Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 5

Anjal Level 210 Stories100 Comments100 Login
August 31, 2018 3 Mins Read
22 Comments

” ކަލޭގެ ރާނީ އުޅެނީ އެގޭ ސެކަނޑް ފްލޯރ ގަ” އީތަން އެގެއާ ދިމާލަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “ވަރަށް ކައިރިއަށް އާދެވިއްޖެ އީން…. އައިވިލް މޭކް ޔު މައިން ސޫން” އަލްޔާން ހިނިތުންވެލާފައި އެގެއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތޭންކްސް ބްރޯ..ރިއަލީ …އައި އޯ ޔޫ ވަން” އަލްޔާން އުފާވެފައި ހުރި ވަރުން  ކައިރީގައި ހުރި އީތަން ގައިގައި ކުޑަކޮށް ބައްދާލާފައި ބުނެލިއެވެ.” ހްމްމް.. ދެން އޯކޭ އޭ..މަ ދެކެ މާ ލޯބިވާ ކަމަށް ހެދޭނެ ކަމެއް ނެތް….އާނ އަދި ބުނަން.. ތި އައްޑޫ ދޮން ދީނި ގެ ފުރިހަމަ ނަމަކީ އައިޝަތު އީން އަޝްރަފް، އުމުރަކީ 19 އަހަރު ބައްޕަ އުޅެނީ ރިސޯޓެއްގެ ވަޒީފާގަ.. މަންމަ އާއި ފިރިހެން ކޮއްކޮ އުޅެނީ ރަށުގަ” އީތަން އޭނަ އެއްކުރި ހުރިހާ މައުލޫމާތެއް އެއްފަހަރާހެން ކިޔާދިނެވެ. ” “އައިޝަތު އީން އަޝްރަފް ވާއު.. ނަން ވެސް އެހާ ލޯބި” އެނަން ކިޔާލަމުން އަލްޔާން ހިނތުންވެލިއެވެ. “ހޭއި އައެމް ސޯ އިންޕްރެސްޑް…ކިހިނެތް ހޯދީ ތި ހުރިހާ މަލޫމާތެއް؟” ހައިރާން ކަމާއެކު އަލްޔާން  އީތަން އާ ސުވާލު ކުރީ އޭނާ ހުރިހާ މައުލޫމާތު ހޯދިގޮތް އިނގެން ބޭނުންވާތީއެވެ. އެކަމަކު އީތަން ވަރަށް ފޮނިވެލާފައި ބަލަ މަށަކީ އިންޓެލް އޭޖެންޓެކޭ މަށަށް ނޭނގޭ މީހެއް ،ނުވަތަ ކަމެއް މި މާލެތެރެއަކު ނުހިނގާނެއޭ ބުންޏެވެ.

ޝައުގު ވެރިކަމާއެކު ނޯޓްސް ލިޔަން އިން އީން ސިއްސުވާލީ އެއްކަލަ ނުދަންނަ ނަންބަރުން އަނެއްކާ ވެސް ގުޅަން ފެށުމުންނެވެ. އަޖާއިބެކެވެ. އޮޅިގެން މީހަކަށް ގުޅޭނީ ވެސް އެއްފަހަރު ދެފަހަރު ތާއެވެ. އިރު އެރީއްސުރެ މި މީހަކު ގެ ހަމަ ދެވަނަ ކަމެއް ނެތް ފަދައެވެ. އެހެން ކަމުން މި ފަހަރު މީ ކާކުތޯ ބަލަން އީން ޝައުގު ވެރި ވިއެވެ. ގޮނޑި މަތީގައި އޮތް ޝޯލް ނަގާ ބޮލުގައި އޮޅާލަމުން ފޯން ނަގާ ހެލޯ އޭ ބުނަމުން އީން ހިނގައިގަތީ ކޮޓަރިން ނިކުމެވެން ހުރި ބެލްކަންޏާ ދިމާލަށެވެ.

“ހެލޯ…” އެކޮޅުން ޖަވާބެއް ނުދިނުމުން އަނެއްކާ ވެސް އީން ބުނެލިއެވެ. އަޅިކުލައިގެ ސްޓްރައިޕް ޓީޝާޓަކާ ޖިންސަކާ ލައިގެން ހުރި އީން ގެ ބޮލުގައި ގަދަ ފެހި ކުލައިގެ ޝޯލް ފަރުވާ ކުޑަ ގޮތަކަށް އޮޅާލާފައި ހުރި އިރު ކަރުގެ ތަންގަޑެއް ފެންނާން ހުއްޓެވެ. ރެއިިލިންގްސް ކައިރީގައި ހުއްޓިލައިގެން ހުރި އީން ކަންފަތުން ފޯން ނަގައި ސްކްރީން އަށް ބަލާލިއެވެ. ފޯން ނުއެއް ކެނޑެއެވެ. އެހެން ކަމުން އަނެއްކާވެސް “ހެލޯ” އޭ ބުނެލިއެވެ.

