ޔޫހާން ދެ ލޯ މަރާލަމުން އިތުރަށް އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ. އައިލީން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން ޔޫހާންގެ ހިތަށް ދިޔައީ ވަރަށް އަސަރުކުރަމުންނެވެ. ” ޔޫހާން… އައިމް… އައިމް ސޮރީ… އަހަރެން… އަހަރެން ހުރީ ޔޫހާން ގާތު… ހުރިހާ… ހުރިހާ ވާހަކައްވެސް ބުނަން… އެކަމަކު… އެކަމަކު ދިނާޖު… ދިނާޖު ބުނީ ޔޫހާން ގާތު… އޮޅުވައިލައިގެން ވާހަކަތައް ދައްކާނަމޯ… އޭނަ ގުޅީމަ ފޯނުވެސް ނަގަންޖެހޭނެ އޭ ދިނާޖު… ބުނި… އެހެންނޫނީ އޭނަ ޔޫހާން ގާތު އޮޅުވާލައިގެން ވާހަކަ ފަތުރާނަމޯ ބުނީ… ޔޫހާން… އަހަރެން ބޭނުންނުވީ… ޔޫހާން އެއްވެސް… އެއްވެސް ވަރަކަށް ސްޓްރެސް ވާން… ޔޫހާންގެ މަސައްކަތަށް… ހުރަސް އެޅޭފަދަ އެއްވެސް… ކަމެއް ކުރަން އަހަރެން ބޭނުންނުވީ… އަހަރެން… އަހަރެން ބޭނުންވީ އަހަރެން އަމިއްލައަށް ޔޫހާންއަށް ހުރިހާ އެއްޗެއް ކިޔައިދޭން… އެހެން މީހެއްގެ ފަރާތުން… ޔޫހާންއަށް އެވާހަކަތައް… އެވާހަކަތައް އަޑު އިިވިއްޖެނަމަ ޔޫހާންއަށް… ހާޓްވާނެކަން އިނގޭ… އަހަރެން ޔޫހާންއަށް… ހާޓްކުރާކަށް ބޭނުމެންނޫން… އެކަމަކު… ކަންތައް ދިމާވީ.. ޔޫހާންއަށް އެންމެ ހާޓްވާ ގޮތަށް… އައިމް ސޮރީ… އައިމް ރިއަލީ ސޮރީ ޔޫހާން… ދިނާޖު… ދިނާޖު ކުރިންވެސް އެގޮތަށް… ” ގިސްލަ ގިސްލާފައި ރޮމުން ދިޔަ އައިލީންއަށް ވާހަކަ ދެއްކުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެނަސް އޭނަ ވަރަށް ހިތްވަރުން ވާހަކަ ދެއްކިއެވެ. ވާހަކަ ދެއްކުނީ ކެނޑިކެނޑިގެން ނަމަވެސް ޔޫހާންއަށް އައިލީންގެ ވާހަކަ ވަރަށް ސާފުކޮށް އިނގުނެވެ. އެއަޑު އަހަން ހުރި އިރު އޭނަގެ ހިތަށް ކުރަމުން ދިޔަ އަސަރު ދުލުން ބަޔާންކުރަންވެސް ދައްޗެވެ.
