Skip to content
އެސްފިޔަ

ފެވިފާނަންތިވޭ ހިތުގާ 1

ނިދަންއޮތް ނީމް އަށް ހޭލެވުނީ މީހަކު ހުއްޓަނުލާ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ކަންނެތް ކަމާއެކު އާ ފުރިލުމައްފަހު ފޯނު ނަގާ ގަޑި ބަލާލި އިރު ކަމަކުދާކަށް ނެތެވެ. ގަޑި ޖެހެން ހުރީ 15 މިނެޓަށް ވެފައެވެ. އޭރުވެސް ހުއްޓާނުލާ ޓަކިޖަހާ އަޑު އިވެއެވެ.

“ދަރިފުޅާ ނީމް މިހާރު އެއޮއް އޮފީހައްދާ ގަޑި ޖެހެނީ” ނީމް ގެ މަންމަ ނޫރީން ގޮވާލި އަޑު އިވުނެވެ.

“ލައްބަ މަންމާ އަޅުގަނޑު ހޭލާފިން” މިހެން ބުނެލުމައްފަހު އަތުގައި އޮތް ފޯނު އެނދުމައްޗައް އެއްލާލުމައްފަހު އަވަހައް ތައްޔާރުވާން ދިޔައެވެ.

*******************************************

ނީމް އަކީ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެކެވެ.ނީމް ގެ ބައްޕަ ވަނީ ނީމްއަށް 15 އަހަރުގައި ކާރު އެކްސިޑެންޓެއްގައި ނިޔާވަފައެވެ. އެހެންކަމުން މާލީ ހާލަތު ހުރިގޮތުން ނީމްއަށް ކިޔެވުނީ  ގުރޭޑް 10 އަކާ ހަމަޔަށެވެ. ކިޔަވާ ނިމުމާއެކު ނީމް “ވޯޓަރ ގޭޓްސް މެޑިކެއަރ ހޮސްޕިޓަލް”ގައި ވަޒީފާ އަދާ ކުރަން ފެށިއެވެ. ނީމް އަކީ ނޫރީން އާއި ނިޔާފް ގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނީމް އަކީ މައިންބަފައިންގެ ބަސްއަހާ އަޚްލާގު ރަނގަޅު ކުއްޖެކެވެ. ހަމައެހެންމެ ނީމް އަކީ މާލެ އިން ހޮވާލެވޭ ފަދަ ރީތި ކުއްޖެކެވެ. ކަޅުކަން ގަދަ ފަން އިސްތަށި ގަނޑަކާ ދިގު އެސްފިޔައަކާއި މަޑު އަޅި ކުލައިގެ ކަޅިއެއް ލިބިފައިވެއެވެ.

*************************************************

ނީމް އަށް ހޮސްޕިޓަލް އަށް ދެވުނު އިރު މީހާހުރީ ވަރުބަލިވެފައެވެ. ނަމަވެސް ގަޑިއަށް ވަޒީފާއަށް އާދެވުމުން ހުރީ ހިތްހަމަޖެހިފައެވެ. ނީމް ގޮސް ރިސެޕްޝަނުގައިވާ ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމައްވާ ލަމްޔާއަށް ބަލާލި އެވެ.

ލަމްޔާއަކީވެސް ހަޑި ކުއްޖެކޭ ނުބުނެވޭނެއެވެ. ލަމްޔާއަށް ލިބިފައިވަނީ މަޑު ޗޮކުލެޓުކުލައިގެ އިސްތަށިގަނޑަކާ ކަޅުކަންގަދަ ކަޅިޔެކެވެ. ލަމް އަކީ މީހުންނާގުޅޭ މަޖާ މިޒާޖުގެ ކުއްޖެކެވެ.

“ލަމް އާ ޚަބަރެއް ނެތްތަ؟” ނީމް ލަމްޔާ އާ ސުވާލު ކޮއްލިއެވެ.

“މާދަން ބޮސްގެ ދަރިފުޅު ޔޫއާން ވަޒީފާ އަށް ނިކުންނާނެޔޯ……….. އުމުރުން ނީމްއަށް ވުރެއް 1 އަހަރު ބޮޑުވާނީ 23 އަހަރު. ހީވާގޮތުން ވަރަށް ސްމާޓްވާނެ. ނީމް އުޅެންވީނުން ކާމިޔާބު ކުރެވޭތޯ..” ލަމްޔާ ލާނެތް ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ.

“ލަމް…………..އަހަރެން އުޑުގައިވާ ތަރި އަތުލާކަށް ނޫޅެމޭ…….. ލަމްއަށް ހާދަ ނޭގެޔޭ…. އެ އާއިލާ އެންމެން ވެސް މެރީކުރަނީ ޑޮކްޓަރުންނާ…” ނީމް ރީތި ހިނިތުންވުމެއް ލަމްޔާ އަށް ހަދިޔާ ކޮއްލަމުން ބުނެލިއެވެ. އަދި ކުރަން ހުރި މަސައްކަތައް ރުޖޫއަވިއެވެ.

