Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 8ވަނަބައި

Anha Level 110 Stories100 Comments
August 21, 2018 6 Mins Read
15 Comments

 

ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެގޮތަށް ރޯތަންފެނި އަލަންގެ ހިތަށް ބުނަން ނޭނގޭކަހަލަ އުނދަގުލެއްވަނީއެވެ. ނުރޮއި ހުއްޓާލާށޭ ބުނާހިތްވަނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލަން އޭނާގެ މަގްސަދު ހަނދާންވެ މޫނު އަނބުރައިލުމަށްފަހު ދިއުމަށްޓަކައި ހިނގައިގަތެވެ.

އަލަން ނުކުމެގެން ދިޔައިރުވެސް ލާނާ އެއިންގޮތަށް ރޯންއިނެވެ. ހިތާއި ދެކޮޅަށް މިޖެހެނީ އެންމެ ލޯބިވާ ފަރާތާއި ވަކިވާށެވެ. ލާނާ އެތައްއިރެއް ވަންދެން ރޯންއިންނަމަވެސް ހިތްފުރޭވަރެއް ނުވިއެވެ. ރޯންއިން ލާނާ ސިހިގެންދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އަލަންއެވެ. ލާނާގެ ކެތްތެރިކަން ކޮޅުންލިކަހަލައެވެ. އަދިވެސް ކުރެވުން ވަރު ކުޑައީހެއްޔެވެ. އަދިވެސް އަލަން ހިތްފުރޭވަރު ނުވަނީހެއްޔެވެ. ލާނާ ފޯނުނަގަން ބޭނުންނުވި ނަމަވެސް އަލަންގެ އިންޒާރުމަތިން ހަނދާންވުމުން ފޯނު ނެގިއެވެ. “އަހާނ މައި ގޮއިންގް ޓުބީ ވައިފް. ކޮބާ އަދިވެސް ބައްފަމެން ކައިރީ އަހަރުންގެ ކައިވެނީގެ ވާހަކައެއް ނުދައްކަމެންނު. ކީއްވެ މާ ލަސްވަނީ.” އަލަންގެ އަޑުގައި ވީ ހަރުކަށި ކަމެވެ. “މަ.. މަ.. މާދަން ބުނާނަން. ޖަސްޓް ގިވް މީ ސަމް ޓައިމް.” ލާނާ އަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. ލާނާގެ އަޑު އަހާފައި އަދިވެސް އިނދެގެން ރޮނީކަން އަލަންއަށް އިނގުނެވެ. “އޯހ ގޯޑް. ތި ރުއިން ހުއްޓަން ވީ އެންނު. ބޮލަށް ތުރާއޭ. މާދަން ނުބުނެފިއްޔާ ކަންތައްތައް މާ ރީއްޗެއް ނުވާނެ އިނގޭ.” އަލަން ހަޅޭއްލަވައިގަތުމަށްފަހު ފޯނު ބޭއްވިއެވެ. ލާނާއަށް އަނެއްކައިވެސް ރޮވުނެވެ. ނަމަވެސް ރުއިމަކުން މިއަދު ކުރާނެ ފައިދާއެއްނެތެވެ. ލާނާ ޖެހޭނީ ކެރިހުރެގެން މިކަމާވެސް ކުރިމަތިލާށެވެ. ލާނާ ދެ ލޯ ފޮހެލުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތެވެ.

**************************

އެނދުގައިއޮތް އަލަންއޮތީ ފޯނު ހިފައިގެން ފޭސްބުކްއިން ލާނާގެ ޕްރޮފައިލް ހާވާށެވެ. ލާނާގެ ފޮޓޯތަކަށް ބަލަމުންދިޔައިރު އަލަންގެ މޫނުމަތީގައި ވީ ނުލަފާ ހިނިތުންވުމެކެވެ. ފަހަރަކު ފޮޓޯއަކަށް ބަލަމުންދިޔަ އަލަންގެ ލޮލުގައި އަޅައިގަތީ އިދާންކޮށްފައިހުރި ކޮމެންޓުތަކެވެ. އަލަންގެ ގާތަށް ހިނިއައެވެ. “ޕުއާރ ޑރ.އިދާން. ލާނާވެސް ގެއްލުނީ..” އަލަން ހިނގަޑެއް ޖަހައިލިއެވެ. ލާނާގެ ޕްރޮފައިލް ހާވާންއޮތް އަލަންގެ ސިކުނޑިއަށް ކުއްލިއަކަށް މޮޅުހިޔާލެއްއައެވެ. އިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު ލާނާއަށް ފްރެންޑް ރިކުއެސްޓެއް ފޮނުވައިލިއެވެ.

