Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 9

Sh@_n@ Level 410 Stories100 Comments100 Login
August 22, 2018 3 Mins Read
10 Comments

އަރުޝް ކޮންމެ އެއްޗަކުން އެތިކޮޅެއް އަނގައަށް ލުމަށްފަހު ހާދާ މީރޭ ބުނެލައެެވެ. ތިން މީހުން ކައި ނިންމާލީ އުފާވެރި މާހައުލެއްގައެވެ. ކައި ނިމިގެން ދުފަން ތިިބި އިރުވެސް އެކި މަޖާ ވާހަކަ ދައްކަމުންދިޔައެވެ. ކުއްލިއަކަށް އަރުޝް ފޯއް ކޮށި އަރައިގަތެވެ. އެއްއަތުން އަނގަ މަތީ އަތް އަޅާ ހުރެގެން ކެއްސަމުން ދިޔަ ވަރަކަށް އަރުޝްގެ ލޮލުން ފެން ފައިބަމުން ދިޔައެވެ.އަރުޝް ކެއްސަމުން ގޮސް ކައި ގެއިން ނިކުމެގެން ފުޅަަފި ތެރޭގައި ހުރި ގަހެއްގެ ދޮށުގައި ގުދަށް އޮވެ ކެއްސަމުން ދިޔައެވެ. ޝާމިންއާއި ހަމީދު ބޭރަށް ދުއްވައިގަނެވުނެވެ. ހަމައެއާއެކު ދެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަރުޝްގެ ބުރަކަށީގައި ފިރުމަން ހުރި މީހާފެނިފައެވެ.

އެމީހާ އަރުޝްއަށް އެންމެ ފަހަރަކު ފެނުނު ނަމަވެސް އަރުޝްގެ ހިތް އުފަލުން ފުރޭނަކަން ގައިމެވެ. މަންޒަރު ބަލަންހުރި ޝާމިންމެން ތިބީ ބަސްހުއްޓިފައެވެ. ދެމީހުންނަށް އެއްފަހަރާ ސާރާއޭ ބުނެވުނެވެ. އެއަޑު އަރުޝްގެ ކަންފަތަށް ފޯރީ ކެއްސުން ތަންކޮޅެއް މަޑުވެލި ގަޑިއެއްގަައެވެ. އަރުޝް އަށް ކުރިމަތިވާހެން އެއް އަރިއަކަށްވާ ގޮތަށް އަރުޝްގެ ބުރަކަށީގައި ފިރުމަން ހުރި ސާރާއަށް ވަރަށް ފުން ނަޒަރަކުން އަރުޝް ބަލައިލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ކެއްސަމުންދިޔައެވެ. ސާރާގެ މައުސޫމް ފެންކަޅިވެފައިވާ ދެލޯ ފެނުމާއެކު އަރުޝްގެ ހިތަށް ތަދުވިއެވެ. ދުވަހަކުވެސް އެދެ ލޮލުން ކަރުނައެއް ދެކޭކަށް މިހާރު އަރުޝްގެ ހިތަށް ކުޅަދާނައެއް ނުވާނެއެވެ. އަދި ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަކަކީ ކޮން ހައިސިއްޔަތަކުން އަންނަ ކަރުނަ ތަކެއްތޯ ބަލަން ބޭނުންވިއެވެ. ކަޅި ޖަހާނުލާ ސާރާއަށް ބަލަމުން އަމިއްލަ ހިޔާލީ ދުނިޔޭގައި ހުރެ ނުކެއްސާ ވޭތޯ މަސައްކަތް ކުުރަމުންދިޔަ އަރުޝް ސިއްސައިގެން ދިޔައީ ޝާމިންއަށް ގޮވާލުމަށްފަހު ބަލަން ނުހުރެ ފެންތަށްޓެއް ގެނެސްދޭށޭ ސާރާ ބުނުމުންނެވެ.

