް އަހަންނާމެދު ޝައްކުވެދާނެތީވެ އެކަންވެސް ފޮރުވުމަށްޓަކައި ލެންސް ލެއްވީ..” ރައިފާ ކަންތައް ކުރިގޮތް އޭނާ އަކުރުން އަކުރަށް ކިޔައިދެމުން ދިޔައެވެ. ޒިވާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ރައިފާ އެހުރިހާ ކަމެއް އެކުރީ އެހެން ވީމާ ވަރަށް ކުރިން ޕްލޭން ކޮށްގެން ތާއެވެ. ކޮންމެޔަކަސް ރައިފާގެ ޕްލޭން ކާމިޔާބު ވެއްޖެއެވެ.

***

ޒަޔާން މަސައްކަތް ކުރާ ޑިޕާޓްމެންޓްގެ ހެޑް ކަމުގައިވާ އަންވަރު އިނީ އޭނާގެ ކެބިންގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކޭސް ގެ ކަންތައްތައް ބަލާށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ މޭޒުގެ ވަތްގަނޑު ހުޅުވާލީ އޭގެ ތެރޭގައި އޮތް ފޮތެއް ނެގުމަށެވެ. ނަމަވެސް އެ ފޮތް ނެގި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ދަށުގައި އޮތް ފޮޓޯގަނޑެވެ. ނުފުށުން އޮތް އިރު އަންވަރުގެ ހިތުގައި އެ ފޮޓޯގަނޑުގައި ވަނީ ކޯންޗެއްކަން ބަލައިލުމުގެ ޝައުޤުވެރިކަން އުތުރި އަރައިގަތެވެ. އެހެން ކަމުން މަޑުމަޑުން އަތް ގެންގޮސް ފޮޓޯގަނޑު ނަގަން ފެށިއެވެ. އެހިނދު އޭނާގެ ހަނދާނަށް އައީ ޒަޔާން މަތިންނެވެ. އެއީ ޒަޔާން އެއްދުވަހެއްގައި އޭނާގެ އެދުމަކަށް ގެނައި ފޮޓޯގަނޑެކެވެ. އަންވަރު އެ ފޮޓޯގަނޑު ރަނގަޅު ކޮށްލި ވަގުތު ދެލޯ ތަންމިނަށް ބޮޑުވެގެން ދިޔަ ގޮތުން ހީވީ ލޮލުގެ ގޮބޮޅިގަނޑުވެސް ނިކުމެދާނެ ހެންނެވެ.

މި ދިމާވީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ އޭނާގެ އަތުގައި މިހާރު އެޔޮތީ ޒަޔާން ބުނި ގޮތުގައި އޭނާ ހޯދަމުން އަންނަ ކުއްވެރިންނެވެ. ހަމަ އެއާއެކު އެއީ އަންވަރުމެން އެންމެ އިސްކަމެއް ދީގެން ޑްރަގްގެ މައްސަލައެއްގައި ހޯދަމުން އަންނަ ކުއްވެރިންވެސް މެއެވެ. އަންވަރުގެ ހިތަށް އުފާވެރިކަން ވެރިވީ އެމީހުން އަވަސް މުސްތަޤުބަލެއްގައި ހޯދިދާނެ ކަމުގެ އުންމީދު ބޮޑުވުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ހިތަށް ނުތަނަވަސްކަން ވެރިވީ އެދުވަހު ޒަޔާން އާއި ދިމާލަށް ކިޔުނު އެއްޗެހީގެ ސަބަބުންނެވެ. އެހެން ނަމަވެސް އޭނާ އެކަން ބޭއްވުމަށްފަހު ކުއްވެރިޔާ ހޯދުމައިގެން ކުރިޔަށް ދާން ނިންމިއެވެ.

ފޮޓޯގަނޑު މޭޒުމަތީގައި ބާއްވާލުމަށްފަހު އަވަސް ޙަރަކާތަކާއި އެކު އޭނާގެ ގާތުގައި އޮތް ފޯނު ނަގައި ކޮންމެވެސް މީހަކަށް ގުލާލިއެވެ. އެއަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ހަށިގަނޑު ތެދުކޮށްލާ ކުރިމަތީގައި އިން ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ.