*********************************

ލާނާއަށް ހެނދުނު ހޭލެވުނީ މަންމައައިސް ދޮރުގައި ތަޅާއަޑަށެވެ. ރޭގައި މާ ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. ވަރަށް އުނދަގުލުން ދެލޯ ހުޅުވައިލުމަށްފަހު ލާނާ ގަޑިއަށް ބަލަލިއެވެ. އޭރު ގަޑިން 8 ޖަހަންހުރީ ބަރާބަރު 15 މިނިޓެވެ. ކުއްލިއަކަށް ލާނާ ހަނދާންވީ ރޭގައި ހިނގައިދިޔަ ކަންތަކުގެ މަތިންނެވެ. އެއީ ހުވަފެނަކަށް ވާނެނަމައެވެ. ލާނާއަށް ރޮވުނެވެ. އިދާންއާއި ނުލާ އުޅޭނީ ކިހިނެއްހެއްޔެވެ. އެއީ ލާނާގެ ހިތުގެ ތެޅުމެވެ. ވިސްނިވަރަކަށް ލާނާގެ ރުއިން އިތުރުވުންނޫން ކަމެއްނުވެއެވެ. އޭރުވެސް ފާހިރާ ހުރެގެން ދޮރުގައި ތަޅަނީއެވެ. ލާނާ ދެލޯ ފޮހެލުމަށްފަހު އެނދުން ތެދުވެ ދޮރުހުޅުވައިލިއެވެ. ދޮރުހުޅުވި ލާނާފެނި ފާހިރާގެ ބަސް ހުއްޓުނެވެ. ލާނާގެ މުޅި މޫނުހުރީ ދުޅަވެފައެވެ. ރޮއިރޮއި ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ. “ދަރިފުޅާ. މަންމަގެ ލާލާއަށް ކހިނެއްވީ. މީހަކު އެއްޗެއް ބުނީތަ. ކަމެއްކުރީތަ.” ފާހިރާ ފައްޗަކަށް އަމުނައިލިއެވެ. ސިކުންތުކޮޅަކަށް ނަމަވެސް ލާނާ ބޭނުންވީ މަންމައަށް ތެދަށް ކިޔައިދޭށެވެ. ނަމަވެސް ދެވަނަ ސިނުންތުގައި ވިސްނުން ބަދަލުވިއެވެ. “ބޮލުގަ ރިއްސަނީ މަންމާ. ރޭގަ މާބޮޑަށް ބޮލުގައި ރިއްސާވަރުން ނުވެސް ނިދުން. އަދިވެސް ވަރަށް ބޮޑަށް އެބަ ރިއްސާ. ” ލާނާގެ ފެންކަޅިވިއެވެ. ހިގީގަތުގައިވެސް ލާނާގެ ބޮލުގައި ވަރަށް ބޮޑަށް އެބަ ރިއްސައެވެ. “ދަރިފުޅާ ޔަގީންތަ އިތުރުކަމެއް ނުވާކަން. މަންމައަށް ދޮގުނުހަދައްޗޭ. މިއަދު ދެން އޮފީހަށް ސަލާމް ބުނެފަ ބޭސްކައިގެން ނިދޭތޯ ބަލާ. މަންމަ އެބަ އަންނަން ބޭސް ހިފައިގެން” ފާހިރާއަށް ލާނާ ދެއްކި ވާހަކަ އެހައި ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ލާނާ ދޮގުނުހަދާނެކަން އިނގޭތީ ގަބޫލުކުރީއެވެ. ފާހިރާ ބޭސްބަލައި ދިއުމުން ލާނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.  ފާހިރާ ބޭސްގެނައުމުން ބޭސްކައިގެން ލާނާ ނިދަން އޮށޯތެވެ. އޮފީހަށް ދާން ނުޖެހޭތީ ލާނާގެ ބޮލަށް ހުރީ ކޮންމެސް ވަރަށް ލުއިވެފައެވެ. އަލަންއާއި ކުރިމަތިލާކަށް ލާނާ ބޭނުމެއް ނޫނެވެ. އަދި ހާއްސަކޮށް ރޭގައި ވީ ކަންތަކަށްފަހު އަލަންގެ މޫނު ފެންނަހިސާބަށްވެސް ލާނާ ދާން ބޭނުމެއް ނޫނެވެ.

