Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 8

almaa2004 Level 210 Stories100 Login
August 20, 2018 4 Mins Read
14 Comments

އާލާއަށްވެސް ވީ ހަމަ އެވަރެވެ. ސީދާ ވިޝާލްގެ ލޮލަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އިރުކޮޅަކު ބަލަހައްޓައިގެން އޮވެފައި އާލާއަށް ފުންމައިގެން ތެދުވެވުނީ ވިޝާލް ކަރުކެހިލި އަޑަށެވެ. ކުރެވުނު ކަންތަކާމެދު ވިސްނާލެވުނީ ދެނެވެ. ގަތް ލަދާއެކު ފަޔަށް ލެވުނުހާ ބާރެއްލާފައި އާލާ ހިނގައިގަތީ ވިޝާލް ބުނާނެ އެއްޗަކަށްވެސް ބެލުމެއް ނެތިއެވެ. މަންޒަރު ބަލަން ހުރި ވިޝާލްގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެެވެ. އާލާ ލައިގެންހުރި ގަޔަށް ދޫ ހައުސްކޯޓާއި ފަރުވާކުޑަ ކުޑަ ގޮތުގައި ބޮލުގައި އޮޅާފައި އޮތް ޝޯލް އޭނާއާއި ކިތަންމެހާވެސް ގުޅެއެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން ވިޝާލް ސިޑިން އަރައިގެން ދިޔައެވެ.

” ގާއިޒް…. އަޑުއަހާބަ…. އަލަށް މި އޮފީހަށް ޖޮއިން ކުރިއެއްނު ކުއްޖެއް ދޯ….. ވިޝާލް ކަންނޭނގެ އޭނައަށް ކިޔަނީ….. ވަރަށް ހޮޓު ދޯ އޭނަ….” ޒާރާ ވާހަކަ ދައްކަމުންދިޔައީ އޭނާގެ ދެ އެކުވެރިންނާއެވެ. މިޒާޖުގައި ބޮޑާ ގޮތެއް ހުންނަ ޒާރާ އަކީ މުއްސަނދި އާއިލާއަކަށް އުފަން ކުއްޖެކެވެ. ޒާރާއާއި އެކު އުޅެވޭނީ އޭނާ ކަހަލަ މީހުންނަށެވެ. އެހެން މީހުންނާއި ގުޅިގެން އުޅުމަކީ ޒާރާއަށް އެއްގޮތަކަށްވެސް ކުރަން އިނގޭ ކަމެއް ނޫނެވެ. ޒާރާގެ ގިނަ ރައްޓެހިން ނުތިބޭ އެއް ސަބަބަކީވެސް އޭނާގެ އެ ހުންނަ ފޮނި ، ބޮޑާ ގޮތްގަނޑެވެ.

*****************

އޮފީހުގައި ކުރަން ހުރި މަސައްކަތްތައް ކޮށް ނިންމާލައިގެން ޒާއިފްއަށް އެތަނުން ސަލާމަތް ވެވުނުއިރު ހަވީރު 5 ޖަހައިފިއެވެ. މަގުތައް ބާރު ބޮޑުކަމުން އަތަކުންކުރެ އަތަކަށް ގުޑައިނުލެވިފައި ޒާއިފް އިނެވެ. އެއްލި ކަޅިއަކުން ޒާއިފްގެ ލޮލުގައި އަޅައިގަތީ ޕޭމަންޓް މަތިން ހިނގަމުން އައި ޒިވާއެވެ. މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތް އިރު މީހާ ވަނީ ހިކި އަނަރޫފަވެފައެވެ. ލޯ ކައިިރި ކަޅުވެފައި ހުރުމުން އެ ދެލޮލަށް ހަމަ ނިދި ނުލިބޭކަން ބަލާލި ކޮންމެމީހަކަށް އިނގޭނެއެވެ. ކޮންމެވެސް ކަމެއް ޒިވާއަށް ކުރިމަތި ވެއްޖެކަމަށް ޒާއިފްގެ ހިތް ބުނަމުން ދިޔައެވެ. ލަންކާގައި ހުރި އިރު ޒިވާ ކައިވެނި ކުރި ވާހަކަ ޒާއިފްވަނީ އަޑު އަހާފައެވެ. އެންމެ ލޯބިވާ މީހާއާއި ކައިވެނި ކޮށްގެން އުޅޭއިރު ޒިވާ އެހާ ދެރަވެފައި ހުންނަން ޖެހޭ ސަބަބެއް ޒާއިފްއަކަށް ނުވިސްނުނެވެ. ޒިވާއަށް ފެނުމުގެ ކުރިން ޒާއިފް އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލުމަށް ފަހު ސައިކަލު ދުއްވާލިއެވެ.