***

“އަހަރެން މި ކަންތައްތައް ކުރީ ކީއްކުރަންކަން ޒިވާއަށް އިނގޭތަ؟ އެހާ ދިގު އިންތިޒާރެއް ކޮށްގެން ޒިވާގެ ފަހަތުން އެނބުރުނީ ކީއްވެގެންކަން އިނގޭތަ؟ ހެހެހެ.. ފާތިމަތު ރައިފާ ޒިވާ ކައިރިން ދުރަށް ނުދިޔައީ ޒިވާ ކުރި ކުށުގެ ސަބަބުން.. ބަދަލުގައި މިކަން ކުރަން ވެގެން..” ރައިފާ ވާހަކަ ދައްކަމުން ގޮސް ފަހަތަށް ލައިގެން އޮތް އޭނާގެ އަތް ނެގިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިވާއަށް އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަލާލެވުނެވެ. ޒިވާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވަމުން ދިޔައެވެ.

“ނޫން ރައިފާ.. ހެޔޮނުވާނެ.. އަދިވެސް އެއްފަހަރު ވިސްނާލާ.. ތިއީ އެންމެ ރަނގަޅު ގޮތެއް ނޫން.. ތިކަން ކޮށްފަ ރައިފާއަކަށް އެއްވެސް އުފަލެއް ނުލިބޭނެ.. ރައިފާ.. މައްސަލައެއް ނެތް.. އަހަރެން ރައިފާގެ ފައިބުޑަށް ވެއްޓިގެންވެސް މާފަށް އެދިދާނަން.. ހެޔޮނުވާނެ ތިހެން ނަހަދާ..” ޒިވާ އޭނާގެ އަށްމަހުގެ ބަނޑުގައި އަތް ޖައްސާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔައިރު ދެލޮލުން ކަރުނަ ނުހިކެއެވެ. ސަލާމަތަށް އެދޮ ހަޅޭތް ލަވައިގަންނަންވެސް އޭނާގެ ހަނދާނުގައި ނެތް ފަދައެވެ.

“ހޫމް.. އެހެން ވީމަ މިކަން ނުކޮށް އިހަށް ތިކަން ދޯ ކުރުވަން ވީ.. އެހާ ފަސޭހައިން ޒިވާގެ ވަސް ފުހެލާކަށް އަހަރެންގެ ހިތެއް ނުބުނޭ..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން ރައިފާ ބުނެލިއެވެ. އޭނާގެ ހިތުގައި ރަޙުމެއް ކުލުނެއް ނުވަނީ ހެއްޔެވެ؟ ޒިވާ ގާތު އޭނާ އެ އެދުނީ އޭނާގެ ފައިބުޑަށް ވެއްޓުމަށެވެ. އެއީ ވެސް އަންހެނެކެވެ. ނަމަވެސް ރައިފާއަށް މިއަދު ޒިވާގެ އިޙުސާސްތައް ދެނެ ނުގަނެވުނެވެ.

ޒިވާއަށް ކުރިން އޭނާއަށް ބުނެވުނު ބަސް ރޭކާލީ އަދި ކިރިޔާއެވެ. އޭނައަށް އެބުނެވުނީ ކޮންފަދަ އެއްޗެއް ހެއްޔެވެ؟ އޭނާއަށް ކުރެވޭ ކުޑަ ކުޑަ ކަމަކުންވެސް އޭނާގެ ބަނޑުގައި އެޔޮށް ކުށެއް ނެތް މައުސޫމް ފުރާނައަށް ގޮތެއް ވާކަށް ޒިވާއެއް ނޭދެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާއަށް މިއަދު އެވަނީ މަޖުބޫރު ވެފައެވެ.