********************************

އޮފީހަށް ވަދެގެންއައި އަލަންހުރީ މިއަދު ވަރަށްބޮޑަށް ހިތްހަމަޖެހިފައިކަން ބަލައިލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އަލަންހުރީ ލާނާ އަންނާނެ އިރަކަށް ބަލަބަލައެވެ. އޭނާހުރީ މިއަދު ލާނާ އޮފީހަށް އައުމުން އެންމެންގެ ކުރިމަތީގައި ކައިވެނީގެ ކަންތައް އިއުލާނު ކުރަން ރާވައިގެންނެވެ. “އޭ އަލަންޓޭ. ހާދަ ވަރަކަށް ދޮރާ ދިމާލަށް ތިބަލަނީ. ” ފަހަތުން ހުޒާމް ގޮވައިލި އަޑަށް އަލަން ބަލައިލިއެވެ. “ޕަޕީފޭސް އަންނަންދެން. މިއަދު ލަނޑެއް ދޭނަމޭ އައިމަ. ” އަލަން ބުނެލިއެވެ. “އޭ ލާލާ މިއަދު ސިކްލީވް ނެގީ. ނޭނގޭތަ އެކަމެއް.” ހުޒާމް ހީކުރީ އަލަންއަށް އެކަން އިނގޭކަމަށެވެ. އަލަންގެ މޫޑު ސަކަރާތްވިއެވެ. ލާނާ ގަސްތުގައި ނައިތާއެވެ. މައްސަލައެވެ ނެތެވެ. އަބަދު އެހެންނެއް ފިލައިގެންނެއް ނޫޅެވޭނެއެވެ. ލާނާ ސަލާމް ބުނީ އަލަންއަށް ފިލަން ކަމަށް ވަނީނަމަ އަލަން ކޮންމެހެން ހަދާފައި ވިޔަސް ލާނާގެ ކުރިމައްޗަށް އަރާނެއެވެ.

