Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 8

Sh@_n@ Level 410 Stories100 Comments100 Login
August 21, 2018 4 Mins Read
13 Comments

އެއަރޕޯޓުން ނިކުތް ގޮތަށް ފާލަން ކައިރީ މަޑުކޮއްލުމުން އެ ލޯންޗުގައި ހުރި މީހާ އައިސް ފޮށިތަށް އެރުވުމުން އަންހެންމީހާ ލޯންޗަށް އަރާ ހަމަޖެހިލިއެވެ. ބަލާބެލުމަށް ހީވަނީ އަމިއްލަ އެއްޗެއް ހެންނެވެ. ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލިއެވެ. އަމާން އޮމާން ކަމާއެކު ކަނޑުގެ ލޮނު ގަނޑު ކަފަމުން އައި ލޯންޗް މާލޭގެ ބަނދަރަށް މަޑު ކުރި އިރު އިންތިޒާރުގައި ކާރެއް އައިސް އޮތެވެ. ލޯންޗު ކައިރި ކުރުމާއެކު ޑްރައިވަރު ފޮށިތަށް ނަގާ ޑިކީ އަށް އެރުވުމުން, އަންހެންމީހާ ގޮސް ކާރަށް އެރިއެެވެ. އެރުމާއެކު ކާރު ދުއްވާލިއެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ކާރު ދުއްވަމުންގޮސް މަޑުކޮއްލީ 10 ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. އެމީހާ ކާރުން ފައިބައިގެން ގޮސް ކާޑު ޖައްސާލުމަށްފަހު އެތެރެއަށް ވަނެއެވެ.

އަދި ލިފްޓަށް އެރުމަށްފަހު 10 އަކަށް ފިތާލިއެވެ. އެ ގޭގެ އެއްވަނަ ބުރީން ފެށިގެން އަށްވަނަ ބުރިއާ ހަމައަށް ހުންނަނީ ކުއްޔަށް ދީފައެވެ. ނުވަވަނަ ބުރިއަކީ އަރުޝްއަށް ހާއްސަކޮށް ހުންނަ ބުރިއަށް ވީއިރު 10 ވަނަ ބުރީގައި އުޅެނީ އަރުޝްގެ މަންމަ އަރީޝާ އާއި ބައްޕަ އާމިރުގެ އިތުރުން ގެންގުޅޭ ބޭރު މީހާއެވެ. އަރުޝް ކުޑައިރުންސުރެ އަރުޝް ބަލަހައްޓަމުންދިޔައީ އާތިފާއެވެ. އުފަންކުރި މަންމަ ކަމުގައި ނުވިޔަސް އާތިފާ އަރުޝް ބަލާ ބޮޑުކުރީ އަމިއްލަ ދަރިއަކަށް ނުވިޔަސް ލޯތްބާ އޯގާތެރިކަން ދީގެން އެންމެ ރިވެތި އާދަތަށް ދަސްކޮއްދީގެންނެވެ.

އަރީޝާއާއި އާމިރުއަށް އަރުޝް ލިބުނީ އެމީހުންގެ ކައިވެންޏަށް އަހަރެއް ނުވަނީހެވެ.ގޮތަކަށް ބުނަންޏާ އެމީހުން ބޭނުންވެގެން ހޯދި ކުއްޖެއް ނޫނެވެ. އަރީޝާގެ ރީތި ބައްޓަން ގެއްލިދާނެތީ ބޭނުން ނުވެ އުޅެނިކޮށް ﷲގެ ރަޙްމަތުން އަރުޝް ލިބުނީއެވެ. ދަރިއަކު ލިބުނެއް ކަމަކު އަރުޝްއާ އަޅައެއް ނުލައެވެ. ދުނިޔޭގައި އެއްބަޔަކު ދަރިއަކު ލިބުމުން މަޙްރޫމްވެ, ދަރިއަކު ހޯއްދަން އެތަކެއް މަސައްކަތެއް ކުރާ މީހުން މަދެކޭ ބުނެވޭކަށް ނެތެެވެ. ކަރުނައަޅާ ދަރިއަކު ދެއްވާތޯ ﷲ ގެ ހަޞްރަތުގައި ދުޢާ ދަންނަވާ މީހުންވެސް މަދެއްނޫނެވެ. އަރީޝާ ގަބޫލް ކުރާ ގޮތުގައި ކައިރީގައި ނެތަސް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައި ދިނުމުން ދަރިއަކަށް ބޭނުންވާ ހުރިހާ ކަމެއް ކޮއްދެވުނީއެވެ. އެހެންކަމުން އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވެ. އަމިއްލަ މީހާގެ މުއްސަނދި ކަމަށް ބޮޑާވެ އަތުން ފަގީރަކަށް އެއްޗެއް ދިއްކޮއްލަން ހިތް ނޭދެއެވެ. އަރުޝް އަށް އޭނާގެ މައިންބަފައިން ނުފެނި ތިން ހަތަރު މަސް ހޭދަވެޔޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަރުޝްގެ ހުރިހާ ކަމެއް އަބަދު ކޮށްދީ އަރުޝް ކުރަމުން އަންނަ ޝަކުވާތަކަށް ލޯތްބާއެކު އަޑުއަހަން ހުންނަނީ އާތިފާއެވެ. އާތިފާ ކޮއްދޭ ހުރިހާ ކަމަކަށް އަރުޝް އަބަދުވެސް ޝުކުރުވެރިވެއެވެ.