އީން މެންގޭ މަގުގެ އަނެއް ފަރާތުގައި ހުރި ޕާރކިން ގަރާޖުގެ ފާރަށް ލެނގިލައިގެން ފޯން ކަންފަތުގައި ޖަހައިގެން ހުރި އަލްޔާން ގެ ދުލުން ބަސް ހުއްޓިފައިވާ ފަދައެވެ. ބެލްކަނީގައި ހުރި އީން ފެނި އަލްޔާން އަށް ބަލަން ހުރެވުނީ އާޝޯހުވެފައެވެ. “އަޖާއިބެއް!! ވާހަކަ ދައްކަން ބޭނުން ނުވާއިރު ކީއްކުރަން ތިހާ ވަރަށް ގުޅަނީ؟” އީން ގެ އަޑުން އަލްޔާން ސިއްސައިގެން ގޮސް ކުޑަކޮށް ކަރު ކެހިލާފައި ހެލޯ އޭ ބުންޏެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ދަންނަ އަޑެއްހެން އީން އަށް ހީވިއެެވެ. އެކަމަކުވެސް ކާކުހޭ އަހާލީ ޔަގީން ނުވާތީއެވެ. ޖީބަށް އަތް ޖަހާލައިގެން ހުރި އަލްޔާން އެ ސުވާލަށް ޖަވާބު ނުދީ އިޝްގީ ގޮތަކަށް ބަލަން ހުރެ އީން މިހާރު ކިހިނެތް ހޭ އަހާލިއެވެ. އެއަޑުގައި ހިތް ދަމައިގަންނަ ފަދަ ޖާދޫއެއް ވާފަދައެވެ. ހާދަ ފިރިހެން އަޑެކޭ އީން ގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކަށް އީން ވާހަކަ ނުދައްކާ މަޑުކޮށް ލިއެވެ. ހިތުގަ ސުވާލް އުފެދުނެވެ.  އެހެން ކަމުންވަގުތުން އެ ސުވާލު ތައް ކުރަން ފެށިއެވެ. ” ކިހިނެތް ބަލިވެ ކަން  އިނގުނީ؟  ތިއީ ކާކު؟ ނަންބަރ ހޯދީ ކިހިނެތް؟ ނަން އިނގުނީ ކިހިނެތް؟” އީން ހުރިހާ ސުވާލުތައް އެއްފަހަރާ ހެން  ކުރިއެވެ. ވާހަކަ ދައްކަމުން ދިޔައިރު އީން ގެ މޫނު މަތިން ފެނުނު ހައިރާން ކަމާއި ސީރިއަސް ކަން  ފެނި އަލްޔާން ކުޑަކޮށް ހިނި އައެވެ. ” ހަގީގަތުގަ ހޯދަން އުޅެންޏާ ހުރިހާ އެއްޗެއް ވެސް ލިބޭނެ…ބުނެއެއްނު އިފް ދެއަރ އިޒް އަ ވިލް ދެއަރ އިޒް އަ ވޭ އޭޭ…ދޯ. އީން ވެސް ހަމަ އަސްލުވެސް މީ ކާކު ކަން އިނގެން ބޭނުންވަންޏާ ބަލާބަ..ކެން ޔޫ ސީ މީ” އަލްޔާން ހަމަ އެއިން ގޮތަށް އީން އަށް ބަލަން ހުރެ ބުނެލިއެވެ. އެއާއެކު އެއްލިކަޅިން އީން އަށް އަލްޔާން ފެނުނެވެ. އީން ގެ ހިތަށް ފިނި ފެން އެއްޗެއް އޮއްސާލި ފަދަ އިހްސާސެއް ވިއެވެ. އަވަސް އަވަހަށް އީން ފަހަތަށް ޖެހިލިއެވެ. އެއީ ހަމަ އަލްޔާން އެވެ.  މިއޮއް ހުރިހާ ވާހަކައެއް ދެއްކުނީ އަލްޔާން ބަލަން އިންދާއޭ ހިތައް އެރުމާއެކު ލޯ މަރާ ބާރު ކޮށްލެވުނެވެ. “ނޯވޭ..އިޓްސް ހިމް” އީން އަށް އެހެން ބުނެވުނު އިރު ވެސް ފޯން ހުރީ ކަންފަތުގައި ޖަހައިގެން ކަމުން އަލްޔާން އަށް އަޑު އިވުނެވެ.”ޔެސް އިޓްސް މީ…އަލްޔާން…ވަރަށް ބޮޑު ވާހަކަ އެއް އީން ކައިރީ ބުނަން ބޭނުން .. ކެން ޔޫ ޕްލީޒް މީޓް މީ…ޕްލީޒް”އަލްޔާން ބައްދަލު ކުރަން ބޭނުންވެ އާދޭސް ކުރަން ފެށުމުން އީން ބުނާނެ އެއްޗެއް ނޭނގި ފޯން ކަނޑާލިއެވެ.. އަލްޔާން އަނެއްކާވެސް ގުޅަން ފެށުމުން ފޯން ނުނަގާ ސިއްރު ސިއްރުން ކުރިއަށް ޖެހިލާފައި  ބަލާލިއެވެ. އަލްޔާން ހަމަ އެ ހުރި ތަނުގައި ހުއްޓެވެ. އީން އަވަހަށް ދުވެފައި އައިސްކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އޭރު އީން ގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ލޭ ހިނގުން އަވަސްވެ އަތްފައި ފިނިިވެ ދާ ހިއްލަން ފެށިއެވެ. އޭނާ އަށް މިވަނީ ފަހެ ކީއްހެއްޔެވެ؟ ނުވެސް ދަންނަ ފިރިހެނަކު ފެނި މިވަރު ވާން ވެއްޖެ ހެއްޔެވެ. އަނެއްކާ އަހަންނަށް ލޯބި ވެވެނީބާ؟ “ނޫން..އެހެނެއް ނުވާނެ..ނުވެސް ދަންނަ މީހަކު ދެކެ އެހެން ދެތިން ފަހަރަކު ފެނުމުން ލޯބިވެވޭތަ….މިއީ ކުއްލިއަކަށް އަލްޔާން ފެނުމުން އެކްސައިޓް ވީމަ އައި އެޑްރިނަލިން ރަޝް އެއް..މީ އޭގެ އިފެކްޓްސ..ދިސް އިޒް ނޮޓް ލަވްް” އަމިއްލަ ނަފްސަށް އަންނަމުން ދިޔަ ބަދަލް ތައް ހިތަށް ވިސްނައިދެވޭތޯ އީން މަސައްކަތް ކުރިއެވެ.އީން އަށް ނޭނގުނު ކަމަކީ ލޯތްބަކީ ވެވޭ އެއްޗެއް ކަމެވެ. ވާ އެއްޗެއް ނޫން ކަމެވެ. ކޮންމެ ވަގުތަކު ކޮންމެ ފަދަ މީހަކު ދެކެ ވެސް ލޯބި ވެވިދާނެއެވެ.އޭގައި މާ ބޮޑު ސަބަބުތަކެއް ހުރުން ލާޒިމެއް ނޫންކަމެވެ.  ލޯތްބަކީ އޭގެ މައްޗައް އިންސާނާގެ ސިކުނޑީގެ ބާރު ނުފޯރުވޭ ފަދަ ގަދަ ފަދަ ޖަޒުބާތެއްކަމެވެ. ވީ ވެސް ހަމަ އެހެންނެވެ. ހިތަށް ވިސްނައި ދޭން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. މެދުކެނޑުމެއް ނެތި އަންނަމުން ދިޔަ އަލްޔާން ގެ މެސެޖު ތަކާއި  ފޯން ކޯލް ތައް އީން ދިޔައީ އިގްނޯރ ކުރަމުންނެވެ. އެހެނަސް ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ.ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އީން އިރު އިރު ކޮޅާ އަލްޔާން ދިޔަތޯ ބަލައެވެ. މިހާރު އިރު އޮއްސި އަނދިރި ވެއްޖެއެވެ. އަދިވެސް އަލްޔާން ހުރީ އެތަނުގައެވެ. ހުރިތަނުން ގުޑާ ވެސްނުލައެވެ. އީން އާ ބައްދަލު ކޮށްފަ ނޫނީ ނުދާން ހުވާ ކޮށްގެން ހުރި ކަހަލައެވެ. ބޭނުންވާ ކަމެއް  ނުވަތަ ބޭނުންވާ އެއްޗެއް  ކޮންމެ ގޮތެއް ވިޔަސް އެވަގުތަކު ހޯދުން އެއީ އަލްޔާން ގެ ކަށީގައި ހަރުލާފައި ހުންނަ އާދައެކެވެ. އެއީ ކޮންމެ ފަދަ އެކްސްޓްރީމް އަކަށް ދާން ޖެހިގެން ކަމުގައި ވިޔަސް މެއެވެ.