”ޝްޝްޝް… އައިލީ ޝްްޝް… ” އައިލީން ވާހަކަ ދައްކަމުން ދަނިކޮށް ޔޫހާން އެހެން ބުނެ އައިލީންގެ ވާހަކަ މެދުކަނޑާލިއެވެ. ” އައިލީ… އެވާހަކަތައް ކިޔައިނުދިނަސް އޯކޭ އޭ… އަހަންނަށް އިނގޭ މިހާރު ހުރިހާ އެއްޗެއްވެސް… ލިޝާން ހުރިހާ އެއްޗެއްވެސް ކިޔައިދީފަ… އައި ނޯ އައިލީއަށް އެވާހަކަތައް ކިޔައިދޭން ފަސޭހަނުވާނެކަން… އައިލީ… އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… ސޮރީ ބުނަން ޖެހޭނީ އައިލީއެއް ނޫން… އަހަރެން ސޮރީ ބުނަން ޖެހޭނީ… އައިލީ އެވަރަށް ވާހަކަ ދައްކަން މަސައްކަތްކުރިއިރުވެސް އަހަރެން އައިލީގެ ވާހަކަތައް އަޑެއްނޭހި… އަހަރެން އަައިލީއަށް ޓްރަސްޓް ކުރަން ޖެހޭނެ… އެކަމަކު އަހަރެން ކީއްކުރީ… އައިލީއަށް ޓްރަސްޓެއް ނުކުރި… އައިމް ސޯ ސޮރީ އައިލީ… ” ޔޫހާންވެސް ވަރަށް އަަސަރާއެކު ވާހަކަ ދެއްކިއެވެ. ޔޫހާންގެ ދެ ލޮލަށް ޖަމާވެފައިވި ކަރުނަތައް އެކަމަށް ހެކިދެއެވެ. އެ ކަރުނަ ތިކިތައް ގޮސް ވެއްޓުނީ އައިލީންގެ ފަން އިސްތަށިގަނޑަށެވެ. ” އައިލީ… އައި ޑޯންޓް ޑިޒާވް އަ ގާލް ލައިކް ޔޫ… ” ޔޫހާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އޭރުވެސް އައިލީން ދިޔައީ ހުއްޓުމެއްނެތި ރޮމުންނެވެ. އޭނަގެ ހިތަށް އަސަރުކޮށްފައިވަނީ އެހާވެސް ބޮޑަށެވެ. ޔޫހާން އެހެން ބުނުމާއެކު އައިލީން ޔޫހާން އާއި ދުރުވެލުމަށްފަހު ޔޫހާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ޔޫހާންގެ ރަތްވެފައިވި ދެ ލޯ ފެނި އައިލީންގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ” ޔޫހާން… ޑޯންޓް ސޭ ލައިކް ދެޓް… ޔޫހާން ޕްލީޒް ނުރޮއެބަލަ… އައި ކާންޓް ސީ ޔޫ ލައިކް ދެޓް… އަހަރެން މާފުކޮށްފީމޭ ޔޫހާންއަށް… ޔޫހާން ނޫން އެހެން މީހަކު ނަމަވެސް އެހެން ކަންނޭނގެ ކަންތައް ކުރެވޭނީ… ކަންތައްވީ ގޮތުން ޔޫހާން ގާތަށް ރުޅިވެސް އާދެވޭނެ… އަހަރެން ގަބޫލުކުރަން… ބަޓް ޕްލީޒް ޑޯންޓް ސޭ ދެޓް ޔޫ ޑޯންޑް ޑިޒާވް މީ… ޕްލީޒް… އެއަށްވުރެ މާ ބޮޑަށް އަހަރެން ޔޫހާންދެކެ ލޯބިވޭ… އައި ލަވް ޔޫ ސޯ މަޗްް ޔޫހާން… ” ޔޫހާންގެ މޫނުގައި ފިރުމާލުމަށްފަހު އޭނަގެ ގައިގައި ބައްދާލަމުން މިފަހަރުވެސް އައިލީން ވަރަށް އަސަރާއެކު ބުނެލިއެވެ. ” ދެން ދުވަހަކުވެސް ނުބުނާނަން… އައި ޕްރޮމިސް… އަހަރެންވެސް އައިލީ ދެކެ ވަރަށް ލޯބިވޭ… ވަރަށް ވަރަށް ބޮޑަށް… ” މިހެން ބުނެ ޔޫހާންވެސް އައިލީންގެ ތުނި ހަށިގަނޑުގައި އޭނަގެ ދެއަތުން ލޮއެބާއެކު ވަށާލިއެވެ. އެވަގުތު ދެ މީހުންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ.