“ހާދަ ލަސްވެއްޖޭ އެ ގްރޫޕް.. ތިބެދާނެ ދެން އެއްޗެހި ބަލަންވެސް.. އަންހެނުންނޭ އެއީ..” ހިނިގަނޑެއް ޖަހާލަމުން އަދްޔަން ބުނެލިއެވެ. އެހިނދު ދެން ތިބި ދެ ޒުވާނުންވެސް އެކަމާއި އެއްބަސްވަމުން ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް އެމީހުން ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް އެޅުމުގެ ޚިޔާލެއް ނުކުރިއެވެ.

ޒިވާ ކަރުނަވީ ދެލޮލުން އޭނާގެ ބަނޑުގައި ޖައްސާލައިގެން ހުރި އަތާއެއްކޮށް އެ ބަނޑަށް ބަލައިލިއެވެ. އެ ދަރިފުޅަށް ދެރަ ގޮތެއް ވާކަށް އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ. ޒިވާގެ ސިކުނޑީގައި ހިނގަމުން ދިޔަ ހައިޖާނަށްވެސް މަޑުޖެހިލުމެއް ނާދެއެވެ. ރައިފާގެ ފައިބުޑަށް ވެއްޓޭކަށްވެސް އޭނާގެ ހިތެއް ނޭދެއެވެ. އެކަން ނުކޮށް ރައިފާގެ ފަރާތުން ޙަމަލާއެއް އޭނާގެ ބަނޑަށް އަރާކަށްވެސް އޭނާގެ ހިތެއް ނޭދެއެވެ. ޒިވާ އޭނާގެ ކަނާއަތުން ބޮލުގައި ކުޑަކޮށް ހިފާލީ ބޮލުގައި އުފެދެމުން ދިޔަ ތޫފާނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. ހިތާހިތުން ދުޢާ ކުރަމުން ދިޔައީ އޭނާއަށް ކޮންމެ ގޮތެއް ވިޔަސް ދަރިފުޅު ސަލާމަތް ކޮށްދެއްވުން އެދިއެވެ.

“އަނހަ ހަ.. އެއް މިނިޓް..”ޒިވާ ކުރިޔަށް އަޅަން އުޅުނު ފިޔަވަޅު ރައިފާ ހުއްޓުވިއެވެ. އެހެންކަމުން ޒިވާ ހިތާހިތުން ﷲއަށް ޙަމްދުކޮށްލިއެވެ. “ހެލޯ.. އަހަރެން ބުނީމެއްނު ކަލޭގެ އެހީތެރިކަން އަހަންނަށް ލިބުން ހުއްޓުނަސް އަހަރެން އެކަމެއް ކުރަން މި ރާއްޖެއަށް އައި ކަންތައް ކޮށް ނިންމާނަމޭ… ހަހަ.. މިއަދު އެކަން ފުރިހަމަ ވާނެ.. ބަލަން ހުންނައްޗޭ.. މަށަށް ވަރިހަމަ ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް.. މަށެއް ފަހެއް ނުޖެހޭނެ.. އަދި މާ ޝެއިޚުވެގެން އެބައުޅެޔެއްނު.. ހުއް.. މަށެއް ބިރެއް ނުގަންނާނެ ކަލޭ ކޮންމެ އެއްޗެކޭ ކިޔަސް ނޫނީ ކޮންމެ ކަމެއް ކުރިޔަސް.. މަށެއް ފަހެއްވެސް ނުޖެހޭނަށް.. އިނގިއްޖެތަ؟