އޮފީސް ނިންމާފައި ގެއަށް އައިސް ވަން އަލްކާ އެދިޔަ ގޮތަށް ގޮސް ވެއްޓިގަތީ އެނދު މައްޗަށެވެ. ” ވަރަށް ވަރުބަލިވެއްޖެ..މިއަދު ވަރަށް ބިޒީ” އަލްކާ އެއޮތް ގޮތަށް ދެލޯ މަރައިގެން އޮވެ ބުނެލިއެވެ. އީން އެއްވެސް އެއްޗެކޭ ނުބުނެ އިނުމުން އަލްކާ ތެދުވެ އީން އަށް ބަލާލިއެވެ. “އަދިވެސް ރަނގަޅެއް ނުވޭތަ؟”  އީން ގެ މޫނު މަތީން ފެންނަމުން ދިޔަ ކުލަވަރުން އަލްކާ ހީކުރީ އަދިވެސް އީން ރަނގަޅު ނުވަނީ ކަމަށެވެ. “ނު..ނޫން  އަމް ފައިން” އަލްކާ އާއި ހަތަރު ކަޅި ހަމަ ނުކުރާވެގެން ހުރެ ދުރު ބަލަމުން  އީން ބުންޏެވެ. އީން ގެ ހަރަކާތް ހުރި ގޮތުން ކޮންމެވެސް ކަމެއް ވެގެން އުޅޭ ކަން އަލްކާ އަށް ޔަގީން ވިއެވެ. އެއާ އެކު ފުއްމައިގެން ތެދުވެ އީން ގެ އެނދަށް އެރިއެވެ. ދެކޮނޑުގަ ހިފާފައި އަލްކާ އަށް ދިމާލަށް އީން އަނބުރާލިއެވެ. “ލިސެން ގާރލް…އައި ނޯ ޔޫ ވެރީ ވެލް…އެއްވެސް ދޮގެއް ނުލާ ބުނޭ..ކިހިނެތް ވެގެން ތި އުޅެނީ” ސީރިއަސް ކަމާއެކު އެހާ ހަރުކަށި ރާގެއްގައިމެ  އަލްކާ އެހިއެވެ. ވަރު ބަލި ވެފައި ހުރި ކަން ވެސް ހަނދާނެއް ނެތް ކަހަލައެވެ.

އަލްކާ އަށް ދެން އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެ ކަން އީން އަށް އިނގޭތީ ހުރިހާ ވާހަކާއެއް  ކިޔައިދިނެވެ. ޝައުގު ވެރިކަމާއެކު އަޑު އަހަން ހުރި އަލްކާ އީން ގެ ވާހަކަ ނިމުމުން ދުވެފައި ގޮސް ބޭރު ބަލައިލިއެވެ.. ތެދެކެވެ..އަލްޔާން އަދިވެސް އެތާނގައި އެބަހުއްޓެވެ. އަލްކާ ބަލާލުމުން ކުޑަކޮށް ވޭވް ކޮށްލިއެވެ. އަލްކާ ވެސް  ހެވިލާފައި އަތް ނަގާ އިޝާރާތް ކޮށްލިއެވެ. އެމަންޒަރު ފެނި ފިލައިގެން ހުރި އީން އަވަހަށް އަލްކާ އަތުގަ ހިފާފައި އެތެރެއަށް ދަމައިގަތެވެ. “ވާއު..ސޯ ޔޫ އާރ އިން ލަވް…ލަވް އެޓް ފަރސްޓް ސައިޓް..ފޯރ ދި ފަސްޓް ޓައިމް” މަޖާވެފައި ހުރި އަލްކާ ބާލީހުގައި ބައްދާލައިގެން ހުރެ ކުޑަކޮށް ނަށާލަމުން ބުންޏެވެ. “ނޯ ވޭ…އެހެން ނޫނަސް ފުރަތަމަ ފަހަރު ފެނުމުން މަ ހިތަށް ނާރާ ކަހިރުވަކެކޭ ވެސް…އެކަމް އޭރު ވެސް ރީތި” އީން އަލްކާ އަތުގައި އޮތް ބާލީސް ދަމައިގަންނަމުން ބުންޏެވެ. “ހެހެ…ތިބުނީނު ރޭގަ ކަރުނައިގެ ކޯރު ހެދުނު ވާހަކަ އަލްޔާން ނުފެނުމުން..ދެޓްސް ލަވް އީން..ވެދާނެ ދެން ލަވް އެޓް ސެކަނޑް ނޫނީ ތާރޑް ސައިޓް ކަމަށް ވެސް” އަލްކާ އަނެއްކާ ވެސް ދިމާ ކުރިއެވެ. އަސްލު ދިމާ ކުރުމަށް ވުރެ ބޮޑަށް އަލްކާ ބޭނުންވީ  އީން އަށް ވިސްނަދޭންށެވެ.އެއީ އީން ގެ މިޒާޖު ގައި ވެސް ސްޓަބޯން ގޮޮތެއް ހުންނަ ކަން އަލްކާ އަށް އިނގޭތީއެވެ.