އޮފީހުގެ ހުރިހައި މަސައްކަތްތައް ނިންމުމަށްފަހު އަލަން އޮފީހުން ނުކުތެވެ. ފަހަތުން ހުޒާމްވެސް އައެވެ. ދުވަހަކީ އޮފީހުގައި އެހައި ބުރަ ދުވަހަކަށް ނުވުމުން 3 ޖަހަންވިއިރު އޮފީސް ނިމިއްޖެއެވެ. އަލަން ހުޒާމް ގޮވައިގެން އައިސް ކާރަށް އަރައި ދުއްވައިލިއެވެ. ކާރު ދުއްވަމުންއައިސް މަޑުކޮށްލީ މާ ވިއްކާ ފިހާރަކައިރިއަށެވެ. ހުޒާމް ސުވާލުން ފުރިގެންވާ ގޮތަކަށް އަލަންއަށް ބަލައިލިއެވެ. “ކޮންކަމެއް. މަށަކަށް ހެވޭ މަލެއް. ” ހުޒާމް ސަމާސާކޮށްލިއެވެ. “ހަހަ.. ނޮޓް ފޯ ޔޫ. މީ މަގޭ ވާންއުޅޭ އަންހެނުންނަށް ގެންގޮސްދޭން.” އަލަންގެ ގޮތްދޫނުކުރުންފެނި ހުޒާމް ހައިރާންވިއެވެ. “އޯހ ގޯޑް އަލަންޓޭ. މަށަށް އިނގުނޭ އޭރުވެސް ލާލާ ނާންނަ ވާހަކަ އިނގުނީމަ މަޑުން ނުހުންނާނެކަން. ތިކަން ހުއްޓަބަލަ. އަދި އަހަން ހަނދާން ނެތިފައެ މިހުރީ. ކިހިނެއް ލާލާ އެއްބަސްވީ އަނެއްކަ މެރީ ކުރަން. އަލަން ކީއްކުރީ.؟ ” ހުޒާމް ޝައްކުން ފެރިގެންވާ ގޮތަކަށް އަލަން ކައިރީ ސުވާލުކުރިއެވެ. “އެވާހަކަ ބާއްވާ. އަހަރެންހަމަ އެއްބަސް ކުރުވީ. ” އަލަން ހިވީ އެސުވާލަށް ޖަވާބުދޭން ބޭނުންނުވާ ހެންނެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ. އެވާހަކަ ދައްކައިގެން ހުޒާމް ކުރިމަތީގައި އަލަންގެ އަގު ވެއްޓުން ނޫން ކަމެއްނުވާނެއެވެ. ކާރު ޕާރކު ކުރުމަށްފަހު އަލަން ފިހާރައަށް ވަދެ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ގަނެގެން އައެވެ. އެއަށްފަހު ހުޒާމް ގެއަށްލުމަށްފަހު އަލަން ކާރުގެ މިސްރާބު ބަދަލުކޮށްލީ ހެންވޭރަށެވެ.

ޓީވީ ބަލަންއިން ފާހިރާގޮސް ދޮރުހުޅުވައިލީ ބެލް ޖަހާ އަޑަށެވެ. ދޮރުހުޅުވައިލިއިރު ކުރިމަތީގައި މާބޮނޑިއެއް ހިފައިގެން ހުރި އަލަންފެނި ފާހިރާގެ މޫނުމަތި އުޖާލާ ވެގެންދިޔައެވެ. “އަހަނ އެކޮއެ އަލަން. ކޮން ދަތުރެއް. އާދޭ އެތެރެއަށް” އަލަން ވަނުމަށް ތަންދައްކަމުން ފާހިރާ އެތެރެއަށް ވަނެވެ. “ފާހިރާއްތަ ކިހިނެއް. ހަސީނުބޭ ނޫޅެނީތަ ގޭގަ.” އަލަން އާދައިގެ ގޮތަކަށް ވާހަކަ ފެށޭތޯ މަސައްކަތްކުރިއެވެ. “އާނ. ދައްތަވެސް ބޭރަށް ދާން މިއުޅެނީ. ހަސީނުބޭ އެބަ އާދެ ދައްތަ ބަލާ މިހާރު. ރެޝްމާ. ގެނެބަލަ ޖޫސް ތައްޓެއް އަލަންއަށް” ފާހިރާ ގޭގައި ގެންގުޅޭ ކުއްޖާއަށް ގޮވައިލިއެވެ. “ފާހިރާއްތަ މީ.. މީ އަނެއް.. ލާލާ ކޮބާތަ. އޮފީހަށް މިއަދު ބަލިވެގެން ސަލާމް ބުނީމަ ގޮވާލަންވެގެން މިއައީ.” އަލަން އެތަނަށްއައި ބޭނުން ހާމަކުރިއެވެ. “ލާލާ ވެއްޖެ އަދިވެސް ނިދާފަ. މިހާރު އެއޮއް ތިންގަޑިބައި ވަނީ. ރޭގަ ނުނިދިގެން އުޅުނި ބޮލުގަ ރިއްސާތީ. އެހެންވެ މިއަދު އޮފީހަށް ދާން ގޮވީމަ ބޭސްކައިގެން ނިދަން އޮށޯތްގޮތަކަށް ނުތެދުވޭ އަދި. އަލަން ދޭބަލަ ލާލާއަށް ގޮވަން. 4 ޖަހަނީ މިހާރު އެ. ނުވެސް ކައި އެއޮތީ. ” ފާހިރާ ސޯފާއިން ތެދުވެ ލާނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. އަލަންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ފާހިރާވެސް އެދަނީ ބޭރަށް ދާށެވެ. ގޭގައި އިތުރު މީހެއް ނޫޅޭނެއެވެ. އޭނާ ބޭނުން ގޮތެއް ލާނާއަށް ހެދޭނެއެވެ. ފާހިރާގެ ފަހަތުން އަލަންގޮސް ލާނާގެ ކޮޓަރީ ދޮރުމަތީގައި ހުއްޓިލިއެވެ. އެވަގުތުވީ ފާހިރާގެ ފޯނު ރިންގުވި ވަގުތަށެވެ. “ހަލޯ. އާނ މި ފައިބަނީ.” ފާހިރާ ފޯނު ބޭއްވުމަށްފަހު އަލަންއާއި ދިމާލަށް އެނބުރިލިއެވެ. “މީ ލާލާ ކޮޓަރި. ވެދަފަ ގޮވާފަ ބުނޭ މަންމަ ބުންޏޭ ދެން ތެދުވާށޭ. ތެދުވެގެން އެއްޗެއް ކާށޭ. ހަސީނުބޭ އެގުޅީ. ދައްތަ މިދަނި ދާންވެގެން. އެއްޗެއް ބޭނުން ވިއްޔާ ރެޝްމާ ކައިރީ ބުނޭ” ފާހިރާ ހުރިހައި އެއްޗެއް ކިޔައިދިނުމަށްފަހު ނުކުމެގެން ދިޔައެވެ. އަލަންގެ ތުންފަތާއި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