މަގޭގެ ޝިކާރަ މިހާރު މިހުރީ މާގޭ މުށުތެރޭގަ.. ވަރަށް އަވަހަށް ދެން ކުރަން އޮތް ކަންތައްވެސް ކޮށް ނިންމާނަން.. މަށަށް ހެޔޮ ކަލޭ ކޮންމެ މީހެއް ކައިރީ ކޮންމެ އެއްޗެކޭ ކިޔަސް.. ކާކު ޤަބޫލު ކުރާނީ.. ހެހެ.. ތީވެސް ހަމަ މި ފިޔަވަޅު މަތިން އަހަންނެކޭ އެއްގޮތަށް ހިނގި މީހެއް.. އެކަކުވެސް މިހާރު ކަލެއަކަށް އިތުބާރެއް ނުކުރާނެ..” ރައިފާ ލައުޑް ސްޕީކަރަށް ލައިގެން ހުރެގެން ކޮންމެވެސް މިހަކާއި ވާހަކަ ދައްކަމުން ދިޔައެވެ. އެއިރު އޭނާ ހުރީ ޒިވާގެ ކުރިމަތީގައެވެ. އެވަގުތު ޒިވާގެ ހިތް އެތަކެއް ފަހަރު އެތަނުން ދުވެ ފިލަން އެންގި ނަމަވެސް އެހެން ކަންތައް ކުރަން އުޅުމުގެ ތެރޭ ގޯސްކޮށް ކަމެއް ވެދާނެ ކަމަށް ސިކުނޑި ބުނަމުން ދިޔުމުގެ ސަބަބުން ޒިވާ ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. އެގޮތުގައި ހުއްޓާ ރައިފާ ފޯނު ކަނޑާލިއެވެ. އެއަށްފަހު ޒިވާއަށް އެންގީ ކުރިންވެސް ކުރަން އޭނާ އެންގި ކަމެވެ.

ޖެހިލުންވެފައި ހުރެ ޒިވާ މަޑުމަޑުން ގުދުވަމުން ދިޔައަވެ. “ނޫން..” ޒިވާއަށް ކުއްލިޔަކަށް ހުއްޓެވުނީ ފަހަތުން އިވިގެން ދިޔަ އަޑުންނެވެ. ތެދުވެލުމަށްފަހު ފަހަތަށް އެނބުރިލީ އިރު އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ﷲއަށް ފަށްފަށުން ޙަމްދު ކޮށްލެވުނީވެސް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ﷲ ގެ އިރާދަފުޅުން ދެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައިފާ ގާތުން ސަލާމަތް ވެދާނޭ އޭނާގެ ހިތް ބުނަން ފެށިއެވެ.

ރުޅި އައިސް ރަތްވެފައި ރައިފާ އާއި ޒިވާއާއި ވިއްސަކަށް ފޫޓު ދުރުގައި ހުރީ މައިހާ އެވެ. އޭނާއާއި ނުހަނު ގާތުގައި އަޔާނިވެސް އަލީނާ އުރާލައިގެން ރުޅި އައިސްފައި ހުއްޓެވެ. މައިހާ އާއި އަޔާނީ އެތަނަށް އައުމުން ރައިފާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ނަމަވެސް އެކަން ނުދެއްކޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. “ވަރަށް ދުވަހު ކެތްކުރިން އަހަރެމެންވެސް.. ރައިފާގެ އުނދަގޫތައް ޒިވާއަށް ކުރިމަތިވަމުން ދިޔައިރުވެސް އަހަރެމެން ކަމެއް ނުކޮށް ތިބި ކީއްވެކަން އިނގޭތަ؟ އެއީ ރައިފާގެ ތި ޝިކާރައިގެ ގޮތުގައި ދެކެމުން އަންނަ އަންހެން ކުއްޖާގެ ރަނގަޅުކަމުން.. އޭނާ ނޭދެނީ ރައިފާއަށް ދެރަ ގޮތެއް ވުމަށް.. އޭނާ އަބަދުވެސް ބުނަމުން އައީ ރައިފާއަށް އެއްދުވަހަކުން ވިސްނޭނެ ކަމަށް.. އެކަމަކު އެހެންނެއްވެސް ނުވިތާ.. މިފަހަރު އަހަރެމެންވެސް ވަކި ދުލެއް ނުކުރާނަން.. ރައިފާ ތި އުޅުން ދޫކޮށްލާކަށް ނުވޭތަ؟ ތީ މީހުން އުޅޭ ގޮތް ނަމަވެސް ރަނގަޅު..” މައިހާގެ ރުޅިގަނޑު ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.