ވާހަކަ ދައްކަން ތިބި ދެކުދީންވެސް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ވިދާލުމާއެކު ވެހެން ފެށި ބޯ ވާރޭގެ އަޑަށެވެ. ދާދި ދެންމެ އަކާ ޖެހެންދެން ވެސް ސާފު ކޮށް އޮތް އުޑުމަތި ކުއްލިކަށް ބަނަވެ ވިލާ ބޯކޮށްލިއެވެ. ދެމީހުނަށް ވެސް އެއްފަހަރާ ހެން ކިޔުނީ އަލްޔާން ގެ ނަމެވެ. ބެލްކަންޏަށް ނިކުންނަން ދޮރު ހުޅުވާލި އިރު ވާރޭ ބޯކަމުން ނިކުމެވޭ ވަރެއް ނުވިއެވެ. އީން ހާސްވާން ފެށިއެވެ. އަލްޔާން އެހާ ގިނަ އިރު އެތާ ހުރުމުން ކަމެއް ވެދާނެތީ އީން ބިރުގަތެވެ.އަނެއްކާ އެހާ ބޯ ވިއްސާރާއިގައެވެ. އީން ފޯން ހުޅުވާލިއިރު  އަލްޔާންގެ އެތައް މެސެޖެއް ހުއްޓެވެ. އޭނަ ހުރި ހާލު އިނގެން ބޭނުންވާތީ “ސްޓިލް ދެއަރ؟” އޭ ލިޔެފައި މެސެޖް ފޮނުވާލިއެވެ. އިރުކޮޅެއް ވީ އިރުވެސް ރިޕްލައި ނައުމުން އީން ގެ ކެތްތެރިކަން ކޮޅުން ލިއެވެ. ނޭނގޭ އިހްސާސަކުން އެ ހިތުގެ މައްޗައް ބާރު ފޯރުވަމުން ދިޔަ ކަހަލައެވެ. ވާރޭ ތެރެއިން ދުވެފައި ބެލްކަންޏަށް ނިކުމެ ބަލާލިއެވެ. ތެމި ފޯވެގެން އީން އަށް ބަލަން ހުރި އަލްޔާން ފެނުމުން އީން ގެ ވިރިގެން ދިޔައެވެ. އިތުރަށް ދެން އެންމެ ވަގުތެއް ވެސް ނުހުރެ އަލްޔާން އާ ބައްދަލްކުރަން  ދާން ބޭނުންވިއެވެ. ކޮޓަރިއަށް ވަން އިރު އީން ހުރީ ގާތްގަޑަކަށް އެއްކޮއްހެން ތެމި ފޯ ވެފައެވެ. އަލްކާ ގެމޫނަށް އީން ބަލާލީ ހިތުގެ އަޑު އަހަންވީހޭ ބުނާ ފަދަ ގޮތަކަށެވެ. އަލްކާ އަށް ވަގުތުން އެކަން ވިސްނި ” ޔެސް ގޯ” އޭ ބުނެލީ ބޯ ޖަހާލަމުންނެވެ. މި ގަޑިއަކީ ދޮންތަ ލިވީ ނިންދަވާ ގަޑި ކަމުން ނަސީބަކުން ގޭތެޜޭގައި އެކަކުވެސް ނެތެވެ. އެހެން ކަމުން ދެކުދިން އެކީގައި ކޮޓަރިން ނިކުތެވެ. އީން ނިކުންނަން ހިނގައިގަތުމުން އަލްކާ ކުޑަ ދިއްކޮއްލާފައި ހިފައިގެން ދިޔުމަށް އެދުނެވެ. ކުޑަ އަޅައިގެން ވިއްސާރައިގެ ތެރެއިން އީން ހިނގާފައި ދިޔައިރު އޭނާ ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ވާރެޔާ ތެމި ފޯވެގެން ހުރި އަލްޔާން އާ ހަަތަރު ކަޅު ހަމަވީ ވަގުތު އީން ގެ ހިތަށް ތަދުވިއެވެ. ކުށްވެރި ކަމުގެ އިހްސާސް ކުރެވުނެވެ. މިއޮއް ހުރިހާ އިރު ވެސް އަލްޔާން އިންތިޒާރު ނުކުރުވާ ކޮންމެވެސް ޖަވާބެއް ދެވުނު ނަމައޭ ހިތަށް އެރިއެވެ. އަވަހަށް ކުރިމައްޗައް ގޮސް އީން ގެ އަތުގައި އިން ކުޑަ އަލްޔާން ބޮލާ ދިމާލަށް  ދިކޮށްލަމުން ސޮރީ އޭ ބުނެލީ އިސްދަށަށް ޖަހާލަމުންނެވެ. ބަލާކަށް ނުހުރެ އަލްޔާން އީން ގެ އަތުގައި ހިފާފައި ކައިރިއަށް ގެނައެވެ. އެއާއެކު ދެމީހުން ކުޑައިގެ ނިވަލުގައި ވިއެވެ. ތެމި ފޯ ވެފައި ހުރި އީން ގެ މައުސޫމް މޫނު ފެނުމުން އަލްޔާން ގެ ކެތްތެރިކަން ކޮޅުން ލިއެވެ. “އަހަންނަށް އީން ދެކެ ލޯބި ވެވިއްޖެ” އަލްޔާން ގެ އެ ކުއްލި ޖުމްލައިން އީން ގެ ހިތެކޭ އެތް ގޮތަށް ހަށިގަނޑަށް ވެސް ލޮޅުމެއް އައެވެ. ހީވަނީ މުޅި މީހާގައިގައި ކަރަންޓް ގެ އޮއިވަރެއް ދައުރު ކުރި ހެންނެވެ. އިސްއުފުލާ ބަލާލަން މަޖްބޫރު ކުރުވީ ތެޅިފޮޅެމުން ދިޔަ އީން ގެ ހިތެވެ. ގަރާޖް ގެ އަރި މަތީގައި ދިއްލާފައި ހުރި ހުދުލައިޓް ގެ އަލި އެޅިފައި ހުރި އިރު އަލްޔާން ގެ މޫނު ރީއްޗައް ފެނެއެވެ. ތެމިފައިވާ ދިގު އެސްފިޔަތަކާއެކު ވީ މުށިކުލައިގެ އެދެލޮލުގައި ވަނީ ކޮންފަދަ ބޭގަރާރު ކަމެއް ހެއްޔެވެ. އެތޫނު ނަޒަރު ގެ ޖާދޫގައި އީން ގެ ހިތް ގައިދު ކުރަމުން ދިޔަ ކަހަލައެވެ. އަލްޔާން ފެނިފައި އެ ހިތާއި ހަށިގަނޑު ގައި ހިނގަމުން ދިޔަ އިހްސާސް ތަށް އަލްޔާން އެނގިދާނެތީ އީން ލަދުގަތެވެ. އެހެން ކަމުން އަނެއް ފަރާތަށް މޫނު އަނބުރާލީ އެ ޖަޒުބާތުތަށް އަލްޔާން އަށް ފޮރުވުމަށެވެ. ފިރިހެންކުއްޖަކާ މިގޮތަށް މިހާ ކައިރީގައި އީން ދުވަހަކުވެސް ހުރެފައެއް ނުވެއެވެ. ކަޅިވެސް ޖަހާ ނުލާ އަލްޔާން ބަލަމުން ދިޔަ ގޮތުން ވެސް އީން އަށް އުނދަގޫވެ ނޭވާ ހާސްވާ ގޮތް ވިއެވެ. “އަހަންނަށް އީން އެންމެ ފުރަތަމަ ފެނުނީ ހަމަ މިގޮތަށް ވާރޭ ވެހި ވެހި އޮތް އިރު ކާރު ހުއްޓުވަން އަތް ނެގި ވަގުތު…އޭރުއްސުރެ މިވީހާ ވަގުތާ ހަމައަށް އަހަރެންގެ ހިތާއި ސިކުނޑީގައި އީން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް…އަ އެމް ސޯ އިން ލަވް ވިތް ޔޫ…” ވަރަށް އަސަރާއެކު އަލްޔާން އޭނާގެ ހިތުގެ ހާލަތު އީން އަށް ކިޔައި ދިނީ ސީދާ އީން ގެ މޫނަށް ބަލަން ހުރެއެވެ. އެ ލޯބި މޫނާއި މަޑު ލޭ ކުލައިގެ ތުނި ތުންފަތާއި ރީތި ދެލޯ ފެނި އަލްޔާން ގެ ޖަޒްބާތުތަށް ކޮޅުން ލާވަރު ވިއެވެ. އީން ގެ މޫނުގައި އަތްލާން އަލްޔާން ހިތް ކިތަންމެ ވަރަކަށް ވެސް އެދެމުން ދިޔައެވެ. އެހެނަސް އެއީ ގޯހެއްކަން އެނގޭ ހާލު އަލްޔާން އެނާގެ އިހްސާސްތަށް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރިއެވެ. އަލްޔާން ދެއްކި ވާހަކަގައި ވީ ކޮންމެ ލަފްޒެއް ވަކި ވަކީން އީން ގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ..އެހެނަސް އެވާހަކަ އަށް ދޭންވީ ޖަވާބެއް ނޭގުނެވެ. އަލްޔާން އަށް ޓަކައި އޭނާ ގެ ހިތުގައި އުފެދިފައިވާ ތޫފާނަށް ދޭންވީ ލޯބީ ގެ ނަން ކަމެއް އީން އަކަށް ނޭގެއެވެ. އެހެން ކަމުން ވިސްނާލަން ވަގުތު ބޭނުންވިއެވެ. “އަލްޔާން ..މިހާރު ދޭ ޕްލީޒް..އައި ވިލް މީޓް ޔު ޓުމޯރޯ…ގިވް މީ ސަމްޓައިމް..ޖަވާބެއް ދޭނަން މާދަން” އީން އިސް ދަށަށް ޖަހައިގެން ހުރެ މަޑު މަޑުން ބުނެލިއެވެ. އަލްޔާން ވީ އުފަލުން “ޔެސް..ޔެސް” އޭ ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. މިވަރުގެ ހިތް ހަމަ ޖެހުމެއް ދުވަހަކުވެސް ނުލިބޭ ކަހަލައެވެ. ބަސް އަހާ ކުޑަކުއްޖެއް ފަދައިން އަލްޔާން ދާން ހިނގައިގަތީ ސީ ޔޫ ޓުމޯރޯ އޭ ބުނަމުންނެވެ. އަލްޔާން އުފާވީ ވަރު ފެނުމުން އީން ގާތަށް ކުޑަކޮށް ހިނިއައެވެ. އެހެނަސް ވާރޭ ހުއްޓާވެސް ނުލަނީސް އަލްޔާން ދާން ހިނގައިގަތުމުން ދަނީހޭ އަހާލެވުނެވެ. އީން އެހެން ބުނުމުން އަލްޔާން ފަސް އެނބުރިބަލާލިއެވެ. ވާރެތެރޭ ތެމިގެން އިޝްގީ ގޮތަކަށް ބަލަން ހުރި އަލްޔާން ގެ އެ ޕޯސް އީން ގެ ހިތުގައި ބިންވަޅު ނެގުނެވެ. ހާދަހާ ފިރިހެނަވަންތަ ފިރިހެނެކޭ  އީން ގެ ހިތަށްއެރިއެވެ.  އެކަމަކު ބަލަން ހުރި ގޮތުން ލަދުން ހަލާކު ވާވަރުވިއެވެ. “ވަ..ވާރޭ ވެހޭތީ..މި މިހެން މިބުނީ” އަޅަ  އަޅައި ގަންނަމުން އީން އަށް ބުނެވުނެވެ. “އިޓްސް އޯކޭ .. އެހެން ނޫނަސް މިހިރީ އެއްކޮށް ތެމިފައެއްނު…”އެހެން ބުނަމުން ހެވިލާފައި އަލްޔާން ސައިކަލަށް އެރިއެވެ. އީން ގޮސް ގެއަށް ވަނުމުން އަލްޔާން ވެސް ގެއަށް ދާން ދުއްވާލިއެވެ.

