Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 8

Dhonthiii Level 210 Stories100 Comments
August 20, 2018 4 Mins Read
6 Comments

“ރާއިލް، އިސްދެޓް ޔޫ.” އެމެސެޖްއަށް ރިޕްލައި ކުރުމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކީ ޝައިރާ އިންތިޒާރުކުރަމުން ދިޔައީ ޖަވާބު އަންނާނެ އިރަކަށެވެ. “އައިމް އަޔާން. އަހްމަދު އަޔާން. އެނގޭ މިހެން އަދި ބުންޏަސް ނޭނގޭނެކަން. އަދި ފެނިފަ ހުރިހެނެއްވެސް ހިޔެއްނުވޭ. އަޔާންވެސް މިއީ ހަމަ ތިރަށު ކުއްޖެއް. އެކަމަކު މިވަގުތު ރަށުންބޭރުގަ މިއުޅެނީ.” އަޔާންގެ މެސެޖް ކިޔާލާފާ ޝައިރާ ވަގުތުން މާޔޫސްވީ ރާއިލްގެ މެސެޖްއަކަށް ނުވީމައެވެ. ޝައިރާ ދަންނަވެސް މީހެއްނޫންކަމުން ރިޕްލައި ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް އަޔާން އެވަރަކަށް މެސެޖުކުރާތީ ޝައިރާއަށް އަނގައިން ނުބުނެ ނުހުރެވުނީއެވެ.

“އަޔާން: ރުޅިއައިއްސަތަ އަނގައިން ނުބުނަން ތިހުންނަނީ.                     ޝައިރާ: ހަމަ ނޭނގިގެންތަ ތިއަހަނީ؟ ކާކުތިމީހަކަށް މަގޭ ނަންބަރުދިނީ؟ އެންޑް ފެންނަހާ މީހަކު ކައިރި އެންމެ ފުރަތަމަވެސް ބުނަނީ ލޯބިވެޔޭތަ؟       އަޔާން: ހާދަ އަވަސްއަރުވާލާފަ. އަހަރެން ނޫޅެމޭ ނުބުނާކަށް. ނޫނީ ތަނަކަށް ދާން ލަސްވެގެންތަ ތި އެއްފައްޗަކަށް އަމުނާލަނީ.             ޝައިރާ: ނޫނޭ ތަނަކަށް ދާން ލަސްވެގެނެއްނޫން. ތިމީހާޔާ ވާހަކަދައްކަން ބޭނުންނުވާތީ އަވަސްކުރަންވެގެން އެންޑް އަހަރެން ބަލަން ބޭނުންކަމެއް އޮތީމާ މި ވާހަކަދައްކަނީވެސް.     އަޔާން: އޯވ….. އެހެންވީއިރު ތި ބަލަން ބޭނުންވާ ކަމަކީ ކޮބާ؟                     ޝައިރާ: އަހަރެން ނަންބަރ ހޯދިގޮތަކާ، އަހަރެން ދަންނަންތޯއާ، އަހަރެން ފެނުނީ ކޮންތާކުންތޯއާ، ތިމީހާގެ ބޭނުމަކީ ކޮބާތޯ؟ އެއީ ހަމައެކަނި އަހަރެން އެނގެން ބޭނުންވާ ކަންކަމަކީ. ގައިމުވެސް ތީކީ އަހަރެން ދަންނަވެސް މީހެއްނޫން ސޯ އައިމް ޖަސްޓް ކިއުރިއަސް.                     އަޔާން: ފަރސްޓް ކޭންއައި ކޯލް ޔޫ ޝައި. ޝައިގެ ނަންބަރ އަޔާންއަށް ލިބުނީ ފްރެންޑެއްގެ އަތުން. އަޔާންއެއްވެސް ނުދަންނަން ޝައިއެއް. ހަމަލޮލަށް ޝައި ނުވެސް ދެކެން އަޔާންއެއް. ޝައިގެ ނަންބަރ ދިން ފްރެންޑް ކުއްޖާ ފޮނުވި ފޮޓޯއެއް ދެކުނީ. އައިނޯ އިޓް ޑަޒަންޓް މޭކް ސެންސް ފޮޓޯއެއް ފެނިގެން ލޯބިވެވިދާނެއޭ. އެކަމްވެސް އެހެން އެވީނުން. އަޔާންގެ ބޭނުމަކީ ޝައިއާ ރައްޓެހިވުން އެންޑް ދެން މެރީކުރުން އެންޑް ދެން ހޭވް ކިޑްސް އެންޑް ލިވް ހެޕިލީ. އަދި އެއްވާހަކަ އެބޮތް، ތިމީހާ ނުކިޔާ އަޔާން ކިޔާބަލަ.               ޝައިރާ: އަހަރެން ބޭނުން އެއްޗެއް ކިޔާނީ. އެކަމަކު މަށަކަށް ޝައިއެއް ކިޔާގެން ނުވާނެ. އެއީ ހަމައެކަނި ދަންނަ މީހުން ކިޔާއެއްޗެއް. ބަޓް ތީ ސްޓްރޭންޖާއެއް. ބައިދަވޭ ކުރިއަކަށް ވިސްނުން އެބަހުއްޓެއްނު. އެކަމަކުވެސް އައިމް ސޮރީ އައިހޭވް އަ ބޯއީފްރެންޑް.” ޝައިރާ އަވަހަށް އޮފްލައިން ވީ އިތުރަށް އަޔާންއާއި ވާހަކަ ދައްކަން ބޭނުންނެތީމައެވެ.