ރައިފާ ހުރީ ދެބުމަ ގާތްކޮށްލައިގެންނެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ ވަގުތު ފާއިތު ނުވަނީސް އޭނަ ކުރަން އައި ކަންތައް ކުރުމަށެވެ. ނަމަވެސް އޭނާ އިހަށް މަޑުކޮށްލައިގެން ހުރީ މައިހާ ކިޔާ އެއްޗެއް މިފަހަރު ދެން އޭނާވެސް އަޑު އަހާލާނީއޭ ހިތާއެވެ. އޭނަގެ ޕްލޭން މިފަހަރު ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައިފާއަށް އޮތެވެ.

ނާއިޝް އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރީ ގަބުއަރައިފައެވެ. ރައިފާ ދެންމެ ދައްކަމުން ދިޔަ ވާހަކަތައް އޭނަގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. އެހެން ހުރުމަށްފަހު އަވަސް އަވަހަށް އޭނާ ޒަޔާންގެ ނަންބަރު ހޯދުމަށްފަހު އެ ނަންބަރަށް ގުޅާލިއެވެ. އެއަށްފަހު ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެއިރުވެސް އޭނާގެ މޫނުމަތީގައި ދާތިކިތައް ދިޔައީ ވިދަމުންނެވެ. ޒަޔާން ފޯނު ނަގާލެއް ލަސްވުމުން ނާއިޝް އޭނާއަށް ކުދި ކިޔާލިއެވެ. އިރުކޮޅެއްގެ އިންތިޒާރަކަށްފަހު ޒަޔާން ފޯނު ނެގުމުން ނާއިޝް އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު ކަން ހިނގާދިޔަ ގޮތް އަކުރުން އަކުރަށް ކިޔައިދިނުމަށްފަހު އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ގޮސް ގެއިން ނިކުންނަން ދިޔައެވެ.