*********

ފެންވަރައިގެން ނިކުތް އިރު އަލްޔާން އަށް ވަނީ ކޮންމެވެސް ވަރަކަށް ރޯގާގެ އަސަރު ކޮށްފައެވެ. އެހާ ގިނައިރު ވާރޭތެރޭ ހުރެވުމުން ކަންނޭގެއެވެ. ހޫނު ކޮފީ އެއް ހަދައިގެން އައިސް ސޯފާގައި ޖައްސާލި އަލްޔާން ގެ ހިތުގައި ވި އުފާވެރިކަން ލަފްޒު ތަކަކުން ބުނެދޭން ވެސް ދައްޗެވެ. މަދަމާ އީން އާ ދިމާވާނެ ވަގުތާ ހަަމައަށް ކުރާނެ އިންތިޒާރު އެއީ ހަޔާތުގައިވެސް މިހާތަނަށް ކުރާނެ އެންމެ ދިގު އިންތިޒާރު ކަންނޭގެއެވެ.ކޮންމެ ގޮތެއްވިޔަސް އެ އިންތިޒާރުގެ ނިމުން ވަރަށް ފޮނިވާނެ ކަމަށް އަލްޔާން ގެ ހިތް ބުނަމުން ދިޔައެވެ. ކޮފީ ތަށިން ކޯވަރެއް ބޯލަމުން އަލްޔާން އޭނާ ގެ ގިޓާ ނަގައިގެން ރީތި ރާގެއް ކުޅެން ފެށިއެވެ.