*****************

ޝާއިމްއާއި އާރާގެ އެކުވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަ ވަމުންނެވެ. އެ ގުޅުން ލޯތްބަށް ބަދަލުވެގެން ދާކަށް މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ. ހަސަދައިގެ ލޯތަކުން އެ ދެމީހުންނަށް ބަލާ މީހުންގެ އަދަދެއްވެސް ވަކި މަދެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ދެ މީހަކު އުފަލުގައި އުޅެންޏާ އެކަން ހަޖަމު ނުވާ ކިތަންމެ ބަޔަކު އުޅޭނެއެވެ. ނަމަވެސް ޝާއިމްއާއި އާރާގެ އެއްވެސް ފަރުވާލެއް އެ ކަމަކަށް ނެެތެވެ. އެއަށްވުރެ ބޮޑަށް އެދެމީހުންގެ ދެމެދުގައިވި ލޯތްބާއި އިތުބާރު މާ ވަރުގަދައެވެ. ދެ އާއިލާގެވެސް ރުހުމާއިއެކު މި ދެމީހުންގެ ގުޅުން ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ.

***************

ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު ރަސްކަމުގެ ތަހުތު އިރަށް ދީފައި ދިޔަތާ ކިތަންމެ އިރެކެވެ. ނިދާފައި އޮތް އާލާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނުމުންނެވެ. މުޅި މީހާ ދާހިއްލައި ފޯވެފައި ވާއިރު އެ ފެނުނީ ހުވަފެނެއްކަން އިނގުމުން އާލާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ބާލިސް ދަށުގައި އޮތް ފޯނުނަގައި ގަޑި ބަލާލުމަށްފަހު އާލާ އަވަސްއަވަހަށް ތައްޔާރުވާން ދިޔައީ އޮފީހަށްދާ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ. ގޭން ނުކުމެގެން ފަޔަށް ލެވުނުހާ ބާރެއް ލާފައި ދިޔައިރު ، މިއަދު ގަޑިއަށް އޮފީހަށް ނުދެވޭނެކަން އާލާއަށް ޔަގީނެވެ. އަޅަމުންދިޔަ ބާރުފިޔަވަޅުތަކަށް ހުއްޓުން އެރީ ސައިކަލެއްގައި އައިސް އޭނާކައިރިއަށް މަޑުކޮށްލި ވިޝާލް ފެނިފައެވެ.

” ކިތަންމެ ބާރަށް ހިނގިޔަސް ދެން ގަޑިއަކަށް ނުދެވޭނެ……. ތި ފަރާތުގެ އެއްވެސް މައްސަލައެއް ނެތިއްޔާ އަހަރެން ގެންގޮސް ދީފާނަން…. ” ލޮލުގައި އިން އަވިއައިނު ނަގަމުން ވިޝާލް އެހެން ބުނެލިގޮތުން އާލާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދެވަަނަ ވިސްނުމަކަށްވެސް ނުގޮސް އާލާ ވިޝާލްގެ ފަހަތަަށް އެރީ ގަޑިިއަށް ދާން ބޭނުންނަމަ އެ ނޫން ގޮތެއް އޭނާއަށް ނެތީމައެވެ. އަދި ވިޝާލްއަށް އިތުބާރު ކުރެވުނީވެސް އާލާގެ އެއްވެސް އިހުތިޔާރެއް ނެތިއެވެ. އޮފީހަށް އެކުއެކީގައި ވަދެގެން ދިޔަ އާލާއާއި ވިޝާލްފެނިފައި ޒާރާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އަދި އާލާއަށްޓަކައި އޭނާގެ ހިތުގައި ނަފްރަތުގެ އަލިފާން އަނދަން ފެށިއެވެ. އޮފީހަށް ވަތް ޒާރާ ވިސްނަމުން ދިޔައީ އާލާއަށް ލަނޑެއް ދޭނެ ގޮތަކާ މެދުއެވެ. އެ ވަގުތު އޭނާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