*****************************************************

“ޔޫއާން ދަރިފުޅާ އަވަހައް ސައި ބޯން އާދޭ” ކޮޓަރި ދޮރު ހުޅުވާލަމުން ވަތް ޔޫއާންގެ މަންމަ ބުނެލިއެވެ.

“ލައްބަ މަމް މިދަނީ” ޔޫއާން އޭނާގެ މަންމަ އަށް ހީލަމުން ޖަވާބު ދިނެވެ.

*******************************************************

ޔޫއާން އަކީ ރާއްޖޭގެ އެންމެ މަޝްހޫރު “ވޯޓާރ ގޭޓްސް މެޑިކެއަރ” ގެ ބޮޑުމީހާގެ ދަރިފުޅެވެ. ޔޫއާން އަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތް ދަމައިގަންނަ ރީތި ކަމެކެވެ. ގަދަ ޗޮކުލެޓުކުލައިގެ އިސްތަށިގަނޑަކާ ކަޅުކަން ގަދަ ކަޅި އަކާ ކަސްރަތީ ހަށިގަނޑެކެވެ.

**********************************************

ޔޫއާން ތިރިޔަށް ފޭބި އިރު ޔޫއާންގެ މަންމަ އާއި ބައްޕަ ޔޫއާންގެ އިންތިޒާރުގައި ހެނދުނުގެ ނާސްތާ ނުކޮއްތިއްބެވެ.  ޔޫއާން ޔޫއާންގެ ބައްޕައަށް ހިނިތުންވުމެއް ހަދިޔާކޮއްލުމަށްފަހު ގޮނޑި ދަމާލުމަށް ފަހު އިށީންނަމުން ރީމް ކޮބަިތޯ ސުވާލު ކޮއްލިއެވެ.

“ރީމް މިއަދު ސުކޫލަށް ތަންކޮޅެއް ކުރިން ދާން ޖެހޭތީ ސުކޫލަށް ގޮއްސަވީ” ޔޫއާންގެ މަންމަ ޖަވާބު ދިނެވެ. ރީމް އަކީ ޔޫއާންގެ އެއްބަނޑު އެއްބަފާ ހުރި ހަމަ އެކަނި ކޮއްކޮއެވެ.

އަދި ހެނދުނުގެ ނާސްތާކުރުމައިގެން އެންމެން ކުރިޔަށް ދިޔައެވެ.

(ނުނިމޭ)

ނޯޓް:މިއީ އަޅުގަނޑު ސައިޓަކަށް ވާހަކަ ލިޔާ ފުރަތަމަ ފަހަރެވެ. އެހެންކަމުން އަޅުގަނޑަށް ވާހަކައިގައި ހެދިފައި ހުރި ކުއްތައް ފަަހަގަކޮއްދިނުމަކީ އަޅުގަނޑު ތި ހުރިހާ ކިޔުންތެރިންގެ ފަރާތުން އެދޭކަމެކެވެ.

Comments (15)

  1. Leen

    V reethi vaanehen hyvey?

    1. goldie
      Leen

      thankx

  2. Reet

    Thankolheh dhigukon fashun reethi medhu there reethi vehjiyaa vaahaka nimun reethi vaane kudhi misstaake hunnaane amilla ah rangalhu vaane kamah mibalunee Nuviyaa bunaan ok eid mubarik

  3. Kul

    V salhi ?

  4. Xuam

    Varah reethi….

  5. luvxer

    mi story kee iru kurin kiyaafa oiyy vaahaka akaa varah vahtharu..nurahkaatheri loabi kiyaa vaahakaeh innaane..dhaanish aa aleexa arr meehun ulheynee..

  6. Queen ?

    Wow… Heevaney v v v salhi vaana hen…. Miah vuren dhigu kohlahchy goldie…. Wish u all the best… Waiting for next part☺❤

  7. Aish

    Are you copying “Nurakkaatheri loabi”? Hama e story ge ibaaraaiy thah

    1. goldie
      Aish

      no. amihla hiyaalah liyaa vaahaka eh mee + story thafaathuvaane 🙂

    2. Unknown girlll..
      Aish

      Eiy mi site ga liyunu vaahakaeh tha?

  8. Mal

    Dho hama eh story eh hen heevanee

  9. love

    E story copy koffaeh neu..dhen new writer eh story eh fashaa irah ehen meehunna alhaa nukiyabala…..mi story vvv reethi meehun kiyaa echaka nubala kuria dhey goldie love u

    1. goldie
      love

      thanks love :).

  10. Airah

    feashun vvv Reethi.Next part thankolhea dhigu kolhachey dear???

  11. Noor

    Vv reethi vaane hen heevanee

Comments are closed.