” ދިނާޖު… ކިހިނެއްތަ ތި ހެދީ… މުޅި ޕްލޭން ތި ފެއިލްކޮށްލީ… ” ދިނާޖުގެ އަތުގައި ބާރަށް ހިފާއިގެން ގެނެސް ޖެހިގެން ހުރި ކޮޓަރިއަށް ވަނުމަށްފަހު ރުޅި އައިސްފައިހުރެ ނައުރީން ބުނެލިއެވެ. ” އަހަރެން ކީއްތަ ކުރީ… ނައުގެ ލޯބިވާ ޔޫހާންއެއްނޫންތަ ޕްލޭން ފެއިލްކޮށްލީ… އަހަރެންގެ މޫނު މަތީގަ އައިސް ޖަހާއިފިޔޭ… އަދިވެސް ދިލަނަގާ… ” ޔޫހާން ޖެހި ތަނުގައި އަތުން ފިރުމާލަމުން ދިނާޖު ބުނެލިއެވެ. ” ޔޫހާން އެއް ނޫނޭ ޕްލޭން ފެއިލްކޮށްލީ… އޮން ޓައިމް އަހަރެން ކުރަން ބުނި ކަންތައް ނުކުރަންޏާ އެހެނެއްނު ވާނީ… އަހަރެން ކުރިންވެސް ދިނާޖު ގާތު ބުނިން ޔޫހާން ކޮޓަރިއަށް އައިމަ ޔޫހާން ދެވަނަ ފަހަރަށް އައިލީންގެ ސޫރަ ދެކެން ބޭނުންނުވާނެފަދަ މަންޒަރެއް ދައްކާށޭ… ” ރުޅި އައިސްފައިހުރެ ނައުރީން މިފަހަރުވެސް ބުނެލިއެވެ. ” ދެން ތިބުނީ އަހަންނޭތަ ހުރިހާ މައްސަލައަކީ… އަހަރެން ދިޔައީ ޕްލޭން އާއި އެއްގޮތަށް ކަންތައް ކުރަމުންނޭ… އެކަމަކު ޔޫހާން ލީންއަށް ޓްރަސްޓް ކުރޭ… އެހެންވީމަ ކިހިނެއް ޕްލޭން ކާމިޔާބު ވާނީ… އަހަންނަކަށް ނޭނގެ ޔޫހާން ކިހިނެއްވެ ކަމެއްް ލީންއަށް ޓްރަސްޓް ކުރަން ފެށީ… ” ދިނާޖުވެސް ވަކި ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަވެސް ވާހަކަ ދެއްކީ ނުރުހުންތެރިކަމާއެކުގައެވެ. ދިނާޖުގެ ވާހަކަ އަޑުއިވުނު ނައުރީން ކުޑަ ވަގުތުކޮޅަކަށް ހިމޭންވިއެވެ. ދިނާޖު އެބުނީވެސް ވަކި ދޮގެއް ނޫނެވެ. ޔޫހާން ހަމަ ކުއްލިއަކަށް އައިލީންއަށް އިތުބާރު އެކުރީ ކިހިނެއް ހެއްޔެވެ. ޕާޓީއަށް އައިރުވެސް އައިލީން އާއި ޔޫހާންގެ ދެމެދު ކަންތައްތައް ރަނގަޅު ނޫންކަން ނައުރީންއަށް އެނގެއެވެ. ” އަހަރެން މިދަނީ ޔޫހާންއަށް ބޮނޑިއެއް ދޭން… ހުވާ މި ބުނީ… އަހަރެން މޫނު މަތީގަ ޖަހާފަ އޭނައަކަށް ސަލާމަތަކުން ނުހުރެވޭނެ… އަދި ބުނަން އަހަރެން މިފަހަރު ގޮއްސަ ބުނާނަން އަހަންނާ އެއްވަރަށް ނައުވެސް މި ޕްލޭންގަ ބައިވެރިވިއޭ… ހުރިހާ އެއްޗެއް ކިޔާނަން… ” މިހެން ބުނެ ރުޅި އައިސްފައިހުރެ ދިނާޖު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ” ދިނާޖު ނޫން… ޕްލީޒް… އަހަރެންގެ ކަންތައް ބަސްޓު ވެެއްޖިއްޔާ އަހަރެމެން ދެ މީހުންގެ މަގުސަދުވެސް ކާމިޔާބެއް ނުވާނެ… މިހާރު ދިނާޖު ތި ބަސްޓު ވީ… ބަޓް އަހަރެން އަދި ބަސްޓެއް ނުވެއެއްނު… ސޯ އަދިވެސް އަހަންނަށް ކަމެއް ކުރެވިދާނެ އެއްނު… އަހަރެންގެ ވާހަކަ ހާމާކޮށްފި ނަމަ އަހަންނަކަށް ޔޫހާންއެއް ނުލިބޭނެ އެން ދިނާޖުއަކަށް އައިލީންގެ ކިބައިން ބަދަލެއްވެސް ނުހިފޭނެ… ގެޓުވޭތަ އަހަރެން މި ބުނި އެއްޗެއް… ” ދިނާޖު ކޮޓަރިން ނިކުންނަން ފެށުމުން އޭނަގެ އަތުގައި ހިފާ ހުއްޓުވަމުން ނައުރީން ދިނާޖުއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ” ޔެއާ… ޔޫ އާ ރައިޓް… ” އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ދިނާޖު ބުނެލިއެވެ. ” އެކަމަކު… ދެން އަހަރެމެން ކީއްކުރާނީ… މިހާރު އެދެ މީހުންގެ ދެމެދުގައި މައްސަލައެއް އުފައްދާނީވެސް ކިހިނެއް ޔޫހާން ލީންއަށް އިތުބާރު ކުރެޔޭ… ހަމަގައިމުވެސް ލީން ކޮންމެ ގޮތެއްވިޔަސް ޔޫހާންއަކަށް ޝައްކެއް ނުކުރާނެ… އެދެމެދުގައި ވާ ލޯބި އެހާވެސް ވަރުގަދަ… ” ދިނާޖު އައިސް އެނދު މަތީގައި އިށީންނަމުން ބުނެލިއެވެ. ” ލީން މައި ފުޓް… އޯ ގޯޑް… މަށަކަށް ނޭނގެ ހަދާނެ ގޮތެއް… މަށަށް އެނގޭހާވެސް އެއްޗަކީ އަހަރެން އައިލީން އާ ޔޫހާން ދެމީހުން އެކުގައި އުފަލުގަ އުޅުނަ ނުދޭނެކަން… ކޮންމެ ގޮތެއްވިޔަސް ޔޫހާން އަހަރެންގެ މީހަކަށް ހަދާނަން… މިގަޑީގަ ދިނާޖު އެހަށް ދޭން… އަހަރެން ސިޓުއޭޝަން ކޮންމެވެސް ގޮތަކަށް ހޭންޑަލް ކުރެވޭތޯ ބަލާނަން… ބަޓް މިގަޑީގަ ޔޫ ހޭވް ޓު ގޯ… އޯކޭ… ފަހުން އަހަރެން ގުޅާނަން… ” ބޮލުގައި ދެއަތުން ހިފަހައްޓާއިގެން ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ނައުރީން ބުނެލިއެވެ. ދިނާޖުވެސް ނައުރީން އާއި އެއްބަސްވެ އަވަހަށް އެގެއިން ނިކުންނަން ހިނގައިގަތެވެ.
އައިލީން އަދިވެސް ދިޔައީ ޔޫހާންގެ ގައިގައި ބައްދާލައިގެން ހުރެ ގިސްލަމުންނެވެ. ” އައިލީ… އިނަފް… ދެން ހުއްޓާލާ… ޕްލީޒް ޑޯންޓް ކްރައި… އަހަރެން ހިތަށް ހާދަ ތަދުވެޔޭ އައިލީ ތިހެން ރޯތަން ފެނުމުން… އައިލީ… ބަލާބަލަ އަހަންނަށް… އަހަރެންގެ ދެ ލޮލަށް ބަލާބަލަ… އައިލީ… ދެން އެވީ ކަމެއް އެވީ… އެކަން ހަނދާން ނައްތާލާ… ދެ މީހުންވެސް އެމީހަކަށް ހެދުނު މިސްޓޭކް ގަބޫލުކޮށް މަޢާފަށް އެދެފީމެއްނު… ދެ މީހުންވެސް އެކަކު އަނެކަކަށް މަޢާފުވެސް ކޮށްފީމެއްނު… ދެން އެކަންތައް އެ ނިމުނީނު… ދެން ދެމީހުންވެސް އެ އެމީހަކަށް ހެދުނު މިސްޓޭކް ރިޕީޓް ނުކުރާނީ… އޯކޭ… މިރޭން ފެށިގެން އަހަރެމެން ދެ މީހުންގެ ނިއު ލައިފްއެއް ފެށުނީ… އެ ހިތި ހަނދާންތައް ހަނދާނުން ފިލާނެހާ އުފާވެރި ހަނދާންތަކެއް އަހަރެމެން ދެ މީހުން އަލުން ބިނާކުރާނީ… އައި ޕްރޮމިސް އައިލީ ދެން ދުވަހަކުވެސް އަހަރެމެން ދެ މީހުންގެ ދެމެދަށް އެއްވެސް މީހަކަށް ވަދުމުގެ ފުރުސަތެއް ނުދޭނަން… ނޯ ވަން ކޭން ސެޕަރޭޓް އަސް… އެން ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް އަހަރެން އައިލީއަށް ޓްރަސްޓް ކުރާނަން.. އައި ޕްރޮމިސް… އައި ވިލް ނެވާ ލީވް ޔޫ އެލޯން… އައިލީ އަބަދުވެސް ހުންނާނީ އަހަރެންގެ މީހެެއްގެ ގޮތުގަ… އެހެން އެއްވެސް މީހަކަށް އަހަރެންގެ ނުރުހުމުގަ އައިލީ ގައިގަ އިނގިލި ކުރިވެސް ޖައްސައެއް ނުލެވޭނެ… އައިލީ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް… އައި