******************

އޮފީހުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅުނު ޒާއިފް އޭނާ ކުރަން ހުރި މަސައްކަތް މަޑު ޖައްސާލީ މަންމަގެ ފޯނެއް އައުމުންނެވެ. ” ހަލޯ ދަރިފުޅާ…… މަންމަ ބުނީ މިރޭ މަންމަމެން ގެއަށް ކާން އަންނަންވީނުން… މަންމައާއި ބައްޕަ އެބަ ޖެހޭ ދަރިފުޅާއި ކުޑަ ވާހަކައެއް ދައްކާލަން….” މިރޭ ދާނަން ކަމުގައި ބުނެ ޒާއިފް ފޯން ބޭއްވީ ހަވީރު ވުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭތޯއެވެ.

****************

ސިޑި މައްޗަށް ފެން އެޅުމަށްފަހު ޒާރާ ހުރީ އާލާ ފައިބާނެ އިރެއްގެ އިންތިޒާރުގައެވެ. މާ ގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ސިޑިއާއި ދިމާލަށް އައި އާލާ ފެނި ޒާރާ  އެތަނުގައި ހުރި ފާރާއި ނިވާވެލިއެވެ. އިރުކޮޅަކުން އާލާ ހަޅޭލަވައިގަތް އަޑު އިވުމުން ޒާރާ އޭނާގެ އަނގަ މަތީގައި އަތް އެޅީ ހިނިގަނޑު މައިތިރިކުރުމަށެވެ. އެހެންހުރެ ބޯ އަރިކޮށްލައި ބަލައިލި އިރު ޒާރާގެ ލޭ ކެކިގަތީ އާލާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރި ވިޝާލް ފެނިފައެވެ. ގޮށް މުށް ކަވާފައި ފާރުގައި ބާރަށް ޖެހުމަށްފަހު ޒާރާ އެތަނުން ދިޔައެވެ. ލޯ މަރައި ތަގުޅި ކޮށްގެން ހުރި އާލާއަށް ލޯ ހުޅުވައިލެވުނީ މީހަކު އޭނާގެ ވެއްޓުމުގެ ކުރިން ހިފެހެއްޓިކަމުގެ އިހުސާސް ކުރެވުމުންމެވެ. ލޯ ހުޅުވާލި ވަގުތު ވިޝާލްގެ ސޫރަ ފެނުމުން އާލާގެ ހަށިގަނޑުގައިވި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ވިޝާލްގެ އަތް ދަށުން ވީއްލި ގަތުމަށްފަހު އާލާ ފަސް އެނބުރި ހިނގައިގަތެވެ. ޝުކުރު އަދާ ކުރުމަށްވެސް އާލާ ހަނދާންނެތުނީ އެވަގުތު ހިތަށް ކުރެވުނު ފޮނި އިހުސާސެއްގެ ސަބަބުންނެވެ.