ޝާމިން ދުވެފަގޮސް ފެންތަށްޓެއް ހިފައިގެން އައިސް ސާރާއަށް ދިއްކޮއްލިއެވެ. އަދި ގޮސް ހަމީދުކައިރީ މަޑުކޮއްލިއެވެ. ސާރާ އެ ފެންތަށިން ފެން ފޮދެއް އަތަށް އަޅާލުމަށްފަހު އަރުޝްގެ މޫނުގައި އުގުޅާލިއެވެ. ސާރާގެ އަތް ޖެހުމާއެކު އަރުޝްގެ ހަށިގަނޑުގައި ހީވީ ކަރަންޓު އޮއެވަރެއް ދަތުރު ކުރިހެންނެވެ. އޭރުވެސް އަރުޝް ހުއްޓާނުލާ ސާރާއަށް ބަލަމުންދިޔައެވެ. އޭރުވެސް އެއް އަތުން އަރުޝްގެ ބުރަކަށީގައި ސާރާ ފިރުމަމުން ދިޔައެވެ.

ދެން އަނެއްކާވެސް ފެންތަށި އަރުޝްގެ ތުބުގައި ޖައްސާލިއެވެ. އަރުޝް ފެންފޮދެއް ބޯލިއެވެ. އޭރު މަންޒަރު ބަލަން ހަމީދު އާއި ޝާމިން ތިއްބެވެ. ދެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ސާރާ ހާސްވެ, ލޯ ފެންކަޅިވެފައި ހުރުމާއި އަރުޝްއަށް އަޅާލާ ގޮތުން ސާރާއަށް އަރުޝް ވަރަށް މުހިންމު މީހަކަށް ވަނީބާއޭ ޝާމިންގެ ހިތަށް އަރަމުންދިޔައެވެ. އަނެއް ކޮޅުން ހަމީދު ހިތަށްވެސް ތަފާތު ވަސްވާސްތަކުން ފުރެމުންދިޔައެވެ. އަރުޝް ސާރާއަށް ބަލަމުން އެދަނީ ވަރަށް ހާއްސަ ނަޒަރަކުންކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭހާވެއެވެ. އެހެންނަމަވެސް އެހަށް އެވާހަކަ ނުދައްކާ މަޑުކޮއްލަން ހަމީދުގެ ހިތް ބުނަމުންދިޔައެވެ.

އަރުޝްގެ ކެއްސުން ރަނގަޅުވުމުން އަރުޝް ތެދުކޮއްލާ ރަނގަޅުހޭ އަހާލިއެވެ. އޭރު ދެމީހުންގެ ލޮލާ ލޯ ދިމާވިއެވެ. އެވަގުތު ކޮޅުވެސް އެތަށް ވާހަކަ ދެ ލޮލުން ބުނެދެމުން ދިޔައެވެ ސާރާއަށް މިކުރެވެނީ ކީއްކަން އެނގުމާއެކު ރަނގަޅުހޭ އަހާލުމަށްފަހު އަވަހަށް ގޮސް ކައި ގެއަށްވަނެއެވެ. ކައިގެއަށް ވަތްގޮތަށް ދޮރުޖަހައި ދޮރުގައި ބުރަކަށި ލައްކޮއްލާ ފުން ނޭވާ ތަކެއް ލަމުން ހިތާ ވީ ފަރާތުގައި އަތްއަޅާލާ ބާރުކޮއްލިއެވެ. އަދި ދެލޯ މަރާލާ އަރުޝްއޭ ބުނެވުނެވެ. ދެންމެ ހިނގާދިޔަ ކަންތަށް އަނެއްކާވެސް ލޯ ކުރިމަތީ ސިފަވާން ފެށިއެވެ. އޭރު ސާރާގެ ދެ ލޮލުން ރޮނގަކަށް ކަރުނަ ފައިބާ ގަތެވެ ސާރާ އަތުގެ ނުފުށުން ކަރުނަތަށް ފުހެލުމަށް ފަހު ހިތާ ހިތުން އަމިއްލަ ހިތް ބޭޒާރުވިޔަކަ ނުދޭނަމޭ ބުނެލިއެވެ. އަދި ސާރާ ކަހަލަ ފަގީރަކާ އަރުޝް އެކަށީގެންނުވާނޭ ވެސް އަމިއްލަ ހިތަށް ވިސްނައި ދެމުން ދިޔައެވެ. އަރުޝްކައިރިއަށް ޝާމިންމެން އައުމަށްފަހު ކިހިނެއްހޭ ތިހެދީ ކިޔާ ކޮނޑަށް އަތް ވައްޓާލައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ.