ލަވް ޔޫ… ލަވް ޔޫ ސޯ މަޗް… ” އައިލީންގެ މޫނުގައި ހިފަހައްޓާއިގެން ހުރެ އައިލީންގެ ލޮލާއި ލޯ ސީދާކޮށްލަކަމުން ޔޫހާން ބުނެލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެ ހިތަށްވެސް ދިޔައީ ތަފާތު އިހުސާސްތަކެއް ކުރުވަމުންނެވެ. ޔޫހާން އެވާހަކަތައް ދެއްކިއިރުވެސް އައިލީންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ” އައިލީ… ޕްލީޒް ޑޯންޓް ކްރައި… އިޓް ރިއަލީ ހާޓްސް މީ އަ ލޮޓް… ” އައިލީންގެ ލޮލުން އޮހޮރުނު ކަރުނަތައް ލޮއެބާއެކު އަތުން ފޮހެދެމުން ޔޫހާން ބުނެލިއެވެ. ” ދެން ނުރޯނަން… އައި ޕްރޮމިސް… އައި ލަވް ޔޫ ޔޫހާން… އައި ލަވް ޔޫ ސޯ މަޗް… ” އައިލީންވެސް ޔޫހާން އާއި ހަތަރު ޖަޅި ހަމަކޮށްކަމުން ބުނެލިއެވެ. އެވަގުތު ޔޫހާންގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޔޫހާން މަޑުމަޑުން އައިލީންގެ ނިއްކުރީގައި ވަރަށް ލޮއެބާއެކު ބޮސްދިނެވެ. އެއާއެކު އައިލީންގެ ތުންފަތަށްވެސް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރީގެ ދޮރު ކައިރީގައި އެ މަންޒަރުތައް ބަލަން ހުރި ނައުރީންގެ ލޮލުން ފެންނަމުން ދަނީ އިންތިހާއަށް ނަފްރަތެވެ. އޭނަގެ އަތްވެސް ވަނީ މުއްކެވިފައެވެ.
” އެހެމް… އެހެމް… ” އައިލީންގެ ނިއްކުރީގައި ބޮސްދިނުމަށްފަހު އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ހުރި ޔޫހާން އާއި އައިލީން ސިހުނީ ނައުރީން ކަރުކެހިލަމުން ދޮރުގައި ޓަކި ޖެހުމުންނެވެ. ދެ މީހުން އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެލިއެވެ. ” އައިމް ރިއަލީ ސޮރީ އައިލީ އެން ޔޫން… އަހަރެންގެ ސަބަބުން މިރޭ މިހުރިހާ ކަމެއްވެސް ވީ… އައިމް އެކްސްޓްރީމްލީ ސޮރީ… ” ނައުރީން އައިސް މޫނު މަތިން ދެރަވާކަން ދައްކަމުން ބުނެލިއެވެ. ” ނޫނޭ… އިޓްސް އޯކޭ… ނައުގެ މައްސަލައެއް ނޫން ދޯ އެއީ… ދިނާޖުގެ ކަންތައް އެއީ… ނައު އޭނަޔާ ފްރެންޑްތަ… މިބުނީ މިގޭގަ ވީމަ… ” ޔޫހާން އަހާލިއެވެ. ” ޔެއާ… ފްރެންޑެއް އެއީ… އަހަރެމެން ދެ މީހުން ވޯކް ކުރަނީ އެއް ކޮމްޕެނީ އެއްގަ… ވީ ޓޫ އާ ދަ ލީޑް މޮޑެލްސް… ” ނައުރީން ޖަވާބުގައި ބުނެލިއެވެ. ” އެހެންތަ… އޯކޭ… ނައު… އައި ތިންކް ވީ ހޭވް ޓު ގޯ… މިރޭ މޫޑުވެސް ގޮއްސި މިހާރު… ތޭންކްސް އަހަރެމެނަށް އިންވައިޓް ކުރީމަ… ” ހިނިތުންވެލަމުން ޔޫހާން ބުނެލިއެވެ. ” އޯކޭ… އައި ކޭން އަންޑަސްޓޭންޑް… ” ހިތްހެޔޮ ހިނިތުންވުމެއް ވެރިކުރުވަމުން ނައުރީން ބުނެލިއެވެ. އައިލީން ވޮޝްރޫމަށް ވަދެ މޫނު ދޮވެލައިގެން ނިކުތުމުން ޔޫހާން އައިލީން ގޮވައިގެން ކޮޓަރިން ނިކުތެވެ. އަތު ގުޅުވައިލައިގެން ހިނގާފައިދިޔަ އައިލީން އާއި ޔޫހާން ފެނި ނައުރީންގެ މޫނު މަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ.