ޒަޔާން ފޯނު ކޯލުގައި ހުއްޓާ އޭނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުންނާއި ބުނި ދެތިން ބަހުންވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޔައީޝް އަށާއި އަދްޔަންއަށް އެނގުނެވެ. އެހެންކަމުން ކެތްތެރިކަމާއެކު ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައީ ޒަޔާން ފޯނުކޯލު ނިންމާލާނެ އިރަކަށެވެ. “ކިހިނެތްވީތަ ޒަޔާން؟” ޒަޔަން ފޯނު ކަންފަތާއި ދުރުކޮށްލި ވަގުތު ޔައީޝް އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. އެހިނދު ޒަޔާންގެ މުނުމަތިން ނުތަނަވަސްކަން ފާލުވާން ފެށިއެވެ. “މިތާ އަހަރެމެންނަށް އެންމެ ހިނދުކޮޅަކުވެސް ތިބެގެން ކަމަކު ނުދާނެ.. ހިނގާ އަވަހަށް އަހަންނާއެކު..” ޒަޔާން ވީ ކަމެއް ނުބުނެ އަވަހަށް ކުރިޔަށް ދިޔުމަށްޓަކައި ފިޔަވަލެއް އަޅާލިއެވެ. ނަމަވެސް އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނީ އަނެއްކާވެސް އޭނައަށް ފޯނު ކޯލެއް އައެވެ. ޒަޔާން ދެބުމަ ގާތް ކޮށްލިއެވެ. އޭނާ ޖީބުން ފޯނު ނަގަން އުޅެނިކޮށް ފޯނު ކެނޑުނެވެ. އެހެން ކަމުން އަލާނުލައި ދާން އުޅެނިކޮށް އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ދެބުމަ ގޮށްޖަހާލަމުން ޒަޔާން ޖީބުން އަވަހަށް ފޮނު ނެގިއެވެ. އެއިރު އޭނާއަށް ގުޅަނީ އަންވަރު ކަމުން ފޯނު ކޯލު ނަގަން އަވަސްވެގަތީ މިވަގުތު އަންވަރުގެ އެހީ އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާތީއެވެ. އޭނާ ފޯނު ކޯލު ނަގައި ހަލޯ އޭ ބުނެލިތަނުން އަންވަރު ވާހަކަ ދައްކަން ފެށިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ޒަޔާން.. ޒަޔާން ހޯދަން ތިއުޅޭ މީހުންނާއި މިހާރު އަހަރެމެން ހޯދަން މިއުޅޭ މީހުންނާއި އެއީ އެއްބައެއް.. ދެން އަހަރެމެން ގުޅިގެން މަސައްކަތް ކުރުމުން ކުއްވެރިން ހޯދަން ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ ކަންނޭނގެ.. އެހެން ވީމަ އަހަރެން އެދެނީ އެގޮތަށް ކަންތައް ކޮށްދިނުމަށް..” އަންވަރު ޖޯޝާއިއެކު ބުނެލިއެވެ. އެހިނދު ޒަޔާން އަވަހަށް އަންވަރުގެ އެހީ އޭނާ އަށް ބޭނުންވާ ކަމުގައި ބުނެ އޭނާ ހުރިތަންވެސް އަންވަރުއަށް ބުނެދިނެވެ. އެއަށްފަހު ފޯނު ކަނޑާލައިފައި ޔައީޝްމެންނާއެކު ބާރަށް ހިނގާލަމުން ކުރިޔަށް ދިޔައެވެ. ޔައީޝްމެން ސުވާލު ކުރަމުން ދިޔަ ނަމަވެސް އެއިން އެންމެ ސުވާލަކަށްވެސް ޖަވާބުދޭކަހަލަ ޚިޔާލެއް އޭނާ ނުކުރިއެވެ. ޒިވާމެން ބަހައްޓާފައި ނުދެވޭނެ ކަމަށް ޔައިޝް ބުނުމުން ޒަޔާން އޭނާއަށް އަމުރުކޮށލިއެވެ. އަދި މިދަނީ ޒިވާމެން ގާތަށް ކަމަށް ބުނެލިއެވެ. އެވަގުތު އެންމެ ސިކުންތެއްވެސް ލަސްނުކޮށް ޔައިޝްވެސް ޒަޔާންގެ ފަހަތުން ދިޔައެވެ.

ރައިފާ އޭތި މީތި ކިޔަމުން ދިޔައީ މައިހާ އިތުރަށް ރުޅި އަރުވާށެވެ. ކަން ވީވެސް އެހެންނެވެ. ހިނގަމުން ދިޔަ ކޮންމެ މިނެޓަކާއެކު މައިހާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާންގަޑު ބޮޑުވަމުން ދިޔައެވެ. އެހެން ހުރުމަށްފަހު ރައިފާ ވަގުތު ޖެހުނީއޭ ހިތާ އޭނާގެ މަސައްކަތް ފެށަން އަވަސްވެ ގަތެވެ. “ޒިވާ.. އަހަރެން ކަލޭ ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާނަން.. ކަލޭގެ މި އެއްވެސް އެކުވެރިއެއްގެ ވެސް.. އަދި ކަލޭ ކިތަންމެ އާދޭހެއް ކުރިއެއްކަމަކު އަހަރެންގެ މި ދެކަންފަތަށް އެޔެއް އަޑެއް ނީވޭނެ މިއަދަކު.. ކުރިންވެސް މަޑުން ހުރިނަމައެއްނު.. އެހެން ނަމަ މިދުވަސް ދެކެން ނުޖެހުނިސް ކަންނޭނގެ.. ގުޑް ބާއި ޒިވާ..” ރައިފާ އޭނާގެ އަތުގައި އޮތް ވަޅީގައި ބާރަށް ހިފަހައްތާލުމަށްފަހު ކުޑަކޮށް މައްޗަށް ހިއްލާލަމުން ޒިވާގެ ގަޔަށް ހަރާލަން ތައްޔާރުވިއެވެ. “އާހް..” ދެން އިވިގެން ދިޔައީ ޒިވާގެ ބާރު ހަޅޭކުގެ އަޑެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (15)