ގޭތެރޭގައި މޮޕްލާން ހުރި އާތިފާއަށް މީހަކު ދޮރު ހުޅުވި އަޑަށް ބަލާލިއެވެ. ބަލާލިއިރު ވަދެގެން އައި އަރީޝާ ފެނިފައި ކުރަން ހުރި މަަސައްކަތް ބެހެއްޓުމަށްފަހު ބަދިގެއަށް ދިޔައެވެ. އަދި ވަރަށް އަވަސް ހަރަކާތާއެކު ޖޫސްތަށްޓަކާ، ފެންތަށްޓެއް ތަބަކަށް ލައިގެން އައިސް އަރީޝާއަށް ދިއްކޮއްލިއެވެ. އަރީޝާ އޭރު ސޯފާގައި ހަމަޖެހިލައިގެން އޮތެވެ. ކުޑަކޮށް ތެދުވެލުމަށްފަހު ޖޫސްތަށި ނަގާ އެތިފޮދެއް ބޯލިއެވެ. އާތިފާ ފެންތަށި ނަގާ ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު، ތަބަށް ހިފައިގެން ބަދިގެ ފަރާތަށް ދިޔައެވެ. އަދި ތަބަށް ބެހެއްޓުމަށްފަހު ކުރަން ހުރި މަސައްކަތް ނިންމުމަށްޓަކައި ސިޓިންގްރޫމަށް އައިއިރު އަރީޝާގެ ފޮށި ހިފައިގެން ޑްރައިވަރު އައިސް ވަންނަނީއެވެ. އެކަމަށް ސަމާލުކަން ނުދީ މޮޕްލުމައިގެން ކުރިއަށް ދަނިކޮށް އަރީޝާގެ ސުވާލުން އާތިފާ ބަލާލިއެވެ.

” ކޮބާ އަރުޝް، ހަނދާންވެސް ނެތް ގުޅާލާކަށް، އެކޮޅަށް ދިޔައިންސުރެ ވަރަށް ބިޒީކޮށް އުޅުނީ” އެ ސުވާލުން އާތިފާގެ ލޭ ކެކި ގަތެވެ. ކޮންކަހަލަ މައެއް ހެއްޔެވެ. ދެމަސް ވެގެންދިޔައިރު ދަރިއަކު މަތި ހަނދާންނެތި, އެ ދަރި ހުރީ ކައިގެންތޯ, ގަދަވެ ސަަލާމަތުންތޯ, ބަލާލަން ވަގުތު ނުވާ މަޔަކަށް ދަރިއަކު ނެތަސް ވާނެ ދެރައެއް ނޯންނާނޭ އާތިފާ ހިތަށް އެރިއެވެ. އާތިފާގެ ރުޅި ކޮންޓްރޯލް ކުރަމުން ޖަވާބުދިނެވެ. ” އާރޫ، ވީ އޮފީސް ދަތުރެއްގަ ރާއްޖެތެރޭ ރަށަކަށް ގޮސް, ހަފްތާއެއް ވަރު ވާނެޔޭ ބުނީ” މޮޕްހިފައިގެން ދަމުން އާތިފާ ބުންޏެވެ. “ރާއްޖެ ތެރޭ ރަށެކޭ, އަރުޝް ރާއްޖެ ތެރެއަށް ދާން އެއްބަސްވީ ކީއްވެ, އާތިފާ ކީއްވެ އޭނަ ނުހުއްޓުވީ, ދެން ހުންނާނީ ރާއްޖެތެރޭ ކަޓު އުޅުން, ކާކު ބުނާނީ އެއީ މަގޭ ދަރިއެކޭ” އަރީޝާގެ އެ ޖުމްލައިން އާތިފާ ހުއްޓުން އެރިއެވެ. އެހެންނަމަވެސް މަސްލަހަތަށްޓަކައި އެއްޗެކޭ ނުބުނެ ދިޔަގޮތަށް ދިޔައެވެ.

އަރުޝްމެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދެވަނަ އުމުރު ފުރާވެސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކުއެވެ. އެހެންކަމުން އަރުޝް އާއި ހަމީދު ގެއަށް އައީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަރުޝް މަގުމަތިން ހިނގަމުން އައިއިރުވެސް މަގުގެ ދިމަ ދިމާލަށް ބަލަމުންއައީ އޭނަގެ ހިތުގެ ރާނީ މަގެއް މަތިން ވެސް ފެނޭތޯއެވެ. ހެނދުނު ފެނުނު ފަހުން މާ ބޮޑަށް ސާރާ ދެކޭ ހިތުން ކެތްމަދުވެފަ ހުރެވެނީއެވެ. އަވަހަށް އެނބުރި ގެއަށް ދިޔައީ ކޮންމެސް ކަމެއްގަ ސާރާ ޝާމިންމެންގެ ގޭގައި އުޅޭނޭ ހިތް ބުނާތީއެވެ.

” އޭ ބްރޯ, ހާދަ ބާރަކަށް ތި ހިނގަނީ, ކޮންތާކަށް ދާން ލަސްވެގެން ތިއުޅެނީ” ހަމީދުއަށް ފުރަތަމަ ފަހަރަށް އަރުޝްގެ ހަރަކާތުން ކަމެއް އުޅޭހެން ހީވެގެން ސުވާލުކުރިއެވެ. ” ހެހެހެ.. ލަސްވެގެން ނޫނޭ, ވަރަށް ބަނޑުހައި, އެހެންވެ ކަންނޭގެ ތި ހީވަނީ” އަރުޝް ހަމަޖެހިލަމުން ޖަވާބު ދިނެވެ.

ގެއަށް ވަންނަން ދިޔައިރު ޝާމިން ގެއިން ނުކުންނަނީއެވެ. ” އޭ, ތި އައީ ދޯ, އަހަރެން ތިމީހުން އަންނަންދެން ބަނޑަށް އެއްޗެއް ނުލާ މިހުރީ, އިތުރަށް މަޑުނުކޮށް ކާން އާދޭ, އަދި ލަސްވެގެން ބަލާ ދާން ކަމަށް މިއުޅުނީ” ޝާމިން ބަނޑުގައި އަތް ކާތާ ލަމުން ބުނެލި ގޮތުން ހަމީދުއާއި އަރުޝް ހީގަތެވެ. ” ހޭނެ ކަމެއްނެތް, އަވަހަށް ހިނގާ، މިހާރު ތިނެއް ޖަހާ ބޮޑުވީ” މިހެން ބުނެ ތިން މީހުން ގޭތެރެއަށް ވަނެެވެ. އަރުޝް ގެންގުޅުނު ދަބަހާ އެއްޗެހި ކޮޓަރިއަށް ލުމަށްފަހު އައިސް ކައި ގެއަށް ވަނެވެ. ވަތް އިރު އިންތިޒާރުގައި ހަމީދުއާއި ޝާމިން ތިއްބެވެ.

އަރުޝް ގޮޑީގައި ހަމަޖެހިލަމުން މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ. މޭޒުމަތީގައިވި ކާ އެއްޗެހި ފެނިފައި އަރުޝް ކުޅު ދިޔާވިއެވެ. ރިހާކުރުދިޔަ އާއި ފިހުނު މަހެވެ، ތަރުކާރީ ބަތާއި, އާދައިގެ ބަތެވެ. އަދި ގަރުދިޔަ, ލޮނުމިރުސް, ލިބޯ, ފިޔާ, ގިތެޔޮމިރުސް އަދި ކުކުޅު ޓޮމާޓޯގައި ހަދާފައި ހުރި ތަން ފެނިފައި އަރުޝްއަށް ބޭ އިޙްތިޔާރުގައި ބަނޑުގައި އަތް ހާކާލެވުނެވެ. ރަނގަޅަށް ހަމަ ޖެހިލަމުން ތަށްޓެއް ނެގުމަށްފަހު ފަހަރަކު ކާ އެއްޗަކަށް ބަލަމުންދިޔައެވެ. މިތަން ފެނި ހަމީދު އާއި ޝާމިން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ނިތް އަރުވާލިއެވެ. އެންމެފަހުން ހަމީދުއަށް ނީދެވިގެން އަހާލިއެވެ. “ބަލަ ބަނޑުހައި ވެގެން އުޅުނު މީހަކު ކައި އެއްޗެހި ފެނިފަ ތި އިނީ ކީއްވެޔޯ” އަރުޝް ބޯ ކަހާލަމުން ކާނެ އެއްޗެއް ނޭނގިފައޭ ބުނުމާއެކު އަނެއްކާވެސް އެދެމީހުން ހޭންފެށިއެވެ.