*******************

ސިޓިންރޫމުގައި ތިބި ނަސީމާއާއި ފަރީދުގެ މޫނުމަތި އުޖާލާވެގެން ދިޔައީ އެގޭގެ ދޮރު ހުޅުވާލާފައި ވަތް ޒާއިފް ފެނިފައެވެ. ކައި ނިންމާލުމަށްފަހު ފަރީދު ތައްޔާރުވެލީ ޒާއިފް އެ ގެއަށް ގެނައި މައިގަނޑު ބޭނުން ފުރިހަމަ ކުރުމަށެވެ. ” ދަރިފުޅާ……. ދަރިފުޅު މިހާރުތީ އަމިއްލަ ފައި މައްޗަށް ތެދުވެގެން ހުރި ހަރުދަނާ ޒުވާނެއް…. ދަރިފުޅަށް މިހާރު 24 އަހަރު ވެއްޖެ….. ދަރިފުޅު ނުވިސްނަންތަ މީހަކާ އިންނާކަށް؟…..” ކުއްލިއަކަށް އިނދެފައި ފަރީދު ބުނި އެއްޗަކުން ޒާއިފް ސިހުނެވެ. ޒާއިފް ބޭނުންވީ އެއްވެސް ކަމެއް ސިއްރު ނުކޮށް ހަގީގަތް ކިޔައި ދިނުމަށެވެ. ” ބައްޕާ….. އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް އަޅުގަނޑު ލޯބިވީ އެންމެ މީހަކު ދެކެ…..އޭނަ މިހާރުވަނީ މީހަކާއި އިނދެ ދިރިއުޅުމެއް ފަށާފައި……. އަޅުގަނޑަކަށް ދެން ލޯތްބެއް ނުވެވޭނެ އިތުރު މީހަކު ދެކެއެއް…. ބައްޕަމެން އަޅުގަނޑު ކައިވެނި ކުރާނެ މީހަކު ހަމަޖެއްސިޔަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް……” އާއެކެވެ. އިތުރު މީހަކަށް ބަހާނެ ލޯތްބެއް މިހާރު ޒާއިފްއަތަކުއެއް ނެތެވެ. އޭނާ މިހާކާއި އިންނަން އޭނާގެ މައިންބަފައިން އެހާ ބޭނުންވާއިރު އެކަމާ ދެކޮޅު ހަދާނެހައި ހިތްވަރެއްވެސް ޒާއިފްގެ ގަޔަކު ނެތެވެ.

” ކޮބާ ފަރީދު….. އެހެން ވީމަ މާ ރަނގަޅަކަށްނު މި ދިމާވީ…… އެބަހުރި މަންމަމެންނަށް ކަމުދާ ކުއްޖެއް…… އެއަކީ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް….. ދަރިފުޅު ގަބޫލިއްޔާ މަންމަ ބޭނުންވަނީ ދަރިފުޅު އޭނައާއި ކައިވެނި ކުރަން….. ދަރިފުޅު ވާނެ މާދަން މަންމަ މެންނާއެއްކޮށް އެ ގެއަށް ދާން…… އެ މީހުންނާ ބައްދަލު ކޮށްލަން……” މަންމަގެ އަޑުގައިވި އުފާވެރިކަމުން ޒާއިފްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަދި މާދަން އަންނާނަން ކަމަށް ބުނެ ޒާއިފް އޭނާގެ މަންމައާއި ބައްޕައަށް ހިނިތުުންވުމެއް ހަދިޔާ ކުރުމަށްފަހު ހިނގައިގަތެވެ. ޒިވާގެ ނަންވެސް އޭނާގެ ހަޔާތުން ފޮހެލަންޖެހޭ ވަގުތު އައިސް ޖެހިއްޖެކަމަށް ޒާއިފްގެ ހިތް އޭނާއަށް ވިސްނައިދެމުން ދިޔައެވެ. އަދި އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލުމަށްފަހު ސައިކަލު ސްޓާޓް ކޮށްލިއެވެ.