ދޮރުހުޅުވައިލުމަށްފަހު އަލަން ކޮޓަރިތެރެއަށް ވަނެވެ. އަދި ދޮރު ތަޅުލިއެވެ. އަލަން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއީ ބޮޑު ކޮޓަރިއެވެ. އަލަންގެ ކޮޓަރިއަށް ވުރެންވެސް ބޮޑެވެ. މުޅި ކޮތަރީގައި ލައިފާ ހުރީ ހުދުކުލައެވެ. ހުރިހާ ފަރުނީޗަރެއްވެސް ހުރީ ހުދުކުލައިންނެވެ. އެއްފަރާތުގައި 5 ދޮރުފަތްލީ އަލަމާރިއެއް ހުރިއިރު ޖެހިގެން ހުރީ ބޮޑު ޑްރެސިންގް ޓޭބަލްއެކެވެ. ޑްރެސިންގް ޓޭބަލް މަތީގައި އެކި ވައްތަރުގެ ސެންޓާއި ރީތިވާ އެއްޗެހި ހުއްޓެވެ. ކޮޓަރީގެ އަނެއް ފަރާތުގައި ފޮތް ހަރުގަނޑެއް ހުއްޓެވެ. ލާނާއަކީ ފޮތްކިޔާހިތްވާ ކުއްޖެއްކަން އަލަންއަށް ދެނެގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ. ހަރުގަނޑު ފުރާ ފޮތްބަރިބަރިއަށް ޖަހާފައި ހުރިއިރު ކޮޓަރީގެ ކުޑަދޮރާ ދިމާގައި ކޮފީ ޓޭބަލްއެއް ބަހައްޓާފައި ހުއްޓެވެ. އަދި ކޮޓަރީ ކަނެއްގައި ކުޑަވަރެއްގެ ސޯފާއެއްވެސް ހުއްޓެވެ. އަލަން މަޑު ހިނގުމެއްގައިގޮސް ލާނާގެ އަލަމާރި ހުޅުވައިލިއެވެ. މުޅި އަލަމާރީގައި ހުރީ ލާނާގެ ހެދުމެވެ. އެކި ބްރޭންޑް ތަކުގެ ޖިންސާއި ސޯޓެވެ. އެކި ކުލަކުލައިގެ ދަބަހާއި ހެދުމެވެ. ހުރިހާ އެއްޗެއްވެސް ހުރީ ވަރަށް ތަރުތީބުކޮށް ރީއްޗަށް ބަހައްޓައިފައެވެ. ލާނާގެ އެއްޗެހި ގިނަކަންފެނި އަލަންގެ ބޮލުގައި ރިއްސައިލިއެވެ. އިނދެގެން ގެއަށް ގެންގޮސް މި ހުރިހައި އެއްޗެއް އަލަމާރިއަށް އަޅާފައި އަލަންގެ އެއްޗެހި ލާނީ ކޮންތާކަށް ބާވައެވެ. އަލަން ވަށައިގެން ބަލައިލިއެވެ. މި ހުރިހައި އެއްޗެއްވެސް ލާނާ ގެންދާނެއެވެ. އަންހެންވެރިން ގެންނުޅުމަކީ ކުޑަކަމެއް ނޫނެވެ. އަލަންއަށް އަނގަހުޅުވިފައި ބަލަން ހުރެވުނީއެވެ.

