Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ

Anjal Level 210 Stories100 Comments100 Login
August 20, 2018 One Min Read
13 Comments

ނިދާފައި އޮތް އީން އަށް ހޭލެވުނީ އެންމެ ގާތް އެކުވެރިޔާ އަލްކާ ގެ އަޑަށެވެ. “އޭތް.. އީން ހޭލަބަލަ.. އެއޮތް ކޮލެޖް އަށް ދާން ގަޑިޖެހެނީ..” ފުންމައިގެން ތެދުވެ އީން ގަޑިބަލާލިއެވެ. ގަޑިޖެހެން ފަނަރަ މިނެޓަށްވީއެވެ. އަވަހަށް ތެދުވެ ފާހާނާ ތެރެއަށް ދެމިގަންނަމުން ތަންކޮޅެއް ކުރިން ގޮވާލިނަމަ އޭ ކިޔާ އަލްކާ އަށް ލޯއަޅާލިއެވެ. ވާނީވެސް އެހެންތާ އެވެ. މިއަދަކީ އީން ގެ ފުރަތަމަ ޔުނިޓް ޓެސްޓް ނަގާ ދުވަސްކަމުން އެއްގޮތަކަށްވެސް ގަޑިޖެހޭކަށް ބޭނުމެއް ނުވެއެވެ. “މަ ގޮވީމޭ..ކަމަނާ ނިދިގަދައީ.އެހެންނު ވާނީ ދަސްކުރަންށޭ ކިޔާފަ ހޭލާ އިނީމަ..އަލްކާ ދިފާއުގައި ވާހަކަ ދައްކަމުންވެސް އަވަހަށް ގޮސް ފްރިޖުން މިލްކް ޕެކެޓެއް ނަގާ އީން އަށް ދިއްކޮށްލިއެވެ.

އީން އަވަސް ހިނގުމެއްގައި މަޖީދީ މަގުން ފެކަލްޓީ އޮފް ހެލްތް ސައިންސް އާ ދިމާލަށް މިސްރާބު ޖެހީ ބޯމަތިކޮށްފައި އޮތް ވިއްސާރައިގައި ނުޖެހި ކޮލެޖް އާ ހަމައަށް ދެވޭތޯއެވެ.  އެހެން ނަމަވެސް ސިކުންތު ކޮޅެއްވެސް ނުވަނީސް ވައިގަދަވެ ވެހެންފެށި ބޯ ވިއްސާރައިގެ ސަބަބުން އީން އަށް ހިޔަލަކަށް ވަންނަން މަޖްބޫރު ވިއެވެ. ޑެނިމް ސްކިނީ އާއިއެކު ލައިގެން ހުރި ހުދު ކުލައިގެ ކުރުތާ ތެމި އީން ގެ ތުނި ހަށިގަނޑުގައި ތަތްވާފެށުމުން ލަދުގަންނަ ގޮތްވިއެވެ.މިނޫން އެހެން ހެދުމެއް ލައިގެން އާދެވުނު ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ސާދާ ގޮތަކަށް އަޅައިގެން ހުރި މަޑު ނޫ ކުލައިގެ ޝޯލް ގައި ފަރުވާތެރި ކަމާއެކު އެއްއަތުން ހިފަހައްޓައިގެން ހުރީ ވައި ގަދަކަމުންނެވެ. ގަޑިބަލާލެވުމާއެކު އީން މާޔޫސް ވިއެވެ. ޓެސްޓް ފެށެން އެންމެ ފަސްމިނެޓަށްވީ އެވެ. މިހާރު ހުރިހާކުދީން ތިބޭނީ ހޯލްގައެވެ. ގަޑިޖެހިގެން ދެވުމުން ހޯލަށް ވައްދާނެކަމެއްވެސް ނޭގެއެވެ. އެ ހިޔާލްތައް އައުމާއެކު ފެންކަޅިވެ ރޮވޭގޮތް ވިއެވެ. ނުވާންވީ ކީއްވެހެއްޔެވެ.ރަށުން އޯލެވެލް ނިންމާފައި މަންމަ އާއި އާއިލާ ދޫކޮށް މާލެ އައީ ކިޔަވައިގެން ނަރުހަކަށް ވުމުގެ އުންމީދުގައެއެވެ. ރަށު ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ  އީން ގެ އެއްބަނޑު އެއްބަފާ އެންމެ ބޮޑު ދައްތަ ކުއްލިއަކަށް ނިޔާވުމުން ލިބުނު ފުން ހިތާމަޔަށް ފަހު ކިޔަވައިގެން ނަރުހަކަށް ވުމަކީ އީން ގެ ހުވަފެނެވެ.ޑިޕްލޮމާ އިން ނާރސިން ކޯހުގައި އީން ބައިވެރިވީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައެވެ. ހުދު ޔުނީފޯރމްގައި މަންމަ ކުރިމައްޗައް ދެވޭ ދުވަސް އެއީ ދައްތަ ނެތުމުންް މަންމަ އަށް ލިބުނު ފުން ހިތާމަ ތަކަށް ލުޔެއް ލިބިގެން ދާނެ ދުވަހެއް ކަމަށް އީން އަބަދުވެސް ގަބޫލް ކުރެއެވެ. ކުރެވުނު ހިޔާލް ތަކުން ނިކުމެ ލޮލުން ފޭދެން ތައްޔާރުވެއިން ކަރުނަތިކި އީން ފޮހެލީ ހިތްވަރާއެކުގައެވެ. ދެކެމުން މިއަންނަ ހުވަފެންތަށް އަދި މަންމަގެ އުންމީދު ހަގީގަތަކަށް ހަދާނެއަޒުމާ އެކުގައެވެ…..