ނިދަން އަރާ އޮތް އީން އަށް ވިސްނެމުން ދިޔައީ އަލްޔާން އާދޭތެރޭ ގައެވެ. އަލްކާ ވެސް މަޝްވަރާ ދިނީ މާދަމާ އަލްޔާން ކައިރީ ލޯބިވާ ވާހަކަ ބުނުމަށެވެ. އެކަމަކު  އީން ބިރުގަންނަނީ އެވެ. އީން ގެ ހިތަށް ބަދަލެއް އައިކަން ޔަގީން ވެއެވެ. އެހެނަސް މި ވެވެނީ ލޯބި ކަން ޔަގީން ކުރާނީ ކިހިނެތް ކަމެއް ނޭގެއެވެ. އަލްޔާންއާ މެދު އީން ގެ ހިތުގައި އިތުބާރު އުފެދިއްޖެއެވެ. އެވަރު ހީ ރިއަލީ ޑިސާރވް އޭ ހިތަށް އެރިއެވެ.އެހެނަސް ޖަވާބު ދޭއިރު ބުނާނީ ކީކޭ ކަމާމެދު ވިސްނަން އޮތް އީން ގެ ފޯނަށް ވައިބަރ މެސެޖެއް އައުމުން ބަލާލިއެވެ. އަލްޔާން ގެ ވީޑިއޯ މެސެޖެކެވެ. އަވަހަށް ޑައުންލޯޑް ކުރަން ޖައްސާލިއިރު މީ އަނެއްކާ ކޯއްޗެއްބާ އޭ ހިތަށް އެރިއެވެ. ތިން ވަރަކަށް މިނެޓް ތެރޭ ޑައުންލޯޑް ވުމާއެކު އީން ވީޑިއޯ ޕްލޭ ކޮށްލިއެވެ. ވީޑިއޯ ގައި ފެންނަނީ އަލްޔާން ގިޓާއެއް ހިފައިގެން ހުރެ ކުޅެމުން ލަވައެއް ކިޔާ މަންޒަރެވެ. އެލަވަޔަކީ އީން ކުރިން ވެސް އަޑު އަހާފައިވާ އަސްލު އަލީ ރަމީޒް ގެ ހިތްގައިމު އަޑުން ކިޔާފައިވާ ވަރަށް ރީތި ލަވައެކެވެ.

އަމާޒަކީ މިހާރު ތިޔަ ލޯތްބޭ…

ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ

މަލާ އޭ…މަލާއޭ ކުރޭ ފުން އަސަރު  އިނގޭތޯ

ޔާރު މިވަނީ ލޯތްބޭ ހަގީގީ……

ކުރުކޮށް ނަގާފައިވާ އެވީޑިއޯ ނިމުނު  އިރު  އީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލްޔާން އަކީ ލަވަކިޔުން ތެރިއެއްބާއޭ އީން ގެ ހިތަށް އެރިއެވެ. އެކަމަކު އެ އަޑު ހާދަ ރީއްޗެވެ. ހީވަނީ ހަމަ އަލީރަމީޒް ގެ އަޑު ހެންނެވެ. އެލަވައިގެ ކޮންމެ ލަފްޒެއް އީން އަށް ހާއްސަ ކޮށްފައިވާ ކަހަލައެވެ.  ތަކުރާރުކޮށް އެތައް ފަހަރަކު އީން އެވީޑިއޯ ބެލިއެވެ. އެންމެފަހުން ސްމައިލީ ފޭސް އިމޯޖީ އެއް ފޮނުވާލީ އޭނާގެ ރިޕްލައި އަކަށް އަލްޔާން އިންތިޒާރު ކުރާނެ ކަން  އިނގޭތީއެވެ.

********

ހެނދުނު ތަންކޮޅެއް ލަހުން ހޭލެނު އަލްޔާން ފޯން ބަލާލި އިރު  އީތަން ގެ މިސް ކޯލް ހުއްޓެވެ. އެކަމަކު ކޯލްބެކް ނުކޮށް ފުރަތަމަ ވެސް ލޯ ބޮޑު ކޮށްލާފައި ބަލާލެވުނީ އީން ގެ މެސެޖެއް އިންބޮކްސް ގައި ހުރީމައެވެ. އަވަސް އަވަހަށް ކިޔާލި އިރު އޭގައި ލިޔެފައި އޮތީ މިއަދު ކޮލެޖް ގައި ވަރަށް ބިޒީ ވާނެ ކަމަށާއި އެހެން ނަމަވެސް ފްރީ ވީހާ އަވަހަކަށް އަންގާލާނެ ކަމަށެވެ.އަލްޔާން ގެ މޫނައް އުފާވެރިކަން ވެރިވެގެން ދިޔައެވެ.އަލްޔާން ތަކުރާރުކޮށް އެތަށް ފަހަރަކު އެ މެސެޖް ކިޔާލިއެވެ. މިއަދަކީ ރިކޯޑިން އޮންނަ ދުވަސް ކަން ހަނދާން ވުމާއެކު އަވަހަށް ރެޑީ ވާން ދިޔައެވެ.