އެއްލި ކަޅިއަކުން އަލަންގެ ލޮލުގައި އަޅައިގަތީ ކުއީން ސައިޒް އެނދުގައި ރީތިކޮށް ނިދާފައި އޮތް ލާނާއެވެ. ގައިމަތީގައި އަޅާފައިއޮތް ކުއިލްޓުން ބައެއްއޮތީ ކެހިފައެވެ. ލައިގެންއޮތް ކުރު ޓީޝާޓުން ބައެއް މައްޗަށް ކެހިފައި އޮތުމުން އެ ދޮން ބަނޑު އޮތީ ހާމައަށް ފެންނާށެވެ. ނިދާފައި އޮންނައިރު ހީވަނީ ސްލީޕިންގް ބިއުޓީއެއް ހެންނެވެ. އަލަން މަޑު ހިނގުމެއްގައި އައިސް ލާނާގެ ކައިރީ އެނދުގައި އިށީނެވެ. އާޝޯހުވެފައި އަލަންއަށް ލާނާގެ މޫނަށް ބަލަންއިނދެވުނެވެ. އެ ހަށިގަނޑުގައި ބީހިލުމަށް ހިތްއެދެންފެށީ ކީއްވެކަމެއް ނޭނގެއެވެ. ދެވަނަ ސިކުންތުގައި އަލަން އޭނާގެ މަގްސަދު ހަނދާންވެ ދުބުމަ ގޮށްޖެހުނެވެ. އަލަން ލާނާގެ މޫނަށް ބަލަން އިނދެފައި ކުއްލިއަކަށް ލާނާގެ ބޯދަށުގައި އޮތް ބާލިސް ދަމައިގަތެވެ. ލާނާއަށް ސިއްސައިގެންގޮސް ހޭލެވުނީ ބޯދަށުގައި އޮތް ބާލިސް މީހަކު ދަމައިގަތީމައެވެ. އެވަގުތު ކައިރީގައި ހެވިފައިއިން އަލަންފެނި ލާނާ ފުންމައިގެން ތެދުވީ ބިރެއްފެނިގެން ތެދުވާހެންނެވެ.