ނައުރީންގެ ގެއިން ނިކުމެ ޔޫހާން އާއި އައިލީން ކާރުގައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ކާރު ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދެމީހުން ކުރެ އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ގެއާއި ހަމައަށް ދެވެންދެންވެސް ކާރު ތެރޭގައި އޮތީ ހަމަހިމޭންކަމެވެ. ގެއާއި ހަމައަށް ކާރު އައުމުން ޔޫހާން ކާރު މަޑުކޮށްލުމާއެކު ދަނީއޭ ބުނެ ކާރުން ފޭބުމަށް އައިލީން އަވަސްވެގަތެވެ. ” އައިލީ… އެހަށް މަޑުކޮށްބަލަ… ހާދަ އަވަހަކަށް ދާން ތި އުޅެނީ… ” ޔޫހާން މިހެން ބުނެ އައިލީންގެ އަތުގައި ހިފެހެއްޓިއެވެ. ” ކިހިނެއްވީ… ” އައިލީން ޔޫހާންއަށް ބަލާލަމުން އަހާލިއެވެ. ” އައި ލަވް ޔޫ މައި ގާލް… ގެއަށް ގޮއްސަ ގުޅާނަން… އެން ޝައުއަށް ތޭންކްސް ބުނާތި… ޝައު އަހަރެމެން ދެ މީހުން ދޭތެރޭ މައްސަލަ ޖެހިގެން އުޅޭ ވާހަކަ ބުނީމަ ލިޝާން އެ ގުޅީ… އެންމެ މުހިއްމު ވަގުތު ލިޝާން ހުރިހާ އެއްޗެއް ކިޔައިދިންކަން ނަސީބެއްނު… ” އައިލީންގެ އަތަށް ބޮސްދިނުމަށްފަހު ޔޫހާން ބުނެލިއެވެ. އައިލީން ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު ކާރުން ނިކުމެ އެޕާޓްމެންޓަށް ވަންނަން ހިނގައިގަތެވެ.
ޕާޓީގެ ކަންތައް ނިންމާލުމަށްފަހު ކޮޓަރިއަށް އައިސް ވަން ނައުރީން ހުރީ ރުޅި އައިސް ރަތްވެފައެވެ. އައި ރުޅީގައި ސޯފާގައި އޮތް ކުޝަންތަކާއި އެނދު މަތީގައި އޮތް ބާލީސްތައް އެތަން މިތަނަށް އުކާލިއެވެ. ” ކީއްވެ… ކީއްވެ އައިލީން… ކީއްވެހޭ… ޔޫހާން އަކީ އަހަރެންގެ ހައްގެއް… ޔޫހާން ލިބެންޖެހޭނީ އަހަންނަށް… އައި ހޭޓް ޔޫ އައިލީން… އައި ހޭޓް ޔޫ… ” އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔަ ނައުރީން ރުޅި އައިސްފައި ޑްރެސިން ޓޭބަލްގެ މަތީގައި ހުރި ރީތި ވާ ސާމާނުތައްވެސް އަތުން ޖަހާ ބުރުވާލިއެވެ. އަދި އެނދުގެ ސައިޑް ކަބަޑު މަތީގައި ހުރި މާވަށިގަނޑު ނަގައި މުށިގަނޑު މައްޗަށް ހޫރާލިއެވެ.