ސްޓޫޑިއޯ އަށް ގޮސް ވަން އަލްޔާން ފެނުމާއެކު  އީތަން  ހިންދީ ބަހުން ލަވައެއް ކިޔަން ފެށިއެވެ.” ދޯސްތް ދޯސްތް ނާ ރަހާ…” އީތަން ކިޔަން އުޅެނީ ކީކޭ ކަން އެނގުމާއެކު އަލްޔާން ގޮސް އޭނާ ކޮނޑުގައި ކުޑަކޮށް ޖަހާފައި ސާބަހޭ ބުންޏެވެ. “ސާބަހޭ..މަށަށް ތަ ސާބަސް ދޭންވީ…އަދި އެވަރުން ހޯދަދިނީމަ ތި އުޅެނީ ވާ ނުވާ ވެސް އަންގާ ނުލާ..ތި ސްޕީޑް ގަ ދަންޏާ ދުވަސް ކޮޅަކުން އަހަރުމެން ފެނުނީމަ ނުވެސް އިނގޭނެ” އީތަން މޫނަށް ވައްތަރު ޖައްސަމުން ބުނެލިއެވެ. ފޯން ނުނެގުނީ ނިދިފަ އޮތީމަ ކަމަށާއި އަދި ރޭގެ ހިނގި ކަންތަކުގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް އަލްޔާން ކިޔައި ދިނީ އީތަން ކުރު ނުކުރާނެ ކަން އިނގޭތީ އެވެ. އަލްޔާން ގެ ވާހަކަ އަޑު އަހާފައި  އީތަން އުފާވިއެވެ. އެހެނަސް އޭނަ އެހާވަރަށް ގުޅީ  ރޭގަ އަލްޔާން އާ ދިމާ ނުވެގެން އަލްޔާން ހޯދަން މައިރީން އެގެއަށް އައުމުން ކަމަށް  އީތަން ބުނުމުން އަލްޔާން ގެ މޫޑު މުޅިން ޙަރާބު ވިއެވެ. “ޝިޓް މޭން….” އަލްޔާން އަށް ނިތުގައި އަތުން ޖަހާލެވުނެވެ. “ޔެސް..ޝިޓް…އެންޑް ޔޫ ނީޑް ޓު ފައިންޑް އަ ކްލެވަރ ވޭ ޓު ގެޓް އައުޓް އޮފް ދެޓް ޝިޓް… އިޓްސް ނޮޓް އީޒީ!!!” އީތަން އަލްޔާން ގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ބުންޏެވެ. އީތަން އެހެން ބުނީ މައިރީިން ކޮންވިންސް ކުރުވުން އެއީ ހަމަ ނުވާނޭ ކަމެއްކަން އެނގި ހުރެއެވެ.

********

ރެކޯރޑިންގައި ބިޒީ ކޮށް އުޅުނު ނަމަވެސް އަލްޔާން އިރު އިރު ކޮޅާ ފޯން ބަލާލަނީ އީން ގެ ކޯލެއް ނުވަތަ މެސެޖެއް ވެސް އާދޭތޯ އެވެ. އިންތިޒާރަށް ނިމުން އައީ ގާތްގަނޑަކަށް ހަވީރު 4 ޖަހަން އުޅެނިކޮށެވެ. ކޮލެޖް ހަމަ މި ނިމުނީ ކަމަށް ބުނެ އީން ގެ މެސެޖެއް އައުމުން އަލްޔާން އަވަހަށް ގުޅާލާފައި ބަލާ ދާންވީހޭ އަހާލިއެވެ.

“ނޫން ..ކޮންތަނަކަށް ދާންވީ؟ އަހަރެން ގޮސްދާނަނަން” އަލްޔާން ބަލާ އަންނަ ވާހަކަ ބުނުމުން އީން ޖެހިލުންވިއެވެ. “އަަހަނ.. އީން އެކަނި ކިހިނެތް ދާނީ..ދެން ގޮސް ޓެކްސީ އެއް ކަމަށް ހީކޮށް މީހެއްގެ ޕްރައިވެޓް ކާރަކަށް އެރިއްޖެއްޔާ ޔޯ؟ މަގޭ ހިތް ހުއްޓިދާނެ އެއްނު؟” އީން އެކަނި އަންނަ ވާހަކަ ބުނުމުން އަލްޔާން ސަމާސަ ކޮށްލިއެވެ. “އޯކޭ..ފޮގެޓް އިޓް..ނުވެސް ދާނަން ދެން މީޓް ކުރާކަށް” އަލްޔާން ދިމާ ކުރުމުން އީން ރުޅިއަންނަ ކަމަށް ހެދުނެވެ. ހަގީގަތަކީ އެ ހާދިސާ ހަނދާން ވުމުންވެސް ލަދުގަންނަކަމެވެ. “ނޯ..ސޮރިީ..ދެން ދިމާ ނުކުރާނަން ..ޕްލީޒް ..އީން ބުނޭ ބުނިތަނަކަށް ދާނަން.. ކޮލެޖް ކައިރި ތަނަކަށް ދަންތަ؟ އަލްޔާން އަވަސް އަވަހަށް އެހެން ބުނީ ރުޅިއައިސް ގެން އަނެއްކާ އީން ގެ ހިޔާލް ބަދަލު ވެދާނެތީއެވެ. ބައްދަލު ކުރަން އެއްބަސްވީވެސް އެހާ ހާލުން ވިއްޔާއެވެ. ކޮލެޖް ކައިރީ ހުންނަ ލެމަން ގްރާސް އަށް  އަންނަން އީން އެދުމުން ހަމަ މިހާރު މިދަނީއޭ ބުނެ އަލްޔާން ފޯން ބޭއްވިއެވެ.

******

އަލްޔާން ކިތަންމެ ގާތް ކޮށް ވާހަކަ ދެއްކިޔަސް އަދިވެސް ބައްދަލް ކުރަން ދާން ބުނުމުން ހިތް ބިރު ގަންނަނީއެވެ. ހަމމިޙާ އަވަހަށް ބައްދަލު ކުރަން ދާންވީބާއެވެ. ނުވެސް ދަންނަ މީހަކަށް މިހާ އަވަހަށް އިތުބާރު ކުރަން ވީ ބާވައެވެ. އީން ގެ ސިކުނޑިއަށް ވެރިވެގަތް ހިޔާލް ތަކެއްގެ ސަބަބުން ފިޔަވަޅު ތަކަށް ހުއްޓުން އެރިއެވެ. އަވަސް އަވަހަށް ފީނު ނަގައި އަލްކާ އަށް ގުޅާލީ ހަދަން ވީ ކިހިނެތް ތޯ އެހުމަށެވެ. ” ސާބަސް..އީން ތިދަނީ އަލްޔާން އާ މެރީ ކުރަން ތަ ތިވަރު ތިވަނީ….ބަލަ މީޓް ކޮށް ވާހަކަ ދެއްކީމަ އެއް ނޫންތަ ދަސްވާނީ އެކަކު އަނެކަކަށް…ފޯ ގޯޑް ސޭކް އީން..އަބަދު ސްތެތެސްކޯޕް އަޅާފަ ތިބަލަނީ ބަލި މީހުންގެ ހިތުގެ އަޑު އެއްފަހަރުވެސް އަމިއްލަ ހިތުގެ އަޑު އަހާބަލަ..ޓްރަސްޓް ޔޯ ސެލްފް” އަލްކާ އީން އަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. “ހްމްމް..ދެން .ފުރަތަމަ ފަހަރަށޭ މިދަނީ ބޯއި އަކާ މީޓް ކުރަން. ނާރވަސް ވާނެނު..އޯކޭ މިދަނީ”  އޭ ބުނެ އީން ފޯން ބޭއްވި އިރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ.