ޝައިރާއަށް އަޔާންގެ މެސެޖެއް ނާންނަދުވަހެއް މަދެވެ. އެކަމުން ޝައިރާގެ ބޮލަށް އުނދުގޫވެ، ދެރަވިނަމަވެސް ކުޑަ ހިތްތަމަޖެހުމެއްވެސް ލިބޭތީއާއި އެކު އަޅާނުލަނީއެވެ. އެއީ ރާއިލް ވާހަކަ ނުދެއްކިޔަސް ޝައިރާއާއި ވާހަކަދައްކާހިތްވާ މީހުންއުޅޭކަން އެނގޭތީ ހިތްހަމަޖެހެއެވެ. އެކަމަކު ދެރަވަނީ މިނުދަންނަ މީހާއަށް ޝައިރާ މުހިންމުވާއިރު ރާއިލްއަށް ޝައިރާ މުހިންމު މީހަކަށްނުވާތީއެވެ. ރާއިލްގެކައިރީ ނުދަންނަ މީހަކު އުނދަގޫކުރާވާހަކަ ބުނުމުންވެސް ވީއުފަލެއްނެތެވެ. ރާއިލްގެ ޖަވާބަކަށް ވީ, “ސޯ ވަޓްޝުޑް އައިޑޫ؟ އަހަރެން ކުރަންހުރި ބައިވަރު ކަންތައް އެބަހުރި. ތިބޭކާރު ކަންތަކާ ވިސްނާނެ ވަގުތެއްނެތް.” ވީފޫއްސަކުންނާއި އައިރުޅިން ޝައިރާ ގަސްތުކުރީ ދެން ރާއިލް އަނގައިން ނުބުނަނިސް ޝައިރާ އިސްވެ އެއްވެސް ވާހަކައެއް ނުދައްކާށެވެ.

އެދުވަހަށްފަހު ރާއިލް އޮންލައިންގާ އިނަސް ޝައިރާ އެއްވެސް އެއްޗެއް ނުބުނެއެވެ. އަމިއްލަޔަށް އެއްޗެއް ހިތަށް އަރައިގެންވެސް މަސްދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ރާއިލް އިސްވެ މެސެޖެއްވެސް ކޮއްނުލިއެވެ. ކުޑަމިނުން ޝައިރާ ދުނިޔޭގަތޯ ހުރީވެސަ ބަލާނުލައެވެ. ކިތަންމެ ދެރަވިނަމަވެސް ޝައިރާ މިފަހަރު ގޮތުގާ ހިފަހައްޓާލިއެވެ.

ކޮންމެދުވަހަކު ކަހަލަ ގޮތަކަށް އަޔާންގެ މެސެޖްއެއް އާދެއެވެ. ޝައިރާ ރިޕްލައި ނުކުރިޔަސްވެސް އަޔާންއަށް ހެވެވެ. ކޮންމެވެސް ދުވަހަކުން ޝައިރާ ވާހަކަދައްކާނެކަމުގެ އުންމީދުއޮވެއެވެ. ދުވަސްތައް ފޫހިކަމާއިއެކުދާތީ ޝައިރާ ވިސްނީ ދެން މެސެޖްކުރާ ދުވަހަކުން މިނުދަންނަމީހާޔާ ދީމާލަށް އެއްޗެހި ކިޔާގެން ފޫހިފިލުވާށެވެ. އެއީ ވަރަށް މަޖާ ކަމެއްކަމަށް ޝައިރާ ދެކުނެވެ.