“އޯހ މައި ގޯޑް. ވަޓް ދަ ހެލް އަލަން. ކިހިނެއް މިތަނަށް ވަނީ. ކީއްތިކުރަނީ މިތާގަ. މަންމާ. ބައްޕާ…” ލާނާ ހަޅޭއްލަވަންފެށިއެވެ. އަލަން ބަލާކަށްނުހުރެ ލާނާގެ އަނގަމަތީގައި އަތްއެޅިއެވެ. “ޝޫޝް. މާ ބާރަށް ހަޅޭއްލަވާނެ ކަމެއްނެތް. މިގެޔަކުނެއް އެކަކުވެސް. ޖަސްޓް މީ އެންޑް ޔޫ. ޕަޕީފޭސް މަންމަ މަ މިތަނައް ވެއްދީވެސް. ޔޫ ނޯ ނިދާފަ އޮތީމަ ގޮވަން. ދެންވެސް މައިތިރިވެގެން ހަޅޭއްނުލަވާ އިނދޭ” އަލަން ފަހަރަކަށްވުރެއް ފަހަރެއް ދިޔައީ ލާނާ އާއި ގާތްވަމުންނެވެ. ލާނާ ސަލާމަތްވެވޭތޯ ކުރެވެންހުރި ހުރިހައި ކަމެއްކުރެވޭތޯބެލިއެވެ. ނަމަވެސް އަލަން ހުރީ އެއްއަތުން ލާނާގެ އަނގަމަތީގައި އަތްއަޅައި އަނެއްއަތުން ލާނާގެ ދެއަތް ފަހަތަށް ވާ ގޮތަށް ހިފަހައްޓާފައެވެ. ލާނާއިނީ މުޅިންހެން ހައްޔަރުވެފައެވެ. “ހިތުން މަގޭ ކުރިމައްޗަށް ނާރަންވެގެން ދޯ މިއަދު ނައީ އޮފީހަށް. އަދިވެސް ބައްޕަމެން ކައިރީވެސް ބުނީއެއް ނޫން. ޑޯންޓް ޓެސްޓް މައި ޕޭޝަންސް.” އަލަން ހީވީ ލާނާއަށް އިންޒާރެއް ދިންހެންނެވެ. ލާނާ ވާހަކަދައްކަން އުޅޭތީ އަލަން އޭނާގެ އަނގަމަތިން އަތްނެގިއެވެ. ނަމަވެސް އަދިވެސް ލާނާ އިނީ ހައްޔަރުވެފައެވެ. “އަލަން ޕްލީސް. ގިވް މީ ސަމް ޓައިމް. އަހަރެން އެވާހަކަ ދައްކާނަމޭ. އިދީއަށް ކަމެއް ނުކުރާތި.” ލާނާ އާދޭހާއިއެކު ވާހަކަ ދެއްކުމުން އަލަންގެ ކައިރިއަށް އިތުރަށް ރުޅިއައެވެ.” ކޮން ޓައިމެއް. މިހާރު ވަރަށް ޓައިމް ދީފިން. މިއަދު ނުބުނިއްޔާ ނިމުނީ. އެންޑް ޔޭސް. މީގެ ފަހުން އިދާން އާއި ނުވާނެ ވާހަކަވެސް ދައްކައިގެންނެއް. މަށަށް އެކަހަލަ ކަމެއްގެ އަޑު އެރިޔަސް މަގޭ ނުބައިކަން ދައްކާލާނަން. މީގެ ފަހުން އުޅެންވެސް ޖެހޭނި މަ ބުނާ ގޮތެއް ހަދައިގެން. މަ ރުޅިއަރުވަން އުޅެފިއްޔާ މާ ރީއްޗެއް ނުވާނެ.” އަލަން ހަރުކަށިކަމާއެކު ބުނެލިއެވެ. އެއަޑުގައިވީ ރުޅިވުރިކަމެވެ. ބަދަލު ހިފުމުގެ ރޫހެވެ. ލާނާގެ ހިތުގައި ނޭނގޭ ބިވެރިކަމެއް އުފެދުނެވެ. ކައިވެނީގެ ފަހުން އުޅެންޖެހޭނީ ކޮންހާލެއްގަ ބާއެވެ.