އީން ގެ އިންތިޒާރުގައި އަލްޔާން އިށީދެލައިގެން އިނީ ތަންކޮޅެއް އެކަހެރި ކޮށް އިން މޭޒެއްގެ ކައިރީގައެވެ. “ހޭއި ބޭބީ…މިސްޑް ޔޫ ސޯމަަޗް” ކުއްލިއަކަށް އަލްޔާން ފެނުމުން މައިރީން ވީ އުފަލުން ގޮސް އަލްޔާން ގެ ގައިގައި ބާރަށް ބައްދާލާފައި ކޮލުގައިދެތިން ފަހަރަކު ބޮސް ދިނެވެ….

ތެޅި ތެޅި އޮތް ހިތަކާ އެކު މަޑު ހިނގުމެއްގައި އައިސް ލެމަން ގްރާސް އަށް ވަން  އީން އަށް ފެނުނު މަންޒަރުން ފައިދަށުން ބިންގަނޑު ހެލިގެން ދިޔަހެން ހީވިއެވެ.ހަމަ އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނޭޅި ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ.

*********

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ދުޢާ 4

Next

ރާސްތާ 31

Next
September 1, 2018

ރާސްތާ 31

Previews
August 31, 2018

ދުޢާ 4

22 Comments!

  1. R says:
    August 31, 2018 at 7:12 am

    Oh My God.. why does wrong people come to wrong places at the wrong time.. dhen kihine vaanee..

    1. Anjal says:
      August 31, 2018 at 2:02 pm

      Balamaa dhw vaa gotheh ?

  2. eekko says:
    August 31, 2018 at 7:15 am

    Awsm..Whn nxt

    1. Anjal says:
      August 31, 2018 at 2:04 pm

      Thank you. Insha allah mon

  3. Reader says:
    August 31, 2018 at 8:52 am

    Shitt…. Maireeengandaaa…go to helll… Varah varah varah adhi bunantha varah varah reethi story.. Hope avahah up kuraane kamah

  4. Stry Kiyaa Man says:
    August 31, 2018 at 11:24 am

    Stry v salhi.masha allah.
    Ekam jumula thah hunna gothun v undhagu kiyan.jumula thaku ge fahu bass innany dhe bai vefa .ekan ragalhu kohly ma stry vakin furihama vaane.keep it up.
    Waiting 4 nw part.
    When nw part uploading.waiting …….
    -salaam-????

    1. Anjal says:
      August 31, 2018 at 2:06 pm

      Thank you.. V ufa vejje faahaga vi kanthah bunela dinyma. Next part insha allah rangalhu kureveytho balanan ☺️

  5. Hanaan says:
    August 31, 2018 at 1:41 pm

    Oh no… Een ge hithah araanee keekey baa?
    Mashaallah…Varah reethi mivaahaka

    1. Anjal says:
      August 31, 2018 at 2:08 pm

      Thank you hanaan.

  6. Twinkle? says:
    August 31, 2018 at 4:13 pm

    OMG… maireen e kaaku??? Alyaanooo!!! Kihinehbaa dhn vaane… alhey!!!???
    Mi stry mii mihaaru enme kiyaa hithun kiyaa stry… masha allah mi part vs vvvv salhi… really curious for the nxt part❤❤❤

    1. Anjal says:
      September 1, 2018 at 8:55 am

      Thank you for the lovely comment Twinkle.
      im glad that u like the story. maireen aky kaaku kan next episode ga ingeyne. inthithizaar kohlavva….

  7. Hudher says:
    August 31, 2018 at 4:30 pm

    stry v v v v v v v reethi maasha allah whn next part

    1. Anjal says:
      September 1, 2018 at 8:56 am

      thank you hudher..insha allah monday ga

  8. ??? says:
    August 31, 2018 at 5:42 pm

    Alheyyy…. eoh varun meet kuran aima kihineh e v….. curiously waiting

  9. Maii? says:
    August 31, 2018 at 7:25 pm

    Alheyy… dhen kihineh vaanii …. plz plz alyaan n iyyn dhuru nukurah chey they r perfect together..curiously waiting 4 the next part????

  10. ??? says:
    August 31, 2018 at 8:59 pm

    Vvvvvvv rythi konn dhuvahakunn anehbaiiiii geness dheyniiiii

  11. Unknown girlll.. says:
    August 31, 2018 at 9:44 pm

    Adhi alah comment mikurany..ekamaku gavaaidhun kiyan…vvvv reethi,??? exactly y does wrong people come to the places that is even at wrong time.??????…..ekamaku dhen vaany kihinehbaa…curious ???cant wait, when nxt…luv ya ?❤?keep up the good work???

  12. Raani says:
    September 1, 2018 at 9:50 am

    Umm when next part

  13. Mona says:
    September 1, 2018 at 12:23 pm

    Monday v ma haadha lahey…plx iyah vure avaha up kohbala…

  14. Ainth says:
    September 1, 2018 at 4:12 pm

    Ma sha allah … vaahaka v v v reethi…. kaamiyaabee ah edhen… ❤??

  15. Hai says:
    September 2, 2018 at 6:27 am

    Koba story……vrh reethi stry

  16. Xaaan says:
    September 3, 2018 at 8:30 am

    wooooooooooooooooooooooooooow Masha Allah mi story haadha reechey waiting next part

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 6←


All Right Reserved!