Next

ނުހައްގުލޯބި ފަހުބައި.. ޕާރޓް 1

Next
July 23, 2018

ނުހައްގުލޯބި ފަހުބައި.. ޕާރޓް 1

Previews
July 22, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (15)

29 Comments!

  1. Nivy says:
    July 23, 2018 at 8:04 am

    Me first dhw

    1. Nivy says:
      July 23, 2018 at 8:17 am

      Masha Allah V reethi mi part ves. Dhen vaane gotheh neygihfa mihury

    2. aish noor says:
      July 23, 2018 at 2:45 pm

      yes, Nivy dear first.. 🙂 congrats!!! jazakillah khairan dear… 🙂 hehe..

  2. Xihko?? says:
    July 23, 2018 at 8:06 am

    Jazakallahkhairan…mi vaa hakayaky alhugandu varah shaugu verikamaa aeku kiyamun anna vaahaka eh ..mivaahaka varah reethi enme ufaavany dheeny kantah himanaafa hunnaathy…maasha allah keep it up dear …my first comment in this story ..luv it ????

    1. aish noor says:
      July 23, 2018 at 2:46 pm

      marhabaa dear.. 🙂 vrh vrh vrh ufaavehje dear ah mi vaahaka kamudhaathyve.. 🙂 al’hamdhulillaah! jazakilah khairan dear.. 🙂 ehn tha? vrh ufaavehje dear comment eh kollyma.. 🙂

  3. Chim says:
    July 23, 2018 at 8:07 am

    Alhey nooon???
    Dhenvaany kihinehbaa..??

    1. aish noor says:
      July 23, 2018 at 4:26 pm

      hehe… balamaa dhw dhn vaagotheh.. 🙂

  4. cuty says:
    July 23, 2018 at 9:16 am

    omg. khneii baa dhn vaany. ziv gayah Valhi herybaa. omg omg. varah varah reethi mibai vx. kn irakun next part. cant wait to read next part. avahah up kohlahchey. waiting waiting.

    1. aish noor says:
      July 23, 2018 at 2:47 pm

      hehehe.. balamaa dhw.. 🙂 dear ge thi suvaalah nxt part in javaabu libeyne.. in sha allah.. 🙂 hehe..

  5. Kitty says:
    July 23, 2018 at 9:43 am

    Vaahaka hama ehvvana. Buaanae ehcchehves neyngey..N thnx for uploading it soo fast.. lysm????

    1. aish noor says:
      July 23, 2018 at 2:48 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 marhabaa dear.. 🙂 aww.. <3<3<3<3<3

  6. Reen says:
    July 23, 2018 at 9:45 am

    Masha Allah vaahaka hama vvvvvv salhi..curiously waiting for the next part..ly sis❤️

    1. aish noor says:
      July 23, 2018 at 2:50 pm

      jazakillah khairan dear.. 🙂 aww.. <3<3<3<3<3

  7. Baby girl ❤ says:
    July 23, 2018 at 10:04 am

    Masha allah….
    Vrh vess furihama mi part vess……dhen vaany kihineba??
    Btw whrn next part

    1. aish noor says:
      July 23, 2018 at 2:49 pm

      jazakillah khairan dear.. 🙂 heheh… noor ah buneveynee dear ge thi suvaaluge javaabu libeynee hama dhn oiyy part kiyaaleema ey… hehe.. 🙂 noor mi ummeedhu kurany miadhuves veehaaves avahakah up vaane kamah.. 🙂

  8. Mixuhan says:
    July 23, 2018 at 11:05 am

    Alhey dhn kihineh tha vaany ..xivaaa salaamaiyy khdhehchey …plx …alhe fahathun xayaan mn namaves ais raeefa hifahtaane nama ..next part miadhu upkh dhehchey dear …plx …kiyaa hithun hureveny eii noon mihaaru …avahah upkh dhehchey ….