“އަޔާން: އަނގައިން ނުބުންޔަސް އޯކޭ އެކަމަކު ވައިބާރއިން އަދިވެސް އަޔާންގެ ނަންބަރ ބްލޮކް ނުކޮށްތިއިނީ ކީއްވެޔޯ؟ އުނދަގޫވާނަމަ ކުރިސްދޯ. އެނގޭ މެސެޖް ބަލާފަކަންވެސް އިންނަނީ.     ޝައިރާ: މަށަށް ދޯ އެނގޭނީ މަ ކުރާނެކަމެއް. ސޯ ކޮން ރައްޓެއްސެކޯމި މާ ހެޔޮއެދެނީ؟         އަޔާން: ތިޔަށްވުރެ ރީތިކޮށް އެހި ދުވަހަކުން ބުނާނަން.                     ޝައިރާ: އިން ޔޯ ޑްރީމް. ބައިދަވޭ ކީއްވެތަ ސިންގަލް ކުއްޖެއް އަތުއަޅުވަން ނޫޅެނީ؟     އަޔާން: ޔޫއަރ ނޮޓް މެރީޑް ޔެޓް. އެހެންވެ އަޔާންއަށް ލިބޭތޯ ޓްރައިކޮއްލަން ބޭނުންވަނީ. ޔަޤީނުންވެސް ވަރަށް އުފަލުގަ ގެންގުޅޭނަން.   ޝައިރާ: ހައްހައްހާ ސޯ ފަނީ.           އަޔާން: ވެލް މިހުރިހާދުވަހު އަނގައިން ނުބުނެފަ މިއަދު ވާހަކަދައްކަން ފެށީ ކީއްވެޔޯ؟”       އަޔާންގެ އެ ސުވާލައް ދޭނެ ޖަވާބެއް ޝައިރާގެ އަތުގާނެތުމުން އަވަހަށް އޮފްލައިންވީ ހިތުން އެސުވާލަށް ފިލަންށެވެ.

މިހާރަކަށް އައިސް ޝައިރާއަށް އޮންލައިންވެވެނީވެސް އަޔާންއާއި ޖަަދަލުކުރާށެވެ. އެކަމުން ޝައިރާއަށް ހިތްހަމަޖެހުންގެނެސްދީ ހިތާމަތަކަށް ލުޔެއްލިބެއެވެ. ތެދަށްބުނަންޔާ އަޔާންއަށް އެއްޗެހިކިޔަން ޝައިރާ ހޭދަކުރާ ވަގުތުކޮޅުގާ ރާއިލްގެމަތިން ހަނދާނެއްވެސްނުހުރެއެވެ. އެކަން ޝައިރާއަށް ފާހަގަވިއްސުރެން ޝައިރާ އިންނަނީ އަޔާންގެ މެސެޖެއްގެ އިންތިޒާރުގައެވެ. އެއްވެސް ދުވަހަކު ޝައިރާ އިސްވެ އަޔާންއަކަށް މެސެޖެއްނުކުރާތީވެ އިންތިޒާރުގާ އިނުންނޫންގޮތެއްނެތެވެ.

މިހާރު އަޔާންއާއި ޖަދަލުނުކޮށްލިއްޔާ ޝައިރާގެ ދުވަސްދަނީ ވަރަށް ފޫހިކޮށެވެ. އަޔާންގެ މެސެޖެއް ނާންނަތާ ހަފްތާއެއް ވީއިރުވެސް އަމިއްލައަށް އެއްޗެއްބުނަން ނުކެރިފާ ހުރެވެސް ޝައިރާ އިސްވެ މެސެޖުކޮއްލިއެވެ.