“އަހަރެންނަށް ފެންނަ ގޮތް ބުނަންތަ, ކޮންމެ ވައްތަރަކުން އެތިކޮޅެއް ތަށްޓަށް އަޅާގެން ކައި, ހުރިހާ އެއްޗެއް ކެވުނީއެއްނު އޭރުން،” ޝާމިން އެހެން ބުނުމާއެކު ތީ ރަނގަޅު ގޮތެކޭ ކިޔައި އަރުޝް ތަށްޓަށް ފަހަރަކު ކައި އެއްޗަކުން އެތިކޮޅެއް އަޅަމުންދިޔައެވެ. ދެން ތިބި ދެމީހުންވެސް ކެއުމާގެން ކުރިއަށް ދިޔައެވެ.

އަރުޝް ކޮންމެ އެއްޗަކުން އެތިކޮޅެއް އަނގައަށް ލުމަށްގަހު ހާދާ މީރޭ ބުނެލައެެވެ. އަރުޝް ކޮށި އެރީ މި ހުރިހާ އެއީ އެއްޗެއް ހެދީ ސާރާއޭ ބުނުމުންނެވެ. ނުވެސް ވިސްނާ ހުއްޓާ ސާރާގެ ނަން އިވުމުން އަރުޝް ކޮށި އަރާ ކެއްސަމުން ދިޔައެވެ. އެއްއަތުން އަނގަ މަތީ އަތް އަޅާ ހުރެގެން ކެއްސަމުން ދިޔަ ވަރަކަށް އަރުޝްގެ ލޮލުން ފެން ފައިބަމުން ދިޔައެވެ.އަރުޝް ކެއްސަމުން ގޮސް ކައި ގެއިން ނިކުމެގެން ފުޅަަފި ތެރޭގައި ހުރި ގަހެއްގެ ދޮށުގައި ހުރެ ކެއްސަމުން ދިޔައެވެ. ޝާމިންއާއި ހަމީދު ބޭރަށް ދުއްވައިގަނެވުނެވެ. ހަމައެއާއެކު ދެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަރުޝްގެ ބުރަކަށީގައި ފިރުމަން ހުރި މީހާފެނިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 34

Next
August 21, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 34

Previews
August 20, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ

13 Comments!

  1. Sh@_n@ says:
    August 21, 2018 at 10:59 am

    Hii hurihaa kudhin. Eid mubaarak hurihaa kudhin nah vess, and here 8th part. Hope kuran kamudhaane Kamah. Eid dhuvahuge hadhiyaa ehge gothuga 9th partvess upload kohfin. Kiyaalan libeyne Kamah uhmeedhu kuran. Ones again Eid mubaarak?❤??

  2. Sh@_n@ says:
    August 21, 2018 at 11:09 am

    And one more thing mi part ga edit nukurevey thankolheh in naane. Arush koshi eri sababun aslu in naane 9th partga. Olhigen Ethan kolhu change nukoh e iny sry for that

  3. naash says:
    August 21, 2018 at 12:48 pm

    maasha allah vvv salhi… eid Mubarak dear

  4. naash says:
    August 21, 2018 at 12:49 pm

    nd me first dhw..

  5. Sh@_n@ says:
    August 21, 2018 at 1:12 pm

    Yess. Naash ur first. Thanx mi partvess kamudhiaima

  6. Kiuntheriyaa says:
    August 21, 2018 at 2:48 pm

    Vaahaka varah reethi Ekam kurukamun dhera v

  7. Sh@_n@ says:
    August 21, 2018 at 2:52 pm

    Sry dear. Gabool kuran kurukan. Ekm kykuraany. Dhen ehn nuvaane.mirey msg kohlaanan story gen naane dhuvasthah. Kuda badhaleh aisdhaane

  8. Xuam says:
    August 21, 2018 at 2:58 pm

    Wow varah reethi ….

  9. Sh@_n@ says:
    August 21, 2018 at 3:44 pm

    Thanx xuam?❤?❤

  10. Yoon says:
    August 21, 2018 at 10:27 pm

    Koba 9 vana part, nufeney

  11. Unknown girlll.. says:
    August 22, 2018 at 12:10 am

    V. Reethi ..habeys??? keep up the good work??? luv ya and eid mubarak…..❤❤❤

  12. Naju says:
    August 22, 2018 at 9:24 am

    Eid Mubarik shana ??? story hama v habeys ???

  13. Sh@_n@ says:
    August 22, 2018 at 1:11 pm

    Thanx hurihaa kudhin. ?❤?

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 9←


All Right Reserved!