    1. aish noor says:
      July 23, 2018 at 2:52 pm

      hehehe.. noor ah buneveynee hama dhn oiyy part kiyaaleema ey dear ge thi suvaaluge javaabu libigen dhaany.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 hehehe.. noor ves mi ummeedhu kurany miadhu up vaane kamah e bai.. dhn balamaa dhw.. 🙂 alhey.. dhn keiyytheri velaeigen inthizaaru kollaany dhw mifaharu.. hehe.. 🙂 vrh ufaavehje dear ah mi part ehaa kamudhiyaeema… 🙂

  9. Kokee says:
    July 23, 2018 at 2:08 pm

    maasha allah….vrh vrh vrh reethi me part vx

    1. aish noor says:
      July 23, 2018 at 2:53 pm

      jazakillah khairan dearr.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. naash says:
    July 23, 2018 at 2:18 pm

    no alhe ziv ah kameh nukurachedhn…… vvvv furihama mi part vx.. maasha allah… waitng 4 nxt part…

    1. aish noor says:
      July 23, 2018 at 2:53 pm

      dhn vaagotheh balailamaa.. hehe.. 🙂 jazakillah khairan dear.. 🙂

  11. Lulu says:
    July 23, 2018 at 2:39 pm

    Maashaa Allah. Story v loabi.
    Ekamaku magumathyga huregen e hurihaa kameh hingi iru ves no one even bothered to call the police or to stop raifaa. Also, why would raifa choose such an open place to hurt ziva like that?… Just thinking it would have been better if you brought the scene a little different. Anyways, this is a great story dear. Keep writing ❤

    1. aish noor says:
      July 23, 2018 at 4:28 pm

      jazakillah khairan dear.. 🙂 e magaky fudheyvaregge hani goalhi eh.. e vaahaka bunefa ves ebainehnu dhw dear.. 🙂 vrh ufaavehje dear ge idea noor aa share kolladhinythy.. ekahala than than kolhu kuriyah oiyythaa rangalhu kureveytho balaanan.. in sha allah.. 🙂 jazakillah khairan dear.. 🙂

  12. aish noor says:
    July 23, 2018 at 2:56 pm

    assalaamu a’laikum my dear readers.. 🙂 hurihaa kudhin kihineh? miothy vaahkaige 41st part.. hurihaa kudhin ves shauguverikamaa eku vaahkaa kiyaalythy vrh bodah shukuriyyaa.. 🙂 jazakumullah khairan.. 🙂 ummeedhu kuran dhn thibi kudhinnah ves mi part kamudhaane kamah.. 🙂 dhn othy emme fahu part.. noor mi ummeedhu kurany miadhu e part up vaane kamah.. dhn beynumeh noor dear mn lavvaa ehaa dhigu inthizaareh kuruvaakah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3<3<3

  13. nai says:
    July 23, 2018 at 3:09 pm

    alhey zivaa ah dhera gotheh nahadhahchey

    1. aish noor says:
      July 23, 2018 at 4:34 pm

      heheh.. balamaa dhw dhn vaagotheh.. 🙂

  14. Nunnu says:
    July 23, 2018 at 3:14 pm

    alhey zim men therein ehves kuhjakah dhera gotheh nahadhachey
    mifaharu balivaan vaanee raifaa
    amdhun ziv aai yaeesh and emeehun ge future baby ah gotheh vejiyyaa mun nunnu vvv dhera vane
    vvvvvvvvvvvvv reethi
    waiting for next part

    1. aish noor says:
      July 23, 2018 at 4:36 pm

      alhey dear.. dhn balamaa dhw vaagotheh.. 🙂 heheh.. alhey… neynge ehnu dhw hama vaane gotheh.. nunnu kiyaalahchey ehn v ma dhn oiyy bai thi suvaalu thakuge javaabu hoadhaalan.. 🙂 in sha allah, noor ummeedhu kuran javaabu libeyne kamah.. 🙂 jazakillah khairan dear.. 🙂

  15. unique says:
    July 27, 2018 at 9:41 pm

    omg haadha biruveri ey dhw???? vvv reethi ekm mi partvx sis hama bestest

Comments are closed.


All Right Reserved!