“ޝައިރާ: ހައި ސްޓްރޭންޖާ             އަޔާން: ވަޓް ހެޕެން ޑިއަރ؟           ޝައިރާ: ނަތިންގް. ހަމަ ފޫހިވާތީވެ މިއުޅެނީ.   އަޔާން،: ފޫހިވާތީވެސް އަޔާންއަށް މެސެޖްކުރީތީ ވަރަށް ހެޕީވެއްޖެ. އިޓްމީންސް ނައު ވީއަރ މޯރދެން ސްޓްރޭންޖާރސް ރައިޓް؟             ޝައިރާ: ރޯންގް. ކާންޓް ޔޫ ސީ، އައިމް ޖަސްޓް ޔޫސިންގްޔޫ. ލައިކް މަ ފޫހިފިލުވަން ގެންގުޅޭ ޕަޕެޓެކޭވެސް ބުނެވިދާނެ.               އަޔާން: އޯކޭ ތިގޮތްވެސް. ބައިދަވޭ ތިހާ ރުޅިނާދެބަލަ. ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނާއަޑެއް ނާހަންތަ؟                       ޝައިރާ: އެއީ ހަމަ ތޯ ތޯ ވާހަކައެއް. ކިތަންމެ ވަރެއް ކުރިޔަސް އަހަރެން ނުވާނަން ލޯތްބެއް ތި މީހާގަނޑު ދެކެއެއް. މި ފިރެހަނުންނައް ހީވާކަހަލަ ބަލާލަން ރީތި ސިފައެއް ލިބުނީމަ ދެން ފެންނަހާ އަންހެނަކު މިމީހުނައް ހިތްކިޔާނޭ.           އަޔާން: ތީގެ މާނައަކީ ޝައިއަށް އަޔާން ރީއްޗޭ ދޯ! މިވަގުތައް ތިވަރުންފުދޭ. އަދި އަޔާންދެކެ ލޯބިވެސްވާނެ. ހަމަ ޝައިގެ ތި އަނގައިން ބުނާނެ ލޯބިވާވާހަކަވެސް. އައިވިލް ވެއިޓް.         ޝައިރާ: އައްޗި ރީއްޗެއްނޫން. މަ ލޯބިވާ މީހެއް ހުރެޔޭ ކިތައްފަހަރު ތަ ބުނަންވީ؟ އަދި މަށަށް ޝައި ނުކިޔާށޭ.                       އަޔާން: ދެން ތިބުނާ ލޯބިވާ މީހަކާ ވާހަކަ ދެއްކުމުގެ ބަދަލުގަ އަޔާންއާއި ވާހަކަދައްކަން ތީއިނީ ޔޯ؟   ޝައިރާ: އެއީ ތިމީހާގަނޑާ ބެހޭކަމެއްނޫން.     އަޔާން: އޯކޭ. ލަވްޔޫ. ބައި..             ޝައިރާ: އޯކޭ. ހޭޓް ޔޫ. ބައި..”

އަޔާން އާއި ވާހަކަ ދައްކާ ނިމުންއިރު ޝައިރާގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. ކިތަންމެ ރުޅިއަންނަ ކަމަށް ހަދާފަ ވާހަކަދެއްކިޔަސް ހަގީގަތުގައި ޝައިރާ މިހާރު އަޔާންދެކެ ރުޅިއެއްނާދެއެވެ. ރުޅިއަންނަނަމަ އަޔާން އޮންލައިންވޭތޯ އިންތިޒާރެއް ނުކުރީހެވެ. ޝައިރާއަށް މިވާގޮތެއް ޚުދު ޝައިރާއަކަށްވެސް ނޭނގެއެވެ. އަނެއްކާ ޝައިރާއަށް އަޔާން ކަމުދަނީބާއެވެ. އެހެން ކަމަށްވާނަމަ ޝައިރާ ރާއިލްއަށް ބޭވަފާތެރިވެވެނީބާއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ފެވިފާނަންތިވޭ ހިތުގާ 1

Next

އިންތިޒާރު 8

Next
August 20, 2018

އިންތިޒާރު 8

Previews
August 20, 2018

ފެވިފާނަންތިވޭ ހިތުގާ 1

6 Comments!

  1. Twinkle says:
    August 20, 2018 at 8:04 pm

    Nice n funny part❤️☺️
    Shai n ayaan gulhuvaba thi raail ah v Gina chance dhevihje dhw so now it’s time to break up n move on
    Alhe next part adhives dhigu koladhyba.
    Waiting for next part

    1. Anonymous says:
      August 20, 2018 at 8:06 pm

      By the way
      Me first dhw.. ?? yeyy??

    2. Dhonthiii says:
      August 20, 2018 at 8:17 pm

      Thankyou ?? aaan dhw raail ah varah chance dhevihje hehehe. Yey ur first

  2. Dhonthiii says:
    August 20, 2018 at 9:05 pm

    Eid mubarak all the readers ????

  3. shaan says:
    August 21, 2018 at 9:19 am

    nice n varae majaa ingeyy

    1. Dhonthiii says:
      August 21, 2018 at 11:01 am

      Thanxs..

Comments are closed.

Next Episodeލޯތްބަކީ 9←


All Right Reserved!