ނައުރީންގެ ކޮޓަރީގެ ކުރިމަތިން ހުރަސް ކުރި ނަސީރުއަށް އެ ކޮޓަރިން މާ ބާރު އަޑެއް އިވުމުން ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ނައުރީން އެއުޅެނީ ކޮންމެވެސް ކަމަކާ ރުޅި އައިސްގެންކަން ވަގުތުން އޭނަގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ”ދަރިފުޅާ… ކިހިނެއްވީ… ނައުރީން ދަރިފުޅާ… ” ނަސީރު ނައުރީންގެ ދޮރުގައި ޓަކި ޖަހަމުން ގޮވަމުން ދިޔައެވެ. ” ޑޭޑް… ޕްލީޒް ލީވް މީ އެލޯން… ” ނައުރީން އޭނަގެ ބައްޕައަށް އަޑު އިވޭ ވަރަށް ބުނެލިއެވެ. ” ދަރިފުޅާ… ދޮރު ހުޅުވާލަބަލަ… ކޮންކަމަކާތަ ރުޅި އައިސްގެން ތިއުޅެނީ… ” ނަސީރު ދެވަނަ ފަހަރަށްވެސް ސުވާާލުކުރިއެވެ. ” ޑޭޑް… އައި ސެޑް ލީވް މީ އެލޯން… ޕްލީޒް… ” އެނދު ކައިރި މުށިގަނޑު މަތީގައި އިށީންދެ އިން ނައުރީން ބުނެލިއެވެ. ނައުރީންގެ ފަރާތުން މިވަގުތު އެއްވެސް އެއްޗެއް އޮޅުންނުފިލާނެތީ ނަސީރު އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ކުޑައިރުއްސުރެވެސް ރުޅި އައިސްފިނަމަ އެއްޗެހި ހަލާކުކުރުމަކީ ނައުރީންގެ އާދައެކެވެ. ހެނދުނު ހޭލާއިރު ރަނގަޅު ވާނެކަން އިނގޭތީ ނަސީރު ގޮސް ނިދަން އޮށޯތެވެ. ”ކޮންމެ ގޮތެއްވިޔަސް ޔޫހާން އަހަރެންގެ މީހަކަށް ހަދާނަން… އައި ވިލް ސެޕަރޭޓް ބޯތް އޮފް ޔޫ… މިފަހަރު ތިދެ މީހުން ދުރުވުން ނޫން އިތުރު ޗޮއިސްއެއް ނޯންނާނެ… ” ރުޅިއައިސް ތުރުތުރު ލަމުން ދިޔަ ނައުރީން އެނދުގައި އަޅާފައި އޮތް ބެޑުޝީޓު އަތަށް ބޮނޑި ކުރަމުން ބުނެލިއެވެ. އޭރު އެދެލޮލުގައި ވަނީ އިންތިހާއަށް ނަފްރަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.








Salaam dear readers ???❤️❤️❤️???… Here is the 37th part ???… Hope all will like this part too ???… Thankyou so much dear readers for the support ❤️❤️❤️????????????…
Wow v salhi…????masha allah ifoo ur so talented….????and i dont have any words to describe this….???just awesome….❤❤❤❤and the love birds hama ehkoh aiii dhw….?????????i missed them…mi part v ves furihama….❤❤❤???lots of love ifoo
Mal ❤️❤️❤️… Thankyou so much dear for the colourful Comment ❤️❤️❤️??????????????… V v v ufaavehje mi part vx Mal ah reethi v ma ???❤️❤️❤️???… Much loves from me dear ???❤️❤️❤️?????????…
Mi meehunthah dhenn marry kuran vejje ehnnu… Raytehi vegennn ulhumah vureh maa ragalhu dho egoi
Nunnu… Adhi marry vx kuraane e kudhinn…
Wow..so nic…nd thanks mi part thankolheh dhigukhladhinyma….how possessive yuun is for Ailee..dhn neyge bunaane ehchehvex…rythi kamun… speechless…❤️❤️❤️????????????when is next part…from now also I’m waiting to next part….ahvah kiyaalan libeyne tha dear…..u r one of my best writer…
Awwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️?????????… Ifoo v v v ufaavehje mi part vx dear ah reethi v ma ❤️❤️❤️???… Thi loabi comment fenifa ifoo vx speechless vany ???… Hehe… Next part In Sha Allah Tuesday night… I will try my best ???… V v v ufaavehje one of the best reader ah v ma ❤️❤️❤️?????????…
Wow just awesome dear ??? Ifoo dhooni ??? alhey molhey dhw ??????? I really like ur story dear n Ifoo dhooni ??? ur a bestest writer 4 me ingey dear n ur so kind n sweet… ?????? ? N curiously can’t wait 4 next dear … Lysm dear ????????