ބިރުންއިން ލާނާފެނި އަލަންގެ ކައިރިއަށް އަންނަނީ ނުލަފާ ހިންޏެކެވެ.ލާނާއަށް އަދި އިތުރަށް ޖެއްސުންކޮށްލަން އަލަން ބޭނުންވިއެވެ. އަލަން ފަހަރަކަށްވުރެއް ފަހަރެއް ލާނާގެ މޫނާ ކައިރިވަމުން ދިޔައެވެ. ލާނާ އިނީ ބިރެއްފެނިގެން ބަލާހެން އަލަންގެ ލޮލަށް ބަލާށެވެ. އަލަންގެ ހޫނު ނޭވާ ލާނާގެ މޫނަށް އެޅެމުންދިޔައިރު މިކަމުން އުނދަގޫވެފައި އިން ލާނާއިނީ ދެލޯމަރައި ތަގުޅިކޮށްގެންނެވެ. ހީވަނީ ނުބަލަން ހުވާކޮށްގެން އިންހެންނެވެ. އަލަންގެ ކައިރިވަމުންގޮސް ލާނާގެ ތުންފަތުގައި ބޮސްދިނެވެ. ލާނާ ފަހަތަށް ޖެހެން އުޅޭވަރަކަށް އަލަންގެ ގަޔާއި ލާނާ ކައިރި ކުރެއެވެ. އަލަން މަޑުމަޑުން ލާނާގެ ޓީޝާޓުގައި ހިފައިލިއެވެ. ވާންމިއުޅެނީ ކީއްކަން ލާނާގެ ސިކުނޑިއަށް ވިސްނޭކަށް ގިނައިރެއް ނުނެގިއެވެ. ލާނާގެ ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 34

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 9

Next
August 22, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 9

Previews
August 21, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 34

15 Comments!

  1. Ibsha says:
    August 22, 2018 at 1:23 am

    Varah reethi

  2. Anha says:
    August 22, 2018 at 7:02 am

    Hello everyone. Eid Mubarak. Have a blessed eid and enjoy. So heres the 8th part of the story. Let me know what you all think of this part as well. Next part on saturday. Loves❤❤

  3. Anha says:
    August 22, 2018 at 7:04 am

    Episode 5 and 6 ga alan ge mamma ge namuga innaani aasifa. But the actual name is aasima. Eii typing mistake eh. Mi kushah hurihaa kiyuntheringe kibain maaafah edhen.

  4. Unknown girlll.. says:
    August 22, 2018 at 10:48 am

    V.reethi..when next part… dhen kihinehvaani….alhey…edhemyhun dhw aslu gulheny….cant wait

    1. Anha says:
      August 23, 2018 at 5:37 pm

      Thankyou dear. Next part on saturday. ?

  5. Cherry? says:
    August 22, 2018 at 12:22 pm

    Yeiiii finally its uploaded?? and this part is amazing??varah intresting koh stry kuriyah midhani now this is one of my fav story in this site i love it❤❤❤❤ waiting for the upcoming part please next part ves avaha up koh dheychey???❤❤❤ and eid mubarak to you too

    1. Anha says:
      August 23, 2018 at 5:38 pm

      Thankyou so much cherry. Next part on saturday. Keep reading. ❤❤

  6. Hai says:
    August 25, 2018 at 6:28 am

    Koba next part….story awesome…☺☺☺?

    1. Anha says:
      August 25, 2018 at 11:40 pm

      Thankyou hai. Its uploaded. Keep reading. ❤?

  7. Eeko says:
    August 25, 2018 at 10:19 am

    Anha koba next part mihaar kiyaahithun mihiree kehmadhuvefa

    1. Anha says:
      August 25, 2018 at 11:39 pm

      Thankyou eeko. Its already uploaded. ?

  8. Laila says:
    August 25, 2018 at 8:58 pm

    Mivarun vaahaka nuliyuneema vee ehnu…bunaa dhuvahakah up nukurevey

    1. Anha says:
      August 25, 2018 at 11:41 pm

      Its already uploaded dear. Once the admin approves you can see it. Miburu ehen faharuthakah vuren dhigu vaane part. Keep reading?

  9. Laila says:
    August 26, 2018 at 12:49 pm

    Adhives ney up vefa…ajaibeh

  10. Anha says:
    August 26, 2018 at 1:08 pm

    Guys the episode has been uploaded yesterday. I have been checking since morning. Its still on pending. I dnt knw why its taking so long. ?

Comments are closed.

Next Episodeކުށަކާނުލައި- 9ވަނަބައި←


All Right Reserved!