ހުރެވުނީ ކޮލެޖާ ކައިރި ހިސާބެއްގައި ކަމަށް ވިޔަސް ވިއްސާރާގައި ތެމިގެން ނުދެވޭނެތީ ކުޑަކޮށް ބޭރަށް ބޯދިއްކޮށްލުމަށް ފަހު މަގުމަތިން ދިޔަ ކަޅުކުލައިގެ ކާރު ހުއްޓުވުމަށް އަތް ނެގިއެވެ.  ރަނގަޅަށް ކާރުމަޑުވެސްކޮށް ނުލަނީސް ދުވެފައި ގޮސް ކާރަށް އަރައި  ” ފެކަލްޓީ އޮފް ހެލްތް ސައިންސަސް… ޕްލީޒް އަވަސް ކޮށްލަދެއްޗޭ ގަޑި ޖެހެނީ” އީން އަވަސް އަރުވާލާފައި ފައްޗަކަށް އަމުނާލިއެވެ. އެވަގުތު ފޯން ރިންގް ވާން ފެށުމުން ބަލާލިއިރު ގުޅަނީ އަލްކާ އެވެ. އަވަހަށް ފޯން ނަގައި “އަދި ރީޗް ނުވޭ.. މިހާރު ޓެކްސީގަ”  އޭބުނެ ފޯން ބޭއްވިއެވެ. ޑްރައިވަރ އިތުރު ޖަވާބެއް ނުދީ ކާރު ދުއްވާލުމުން އީން ވެސް ބެކްޕެކުން ޓިޝޫނަގާ  އެ ދޮން މޫނު ގައި މުތީ ތަކެއްހެން ހަރުލާފައި ހުރި ފެން ތިކިތަށް މަޑުމަޑުން ސާފު ކުރަން ފެށިއެވެ. ޓެކްސީ އެއްކަމަށް ހީކޮށް އެރުނީ ޕްރައިވެޓް ކާރަކަށް ކަމެށް  އީން އަށް އެއްގޮތަކަށް ވެސް ނޭގެއެވެ. އަދި ކާރު ދުއްވަން އިން ޒުވާނާ އީން ގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާ އެކު ބަލަމުން ދިޔަ ކަމެއް ވެސް ހާސްވެފައި ހުރި އީން އަށް ރޭކާވެސްނުލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

11 ޖެނުއަރީ

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 8

Next
August 21, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 8

Previews
August 20, 2018

11 ޖެނުއަރީ

13 Comments!

  1. Ehleesha says:
    August 20, 2018 at 7:10 pm

    Me first dhw. Masha allah vaahaka varah reethi. When next??

    1. Anjal says:
      August 20, 2018 at 9:29 pm

      Thank you
      insha allah komme monday& thursday ga

  2. Love U ?? says:
    August 20, 2018 at 9:20 pm

    NYC keep it up and hope you will upload the story daily

    1. Anjal says:
      August 22, 2018 at 10:41 pm

      thank you
      insha allah. i will.

  3. mari says:
    August 20, 2018 at 10:25 pm

    vvvvvv reeethi………anjal ge age buneba…..love this story <3

    1. Anjal says:
      August 20, 2018 at 11:23 pm

      thank you
      v ufaavejje vahaka mari ah reethi veema ..im a girl age below 26 .

  4. Queen ? says:
    August 21, 2018 at 1:13 am

    Haadha kurey… V v v salhi vaahaka… Next part whn? Nd dhigu kohla dhehchy

    1. Anjal says:
      August 22, 2018 at 10:43 pm

      thank you Queen
      v ufaa vejje story reethi v ma. varah bodah balaanan digu kohdevey tho

  5. Iraa says:
    August 22, 2018 at 9:47 pm

    Can’t wait to read… V nice…

    1. Anjal says:
      August 22, 2018 at 10:46 pm

      thank you iraa.
      i cant wait to read comments frm u guys. publish kuraa first story v ma varah feedbak beynun. hurihaa kudinves ranaglhu kuran huri kameh nama comment kohladecchey plx..so that i can improve.

  6. Dandelion ? says:
    August 25, 2018 at 10:24 am

    Alhey lwbi stry eh..ummmah..nxt prt up kohfa tha iny..heheh..can’t wait to c wat’s gonna be hppn nxt..ly ??????❤❤??

  7. Arya D.F says:
    August 29, 2018 at 3:06 pm

    Varah reethi … varah furi hama , kiyaalaa iru manzaru lo mathin sifa vaa kahala ❤️WaitIng for next !!

  8. Shumee says:
    September 1, 2018 at 12:27 pm

    Wow what a nice story, really enjoyed ☺

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 2←


All Right Reserved!