*******************

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި ޒާރާ ހުރީ ރުޅިއައިސްގެން ފަޅައިގެން ދާ ވަރުވެފައެވެ. ” އެ އަންހެނާ މަ އަތުން ބޮނޑިއެއް ބޯނެ އަދި….. ކޮންމެ ފަހަރަކު ވިޝާލްއެއް ނާންނާނެ އޭނަ ސަލާމަތް ކުރާކަށް……. އަދި ވަރަށް ވެފައޭ ހުރީ ވިޝާލްގައިގަ ބައްދައިގަނެގެން…….” އެނދުމައްޗަށް ޖެހިގަންނަމުން ޒާރާ ވާހަކަ ދެއްކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މިޝްޔާއާއިއެވެ. “ޕިސް ޕިސް….. ޒާ ހަމަ ޖެހިބަލަ….. ވިޝާލް ކަހަލަ ހޭންޑްސަމް މީހަކު ނޫޅޭނެ ދޯ އެއޮށް ކަޓު މީހާއާއި ހެދި މޮޔަވެގެނެއް….. ހީވަނީ ގައިގަ ފޮތި ފޭއްޔެއް އޮޅާފަ ހުންނަހެން ވިއްޔަ..” އަނގައަށް ވައްތަރެއް ޖައްސާލަމުން މިޝްޔާ ބުންޏެވެ. އަދި ދެ މީހުން އެކީ ހޭން ފެށިއެވެ.

ނިދަން އުޅެ އުޅެވެސް އާލާއަށް ނިދޭ ގޮތެއް ނުވިއެވެ. ނިދި މިރޭވަނީ އޭނާއާއި މާ ދުރަށް ގޮސްފައެވެ. ހިޔާލުތަކުގައި އޮތް އާލާއަށް ހިޔާލުތަކުން ބޭރަށް ނުކުމެވުނީ ބާލިސް ދަށުގައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނު ނަގައި ބަލާލި އިރު އެއަކީ ފޭސްބުކްއިން އައިސްފައިވާ ނޮޓިފިކޭޝަން އެކެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު އާލާ އެ ނޮޓިފިކޭޝަން ހުޅުވާލިއެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ލޯތްބަކީ 8

Next

11 ޖެނުއަރީ

Next
August 20, 2018

11 ޖެނުއަރީ

Previews
August 20, 2018

ލޯތްބަކީ 8

14 Comments!

  1. Haii says:
    August 20, 2018 at 6:55 pm

    Vrh reethibeach mi nai ves kn irakun next part..

  2. almaa2004 says:
    August 20, 2018 at 7:00 pm

    Thankiu
    Next part varah avahah

  3. Huvey says:
    August 20, 2018 at 7:22 pm

    Assu vx vrh reethi?

  4. almaa2004 says:
    August 20, 2018 at 7:24 pm

    Awwwwn
    Thanks huvey❤

  5. Ige Ehnnu ? says:
    August 20, 2018 at 8:21 pm

    Kos araalaafi?

  6. almaa2004 says:
    August 20, 2018 at 8:26 pm

    Thanks?

  7. naash says:
    August 20, 2018 at 8:51 pm

    maasha allah vvvv nice mi part vx… whn next can’t wait dear.. hehe ehaa vx reethi viyya

  8. almaa2004 says:
    August 20, 2018 at 8:58 pm

    Wednesdayge kurin next part up kureveythw balaalan……
    Thanks for your wonderful comment❤

  9. naash says:
    August 20, 2018 at 11:52 pm

    I think zalaf marry kuran e ulhey girl aky zeeva kanneynge…..

  10. almaa2004 says:
    August 21, 2018 at 12:10 am

    Hahaha
    Could be…. lets see

  11. almaa2004 says:
    August 21, 2018 at 12:12 am

    And hurihaa kiyuntherinnah eid mubarak❤

  12. Unknown girlll.. says:
    August 22, 2018 at 12:01 am

    V. Reethi keep up the good work..cover pic medhuga in firihenkujjaky zaaif tha..? Eid mubarak??????❤❤❤luv ya

  13. almaa2004 says:
    August 22, 2018 at 9:22 am

    Thakiu dear
    Cover pic ge right side ga eyny zaaif……
    Luv yu too❤❤

  14. Queen ? says:
    August 22, 2018 at 12:52 pm

    Kobaa koniraku vaahaka up kuraney… Waiting waiting

Comments are closed.

Next Episodeއިންތިޒާރު 9←


All Right Reserved!