އިރުއޮއްސި މުޅި ދުނިޔެއަށް އަނދިރިކަން ވެރިވެއްޖެއެވެ. މަޢްރިބް ނަމާދުކޮއްގެން އަރުޝްމެން ގެއަށް އައެވެ. ގެއަށް ވަތްތަނުން އާތިފާގެ ފޯނެއް އައުމާއެކު އަރުޝް ބޭރަށް ނިކުތެވެ. ފޯނު ނިންމާލުމަށް އެނބުރުނު ތަނުން ސާރާ ފިހާރައިން ނުކުމެގެން ދާތަން ފެނުނެވެ. ހަމަ އެހެެންމެ ސާރާގެ ފަހަތުން ބޯ ދިގުކޮށް ހުރި މީހަކު ދާތަން ފެނުނެވެ. މަގުމައްޗަށް އެޅިފައިވާ އަލިން ވަރަށް ރީތިކޮށް މީހުން އެނގުނެވެ. އެ ބޯދިގު މީހަކީ ކާކު ކަން ނޭނގުނަސް އަރުޝްގެ ހިތް ނުބައި އިންޒާރެއް ދިން ކަހަލައެވެ. އެއީ ސާރާ އެނބުރި ބަލާލާ އިރަށް އެމީހަކު ހުއްޓޭތީއެވެ. އަރުޝް ޖެހިގެން ހުރި މަގުން ގޯޅި އަޅާލިއެވެ.

ސާރާ ބިރުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ނަޢުފަލް ފޮނުވައިގެން ކަން ސާރާއަށް އެނގުނު ހިސާބުން ސާރާ ބިރުގަތެވެ. ހަބީބް އަކީ ނަޢުފަލްގެ އެއް އަތޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ސާރާ އަވަސް ހިނގުމުގައި ޖެހިގެން އޮތް ގޯޅި އަޅާލުމާ އެކު ބާރުގަދަ އަތަކުން ސާރާގެ އަނގަމަތީ އަތް އަޅާ ކައިރީގައި ހުރި ފަޅުގެއަށް ސާރާ ދަމައިގަތެވެ. އެ ބާރުގަދަ އަތް ސާރާގެ އަނގަމަތިން ނެއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވިއެވެ. ސަލާމަތަށް އެދި ގޮވޭނެ އެއްވެސް ގޮތެއް ނެތުމުން އިސާހިތަކު ދެލޯ ކަރުނުން ފުރުނެވެ. އެހެންނަމަވެސް ކުރާނޭ ވަކި ކަމެއްނެތެެވެ. އެމީހާގެ ބާރަށް ސާރާ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ސަލާމަތަށް އެދި އެތަށް ފަހަރަކު ދުޢާ ކުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ކުށަކާނުލައި- 8ވަނަބައި

Next

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

Next
August 22, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

Previews
August 21, 2018

ކުށަކާނުލައި- 8ވަނަބައި

10 Comments!

  1. azoo says:
    August 22, 2018 at 2:15 am

    vara kuru ekan v,reethi vaahaka

  2. Naju says:
    August 22, 2018 at 9:34 am

    Story is superb bt maakury next thankolheh dhigukohdheachey shana

  3. Unknown girlll.. says:
    August 22, 2018 at 10:54 am

    V.reethi.. dhen kihineh vaany..cant wait….when next part

  4. Reet says:
    August 22, 2018 at 11:24 am

    Saara ah dheragotheh nuhadhaathi please

  5. Sh@_n@ says:
    August 22, 2018 at 1:10 pm

    Thank you all. Next part thah dhigukohlaanan ingey

  6. ❤️❤️ says:
    August 22, 2018 at 1:43 pm

    Stry vrh nic..as usual…bt I think there is one mistake….last part ga last paragraph r mi part ge first paragraph Kuda kn thafaathu dhw dear… mistake eh tha e anehkaa..

  7. ? says:
    August 22, 2018 at 10:11 pm

    ❤️❤️

  8. avya says:
    August 23, 2018 at 11:54 pm

    stry vrh nic than kolhhe kury cant wait for the next part avahah up kohdhechey love u and well done dear

  9. Ishaa says:
    August 24, 2018 at 8:01 pm

    Koniruku next part up kodheynee… Waiting for next part

  10. Haiii says:
    August 25, 2018 at 11:02 am

    When next part

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 10←


All Right Reserved!