N mihaaru mi story vvvvvvvvvvv nice n interesting dear ?❄☀❤
Naju ❤️❤️❤️… Thankyou so much for the love and support ❤️❤️❤️????????????… V v v ufaavehje Naju ah ifoo ge story ehaa reethi v ma ??????… Naju akee vx hama v sweet n kind reader eh ❤️❤️❤️?????????… Dhn neynge hama bunaane ehcheh vx ???… Speechless vehje hama ???… Much loves from me dear ❤️❤️❤️????????????…
Wow varah reethi when is next shai
Shai??? Anonymous ❤️❤️❤️… Thankyou so much ❤️❤️❤️????????????… Next part In Sha Allah Tuesday night ga ???… I will try my best…
Woww vrh loabi …..the story keeps getting better & better❤❤❤???keep it up ifoo????❤❤lots of love❤❤
Shaa ❤️❤️❤️… Thankyou so much for the colourful Comment ❤️❤️❤️????????????… V v v ufaavehje Shaa ah story reethi v ma n dhuvaheh dhuvahakah story ragalhu vamun annaathy ??????❤️❤️❤️… Much loves from me ❤️❤️❤️?????????…
Wowww ifoo ?? Finally yoon trust kuran feshy dhww ailee ah.. ?? Dhemyhun ge feelings genessa in goi livy ah varah kamudhey ?? Yoon haadha loabi ey ??? and so sorry dear Livy ge exams vyma miulheny hama kiyaanulevigen story ? So so busy mihaaru ? Ekam mirey hama kiyaa hithun nuhurevigen mi kiyaaly ?❤❤ Varah varah reethi gendhaaleh.. Keep it up darling ???????? lots of love ??????
Livy ❤️❤️❤️… Awwnn ???❤️❤️❤️… I missed your colourful long comments ???❤️❤️❤️??????… I’m so happy to see ur comment ??????… V v v ufaavehje feelings that genesdgevun goi Livy ah kamudhiyaima ???… I tried my best ???… Yoohaan dhw… Asluvx v loabi dhw ???… It’s ok Livy ???… Concentrate on your exam dear ??????… Best of luck for the exam ❤️❤️❤️????????????… Ehaa bxy koh ulhemunvx vaahaka kiyaalaafa comment eh kohlyma v bodah thanks n v ufaavx vehje ifoo ❤️❤️❤️??????… Much loves from me dear n once again wish you all the best for the exams ❤️❤️❤️????????????…
Kobai shaunaa and Yash…….only yoohan nd Aileen get vaahaka annaathy…..
E kudhinn ge bai vx annaane adhi… Mi dhe part ga mi genaee yoohaan and Aileen ge bai…
Anyone plx tell vaahaka eh up kuraairu hadhan jeheyny kihineh?!!!!❤❤❤❤
Swyty ❤️❤️❤️… First u have to register… Register kuryma story liyeveyne…
Thankx ifooo❤❤❤❤❤and stry is obiness to the max…???????
Swyty ❤️❤️❤️… Most welcome dear ❤️❤️❤️?????????… N thankyou so much ❤️❤️❤️?????????… V v v ufaavehje story reethi v ma ❤️❤️❤️???… Waiting for ur story ❤️❤️❤️???…
Dhen e dhemyhun separate Nukurahchey ingey…. Naureen ge hageegaih yoohaan ah ingeyni yo dhen aili and yuhaan will act dhem naureen bust vaani.. Xhen fahun aili men marry kuraani… ??????????hama maya ge khiyaal mi…. Maybe dhw…. Waiting for Next part… ???❣️❣️???????hate u naureen ??????????
Maya ❤️❤️❤️… Hehe… Vedhaane dhw thihen kamahvx ???… Let’s see dhw dear ???… Thankyou Maya ???❤️❤️❤️???…
Plx next part ga shaunaa and Yash ge bai genes dh’echey…..
Dear… Innaane kudakoh e dhekudhin ge bai genehsa… Adhi next part gavx In Sha Allah gennaanan…
Maasha Allah varah reethi. Curious to read the next partt.. Luv itt so much.. Waitingg❤❤❤❤❤❤❤
Eekko ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ❤️❤️❤️???… Next part now submit kohlaifinn ???…